ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/363 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
213/HC-A/363
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 363/HC-A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
* ރެޖިސްޓްރޭޝަން ނަންބަރު: 49
/
2008-C
ވަކީލް: އދ. ޙުސައިން ސިރާޖު، ފިފްޓީ ފްލާވަރ
އއ. އުކުޅަސް
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޙުސައިން ޝަރީފް
* ދާއިމީ އެޑްރެސް: މިއުޒިކީގެ/ .
އައި.ޑީ.ކާޑު ނަންބަރު: A048761
މިހާރުގެ އެޑްރެސް: މިއުޒިކީގެ/ ސ. ހިތަދޫ
* ބަދަލުގައި: އދ. ޙަސަން ފަލާޙް، މާދަޑު. ސިތާނާ ޏ. ފުވައްމުލައް
*
*
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 28 މުޙައްރަމް 1435
02 ޑިސެމްބަރ 2013
ނިމުނު ތާރީޚް: 27 ރަބީޢުލްއައްވަލު 1436
18 ޖަނަވަރީ 2015
• އިސްތިއުނާފު ކުރެވުނު މައްސަލަ ނަންބަރު: 2017/VTR/140
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
، މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 14 އޯގަސްޓް 2013
ނިމުނު ތާރީޚް: 02 އޮކްޓޯބަރ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢައްބާސް ޝަރީފް
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/363
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/140 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކުރުމަށް އެދި އަހްމަޓް
އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ހިތަދޫ މިއުޒިކީގެ ޙުސައިން ޝަރީފެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/140 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފުކުރުމަށް އެދި އަހްމަޓް އައިޑެނީޒް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/140 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ، އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހިންގާ އަޔާޑާ
މޯލްޑިވްސް ގައި "އެސިސްޓެންޓް އިން ވިލާ ޑައިނިން މެނޭޖަރ" ގެ ވަޒީފާގައި 02 (ދޭއް) އަހަރު ދުވަހުގެ
ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން 2011 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 24 ވަނަ ދުވަހުން ފެށިގެން
ވަޒީފާ އަދާކުރަމުން ދިޔަ، ހިތަދޫ މިއުޒިކީގެ ޙުސައިން ޝަރީފް، އެކަށީގެންވާ ސަބަބެއްނެތި 16 މެއި
2013 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ ވަޒީފާއަށް އަނބުރާ އިޢާދަކޮށްދިނުމަށާއި، އޭނާއަށް ޙައްޤުވާ
މުސާރައާއި އެންމެހައި ޢިނާޔަތްތައް އަދި ޤާނޫނާ ޤަވާޢިދާ ޚިލާފަށް އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/363
et cel
ވަކިކޮށްފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން އޭނާ ވަޒީފާއިން ވަކިކުރުމުން
އޭނާއަށް ލިބުނު އެންމެހައި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ދަޢުވާ ރައްދުވާގޮތަށް ހިތަދޫ މިއުޒިކީގެ ޙުސައިން ޝަރީފް ހުށަހެޅުމުން ބައްލަވާފައިވާ
މައްސަލައެއްކަން އެނގެންއޮންނަކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މައްސަލަ ހުށަހެޅި
ޙުސައިން ޝަރީފް (A048761} މިއުޒިކީގެ، ހިތަދޫ، މައްސަލަ ރައްދުވި އަހުމަޓް އައިޑެނީޒް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހިންގާ އަޔާޑް މޯލްޑިވްސްގެ އެސިސްޓެންޓް އިން ވިލް ޑައިނިންގ
މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުންދަނިކޮށް 2013 ވަނަ އަހަރު މެއި މަހުގެ 16 ވަނަ ދުވަހު ޙުސައިން
ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ "އެޓިޓިއުޑް" ނުވަތަ މިޒާޖުގެ ގޮތުން ވަޒީފާގެ ވެށީގެ މަސްލަހަތައް
ނޭދެވޭ އަސަރުކުރަމުންދާކަން ފާހަގަކުރެވިގެން އޭނާ ވަޒީފާގައި ބެހެއްޓުމަކީ ކުރެވޭނެ ކަމެއް ކަމަކަށް
ނުފެންނާތީ، އޭނާއާއި މައްސަލަ ރައްދުވާ ފަރާތާއި ދެމެދުވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ 20 ވަނަ މާއްދާގެ
ދަށުން އެއްބަސްވުމުގެ 20.1.2 ގައިވާ ގޮތުގެމަތިން 1 (އެކެއް) މަސް ދުވަހުގެ ނޯޓިސްގެ ބަދަލުގައި އެ
މުއްދަތަށްވާ ފައިސާއާއި އޭގެ އިތުރުންވެސް އެހެނިހެން ގޮތްގޮތުން އޭނާއަށް ދޭންޖެހޭ ހުރިހާ ފައިސާއެއް
އޭނާއަށް ޙަވާލުކުރުމަށްފަހު ކަމުގައި މައްސަލަ ރައްދުވާ ފަރާތުން ބުނިނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން
ނޯޓިސް ދިނުމަށް ފަހުގައި މުވައްޒަފަކު ވަކިކުރާ ޙާލަތެއްގައިވެސް އެކަށީގެންވާ ސަބަބެއް އޮވެގެން މެނުވީ
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާއާބެހޭ ޤާނޫނު ހުއްދަ ނުކުރާ ކަން އެނގިއޮވެމެ، ވަޒީފާއާބެހޭ
ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޤާނޫނު ހުއްދަކުރާ ސަބަބެއް މެދުވެރިވެގެން މައްސަލަ
ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވާކަން ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ހެކި
ހުށަހަޅާފައި ނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތް
ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ކަމަށް މައްސަލަބެލި މެންބަރުންގެ އިއްތިފާޤުން
ކަނޑައަޅައި، ޙުސައިން ޝަރީފް ހުރި ވަޒީފާއަށް އަނބުރާ އިޢާދަކޮށްދިނުމަށް އޭނާ އެދުނުނަމަވެސް، އޭނާ
ދިވެހިރާއްya
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ދިވެހިރާޑް}
4
2013/HC-A/363
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
44
ވަޒީފާ އަދާކޮށްފައިވަނީ މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންކަން އެނގެން އޮވެމެ،
އެއެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚަކީ، 23 ސެޕްޓެމްބަރ 2013 ކަން އެނގެން އޮތުމުން
ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް އަމުރު ކުރާނެ ތަނެއް ނެތަތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ
(ރ) އަށް ރިޢާޔަތްކޮށް، ޙުސައިން ޝަރީފް ވަޒީފާއިން ވަކިކުރި ކަމަށްބުނާ ތާރީޚުން ފެށިގެން ވަޒީފާގެ
އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚުކަމަށްވާ 2013 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހުގެ
ނިޔަލަށް ޙުސައިން ޝަރީފަށް ލިބެންޖެހޭ މުސާރައާއި އެންމެހައި ޢިނާޔަތުން ނޯޓިހުގެ ގޮތުގައި ދީފައިވާ
ފައިސާ އުނިކުރުމަށްފަހު ޖެހޭ މިންވަރު މިއަދު (02 އޮކްޓޯބަރ 2013) އިން ފެށިގެން 10 (ދިހައެއް)
ދުވަހުގެ ތެރޭގައި އެކީއެއްފަހަރާ ޙުސައިން ޝަރީފްއަށް ޚަލާސް ކުރުމަށްފަހު އެކަން 3 (ތިނެއް) ދުވަހުގެ
ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި އަހްމަޓް އައިޑެނީޒް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް (49/2008-C) އަންގައި އަމުރުކުރަމެވެ"
ޚުރުކުރަމެވެ" މިފަދައިންނެވެ.
09
3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/140 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަކީ، ޙުސައިން ޝަރީފް ވަޒީފާއިން ވަކިކޮށް އޭނާގެ ފައިނަލް ސްޓޭޓްމަންޓުގައި ބުނާ
ފައިސާއާ ޙަވާލުވަމުން އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އޭނާ ވަޒީފާއިން ވަކި
ކުރި ކުރުމާމެދު ދަޢުވާއެއް ނޫފުލާނެ ކަމަށް ބުނެ ސޮއި ކުރުމަށްފަހު އެބުނި ބުނުމާ ޚިލާފަށް ކުންފުނީގެ
މައްޗަށް ދަޢުވާ އުފުލުމަކީ ޤާނޫނީ ގޮތުން އޭނާވެފައިވާ ވަޢުދަކާ ޚިލާފުކަމަކަށްވާތީ އެއީ ޤާނޫނީ ގޮތުން
ލިބިދެވޭނެ ފުރުސަތެއް ނޫންކަމަށާއި، ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެކަމަށް
ރިޢާޔަތްނުކުރައްވައި ޙުސައިން ޝަރީފުގެ ދަޢުވާ ޤަބޫލުކުރައްވާ އޭނާ ހުށަހެޅި މައްސަލާގައި ނިންމެވުމެއް
ނިންމަވާފައިއެވަނީ އިންސާފުންކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި
4
2 ހއ
އނއށ
4 499
ނަކީ 0އވެ.
ދިވެހިރާއްa
ދިވެހިވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/363
4. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/140 މައްސަލަ
އިސްތިއުނާފުކުރުމަށް އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި،
އެނުކުތާއާ ގުޅޭގޮތުން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މި މައްސަލައާ ގުޅުންހުރި ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2013/VTR/140 މައްސަލައަކީ،
އަޔާޑް މޯލްޑިވްސް ގައި ޙުސައިން ޝަރީފް އަދާކުރަމުންދިޔަ "އެސިސްޓެންޓް އިން ވިލާ ޑައިނިން މެނޭޖަރ"
ގެ ވަޒީފާއިން، އެރިސޯޓު ހިންގާ އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެކަށީގެންވާ
ސަބަބެއްނެތި ޙުސައިން ޝަރީފް 16 މެއި 2013 ގައި ވަކިކޮށްފައިވާތީ، ވަޒީފާ އަނބުރާ ހޯދުމަށާއި،
ޙުސައިން ޝަރީފުއަށް ޙައްޤުވާ މުސާރައާއި ޢިނާޔަތްތަކާއި އަދި އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން
ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރުމުން ޙުސައިން ޝަރީފަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޙުސައިން
ޝަރީފް ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
02 އޮކްޓޯބަރ 2013 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމަވާފައިވަނީ، ޙުސައިން
ޝަރީފް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅުއްވައި، ޙުސައިން
ޝަރީފް އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކޮށްދިނުމަށް އެދިފައިވީނަމަވެސް، ޙުސައިން ޝަރީފް ވަޒީފާ
އަދާކޮށްފައިވަނީ މުއްދަތު ކަނޑައެޅިފައިވާ ވަޒީފާގެ އެއްބަސްވުމެއްގެ ދަށުންކަމަށްވެފައި،
މުއްދަތު 23 ސެޕްޓެމްބަރ 2013 އަށް ހަމަވާކަން އެނގެން އޮތުމުން ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް އަމުރު
ކުރާނެ ތަނެއް ނެތުމުން، ޙުސައިން ޝަރީފް ވަޒީފާއިން ވަކިކުރިކަމަށްބުނާ ތާރީޚުން ފެށިގެން ވަޒީފާގެ
އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީޚުކަމަށްވާ
23 ސެޕްޓެމްބަރު 2013 ގެ ނިޔަލަށް ޙުސައިން ޝަރީފަށް
ލިބެންޖެހޭ މުސާރައާއި އެންމެހައި ޢިނާޔަތުން ނޯޓިހުގެ ގޮތުގައި ޙުސައިން ޝަރީފަށް ދީފައިވާ ފައިސާ
އެއެއްބަސްވުމުގެ
UcOc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/363
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
އުނިކުރުމަށްފަހު ޖެހޭ މިންވަރު ޙުސައިން ޝަރީފަށް ދިނުމަށް އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް އަންގަވައި އެގޮތުގެމަތިންކަން އެނގޭކަމެވެ.
celc
(ށ) ދެވަނަ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/140 މައްސަލަ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އަހްމަޓް އައިޑެނީޒް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ، ޙުސައިން ޝަރީފް ވަޒީފާއިން ވަކިކޮށް އޭނާގެ
ފައިނަލް ސްޓޭޓްމަންޓުގައިބުނާ ފައިސާއާ ޙަވާލުވަމުން އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
މައްޗަށް އޭނާ ވަޒީފާއިން ވަކިކުރި ކުރުމާމެދު ދަޢުވާއެއް ނޫފުލާނެ ކަމަށް ބުނެ ސޮއި ކުރުމަށްފަހު އެބުނި
ބުނުމާ ޚިލާފަށް ކުންފުނީގެ މައްޗަށް ދަޢުވާ އުފުލުމަކީ ޤާނޫނީ ގޮތުން އޭނާވެފައިވާ ވަޢުދަކާ ޚިލާފުކަމަކަށްވާތީ
އެއީ ޤާނޫނީ ގޮތުން އޭނާއަށް ލިބިދެވޭނެ ފުރުސަތެއް ނޫންކަމަށާއި، ނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
އެކަމަށް ރިޢާޔަތްނުކުރައްވައި ޙުސައިން ޝަރީފުގެ ދަޢުވާ ޤަބޫލުކުރައްވައި އޭނާހުށަހެޅި މައްސަލާގައި
ނިންމެވުމެއް ނިންމަވާފައިއެވަނީ އިންސާފުންކަމަށް ނުދެކޭކަމަށް ބުނެ ހުށަހެޅި ނުކުތާކަމަށްވާއިރު އެނުކުތާގެ
ބެލިއިރު،
އާންމު އުޞޫލެއްގެ ގޮތުން ބަލާއިރު، ޙައްޤުގެ ވެރިފަރާތަށް އެޙައްޤު ހޯދައި ލިބިގަތުމާއި ދޫކޮށްލުމުގެ
އިޚްތިޔާރު އޮންނާނެކަމާއި، މިގޮތުން ވަކި ޙައްޤެއް ޤާނޫނީ ހަމަތަކުގެ މަތިން ދޫކޮށްލައިފިނަމަ ދަޢުވާކޮށް
އެޙައްޤު ހޯދުމުގެ ފުރުޞަތު ގެއްލިގެން ދާނެކަމާއި،
ނަމަވެސް، މި ޢާންމު އުޞޫލުން އިސްތިސްނާކުރެވޭ ޙާލަތް
ހާލަތްތަކެއް ހުރެދާނެކަމާއި، އެގޮތުން
ވަޒީފާއާގުޅޭ މައްސަލަތަކުގައި، ވަޒީފާ އަދާކުރާފަރާތަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤަކަށް ނުވަތަ
މަންފާއަކަށް އުނިކަން ލިބޭގޮތަށް ނުވަތަ އެފަދަ ޙައްޤެއް ނުލިބޭގޮތަށް ވަޒީފާގެ އެއްބަސްވުމުގައި
އެއްބަސްނުވެވޭނެކަމާއި، ވަޒީފާގެ އެއްބަސްވުމުގައި ނުވަތަ ޤަވާއިދެއްގައިވިޔަސް ވަޒީފާ އަދާކުރާފަރާތަށް
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ނުލިބޭގޮތަށް ނުވަތަ އެފަދަ ޙައްޤަކަށް
,028
މިއަކަށް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެއްޔަ20ތ ދވހ4
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/363
އުނިކަން ލިބޭގޮތަށް އެއްވެސް މާއްދާއެއް ހިމެނިފައިވާނަމަ އެމާއްދާއެއް ވާނީ ބާޠިލް މާއްދާއަކަށްކަން
ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އިން އެނގޭކަމާއި،
މިގޮތަށް އޮތުމުގެ މަޤްޞަދަކީ، ވަޒީފާ އަދާކުރާފަރާތަކީ، ވަޒީފާގެ މިތަކުގައާއި
ވަޒީފާއާގުޅޭގޮތުން ވަޒީފާ ދޭފަރާތާއި ވަޒީފާއަދާކުރާފަރާތާއި ދެފަރާތުގެ ދެމެދުގައި ހިނގާ މުޢާމަލާތްތަކުގައި
ބަލިކަށި ފަރާތްކަމަށްވުމުން އެފަރާތް ޙިމާޔަތްކޮށް، އެފަރާތުގެ ޙައްޤުތައް ކަށަވަރުކުރުންކަމާއި،
އެހެންކަމުން،
ވަޒީފާއާބެހޭ ޤާނޫނުގެ
ބަޔާންކުރެވިދިޔަ މާއްދާގެ
އެއަކުރަށް ބަލާއިރު،
ވަޒީފާއަދާކުރާފަރާތަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް ދޫކޮށްލުމަށް ވަޒީފާގެ
އެއްބަސްވުމުގައި ކުރިއާލައި އެއްބަސްނުވެވޭނެކަމާއި، އަދި އެފަދައިން އެއްބަސްވެފައިވީނަމަވެސް އެފަދައިން
އެއްބަސްވެފައިވާ މާއްދާއެއް ވާނީ އެއާ އެއްގޮތަށް އަމަލު ނުކުރެވޭނޭ ބާޠިލް މާއްދާއަކަށްކަމާއި،
ނަމަވެސް، ވަޒީފާއިން ވަކިވާ ޙާލަތުގައި މުވައްޒަފަށް ލިބެންޖެހޭ ޙައްޤެއް ނުވަތަ މަންފާއެއް
ދޫކޮށްލުމަށް ވަޒީފާއާބެހޭ ޤާނޫނު ޞަރީހަކަށް ހުރަސްއަޅާފައިނުވާކަމާއި، ނަމަވެސް މިޙާލަތުގައިވެސް
މުވައްޒަފުގެ ޙައްޤުތައް ޙިމާޔަތްކޮށް އެޙައްޤުތައް ކަށަވަރުކުރަންޖެހޭނެކަން އެނގޭއިރު، ވަޒީފާއާބެހޭ ޤާނޫނުގެ
ބަޔާންވެދިޔަ މާއްދާގެ ރޫޙަށާއި، މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ މައްޗަށް ނަޒަރުކުރާއިރު،
މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ޙާލަތުގައި، އެމުވައްޒަފަށް ލިބިދޭ ޙައްޤެއް ދޫކޮށްލުމަށް ވަޒީފާ
ދިން ފަރާތާއި ވަޒީފާ އަދާކުރާފަރާތާ ދެމެދު އެއްބަސްވެވިދާނެކަމާއި، މިފަދައިން މުވައްޒަފަށް ލިބިދޭ ޙައްޤެއް
ދޫކޮށްލުމަށް އެއްބަސްވެވޭ ކަންކަން ޢާންމުކޮށް ނުވަތަ ގިނަ ފަހަރަށް ހިމެނިފައި ހުންނާނީ މުވައްޒަފަކު
ވަޒީފާއިން ވަކިކުރާ ޙާލަތުގައި، ވަޒީފާ ދިންފަރާތާއި ވަޒީފާ އަދާކުރާފަރާތާ ދެމެދު، އެދެފަރާތުގެ ޙައްޤުތަކާއި
މަސްއޫލިއްޔަތު ބަޔާންކޮށް ހެދޭ އެއްބަސްވުމުގައި (severance agreement ގައި) ކަމާއި،
މިގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭއިރު އޭނާއަށް ލިބިދޭ ދަޢުވާކުރުމުގެ ޙައްޤުފަދަ ޙައްޤެއް
ދޫކޮށްލުމަށް ވެވިފައިވާ އެއްބަސްވުމަކީ މުވައްޒަފަށް އޭނާގެ ޙައްޤުތައް އެނގިހުރެ، އަމިއްލަ އިޚްތިޔާރުގައި
ވެފައިވާ އެއްބަސްވުމަކަށް ވާންޖެހޭނެކަމާއި، މިކަން ކަށަވަރުކުރުމަށްޓަކައި ތިރީގައި ބަޔާންކުރެވިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/363
8
* 2
ނ.
އ
ކަންކަމުގެ މައްޗަށް ކަމާބެހޭ ޓްރައިބިއުނަލުންނާއި ކޯޓުތަކުން ބައްލަވަންޖެހޭނެކަމާއި، މުވައްޒަފު ވަޒީފާއިން
ވަކިކުރެވޭ ޙާލަތުގައި، ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމަށް މުވައްޒަފަށް ފެންނަ
ޙާލަތުގައި އެސަބަބުގެ މައްޗަށް ބިނާކޮށް ދަޢުވާކުރުންފަދަ، މުވައްޒަފަށް ލިބިގެންވާ ޙައްޤެއް ދޫކޮށްލުމަށް
މުވައްޒަފު ސޮއިކުރި ކުރުމަކީ، މުވައްޒަފަށް އެޙާލަތުގައި ލިބިގެންވާ ޙައްޤުތައް ރަނގަޅަށް އެނގިހުރެ، އަދި
ފުރިހަމަ އިޚްތިޔާރުގައި ސޮއިކުރި ކުރުމެއްކަމަށް ކަނޑައެޅުއްވޭނީ އެކަންކަމުގެ މައްޗަށް ބެލެވިގެންކަމުގައި
ވާންޖެހޭނެކަމާއި،
އެގޮތުން ކަމާބެހޭ ޓްރައިބިއުނަލުންނާއި ކޯޓުތަކުން ބައްލަވަންޖެހޭނެ ކަންކަމަކީ؛
އެއްބަސްވުމުގެ ޢިބާރާތް ލިޔެވިފައިވަނީ ސާފުކޮށް، އަދި މުވައްޒަފުގެ ތަޢުލީމާއި އަދި
މަސައްކަތުގެ ތަޖުރިބާގެ މައްޗަށް ބަލާއިރު، އެމުވައްޒަފަށް ފަހުމްވާފަދަ ސާދާ ޢިބާރާތުންކަން.
އެއެއްބަސްވުން ވެވިފައިވަނީ އޮޅުވާލައިގެން ނުވަތަ މަޖުބޫރުން، ނުވަތަ ރަނގަޅުނޫން
ފޯރުވައިގެން ނުވަތަ އެނޫންވެސް
ވަޒީފާދިން ފަރާތުން ރަނގަޅުނޫން ޢަމަލެއްކޮށްގެންނޫންކަން
އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އެއެއްބަސްވުން ކިޔައި، އެއެއްބަސްވުމުގެ
އެމުވައްޒަފަށް ލިބިގެންދާނެ މަންފާތަކާއި ބީވެގެންދާނެ ކަންތައްތަކާމެދު ވިސްނާލުމަށް އެކަށޭނަ ވަގުތު
ލިބިފައިވާކަން.
. ޤާނޫނީ ވަކީލަކާ ނުވަތަ މުވައްޒަފު ބޭނުންވާ އެހެން ފަރާތަކާ ނަމަވެސް މަޝްވަރާކުރުމުގެ
ފުރުޞަތު މުވައްޒަފަށް ދެވިފައިވޭތޯ.
އެއްބަސްވުމުގެ ޝަރުތުތަކާބެހޭގޮތުން ވާހަކަދައްކައި އެޝަރުތުތައް ކަނޑައެޅުމުގައި މުވައްޒަފަށް
މިންވަރެއްގެ ދައުރެއް ލިބިފައިވާކަން.
ޅ. ޤާނޫނުން ނުވަތަ ވަޒީފާގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް މުވައްޒަފަށް ލިބޭ ޙައްޤުތަކުގެ
އިތުރުން، މުވައްޒަފަށް ދަޢުވާކުރުމަށް ލިބިފައިވާ ޙައްޤުފަދަ މުވައްޒަފަށް ލިބިފައިވާ ޙައްގެއް ދޫކޮށްލުމުގެ
މުޤާބިލެއް ނުވަތަ ބަދަލެއް (consideration) ކަނޑައެޅިފައިވުން.
ސަބަބުން
2 4 8 2
އއސ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/363
މިކަންކަމުގެ މައްޗަށްކަމެވެ.
4732/06
ހއ.2
މައްޗަށް
(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ އުޞޫލުތައް މިމައްސަލައިގެ މައްޗަށް
ތަޠުބީޤުކުރާއިރު، "ފައިނަލް ސެޓްލްމެންޓް" މިނަމުގައި، 15 މެއި 2013 ތާރީޚްގައި ތައްޔާރުކޮށް، އަޔާޑާ
މޯލްޑިވްސްގެ ފަރާތުންނާއި ޙުސައިން ޝަރީފު 16 މެއި 2013 ގައި ސޮއިކޮށްފައިވާ ލިއުމުގައި، އަޔާޑާ
މޯލްޑިވްސްގައި ޙުސައިން ޝަރީފް އަދާކުރަމުންދިޔަ ވަޒީފާއާ ގުޅޭގޮތުން އެހެން ދަޢުވާއެއް ނެތްކަމަށް
އިޤްރާރުވާކަމަށް ލިޔެފައިވާއިރު، އެޢިބާރާތް ލިޔެވިފައިވަނީ ސާފު އަދި ސާދާ ޢިބާރާތުންކަމާއި، އަދި ޙުސައިން
ޝަރީފުގެ މަޤާމާއި ވަޒީފާގެ ތަޖްރިބާއަށް ބަލާއިރު، އެލިއުމުގައިވާ އެއްޗެއް ޙުސައިން ޝަރީފަށް
ފަހުމްވާނެކަމަށްވެސް ބަލަންޖެހޭކަމާއި،
ނަމަވެސް، އެލިއުމުގައި ޙުސައިން ޝަރީފަށް ޤާނޫނުންނާއި ވަޒީފާގެ
ބިނާކޮށް ޙައްޤުވާ އެއްޗެއްގެ އިތުރުން، ޙުސައިން ޝަރީފް އަދާކުރަމުންދިޔަ ވަޒީފާއާ ގުޅޭގޮތުން ދަޢުވާކުރުމަށް
ލިބިފައިވާ ޙައްޤު ދޫކޮށްލުމުގެ ބަދަލުގައި އެއްވެސް މުޤާބިލެއް (consideration) ކަނޑައެޅި ޙުސައިން
ޝަރީފަށް ލިބިދީފައިނުވާކަމާއި، އަދި ވަޒީފާއިން ވަކިކުރުމާ ގުޅޭގޮތުން ކުރިން އެއްވެސް އެއްޗެއް ޙުސައިން
ޝަރީފަށް އެންގިފައިވާކަން އެނގެން ނެތްއިރު، ވަޒީފާއިން ވަކިކުރިކަން އެންގި ތާރީޚާއި މިލިއުމުގައި
ސޮއިކުރުވި ތާރީޚަކީ އެއްތާރީޚެއްކަމުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، އެއެއްބަސްވުން ކިޔައި،
އެއެއްބަސްވުމުގެ ސަބަބުން އެމުވައްޒަފަށް ލިބިގެންދާނެ މަންފާތަކާއި ބީވެގެންދާނެ
ކަންތައްތަކާމެދު
ވިސްނާލުމަށް އެކަށޭނަ ވަގުތު ޙުސައިން ޝަރީފަށް ލިބިފައިވާކަމަށްވެސް ބެލެވެން ނެތްކަމާއި، ޤާނޫނީ ވަކީލަކާ
ނުވަތަ ޙުސައިން ޝަރީފު އެހެން ފަރާތަކާ ނަމަވެސް މަޝްވަރާކުރުމުގެ ފުރުޞަތުވެސް
ލިބިދީފައިވާކަން އެނގެން ނެތްކަމާއި،
އެހެންކަމުން، ޙުސައިން ޝަރީފް ސޮއިކޮށްފައިވާ ލިއުމަކީ ޙުސައިން ޝަރީފް ވަޒީފާއިން
ވަކިކުރުމަށްފަހު އޭނާއަށް ޙައްޤުވާ މުސާރައާއި ޢިނާޔަތްތައް ބަޔާންކޮށް އެފައިސާ
4 2 2 4
می ترسم
އޭނާއަށް ލިބިފައިވާކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/363
ބަޔާންކުރާ ލިއުމަކަށްވާއިރު، އެފައިސާ އޭނާއަށް ލިބިފައިވާކަން ބަޔާންކުރުމަށްފަހު، ޙުސައިން ޝަރީފް އަޔާޑާ
މޯލްޑިވްސްގައި އަދާކުރަމުންދިޔަ ވަޒީފާއާ ގުޅޭގޮތުން އެހެން ދަޢުވާއެއް ނެތްކަމަށް އެލިއުމުގެ ތިރީގައި
ބަޔާންކޮށްފައިވަނިކޮށް އެލިއުމުގައި ޙުސައިން ޝަރީފް ސޮއިކުރިކުރުމަކީ، އޭނާއަށް އެފަދަ ޙާލަތުގައި ލިބިދޭ
ޙައްޤުތައް ރަނގަޅަށް އެނގިހުރެ، ފުރިހަމަ އިޚްތިޔާރުގައި އެޙައްޤުތައް ދޫކޮށްލުމަށް އެއްބަސްވެފައިވާ
އެއްބަސްވުމެއްކަމުގައި ނުބެލެވޭނެކަމެވެ.
C cucc>
(ށ) ހަތަރުވަނަ ކަމަކީ، ޙުސައިން ޝަރީފް ވަޒީފާއިން ވަކިކޮށް ޙުސައިން ޝަރީފް އާއި އަހްމަޓް
އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކޮށްފައިވާ "ފައިނަލް ސެޓްލްމެންޓް" މިނަން ކިޔާ
ލިއުމުގައި ބަޔާންކޮށްފައިވާ ފައިސާއާ ޙަވާލުވަމުން އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
މައްޗަށް ޙުސައިން ޝަރީފް ވަޒީފާއިން ވަކިކުރި ކުރުމާމެދު ދަޢުވާއެއް ނެތްކަމަށް ބުނެ އެއްބަސްވުމަށްފަހު،
އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާ އުފުލުމަކީ ޤާނޫނީ ގޮތުން ޙުސައިން
ޝަރީފަށް ލިބިދެވޭނެ ފުރުސަތެއް ނޫންކަމަށް ބުނެ، އެކަން އަހްމަޓް އައިޑެނީޒް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައިވެސް ފާހަގަކޮށްފައިވާކަމާއި އަދި އެނުކުތާ އާ ގުޅޭގޮތުން
ޙުސައިން ޝަރީފުގެ ފަރާތުންވެސް ވާހަކަ ދައްކާފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު
ލިއުންތަކާއި ބަޔާންތަކުން އެނގެން އޮތްއިރު،
މިފަދަ ދަފްއެއް ހުށަހެޅިއްޖެނަމަ، އެދަފްޢާއި އެދަފްޢު ސާބިތުކުރުމަށް ހުށަހެޅިފައިވާ ހެކިތަކުގެ
މައްޗަށް ބައްލަވައި، ވަޒީފާއިން ވަކިކުރި ކުރުމާގުޅޭގޮތުން ވަޒީފާދިން ފަރާތުގެ މައްޗަށް ދަޢުވާނުކުރުމަށް
މުވައްޒަފު ނުވަތަ ވަޒީފާ އަދާކުރި ފަރާތުން ވެފައިވާކަމަށް ބުނާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްނަމަ،
ވަޒީފާ ދިން ފަރާތުގެ މައްޗަށް ހުށަހެޅުނު އެދަޢުވާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވަންވާނެކަމާއި،
އަދި ވަޒީފާ އަދާކުރި ފަރާތުން ވެފައިވާކަމަށް ބުނާ އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމަކަށްނުވާ ޙާލަތުގައި،
ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުގެ މައްޗަށް ފައިޞަލާކުރައްވައި ނިންމަވާ މައްސަލައިގެ ރިޕޯޓުގައި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2013/HC-A/33
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ދަފްއަށް ޖަވާބުދެވިފައި އޮންނަންވާނެކަން އެނގޭއިރު، އެނުކުތާއާ
ގުޅޭގޮތުން އެއްވެސް ކަމެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/140 މައްސަލައިގެ
ރިޕޯޓުގައި ފާހަގަކުރައްވާފައިނުވާކަމާއި،
ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/140 މައްސަލާގައި
އެޓްރައިބިއުނަލުން ވާޞިލްވެފައިވާ ނަތީޖާއަކީ، މިމައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވާ
ކަންކަމުގެ
މައްޗަށް ބިނާކޮށް ބަލާއިރުވެސް ވާޞިލްވެވެން އޮތް ނަތީޖާކަމަށްވުމުން، ވަޒީފާއާބެހޭ
ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/140 މައްސަލަ އިސްތިއުނާފުކުރުމަށް އަހްމަޓް އައިޑެނީޒް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބިނާކޮށް، އެޓްރައިބިއުނަލުން
ނިންމަވާފައިވާ ނިންމެވުން ބާޠިލްކަމަށް ކަނޑައެޅުމުގެ މަޞްލަޙަތެއް އޮތްކަމަށް ނުފެންނަކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވާކަމެވެ.
055
އެކް•
ދެންފަހެ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2013/VTR/140 މައްސަލާގައި
އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުން ބާޠިލްކަމަށް ކަނޑައަޅާނެތަނެއް
ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
cc
ވީހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv