ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/389 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/389
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 389/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
ނަން: ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރެޖިސްޓްރީ ނަންބަރު: 183
/
2002-C
ވަކީލު: އޒް. ޢަބްދުﷲ އަޙްމަދު
ދާއިމީ އެޑްރެސް: އެމަރަލްބިލްޑިންގ
މިހާރުގެ އެޑްރެސް: އެމަރަލްބިލްޑިންގ
*
*
0
4
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ރަޝީދު
* އައިޑީ ކާޑު ނަންބަރ: A155672
* ބަދަލުގައި: އގ. އަދުނާން ޔޫސުފް
ދާއިމީ އެޑްރެސް: އަސަރީމަންޒިލް އދ. މާމިގިލި
މިހާރުގެ އެޑްރެސް: އަސަރީމަންޒިލް އދ. މާމިގިލި
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 31 ޑިސެމްބަރު 2013
*
ނިމުނު ތާރީޚް: 29 ޖެނުއަރީ 2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/942
ނިންމެވިކޯޓް: ސިވިލް ކޯޓު
ހުށަހެޅުނުތާރީޚް: 27-05-2012
ނިމުނު ތާރީޚް: 31-10-2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢައްބާސް ޝަރީފް
R
ހައި9
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/389
ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/942 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ އދ. މާމިގިލި އަސަރީމަންޒިލް، މުޙައްމަދު ރަޝީދުއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
ol- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/942 ޤަޟިއްޔާ އަކީ، ގުޑް ޓްރެވަލް އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރެޖިސްޓްރީ ނަންބަރ 183
/
2002-C) ގެ އެދުމުގެ މަތިން، އެކުންފުނީގެ
ރަޖިސްޓްރީ ނަންބަރު 10-02-9282 ސަފާރީ ބޯޓު މަރާމާތު ކުރުމަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާއި، އދ. މާމިގިލި އަސަރީމަންޒިލް މުޙައްމަދު ރަޝީދު (ދ.ރ.ކާޑު ނަންބަރު:
A155672) އާދެމެދު އެއްބަސްވެ، އެ އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ 05
(ފަހެއް) މަސްދުވަހުގެ ތެރޭގައި ސަފާރީ ބޯޓުގައި ކުރަން ޙަވާލުކުރެވުނު ހުރިހާ މަސައްކަތެއް ނިންމުމަށްފަހު އެ
ބޯޓު ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވީނަމަވެސް، މަސައްކަތުގެ ޖުމްލަ އަގު
ކަމުގައިވާ -/675,000ރ. (ހަލައްކަ ހަތްދިހަފަސްހާސް ރުފިޔާ) ގެ ތެރެއިން ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއިން މުޙައްމަދު ރަޝީދަށް ނުދައްކާވާ -/475,000ރ. (ހަތަރު ލައްކަ ހަތްދިހަ ފަސްހާސް
ރުފިޔާ) ލިބިފައިނުވާތީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ އަދާކުރަންޖެހޭ
މުއްދަތުގައި އެފަދައިން ކަންކޮށްފައި ނުވުމުން، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
އެއްބަސްވުމާއި ޚިލާފުވެފައިވާކަމުގައި ބުނެ، އެއްބަސްވުމުގެ ދަށުން މުޙައްމަދު ރަޝީދަށް ލިބެންޖެހޭ ޖޫރިމަނާ
ފައިސާއާއި، މަސައްކަތުގެ އަގުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް މުޙައްމަދު ރަޝީދުގެ ފަރާތުން ގުޑް
ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/389
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑް (ރެޖިސްޓްރީ ނަންބަރ 183
/
2002-C) ގެ އެދުމުގެ މަތިން، އެކުންފުނީގެ ރަޖިސްޓްރީ ނަންބަރު
9282-02-10 ސަފާރީ ބޯޓު މަރާމާތު ކުރުމަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އދ.
މާމިގިލި/ އަސަރީމަންޒިލް މުޙައްމަދު ރަޝީދު (ދ.ރ.ކާޑު ނަންބަރު: A155672) އާ ދެމެދު އެއްބަސްވެ، އެ
އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ސަފާރީ
ބޯޓުގައި ކުރަން ޙަވާލުކުރެވުނު ހުރިހާ މަސައްކަތެއް ނިންމުމަށް ފަހު އެ ބޯޓު ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައިވާނަމަވެސް، މަސައްކަތުގެ ޖުމްލަ ކަމުގައިވާ -/
675,000ރ.
(ހަލައްކަ ހަތްދިހަފަސްހާސް ރުފިޔާ) ގެ ތެރެއިން ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން
މުޙައްމަދު ރަޝީދަށް ނުދައްކާވާ -/475,000ރ. (ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ލިބިފައިނުވާތީ،
ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ އަދާކުރަންޖެހޭ މުއްދަތުގައި އެފަދައިން
ކަންކޮށްފައި ނުވުމުން، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެއްބަސްވުމާއި
ޚިލާފުވެފައިވާކަމުގައި ބުނެ، އެއްބަސްވުމުގެ ދަށުން މުޙައްމަދު ރަޝީދަށް ލިބެންޖެހޭ ޖޫރިމަނާ ފައިސާއާއި،
މަސައްކަތުގެ އަގުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް މުޙައްމަދު ރަޝީދުގެ ފަރާތުން ގުޑް ޓްރެވަލް އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކުޅަ ދަޢުވާއަށް ބަލާއިރު،
ދަޢުވާލިބޭ ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާގައިވާ ފައިސާ
ދައްކާ ޚަލާސްކޮށްފައިވާ ކަމުގައިބުނެ ދަޢުވާއަށް އިންކާރުކޮށްފައިވާ ހިނދު،
ދަޢުވާގައި ހިމެނޭ ފައިސާ ނުލިބިވާކަން ޝަރީޢަތަށް ދައްކުވައި ދިނުމުގެ ގޮތުން ދަޢުވާކުރާ
ފަރާތުން ހެކި ހުށަހަޅައި، އެހެކިންގެ ހެކިބަހުން ފައިސާ ލިބިފައިނުވާކަން އެނގެން އޮތަތީއާއި، ދަޢުވާކުރާ
ފަރާތުން ބަޔާންކޮށްފައިވާ ފަދައިން އެފައިސާ ދައްކާފައިވާކަން ޝަރީޢަތަށް ޘާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް
ކިތާބީ އަދި ޝަފަހީ ހެއްކެއް ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިނުވާތީ،
މަސައްކަތުގެ އަގުގެ ގޮތުގައި ނުލިބިވާ ފައިސާކަމުގައި ދަޢުވާގައި ހޯދުމަށް އެދި
ހުށަހަޅާފައިވާ -/
475,000ރ. (ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) އާއި، ޖޫރިމަނާ ފައިސާގެ ގޮތުގައި
ހޯދުމަށް އެދި ހުށަހަޅާފައިވާ 9,974,997190ރ. (ނުވަ މިލިއަން ނުވަލައްކަ ހަތްދިހަ ހަތަރުހާސް ނުވަސަތޭކަ
ބުނެ
22 ހއ
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/389
ނުވަދިހަ ހަތް ރުފިޔާ ނުވަދިހަ ލާރި) އަކީ ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
މުޙައްމަދު ރަޝީދަށް ދައްކަންޖެހޭ ފައިސާކަން މަދަނީ މިންގަނޑުން ޘާބިތުވާކަމުގައި ކަނޑައަޅައި،
މުޙައްމަދު ރަޝީދަށް މި 10,449,997
/
90ރ. (ދިހަމިލިއަން ހަތަރުލައްކަ ސާޅީސް ނުވަހާސް
ނުވަސަތޭކަ ނުވަދިހަ ހަތްރުފިޔާ ނުވަދިހަ ލާރި) ރައްދުކުރުމުގެ ގޮތުން، 31 އޮކްޓޯބަރ 2013 ދުވަހުން
ފެށިގެން 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުމެ އެބަހަކަށް ޖެހޭ ޢަދަދަށް ވުރެ މަދުނޫން
މިންވަރެއް ސިވިލް ކޯޓަށް ޖަމާކޮށް، މި ފައިސާ ދައްކާ ޚަލާޞްކުރުމަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް އަންގައި ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓުން އެނގެންއޮ
CCCXOC
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/942
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު
ކުރުމަށް ދެ ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެއިގެ ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: މުޙައްމަދު ރަޝީދުއާއި ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި
ދެމެދު ވެފައިވާ މަސައްކަތު އެއްބަސްވުމުގެ ދަށުން ޙަވާލުކުރި މަސައްކަތުގެ ތެރެއިން ކުރި މަސައްކަތްތަކަށް
ދޭންޖެހޭ އަގުން އެއްވެސް މިންވަރެއް ނުދެވި ނޯންނާނެކަމަށް ދަންނަވާފައިވާއިރު، އެމައްޗަށް އިންޞާފުވެރި
ނަޒަރަކުން ފުރިހަމައަށް ބައްލަވާފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ މަހަކު އެއްފަހަރު ދިނުމަށް ހަމަޖެހިފައިވާ އެންމެހައި ޕޭމަންޓްތައް، ދެވުނު އަގުގެ
ތެރޭގައި ހިމެނިފައިވާއިރު، ޖުމްލަ އަގުން އެންމެހައި ޕޭމަންޓްތައް އުނިކުރުމުން ބާކީވާ ފައިސާގެ މައްޗަށް
އެއްބަސްވެފައިވާ
ބެވެފައިވާ ގޮތާއި ޚިލާފަށް ކަނޑައެޅުއްވި ޙުކުމް ރަނގަޅު ނޫންކަމަށް ބަލަންޖެހޭކަމަށް ބުނެ ފާހަގަކުރި
ނުކުތާއެވެ.
އްޖޭގެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
sއެ@98
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2013/HC-A/389
03- މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/942 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އެދުމުގެ މަތިން، އެކުންފުނީގެ ރަޖިސްޓްރީ
ނަންބަރު 10-02-9282 ސަފާރީ ބޯޓު މަރާމާތުކުރުމަށް ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑާއި، މުޙައްމަދު ރަޝީދު އާއި ދެމެދު އެއްބަސްވެ، އެ އެއްބަސްވުމުގައި މަސައްކަތް ނިންމުމަށް
ކަނޑައަޅާފައިވާ 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި ސަފާރީ ބޯޓުގައި ކުރަން ޙަވާލުކުރެވުނު ހުރިހާ
މަސައްކަތެއް ނިންމުމަށް ފަހު އެ ބޯޓު ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ
ޙަވާލުކޮށްފައިވާނަމަވެސް، މަސައްކަތުގެ ޖުމްލަ އަގު ކަމުގައިވާ -/6,75,000ރ. (ހަލައްކަ ހަތްދިހަފަސްހާސް
ރުފިޔާ) ގެ ތެރެއިން ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ރަޝީދަށް ނުދައްކާވާ
-/
4,75,000ރ. (ހަތަރު ލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ) ލިބިފައިނުވާތީ، ދެފަރާތުގެ މެދުގައި ވެފައިވާ
އެއްބަސްވުމުގެ ދަށުން ފައިސާ އަދާކުރަންޖެހޭ މުއްދަތުގައި ފައިސާ ދައްކާފައި ނުވުމުން، ގުޑް ޓްރެވަލް އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޚިލާފުވެފައިވާކަމުގައި ބުނެ، މަސައްކަތުގެ އަގުގެ
ތެރެއިން ނުލިބިވާ ފައިސާއާއި، އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވުމުގެ ސަބަބުން މުޙައްމަދު
ރަޝީދަށް ލިބެންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށް މުޙައްމަދު ރަޝީދުގެ ފަރާތުން ގުޑް ޓްރެވަލް އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/942 ޤަޟިއްޔާގައި
ދަޢުވާކޮށްފައިވާކަން އެނގެން އޮންނައިރު،
ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް މީލާދީ 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި
ކުރަންޖެހޭ އެންމެހައި މަރާމާތުތަކެއް މުޙައްމަދު ރަޝީދުގެ ފަރާތުން ކޮށް ނިންމާފައިވާކަމަށް ގުޑް ޓްރެވަލް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު -Cv/942
UCO
z
ހައިކަކީ
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/389
2012/C ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް 2012 ޖުލައި 18 ވަނަ ދުވަހު ހުށަހަޅާފައިވާ ދަޢުވާގެ ޖަވާބު
ފޯމުގައި އެއްބަސްވެފައިވާކަން އެނގެން އޮވެފައި؟
ގުޑް ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މުޙައްމަދު ރަޝީދުއާ ޙަވާލުކުރި
މަސައްކަތް އެއްބަސްވުމުގައި ބުނެފައިވާ މުއްދަތުގައި ކޮށް ނިންމާފައި ނުވާކަމަށް އިސްތިއުނާފުގެ މަރުޙަލާގައި
ދިވެހިރާއްޖޭގެ ހައިކޯޓުގައި ގުޑް ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާއިރު
އެކަމަކީ ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެކުންފުނީގެ ފަރާތުން އެއްވެސް ވަރަކަށް ފާހަގަކޮށްފައިވާ
ކަމެއް ނޫންކަމާއި، ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މުޙައްމަދު ރަޝީދުއާ ޙަވާލުކުރެވުނު މަސައްކަތް
ކޮށް ނިންމާފައިވާ ކަމަށް އެއްބަސްވެ އިޢްތިރާފުވުމަށް ފަހު، އެއިޢްތިރާފަކީ އިންސާނާގެ ޙައްޤުގައި ވެފައިވާ
އިޢްތިރާފަކަށް ވުމާއެ
ވުމާއެކު، ޝަރުޢީ ހަމަތަކުން ގުޑް ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް މިހާރު
ރުޖޫޢަވެވިދާނެ އިޢްތިރާފެއް ކަމަކަށް ނުބެލެވެއެވެ.
(ނ) އިސްވެ އިޝާރާތްކުރެވުނު އެއްބަސްވުމު
.ވުމުގެ ދަށުން ގުޑް ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން މުޙައްމަދު ރަޝީދަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތުގައި
ދައްކާ ޚަލާޞްކޮށްފައިވާކަމަށް ގުޑް ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނައިރު،
ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ 04 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މަސައްކަތުގެ
އަގުގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ -/
50,000ރ. (ފަންސާސްހާސްރުފިޔާ) ގެ ތެރެއިން 4 މަހު
ދައްކަންޖެހޭ ފައިސާ ބަރާބަރަށް ދައްކާފައިވާނެ ކަމަށާއި، 05 ވަނަ މަހު ދައްކަންޖެހޭ ފައިސާ ދެއްކިފައިނުވާ
ކަމަށް މިމައްސަލައާ ގުޅިގެން ގުޑް ޓްރެވަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޙަސަން ޢަބްދުލްޙަމީދު
ދިވެހި ރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާކަމާއި،
ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ 01 ވަނަ މާއްދާއަށް ބެލުމުން މަސައްކަތުގެ އަގެއްގެ
ގޮތުގައި ދެފަރާތުން އެއްބަސްވެފައިވާ އަގަކީ -/
6,75,000ރ. (ހަލައްކަ ހަތްދިހަފަސްހާސް ރުފިޔާ) ކަން
އެނގެން އޮންނައިރު، އެއްބަސްވުމުގެ 4 ވަނަ މާއްދާގެ ދަށުން 4 ފަހަރެއްގެ މަތީން ކޮންމެ ފަހަރަކު
R
ހައިކް
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/389
ބނ.ކ
-/50,000ރ. (ފަންސާސްހާސްރުފިޔާ)، އެކު ޖުމްލަ -/
200,000ރ. (ދެލައްކަ ރުފިޔާ) އަދާކުރެވިފައިވާކަން
މިމައްސަލައިގާ ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ ފަރާތުގެ ބަހުން އެނގެން އޮންނަކަމާއި؛
މަސައްކަތުގެ އަގުގެ ތެރެއިން، ނުލިބިވާކަމަށް ބުނެ ހޯދުމަށް ދަޢުވާކޮށްފައިވަނީ -/
4,75,000ރ.
(ހަތަރުލައްކަ ހަތްދިހަފަސްހާސް ރުފިޔާ) ކަމާއި އެފައިސާ ނުދެއްކި ވާކަން ގުޑް ޓްރެވަލް އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ބަހުން ޝަރީޢަތަށް ސާބިތުވެއެވެ.
(ނ) ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ރަޝީދުއާއި ދެމެދު ވެވިފައިވާ
އެއްބަސްވުމުގެ 4 ވަނަ މާއްދާގައި، 05 (ފަހެއް) މަސްދުވަހުގެ ތެރޭގައި އުޅަނދުގެ މަސައްކަތް ނިމޭއިރު
އަގުގެ ތެރެއިން ބާކީ ނުދެއްކި އޮންނަ -/4,25,000ރ. (ހަތަރު ލައްކަ ފަންސަވީސްހާސްރުފިޔާ)، މަސައްކަތް
ނިމޭތާ 07 (ހަތެއް) ދުވަހުގެ ތެރޭގައި ދެއްކުމަށް އުޅަނދުގެ ވެރި ފަރާތުން އެއްބަސްވާކަމަށް
ޔާންކޮށްފައިވާއިރު، އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ޕޭމަންޓް ދެއްކުން
ލަސްވެއްޖެނަމަ ލަސްވާ ކޮންމެ ދުވަހަކަށް އެ ޕޭމަންޓް މަސްދުވަހަށް ބަހާލުމުން ދުވަހަކަށް ޖެހޭ މިންވަރު
ޖޫރިމަނާގެ ގޮތުގައި ދިނުމަށް އުޅަނދުގެ ވެރިފަރާތުން އެއްބަސްވާކަމަށް އެއްބަސްވުމުގެ 6 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި؛
މުގައިވާ ގޮތުގެ މަތީން ފައިސާ ދެއްކިފައިވަނީ ފުރަތަމަ 2 މަސްދުވަހުގެ ތެރޭގައި
ދައްކަންޖެހޭ ފައިސާކަމާއި، ދެން އިތުރަށް ދައްކަންޖެހޭ ފައިސާ އެއްބަސްވުމުގައިވާ ގޮތުގެ މަތީން
ދެއްކިފައިނުވާކަން ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ޝަރީޢަތަށް ސާބިތުވާއިރު، އެއްބަސްވުމުގައި
ބަޔާންކުރެވިފައިވާ ގޮތުގެ މަތީން ފައިސާ ދައްކާފައިނުވާތީ، ހޯދުމަށް ދަޢުވާކޮށްފައިވާ ޖޫރިމަނާގެ ފައިސާއަކީ
އެއްބަސްވުމުގެ 6 ވަނަ މާއްދާގެ ދަށުން ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ދައްކަންޖެހޭ ފައިސާކަން އެނގެއެވެ.
(ށ) މިމައްސަލައާގުޅިގެން 2014 ޖެނުއަރީ 29 ވަނަ ދުވަހުގެ 09:45 އަށް ދިވެހިރާއްޖޭގެ
ހައިކޯޓަށް ޙާޒިރުވުމަށް އަންގާ އިސްތިއުނާފުކުރާ ފަރާތަށް ފޮނުވުނު މިކޯޓުގެ ނަންބަރު
HC
-
B5
/
2015
/
65 (25 ޖަނަވަރީ 2015) ކޯޓަށް ހާޒިރުވުމުގެ އަމުރު“ ދުވެފައިވާއިރު، އެ ކޯޓު
8/85??ހ
އއބސފަ2
އދ މ ގ ހ
R
K
i
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/389
އަމުރުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ހާޒިރުނުވެއްޖެނަމަ އެފަރާތުގެ ޣައިރު ޙާޒިރުގައި މައްސަލަ ހިންގާނެ
ކަން ލިޔެ ނޯޓިސް ދެވިފައިވީނަމަވެސް އިޝާރާތްކުރެވުނު ކޯޓު އަމުރުގައި ކަނޑައެޅިފައިވާ ގަޑިއަށް
އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުވެފައިނުވާއިރު ހާޒިރު ނުވެވުނު ސަބަބުވެސް
ޤަވާއިދުގައިވާ ގޮތުގެ މަތީން އަންގާފައިނުވާތީ، ”ހައިކޯޓުގެ ޤަވާޢިދުގެ 48 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ
ނަންބަރަށް ރިޢާޔަތްކޮށް މިމައްސަލަ ނިންމާފައި މިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ހާޒިރުގައެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީދީ، ސިވިލް ކޯޓުގެ
ނަންބަރު 2012/Cv-C/942 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ސަބަބެއް
4 8
ޑ 8 ހދޑ 6
ނޫންކަމަށްފަ
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/942 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ
ޝަރުޢީ ނުވަތަ ޤާނޫނީވިޔަސް ސަބަބެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/942
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެނެވެން ނެތްކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޤަވާޢިދުގެ 48
ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ގުޑް ޓްރެވަލް އޮފް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފީމެވެ.
*
ވެ
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/39
ހައިކޯ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ