ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/152 ޤަޟިއްޔާގެ ޙުކުމް
1
2{10/HC-A/152
ޤަޟިބިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
C
ހިރާއްޖޭގެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
• ޤަޟިއްޔާ ނަންބަރ: 152/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޖަމްޝީދު މުޙައްމަދު A075257 * ދާއިމީ އެޑްރެސް:އަޅިވިލާގެގދ.ރަތަފަންދޫ
* ބަދަލު: އިޒް. އަޙްމަދު ފާއިޒު
މިހާރުގެ އެޑްރެސް: މއ.ހިރިކުއްޅަގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު އަމީން
ދާއިމީ އެޑްރެސް: މ.މ.ހާއްސަ ދަފްތަރު ނަންބަރު: 3868
އައި.ޑީ.ކާޑް ނަންބަރ: A069317
މިހާރުގެ އެޑްރެސް: ލ.ކުރަހާގެ
*
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 02 ޝަޢުބާން 1431
13 ޖުލައި 2010
ނިމުނު ތާރީޚް: 02 ރަޖަބު 1433
23 މެއި 2012
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/2329
ނިންމިކޯޓް: މަދަނީކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނު ތާރީޚް: 11 އޮކްޓޯބަރ 2009 * ނިމުނު ތާރީޚް: 01 އެޕްރީލް 2010
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{10/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2009/MC/2329 ޤަޟިއްޔާ، ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި ގދ.ރަތަފަންދޫ
އަޅިވިލާގެ ޖަމްޝީދު މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ މ.މ.ހާއްސަ ދަފްތަރު 3868
މުޙައްމަދު އަމީންއެވެ.
.....
ހަގަކުރެވުނު ނުކުތާތައް:
2329/MC/2009
1. މަދަނީކޯޓުގެ ނަންބަރު
ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމާފައިވާ ނިންމެވުމަކީ އިންޞާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އެދި މ.މ.ހާއްސަ ދަފްތަރު 3868 މުޙައްމަދު އަމީންގެ މައްޗަށް ގދ.ރަތަފަންދޫ | އަޅިވިލާގެ
ޖަމްޝީދު މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. މަދަނީކޯޓުގެ ނަންބަރު 2009/MC/2329 ޤަޟިއްޔާއަށް ބެލިއިރު، އެޤަޟިއްޔާއަކީ،
"ދަފްތަރު ނަންބަރު 3868 މުޙައްމަދު އަމީންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "އަމާޒު" ނަކަމަށްކިޔާ
ދޯނީގައި ގދ.ރަތަފަންދޫ ; އަޅިވިލާގެ ޖަމްޝީދު މުޙައްމަދު ކ.ހިންމަފުށިން ކ.ތިލަފުއްޓަށް ބަދަގަނޑު
އަރުވައިގެން ކޮށްފައިވާ ދަތުރަށް ދައްކަންޖެހޭ -/12,000ރ (ބާރަހާސް ރުފިޔާ) އާއި
އެއްބަސްވުމުގައިވާ ގޮތަށް ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ -;5,000ރ (ހަހާސް ރުފިޔާ) ހޯދުމަށްއެދި
ގދ.ރަތަފަންދޫ | އަޅިވިލާގެ ޖަމްޝީދު މުޙައްމަދުގެ މައްޗަށް ދަފްތަރު. ނަންބަރު 3868 މުޙައްމަދު
އަމީންގެ ފަރާތުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
22
، ހައި9
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{10/HC-A/152
އެޤަހގީތީ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، ދަފްތަރު. ނަންބަރު 3868 މުޙައްމަދު އަމީންގެ
ފަރާތުން ގދ.ރަތަފަންދޫ ! އަޅިވިލާގެ (މއ، ރޯމިޔޯ) ޖަމްޝީދު މުޙައްމަދުގެ މައްޗަށް ކުޅު މިދަޢުވާގައި
ހިމެނޭ -/18,000ރ (އަށާރަހާސް ރުފިޔާ) އަކީ ދަޢުވާލިބޭ ޖަމްޝީދު މުޙައްމަދު ދަޢުވާކުރާ މުޙައްމަދު
އަމީނަށް ދޭންޖެހޭ ފައިސާއެއްކަން ދަޢުވާލިބޭ ފަރާތުގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށް
ކަނޑައަޅައި މިފައިސާ ދަޢުވާކުރާ ދަފްތަރު. ނަންބަރު 3868 މުޙައްމަދު އަމީނަށް ލިބިދިނުމުގެ ގޮތުން
01 އެޕްރީލް 2010 މިދުވަހުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު މަދަނީކޯޓަށް
ދައްކަމުންގޮސް މީލާދީ 03 މަސްދުވަހުގެ ތެރޭގައި -/18,000ރ (އަށާރަހާސް ރުފިޔާ)ގެ މިދަރަނި
މަދަނީކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ ގދ.ރަތަފަންދޫ އަޅިވިލާގެ (މއ،ރޯމިޔޯ) ޖަމްޝީދު
މުޙައްމަދުގެ (އައިޑީކާޑް ނަންބަރު: A075257)އަށް އަންގާ ޙުކުމްކޮށްފީމެވެ.
.ފީމެވެ." މިފަދައިންނެވެ.
0 (
OXO
3. އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތިން މަދަނީ ކޯޓުން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ގދ.ރަތަފަންދޫ | އަޅިވިލާގެ ޖަމްޝީދު މުޙައްމަދުގެ ފަރާތުން 02 (ދެއެއް)
ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ޖަމްޝީދު މުޙައްމަދުގެ މައްޗަށް މާލޭ މުނިސިޕަލްޓީ ހާއްސަ
ދަފުތަރު 3868 މުޙައްމަދު އަމީންގެ ފަރާތުން ކުޅި ދަޢުވާގައި ބަޔާންކޮށްފައިވާ ޖޫރިމަނާ ފައިސާއަކީ
ކޮންގޮތަކުން ދައްކަންޖެހޭ ފައިސާއެއްކަން އެނގޭނޭ އެއްވެސް ކިތާބީ ހެއްކެއް ނުވަތަ ޤަރީނާއެއް
ވިޔަސް ޝަރީއަތަށް ހުށަހެޅިފައިނުވާއިރު އަދި އެފައިސާއާއިމެދު ދަޢުވާލިބޭ ފަރާތުން ވަކިގޮތަކަށް
ބުނެފައިނުވާއިރު އެއީ ކޮންގޮތަކުން ހޯދުމަށް ދަޢުވާކުރާ ފައިސާއެއްތޯ ޝަރީޢަތުން ބެއްލެވުމެއްނެތި
ޖޫރިމަނާގެ ގޮތުގައި ދަޢުވާކޮށްފައިވާ ފައިސާ ދައްކަންޖެހޭގޮތަށް މަދަނީ ކޯޓުން މައްސަލަ
ނިންމަވައިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2{10/HC-A/152
ހަވާލުކޮށްފައިވާ ގެ ހައި"
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ށ) ދެވަނަ ނުކުތާއަކީ: ޖަމްޝީދު މުޙައްމަދުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި
އިޢުތިރާފުވެފައިވާނީ ދަތުރުގެ ފައިސާ ދައްކަންޖެހޭކަމަށެވެ. ނަމަވެސް ޖަމްޝީދު މުޙައްމަދުގެ ފަރާތުން
ވެފައިވާ އިޢުތިރާފަކީ ޖޫރިމަނާ ފައިސާއަށް ވެފައިވާ އިޢުތިރާފެއްކަމަށް ޝަރީޢަތުން ބައްލަވާ މައްސަލަ
ނިންމަވައިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
4. މަދަނީކޯޓުގެ ނަންބަރު 2009/MC/2329 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް ގދ.ރަތަފަންދޫ | އަޅިވިލާގެ ޖަމްޝީދު މުޙައްމަދުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، މ.މ.ހާއްސަ ދަފްތަރު 3868 މުޙައްމަދު އަމީންގެ ފަރާތުން ދެއްކި ވާހަކައަށާއި
މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) މަދަނީކޯޓުގެ ނަންބަރު MC2009;2329 ޤަޟިއްޔާގައި ޖަމްޝީދު މުޙައްމަދުގެ
މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ތެދު ދަޢުވާއެއްކަމާއި،ދަޢުވާގައި ހިމެނޭ ދަތުރަކީ ކޮށްފައިވާ
ދަތުރެއްކަމުން ދަޢުވާގައިހިމެނޭ ފައިސާއަކީ މުޙައްމަދު އަމީންއަށް ޖަމްޝީދު މުޙައްމަދުގެ ފަރާތުން
ދައްކަންޖެހޭ ފައިސާއަކަށްވާތީ މިފައިސާ ދެއްކުމުގައި ލުއިގޮތެއް ހަމަޖައްސައި ދިނުމަށް ޖަމްޝީދު
މުޙައްމަދުގެ ފަރާތުން އެދިފައިވާކަން މަދަނީކޯޓުގެ ނަންބަރު 2009/MC/2329 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްން
އެނގެން
(ށ) ދަޢުވާލިބޭ މުޙައްމަދު އަމީން ސޮއިކޮށް 11 އޯގަސްޓް 2009 ވަނަ ދުވަހު ދަޢުވާކުރާ
ޖަމްޝީދު މުޙައްމަދަށް ނޯޓިސްއެއް ފޮނުވާފައިވާކަމާއި، އެނޯޓިސްގައިވަނީ ކ.ތިލަފުއްޓަށް ޖަމްޝީދު
މުޙައްމަދު ކޮށްފައިވާ ދަތުރުގެ އަގު ހޯދުމަށް 10/01/2009 ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ
4 22
09 ފ ދ 0
_ން އަންނަކަން.
44ހ
2 ހދ ހ 3
04
2 ހ
ފ ތ ދ ތ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{10/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
222-2009 ނަންބަރު ބިލްގައިވާ -/12,000ރ (ބާރަހާސް ރުފިޔާ) މުޙައްމަދު އަމީންއަށް ދައްކާ
ޚަލާސްކުރުމަށް އެދެފަރާތުގެ ދެމެދުގައި ތާފަތު ވާހަކަ ދެކެވި ތަފާތު ތާރީޚުތައް ދީފައިވާކަމަށާއި،
ޖަމްޝީދު މުޙައްމަދު އެންމެ ފަހުން ދީފައިވާ ތާރީޚަކީ 01/08/2009 ފެށިގެން 10
/
08
/
2009ގެ
ނިޔަލަށްކަމާއި،
އިސްވެދެން
ހިންނެވުނު ތާރީޚުން ފެށިގެން 11 އޯގަސްޓް 2009 ވަނަ ދުވަހާ ހަމައަށްވެސް
ދަތުރުގެ އަގަށްވާ -/12,000ރ (ބާރަހާސް ރުފިޔާ) މުޙައްމަދު އަމީންއަށް ލިބިފައިނުވާކަމާއި،11
އޯގަސްޓް 2009 ވަނަ ދުވަހު މުޙައްމަދު އަމީން ސޮއިކޮށް ފޮނުވާފައިވާ ނޮޓިސްގައި ޖަމްޝީދު
މުޙައްމަދު ސޮއިކުރާތާ 7 ދުވަހުގެ ތެރޭގައި މުޙައްމަދު އަމީންއަށް -/12,000ރ (ބާރަހާސް ރުފިޔާ)
ދެއްކުމަށް އަންގާފައިވާކަމާއި، މިމުއްދަތުގެ ފަހުން ޖަމްޝީދު މުޙައްމަދު ފައިސާ ދައްކާނަމަ ފައިސާ
ބަލައިގަނެވޭނީ ބިލްގައިވާ ޢަދަދު (-/12,000ރ (ބާރަހާސް ރުފިޔާ)ގެ %50 ޖޫރިމަނާއަކާ
އެކުގައިކަމާއި، މިގޮތަށް ޖަމްޝީދު މުޙައްމަދު ޢަމަލުނުކޮށްފިނަމަ ޖޫރިމަނާ އާއި އެކު ބިލްގައިވާ
ފައިސާ ހޯދުމަށް މުޙައްމަދު އަމީން ޝަރީއަތަށް މައްސަލަ ހުށަހަޅާނެކަމަށާއި، ޖަމްޝީދު މުޙައްމަދުގެ
ފަރާތުން މިނޯޓިސްއާ ޙަވާލުވެ ސޮއިކޮށްފައިވަނީ 13 ސެޕްޓެމްބަރ 2009 ގައިކަން އެނޯޓިސްއިން
އެނގެން އޮންނަކަން.
(ނ) ދަޢުވާކުރާ ޖަމްޝީދު މުޙައްމަދު އަދި ދަޢުވާލިބޭ މުޙައްމަދު އަމީންގެ މެދުގައި އެއްބަސް
ވެވިފައިވަނީ ކ.ހިންމަފުށިން ކ.ތިލަފުއްޓަށް ބަދަގަނޑު އަރުވައިގެން ދަތުރެއް ކުރުމަށާއި ދަތުރުގެ
އަގަށް ދެފަރާތުން އެއްބަސްވެފައިވަނީ -/12,000ރ (ބާރަހާސް ރުފިޔާ) ކަމަށާއި، މުޙައްމަދު އަމީންގެ
ފަރާތުން ޖަމްޝީދު މުޙައްމަދަށް ފައިސާ ދެއްކުމަށް އެކިފަހަރު އެންގުމުންވެސް ފައިސާ
ދައްކާފައިނުވާތީ ފައިސާ ދެއްކުމަށްދޭ ފަހު ފުރުޞަތެއްގެ ގޮތުން މުޙައްމަދު އަމީންގެ ފަރާތުން
ޖަމްޝީދު މުޙައްމަދަށް ނޯޓިސްއެއް ފޮނުވާފައިވާކަމާއި، އެނޯޓިސްގައި ޖަމްޝީދު މުޙައްމަދަށް
އަންގާފައިވަނީ އެ ނޯޓިސްގައި ސޮއިކުރާތާ 7 ދުވަސްތެރޭގައި މުޙައްމަދު އަމީނަށް ފައި
އެމުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެން ފައިސާ ބަލައިގަނެވޭނީ ބިލްގައިވާ
50
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{10/HC-A/152
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޖޫރިމަނާއާ އެކުގައި ކަން އެނޯޓިސްއިން އެނގޭކަމާއި، މިނޯޓިސްގައި ޖަމްޝީދު މުޙައްމަދު ސޮއިކޮށް
އެލިޔުމާ ޙަވާލުވެފައިވުމުން، އެނޯޓިސްގައިވާ ކަންކަމަށް ޖަމްޝީދު މުޙައްމަދު އެއްބަސްވެފައިވާކަމަށް
ބަލަންޖެހޭކަމާއި، މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޖަމްޝީދު މުޙައްމަދުގެ ފަރާތުން ދީފައިވާ
ބަޔާނުގައި މުޙައްމަދު އަމީން ދައުވާކޮށްފައިވާ ފައިސާއަކީ ޖަމްޝީދު މުޙައްމަދު ދައްކަންޖެހޭ
ފައިސާއެއްކަމަށް ބުނެފައިވާކަން އެނގެން އޮންނަކަން.
ޙުކުމް:
ވީމާ، މަދަނީކޯޓުގެ ނަންބަރު
2009/MC/2329 ޤަޟިއްޔާ އެކޯޓަށް ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ކަނޑައެޅޭނެ ތަނެއް ނެތްކަމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ:
އަޙްމަދު ޝަރީފް
(އިސްފަނޑިޔާރު)
ޢަބްދުލްޣަނީ މުޙައްމަދު
،ފަނޑިޔާރު)
ޢަބްދުﷲ ޙަމީދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: WWW.highcourt.gov.mv