ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/239 ޤަޟިއްޔާގެ ޙުކުމް
2013/HC-A/239
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
/uliނވެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރު: 239/HC
-
A/2013
އިސްތިއުނާފުކުރި ފަރާތް.
* ނަން: މުޙައްމަދު ޝަވީދު (ވާރިސުންގެ ފަރާތުން) * ދާއިމީ އެޑްރެސް: ހ.ވާލީވިލާ/ މާލެ
ކާޑު ނަންބަރު: A023957
މިހާރުގެ އެޑްރެސް: ހ.ވާލީވިލާ! މާލެ
*
އައިޑީ
0
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު އަނީސް
ނަންބަރު: A042049
*
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 4800
މިހާރުގެ އެޑްރެސް: މއ.ގްލެމަރ)މާލެ
އައިޑީ
*
ސްޓްރީކުރެވުނު ތާރީޚް: 21 ރަމަޟާން 1434
29 ޖުލައި 2015
ނިމުނު ތާރީޚް: 15 ޛުލްޤަޢިދާ 1437
18 އޮގަސްޓް 2016
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/1399
ނިންމެވިކޯޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ހުށަހެޅުނުތާރީޚް: 04 ޖުލައި 2011 ނިމުނު ތާރީޚް: 17 ފެބުރުއަރީ 2013
މިހިރާއްޖޭގެ ހައި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/239
3
ޤަޟިއްޔާ ނިމުނު ގޮތުގެ
ދަޢުވާގެ ޚުލާޞާ:
ހއ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، ހ.ވާލީވިލާމާލެ މުޙައްމަދު ޝަވީދުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދަފްތަރު ނަންބަރު4800 މުޙައްމަދު އަނީސް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
coc
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާއަކީ، ކ.އެރިޔަދޫ އައިލެންޑް
ރިސޯޓާއި، އ.ވިލަމެންދޫ އައިލެންޑް ރިސޯޓުން އެދެރިސޯޓް ހިންގުމާބެހޭ ކަންތައްތައް އެދެރިސޯޓްގެ
ޖެނެރަލް މެނޭޖަރެއްގެ ހައިސިއްޔަތުން މުޙައްމަދު އަނީސް ބަލަހައްޓަމުން ގެންދިޔައިރު، މުޙައްމަދު
އަނީސްގެ މުސާރައަށް 31 އޮކްޓޯބަރ 1998 އިން ފެށިގެން 2002 ގެ ޖުލައި މަހުގެ ނިޔަލަށް
ލިބެންޖެހޭ ފައިސާގެ ތެރެއިން ލެޖަރ އެކައުންޓަށް ޖަމައުކޮށް ނުނަގާހުރި -/
1,828,852ރ. (އެއްމިލިޔަން
އަށްލައްކަ އަށާވީސްހާސް އަށްސަތޭކަ ފަންސާސްދެރުފިޔާ)ގެ %40 ސާޅީސްއިންސައްތަ) ހިމެނިފައިވަނީ،
ހ.ވާލީވިލާ ށ.މިއަލަނި ފާޠިމަތު ފަރީދާ (ދ.ރ.ކާޑް: A039216) އާއި، ހ.ވާލީވިލާ މ.އިރުފުހޭގެ
މުޙައްމަދު ޝަވީދު (ދ.ރ.ކާޑް: A023957) އާއި، ހ.ވާލީވިލާ ހ.ޝޭޑީޕާރލް ޙައުލަތު ފަހީމް
(ދ.ރ.ކާޑް: A051031) އާއި ހ.ވާލީވިލާ/ މ.ރޯވިލާ އަޙްމަދު ޝިޔާމް،(ދ.ރ.ކާޑް: A039217) އާއި
ދ.ވާލިވިލާ ހ.މިއަލަނި އާމިނަތު އަޝްފާ (ދ.ރ.ކާޑް: A039214) އާއި، ހ.ވާލިވިލާ! ހ.މިއަލަނި
މަރިޔަމް ޝިފާ (ދ.ރ.ކާޑް: A039215) އާއި، ހ.ވާލިވިލާ ހ.މިއަލަނި ޢަލީ ޝިޔާމް (ދ.ރ.ކާޑް:
A039352) އަދި ހ.ވާލިވިލާ/ ހ.މިއަލަނި ޙަސަން ޝިޔާމް (ދ.ރ.ކާޑް: A039351) އާއި މި 08
މީހުންނަށް ލިބުނު މުދަލާއި ފައިސާގެ ތެރޭގައިކަމަށް ވީހިނދު، މި 08 މީހުންގެ އަތުން މުޙައްމަދު
އަނީސަށް ލިބެންޖެހޭ -/731,540ރ. (ހަތްލައްކަ އެއްތިރީސްހާސް ފަސްސަތޭކަސާޅީސްރު
Eއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
k
2013/HC-A/239
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
22 42
OXO
19
މިފައިސާ ހޯދުމަށްޓަކައި، މުޙައްމަދު އަނީސްގެ ބަދަލުގައި ޝަރީޢަތަށް ފޮނުވަން ޢައްޔަނުކުރި ޤާނޫނީ
ވަކީލުގެ ފީއަށް ދިނުމަށް މުޙައްމަދު އަނީސާއި ޤާނޫނީ ވަކީލާއި ދެމެދު އެއްބަސްވެ ހަމަޖައްސާފައިވާ
-146,3081ރ. (އެއްލައްކަ ސާޅީސްހަހާސް ތިންސަތޭކަ އަށްރުފިޔާ) އާއެކު ޖުމްލަ -/
877,848ރ.
(އަށްލައްކަ ހަތްދިހަހަތްހާސް އަށްސަތޭކަސާޅީސްއަށްރުފިޔާ) ހޯދުމަށް ފާޠިމަތު ފަރީދާ، މުޙައްމަދު ޝަވީދު،
ޙައުލަތު ފަހީމް، އަޙްމަދު ޝިޔާމް، އާމިނަތު އަޝްފާ، މަރިޔަމް ޝިފާ، ޢަލީ ޝިޔާމް އާއި ޙަސަން
ޝިޔާމްގެ މައްޗަށް ދަފްތަރު ނަންބަރު 4800/ މއ.ގްލެވަރ މުޙައްމަދު އަނީސް (ދ.ރ.ކާޑް:
A042049) ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށް
ރިޢާޔަތްކޮށް ހ. ވާލީވިލާ ހ.މިއަލަނި ފާޠިމަތު ފަރީދާ (ދ.ރ.ކާޑް: A039216) އާއި، ހ. ވާލީވިލާ
އިރުފުހޭގެ މުޙައްމަދު ޝަވީދު (ދ.ރ.ކާޑް: A023957) އާއި، ހ. ވާލީވިލާ ޝޭޑީޕަރލް
ޙައުލަތު ފަހީމް (ދ.ރ.ކާޑް: A051031) އާއި، ހ.ވާލީވިލާ މ.ރޯވިލާ އަޙްމަދު ޝިޔާމް (ދ.ރ.ކުޑް:
A039217) އާއި، ވާލީވިލާ!
މިއަލަނި އާމިނަތު އަޝްފާ (ދ.ރ.ކާޑް: A039214) އާއި،
ހ.ވާލީވިލާ/ ހ. މިއަލަނި މަރިޔަމް ޝިފާ (ދ.ރ.ކާޑް: A039215) ހ. ވާލީވިލާ/ ހ.މިއަލަނި ޢަލީ
ޝިޔާމު (ދ.ރ.ކާޑް: A039352) އަދި ހ.ވާލީވިލާ! ހ.މިއަލަނި ޙަސަން ޝިޔާމް (ދ.ރ.ކާޑް:
A039351) ގެ މައްޗަށް ދަފްތަރު ނަންބަރު 4800/މއ.ގްލެމަރ މުޙައްމަދު އަނީސް (ދ.ރ.ކާޑް:
A042049) ކުޅަ މިދަޢުވާއަށް ޝަރީޢަތުގެ ހަމަތަކުގެ މަތިން ބެލިއިރު،
ދަޢުވާކުރާ ފަރާތުގެ ދަޢުވާއަކީ ދަޢުވާލިބޭ ފަރާތްތަކުގެ %40 (ސާޅީސް އިންސައްތަ) ޙިއްސާ
ކ.އެރިޔަދޫ އައިލެންޑް ރިސޯޓާއި 4.ވިލަމެންދޫ އައިލެންޑް ރިސޯޓުގައި ޖެނެރަލް މެނޭޖަރެއްގެ
ޙައިޘިއްޔަތުން 31 އޮކްޓޯބަރ 1998 އިން ފެށިގެން 2002 ގެ ޖުލައި މަހުގެ ނިޔަލަށް
މަސައްކަތްކުރިއިރުގެ އުޖޫރައިގެ ގޮތުގައި ނުލިބިވާ ފައިސާގެ %40 ސާޅީސް އިންސައްތަ)
އަތޮ
24,
މާލެ،
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471)
އީމެއިލް: [email protected] ވެބް ސުއިޓް: www.highcourt.gov.mv
2013/HC-A/239
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިންވަރު ދަޢުވާލިބޭ ފަރާތްތަކުގެ ކިބައިން ހޯދުން ކަމަށްވެފައި، މުޅި ދަޢުވާއަށް ދައުވާލިބޭ ފަރާތުން
އިންކާރުކޮށްފައިވާއިރު،
ކޯޓުގެ ނަންބަރު 2004/MC/462 ޤަޟިއްޔާގައި އެޤަޟިއްޔާއިން ބެލުނު
މަދަނީ
ހهހ22 24
ކަންކަމަގްޅޭގތ
އެއްވެސް ފަރާތެއްގެ ޝަކުވާއެއް ނުވަތަ ދަޢުވާއެއް އޮތްނަމަ އެކަމެއް ހުށަހެޅުމުގެ
ފުރުޞަތު އޮތްކަމަށާއި، މުޙައްމަދު އަނީސްގެ ފަރާތުން އެފަދަ އެއްވެސް ހުށަހެޅުމެއް ހުށަނާޅައި، މިހާރު
މިދަޢުވާ މިގޮތަށް ކޮށްގެން ކުރިޔަށް ގެންދެވޭނެކަމަށް ނުދެކޭކަމަށް ދަޢުވާލިބޭ ފަރާތްތަކުން ބުނާ ބުނުމަށް
ބަލާއިރު، މަދަނީ ކޯޓުގެ ނަންބަރު 2004/MC/462 ޤަޟިއްޔާއިން ބައިކުރެވުނު ޕާޓްނަރޝިޕްތަކާއި
ކުންފުނިތަކުގެ މައްޗަށްއޮތް މަދަނީ ކޯޓުގެ ނަންބަރު 2004/MC/462 ޤަޟިއްޔާގައި ބެލެވިފައިނުވާ
ދުރަންޏެއްގެ ބައި ބެލުމަށް މަދަނީ ކޯޓުގެ ނަންބަރު 2004/MC/462 ޤަޟިއްޔާގެ ސަބަބުން ހުރަހެއް
ނެތްކަމާއި، އަދި އެގޮތުން ޘާބިތުވާ ޘާބިތުވުމަކީ އެކަމުގެ ސަބަބުން އުފެދޭ އިލްތިޒާމްތައް އެފަރާތެއްގެ
މައްޗަށް ޘާބިތުވާ ފަރާތަކުން އުފުލަންޖެހޭ ކަމެއްކަން މަދަނީ ކޯޓުގެ ނަންބަރު 2004/MC/462
ޤަޟިއްޔާގެ ޙުކުމަށް ބެލުމުން އެނގޭކަމާއި،
މިދަޢުވާ ބިނާވެގެންވަނީ އޭ.އޭ.އޭ އެންޑް ޓްރޭޑިން ކޮމްޕެނީގެ ޗީފް އެކައުންޓަންޓް އޯ.ސީޗެރިއަން
ސޮއިކޮށްފައިވާ ލިޔުމުގެ މައްޗަށް ކަމާއި، މިލިޔުމުގައިވާ ގޮތުން މުޙައްމަދު އަނީސަށް އެރިޔަދޫ އަދި
ވިލަމެންދޫގެ ލެޖަރ އެކައުންޓުން 31 ޖުލައި 2002 އާއި ހަމައަށް އެކު ޖުމްލަ -/
1,828,852ރ.
(އެއްމިލިއަން އަށްލައްކަ އަށާވީސްހާސް އަށްސަތޭކަ ފަންސާސްދެރުފިޔާ) ލިބެންޖެހޭކަމަށް
ބަޔާންކޮށްފައިވާހިނދު،
މިދަޢުވާއާއި ގުޅިގެން ހުށަހެޅިފައިވާ އެންމެހާ ލިޔެކިޔުމާއި ހެކީންގެ ހެކިބަހުގެ މައްޗަށް
ރިޢާޔަތްކުރުމުން، އޭ.އޭ.އޭ ޓްރޭޑިންގ ބައިކުރުމުގެ ކުރިން އެތަނުގައި މަސައްކަތްކުރި އިސް މުވައްޒަފުންގެ
މުސާރަ އެމުވައްޒަފުން ހަމައަށް ނަގަމުން ގޮސްފައިނުވާކަމާއި އެ މުވައްޒަފުންގެ މުސާރައިން ބައެއް
ކުންފުނީގައި ހުންނަކަމާއި އެފައިސާގެ ހިސާބުކިތާބު ބެލެހެއްޓެނީ ލެޖަރ ފޮތް(ލެޖަރ އެކައުންޓުގައިކަމާއި
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
2013/C-A/239
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިގޮތުން މުޙައްމަދު އަނީސަކީވެސް މިހަމައިން ކަންކުރެވުނު އިސްމުވައްޒަފެއްކަން މަދަނީ މިންގަނޑުން
ބުރަވެވޭހިނދު،
ދަޢުވާ އެމައްޗަށް ބިނާކުރެވިގެންވާ އޯ.ސީޗެރިއަން ސޮއިކޮށްފައިވާ ލިޔުން އެލިޔުމުގެ އަޞްލު
ނުފެނި އޭނާއަށް ކަށަވަރުކޮށްދެވިފައި ނުވިނަމަވެސް، އެލިޔުމަކީ ޞައްޙަ ލިޔުމެއް ނޫން ކަމަށް
އޯ.ސީ.ޗެރިއަން ބުނެފައިނުވުމުންނާއި އެލިޔުމުގައިވާ ސޮޔަކީ އޭނާގެ ސޮޔާއި އެއްގޮތަށް އޮތް ސޮޔެއްކަމަށް
ބުނެފައިވުމުންނާއި ދަޢުވާކުރާ ފަރާތުން ބުނާފަދައިން ކުންފުނީގެ އިސްމުވައްޒަފުންގެ މުސާރަ ހަމައަށް
އެމުވައްޒަފުން ނަގަމުން އައިސްފައިނުވާކަމުގެ މައްޗަށް އޯ.ސީ.ޗެރިއަން ޝަރީޢަތަށް ދީފައިވާ ބަޔާނުން
އިތުރު ހަރުދަނާކަމެއް ލިބިގެންދާތީއާއި، މައްސަލައިގައި ޙާޟިރު ކުރެވުނު އެންމެހާ ހެކީންގެ ހެކިބަހުންނާއި
ހެކީގެ ގޮތުގައި ހުށަހެޅުނު ލިޔެކިޔުމަށް ބެލުމުން ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ ފަދައިން
ކަންހިންގާފައިވާކަމަށް މަދަނީ މިންގަޑުން ބުރަވެވޭތީއާއި މުވައްޒަފުންގެ މުސާރައިގެ ކަންކަމުގައި
އޯ.ސީ.ޗެރިއަން އަކީ އިސް ދައުރެއް އަދާކުރި ފަރާތެއް ކަމުގައިވުމުންނާއި އެކަންކަމުގެ މަޢުލޫމާތު އެންމެ
ބޮޑަށް ލިބިފައިވާނެ އެކަކީ އޯ.ސީ.ޗެރިއަން ކަމުގައިވުމުން، މިލިޔުމަކީވެސް އޯ.ސީޗެރިއަން އެލިޔުމެއްގައި
ސޮއިކޮށްފައިވާ ލިޔުމެއްކަމަށް ވާތީއާއި މުވައްޒަފުންގެ މުސާރައިން ބައެއް ކުންފުނީގައި ބެހެއްޓިފައިވާކަން
ސާފުވާން އޮތްއިރު އަދި އެގޮތުން ދަޢުވާކުރާ މުޙައްމަދު އަނީސާއި މެދުވެސް ކަންކުރެވިފައިވާކަން
ސާފުވާންއޮތްއިރު، އެގޮތުން މުޙައްމަދު އަނީސަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ އެންމެހާ ފައިސާއެއްދީ
ޚަލާޞްކޮށްފައިވާކަމުގެ މައްޗަށް އެއްވެސް
ދަޢުވާލިބޭ ފަރާތްތަކުން ޝަރީޢަތަށް
ހުށަހަޅާފައިނުވުމުންނާއި އަދި އެކަން އެގޮތަށް ހިނގާފައިވާކަމަށް ބަލަންޖެހޭ ފަދަ އެއްވެސް ސަބަބެއް
ދަޢުވާލިބޭ ފަރާތްތަކަށް ޝަރީޢަތަށް ސާފުކޮށް ދެވިފައިނުވާކަމުން އޯ.ސީ ޗެރިއަން ސޮއިކޮށްފައިވާ
މިލިޔުމާއި މިލިޔުމުގައިވާ މަޢުލޫމަތުގެ މައްޗަށް މަދަނީ މިންގަނޑުން މިމައްސަލައިގެ ބޭނުމަށްޓަކައި
ޝަރީޢަތުން އެމައްޗަށް ބުރަވެވޭތީއާއި،
OCOL
ހއކއ
22 92
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/239
7
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މިމައްސަލައިގައި ބަލަންޖެހެނީ މަދަނީ ކޯޓުގެ ނަންބަރު 2004/MC/462 ޤަޟިއްޔާގެ ޙުކުމް
ކުރުމުގެ ކުރީގެ ޙާލަތަށް ކަމަށްވުމުން އެޙާލަތަށް ބެލުމުން، އެރިޔަދޫ އައިލެންޑް ރިސޯޓާއި ވިލަމެންދޫ
އައިލެންޑް ރިސޯޓުގައި ދަޢުވާލިބޭ ފަރާތްތަކުގެ %40 (ސާޅީސްއިންސައްތަ) ޙިއްޞާ އޮންނަކަމާއި
މިމައްސަލައިގައި ދަޢުވާކުރާ ފަރާތުން އެދިފައިވަނީ ހަމައެކަނި އެފަރާތްތަކުން ދައްކަންޖެހޭ ފައިސާ ހޯދުން
ކަމުގައިވާއިރު ބާކީވާ %60 (ފަސްދޮޅަސްއިންސައްތަ) ޙިއްޞާވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާއާއި
ގުޅޭގޮތުން މިމައްސަލައިގައި ބެލިފަނުވާކަމާއި، މިގޮތުން ދަޢުވާއާއެކު ހުށަހަޅާފައިވާ ލިޔުމުގައި މުޙައްމަދު
އަނީސަށް އެރިޔަދޫ އަދި ވިލަމެންދޫގެ ލެޖަރ އެލައުންޓުން 31 ޖުލައި 2002 އާއިހަމައަށް ލިބެންޖެހޭ
ކަމަށް ބަޔާންކޮށްފައިވާ އެކު ޖުމްލަ-
1,828,8521ރ. (އެއްމިލިޔަން އަށްލައްކަ އަށާވީސްހާސް އަށްސަތޭކަ
ފަންސާސްދެރުފިޔާ) ގެ 40
% (ސާޅީސްއިންސައްތަ) އަށްވާ 731,540
/
80ރ. (ހަތްލައްކަ
އެއްތިރީސްހާސް ފަސްސަތޭކަ ސާޅީސްރުފިޔާ އަށްޑިހަލާރި) އަކީ ދަޢުވާލިބޭ ފަރާތްތަކުން ދިންމާވާންޖެހޭ
ފައިސާގެ މިންވަރުކަމާއި މި މިންވަރުން އެއްވެސް ފައިސާއެއް ދަޢުވާލިބޭ ފަރާތްތަކުން މުޙައްމަދު އަނީސް
ދައްކާފައިވާ ކަމުގައި ދަޢުވާލިބޭ ފަރާތްތަކުން ހުށަހަޅާފައިނުވާތީއާއި އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް
މިދަޢުވާއާއި ގުޅިގެން ހުށަހެޅިފައި ނެތަތީ، މިފައިސާއިން އެއްވެސް މިންވަރެއް ދައްކާފައިނުވާ ކަމުގައި
މަދަނީ މިންގަޑުން ޝަރީޢަތަށް ބުރަވެވޭކަމުން 731,540
/
80ރ. (ހަތްލައްކަ އެއްތިރީސްހާސް ފަސްސަތޭކަ
ސާޅީސްރުފިޔާ އަށްޑިހަލާރި) އަކީ ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާކަމުގައާއި،
ދަޢުވާގައި ހޯދުން އެދިފައިވާ ޤާނޫނީ ވަކީލަށް ޚަރަދުވާ ފައިސާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 348/HC
-
A/2009 ޤަޟިއްޔާއަށް ރިޢާޔަތްކުރުމުން ނަގައިދެވޭނެ ފައިސާއެއް ކަމުގައިނުވާތީ،
ޤާނޫނީ ވަކީލަށް ޚަރަދުވާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމުގައި ކަނޑައަޅައި އުޖޫރައިގެ ގޮތުގައި
ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ 731,540
/
80ރ. (ހަތްލައްކަ ތެއްތިރީސްހާސް
ފަސްސަތޭކަ ސާޅީސްރުފިޔާ އަށްޑިހަލާރި) ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން މިއަދު 2013
ފެބްރުއަރީ 17 ވަނަ ދުވަހުން ފެށިގެން 02 (ދޭއް) މަސް ދުވަހުގެ ތެރޭގައި
472)
ކޮންމެ
ޓްގެeގެ
.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
*
2013/HC-A/239
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
443
އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް މިމުއްދަތުގެ ތެރޭގައި
މިފައިސާ އެއްކޮށް ދައްކާ ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބުނު ހ.ވާލީވިލާ/ ހ.މިއަލަނި ފާޠިމަތު ފަރީދާ
(ދ.ރ.ކާޑް: A039216) އާއި، ހ.ވާލީވިލާ! މ.އިރުފުހޭގެ މުޙައްމަދު ޝަވީދު (ދ.ރ.ކާޑް:
A023957) އާއި، ހ.ވާލީވިލާ ހ.ޝޭޑީޕަރލް ޙައުލަތު ފަހީމް (ދ.ރ.ކާޑް: A051031) އާއި،
ހ.ވާލީވިލާ/ މ.ރޯވިލާ އަޙްމަދު ޝިޔާމް (ދ.ރ.ކާޑް: A039217) އާއި، ހ.ވާލީވިލާ/ ހ.މިއަލަނި
އާމިނަތު އަޝްފާ (ދ.ރ.ކާޑް: A039214) އާއި، ހ.ވާލީވިލާ/ ހ.މިއަލަނި މަރިޔަމް ޝިފާ (ދ.ރ.ކާޑް:
A039215) އާއި، ހ.ވާލީވިލާ/ ހ.މިއަލަނި ޢަލީ ޝިޔާމު (ދ.ރ.ކާޑް: A039352) އަދި ހ. ވާލީވިލާ
ހ.މިއަލަނި ޙަސަން ޝިޔާމް (ދ.ރ.ކާޑް: A039351) އަށް އަންގައި ޙުކުމް ކޮށްފީމެވެ.“ މިފަދައިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1399
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލާ
ޚިލާފަށް ކަމަށް ބުނެ މުޙައްމަދު ޝަވީދުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 03 (ތިނެއް)
ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އޭގެތެރެއިން:-
• ފުރަތަމަ ނުކުތާއަކީ: މައްސަލާގައި ދަށު ކޯޓުގައި ދަޢުވާކުރާ ފަރާތް ކަމުގައިވާ މުޙައްމަދު އަނީސް
ޖެނެރަލް މެނޭޖަރުކަން ކޮށްފައިވާ ވިލަމަންދޫއަކީ ވިޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ
ކުންފުންޏަކުން ހިންގަމުން އައި ރިސޯޓެއް ކަމަށްވާއިރު، އެފައިސާ ހޯދުމަށް ކުންފުނީގެ ހިއްސާދާރުންގެ
އަލްމަރުޙޫމް
މިމަރުޙޫމް މޫސާ ފަހީމްގެ 8 ވާރިސުންގެ މައްޗަށް ސީދާ ގޮތުގައި ސިވިލް ކޯޓުގައި ދަޢުވާ
ކުރުމުން އެ 8 މީހުންގެ މައްޗަށް ދަރަނި ސާބިތުކޮށްފައިވަނީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ
ކުންފުންޏާބެހޭ ޤާނޫނު)ގެ 15 ވަނަ މާއްދާގެ (ހ) އާއި 18 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް
ބުނެ ހުށަހެޅި ނުކުތާއެވެ.
ގޮތުގައި ތިބި
ދިވެހިރާއްޖެ
ހައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4864
2013/HC-A/239
9
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
FP
ދެވަނަ ނުކުތާއަކީ: މިމައްސަލާގައި ދަށުކޯޓުގައި ދަޢުވާ ކުރާފަރާތުން ޖެނެރަލް މެނޭޖަރުކަން
ކޮށްފައިވާކަމަށްބުނާ އެރިޔަދޫ ރިސޯޓަކީ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ނަމަކަށް ކިޔާ
ޕާޓްނަރޝިޕަކުން ހިންގަމުންއައި ރިސޯޓެއްކަމަށްވާއިރު، އެޕާޓްނަރޝިޕްގެ %40 އިންސައްތަ މިލްކުވާ
އަލްމަރުޙޫމް މޫސާ ފަހީމްގެ 8 ވާރިސުންގެ މައްޗަށް ދަރަނި ސާބިތުކޮށްފައިވަނީ ޕާޓްނަރޝިޕްގެ
އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ޕާޓްނަރޝިޕުގެ ވަކި ބައިވެރިންތަކެއްގެ މައްޗަށް އެކަނި ދަޢުވާކޮށް ދަރަނި
ސާބިތުކޮށްފައިވަނީ ޤާނޫނު ނަންބަރު 9/96 (ޕާޓްނަރޝިޕާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި
ކުeއ
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މުޙައްމަދު ޝަވީދުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތްތަކާ ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ކ.އެރިޔަދޫ އައިލެންޑް ރިސޯޓާއި، އ.ވިލަމެންދޫ އައިލެންޑް ރިސޯޓުން އެދެރިސޯޓް
ހިންގުމާބެހޭ ކަންތައްތައް އެދެރިސޯޓްގެ ޖެނެރަލް މެނޭޖަރެއްގެ ހައިސިއްޔަތުން މުޙައްމަދު އަނީސް
ބަލަހައްޓަމުން ގެންދިޔައިރު، މުޙައްމަދު އަނީސްގެ މުސާރައަށް 31 އޮކްޓޯބަރ 1998 އިން ފެށިގެން
2002 ގެ ޖުލައި މަހުގެ ނިޔަލަށް ލިބެންޖެހޭ ފައިސާގެ ތެރެއިން -/
1,828,852ރ. (އެއްމިލިޔަން
އަށްލައްކަ އަށާވީސްހާސް އަށްސަތޭކަ ފަންސާސްދެރުފިޔާ)ގެ ލެޖަރ އެކައުންޓަށް ޖަމައުކޮށް ނުލިބިހުއްޓާ
މަދަނީ ކޯޓުގެ ނަންބަރު 2004/MC/462 ޤަޟިއްޔާގައި ޙުކުމްކުރެއްވިއިރު، މިދަޢުވާގައި ދަޢުވާލިބޭ 08
މީހުން ޙިއްޞާވާ ކުންފުނި ތަކުގެ މުދާ ބެހިއިރު އޭގެ %40 (ސާޅީސްއިންސައްތަ) ލިބިފައިވަނީ މޫސާ
ފަހީމުގެ އެ 08 ވާރިޘުންކަމުގައިވާތީ މުޙައްމަދު އަނީސްގެ މުސާރައިން ލެޖަރ އެކައުންޓަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/239
10
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ނުލިބިފައިހުރި -/
1,828,852ރ. (އެއްމިލިޔަން އަށްލައްކަ އަށާވީސްހާސް އަށްސަތޭކަ ފަންސާސްދެރުފިޔާ)
ގެ %40 (ސާޅީސްއިންސައްތަ) އަށްވާ ފައިސާއަކީ އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1399 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކުން މުޙައްމަދު އަނީސްއަށް ދޭންޖެހޭ
ފައިސާއެއްކަމަށް ބުނެ އެފައިސާ ހޯދުމަށް މުޙައްމަދު އަނީސް ދަޢުވާކޮށްފައިވާކަން އެނގެން އޮންނައިރު،
މުޙައްމަދު އަނީސަށް އެރިޔަދޫ އަދި ވިދުމެންދޫގެ ލެޖަރ އެކައުންޓުން 31 ޖުލައި 2002
އާއިހަމައަށް ލިބެންޖެހޭ ކަމަށް ބަޔާންކޮށްފައިވާ އެކު ޖުމްލަ -/
1,828,852ރ. (އެއްމިލިޔަން އަށްލައްކަ
އަށާވީސްހާސް އަށްސަތޭކަ ފަންސާސްދެރުފިޔާ) ގެ %40 (ސާޅީސްއިންސައްތަ) އަށްވާ 731,540
/
80ރ.
(ހަތްލައްކަ ތެއްތިރީސްހާސް ފަސްސަތޭކަ ސާޅީސްރުފިޔާ އަށްޑިހަލާރި) އަކީ ދަޢުވާލިބޭ ފަރާތްތަކުން
ދިންމާވާންޖެހޭ ފައިސާގެ މިންވަރުކަމަށާއި، މިފައިސާއިން އެއްވެސް މިންވަރެއް ދައްކާފައިނުވާ ކަމުގައި
ޝަރީޢަތަށް ބުރަވެވޭކަމުން، 731,540
/
80ރ. (ހަތްލައްކަ ތެއްތިރީސްހާސް ފަސްސަތޭކަ ސާޅީސްރުފިޔާ
އަށްޑިހަލާރި) އަކީ ދަޢުވާލިބޭ ފަރާތްތަކުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ ފައިސާކަމަށް ކަނޑައަޅުއްވައި
އެފައިސާ 2013 ފެބްރުއަރީ 17 ވަނަ ދުވަހުން ފެށިގެން 02 (ދޭއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ
މަހަކުމެ އެމީހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ސިވިލް ކޯޓަށް ދައްކަމުންގޮސް އެމުއްދަތުގެ
ތެރޭގައި ފައިސާ އެއްކޮށް ދައްކާ ދައްކާ ޚަލާޞްކުރުމަށް އަންގަވައި ސިވިލް ކޯޓުގެ ނަންބަރު -Cv/1399
2011/C ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ށ) އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާގައި
ހުށަހެޅުނު ދަޢުވާއާ ގުޅިގެން މިޤަޟިއްޔާގައި އިސްތިއުނާފުކޮށްފައިވާ ފަރާތްތަކުން ސިވިލް ކޯޓުގެ
ޝަރީޢަތަށް ހުށަހަޅާފައިވާ ޖަވާބު ފޯމުގައި މައްސަލައިގެ ޖަވާބުގެ ޚުލާޞާގެ ގޮތުގައި ބަޔާންކޮށްފައިވަނީ،
މުޙައްމަދު އަނީސް ކޮށްފައިވާ ދަޢުވާއަކީ ޞައްޙަ ދަޢުވާއެއް ނޫންކަމަށާއި، މުޅި ދަޢުވާއަށް އިންކާރު
ކުރާކަމަށާއި، މުޙައްމަދު އަނީސްގެ ދަޢުވާގައި 1998 އޮކްޓޯބަރު 31 އިން 2002 ގެ ޖުލައި މަހުގެ
ނިޔަލަށް ފައިސާ ލިބިފައިނުވާކަމަށް ބުނުމަކީ ހަމަބުއްދި ހުރި މީހަކު ޤަބޫލުކުރާނެ ވާހަކައެއް ނޫންކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3323029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
މާލެ،
2013/HC-A/239
11
ޤަޟިއްޔާ ނިމުނު ގޮތުގެ
މުޙައްމަދު އަނީސްގެ ޙައްޤެއްވާނަމަ ކުންފުނި ބެހުމުގެ ކުރިން ކުންފުނީގެ މުވައްޒަފުންނަށް މުސާރަދީ
ހިސާބު ކިތާބު ނިންމާފައިވާއިރު، އަދި ޝަރީޢަތުން އެކިފަހަރު މަތިން އެއްވެސް މީހެއްގެ ޙައްޤެއްވޭތޯ
އިޢްލާންކޮށްފައިވީއިރު، އެޙައްޤު ހޯދުމަށް ދަޢުވާކޮށްފައިނުވާކަމީ މުޙައްމަދު އަނީސްގެ ދަޢުވާއަކީ ޞައްޙަ
އެކަން ދޭހަކޮށްދޭ ހެއްކެއް ކަމަށް ފާހަގަކުރާކަން އެފޯމަށް ބެލުމުން އެނގެން އޮވެއެވެ.
39 މ 2
ދަޢުވާއެއް ނޫންކަން
(ނ) މަދަނީ ކޯޓުގެ ނަންބަރު 2004/MC/462 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބަލާއިރު، "... އެމީހަކަށް ލިބިފައިވާ މުދަލާއި ތަންތަނާއި، ތަކެތީގެ މައްޗަށް ކުރެވިފައިވާ
އެގްރީމެންޓްތަކާއި، ވެވިފައިވާ އެއްބަސްވުންތަކަށް އެމުދަލެއް ލިބިގެންވާ ފަރާތަކުން ޙުރުމަތްތެރިކޮށް
ހިތަންޖެހޭނެ ގޮތުގައި އެކަން ދެމިއޮތްކަމަށާއި، މިޕާޓްނަރޝިޕާއި، ކުންފުނީތަކުގެ މައްޗަށް އޮތް
މިމައްސަލައިގައި ބެލެވިފައިނުވާ ދަރަންޏެއް ޘާބިތުވެގެން ޛިންމާވާންޖެހޭ ޖެހުމެއް މިމައްސަލައިގައި
ބަރީއަކޮށްފައިނުވާކަމަށް..“ އެޤަޟިއްޔާގެ ޙުކުމުގައި ބަޔާންކޮށްފައިވާކަމާއި؛
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާގައި މުޙައްމަދު އަނީސްގެ ފަރާތުން
ހުށަހަޅާފައިވަނީ އިސްވެ އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 2004/MC/462 ޤަޟިއްޔާގެ
ދަށުން މުދާ ވަކިކޮށް ބެހުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތެއްގެ ފައިސާއެއް ހޯދުމަށްކަމާއި، އެމުޢާމަލާތެއް
އެގޮތުގައި ޘާބިތުވާން އޮތްނަމަ އެކަމެއްގެ ސަބަބުން އުފެދޭ އިލްތިޒާމްތަކަކީ އެކަންކަން ރައްދުވާ ފަރާތަކުން
އުފުލަންޖެހޭ އިލްތިޒާމްތަކެއްކަމާއި، މަދަނީ ކޯޓުގެ ނަންބަރު 2004/MC/462 ޤަޟިއްޔާގެ ދަށުން
މުދަލާއި ތަކެތި ބައި ކޮށްދިނުމަކީ އެޤަޟިއްޔާ ނިމުމުގެ ކުރިން ހިނގާފައިވާ މުޢާމަލާތްތަކާއި ގުޅިގެން
އުފުލަންޖެހޭ ޒިންމާތަކާއި އިލްތިޒާމްތަކުން ބަރީއަވާނެ ސަބަބެއް ނޫންކަން އެނގެއެވެ.
(ށ) މުޙައްމަދު އަނީސްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާގެ
ދަށުން ހުށަހެޅި ދަޢުވާ ސާބިތުކުރުމުގެ ގޮތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު،
އޭ.އޭ.އޭ. އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ޗީފް އެކައުންޓަންޓް އޯ.ސީ ޗެރިއަން ސޮއިކޮށްފައިވާ ލިޔުމެއް
ހުށަހަޅާފައިވާ ކަމާއި، އެލިޔުމުގައިވާ ގޮތުން މުޙައްމަދު އަނީސަށް އެރިޔަދޫ އަދި ވިލަމެންދޫގެ
"ހައިކޯބީ
26
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/239
12
ޤަޟިއްޔާ ނިމުނު ގޮތުގެ
4ހ3 4
5
6
އެކައުންޓުން
ހ. ބަރަބޯމާގެ
31 ޖުލައި 2002 އާ ހަމައަށް އެކު ޖުމްލަ -/1,828,852ރ. (އެއްމިލިޔަން އަށްލައްކަ
އަށާވީސްހާސް އަށްސަތޭކަ ފަންސާސްދެރުފިޔާ) ލިބެންޖެހޭކަމަށް ބަޔާންކޮށްފައިވާކަމާއި؛
އޭގެ އިތުރުން އޭ.އޭ.އޭ. އެންޑް ޓްރޭޑިންގ ގެ ގްރޫޕް އޮފް ކޮމްޕެނީޒްގެ ޓްރޭޑް ޖެނެރަލް
މެނޭޖަރ މުޙައްމަދު ލަޠީފަށް ދޭންޖެހޭ މުސާރަ ނުދީ ހިފައްޓާފައިވާތީ، އެކަމާ ގުޅޭގޮތުން ޗެއަރމަން އަދި
މެނޭޖިން ޑިރެކްޓަރ ގާތު ބުނުމުން މުޙައްމަދު ލަތީފަށް މުސާރަނުދީ ހިފަހައްޓާފައިވަނީ މުސާރަދިނުމަށް
މަރުޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން މުޙައްމަދު ޝަވީދު އިންކާރުކޮށް މުޙައްމަދު ލަޠީފްގެ ޗެކްގައި
ނުކުރުމުގެ ސަބަބުން ކަމަށާއި، އަދި ބައެއް ސީނިއަރ ސްޓާފުންނަށް ދޭންޖެހޭ މުސާރައިގެ ޗެކުގައި
މުޙައްމަދު ޝަވީދު ސޮއި ނުކުރުމުގެ ސަބަބުން އެމީހުންނަށްވެސް މުސާރަ ނުދެވޭކަމަށް ބަޔާންކޮށް އެކަން
ޙައްލުކޮށްދިނުމަށް އެދި މަދަނީ ކޯޓަށް 2004 ޖުލައި 29 ވަނަ ދުވަހުގެ ތާރީޚުގައި
މުޙައްމަދު ލަޠީފް ފޮނުވާފައިވާ ސިޓީއެއް އޮންނަކަމާއި؛
ސީނިއަރ މުވައްޒަފުންނަށް މުސާރަދިނުމަށާއި އަދި ކޮންމެހެން ބޭނުންވާ އެކިއެކި
ޚަރަދުކުރަންޖެހޭ ފައިސާގެ ޗެކުގައި މަރްޙޫމް މޫސާ ފަހީމްގެ ވާރިޘުންގެ ފަރާތުން ސޮއިނުކުރާތީ ބޭންކް
އަކުންޓުން ފައިސާ ނުލިބިގެން އެޅިފައިވާ ހުރަސްތަކާއި ލިބެމުންދާ ގެއްލުންތައް ކުޑަކޮށް އެކަންކަން
ޙައްލުކުރުމަށްޓަކާއި ޢަމަލުކުރާނެ ގޮތެއް ނިންމުމަކީ، 2006 އޭޕްރީލް 04 ވަނަ ދުވަހު މިނިސްޓްރީ އޮފް
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގައި ބޭއްވުނު އޭ.އޭ.އޭ. ޓްރެވެލް އެންޑް ޓްއަރސް ޕްރައިވެޓް
ލިމިޓެޑްގެ ޙާއްޞަގޮތުން ބޭއްވި ޢާންމު ޖަލްސާއަށް ހުށަހެޅުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން
އެޖަލްސާގެ ރިޒޮލިޔުޝަނުން އެނގެން އޮންނަކަމާއި،
ވިލަމެންދޫ އައިލެންޑް ރިސޯޓުން މުޙައްމަދު އަނީސަށް -/727,047 ރ. (ހަތްލައްކަ ހަތާވީސްހާސް
އަށްސަތޭކަ ސަތާޅީސްރުފިޔާ) ދައްކަންޖެހިފައިވާކަން މަދަނީ ކޯޓުގެ ނަންބަރު 2004/MC/462
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ވިލަމެންދޫ އައިލެންޑް ރިސޯޓުގެ 2004
ވަނަ އަހަރުގެ ބެލެންސް ޝީޓުން އެނގެން އޮންނަކަމާއިގެ
ކަންކަމަށް
**
42
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471( *
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/239
13
4ޑ 4
44
އޭ.އޭ.އޭ.
އެންޑް
402
44 24 2
ބަލައިގަތުމަކީ އިސްތިއުނާފް އުޞޫލުތަކާ ޚިލާފުކަމެއްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުތެޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެހެން ކަމުން އިޝާރާތްކުރެވުނު ލިޔެކިޔުންތަކަށް ޖުމްލަގޮތެއްގައި ބަލާއިރު،
ޓްރޭޑިންގ ބައިކުރުމުގެ ކުރިން އެތަނުގައި މަސައްކަތްކުރި އިސް މުވައްޒަފުންގެ މުސާރަ އެމުވައްޒަފުން
ހަމައަށް ނަގަމުން ގޮސްފައިނުވާކަމާއި އެމުވައްޒަފުންގެ މުސާރައިން ބައެއް ކުންފުނީގައި ހުންނަކަމާއި،
އެފައިސާގެ ހިސާބު ކިތާބު ބެލެހެއްޓެނީ ލެޖަރު ފޮތް ލެޖަރ އެކައުންޓުގައި ކަމާއި، މުޙައްމަދު
އަނީސަކީވެސް އެގޮތަށް ކަންކުރެވުނު އިސް މުވައްޒަފެއްކަމަށް ބެލެވެން އޮތުމުގެ އިތުރުން؛
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާގައި ހާޒިރުކުރެވިފައިވާ ސ. މަރަދޫފޭދޫ|
އަލަނާސިމާގެ މުޙައްމަދު ލަޠީފް އާއި ހަމަ އެގޭ އަޙްމަދު ޙަމްޒާ އާއި، އޯ.ސީ. ޗެރިއަން އާއި
މިއެންމެހައި ފަރާތްތަކުގެ ހެކިބަހަށް ބަލާއިރު، ޓްރޭޑިންގ ގެ އިސް މުވައްޒަފުންގެ މުސާރަ
ފުރިހަމައަށް އެމުވައްޒަފުންނަށް ލިބެމުން އައިސްފައިނުވާކަމާއި، މުވައްޒަފުންގެ މުސާރައިން ނުނަގާ ހުންނަ
ބައި ކުންފުނީގައި ބެހެއްޓޭކަން އެނގެން އޮންނައިރު މުޙައްމަދު އަނީސް އަށް މުސާރައިގެ ގޮތުގައި
ދޭންޖެހޭ އެންމެހައި ފައިސާއެއް ދީ ޚަލާޞްކޮށްފައިވާ ކަމުގެ މައްޗަށް އެއްވެސް ހެއްކެއް
އިސްތިއުނާފު
ކުރެވިފައި މިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތްތަކުން
ހުށަހަޅާފައިނުވާކަން އެނގެން އޮވެއެވެ.
(ބ) ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށް ނަޒަރުކުރާއިރު އެނުކުތާތަކަކީ، ސިވިލް ކޯޓުގައި މިމައްސަލަ ހިނގަމުން
ދިޔައިރު އެ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތުން ދިފާއެއްގެ ގޮތުގައި ނަގާފައިވާ
ނުކުތާތަކެއް ނޫންކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލާނީ ދަށުކޯޓުގައި
ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) އިން އެނގެން އޮންނަކަމާއި،
ދަށުކޯޓުގެ ޤަޟިއްޔާގައި ދައްކާފައިނުވާ ވާހަކަތަކެއްގެ މައްޗަށް އިސްތިއުނާފުކޮށް، އެކަން
0x0
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
k
2013/HC-A/239
14
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފަނޑިޔާރުންނަށް އެއްބަސްވެވޭތީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް ނުފެނުނެވެ.
• ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ސިވިލް
ކޯޓުގެ ނަންބަރު 2011/Cv
-
C/1399 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ހަމައެއް ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ރިޕޯޓް އެކުލަވާލީ: މަރީނާ މުޙައްމަދު
• ޗެކްކުރީ: މުޙައްމަދު ސަލީމު
ދިވެހިރާއްޖޭގެ ހައިކޯޓު، އައު ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv