ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/111 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/111
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
29
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ:111/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑް ނަންބަރު:
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލާ: އ.ޕަބްލިކް ޕްރޮސިކިއުޓަރ އދއ އާމިނަތު ރާޔާޢަލީ
4
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން:އިޙްސާނުއްދީން ރަޝީދު ދާއިމީ އެޑްރެސް: ގ.މަސްއޮޑިގެ / ކ.މާލެ
އައިޑީ ކާޑްނަންބަރު: A124065
މިހާރުގެ އެޑްރެސް:ގ.މަސްއޮޑިގެ/ ކ.މާލެ
* ވަކީލާ: އދއ: އާމިނަތު ޝިޒްލީނާ މަދޮށިވިލާ ސ.ފޭދޫ
ރަޖިސްޓްރީ ތާރީޚް: 19 ޖުމާދަލްއޫލާ 1434
31 މާރޗް 2013
* ނިމުނު ތާރީޚް: 7 ޖުމާދަލްއާޚިރާ 1434
17 އެޕްރީލް 2013
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2013/2620 (JMD-145 ކޯޓު އަމުރު
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކޯޓު އަމުރު
އަމުރުނެރުނު ތާރީޙް:27މާރޗް 2013
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{13/HC-A/111
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/2620 (J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކުރުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފް ރައްދުވާ ފަރާތަކީ ކ.މާލެ،މަސްއޮޑިގެ އިޙްސާނުއްދީން ރަޝީދު
އެވެ.
ފާހަގަކުރެވުނު ނުކުތާތަ
1- މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/2620 (J
(
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރުއްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފް
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 201312620 (JMD-145 ކޯޓު އަމުރަކީ ގ.މަސްއޮޑިގެ
އިޙްސާނުއްދީން ރަޝީދު ގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖަމާޢަތް ހަދައިގެން ގޯތިގެދޮރަށް ވަދެމާރާމާރީ
ހިންގުމުގެ ތުހުމަތުގައި މުޖުތަމައުގެ ސަލާމަތަށްޓަކައި 27 މާރޗް 2013 ވަނަ ދުވަހުގެ 19:10 އިން
ފެށިގެން 01 އޭޕްރީލް 2013 ވަނަ ދުވަހުގެ 19:09 އަށް ގޭގައި ބަންދުކޮށްފައި ބެހެޓުމަށް ކުރައްވާފައިވާ
އަމުރެއްކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
2- ކްރިމިނަލް ކޯޓުގެ ނަންބަރު 201312620 (JMD-145 ކޯޓު އަމުރު ނެރުއްވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހެޅުއްވި ނުކުތާގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ތަފްސީލްކޮށް
ވާހަކަ ދައްކާފައިވެއެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ ނުކުތާއަކީ،ކްރިމިނަލް ކޯޓުގެ ނަންބަރު
2013/2620 (JMD-145 ކޯޓު އަމުރުގައި އިޙްސާނުއްދީން ރަޝީދުގެ މައްޗަށް ތުހުމަތުކުރެޑީ މައިވާ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/111
ޖަމާޢަތް ހަދައިގެން ގޯތިގެދޮރަށް ވަދެމާރާމާރީ ހިންގުމާއި ޓެރަރިޒަމްގެ މައްސަލައިގައި އިޙްސާނުއްދީން
ރަޝީދު ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ފާހަގަކުރައްވައި އިޙްސާނުއްދީން
ރަޝީދު ގޭގައި ބަންދުކުރުމަށް 27 މާރޗް 2013 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައި ކުށްކުށަށް
ތުހުމަތު ކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް
/ ތތ 2 ތތ 2
/814ނކރއްވާ
22 422
ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ ހުށަހެޅި
ކު#އވާ"
3- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/2620 (JMD-145 ކޯޓުއަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި އެނުކުތާގެ މައްޗަށް
ދައްކާފައިވާ ވާހަކަ ތަކަށާއި އަދި އިސްތިއުނާފު ރައްދުވާ ފަރާތްކަމަށްވާ އިޙްސާނުއްދީން ރަޝީދުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/2620 (J
(
MD-145 ކޯޓުއަމުރަށް
ބަލާއިރު، އެއަމުރަކީ ގ.މަސްއޮޑިގެ އިޙްސާނުއްދީން ރަޝީދު 12 މާރޗް 2013 ވަނަ ދުވަހުގެ ދަންވަރު
13:30 އެހަކަންހާއިރު ޖަމާޢަތް ހަދައިގެން
އެއްމުލި ގެއަށްގޮސް
އެގޭގެ ދޮރު ހަލާކުކޮށްލުމަށްފަހު
އެގޭތެރެއަށްވަދެ އެގޭގައި ނިދާފައިތިބި ދެމީހެއްގެ ގައިގައި އިޙްސާނުއްދީން ރަޝީދު އަތުން ތަޅާ މާރާމާރީ
ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އިޙްސާނުއްދީން ރަޝީދު ހައްޔަރު ނުކޮށްފިނަމަ އިޙްސާނުއްދީން
ރަޝީދުގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީއާއި އިޙްސާނުއްދީން ރަޝީދު
ފިލާފާނެ ކަމަށްފެންނާތީއާއި، އަދި ހެއްކަށް ނުފޫޒުފޯރުވާފާނެކަމަށް ތަޙްޤީޤަށް ފެންނާތީއާއި އަދި ޖިނާއީ ކުށެއް
02 20
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/111
fi
TD051574
ކުރި ކަމަށް އިޙްސާނުއްދީން ރަޝީދުގެ މައްޗަށް އެކަށީގެންވާ ހެކިހުރިކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭތީ،
އިޙްސާނުއްދީން ރަޝީދު 27 މާރޗް 2013 ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ
ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށް ދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް" އިން ހުށަހެޅުމުން އިޙްސާނުއްދީން
ރަޝީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖަމާޢަތް ހަދައިގެން ގޯތިގެދޮރަށް ވަދެ މާރާމާރީ ހިންގުމާއި
ޓެރަރިޒަމްގެ މައްސަލައިގައި މުޖުތަމައުގެ ސަލާމަތަށްޓަކައި
27 މާރޗް
2013 ވަނަ ދުވަހުން ފެށިގެން
05 ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކޮށްފައި
ބެހެއްޓުމަށް
ކުރައްވާފައިވާ އަމުރެއްކަން މިއަމުރަށް ބެލުމުން
އެނގެން އޮންނަކަމާއި،
އަދި އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރަމުން ދައުލަތުގެ ފަރާތުން އެދިފައިވަނީ
ގ.މަސްއޮޑިގެ އިޙްސާނުއްދީން ރަޝީދު 05 ދުވަހުގެ މުއްދަތަށް ގޭގައި ބަންދުގައި ބެހެއްޓުމަށް
ކްރިމިނަލްކޯޓުން ކުރައްވާފައިވާ އަމުރު ބާތިލުކޮށް 15 ދުވަހުގެ މުއްދަތަށް އިޚްސާނުއްދީން ރަޝީދު
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރެއް ކޮށްދިނުންކަން
ފާހަގަކުރެވެން އޮންނަކަމެ
4w ހއ 2
4
ރަކަމވ.
24
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރެ ޝަޒް
04x
ގޮތެއް
9ބޮ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
5
2{13/HC-A/111
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ގޮތެއް ނިންމުމުގެބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަ
ހަގަކުރެވޭކަމެވެ.
20 8
(ބ) ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާ
ގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި
އެޙާދިސާ އެޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް
ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް
ކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު
ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރުގެ
ކުރިމައްޗަށް ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް
ފެންނަ ޙާލަތުގައި އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް
ނުރައްކާތެރިކަމެއް ނުފޯރުވޭނެފަދަ ތަނެއްގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 194/HC
-
A/2012
ގަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން ފާހަގަކުރެވެން އޮތުމުން،
އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ ނަންބަރު 201312620 (J
/
MD-145 ކޯޓުއަމުރަކީ،
ގ.މަސްއޮޑިގެ އިޙްސާނުއްދީން ރަޝީދު 12 މާރޗް 2013 ވަނަ ދުވަހުގެ ދަންވަރު 03:30
އެހަކަންހާއިރު ޖަމާޢަތް ހަދައިގެން އެއްމުލިގެއަށް ގޮސް އެގޭގެ ދޮރު ހަލާކުކޮށްލުމަށްފަހު އެގޭތެރެއަށްވަދެ
އެގޭގައި ނިދާފައިތިބި ދެމީހެއްގެ ގައިގައި އިޙްސާނުއްދީން ރަޝީދު އަތުން ތަޅާ މާރާމާރީ ހިންގީކަމަށް ހައި
2 22 22
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
6
2013/HC-A/111
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ހ2 22 ހދ8
އަމުރެއްކަމަށް
2 22 22
ތުހުމަތު ކުރެވޭ މައްސަލައިގައި މީނާ ހައްޔަރު ނުކޮށްފިނަމަ މީނާގެ ފުށުން މުޖުތަމަޢުގެ ސަލާމަތަށް
ނުރައްކާވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ވިދާޅުވެ ނެރުއްވާފައިވާ
ވީހިނދު، ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފަނޑިޔާރުގެ ކުރިމައްޗަށް
ހާޟިރުކުރެވޭ މީހާއަކީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ މީހެއްކަމަށް ފަނޑިޔާރަށް ފެންނަ
ޙާލަތުގައި، އެމީހަކު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ އެމީހެއްގެ ފަރާތުން މުޖުތަމަޢަށް ނުރައްކާތެރިކަމެއް
ނުފޯރުވޭނެފަދަ ތަނެއްގައިކަމާއި، އިޙްސާނުއްދީން ރަޝީދުގެ ކުށުގެ ރިކޯޑަށް ބަލާއިރުގައިވެސް
އިޙްސާނުއްދީން ރަޝީދަކީ މީގެ ކުރިންވެސް މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ތަހުޤީޤުކޮށްފައިވާ ފަރާތެއްކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިކޯޑުތަކުން ދައްކާއިރު،
އިހްސާނުއްދީން ރަޝީދު ގޭބަންދަށް ބަދަލުކުރުމަކީ މުޖުތަމަޢަށް އޭނާގެ ސަބަބުން ނުރައްކަލެއް ކުރިމަތިވުމުގެ
އިޙްތިމާލުއޮތް ކަމެއްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/2620 (J
(
MD-145 ކޯޓުއަމުރަށް ބަދަލު
ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ޤަބޫލުކުރެވިފައިވާ ކަމާއި ނަމަވެސް، އިސްތިއުނާފުކޮށްފައިވާ އިސްވެ އިޝާރާތް ކުރެވުނު ކޯޓު އަމުރުގެ
މުއްދަތު ފާއިތުވެފައިވާތީ ބަންދުގެ މުއްދަތު އިތުރު ކުރަން ހުށަހެޅި މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ނަންބަރު TD051574 "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯމް" ގެ މައްޗަށް ބިނާކޮށް މިނިސްޓްރީ އޮފް
ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި އިޙްސާނުއްދީން ރަޝީދު އެމުއްދަތަށް ބަންދުކުރުމަށް މިކޯޓުން
އިސްތިއުނާފުގެ މަރުހަލާގައި ކަނޑައަޅައިދެވެންނެތްކަމަށްވެސް މިމައްސަލަ މިކޯޓުން ބެލި ފަނޑިޔާރުންނަށް
ޤަބޫލުކުރެވިފައިވެއެވެ.
ދިވެހިރާއް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2013/HC-A/111
ޙުކުމް
ދެންފަހެ، އިސްވެބަޔާންކުރެވުނު ކަންކަން ބަޔާންވެދިޔަ ގޮތަށް ހުރުމާއެކު ކްރިމިނަލް ކޯޓުގެ
ނަންބަރު 2013/2620 (J
(
MD-145 ކޯޓުއަމުރު ބާޠިލުކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި މައްސަލަ ނިންމީއެވެ.
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv