ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/133 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/133
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
*N
ޙަތު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 133/HC-A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ދާވޫދު ޙުސައިން
* ދާއިމީ އެޑްރެސް: ށ.މިލަންދޫއިލަލްހިޖުރި
އައިޑީ
ކާޑު ނަންބަ: A038172 މިހާރުގެ އެޑްރެސް: ށ.މިލަންދޫއިލަހިޖުރި
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އެޓަރނީޖެނެރަލްގެ އޮފީސް
* އައިޑީ ކާޑުނަންބަރު:
*
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
5
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 ޖޫން 2010
ނިމުނު ތާރީޚް: 23 އޭޕްރީލް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1739
• ނިންމެވިކޯޓް: މަދަނީކޯޓު
މައްސަލައިގެ ބާވަތް: ޙުކުމްތަންފީޛުކުރުން އެދި
• ހުށަހެޅި ތާރީޚް: 2009-07-20 ' ނިމުނު ތާރީޚް: 2010-03-24
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލީސް:
ފަނޑިޔާރުން އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރުން އަބްދުﷲ ޙަމީދު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1739 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުންއެދި
ށ.މިލަންދޫ އިލަލްހިޖްރި، ދާއޫދު ޙުސައިން (އައި.ޑީ.ކާޑް ނަންބަރުA038172) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި، އިސްތިއުނާފް
ރައްދުވާ ފަރާތަކީ އެޓާރނީ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ދިވެހިރާ
މިހިރާއްޖޭ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން އިސްތިއުނާފް މިކުރެވޭ މަދަނީ ކޯޓުގެ
ނަންބަރު: 2009/MC/1739 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ،
ށ.މިލަންދޫ އިލަލްހިޖްރި، ދާއޫދު ޙުސައިން 10 ފެބްރުއަރީ 2000 އިން ފެށިގެން ޣިޔާސުއްދީން
ސްކޫލްގެ ޤުރުއާން މުދައްރިސެއްގެ ވަޒީފާ އަދާކުރަމުން އަންނަނިކޮށް ކުޑަކުއްޖަކާމެދު ބަނދު އަޚްލާޤީ
ޢަމަލު ހިންގާފައިވާކަމަށްބުނެ، އެއްވެސް ސާބިތު ހެއްކެތްނެތި، އަދި އެކަން ތަޙްޤީޤުވެސް ކުރުމަކާނުލައި،
21 ޖޫން 2005 ގައި ދާއޫދު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށްބުނެ، އެވަޒީފާ އަނބުރާ
ހޯދުމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ސަރުކާރު މުވައްޒަފުންގެ ޤަވާޢިދާއި ޚިލާފަށް
ދާއޫދު ޙުސައިން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް
އެޑިޔުކޭޝަންގެ މައްޗަށް ދާއޫދު ޙުސައިން ދަޢުވާކުރުމުން މަދަނީ ކޯޓުން ބައްލަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ނިންމާފައިވާ ގޮތަށްބަލާއިރު، ށ.މިލަންދޫއިލަލްހިޖްރި، ދާއޫދު ޙުސައިން
އަދާކުރަމުންދިޔަ ސަރުކާރުގެ ވަޒީފާއިން ވަކިކޮށްފައިވަނީ، 2004 ވަނަ އަހަރު ޣިޔާސުއްދީން ސްކޫލް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
،ދިވެހިރާއްޖެ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
ޤުރުއާން މުދައްރިސެއްގެ ވަޒީފާގައިހުރެ ކިޔަވައިދެމުންދިޔަ އެސްކޫލުގެ ދަރިވަރުން ތަކަކާމެދު ކުޑަކުދިންގެ
ކަރާމާތަށް ގެއްލުންވާފަދަ ބަދު އަޚްލާޤީ ޢަމަލުތަކެއް ހިންގާފައިވާކަމަށް ބެލެވޭކަމެއްގެ ތުހުމަތުގެ
މައްޗަށްކަމަށްވެފައި، އެތުހުމަތުގެ މައްޗަށް ބާރުލިބިދޭ ބަދީހީ ޤަރީނާތަކެއް އެސްކޫލުގެ ގްރޭޑް 4 ގައި އޭރު
ކިޔަވަމުންދިޔަ 10 ދަރިވަރުންގެ ބަހުން ލިބިފައިވާތީ، ދާއޫދު ޙުސައިން ޤުރުއާން މުދައްރިސެއްގެ
ވަޒީފާގައި ބެހެއްޓުމަކީ، ކުޑަކުދީންގެ ކަރާމާތަށާއި، ތަނުގެ މަޞްލަޙަތަށް ގެއްލުން ވެދާނެކަމެއްކަމަށް
ދެކިގެން ދާއޫދު ޙުސައިން އެވަޒީފާއިން ވަކިކޮށްދިނުމަށްއެދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސާރވިސް ޑިވިޜަންގައި އެދުމުންކަން ހުށަހެޅިފައިވާ ބަޔާންތަކުން
އެނގެން އޮތުމާއެކު،
ދާއޫދު ޙުސައިން އެވަޒީފާއިން ވަކިކޮށްފައިވަނީ އޭރު ޢަމަލު ކުރަމުންދިޔަ
މުވައްޒަފުންގެ ކަންތައްތައް ހިންގުމުގެ ޤަވާޢިދާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތުނުވާތީ، ދަދު
ޙުސައިން އޭރު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ދާއޫދު ޙުސައިނަށް ދިނުމަށް މިނިސްޓްރީ އޮފް
އެޑިޔުކޭޝަން އަށް އަންގާނެ ތަނެއް ނެތްކަމަށާއި، އަދި ދާއޫދު ޙުސައިން ވަޒީފާއިން ވަކިކުރުމުގެ
ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުވެސް ނަގައިދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅުއްވައި އެގޮތުގެ މަތީން
ޙުކުމް ކުރައްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1739
ޤަޟިއްޔާ ގައި ޙުކުމްކުރައްވާ ނިންމެވުމުން، އެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް
ކުރައްވާފައިވާ ޙުކުމެއް ނޫންކަމަށްބުނެ ދާއޫދު ޙުސައިންގެ ފަރާތުން އަންނަނިވި ނުކުތާތައް ހުށައަޅާ
އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ : މަދަނީ ޕްރޮސީޖާއިން ބޭރުވެ، ޖިނާއީ ޕްރޮސީޖާގެ މިންގަޑަށް
ދަޢުވާ ޝަރީޢަތުގެ މަޖިލީހުގައި ކުރިއަށް ގެންގޮސްފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
¢ ¢ ¢*
OXoc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
3 / ه
ކުރުމާބެހޭގޮތުން
ގެ
198
* ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޝަރީޢަތް
ހެދިފައިވާ ޤަވާޢިދުގެ 6
ވަނަ މާއްދާއާއި ޚިލާފަށް ނަގާފައިވާ ބަޔާންތަކަކާ މަތިކޮށް ޙުކުމްކޮށްފައިވާކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ތިންވަނަ ނުކުތާއަކީ: ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސަރވިސް ޑިވިޜަނުގެ
"މުވައްޒަފުންގެ ޤަވާޢިދުގެ 43 ވަނަ މާއްދާ އާ މަތިކޮށް ޙުކުމްކޮށްފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ރައީސުލްޖުމުހޫރިއްޔާގެ އޮފީހު ޕަބްލިކް ސާރވިސް ޑިވިޜަންގެ
މުވައްޒަފުންގެ ޤަވާޢިދުގެ 43 ވަނަ މާއްދާ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއާއި ޚިލާފަށް
މާނަކޮށް މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ހޯދާ ހެއްކާއި ނަގާ ބަޔާން ކޯޓަށް
ޤަބޫލުކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާއިރު، އެފަދަ ހެއްކާއި
ބަޔާންތަކުގެ މައްޗަށް ޙުކުމްކޮށްފައިވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަވަނަ ނުކުތާއަކީ: ވަޒީފާއިން ވަކިވެފައިވާ ކަމަށްބުނެ އެކަން އެންގުމަކާ ނުލާ
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސާރވިސް ޑިވިޝަނުން ހަދާފައިވާ މުވައްޒަފުންގެ ޤަވާއިދުގެ
47، އަދި 54 ވަނަ މާއްދާއާއި، ޚިލާފަށް ޙުކުމްކޮށްފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* ހަތްވަނަ ނުކުތާއަކީ: ލިބިފައިވާ އެއްވެސް ބަދީހީ ޤަރީނާއެއް ބުނެދީފައި ނުވުމާއި،
އަދި ޙުކުމްކޮށްފައިވަނީ ތުހުމަތެއްގެ މައްޗަށް ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
* އަށްވަނަ ނުކުތާއަކީ: މިމައްސަލާގައި 12 ކުދިން ހިމެނިފައިވާއިރު ތިން ކުއްޖެއްގެ
ބަލަދުވެރިން ޙާޟިރުކޮށް، ދެކުއްޖެއްގެ ބެލެނިވެރިންގެ ބަހަށް ޙުކުމްކޮށްފައިވާ ކަމަށްބުނެ ފާހަގަކޮށްފައިވާ
ދިވެހިރާއްޖޭގެ
ނަކުތުއެވެ.
: ހައިކޯ؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
3x
03- މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1739 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓަށާއި އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ށ.މިލަންދޫ އިލަލްހިޖްރި،
ދާއޫދު ޙުސައިންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ހ ގެ ޏ ސ ހ އ ވ 3
ފިރިންeކ އކ
(ހ) މިމައްސަލާގައި ކަންހިގާފައިވާގޮތަށް ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު:
2009/MC/1739 ޤަޟިއްޔާގައި ދަޢުވާކުރި ފަރާތް، އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ
އިސްތިއުނާފުކުރި ފަރާތްކަމުގައިވާ ށ.މިލަންދޫ އިލަލްހިޖްރި، ދާއޫދު ޙުސައިނަށް އެންމެ ފުރަތަމަ ޤުރުއާން
މުދައްރިސް ކަމުގެ ވަޒީފާ ލިބިފައިވަނީ 10 ފެބްރުއަރީ 2000 ގައި ޣިޔާސުއްދީން ސްކޫލުންކަމާއި،
އެސްކޫލުގައި އޭނާ މަސައްކަތްކުރަމުން ހިކޮށް، އޭނާ އެސްކޫލުގައި ކިޔަވައިދެމުން ގެންދިޔަ
އެކުދިންގެ ކަރާމާތަށް ގެއްލުންވާފަ
ގެއްލުންވާފަދަ ޢަމަލުތަކެއް އޭނާ
ހިންގާފައިވާކަމަށް އޭނާ
ކިޔަވައިދެމުން ގެންދިޔަ ކުދިންތަކެއްގެ ބެލެނިވެރީންގެ ފަރާތުން 2004 ވަނަ އަހަރުގެ އޮކްޓޯބަރ މަސް
ފެށުނު ތަނާ ސްކޫލަށް ލިބުނު ޝަކުވާތަކަކާއި ގުޅިގެން އެކަން ސްކޫލުތެރެއިން ބެލެންހުރި މިންވަރަށް
ބެލުމަށްފަހު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އެންގެވުމުގެ މަތީން އެނާ އެސްކޫލަށް ކިޔަވައިދިނުމަށް
ނުނިކުތުމަށާއި، އެސްކޫލުގެ ވަޒީފާގައި ބެހެއްޓުމަށް ނުފެންނާތީ، އަމިއްލައަށް އެހެން ވަޒީފާއެއް ހޯދުމަށް
އެސްކޫލުގެ ފަރާތުން ދާއޫދު ޙުސައިންނަށް އެންގެވުމަށްފަހު، 21 ޖޫން 2005 ގައި އޭނާ ވަޒީފާއިން
ވަކިކޮށްފައިވަނީކަން ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮވެއެވެ.
(ށ) އިސްވެބަޔާން ކުރެވުނު ގޮތުގެމަތީން ޣިޔާސުއްދީން ސްކޫލުގައި ދާއޫދު ޙުސައިން
ޤުރުއާން މުދައްރިސްކަމުގެ ވަޒީފާ އަދާކުރަމުންދަނިކޮށް، 2004 ވަނަ އަހަރު އޭނާ ކިޔަވައިދެމުންދިޔަ
ދަރިވަރުންތަކެއްގެ ބެލެނިވެރީންގެ ފަރާތުން އެސްކޫލަށާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ހުށަހެޅުނު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
ޝަކުވާތަކަކާއި ގުޅިގެން އެސްކޫލުގެ އެސިސްޓެންޓް ކައުންސެލަރ ކަމުގެ މަޤާމުގައި އޭރުހުރި ސަނާޢު
ވަޙީދު މެދުވެރިކޮށް، ދައޫދު ޙުސައިން އެޢަމަލު ހިންގިކަމަށް ބުނާ ކުދިންނާ އިންޓަރވިއު ކުރެވި ރިޕޯޓެއް
ތައްޔާރު ކުރެވިފައިވާކަމާއި،
އެރިޕޯޓަށްބަލާއިރު، ޖުމްލަ ބާރު ކުއްޖަކާ އިންޓަރވިއު ކުރެވިފައިވާކަމާއި، މީގެ ތެރެއިން
ޢާއިޝަތު ސުމާ ގްރޭޑް 4ޑީ (10 އަހަރު) ބުނެފައިވާގޮތުގައި، އެއަހަރުގެ ދެވަނަ ޓަރމް ފެށުނީންސުރެ
ޤުރުއާން މުދައްރިސް ޢާއިޝަތު ސުމާގެ މޭމަތީގައި އަތްކާތާ ހަދާކަމަށާއި، އެންމެ ފަހުން އެފަދައިން ޢަމަލު
ކޮށްފައިވަނީ 28 ސެޕްޓެމްބަރ 2004 ދުވަހު އޮތް ޤުރުއާން ގަޑީގައި ކަމަށް ޢާއިޝަތު ސުމާ
ބުނެފައިވާކަމަށާއި،
އަދި ނަފްހާ އަޙްމަދު ގްރޭޑް 4ޑީ (10 އަހަރު) ބުނެފައިވާގޮތުގައި، އޭނާގެ މޭމަތީގައި
ޤުރުއާން މުދައްރިސް އެއްފަހަރު އަތްކާތާލާފައިވާކަމަށާއި، އަދި އެދުވަހު އެކަމާއި ހިތްހަމަނުޖެހިގެން އޭނާގެ
ގައިގައި އަތްނުލުމަށް ޤުރުއާން މުދައްރިސްގެ ގާތުގައި ބުނެފައިވާކަމަށް ނަފްހާ އަޙްމަދު ބުނެފައިވާކަމަށާއި،
ޢާއިޝަތު އަރުޝާ ގްރޭޑް 4-ޑީ (10 އަހަރު) ބުނެފައިވާގޮތުގައި، އަހަރުގެ ދެވަނަ ޓާރމް
ފެށުނީންސުރެ ޤުރުއާން މުދައްރިސް އޭނާގެ މޭމަތީގައާއި ބަނޑުގައި އަތްގުލާ ހަދާ ކަމަށާއި، އެންމެ
ފަހުން އެފަދައިން ޢަމަލު ހިންގާފައިވަނީ 27 ސެޕްޓެމްބަރ 2004 ދުވަހު ކްލާހަށް ދިޔުމަށް
ސިޑިންއަރަނިކޮށް ޤުރުއާން މުދައްރިސާ ސިޑިމަތިން ދިމާވެގެން ކަމަށާއި،
އަދި ނިޒްމީނާ މުޙައްމަދު ގްރޭޑް 4ޑީ 10 އަހަރު) ބުނެފައިވާގޮތުގައި، ދެވަނަ ޓާރމް
ފެށުނީންސުރެ ޤުރުއާން މުދައްރިސް އޭނާގެ މޭމަތީގައި އަތްއުގުޅާ ހަދާކަމަށާއި، އަދި އެވާހަކަ އޭނާ
ރައްޓެހި ކުދިން ގާތުވެސް ބުނެފައިވާނެ ކަމަށާއި، އަދި ރައްޓެހި ކުދިންފިޔަވައި އެހެން މީހެއް ކައިރި
އެވާހަކަ ބުނަން ނުކެރުނީ ޤުރުއާން މުދައްރިސް ވަޒީފާއިން ވަކިކޮށްފާނެތީއާ، ނިޒްމީނާއަކީ ގޯސް ކުއްޖެއްގެ
ގޮތުގައި އެހެން ކުދިންނަށް ހީވެދާނެތީ ކަމަށާއި،
odoc
ދިވެހިރާއްޖޭގެ
، ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
t
އަދި އިންޓަރވިޔު ކުރެވިފައިވާ 12 ކުދިންގެ ތެރޭގައި ހިމެނޭ ހަމައެކަނި ފިރިހެން ކުއްޖާ
މުޙައްމަދު މާއިލް ބުނެފައިވާގޮތުގައި، އޭނާގެ ގައިގައި ޤުރުއާން މުދައްރިސް ދުވަހަކުވެސް އަތްލާފައި
ނުވާކަމަށާއި، ނަމަވެސް އެހެން ކުދިންގެ ގައިގައި އަތްއުގުޅާތަ އޭނާއަށް ފެނިފައިވާކަމަށް
ބުނެފައިވާކަމާއި،
އަދި މީގެ އިތުރުން އިންޓަރވިއު ކުރެވިފައިވާ ބާކީތިބި ހުރިހާ ކުދިންގެ ބަހަށް
ބަލާއިރުވެސް ޤުރުއާން މުދައްރިސަށް އެކުދިންގެ ފޮތް ދައްކަން ދިޔުމުން އެކުދިންގެ މޭމަތީގައި އަތްއުގުޅާ،
ބަނޑުގައި ކޮއްޓާ، ކޮޑުގައި ފިރުމާ، އަދި އުނަގަޑުގައި ހިފާ ޤުރުއާން މުދައްރިސްގެ ގަޔާއި ކައިރި ކޮށްލާ
ހެދުންފަދަ ޢަމަލުތައް ހިންގާފައިވާކަމަށް އެކުދިން ބުނެފައިވާކަން އެރިޕޯޓުގައި ފާހަގަކޮށްފައިވާކަން
އެނގެއެވެ.
(ނ) އިސްވެ މިބަޔާންކުރެވުނު ކައުންސެލަރ ގެ ރިޕޯޓު ޝަރީޢަތަށް ހުށަހެޅިފައިވުމާއެ
،
އެރިޕޯޓުގައި ޣިޔާސުންދީން ސުކޫލުގެ ދަރިވަރުންކުރެ ދާއޫދު ޙުސައިން ކިޔަވައި ދެމުންދިޔަ ދަރިވަރުން
ކައުންސެލަރ ގާތު ބުނެފައިވާކަންކަން އިތުރަށް ޔަޤީން ކުރުމުގެ ގޮތުން އޭގެ ތެރެއިން ބައެއް ކުދީންގެ
ބެލެނިވެރީން ޝަރީޢަތަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާކަމާއި، މިގޮތުން ޢާއިޝަތު ސުމާޢު ގެ ބެލެނިވެރިޔާ
މއ.ގޯލްޑަން” މުޙައްމަދު މުޞްތަފާ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި، އޭނާގެ ދަރިފުޅު ޣިޔާސުއްދީން
ސްކޫލުގެ ގްރޭޑް 4 ގައި އުޅުނުއިރު ބޭއްވި ބެލެނިވެރީންގެ ބައްދަލުވުމެއްގައި، ޤުރުއާން މުދައްރިސް
ޢާއިޝަތު ސުމާޢު ގެ ބެލެނިވެރިޔާ އާއި ބައްދަލު ކުރަން ބޭނުންވާ ވާހަކަ ސްކޫލުގެ ފަރާތުން ބުނެފައިވާތީ،
ޤުރުއާން މުދައްރިސާ ބައްދަލު ކުރުމުން ޤުރުއާން މުދައްރިސް އަޅުގަޑަށް ދެއްކި މާރކްސް ޝީޓުގައި
ޢާއިޝަތު ސުމާޢުއަށް ޤުރުއާނުން ލިބިފައިވަނީ ސުމެއް ކަމުގައިވާތީ، އެކަމާ ދެރަވެގެން ދަރިފުޅާ ސުވާލު
ކުރުމުން، ޤުރުއާން މުދައްރިސަށް ފިލާވަޅު ކިޔައިދޭން ދިޔުމުން ލަދުވެތި ގުނަވަންތަކުގައި މުދައްރިސް
6 24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
26
ފިރުމާ އަތްއުގުޅާ ހަދާތީ، މުއްދަރިސަށް ފިލާވަޅު ކިޔައިދޭން ނުދަނީ ކަމުގައި ޢާއިޝަތު ސުމާޢު
ބުނެފައިވާކަމަށް އޭނާގެ ބައްޕަ މުޙައްމަދު މުޞްޠަފާ ބުނެފައިވާކަން އެނގޭކަމާއި،
އަދި ޙައްވާ ލަމްޙާގެ ބެލެނިވެރިޔާ މއ.ބެރިއަންފަރު(އާމިނަތު ޝަރީފް މަދަނީކޯޓަށް
ދީފައިވާ ބަޔާނުގައި، އޭނާގެ ދަރިފުޅު ޙައްވާ ލަމްޙާ ޣިޔާސުއްދީން ސްކޫލުގެ ގްރޭޑް 4 ގައި އުޅުނުއިރު،
އެސްކޫލުގެ ޤުރުއާން މުދައްރިސް އެ ދަރިފުޅަކީ ވަރަށް ބަސްއަހާ ކުއްޖެއްކަމަށްބުނެ ދަރިފުޅުގެ މޭމަތީގައި
އަތްކާތާ ހަދާކަމަށްބުނެ ޤުރުއާން ގަޑީގައި ސްކޫލުގައި އިންނަން އޭނާ އިންކާރުކުރަން ފަށާފައިވާކަމާއި،
ނަމަވެސް ދާއޫދު ޙުސައިނަކީ ޤުރުއާން މުދައްރިސެއް ކަމަށްވެފައި، ކުދިންނާމެދު އެފަދަ ޢަމަލެއް
ހިންގަފާނެކަމަށް ޤަބޫލުނުކުރެވޭތީ، އެކަމާ އެހާބޮޑު ސަމާލު ކަމެއް ދީފައި ނުވާކަމަށާއި، އެހެން އެކަން
ވެފައިވަނިކޮށް، 2004 ވަނަ އަހަރު އޮތް ބެލެނިވެރީންގެ ބައްދަލުވުމެއްގައި ޙައްވާ ލަމްޙާ އާއެކު
ޓީޗަރުންނާ ބައްދަލު ކުރަން ގޮސް ހުއްޓާ، އެތަނުގައި ހުރި އެހެން ދަރިވަރެއްގެ ބެލެނިވެރިޔާ ޤުރުއާން
މުދައްރިސް ދާއޫދު ޙުސައިނާ ބައްދަލު ކުރަން އުޅުމުން، އެދަރިވަރު އެކަން މަނާކޮށް، ދާއޫދު ޙުސައިން
ގާތަށް ދިޔުމަށް އިންކާރުކޮށް، ރޯން ފެށުމުން ޙައްވާ ލަމްޙާ ކުރިންސުރެ ދައްކަމުންއައި ވާހަކަ
ވިސްނުނުކަމަށް އައިމިނަތު ޝަރީފް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ރ) ޣިޔާސުއްދީން ސްކޫލުގެ އެސިސްޓެންޓް ކައުންސެލަރ އެކުލަވާލާފައިވާ އިސްވެ
ބަޔާންކުރެވުނު ރިޕޯޓަށްފަހު، ސީދާ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ އެންގެވުމަކަށް އެސްކޫލުގެ ވަޒީފާއަށް
ނުނުކުތުމަށާއި، ވީހާ އަވަހަކަށް އެހެންވަޒީފާއެއް ހޯދުމަށް ޣިޔާސުއްދީން ސްކޫލުގެ ފަރާތުން ދާއޫދު
ޙުސައިނަށް އަންގާފައިވާކަމަށް އޭރު އެސްކޫލު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދިޔަ
އަޙްމަދު ޝަރީފް އާދަމް މަދަނީކޯޓަށް ދީފައިވާ ބަޔާނުން އެނގެން އޮންނަކަމާއި، އަދި އޭގެ ފަހުން ދާއޫދު
ޙުސައިން އެސްކޫލުގެ ވަޒީފާއަށް ނުކުމެފައިވާކަން އެނގެން ނެތްކަމާއި،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
ހދ 2
4 މ
ހަމައެއާއެކު
ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ދާއޫދު ޙުސައިން 01 ޖެނުއަރީ 2005
އިން ފެށިގެން ނ.މިލަންދޫ ސްކޫލުގެ ޤުރުއާން މުދައްރިސްކަމަށް ބަދަލުކޮށްފައިވާކަމަށް މިލަދުންމަޑުލު
އުތުރުބުރީ އަތޮޅު އޮފީހުން ށ.މިލަންދޫ ސްކޫލަށް ފޮނުވާފައިވާ "ވަޒީފާ ބަދަލުކުރިކަން އަންގާ މެސެޖް"
(ނަންބަރު2005
/
419/C
-
C
26 ޖެނުއަރީ 2005) އިން އެނގެން އޮންނަކަމާއި،
މިކަމާއި ގުޅިގެން ޝަރީޢަތުން އެސުވާލު ދައުލަތަށް ކުރިމަތި ކުރުމުން، އެކަންވެފައިވާގޮތް
ސާފުކޮށްދީފައިވާކަމާއި، މިގޮތުން އެދުވަސްވަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގައި ރެކޯޑުތައް
ބަލަހައްޓަމުން ގެންދަނީ މެނުއަލްކޮށް ކަމުގައިވާތީ، ށ.މިލަންދޫ ސްކޫލުގެ ޤުރުއާން މުދައްރިސް ކަމުގެ
ވަޒީފާއަށް ބަދަލުކުރެވިފައި އެވާ ދައޫދު ޙުސައިނަކީ، ޣިޔާސުއްދީން ސްކޫލުގައި ޤުރުއާން މުދައްރިސް
ކަމުގެ ވަޒީފާގައި އުޅެނިކޮށް ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާފަދަ ޢަމަލުތަކެއް ހިންގިކަމުގެ މައްސަލަ
ފެންމަތިވި ދާއޫދު ޙުސައިންކަން ބަދަލުކުރިއިރު ކަމާބެހޭ ފަރާތަށް ފާހަގަނުކުރެވި ހިނގާފައިވާ ކަމެއްކަމަށް
ބެލެވޭކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި މިކަމަކީ ސަރުކާރުގެ
ފަރާތްތަކަށް
އޮޅުމެއް
އެރުމެއްނެތި
ހިނގާފައިވާކަމެއްކަމަށް ޝަރީޢަތުން ބެލިނަމަވެސް، ޣިޔާސުއްދީން ސްކޫލުގައި 2004 ވަނަ އަހަރު
ފަހުކޮޅު ފެންމަތިވި ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާފަދަ ޢަމަލުތަކެއް އެތަނުގެ ޤުރުއާން މުދައްރިސް
ކަމުގެ ވަޒީފާގައިހުރި ދާއޫދު ޙުސައިން ހިންގި މައްސަލައާއި ގުޅިގެން އޭނާ އެސްކޫލަށް ވަޒީފާއަށް ނުކުތުން
ވަޤުތުން މަނާކޮށް، އެހެން ތަނަކުން ވަޒީފާއެއް އަމިއްލައަށް ހޯދައިގެން ދިޔުމަށް އެސްކޫލުގެ ފަރާތުން
އަންގާފައިވަނިކޮށް،
ށް، އޭރު ސަރުކާރުގެ ވަޒީފާތައް ހަމަޖައްސަމުން ގެންދާ ފަރާތުން އޭނާ އޭރު ވަޒީފާ
އަދާކުރަމުން ދިޔަ މާހައުލު ނޫން އެހެން މާހައުލަކަށް ވަޒީފާ ބަދަލު ކޮށްފައިވުމަކީ، ޣިޔާސުއްދީން
ސްކޫލުގައި ދާއޫދު ޙުސައިން ކިޔަވައި ދެމުން ދިޔައިރު ދިމާވީ އެމައްސަލައަށް ނިމުމެއް އައުންކަމަށް
ބެލެވޭނެ ހަމައެއް ނޫންކަމާއި،
ދި&&&2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
އެހެނީ އެދުވަސްވަރަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ވަޒީރުން އަވަސް އަވަހަށް
ބަދަލުވަމުން އައި ދުވަސްވަރަކަށް ވުމާއެކުވެސް، ދާއޫދު ޙުސައިނާމެދު ކުރިމަތިވި މައްސަލައާ ގުޅިގެން
ބަލަންޖެހޭ ބެލުންތައްބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅެމުންދިޔަކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ
ފަރާތުން 25 ޖުލައި 2005 ގައި ދާއޫދު ޙުސައިން ވަޒީފާއިން ވަކިކޮށްދެއްވުމަށް ދަންނަވާ ފޮނުވާފައިވާ
ޗިޓުންނާއި، އެޗިޓާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕަބްލިކް ސާރވިސް ޑިވިޝަންގެ
ނަންބަރުD/2005
/
1479(2) "ވަޒީފާއިން ވަކިކުރެއްވި ޗިޓް" އިން އެނގެން އޮންނަކަން
ފާހަގަކުރެވޭކަމާއި، އެހެނީ އެދެލިޔުމުގައިވެސް އޭނާ ވަޒީފާއިން ވަކިކުރުމަށް ދެންނެވިފައިވަނީ
ކުޑަކުދިންތަކެއްގެ ކަރާމާތަށް ގެއްލުންވާފަދަ ޢަމަލުތަކެއް އޭނާގެ ކިބައިން ފެންމަތިވި މައްސަލައެއްގައިކަން
އެނގޭތީއާއި، ދާއޫދު ޙުސައިނަށް މިމައްސަލަ ފެންމަތިވިއިރު، އަދި އޭނާ ވަޒީފާއިން ވަކިކުރިއިރު،
މުވައްޒަފުންގެ ކަންތައްތައް ހިންގުމުގައި ޢަމަލު ކުރަމުންދިޔަ ގަވާއިދަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ
ޕަބްލިކް ސާރވިސް ޑިވިޜަނުން 20 މެއި 2004 ގައި ޝާއިޢު ކޮށްފައިވާ މުވައްޒަފުންގެ ކަންތައްތައް
ހިންގުމުގެ ޤަވާޢިދު" ކަމާއި، އެޤަވާޢިދުގެ 03 ވަނަ ބައިގެ 51 ވަނަ މާއްދާގައި، ވަޒީފާގައި ބެހެއްޓުން
އެކަށީގެންނުވާފަދަ ކަމެއް ކޮށްފިނަމަ ވަޒީފާއިން ވަކިކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވުމުން، ދާއޫދު
ޙުސައިންގެ މައްޗަށް ތުހުމަތު ކުރެވިފައިވާ އެ ޢަމަލަކީ އެފަދަ ވަޒީފާއެއްގައި ބެހެއްޓުން އެކަށީގެންނުވާ
ޢަމަލެއްކަމުގައި ކަމާބެހޭ ވުޒާރާއިން ބައްލަވާފައިވާ ބެއްލެވުން ރަގަލު ނޫންކަމަށް ބަލާނެ ޖާގެއް އޮތްކަމަކަށް
މިމައްސަލަބެލި ފަނޑިޔާރުންނަކަށް ޤަބޫލެއް ނުކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން
ހުރުމާއެކު މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1739 ޤަޟިއްޔާގައި ދާއޫދު ޙުސައިން ކުޅި ދަޢުވާ
ބައްލަވައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފް ޙުކުމެއްކަމަށް ނުފެންނާތީ،
އެޙުކުމަށް އެއްވެސް ބަދަލެއް ނުގެނެއުމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2010/HC-A/133
• ޙުކުމް:
ދެންފަހެ، ށ.މިލަންދޫ އިލަލްހިޖްރި، ދާއޫދު ޙުސައިން ޣިޔާސުއްދީން ސްކޫލްގެ ޤުރުއާން
މުދައްރިސް ކަމުގެ ވަޒީފާގައި އުޅެމުން އޭނާ ކިޔަވައި ދެމުންދިޔަ ކުޑަކުދިންތަކެއްގެ ކަރާމާތަށް
ގެއްލުންވާފަދަ ޢަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައި 21 ޖޫން 2005 ގައި ދާއޫދު ޙުސައިން ވަޒީފާއިން
ވަކިކޮށްފައިވާ ކަމަށް ބުނެ، އެވަޒީފާ އަނބުރާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ
ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ މައްޗަށް ދާއޫދު ޙުސައިން ދަޢުވާކުރުމުން
ބައްލަވާފައިވާ މަދަނީ ކޯޓުގެ ނަންބަރު: 2009/MC/1739 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ހައިކޯޓުގައި މިމައްސަލަ ބެލި
ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށް މިޤަޟިއްޔާ ނިންމީއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv