ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/229 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/229
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 229/HC
-
A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރޭޝަން ނަންބަރު: 135
/
1995-C
ދާއިމީ އެޑްރެސް: ފ.ތިމާވެށި މާލެ
މިހާރުގެ އެޑްރެސް: ފ. ތުނިޔަ/ މާލެ
8
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން:އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދާއިމީ އެޑްރެސް: އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ/ މާލެ
މީހާރުގެ އެޑްރެސް: އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ/ މާލެ
ރަޖިސްޓްރޭޝަން ނަންބަރު: 43
/
84-C
*
#
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 10 ޝަޢުބާން 1437
17 މެއި 2016
ނިމުނު ތާރީޚް: 07 ޞަފަރު 1438
07 ނޮވެމްބަރ 2016
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Cv
-
C/1794
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: އިންޝުއަރެންސްއާ ބެހޭ މައްސަލަ
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 22 އޮކްޓޯބަރ 2015
• ޤަޟިއްޔާ ނިމުނު ތާރީޚް: 22 މާރޗް 2016
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު:ޢަބްދު
ފަނޑިޔާރު:ޢަބްދުﷲ ޙަމީދު
ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
2016/HC-A/229
ދަޢުވާގެ ޚުލާޞާ
ccc
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1794 ޤަޟިއްޔާ ނިމިފައިވަނީ ޝަރުއީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ޔޮޓް ޓްއާރސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
¢ ¢ ¢
ފާހަގަކުރެވުނު ނުކުތާތައް:
22 2ތ
1. ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ޔޮޓް ޓްއާރސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
އުޞޫލުތަކާ
86=ހ8
އއޤީeށް
ކޮންކަމަށްބުނެ
އަލިދޫ
2. ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ރިސޯޓެއްކަމުގައިވާ
ރިސޯޓް، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އިންޝުއަރެންސް
ޕޮލިސީއެއްގެ ދަށުން އިންޝުއަރކޮށް، އިންޝުއަރެންސް ޕްރީމިއަމްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ
ދައްކާފައިވަނިކޮށް، 30 އޮގަސްޓް 2014 އިން 15 ސެޕްޓެމްބަރ 2014 އާދެމެދު މޫސުން ވަރަށް ބޮޑަށް
ގޯސްވެ، ހަލަބޮލިވެ ކުރިމަތިވި ޤުދުރަތީ ޙާދިޘާއެއްގައި އަލިދޫ ރިސޯޓަށް ބޮޑެތި
ލިބިފައިވާތީ، އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ކްލައިމް ހުށަހެޅުމުން، އެކްލައިމް ރިޖެކްޓްކޮށްފައިވާތީ،
ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޙައްޤު ނުދިނުމަށް ނިންމާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމުގައިވާތީ، އިންޝުއަރެންސް ޕޮލިސީގެ ދަށުން އަލިދޫ ރިސޯޓަށް ލިބިފައިވާ
ކމ އ ސ ޑ ވ
ޤާއިން ހއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/229
ގެއްލުމުގެ ކްލައިމް ޝަރީޢަތް މެދުވެރިވެ ވަޑައިގެން ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ޔޮޓް ޓްއާރސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް އަންގައި ދިނުމަށް އެދި ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު
މައްސަލައެކެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކަށާއި، މިމައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކޮށް
ބެލިއިރުގައި، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ރިސޯޓެއްކަމުގައިވާ ހއ. އަލިދޫ ރިސޯޓުގައި
30 އޮގަސްޓް 2014 އިން 15 ސެޕްޓެމްބަރ 2014 އާދެމެދުގައި ހިނގިކަމަށް ބުނެފައިވާ މިޙާދިޘާއާ
ގުޅިގެން އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގެއްލުމަށް
ޒިންމާކުރުވުމުގެ މުއްދަތު ފާއިތުވެފައިވާތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއިން ޝުއަރެންސް އެއްބަސްވުމުގެ
19 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިމައްސަލަ މިކޯޓުގައި އިތުރަށް ބަލައި ކުރިއަށް ގެންދާނެ ތަނެއްނެތްކަމަށް
ކަނޑައަޅައި ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
coc
ކަ
4. ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް
ނޫންކަމަށްބުނެ، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 04
(ހަތަރެއް) ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
• ފުރަތަމަ ނުކުތާއަކީ، އިންޝިއުރެންސް ކްރައިމް ބިނާވާ ޙާދިޘާ ހިނގާފައިވަނީ 30 އޯގަސްޓް
2014 އިން 15 ސެޕްޓެމްބަރ 2014 އާއި ހަމައަށް ކަމުގައިވިއަސް އެކްލައިމް ޔޮޓް ޓުއަރސް މޯލްޑިވްސް
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2016HC-A/22g
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފް ރައްދުވާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރިޖެކްޓްކޮށްފައިވަނީ 22 ޑިސެމްބަރ 2014 ގައި ކަމުގައިވާއިރު
އިންޝިއުރަންސް ޕޮލިސީގެ 19 ވަނަ މާއްދާ ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794 ޤަޟިއްޔާގައި
12 މަސް ދުވަސް 15 ސެޕްޓެމްބަރ 2014 އިން ފެށިގެން ގުނާފައިވަނީ ޕޮލިސީގެ 19 ވަނަ މާއްދާގެ ރޫޙާއި
ޚިލާފަށްކަމުގައި ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފާހަގަކުރާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
ބަޔާނެވެ
UCO
• ދެވަނަ ނުކުތާއަކީ، އިންޝިއުރެންސް ކްރައިމް ބިނާވާ ޙާދިޘާ ހިނގާފައިވަނީ 30 އޯގަސްޓް
2014 އިން 15 ސެޕްޓެމްބަރ 2014 އާއި ހަމައަށް ކަމުގައިވިއަސް، އެކްލައިމް ޔޮޓް ޓްއާރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން އިސްތިއުނާފް ރައްދުވާ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރިޖެކްޓް ކުރުމުން، ކަމުގެ ޚަބީރީ ރަޢުޔެއް ހޯދުމަށްޓަކައި ޔޮޓް
ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސާރވެޔަރ ރިޕޯޓު ހޯދުމަށް އެދުމުން އެ ސާރވެޔަރ
ރިޕޯޓް ލިބިފައިނުވާއިރު، މިއީ ޕޮލިސީގެ 19 ވަނަ މާއްދާގައި މިންކުރާފަދަ އެލައިޑް އިންޝުއަރެންސް
ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖަވާބުދާރީ ވާންޖެހޭ pending action އެއް
ކަމުގައިވާއިރު، މި ވާޤިއާއަށް އެއްވެސް މިންވަރަކަށް ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794
ޤަޟިއްޔާގެ ޙުކުމުގައި ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794 ޤަޟިއްޔާގެ
އިން ޝިއުރަންސް ޕޮލިސީގެ 19 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރާ ޔޮޓް ޓްއާރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑް އަށް ދަޢުވާކުރުމުގެ ފުރުޞަތު ނޯންނާނެކަމަށް ނިންމަވާފައިވަނީ ޤާނޫނު ނަންބަރު 4/91
ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި
UCOCOOX
ނިކުeއވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
2016HC-A/22g
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
• ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794 ޤަޟިއްޔާ
ނިންމެވުމުގައި 3.1 ވަނަ ނަންބަރުގައި އެލައިޑް އިންޝުއަރެންސް އޮފް ދަ މޯލްޑިވްސް އާއި ދަޢުވާކުރާ ޔޮޓް
ޓުއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ޕޮލިސީއެއްގައި
ސޮއިކޮށްފައިވާކަން ދެފަރާތުގެ ބަހުންނާއި، އިންޝިއުރަންސް އެއްބަސްވުމަށް ބެލުމުން އެނގޭކަމަށާއި އަދި
އެޕޮލިސީގެ 19 ވަނަ މާއްދާގައި "ދަޢުވާކުރުން ޤައިދުކުރާ" މާއްދާއެއް އޮންނަކަމަށް ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/1794 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ވުމަށް ބެލުމުންވެސް މިމައްސަލައިގައި ޝަރީޢަތުން
އެކަށީގެންވާ ގޮތެއްގައި ބަލާފައިނުވާކަން އެނގޭކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
#
CC
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1794 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794
ޤަޟިއްޔާއަކީ ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ރިސޯޓެއްކަމުގައިވާ އަލިދޫ ރިސޯޓަށް
30 އޮގަސްޓް 2014 އިން 15 ސެޕްޓެމްބަރ 2014 އާދެމެދު މޫސުން ގޯސްވެ ލިބުނު ގެއްލުމުގެ ކްލެއިމް
އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުށަހެޅުމުން، އެކްލެއިމް
ރިޖެކްޓްކޮށްފައިވާތީ، ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޙައްޤު ނުދިނުމަށް އެލައިޑް
އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ ޚިލާފަށްކަމަށް ދެކިގެން، ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެލައިޑް އިންޝިއުރެންސް
ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އިންޝިއުރަންސް ޕޮލިސީގެ ދަށުން އަލިދޫ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2016/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ކްލެއިމް ޝަރީޢަތް މެދުވެރިކޮށް ލިބިދިނުމަށް އެދި ޔޮޓް ޓުއަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މައްސަލައެއްކަމާއި،
އެމައްސަލަ ސިވިލް ކޯޓުން ނިންމަވާފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އިންޝިއުރަންސް
އެއްބަސްވުމުގެ 19 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެމައްސަލާގައި ބަޔާންކުރާ ހާދިޘާއާގުޅިގެން އެލައިޑް
އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑު ގެއްލުމަށް ޒިންމާކުރުވުމުގެ މުއްދަތު
ފާއިތުވެފައިވާތީ އެމައްސަލައަކީ ސިވިލް ކޯޓުގައި ބަލައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށް
ކަނޑައަޅުއްވައިކަމެވެ.
1794/Cr-C/2015
(ނ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
އިސްތިއުނާފުކުރަމުން ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް
ބަލާއިރު، އެމައްސަލަ އެފަރާތުން އިސްތިއުނާފުކުރި މައިގަނޑު ސަބަބަކީ ސިވިލް ކޯޓުން މައްސަލަ
ނިންމެވުމުގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އިން ޝިއުރަންސް ޕޮލިސީގެ 19 ވަނަ މާއްދާގެ ރޫޙާ ޚިލާފަށް،
އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޖަވާބުދާރީވާންޖެހޭ ޕެންޑިން
އެކްޝަންއެއް އޮއްވާ، އެމާއްދާގައި ބަޔާންކުރާ 12 މަސްދުވަހުގެ މުއްދަތު ގުނާފައިވާކަމަށް ބުނެ ފާހަގަކުރި
ސަބަބުކަމުން އެސަބަބުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު،
ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާދެމެދު ސޮއިކުރެވިފައިވާ އިންޝިއުރަންސް ޕޮލިސީގެ 19 ވަނަ މާއްދާއަށް
ބަލާއިރު، ޕެންޑިންގ އެކްޝަންއެއް ނުވަތަ އަރބިޓްރޭޝަންއެއް އޮތް ޙާލަތެއްގައި މެނުވީ ހާދިޘާ ހިނގާތާ 12
(ބާރަ) މަސްދުވަސް ފަހުން ހުށަހަޅާ ކްލެއިމްއެއްގެ ގެއްލުމުގެ ޒިންމާ އެލައިޑް އިން ޝިއުރެންސް ކޮމްޕެނީ އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ނަގަން ނުޖެހޭނެކަމަށް އެމާއްދާގައި ށްފައިވާކަމާއި،
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/229
ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ރިސޯޓެއްކަމުގައިވާ އަލިދޫ ރިސޯޓަށް 30
އޮގަސްޓް 2014 އިން 15 ސެޕްޓެމްބަރ 2014 އާދެމެދު މޫސުން ގޯސްވެ ލިބުނު ގެއްލުމުގެ ކްލެއިމް 20
އޮކްޓޯބަރ 2014 ގައި އެލައިޑް އިން ޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޔޮޓް
ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާކަމާއި، ޔޮޓް ޓްއާރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި އެކްލެއިމް އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 22 ޑިސެމްބަރ 2014 ގައި ރިޖެކްޓުކުރުމުން، އެރިޖެކްޓު ކުރިކުރުން
ޤަބޫލުނުކުރެވޭ ކަމަށާއި ނަމަވެސް ޝަރީޢަތުގެ މަރުޙަލާއަށް ދިއުމުގެ ބަދަލުގައި ފުރަތަމަ ދެފަރާތުން
ވާހަކަދައްކައިގެން މައްސަލައަށް ޙައްލެއް ލިބޭތޯ މަސައްކަތްކުރުމަށް އެދި 08 ޖެނުއަރީ 2015 ގައި ޔޮޓް
ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިޓީ ފޮނުވާފައިވާކަމާއި، އެސިޓީގެ ޖަވާބުގައި،
އެކްލެއިމް ރިޖެކްޓް ކޮށްފައިވަނީ ސަރވޭޔަރުން އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ހުށަހަޅާފައިވާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ކަމަށާއި، ޔޮޓް ޓުއަރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ސަރވޭޔަރުންނަށް އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ އެނިންމުން ބަދަލުކުރުމަށް އެކަށޭނަ ސަބަބެއް ދެއްކިއްޖެނަމަ ނިންމުން ބަދަލުކުރުމަށް
ތައްޔާރަށްތިބިކަމަށް ބަޔާންކޮށް އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ނަންބަރު: 2015
/
1245/AI
/
LC (25 ޖެނުއަރީ 2015) ސިޓީ ފޮނުވުމުން، ޔޮޓް ޓްއާރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ކްލެއިމް ރިޖެކްޓުކުރުމުގައި އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ބަލާފައިވާ އެކުންފުނީގެ ސަރވޭޔަރުންގެ ރިޕޯޓުތައް ޔޮޓް ޓްއާރސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކަނޑައަޅާފައިވާ ޚަބަރުން މެދުވެރިކޮށް އިތުރަށް ދިރާސާކުރުމަށް
ބޭނުންވާކަމަށާއި، އެހހެންކަމުން އެރިޕޯޓުތައް އަވަސް މުއްދަތެއްގެ ތެރޭގައި ލިބޭނެ ގޮތް ހަދައިދިނުމަށް އެދި
ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް 29 ޖެނުއަރީ 2015 ގައި ސިޓީ ފޮނުވާފައި ވީނަމަވެސް، އެ ރިޕޯޓުތައް
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2016/HC-A/229
ބުނެ
ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިނުވާކަން ދެފަރާތުގެ ބަހުން އެނގެންއޮންނައިރު، އެރިޕޯޓުތައް ލިބިގެންމެނުވީ
ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެފަރާތުގެ ޙައްޤު ހޯދުމަށް އިތުރަށް މަސައްކަތް
ކުރެވެންނެތްކަން މަތީގައި ބަޔާންކުރެވުނު ދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވުނު ސިޓީތަކަށް ބެލުމުންވެސް
ސާފުވާކަމުން، ބުނެވުނު ސާރވިޔަރުންގެ ރިޕޯޓުތައް ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދިނުމަކީ
އެލައިޑް އިން ޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ލާޒިމްވެގެންވާނެ
ކަމެއްކަމަށް ފާހަގަކުރެވޭކަމާއި، އެހެންކަމުން އެރިޕޯޓުތައް ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ނުފޮނުވައި، ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓަށް ހުށަހެޅި
އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ހިމެނޭ ދަޢުވާއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އިންޝިއުރަންސް
ޕޮލިސީގެ 19 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތު ފާއިތުވިފަހުން ހުށަހަޅާފައިވާ ދަޢުވާއެއްކަމަށް
އެދަޢުވާއަކީ ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް އެލައިޑް އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ބަޔާންކުރާ ކުރުމަކީ އިސްވެދެންނެވުނު އިންޝިއުރަންސް ޕޮލިސީގެ 19 ވަނަ މާއްދާގެ ރޫޅާ
ޚިލާފަށް، ޔޮޓް ޓްއާރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި ކްލެއިމާ ގުޅިގެން އެލައިޑް
އިންޝިއުރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް
ބަޔާންކުރާ ކުރުމެއްކަން ފާހަގަކުރެވޭކަމާއި،
އަދި އެޤަޟިއްޔާގައި، ޔޮޓް ޓުއަރސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި
އެމައްސަލައަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އިންޝިއުރަންސް ޕޮލިސީގައި ބަޔާންކުރާ މުއްދަތުގެ ފަހުން
ހުށަހެޅި މައްސަލައެއްކަމަށާއި އެހެންކަމުން ގެ 19 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެމައްސަލައަކީ
އެކޯޓުގައި ބަލައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅުއްވައި ސިވިލް ކޯޓުގެ ނަންބަރު
2015/Cv-C/1794 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ދެފަރާތުގެ ދެމެދުގައި ކުރެވުނު އިސްވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
2016/HC-A/229
ޑޑ 8 ދ29
ހންކުން،
ބަޔާންކުރި މުޢާމަލާތްތަކަށް ނުބައްލަވައި، ދެފަރާތުގެ ދެމެދުގައި ވެފައިވާ އިން ޝިއުރަންސް ޕޮލިސީގެ 19 ވަނަ
މާއްދާގެ ރޫޚާއި ޚިލާފަށްކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވޭކަމެވެ.
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1794 ޤަޟިއްޔާއަކީ، މަތީގައި
ބަޔާންކުރެވިފައިވާ ކަންކަމަށް ރިޢާޔަތްކޮށް އެޤަޟިއްޔާ ހުށަހެޅިފައިވާ ގޮތަށް އެކޯޓުގައި ބައްލަވައި ކުރިއަށް
ގެންދެވިދާނެ މައްސަލައެއްކަމަށާއި، އަދި އެމައްސަލަ އަލުން ބައްލަވައި ފައިސަލާކުރަނިވި ޙުކުމެއް
ކުރެއްވުމަށްޓަކައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 46 ވަނަ މާއްދާގެ
(ށ)ގެ ދަށުން މިމައްސަލަ ސިވިލް ކޯޓަށް ތަޙުލީލު ކުރަންޖެހޭކަމަށެވެ.
• ޙުކުމް:-
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައިމިވާ
ސިވިލް ކޯޓުގެ ނަންބަރު 2015/Cv
-
C/1794 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް،
އެޤަޟިއްޔާގައި ހުށަހެޅިފައިވާ ދަޢުވާގެ މައުޟޫއާމެދު ފައިސަލާކުރަނިވި ޙުކުމެއް ކުރެއްވުމަށްޓަކަ
އިއްވުމަށްޓަކައި ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 46 ވަނަ މާއްދާގެ (ހ)ގެ ދަށުން މިމައްސަލަ
ސިވިލް ކޯޓަށް ތަޙުލީލުކުރުމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފިމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv