ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/234 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/234
کی عمری
ދެލި
بم استان مراسیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
0
ޤަޟިއްޔާ ނަންބަރު: 234/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތް:
ނިލަންދޫ ކައުންސިލް އިދާރާ
ދާއިމީ އެޑްރެސް: ގއ. ނިލަންދޫ ކައުންސިލްގެ އިދާރާ | ނިލަންދޫ
މިހާރުގެ އެޑްރެސް: ގއ.ނިލަންދޫ ކައުންސިލްގެ އިދާރާ / ގއ. ނިލަންދޫ
* ނަން: ގއ.
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: މުއާޛް
ދާއިމީ އެޑްރެސް: ސައްކެޔޮގެ / ގއ.
ނިލަންދޫ
އައި.ޑީ.ކާރޑް ނަންބަރ A118157
މިހާރުގެ އެޑްރެސް: ސައްކެޔޮގެ / ގއ. ނިލަންދޫ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޖުލައި 2013
ނިމުނު ތާރީޚް: 10 ޖުލައި 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
* ނަންބަރު:2012/P4C/41
* ކޯޓު: ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓް
*ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ތާރީޚް: 23 ޑިސެމްބަރ 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ
، ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 336471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހިރާއްޖެ
2
ޤަޟިއްޔާ
ނިމުނު
2{13/HC-A/234
ދަޢުވާގެ ޚުލާޞާ
މިއީ، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/41
ޤަޟިއްޔާ، އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ނިލަންދޫ ކައުންސިލުގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ
ނިލަންދޫ | ސައްކެޔޮގޭ މުއާޛް އަށެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
OLOO
1- ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/41
ޤަޟިއްޔާ، އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގއ.
ގއ. ނިލަންދޫ ކައުންސިލުގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
20
2- ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/41
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ގއ. ނިލަންދޫ | ސައްކެޔޮގޭ
ނިލަންދޫ ކައުންސިލުގެ އިދާރާއާ ދެމެދު 22 މެއި 2012 ގައި މަސްޖިދުލް ފަލާހުން
ބޭނުންކުރެވެން ހުރި ތަކެތި ބޭނުން ކޮށްގެން ނިލަންދޫގައި ވަގުތީ މިސްކިތެއް އިމާރާތް
ރުމަށްވެވުނު އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިންމައި ލިބެންވީ ފައިސާ ނުލިބިވާތީ އެފައިސާ
މުއާޛު އާއި
.ރށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/s*
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
¢ ¢3
3 ޤަޟިއްޔާ ނިމުނު 1
2013/HC-A/234
می هرکی
ޤަ4
2 0 22
ހޯދުމަށާއި، އެފައިސާ ނުލިބި ގިނަދުވަސްވުމުން ލިބުނު ގެއްލުމަށްވާ ފައިސާހޯދުމަށް ގއ. ނިލަންދޫ
ކައުންސިލް އިދާރާގެ މައްޗަށް މުއާޛް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ނިލަންދޫ ކައުންސިލުގެ އިދާރާއާއި،
ނިލަންދޫ | ސައްކެޔޮގެ މުއާޛްއާއި ދެމެދު ގއ. ނިލަންދޫ މަސްޖިދުލް ފަލާހުގެ އިމާރާތުގެ ތަކެތި
ބޭނުންކޮށްގެން ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް ވެވުނު އެއްބަސްބުމުގައި ވާފަދައިން، މަސްޖިދުލް
ފަލާހުން ރެކުރެވެން ހުރިތަކެތި ބޭނުންކޮށްގެން ވަގުތީ މިސްކިތެއް ޢިމާރާތްކޮށް ނިމުމުން،
ކައުންސިލުން މުއާޛްއަށް ދޭންޖެހޭ ފައިނަލް ޕޭމަންޓުގެ ފައިސާ އާއި ރިޓެންޝަން ޕޭމަންޓުގެ ފައިސާ
ނުލިބިގެން މުއާޛް ކައުންސިލުގެ މައްޗަށް ހުށަހެޅި މިމައްސަލަ ޝަރީޢަތުން ބެލިބެލުމުން އެމިސްކިތުގެ
މަސައްކަތް ނިންމާ ބަލައިގަތުމަށް އެދި 26 އޮގަސްޓު 2012 ގައި، ގއ. ނިލަންދޫ ކައުންސިލުގެ
އިދާރާއަށް މުއާ ހުށަހެޅުމުން އެއްވެސް ޖަވާބެއްނުދީ 02 މަހާއި 26 ދުވަސް ވޭތުވެފައިވާކަން އެނގެން
އޮތުމާއި، އެގްރީމަންޓުގެ 03 ވަނަ މާއްދާއަށް ބަލާއިރު މަސައްކަތް ނިންމާ ހުށަހެޅުމުން ކައުންސިލުން އެ
މަސައްކަތާއި ހަވާލުވާނެ މުއްދަތެއް، އަދި މައްސަލައެއް ހުރެއްޖެނަމަ އެކަން ހައްލުކުރުމަށް އަންގަންޖެހޭ
މުއްދަތެއް ބަޔާންކުރުމަކާއި ނުލައި، މަސައްކަތް ކުރި ފަރާތުން މަސައްކަތް ހައްލުކުރުމަށް 15 ދުވަހުގެ
މުއްދަތު ލިޔެފައިވުމުން، މަސައްކަތް ކުރިފަރާތުގެ ހައްޤަށް އުނިކަން އަންނަގޮތަށް ހިމަނާފައިވާ
މާއްދާއެއްކަން އެނގެން އޮތުމުން، މަސައްކަތް ހަވާލުކުރި ފަރާތަށްވެސް މައްސަލައެއް ހުރެއްޖެނަމަ
ލިބެންޖެހޭނީ މަސައްކަތް ހަވާލުވި ފަރާތާއި އެއްވަރެއްގެ މުއްދަތެއްކަމަށާއި، ވަގުތީ މިސްކިތް
ނިންމާ މިސްކިތުގެ މަސައްކަތުގެ އަގުގެތެރެއިން ފައިނަލް ޕޭމަންޓާއި، ރިޓެންޝަން ޕޭމަންޓް ދިނުމަށް
މުޢާޒު ހުށަހެޅުމުން ވަގުތީ މިސްކިތް އިމާރާތް ކުރިއިރު 02 (ދޭއް) ކޮންކުރީޓް ތަނބު އުނިކޮށްފައިވާ
ކަމަށާއި، ކޮންކުރީޓް ވަޅުގެ ބަދަލުގައި ގަލުން ވަޅެއް ރާނައި ބަހައްޓާފައިވާތީ މުޢާޛާ އަށް ދޭންޖެހޭ
ފައިސާ ނުދީވާކަން ކައުންސިލުން ބުނާއިރު، ވަގުތީ މިސްކިތް އިމާރާތް ކުރިއިރު އެ 02 (ދޭއް) ތަނބު
މަދުކޮށް، ކޮންކުރީޓް ވަޅުގެ ބަދަލުގައި ގަލުން ވަޅެއް ރާނައި ބެހެއްޓިކަން ކައުންސިލަށް އެރީއްޖޭގެ ހަp
2
4
2 ހއ
އެން 2.3ނ
24 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2{13/HC-A/234
کی عمری
ދެވެ
"ހިރާއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮ
ކަމަށާއި، ކައުންސިލުގެ އޭރުގެ ނާއިބު ރައީސް އަޙްމަދު ދީދީ އެމަސައްކަތް ދުވަހުން ދުވަހަށް ސުޕަވައިޒް
ކުރަމުން ދިޔަކަމަށާއި، ކައުންސިލުގެ އޭރުގެ ނާއިބު ރައީސް އަޙްމަދު ދީދީ އެމަސައްކަތް ދުވަހުން ދުވަހަށް
ސުޕަވައިޒް ކުރަމުން ދިޔަކަމަށާއި، މުޢާޒު އެގޮތަށް އެމަސައްކަތް ކުރުމަށް ކައުންސިލުން ދޫކޮށްގެންތިބީ،
މަސައްކަތް ނުހުއްޓުވަންކަމަށް ބުނެފައިވުމާއި އެމަސައްކަތް ނިމުމުން މުޢާޛުގެ އަތުން ބަދަލު ނެގުމުގެ
ބޭނުމުގައި ކަމަށް ކައުންސިލުން ބުނެފައިވުމުން އަދި އެކަން މުޢާޛު އަށް އަންގާފައިނުވުމުން ކައުންސިލުން
މުޢާޛާ އާއި މެދު މަކަރުވެރި ހީލަތްތެރި ގޮތްތަކެއް ރާވާފައިވާކަން އެނގެން އޮތުމާއި، އެބަދަލު
ގެނެސްފައިވަނީ ކައުންސިލްގެ ރައީސް ޔޫޝައު އަންވަރު އާއި ކައުންސިލްގެ އޭރުގެ ނާއިބް ރައީސް
އަޙްމަދު ދީދީގެ ލަފައާއި މަޝްވަރާގެ މަތިންކަން ލިބިފައިވާ ހެއްކާއި ޤަރީނާތަކުން އެގެން އޮތުމާއި، ވަގުތީ
މިސްކިތް 20 ޖުލައި 2012 އިން ފެށިގެން މިހާރުވެސް ބޭނުންކުރަމުންދާތީ އެމިސްކިތް
ބަލައިގެންފައިވާކަން ޤަބޫލުކުރެވޭކަމަށާއި، އެމިސްކިތް ބަލައިގަތުމަށް މުޢާޛު ހުށަހެޅުމުން އެއްވެސް އެއްޗެއް
އެންގުމެއްނެތި ހިމޭނުން ތިއްބެވި ތިއްބެވުމަކީ އެމިސްކިތުގައި ފުރިހަމަ ކުރަންޖެހޭ
ކަންކަން
ފުރިހަމަވެފައިވާކަން ކައުންސިލުން ޤާބޫލުކުރައްވައިގެން ތިއްބެވުމަށްކަމަށް ޝަރީޢަތަށް ބުރަވެވިއްޖެހިނދު،
ވަގުތީ މިސްކިތް އިމާރާތް ކުރުމުގެ އަގުގެ ތެރެއިން ނުލިބިވާ -/109020ރ (އެއްލައްކަ ނުވަހާސް
ރުފިޔާ) އާއި، މުޢާޛު އަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ -/74920ރ (ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ
ވިހި ރުފިޔާ) އާއި އެކު ޖުމްލަ -/183940ރ (އެއްލައްކަ އަށްޑިހަ ތިންހާސް ނުވަސަތޭކަ ސާޅީސް
ރުފިޔާ) އަކީ ގއ.ނިލަންދޫ ކައުންސިލްގެ އިދާރާއިން ގއ.ނިލަންދޫ ސައްކެޔޮގެ މުޢާޛުއަށް ދޭންޖެހޭ
ފައިސާއެއްކަމަށް ކަނޑައަޅައި މިފައިސާ -/183940ރ (އެއްލައްކަ އަށްޑިހަ ތިންހާސް ނުވަސަތޭކަ
ސާޅީސް ރުފިޔާ) މިއަދު (23/12/2012) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ގއ.ނިލަންދޫ
ސައްކެޔޮގެ މުޢާޛާ އާއި ހަވާލުކުރުމަށް ގއ. ނިލަންދޫ ކައުންސިލަށް އަންގައި އެގޮތުގެ މަތިން
ޢަމަލުކުރުމަށް އަމުރުކުރައްވައިކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 5316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
4070 ސ
2{13/HC-A/234
5 ޤަޟިއްޔާ ނިމުނު ގޮ
=32
3- ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ ނަންބަރު 2012/P4C/41
ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ގއ. ނިލަންދޫ ކައުންސިލުގެ އިދާރާގެ ފަރާތުން މައިގަނޑު 3 (ތިނެއް)
ނުކުތާއެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައި ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
"15
މުޢާޛާ އާއި
ގއ.
(ހ) ފުރަތަމަ ނުކުތާއަކީ: ނިލަންދޫގައި ވަގުތު މިސްކިތް އިމާރާތް ކުރުމުގެ
މަސައްކަތް
ނިލަންދޫ
ނިލަންދޫ ކައުންސިލުން ހަވާލުކޮށްފައިވަނީ
ގއ. ނިލަންދޫ ކައުންސިލާއި ނިލަންދޫ ސައްކެޔޮގޭ މުޢާޒް އާއި ދެމެދު 22 މެއި 2012ގައި
ލިޔުމުން ވެފައިވާ އެއްބަސްވުމުގެ ދަށުންކަމުގައި ވީ ހިނދު އެއެއްބަސްވުމާއި ޚިލާފުވެފައިވާކަން މުޢާޛުގެ
ބަހުން އެނގޭއިރު ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށްބުނެ ހުށަހެޅި
ގއ.
OLO.
ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: މަސައްކަތުގެ ފައިނަލް ޕޭމަންޓު އަދާކުރާނެގޮތް އެގްރިމަންޓުގެ
6 ވަނަ މާއްދާގެ ބ.ގައި ބަޔާންކޮށްފައިވާއިރު އެކަމަށް ރިޢާޔަތް ކުރުމެއް ނެތި އެ ފައިސާ ދޭންޖެހޭކަމަށް
ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
(ނ) ތިންވަނަ ނުކުތާއަކީ: ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ އެގްރިމެންޓާ، މަސައްކަތާއި
ހަވާލުވި ފަރާތް ކަމުގައިވާ މުޢާޛް ޚިލާފުވެފައިވާއިރު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި -/74920ރ (ހަތްދިހަ
ހަތަރުހާސް ނުވަސަތޭކަ ވިހި ރުފިޔާ) ނިލަންދޫ ކައުންސިލުން ދޭންޖެހޭކަމަށް ބުނެ ހުށަހެޅި ނުކުތާ .
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{13/HC-A/234
6 ޤަޟިއްޔާ ނިމުނު ގޮ
ދެވެ
0 /
<< O
4 ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/41
ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގއ. ނިލަންދޫ ކައުންސިލުގެ އިދާރާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި
އެނުކުތާތަކާ ގުޅޭ ގޮތުން ގއ. ނިލަންދޫ ކައުންސިލުގެ އިދާރާގެ ފަރާތުންނާއި މިއިސްތިއުނާފީ ދަޢުވާ
ރައްދުވާ ނިލަންދޫ، ސައްކެޔޮގޭ މުޢާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/P4C/41 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ 0
22
03w·
مرگ مرمر
(ހ) ފުރަތަމަ ކަމަކީ:
ގއ. ނިލަންދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 32'42x" ގެ
ވަގުތީ މިސްކިތް ކުރީގެ މަސްޖިދުލް ފަލާހުން ނައްޓާލެވެންހުރި ތަކެތި ބޭނުންކޮށްގެން ޢިމާރާތް ކުރުމާ
ނިލަންދޫ ސައްކެޔޮގޭ، މުއާޛްއާއި ނިލަންދޫ ކައުންސިލުގެ އިދާރާއާ ދެމެދު 22
މެއި 2012 ދުވަހު އެއްބަސްވުމެއްގަ
ވުމެއްގައި ސޮއި ކޮށްފައިވާކަމާއި، އެ އެއްބަސްވުމުގެ ދަށުން ވަގުތީ
މިސްކިތުގެ މަސައްކަތް ކުރަންޖެހޭ ގޮތް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަމާއި، އެ އެއްބަސްވުމުގެ
ދަށުން ކުރެވޭ މަސައްކަތުގެ ޖުމްލަ އަގަކީ -/323400ރ (ތިންލައްކަ ތޭވީސް ހާސް ހަތަރު ސަތޭކަ
ރުފިޔާ) ކަން އެއެއްބަސްވުމުގެ 2 ވަނަމާއްދާއިން އެނގޭކަމާއި، އަދި މަސައްކަތުގެ އަގު އަދާކުރަންޖެހޭ
ގޮތް އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ހ)، (ނ)، (ނ)، (ބ) އަދި (ޅ) ގައި ބަޔާންކޮށްފައި
އޮންނަކަމާއި،
24 2 2
އެ ގޮތުން އެ އެއްބަސްވުމުގެ 6 ވަނަ މާއްދާގައި މަސައްކަތުގެ އަގު އަދާކުރުމަށް
ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، އެ މާއްދާގެ:-
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 5316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{13/HC-A/234
ޤަޟިއްޔާ ނިމުނު "
می هرکی
ދެވެ
(ހ) ގައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ %15 ކަމަށްވާ
-/
48,510ރ (ސާޅީސް އަށްހާސް ފައްސަތޭކަ ދިހަ ރުފިޔާ) މަސައްކަތާއި ހަވާލުވި ފަރާތްކަމުގައިވާ
ނިލަންދޫ | ސައްކެޔޮގެ މުއާދާ ހަވާލު ކުރަންވާނެކަމާއި،
(ށ) ގައި ފުރަތަމަ ޕޭމަންޓުގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ %30 ކަމަށްވާ
-/97,020ރ (ނުވަދިހަހަތްހާސް ވިހި ރުފިޔާ) މަސައްކަތުގެ ތިންބައިކުޅަ ދެބައި ނިމުމުން
ހަވާލުކުރަންވާނެކަމާއި، މަސައްކަތުގެ ތިންބައިކުޅަ ދެބައި ނިމުނުކަމަށް ބެލެވޭނީ އިމާރާތް ރާނާ ހިޔާކޮށް،
ދެފަރާތުގައި ސިމެންތި ޖަހައި، ތަޅުން އެޅުމުން ކަމާއި،
(ނ) ގައި މަސައްކަތުގެ ދެވަނަ ޕޭމަންޓުގެ ގޮތުގައި މަސައްކަތުގެ ޖުމްލަ އަގުގެ %25
ކަމަށްވާ -/80,850ރ (އަށްޑިހަހާސް އަށްސަތޭކަ ފަންސާސް ރުފިޔާ) ކަރަންޓް ވައިރުކޮށް، ފެންވައިރުކޮށް
ނަރުދަމާ ނިޒާމު ޤާއިމުކޮށް ސީލިންގކޮށް ނިންމާ ތަށިމުށިޖަހާ ދޮރާއި ދޮރުފަތް ހަރުކޮށް ނިމުމުން
OX
ޢިދު 22 ހ 0
2
2 ހއ
ހވާލުކުރަންވާންކަމެ#
ވާނެކަމާއި،
(ބ) ގައި ފައިނަލް ޕޭމަންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ އަގުގެ %20 އަށްވާ
-/64,680ރ (ފަސްދޮޅަސްހަތަރުހާސް ހަސަތޭކަ އައްޑިހަރުފިޔާ) ހަވާލުކުރެވުނު މަސައްކަތް އެއްކޮށް
ފުރިހަމަކޮށް ތަން ހަވާލުކުރުމުން، 10 (ދިހައެއް) ދުވަހުގެ ތެރޭގައި ދީ ނިންމަންވާނެ ކަމާއި، އަދި
(ޅ) ގައި ރިޓެންޝަންގެ ގޮތުގައި ބެހެއްޓިފައިވާ މަސައްކަތުގެ އަގުގެ %10 އަށްވާ
-/32,340 (ތިރީސްދެހާސް ތިންސަތޭކަސާޅީސް ރުފިޔާ) ވަގުތީ މިސްކިތުގެ އެންމެހައި މަސައްކަތްތަކާއި
އިސްކުރު ބަރީގެ އެންމެހައި މަސައްކަތްތަކާއި، ފެންވަޅުގެ އެންމެހައި މަސައްކަތްތައް ފަހު
ނުންކުރުމަށްފަހު، އެއްވެސް މައްސަލައެއް ނުޖެހި ޚިދުމަތް ދެމުން ގެންދާތާ 03 (ތިނެއް) މަސްދުވަސް
ހަމަވުމަށްފަހު، އެފައިސާ ހޯދުމަށް މަސައްކަތް ހަވާލުވީ ފަރާތުން ބިލް ހުށަހަޅާތާ 10 (ދިހައެއް) ދުވަހުގެ
ތެރޭގައި އެފައިސާ ދީ ނިންމަންވާނެކަމަށް
މަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 7/16471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިވެއްޖެ
2{13/HC-A/234
می هرکی
ދެވެ
ބ 4
24 04
8 ޤަޟިއްޔާ ނިމުނު 1
(ށ) ދެވަނަ ކަމަކީ؛ ނިލަންދޫގައި ވަގުތީ މީސްކިތެއް ޢިމާރާތް ކުރުމާއި ބެހޭގޮތުން
ނިލަންދޫ ސައްކެޔޮގޭ މުއާޛްއާއި ނިލަންދޫ ކައުންސިލުގެ އިދާރާއާއި ދެމެދު ވެވުނު
އެއްބަސްވުމުގެ 6 ވަނަ މާއްދާގެ (ހ)، (ކ) އަދި (ނ) ގައި ބަޔާންކޮށްފައިވާ މަސައްކަތްތައް
ނިންމާފައިވާ ކަމާއި، އެމަސައްކަތްތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފައިސާ މުޢާޡަށް ދިނުމަށް
ނިންމާފައިވާކަން ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލުގެ 17 ޖޫން 2012 ގައި
ބޭއްވުނު
އެކައުންސިލުގެ 28 ވަނަ ކުއްލި ޖަލްސާއިން ނިންމާފައިވާ ނިންމުމާއި، 02 ޖުލައި 2012 ގައި ބޭއްވުނު
އެކައުންސިލުގެ 31 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ނިންމުމާއި،13 އޯގަސްޓް 2012 ގައި
ބޭއްވުނު އެކައުންސިލުގެ 36 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ނިންމުމަށް ބެލުމުން އެނގޭކަމާއި، އެ
މަސައްކަތްތަކުގެ ފައިސާ މުޢާދަށް ލިބިފައިވާކަން އޭނާގެ ބަހުންނާއި އެފައިސާ ހަވާލުކޮށްފައިވާ ގޮތުގެ
ލިޔުންތަކަށް ބެލުމުން އެނގޭކަމާއި، އެއްބަސްވުމުގެ ދަށުން ކުރެވުނު މަސައްކަތްތަކަށް ލިބެންޖެހޭ ފައިސާގެ
ތެރެއިން މުޢާދަށް ލިބިފައިނުވަނީ ފައިނަލް ޕޭމަންޓްގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި، ރިޓެންޝަން
ޕްމަންޓުގެ ގޮތުގައި ބެހެއްޓިފައި ހުރި ފައިސާކަން އެނގޭއިރު،
އެފައިސާ ނުދީ ހިފަހައްޓާފައިވަނީ ގއ. ނިލަންދޫ ކައުންސިލްގެ އިދާރާއާއި މުޢާޛް ދެމެދު
ވެވިފައިވާ އެއްބަސްވުމާ ޚިލާފަށް މަސައްކަތްކޮށްފައިވާތީކަމަށާއި، އެގޮތުން މިސްކިތް ޢިމާރާތްކުރި އިރު 02
ކޮންކްރީޓް ތަނބު މަދުވެފައިވާކަމާއި، ކޮންކުރީޓް ފެންވަޅެއްގެ ބަދަލުގައި ގަލުން ރާނައިގެން ވަޅެއް
ބަހައްޓާފައިވާކަމަށާއި، މަސްޖިދުލް ފަލާހުގައި ހުރި އިސްކުރުބަރި ރޫޅާފައިވާތީ އަލުން އެތަން ޢިމާރާތް
ކުރުމާއި، މިސްކިތާއި މާކައިރީގައި ރުއްގަސް ބެހެއްޓުމާއި، ތެޅިފައިހުރި ލޫވަތައް ހަރުކޮށްފައިވުމާއި،
ކުޑަދޮރުތައް ރަނގަޅަށް ނުލެއްޕުމާއި، މިސްކިތް މައިދޮރު އޮޅިގަނޑު ފީވެފައިހުރުމުން އެކަން ރަގަނޅު
ނުކޮށްހުރުމާއި، މިސްކިތް އެތެރޭގައި ހަރުކުރަންޖެހޭ ސުޕީކަރު ހަރުނުކޮށްހުރުމާއި، ރެނދު ބެއްދުމާއި
މިސްކިތުގައި ލުމަށް ބުނެފައިވާ ބްރޭންޑް ނޫން ބުރޭންޑެއްގެ ކުލައާއި ދަވާދު ލުމާއި، އުނިކުރެވިފައިވާ
ފާރުބުރިލުމާއި، މަސްވެރިންގެ ހިޔަލުގައި ހުރި ހޮޅިބުރިއާއި ފަންކާ އިއާދަނުކުރުން، މިކަންތައްތަކުގެ ހައި
4 22
2 02 0c3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3/16471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު 1
2{013/HC-A/234
کی عمری
ދެވެ
22 ތ 8
29
އްބަސްވުމާއި މުޢާޛް ޚިލާފުވި ކަންތައްތައް ކަމަށް ގއ. ނިލަންދޫ ކައުންސިލުގެ އިދާރާގެ ފަރާތުން
ބުނެފައިވާކަން އެނގޭހިދު:
ކޮންކްރީޓުން ބެހެއްޓުމަށް ބުނެފައިވާ ފެންވަޅު ގަލުން ރާނާފައިވަނީ ރަމްޟާން މަހުގެ
ފުރަތަމަ ދުވަހު މިސްކިތުގައި ހުކުރު ނަމާދު ކުރުމަށް ގއ. ނިލަންދޫ ކައުންސިލުގެ އޭރުގެ ރައީސާއި
ނާއިބު ރައީސް ބޭނުންވާތީ ކޮންކްރީޓް ވަޅު ބަހައްޓައިގެން އެދުވަހަށް މަސައްކަތް ނުނިންމޭނެކަމަށް މުޢާ
ބުނުމުން، ރާނައިގެން ނަމަވެސް އެދުވަހަށް މިސްކިތުގެ މަސައްކަތް ނިންމައި ދިނުމަށް ކައުންސިލުގެ
ރައީސާއި ނައިބު ރައީސް އެދުމުން ކަމަށާއި، އުނިކުރެވިފައިވާ ފާރުބުރިއާއި ކޮންކްރީޓް ދެ ތަނބު
މަދުވެފައިވަނީ މަދުވެފައިވާ ތަނބުތައް މިސްކިތުގެ ފެންޑާމުގެ ސިޑިބަރިއަށް އިތުރުކޮށް މަސައްކަތަށް ބަދަލު
ގެނެސްފައިވަނީ ރައީސްއާއި ނައިބު ރައީސްއާ މަޝްވަރާކުރުމަށްފަހު، އެމީހުންގެ އެދުމުގެ މަތީންކަމަށް
މުޢާޛު ބުނެފައިވާކަމާއި، އެކަން މި މައްސަލައިގައި ހެއްކެއްގެ ގޮތުގައި ދަށު ކޯޓަށް ހާޟިރުކުރެވުނު
ގއ. ނިލަންދޫ ދިލްކަޝްވިލާ ނަސްރުﷲ ލަތީފުގެ ހެކިބަހުންވެސް އެނގޭކަމާއި، އަދި ވަގުތީ މިސްކިތުގެ
މަސައްކަތް ކުރަމުން ދިޔައިރު، އެމިސްކިތުގެ 2 (ދޭއް) ތަނބު މަދުން ބަހައްޓާފައިވާކަން ނިލަންދޫ
ކައުންސިލަށް އެނގޭއިރު، އެކަން އެއިރު ހުއްޓުވާފައިނުވަނީ މަސައްކަތް ނުހުއްޓި ކުރިއަށް ދިއުމަށް
ކައުންސިލުން ބޭނުންވާތީކަމަށް އެރަށު ކައުންސިލުގެ ފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ޙާޟިރުވި އެ ކައުންސިލުގެ މެންބަރު އަޙްމަދު ޝަހީލް 17 ޑިސެމްބަރު 2012 ގައި ދަށު ކޯޓަށް ދީފައިވާ
ބަޔާނުގައި ބުނެފައިވާކަން އެނގޭކަމާއި،
އިތުރުން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ނިލަންދޫ ކައުންސިލުގެ ފަރާތުން
ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ލޫވަރުގެ މަސައްކަތް ރަނގަޅު ކޮށްދޭނެ ކަމާއި، ރެނދު ބެއްދުމަކީ
ވޮރަންޓީގެ ދަށުން ކުރަންޖެހޭ ކަމަކަށްވާތީ އެކަން ކުރާނެކަމާއި، ނަމަވެސް، މިސްކިތުގައި ސްޕީކަރު
ހަރުކުރުމުގެ ވާހަކަ އެއްބަސްވުމުގައި ބަޔާންކޮށް
ހިންކޮށްފައިނުވާކަމާއި، އެއްބަސްވުމުގައި ބަޔާންކޮށްފައިވަނީ
ކޮންމެހެން ކަނޑަންޖެހޭ ރުކެއް ކެނޑުމަށް ކަމަށްވާތީ ނުކަޑައި ހުރި ރުކަކީ ކަނޑަން ނުޖެހޭ ދުޢާކަމުގެ ޚަ
42
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 33/6471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{13/HC-A/234
10 ޤަޟިއްޔާ ނިމުނު ގޮ
کی عمری
=32
އަދި މިސްކިތުގެ މަސައްކަތް ކުރުމަށް ކަނޑައެޅިފައިވަނީ މަސްޖިދުލް ފަލާހުގައި ހުރި ތަކެތީގެ ތެރެއިން
ބޭނުންކުރެވޭ ގޮތަށް ހުރި ތަކެތި ނައްޓާލައިގެން ގެންގޮސް ވަގުތީ މިސްކިތުގައި ހަރުކޮށްގެންކަމަށާއި،
އެކަން އެގޮތަށް ކޮށްފައިވާނެ ކަމާއި، މަސްވެރިންގެ ހިޔާއިން ނައްތާލި ފަންކާއާއި ހޮޅިބުރިތަށްވެސް
ނައްޓާލައިގެން ހަރުކުރެވިފައިވަނީ ޕްރީބިޑް މީޓިންގގައި މަޝްވަރާކުރެވިފައިވާ ގޮތަށް ކަމަށާއި،
މިސްކިތުގައި ލާފައިވާނީ ނިޕޯން ޕެއިންޓް ކަމަށާއި، މަސައްކަތް ފެށުނީއްސުރެ ނިމެންދެންވެސް މުޢާ
މަސައްކަތް ކޮށްފައިވާނީ އެއްބަސްވުމާ އެއްގޮތަށް ކަމަށް މުޢާޛާ ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
30
ހަވާލުވުމަށް
(ނ) ތިންވަނަ ކަމަކީ އެއްބަސްވުމުގެ ދަށުން މިސްކިތުގެ މަސައްކަތް ނިންމައި، 26
އޯގަސްޓް 2012 ވަނަ ދުވަހު ކައުންސިލުގެ އިދާރާއަށް މުޢާޛާ އަންގާފައިވާކަމާއި، އަދި އެންގުމަށްފަހު
ރަނގަޅު ކުރަންޖެހޭ ކަމެއް ހުރިކަމަށް ކައުންސިލުގެ ފަރާތުން މުޢާދަށް އަންގާފައި ނުވާކަން މުޢާޒު 16
ސެޕްޓެމްބަރު 2012 ދުވަހު
ނިލަންދޫ ކައުންސިލްގެ އިދާރާއަށް ފޮނުވި ސިޓީއިން އެނގެން
އޮންނައިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން އިމާރާތްކުރެވުނު ވަގުތީ މިސްކިތާ
އިސްކުރުބަރިއާއި ހަވާލުވާނީ މަސައްކަތް ނިމުނުކަމަށް މަސައްކަތް ހަވާލުވި ފަރާތުން ހުށަހެޅުމުން
މަސައްކަތް ހަވާލުވި ފަރާތުން ބަލައި ޗެކުކުރުމަށްފަހު، މައްސަލައެއްނެތްކަމަށް ލިޔުމުން
ފަހުގައި ކަމަށާއި، އިމާރާތް ބަލައި ޗެކުކުރުމަށްފަހު، މައްސަލައެއްނެތްނަމަ، ވަގުތީ މިސްކިތާއި
އިސްކުރުބަރިއާއި، އެންމެހައި މަސައްކަތްތަކާއި މަސައްކަތް ހަވާލުކުރި ފަރާތުން ހަވާލުވާންވާނެކަމަށާއި،
އިމާރާތުގައި އިސްލާހުކުރަންޖެހޭ ކަމެއް ވާނަމަ، ލަސްވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މަސައްކަތާ
ހަވާލުވި ފަރާތުން އެކަމެއް ރަނގަޅުކޮށްގެ
ކޮށްދޭންވާނެކަމަށް އެއްބަސްވުމުގެ 3 ވަނަމާއްދާގައި ބުނެފައިވާކަން
އެނގޭކަމާއި، އެ މިސްކިތުގެ ބޭނުން 2012 ޖުލައި 12 ގައި ކުރަންފަށާފައިވާކަން ދެފަރާތުގެ ބަހުންވެސް
އެނގޭކަމާއި، އަދި އެ މިސްކިތުގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކޮށް
ގއ. ނިލަންދޫ ކައުންސިލުގެ އިދާރާގެ ފަރާތުން މުޢާދަށް އަންގާފައިވަނީ 14 އޮކްޓޯބަރު 2012 ގައިގެން ފައި
2024
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{13/HC-A/234
11 ޤަޟިއްޔާ ނިމުނު "
کی مرک ممب
OXO
އެނގޭއިރު، އެކަންތައްތަކާގުޅޭގޮތުން 16 އޮކްޓޯބަރު 2012 ގައި މުޢާޛުގެ ފަރާތުން ގއ. ނިލަންދޫ
ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި އޭނާ މަސައްކަތްކޮށްފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމަށާއި،
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އޭނާ ކުރަންޖެހޭ ކަންތައްތަކުގެ ތެރެއިން (ކައުންސިލުގެ
ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން) ލޫވަރުގެ މަސައްކަތް ރަނގަޅު ކޮށްދޭނެ ކަމަށާއި، ރެނދު
ބެއްދުމަކީ ވޮރަންޓީގެ ދަށުން ކުރަންޖެހޭ ކަމަކަށްވާތީ އެކަން ކުރާނެކަމަށާއި ދެން ހުރި ކަންތައްތަކަކީ އޭނާ
ކުރަންޖެހޭ ކަންތައްތަކެއްނޫންކަމަށް އޭނާ ދެކޭ ސަބަބުތަކެއް ދައްކައި ކައުންސިލުގެ ފަރާތުން ރަނގަޅު ކޮށް
ދިނުމަށް އެދި ހުށަހެޅި ކަންތައްތަކަށް މުޢާޛު އިންކާރުކޮށްފައިވާކަން އެނގޭއިރު، ވަގުތީ މިސްކިތުގެ
މަސައްކަތް ނިންމި އިރު އެއްބަސްވުމާ ޚިލާފަށް ހުރިކަމަށް ކައުންސިލުގެ ފަރާތުން ބުނާ ކަންތައްތަކަކީ
މުޢާޛު ކުރަންޖެހޭ ކަންތައްތަކެއް ސާބިތުކޮ ވޭފަދަ ކާފީ ހެކި ނިލަންދޫ ކައުންސިލުގެ ފަރާތުން
މިމައްސަލައިގައި ހުށަހެޅިފައިނުވާކަން އެނގެން އޮންނަކަމެވެ.
2
40x3 &2 ދ ތ
ތުކޮށްދިޅު
ގއ.
(ނ) ހަތަރުވަނަ ކަމަކީ: ނިލަންދޫގައި އިމާރާތްކުރި ވަގުތީ މިސްކިތުގެ މަސައްކަތް
ނިންމައި، އެމިސްކިތާ ނިލަންދޫ ކައުންސިލުގެ އިދާރާގެ ފަރާތުން ހަވާލުވުމަށް އެ މަސައްކަތްކުރި
ނިލަންދޫ ސައްކެޔޮގޭ މުއާޛު، ނިލަންދޫ ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަން
އެނގޭއިރު، އެ މަސައްކަތް ނިންމާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށްކަމަށް
ކައުންސިލުގެ ފަރާތުން ބުނެ، އެ މަސައްކަތުގެ ފައިނަލް ޕޭމަންޓާއި ރިޓެންޝަންގެ ގޮތުގައި ބެހެއްޓިފައިވާ
ފައިސާ ދިނުމަށް އިންކާރުކޮށްފައިވާކަން އެނގޭކަމާއި، އެމިސްކިތަކީ ބޭނުން ކުރަމުންދާ މިސްކިތެއް ކަމާއި،
އެއްބަސްވުމުގައިވާ ގޮތުގެ މަތީން އިސްވެދެންނެވުނު ދެޕޭމަންޓު ފިޔަވައި، އޭގެ ކުރިން ދައްކަންޖެހޭ
ޕޭމަންޓުތައް ކައުންސިލްގެ އިދާރާގެ ފަރާތުން މުޢާދަށް ހަމައަށް ދައްކާފައިވާކަމާއި، އެޕޭމަންޓުތައް ދެއްކީ
އެއްބަސްވުމުގެ ދަށުން ހަވާލުކުރެވުނު މަސައްކަތް ނިންމާފައިވޭތޯ ކައުންސިލުގެ އިދާރާގެ ފަރާތުން ބަލައި،
އެ މަސައްކަތްތައް ނިންމާފައިވާތީކަން އެފައިސާ ދިނުމަށް އެރަށު ކައުންސިލުގެ އިދާރާއިން އެކަވާ
Puc
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{13/HC-A/234
12 ޤަޟިއްޔާ ނިމުނު "
گمرکی
ދެވެ
ގޮތުން ނިންމާފައިވާ އެކައުންސިލުގެ ނިންމުންތަކުން އެނގޭކަމާއި، އެއްބަސްވުމުގެ ދަށުން ކުރެވުނު
މަސައްކަތަށް ފައިނަލް ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި ރިޓެންޝަންގެ ގޮތުގައި ބެހެއްޓިފައިވާ
ފައިސާ ނިލަންދޫ ކައުންސިލުގެ ފަރާތުން މުޢާދަށް ނުދިނުމަށް ދައްކާ ސަބަބުތަކަކީ އެއްބަސްވުމާ
އެއްގޮތަށް ދައްކާ މަޤުބޫލު ސަބަބުތަކެއް ކަމުގައި ނުބެލެވޭކަމެވެ.
(ބ) ފަސްވަނަ ކަމަކީ: މުޢާޛުގެ ދަޢުވާގައި ޝަރީޢަތުން ހޯދައިދިނުމަށް އެދިފައިވަނީ
އެއްބަސްވުމުގެ ފަހު ދެޕޭމަންޓުގެ ގޮތުގައި ލިބެންޖެހޭ -/97,020ރ (ނުވަދިހަ ހަތްހާސް ވިހި ރުފިޔާ)
އާއި އެގްރީމަންޓުގައި ބުނެފައިވާ ފަދައިން ދޭންޖެހޭ ޖޫރިމަނާއަށްވާ -/12،000ރ (ބާރަހާސް ރުފިޔާ) އާއި
މުޢާޒަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި -/74,920ރ (ހަތްދިހަހަތަރުހާސް ނުވަސަތޭކަ ވިހި ރުފިޔާ)
އާއެކުޖުމްލަ -/940، 183ރ (އެއްލައްކަ އައްޑިހަ ތިންހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ) ނުލިބިވާކަމަށް
ބުނެ އެފައިސާ ހޯދުމަށްކަން އެނގޭއިރު، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ -/920، 74ރ
(ހަތްދިހަހަތަރުހާސް ނުވަސަތޭކަ ވިހި ރުފިޔާ) އަކީ ކޮންގޮތަކުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި
ހޯދަންއެދޭ ފައިސާކަން މިމައްސަލައިގެ ދަށު ކޯޓުގައި މުޢާޛުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން
ނެތުމާއި އަދި ދަށު ކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގައިވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ
ނަންގަވައި ދެއްވާފައިވާ ސަބަބެއް ބަޔާންކޮށްފައިނުވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި -!74,920ރ
(ހަތްދިހަހަތަރުހާސް ނުވަސަތޭކަ ވިހި ރުފިޔާ) ޝަރީޢަތުގެ ފަރާތުން ނަންގަވައި ދެއްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ސަބަބެއް އޮވެގެ
އޮވެގެންކަން ޝަރީޢަތަށް ސާބިތުނުވާތީ، އެ ފައިސާ އެޤަޟިއްޔާގެ
އުނިކުރަންޖެހޭކަމަށް މިޤްޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
އިކުމުން
ޕިރާއްޖޭގެ
ހައިކޯa
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471/
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިރާއްޖެ
2013/HC-A/234
13 ޤަޟިއްޔާ ނިމުނު ގޮ
کی عمری
އެހެންކަމުން މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ހުވަދުއަތޮޅު
އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/41 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް އިސްލާޙު ގެންނަންޖެހޭ ކަމަށެވެ.
ޙުކުމް
OU OO
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު،
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/P4C/41 ޤަޟިއްޔާގައި
ނިލަންދޫ ކައުންސިލުގެ އިދާރާއާއި، ނިލަންދޫ | ސައްކެޔޮގޭ މުއަދާ ދެމެދު ގއ. ނިލަންދޫ
މަސްޖިދުލް ފަލާހުގެ އިމާރާތުގެ ތަކެތި ބޭނުންކޮށްގެން ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް ވެވުނު
އެއްބަސްވުމުގައި ވާ ގޮތުގެމަތިން ވަގުތީ މިސްކިތުގެ މަސައްކަތް ނިންމައި، އެ މިސްކިތުގެ މަސައްކަތަށް
ލިބެންޖެހޭ ފައިސާއާއި އެއްބަސްވުމުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި މުޢާދަށް ލިބުނު
ގެއްލުމުގެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ ފައިސާއާ އެކުޖުމްލަ -/183,940ރ (އެއްލައްކަ އައްޑިހަ
ތިންހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ) ނުލިބިވާކަމަށް ބުނެ އެފައިސާ ހޯދުމަށްއެދި މުޢާ
ދަޢުވާކޮށްފައިވީހިނދު، އެފައިސާގެ ތެރެއިން ދަށު ކޯޓުގެ ޤަޟިއްޔާގައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި
-/74,920ރ (ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ ވިހި ރުފިޔާ) ނިލަންދޫ ކައުންސިލުގެ ފަރާތުން
މުޢާދަށް ނަންގަވައި ދެއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްވާތީ، އެޤަޟިއްޔާގެ
އެބައި ބާޠިލްކަމަށް ކަނޑައަޅައި، ދަށު ކޯޓުގެ ޤަޟިއްޔާގައި މުޢާދަށް ނަންގަވައި ދެއްވާފައިވާ
-/183,940ރ (އެއްލައްކަ އައްޑިހަ ތިންހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ) ގެ ތެރެއިން ލިބުނު
ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް ދަޢުވާކޮށްފައިވާ -/920، 74ރ (ހަތްދިހަހަތަރުހާސް ނުވަސަތޭކަ ވިހި
ރުފިޔާ) އުނިކުރުމުން ނިލަންދޫ ކައުންސިލުގެ އިދާރާގެ ފަރާތުން މުޢާދަށް ދައްކަންޖެހޭ ޢަދަދަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/234
کی عمری
14 ޤަޟިއްޔާ ނިމުނު ގޮ
-/
109,020ރ (އެއްލައްކަ ނުވަހާސް ވިހި ރުފިޔާ) ކަމަށް ކަނޑައަޅައި، އެފައިސާ މުޢާޡަށް
02 0 0
ލިބިދިނުމަށްޓަކައި، މިއަދު 10 ޖުލައި 2014 ދުވަހުން ފެށިގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި
އެފައިސާ ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ދައްކައި ޚަލާޞްކުރުމަށް ނިލަންދޫ ކައުންސިލުގެ
އިދާރާއަށް އަންގައި، މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ޙުކުމްކޮށްފީމެވެ.
، ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv