ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-S-A/228 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A}228
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 228/HC
-
A/2017
• އިސްތިއުނާފުކުރި ފަރާތް:
ނަން:މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރ: 69
/
96-C
ދާއިމީ އެޑްރެސް: މއ. އާފިޔާ | ކ. މާލެ
މިހާރުގެ އެޑްރެސް: މ. . ލޮނަދޫހިޔާ | ކ. މާލެ
#
34
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ދައުލަތް
ރަޖިސްޓްރީ ނަންބަރ.
*
ދާއިމީ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީކުރެވުނު ތާރީޚް: 12 ޝަޢުބާން 1438
ނިމުނު ތާރީޚް: 29 ޞަފަރު 1441
28 އޮކްޓޯބަރ 2019
08 މެއި
2017
*
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2016/Cv
-
C/926
• ނިންމެވިކޯޓު: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: އެއްބަސްވުމާމެދު ޚިލާފު އުފެދިގެން ހުށަހަޅާ މައްސަލަ
ހުށަހެޅި ތާރީޚް: 04.05.2016 ނިމުނު ތާރީޚް: 19.02.2017
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު މުޙައްމަދު ނިޔާޒް ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/926 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ލޫވިންގ އިންޓްރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރ: 69
:
96-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން
ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤާޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި ދައުލަތެވެ.
ފާހަގަކުރެވުނު ނުކުތާތަ
2x
01- އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/926 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް
ތަރައްޤީކޮށް ހިންގުމާ ގުޅޭގޮތުން، މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއާއި، މިނިސްޓްރީ އޮފް
ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު 27 ޖޫން 2011 ގައި ސޮއިކުރެވިފައިވާ ލީސް އެގްރިމެންޓްގެ
ދަށުން ގދ. މާވަރުލުގައި އެއަރޕޯޓްގެ ޚިދުމަތް ދިނުން ފަށްޓަންޖެހޭ ތާރީޚަށް އެއަރޕޯޓުގެ މަސައްކަތް ނިންމާ
ޚިދުމަތްދޭން ފަށާފައިނުވާތީ ކަމަށްބުނެ ދެފަރާތުން ސޮއިކުރި ލީސް އެގްރީމެންޓުގެ 44 ވަނަ މާއްދާގެ (iii) ގެ
ދަށުން ލީސް އެގްރީމެންޓް ބާޠިލުކުރިކަން 11 ފެބްރުއަރީ 2016 ގައި ރީޖަނަލް އެއަރޕޯޓްސްއިން މޫމިންގ
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ފޮނުވި ނަންބަރު 2016
/
12/PRIV/448 ސިޓީން
އަންގާފައިވާއިރު، އެ އެގްރިމެންޓް ބާތިލުކޮށްފައިވަނީ ދެފަރާތުން ސޮއިކޮށްފައިވާ ލީސް އެގްރިމެންޓްގެ ދަށުން
އެ އެގްރިމެންޓް ބާޠިލްކުރާނަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، އަދި
އެގްރިމެންޓް ބާޠިލުކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު މޫވިންގ
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުން އެދި ދަޢުވާ ކުރުމުން ބަލާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި، "ދެންފަހެ، އިސްވެބުނެވިދިޔަ ކަންކަން
އެހެން ހުރުމުން، ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް، ހިންގުމާ ގުޅޭގޮތުން،
މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 69196-C) އާއި، މިނިސްޓްރީ އޮފީޑިއްޖޭގެ ފައިން
9 27
44
ދަޢުވާކުރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
ޓްރާންސްޖެޓް
0 0 2
ޓްރެންޓް އަނޑަ
02
xކތ ދ ތ
އެޤަތކުން
ކޮމިއުނިކޭޝަންއާ ދެމެދު 27 ޖޫން 2011 ގައި ވެފައިވާ ލީސް އެގްރީމެންޓް ދަޢުވާ
ރައްދުވާ ދިވެހި ދައުލަތުން ބާޠިލުކޮށްފައިވަނީ އެގްރިމެންޓް ބާޠިލުކުރާނަމަ ޢަމަލުކުރަންޖެހޭ އިޖުރާއަތާ
ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި،
މިއެގްރިމެންޓް ބާޠިލުކުރުމުގެ ސަބަބުން ދަޢުވާކުރާ މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑްއަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު ދަޢުވާކުރާ
މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއަށް ލިބިގެންނުވާކަމަށް ހުކުމް ކޮށްފީމެވެ." މިގޮތަށް
ހުކުމްކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
&
2 2 2x
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ސިވިލް ކޯޓުގެ ނަންބަރު 2016/Cv-C/926
ޤަޟިއްޔާގައި ޙުކުމްކުރެއްވުމާއި ގުޅިގެން ޖޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާއި މެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/926 ޤަޟިއްޔާ
ނިންމެވުމުގައި ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ
ފަރާތާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު 10 ޖުލައި 2011 ގައި ސޮއިކުރި
އެއްބަސްވުމުގައި ރަށް ކުއްޔަށް ހިފާ ފަރާތުން ނޮން-ފައިނޭންޝަލް ބްރީޗްއެއް ވެއްޖެނަމަ ޢަމަލުކުރަން އޮންނަ
މާއްދާކަމަށްވާ 58 އަދި 59 ގައިވާ އިޖުރާއަތާ ޚިލާފަށް ދައުލަތުން އެއްބަސްވުން ބާޠިލު ކޮށްފައި ވީނަމަވެސް
މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ އެވެ.
* ދެވަނަ ނުކުތާއަކީ: ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމާ
އިސްތިއުނާފު
ނާފުކުރާ ފަރާތާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު 10
ޖުލައި 2011 ގައި ސޮއިކުރި އެއްބަސްވުމަކީ ދައުލަތުން ތައްޔާރުކުރި އެއްބަސްވުމެއްކަމާއި، އެ
އެއްބަސްވުމުގައި ފުށުއަރާ މާއްދާތަކެއް ހުރުމުން އެ މާއްދާތައް މާނަކުރުމުގައި އިސްތިއުނާފުކުރާ ފަރާތަށް
ގެއްލުންވާގޮތަށް މާނަކުރައްވާ contra preferentum ގެ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް
ބުނެ ހުށަހެޅި ނުކު
02x22
کر کو میسر
ހައިކޯa
ންކުތުވާ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
Ox
02ވ
ތިންވަނަ ނުކުތާއަކީ: މާރެހާގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް
ހިންގުމާގުޅޭގޮތުން ދިވެހި ސަރުކާރާއި އިސްތިއުނާފުކުރާ ފަރާތް ދެމެދު 18 ޖުލައި 2011 ގައި ސޮއިކުރި
އެއްބަސްވުމަކީ ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމާގުޅޭ އްބަސްވުމާ
ގުޅިލާމެހިފައިވާ ދެ އެއްބަސްވުން ކަމަށް ވީނަމަވެސް މައްސަލަ ނިންމުމުގައި އެއްވެސް ވަރަކަށް އެކަމަށް
ރިޢާޔަތް ކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ހަތަރުވަނަ ނުކުތާއަކީ: ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކުރުމަށް
އެއްބަސްވި މުއްދަތުގައި ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ފުރިހަމަނުކޮށް އިސްތިއުނާފުކުރާ ފަރާތުގެ
އިލްތިޒާމުތައް ފުރިހަމަކޮށްފައިނުވާކަމަށްބުނެ އެއްބަސްވުން ބާޠިލުކުރާކަމުގެ ނޯޓިސް ފޮނުވާފައިވާއިރު އެކަމަށް
ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ފަސްވަނަ ނުކުތާއަކީ: ގދ. މާވަރުލުގެ އެއްބަސްވުން ބާޠިލު ކުރުމަށް ރީޖަނަލް
އެއާރޕޯޓްސްއިން ޙަވާލާދީފައިވާ އެއްބަސްވުމުގެ މާއްދާއާއި ދައުލަތުން އެއްބަސްވުން ބާޠިލުކުރި މާއްދާކަމަށް
ސިވިލް ކޯޓުގައި ވަކާލާތުކުރި މާއްދާ ތަފާތުވީ ނަމަވެސް އެކަމަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
* ހަވަނަ ނުކުތާއަކީ މައްސަލަ ނިންމެވުމުގައި އެ މައްސަލައިގައި ހުށަހެޅޭ ހެކިތަކަށް
ރިޢާޔަތް ކުރަންވާނޭ ކަމަށް ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވީނަމަވެސް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަށް
ރިޢާޔަތް ކުރެއްވުމެއް . ނެތި މައްސަލަ ނިންމާފައިވާ
ވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/926 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
2
02
xހ2
އއﷲ eށް
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2016/Cv
-
C/926 ޤަޟިއްޔާ
ނިންމެވުމުގައި ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ
ފަރާތާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު 10 ޖުލައި 2011 ގައި ސޮއިކުރި
އެއްބަސްވުމުގައި ރަށް ކުއްޔަށް ހިފާ ފަރާތުން ނޮން-ފައިނޭންޝަލް ބްރީޗްއެއް ވެއްޖެނަމަ ޢަމަލުކުރަން އޮންނަ
މާއްދާކަމަށްވާ 58 އަދި 59 ގައިވާ އިޖުރާއަތާ ޚިލާފަށް ދައުލަތުން އެއްބަސްވުން ބާޠިލުކޮށްފައި ވީނަމަވެސް
މައްސަލަ ނިންމުމުގައި އެކަމަށް ރިޢާޔަތް ކޮށްފައިނުވާ ކަމަށް ބުނެ އިސްތިއުނާފް ކުރާ ފަރާތުން ހުށަހެޅި
ނުކުތާއާއި ގުޅިގެން، އިސްތިއުނާފު ރައްދުވާ އެޓަރނީ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި
ވެފައިވާ އެއްބަސްވުމުގެ ދަށުން "ނޮން-ފައިނޭންޝަލް ބްރީޗް" އެއް މެދުވެރިވާ ކޮންމެ ޙާލަތެއްގައިވެސް ޢަމަލު
ކުރަންޖެހޭނީ އެއްބަސްވުމުގެ 58 ވަނަ މާއްދާ އަދި 59 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އިޖުރާޢަތާ
ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެއްބަސްވުމުގެ 58 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އަކީ
އެއްބަސްވުމުގެ ދަށުން "ނޮން-ފައިނޭންޝަލް ބްރީޗް" އެއް ވާ ޙާލަތުގައި ޢަމަލު ކުރަންޖެހޭ ޢާންމު
(general) އުޞޫލު ކަމާއި، އެއްބަސްވުމުގައި ކަނޑައަޅާފައިވާ ޕީރިއަޑުގެ ތެރޭގައި މަސައްކަތް ފުރިހަމަ
ނުކުރާ ޙާލަތުގައި ޢަމަލު ކުރަންޖެހޭ ޚާއްޞަ (special) އުޞޫލުތަކެއް އެއްބަސްވުމުގައި ބަޔާން ކޮށްފައިވާތީ،
ކޮންސްޓްރަކްޝަން ޕީރިއެޑްގެ ތެރޭގައި މަސައްކަތް ފުރިހަމަ ނުކޮށްފިނަމަ ޢަމަލު ކުރަންޖެހޭނީ ޚާއްޞަ
މާއްދާތަކުގައި ބަޔާން ކޮށްފައިވާ ފަދައިން ކަމަށާއި މިގޮތުން ކޮންސްޓްރަކްޝަން ޕީރިއެޑްގެ ތެރޭގައި
މަސައްކަތް ނުނިންމައިފިނަމަ، ޢަމަލު ކުރަންޖެހޭ އުޞޫލުތަކާއި އިޖުރާއާތު އެއްބަސްވުމުގެ 15، 17 އަދި 44
ވަނަ މާއްދާގައި ބަޔާންފައިވާ ކަމަށެވެ. މިނުކުތާއާއި ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ބަލާއިރު، މިއީ އެއްބަސްވުމުގެ 15 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ
އާއި 58 ވަނަ މާއްދާ އަދި 59 ވަނަ މާއްދާ ތަރުޖަމާ ކުރުމުގައި އުފެދިފައިވާ ދެބަސްވުމެއްކަން
އޮންނަކަމާއި، އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ؛
2
0
2 ހ2ދ
02
15. The Lessee shall construct and develop the Domestic Airport
in accordance with the drawings submitted and specification
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A}228
approved by the Competent Authority and the Work Plan approved
by the Government within a maximum period of 30 (thirty) months
from the Commencement date. This period of 30 (thirty) months
shall be referred to as the "Airport Construction Period".
ތެރޭގައި
2012 ޓ ޓ
ކު29ނ
މިފަދައިންކަމާއި، ހުށަހަޅާފައިވާ ކުރެހުމާއި އަދި ކަމާބެހޭ އިދާރާއިން ހުއްދަ ދީފައިވާ ސްޕެސިފިކޭޝަނާއި އަދި
ސަރުކާރުން ހުއްދަ ދީފައިވާ ވޯރކް ޕުލޭނާ އެއްގޮތަށް، ޑޮމެސްޓިކް އެއަރޕޯރޓް އަޅައި ތަރައްޤީ ކުރަން
ކުއްޔަށް ހިފިފަރާތަށް ޖެހޭނެ ކަމާއި އެކަން ކުރަންޖެހެނީ ގިނަވެގެން 30 (ތިރީސް) މަސްދުވަހުގެ ތެރޭ
ކަމާއި މިމުއްދަތު ގުނަން ފަށާނީ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ "ކޮމެން ޑޭޓް" އިން ފެށިގެން
ކަމާއި، މިމުއްދަތަށް ކިޔާނީ "އަރޕޯޓް ކޮންސްޓްރަކްޝަން ޕީރިއެޑް" ކަން މަތީގައިވާ މާއްދާއިން އެނގެން
އޮންނަކަމާއި، އަދި މިމާއްދާގައި ”shall construct and develop“މިހެން އޮތް ޢިބާރާތުން މިއީ ކުއްޔަށް
ހިފިފަރާތުން އެކަން ކުރުން ލާޒިމުވާ ޞިޔާއިން ބަޔާންކޮށްފައިވާ ކަމެއްކަމާއި، އެހެނީ މިއީ މިއެއްބަސްވުމުން
ބަރީޢަވުމެއްނެތް ވާޖިބެއް ނުވަތަ އިލްތިޒާމެއްކަމާއި، މިމާއްދާގައި ބަޔާން ކުރާ މުއްދަތުގައި މިކަން
ނުކުރެވިއްޖެނަމަ ދެން ހަދަންޖެހޭ ގޮތް ބަޔާން ކޮށްފައިވަނީ އެއްބަސްވުމުގެ 17 ވަނަ މާއްދާގައި ކަމާއި،
އެމާއްދާގައި ބަޔާން ކޮށްފައިވަނީ؛
ތު
In the event the Lessee fails to complete the construction and
development of the Airport/or to commence the operations thereof
in accordance with the time schedule specified in the relevant
Work Plan the Government may;
Impose liquidated damages as per Clause 20 of this
;
Agreement;
And/or
Clause
(ii)
this Agreement in accordance
termina
.
44 of this Agreement.
މިފައިން ކަމާއި، އެއަރޕޯޓް އަޅައި ތަރައްޤީކޮށް ނޫނީ އެއަރ ޕޯރޓް ހިންގައިގަތުންވިޔަސް، ކަމާގުޅޭ ވޯރކް
ޕުލޭނުގައި ބަޔާން ކުރާ ޓައިމް ޝެޑިއުލްއާ
ކުއްޔަށް ހިފާ ފަރާތަށް އެކަންކަން ފުރިހަމަ
ނުކުރެވިއްޖެ ޙާލަތެއްގައި، ސަރުކާރަށް ޢަމަލު ކުރެވިދާނެ ދެގޮތެއް 17 ވަނަ މާއްދާގެ (i) އާއި (ii) ގައި
04
އއގތށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
"the Government may”
32ތ
042
ލިކައިޑީ 28
ބަޔާން ކޮށްފައިވާ ކަމާއި، މިދެގޮތުން ކުރެ ގޮތަށް ނުވަތަ މިދެގޮތަށް އެއްފަހަރާ ޢަމަލު ކުރުމަކީވެސް
ސަރުކާރަށް އޮތް އިޚްތިޔާރެއް ކަން އެމާއްދާގައި އޮތް،
މިޢިބާރާތާއި،
ފުރަތަމަ ގޮތާއި ދެވަނަ ގޮތުގެ ދެމެދުގައި ބަޔާން ކޮށްފައިވާ [And
/
or] މިދެ ޢިބާރާތުން ސާފުކޮށް އެނގެން
އޮންނަކަމާއި، 17 ވަނަ މާއްދާގެ (i) އާއި (conjunctive
]
،
(
ii] ކޮށް އެހެނީ އެކުގައި، ނުވަތަ
disjunctive] ކޮށް، އެހެނީ ވަކިވަކިން ވެސް ކިއިދާނެކަމާއި، މީގެ ތަފާތަކީ 17 ވަނަ މާއްދާގެ (i) އާއި
(i) ކިޔުމުގައި [and] ބޭނުންކޮށް އެކުގައި ކިޔައިފިނަމަ، 20 ވަނަ މާއްދާގައި ބަޔާން ކުރާ ލިކުއި
ޑެމޭޖެސް ދެއްކުމަށް އެންގުމާއިއެކު 44 ވަނަ މާއްދާއާ އެއްގޮތަށް އެއްބަސްވުން ބާޠިލު ކުރުމުގެ އިޚްތިޔާރު
ސަރުކާރަށް ލިބިގެން ވުންކަމާއި، ނަމަވެސް، 17 ވަނަ މާއްދާގެ (i) އާއި (i) ކިޔުމުގައި [or]
ބޭނުންކޮށް، ވަކިން ކިޔައިފިނަމަ، ސަރުކާރަށް އިޚްތިޔާރު ލިބިގެންވަނީ 17 ވަނަ މާއްދާގެ (i) އާއި (ii) ގެ
ތެރެއިން ސަރުކާރުން އިޚްތިޔާރު ކުރާ ކޮންމެވެސް އެއްކަމެއް ކުރުން ކަމާއި، އެހެން ކަމުން، އެއަރޕޯރޓް
އަޅައި ތަރައްޤީ ކުރަން އޮތް 30 (ތިރީސް) މަސްދުވަހުގެ ތެރޭގައި އެކަން ނުކުރެވިއްޖެނަމަ، ސަރުކާރަށް އޮތް
އިޚްތިޔާރަކީ، 17 ވަނަ މާއްދާގެ (i) ގައި ބަޔާން ކުރާ ގޮތަށް 20 ވަނަ މާއްދާގެ ދަށުން ލިއިޑޭޓެޑް
ޓެމޭޖަސް ދެއްކުމަށް ކުއްޔަށް ހިފާ ފަރާތުގެ މައްޗަށް އެންގުން ކަމާއި، 17 ވަނަ މާއްދާގެ (i) ގައި
ޙަވާލާދީފައިވާ 20 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ؟
If the Lessee fails to complete the construction and development
of the Airport and/or to commence the operations thereof in
accordance with the time schedule specified in the Airport Work
Plan, except as provided in Clause 19, the Government shall
without prejudice to any other rights it may have, impose
liquidated damages amounting to US$ 100,000 (United State
Dollars One Hundred Thousand) and grant an additional period of
a maximum 6 (six) months to complete the construction and
development of the Airport and/or to commence the operations
thereof.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
".އެއިން382 ހައި
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
2
0
xހ2
އެއެގެތަށް،
2ތ ކތ
4 22 2 22
ހންކަމުން،
މިފަދައިން ކަމާއި، އެއަރޕޯޓް އަޅައި ތަރައްޤީކޮށް ނޫނީ އެއަރޕޯރް ހިންގައިގަތުންވިޔަސް، ކަމާގުޅޭ ވޯރކް
ޕްލޭނުގައި ބަޔާން ކުރާ ޓައިމް ޝެޑިއުލްއާ
ހިފާ ފަރާތަށް އެކަންކަން ފުރިހަމަ
ނުކުރެވިއްޖެ ޙާލަތެއްގައި، 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިސްނާއީ ޙާލަތްތައްފިޔަވައި،
ސަރުކާރަށް ލިބިދީފައިވާ އެހެން ޙައްޤުތަކަށް އަސަރެއް ނުކުރާނެ ގޮތަށް، 100,000 (އެއްލައްކަ) އެމެރިކާ
ޑޮލަރުގެ ލިކުއިޑޭޓެޑް
ޑެމޭޖެއް ދެއްކުމަށް ކުއްޔަށް ހިފާ ފަރާތަށް އެންގުމާއި އެކު އެއަރޕޯޓް އަޅައި
ތަރައްޤީކޮށް ނޫނީ އެއަރޕޯޓް ހިންގައިގަތުންވިޔަސް، 06 (ހައެއް) މަސްދުވަހުގެ މުއްދަތެއް ދޭންޖެހޭ ކަމާއި،
17 ވަނަ މާއްދާގެ (i) ގައި ބަޔާން ކުރާ ގޮތަށް ސަރުކާރުން ޢަމަލު ކުރާނަމަ،
100,000 (އެއްލައްކަ) އެމެރިކާ ޑޮލަރުގެ ލިކުއިޑޭޓެޑް ޑެމޭޖެއް ދެއްކުމަށް އެންގުމާއިއެކު މެސީ (ކުއްޔަށް
ހިފިފަރާތަށް) އަށް އެއަރޕޯޓް އަޅައި ތަރައްޤީ ކުރަން ނުވަތަ އެއަރޕޯޓް ހިންގައި ގަތުމަށް އިތުރު 06
(ހައެއް) މަސްދޭންޖެހޭ ކަން އެނގެން އޮންނަކަމާއި، ނަމަވެސް 17 ވަނަ މާއްދާގެ (i) ގެ ދަށުން ލިބޭ
އިޚްތިޔާރުގެ ބޭނުން ސަރުކާރުން ނުކޮށް، އެއްބަސްވުން ބާޠިލު ކުރުމަށް ބޭނުން ކޮށްފައިވަނީ، 17 ވަނަ
(i) ގެ ދަށުން ލިބިދޭ އިޚްތިޔާރު ކަމާއި، މިހާލަތުގައި، އެއްބަސްވުން ބާޠިލު ކުރިނަމަވެސް ބާޠިލު
ކުރަންޖެހޭނީ، އެއްބަސްވުމުގެ 58 ވަނަ މާއްދާއަށާއި 59 ވަނަ މާއްދާގެ ދަށުން ކަމަށް ބުނެ އިސްތިއުނާފުކުރާ
ފަރާތުން ރައްދުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ބަޔާންވެދިޔަ ދެ މާއްދާގައި އޮންނަނީ؛
در ترکی
477 4 2
58. Except where the Lessee has defaulted in respect of provisions
contained in Clause 25, where there is any non-performance, non-
observance, infringment or violation by the Lessee of any other
term or condition of this Agreement, the Government shall not
terminate the Agreement in the first instance but impose upon the
Lessee a penalty of an amount not exceeding US$ 25,000(Twenty
Five Thousand United State Dollars) as liquidated damages and
give up to 30 (thirty) days notice in writing to the Lessee to
remedy the default.
59. If the Lessee fails to comply with notice referred to in clause
58, the Government shall impose upon the Lessee a further penalty
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A}228
of an amount not exceeding US$ 100,000 (Hundred Thousand
United State Dollars) as liquidated damages and if the Lessee fails
to comply with the notice given under paragraph (i) of the Clause
for a further period of fifteen (15) days, the Governmnet may
invoke its right of terminating this Agreement under Clause 44
.
above.
24
މިފަދައިން ކަމާއި، 58 ވަނަ މާއްދާއަކީ، ފައިސާ ނުހިމެނޭ ޠަބީޢަތުގެ ކަމަކާއި ޚިލާފު ވެއްޖެނަމަ ޢަމަލު
ރުމާއިބެހޭ ގޮތުން އޮތް މާއްދާ ކަމާއި، އެމާއްދާއަށް ބަލާއިރު، އެއްބަސްވުމުގެ 25 ވަނަ މާއްދާގައި ބަޔާން
ކޮށްފައިވާ ކަންތައްތައް ފިޔަވައި، ކުއްޔަށް ހިފާ ފަރާތުން، މިއެއްބަސްވުމުގެ އެހެން އެއްވެސް މާއްދާއަކަށް
ނުވަތަ ޝަރުޠަކާއި އެއްގޮތަށް ކުރަންޖެހޭ ކަމެއް ނުކުރާ ނުވަތަ ޚިލާފުވާ ފުރަތަމަ ފަހަރު ސަރުކާރުން
މިއެއްބަސްވުން ބާޠިލު ކޮށްގެން ނުވާނެކަމަށް ލާޒިމު ސިފައެއްގައި ބަޔާން ކޮށްފައިވާ ކަމާއި، ނަމަވެސް
ފުރަތަމަ ފަހަރު، އަދަބެއްގެ ގޮތުގައި 25,000(ފަންސަވީސްހާސް) އެމެރިކާ ޑޮލަރަށްވުރެ މަތިނުވާނެހެން،
ލިކުއިޑޭޓެޑް ޑެމޭޖެއް ދެއްކުމަށް އެންގުމާއިއެކު، އެ ނުކުރެވުނު ކަންތައް ކުރުމަށް ނުވަތަ އެއްބަސްވުމާއި
ޚިލާފުވި ކަމެއް ރަގަޅު ކުރުމަށް 30 (ތިރީސް) ދުވަހުގެ ނޯޓިހެއް ލިޔުމުން ދޭންޖެހޭކަން އެނގެން އޮތްއިރު،
މިނޯޓިސްއާ އެއްގޮތަށް ޢަމަލު ނުކޮށްފިނަމަ، 100،000(އެއްލައްކަ) އެމެރިކާ ޑޮލަރުން، ޖޫރިމަނާކޮށް،
އެކަންކަން ރަނގަޅު ކުރުމަށް 15 ދުވަހުގެ ނޯޓިހެއްދީ، އެކަންކަން ރަނގަޅު ނުކުރިނަމަ، އެއްބަސްވުމުގެ
44 ވަނަ މާއްދާގެ ދަށުން، މިއެއްބަސްވުން ބާޠިލު ކުރެވިދާނެކަން 59 ވަނަ މާއްދާއިން އެނގެން އޮތްއިރު،
މި ދެ މާއްދާ އާއި އެއްބަސްވުމުގެ 17 ވަނަ މާއްދާގެ (1) ގައި ބަޔާން ކުރާ ޕްރޮސީޖާ އަކީ މުޅިން ތަފާތު
ޕްރޮސީޖާއެއްކަން މިމާއްދާތަކުގެ ނައްޞުން ސާފުކޮށް އެނގޭ ކަމާއި، މިމާއްދާ ތަކުގައި ފުށުއެރުމެއް ނުވަތަ
އޮޅުމެއް (ambiguity) ނެތް ކަމާއި، އެހެނީ، ޖޫރިމަނާ ކުރަންޖެހޭ މިންވަރަށް ބަލާއިރު، ތަފާތު ތަކެއް
އެބަހުރިކަމާއި، ކުއްޔަށް ހަފި ފަރާތަށް ދޭންޖެހޭ މުއްދަތަށް ބަލާއިރު، ތަފާތު ތަކެއް އެބަހުރިކަމާއި، އިތުރަށް
ދޭ މުއްދަތު ދޭ ސަބަބަށް ބަލާއިރު، ތަފާތު ތަކެއް އެބަހުރިކަމާއި، މިގޮތުން، އެއްބަސްވުމުގެ 20 ވަނަ
4 270
30 4 04
ހއ 2
މާއްދާގައި
ކުރާ
މުއްދަތަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
0 3x
0
0
ax
ތން، ޢާންމުކޮށް
294އ،
... to complete the construction and development of the Airport] އެހެނީ،
އެއްބަސްވުމުގެ 20 ވަނަ މާއްދާގައި ބަޔާން ކުރާ މުއްދަތަކީ ކުރަންވީ ވަކި ޚާއްޞަ ކަމެއް ކަނޑައަޅައި
ބަޔާންކޮށް، އެކަން ކުރުމަށް ޚާއްޞަކޮށް ދީފައިވާ މުއްދަތަކަށް ވާއިރު، އެބަސްވުމު
ވުމުގެ 58 ވަނަ މާއްދާގައި
ބަޔާން ކުރާ މުއްދަތަކީ، ވަކި ކަމެއް ބަޔާން ކުރުމަކާއި ނުލައި، ޢާންމުކޮށް، ދީފައިވާ މުއްދަތެއްކަން، 58
ވަނަ މާއްދާގައި އޮތް، [to remedy the default“ މިޢިބާރާތުން ސާފުކަން އެނގޭ ކަމާއި، އެހެނީ އެއީ
ނޮން ފައިނޭންޝަލް ބްރީޗްގެ ތެރޭގައި ނުހިމެނޭ، އެއްބަސްވުމާއި ޚިލާފަށް ކޮށްފައިވާ ކޮންމެ ކަމެއް ހިމެނޭ
ދީފައިވާ މުއްދަތެއްކަން، ބަޔާންވެ ދިޔަ އެއްބަސްވުމު
ވުމުގެ ނައްޞުތަކުން ސާފުކޮށް އެނގެން
ތެކަމާއި މިއިން އެނގެނީ، އެއްބަސްވުމުގައި
ބަޔާން ކޮށްފައިވާ،
breach of non
-
financial nature] އެހެނީ ސަރުކާރަށް ސީދާ ފައިސާއެއް ދައްކަންޖެހޭ ކަންކަން
ފިޔަވައި، އެއްބަސްވުމުގައި ބަޔާން ކުރާ އެހެން ޠަބީޢަތުގެ ކަންތައްތާއި ކުއްޔަށް ހިފާ ފަރާތުން
ޚިލާފުވެއްޖެނަމަ، ޢަމަލު ކުރާނެ ޚާއްޞަ (special) އަދި ޢާންމު (general) ޕްރޮސީޖަރ އެއް
މިއެއްބަސްވުމުން ފެންނަން އޮތުންކަމާއި، އެއަރޕޯޓް، އަޅައި ތަރައްޤީ ކުރުމަކީ ފައިސާ ނޫން ޠަބީޢަތުގެ
ކަމެއްކަމަށް ޤަބޫލު ކުރެވުނު ނަމަވެސް، އެއަރޕޯޓް އަޅައި ތަރައްޤީ ކުރުމަށް އޮތް މުއްދަތުގައި އެކަން
ނުކުރެވިއްޖެނަމަ، ޢަމަލު ކުރާނެ ވަކި ޚާއްޞަ ޕްރޮސީޖަރއެއް މިއެއްބަސްވުމުގައި ހިމެނިފައި އޮތުމުން،
އެއަރޕޯޓް އަޅައި ތަރައްޤީ ކުރުމަށް އޮތް މުއްދަތުގައި އެކަން ނުކުރުމުން، ސަރުކާރުން ޢަމަލު ކުރަންޖެހޭނީ،
އެއަރޕޯޓް އަޅައި ތަރައްޤީ ކުރުމަށް އޮތް މުއްދަތުގައި އެކަން ނުކުރުމުން ޢަމަލު ކުރުމަށް އެއްބަސްވުމުގައި
ބަޔާންކޮށްފައިވާ ޚާއްޞަ ޕްރޮސީޖާރގެ ދަށުންކަމާއި، މިމައްސަލައިގައި ސަރުކާރުން ޢަމަލު ކޮށްފައިވަނީ،
މިއެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ފަދައިން، ކުއްޔަށް ހިފާ ފަރާތަށް އެއަރޕޯޓް އަޅައި
ތަރައްޤީކޮށް ނުނިންމުމުން، އެއްބަސްވުމުގެ 17 ވަނަ މާއްދާގެ (ii) އިން ސަރުކާރަށް ލިބިދީފައިވާ އިޚްތިޔާރާ
އެއްގޮތަށް އެއްބަސްވުމުގެ 44 ވަނަ މާއްދާގެ (iii) ދަށުން މިއެއްބަސްވުން ބާޠިލު ކުރުމަށް ކަމާއި، 44
ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ:
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A}228
44. Without prejudice to any other right which the Government
may have under this Agreement or in law, the Government may
terminate this Agreement, in any of the following circumstances:
if the Lessee fails to complete the construction or
development of the Airport within the period as specified in Clause
15 or any extended period pursuant to Clause 19 or 20; or
3x 42ދ149ށް
02 ވ2 •
2ތ ދ 2
2
4
މިފަދައިން ކަމާއި، މި އެއްބަސްވުމުގެ 44 ވަނަ މާއްދާގެ (i) ގައި، ވަރަށް ސާފުކޮށް ބަޔާން ކޮށްފައި
އެވަނީ، އެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާން ކުރާ މުއްދަތުގައި، ނޫނީ އެއްބަސްވުމުގެ 19 ވަނަ
މާއްދާގެ ދަށުން ނޫނީ 20 ވަނަ މާއްދާގެ ދަށުން އިތުރު ދަތުގައި ހިފާ ފަރާތަށް އެއަރޕޯޓް
އަޅައި ތަރައްޤީ ނުކުރެވިއްޖެނަމަ، އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް ކަމާއި، އެއްބަސްވުމުގެ 20 ވަނަ
މާއްދާގެ ދަށުން އިތުރު މުއްދަތެއް ކުއްޔަށް ހިފާ ފަރާތަށް ލިބިދެވޭނީ، އެއްބަސްވުމުގެ 17 ވަނަ މާއްދާގެ (i)
ގައި ބަޔާން ކުރާ އިޚްތިޔާރުގެ ބޭނުން ސަރުކާރުން ކުރިނަމަ ކަމާއި، އިސްތިއުނާފު ކުރާ ފަރާތުން ބަޔާން ކުރާ
ގޮތަށް، މިއެއްބަސްވުމުގެ 15 ވަނަ މާއްދާގައި ބަޔާން ކުރާ މުއްދަތުގައި އެއަރޕޯޓް އެޅުމާއި ތަރައްޤީ ކުރުމުގެ
މަސައްކަތް ނުނިންމައިފިނަމަ، ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ 58 ވަނަ މާއްދާ އާއި 59 ވަނަ މާއްދާގައި
ބަޔާން ކުރާ ޢާންމު ޕްރޮސީޖަރގެ ދަށުން ކަމަށް ބަލައިފިނަމަ، އެއްބަސް
އެބަސްވުމުގެ 17 ވަނަ މާއްދާ އާއި 44
ވަނަ މާއްދާގެ (ii) އަކީ މިއެއްބަސްވުމުގައި ހިމެނިފައިވާ އެއްވެސް މިއެއްނެތް މާއްދާތަކަށް ވެގެން
ދާނެކަމާއި، މިއީ
އެއްބަސްވުންތަކަށް ކޯޓުން ތަރުޖަމާ ދިނުމުގެ ހަމަތަކާއި ޚިލާފު ވިސްނުމެއް ކަމާއި، އެހެނީ
އެއްބަސްވުމެއްގެ އެއްވެސް މާއްދާއަކީ
އްދާއަކީ އެއެއްބަސްވުމެއް ކިޔުމުގައި ނުވަތަ މާނަ ކުރުމުގައި އިހުމާލު ކޮށް
ދޫކޮށްލެވޭނެ މާއްދާއެއް ނޫންކަމާއި، ދެފަރާތެއް ދެމެދުގައި ވެފައިވާ އެއްބަސްވުމަކާއި ޚިލާފު އުފެދިގެން
އެއްބަސްވުން ކޯޓުން ތަރުޖަމާ ކުރާންޖެހޭ ޙާލަތުގައި، ކޯޓުން ޢަމަލު ކުރަންޖެހޭ ހަމަތަކެއް ކޮންޓްރެކްޓާބެހޭ
ޤާނޫނީ ހަމަތަކުގައި ބަޔާން ކުރެވިފައިވާކަމާއި، މިގޮތުން އެއްބަސްވުމެއް ތަރުޖަމާ ކުރާއިރު، މުޅި
އެއްބަސްވުމަށް ބާރުދިނުމާއި، އެއްބަސްވުމުގެ ދެފަރާތުގެ ނިޔަތުގެ މައްޗަށް ބުރަވުމާއި، އެއްބަސްވުމުގައި
ކޮށްފައިވާ ޢާންމު ބަސްމަގު އެ އެއްބަސްވުމުގައި ހިމެނިފައިވާ ޚާއްޞަ ބަސްމަގުން މަހުދޫދު
02 2c
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
22
ކުރާނެކަމާއި، މިގޮތުން، އެއްބަސްވުމުގައި ހިމެނޭ ޢާންމު މާއްދާއަކާއި އެއްބަސްވުމުގައި ހިމެނޭ ޚާއްޞަ
މާއްދާއެއް ފުށުއަރާކަމަށް ފެންނަ ޙާލަތުގައި، އެޢާންމު މާއްދާގައި ބަޔާން ކުރާ ކަންތައްތަކުގެ މައްޗަށް ޚާއްޞަ
މާއްދާގައި ބަޔާން ކުރާ ކަންކަން ގަދަވެގެން ދާނެކަން މިއީ ދެބަސްވެވެން ނެތް ޤާނޫނީ ހަމަ ތަކެއްކަމާއި، ވީމާ
އެއްބަސްވުމުގައި ބަޔާން ކުރާ ރަށް ކުއްޔަށް
ހަ(
ފަރާތުން ނޮން-ފައިނޭންޝަލް ބްރީޗްއެއް ވެއްޖެނަމަ
ޢަމަލުކުރަން އޮންނަ މާއްދާކަމަށްވާ 58 އަދި 59 ގައި ބަޔާން ކުރާ އިޖުރާއަތުކަމަށް
އިސްތިއުނާފު ކުރާ
ފަރާތުން ބުނެފައިވާ ބުނުމަކީ ހުށަހެޅިފައިވާ ޤާނޫނީ ނުކުތާގެ މައްޗަށް ތަޠުބީޤު ކުރުމަށް މިއެއްބަސްވުމުގައި
އޮތް ޚާއްޞަ އިޖުރާއަތާއި ޚިލާފު ބުނުމެއް ކަމާއި، އެއްބަސްވުމުގައި ހިމެނޭ ނޮން-ފައިނޭޝަލް ބްރީޗްގެ
ތެރެއިން، އެއަރޕޯޓް އަޅައި ތަރައްޤީކޮށް، ނޫނީ އެއަރޕޯޓް ހިންގައި ގަތުމުގައި ޢަމަލު ކުރުމަށް
އެއްބަސްވުމުގައި އޮތް ގޮތަށް ރަށް ކުއްޔަށް ހިފާ ފަރާތުން ޢަމަލު ނުކޮށްފިނަމަ، ޢަމަލު ކުރަންޖެހޭ ވަކި
ޚާއްޞަ އިޖުރާއަތެއް އެއްބަސްވުމުގެ 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގައި ސާފުކޮށް ފެންނާން
އޮތުމުން، ސަރުކާރުން މިއެއްބަސްވުން ބާޠިލު ކޮށްފައިވަނީ އިޖުރާޢަތާ ޚިލާފަށް ކަމަށް އިސްތިއުނާފު ކުރާ
ފަރާތުން ބުނާ ބުނުމަކީ ރަނގަޅު ބުނުމެއް ނޫން ކަން އެނގެން އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމާ
ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންއާ ދެމެދު 10
ޖުލައި 2011 ގައި ސޮއިކުރި އެއްބަސްވުމަކީ ދައުލަތުން ތައްޔާރުކުރި އެއްބަސްވުމެއްކަމާއި،
އެ
.އްބަސްވުމުގައި ފުށުއަރާ މާއްދާތަކެއް ހުރުމުން އެ މާއްދާތައް މާނަކުރުމުގައި އިސްތިއުނާފުކުރާ ފަރާތަށް
ގެއްލުންވާގޮތަށް މާނަކުރައްވާ contra preferentum ގެ އުސޫލާ ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް
ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، contra preferentum ނުވަތަ އެއްބަސްވުން ޑްރާފް ކުރި ފަރާތާއި
ދެކޮޅަށް އެއްބަސްވުމުގެ ފުށުއަރާ މާއްދާތަކަށް ބާރު ދިނުމުގެ އުޞޫލަށް ބަލާއިރު، މިއުޞޫލާއި
ޢަމަލު ކުރުމުގައި، އެއެއްބަސްވުމުގައި ދެމާނަ ނެގޭ ފުށުއެރުމެއް އޮޅުމެއް (ambiguity) އޮތުމާއި، އެފަދަ
ފުށު އެރުމެއް އޮތްނަމަ، އެއްބަސްވުންތައް ތަރުޖަމާކޮށް މާނަ ދިނުމުގެ ޢާންމު ހަމަތަކުގެ މަތިން، އެފަދަ ފުށު
އެރުމަކަށް ފަރުވާއެއް ދެވެން ނެތުމަކީ، މިއުޞޫލުގެ ބޭނުން ކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައް
ތަކެޑީންގެ މަ
02
xހ2
ہو کر مری
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
އެނގެން އޮތުމުން، އެއެއްބަސްވުމުގެ މާއްދާތަކުގައި ފުށުއަރާ ކަމެއް ނެތް ނަމަ، ނުވަތަ އެފަދަ ފުށުއެރުމެއް
އޮވެ، ތަރުޖަމާ ކުރުމުގެ ހަމަތަކުގެ މަތިން ފަރުވާއެއް ދެވެން އޮތްނަމަ، ކޮންޓްރާ ފުރިފަރެންޓަމް
contra preferentum ގެ އުޞޫލަކީ ބޭނުން ކުރެވޭނެ އުޞޫލެއް ނޫންކަމާއި، މިމައްސަލައިގައި، ދެކެވުނު
ވާހަކަ ތަކުން އެނގެން އޮތްގޮތުގައި، ފުށުއެރުމެއް އޮތްކަމަށް ބަޔާން ކޮށްފައިވަނީ އެއްބަސްވުމުގެ 15 ވަނަ
މާއްދާއާ ޚިލާފު ވުމުން، ޢަމަލު ކުރަންޖެހޭނީ އެއްބަސްވުމުގެ 17 ވަނަ މާއްދާގައި ބަޔާން ކުރާ އިޖުރާއަތުގެ
ދަށުން ތޯ ނުވަތަ އެއްބަސްވުމުގެ 58 ވަނަ މާއްދާ އާއި ވަނަ މާއްދާގައި ބަޔާން ކުރާ އިޖުރާއަތުގެ
ދަށުންތޯ ކަމާއި، ބަޔާންވެދިޔަ މާއްދާތަކުގައި އޮޅުމެއް ނުވަތަ ފުށުއެރުމެއް ނެތްކަން، ފުރަތަމަ ނުކުތާގައި
ސާފުކޮށް ބަޔާން ކޮށްދެވިއްޖެކަމާއި، އެހެން ކަމުން، contra preferentum އުޞޫލާ އެއްގޮތަށް ކޯޓުން
މާނައެއް ނުވަތަ ތަރުޖަމާއެއް ކުރަންޖެހޭ ތަނެއް މިމާއްދާ ތަކުގައި ނެތްކަމާއި، ބަޔާން ކުރެވުނު މާއްދާތަ
ފުށުއެރުމެއް ނެތްކަން، ފުރަތަމަ ނުކުތާގައި ތަފްޞީލީ ގޮތެއްގައި ބަޔާން ކުރެވިފައިވާތީ، އެކަން މިނުކުތާގައި
ތަކުރާރު ކުރުމުގެ ބޭނުމެއް ނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، ގއ. މާރެހާގައި ޓޫރިސްޓް ރިސޯޓެއް ތަރައްޤީކޮށް ހިންގުމާ
ގުޅޭގޮތުން
ގޮތުން ދިވެހި ސަރުކާރާއި އިސްތިއުނާފުކުރާ ފަރާތާ ދެމެދު 10 ޖުލައި 2011 ގައި ސޮއިކުރި
އެއްބަސްވުމަކީ ގދ. މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމާގުޅޭ އެއްބަސްވުމާ
ގުޅިލާމެހިފައިވާ ދެ އެއްބަސްވުން ކަމަށް ވީނަމަވެސް މައްސަލަ ނިންމުމުގައި އެއްވެސް ވަރަކަށް އެކަމަށް
ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، އެނުކުތާގެ ތަފްޞީލުގައި ބަޔާން
ކޮށްފައިވަނީ، ގދ.މާވަރުލު އެއާޕޯޓަށް ގެނެވޭ މުދަލުން ޑިއުޓީ މަޢާފު ކޮށްދެއްވާނެކަން ޓޫރިސްޓް ރިސޯޓެއް
ތަރައްޤީ ކުރުމާގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތާއި ދައުލަތާއި ދެމެދު 10 ޖުލައި 2011 ގައި ސޮއިކުރި
5 ވަނަ މާއްދާގެ (vi) ގައި ބަޔާން ކޮށްފައިވާ ކަމަށާއި، އަދި ގދ.މާވަރުލު އެއާރޕޯޓް
ހިންގަން ފެށުމުގެ ކުރިން ގއ.މާރެހާގައި ރިސޯޓު ހިންގަން ނުފެށޭނެ ކަމަށްވެސް އެ އެއްބަސްވުމުގެ 24 ވަނަ
މާއްދާގައި ބަޔާން ކޮށްފައިވާ ކަމަށާއި ހަމައެއާއެކު ގދ.މާވަރުލާ ގުޅޭ އެއްބަސްވުން ބާޠިލު ކޮށްފި ޙާލަތެއްގައި
މާރެހާގެ އެއްބަސްވުންވެސް
ބާޠިލު ކުރުމުގެ އިޚްތިޔާރު 21 ވަނަ މާއްދާގެ (d) ގެ ދަށުން ސަރުކާރަށް
ލިބިދޭ ކަމާއި، މިދެންނެވި ކަންކަމުން، އެ ދެ އެއްބަސްވުމަކީ ގުޅިލާމެހިފައިވާ ދެ އެއްބަސްވުންކަން ވަރަށް
ސާފުކޮށް އެނގެން އޮންނަކަމަށެވެ. މިނުކުތާއާއި ގުޅިގެން، އިސްތިއުނާފު ރައްދުވާ ދައުލަތުގެ
04ތ 0
2
3
4
ہے اور
موم کی
ރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
ބުނެފައިވަނީ، ގދ.މާވަރުލު އެއަރޕޯޓް އެއްބަސްވުން ބާޠިލު ކޮށްފައިވާ ކުރުމާ ގުޅޭ ގޮތުން ގޮތެއް
ކަނޑައެޅުމުގައި ގއ.މާރެހާ އެއްބަސްވުމަށް ރިޢާޔަތް ކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އިސްތިއުނާފު ކުރާ
ފަރާތުން ބަޔާން ކޮށްދީފައި ނެތްކަމަށާއި، އެއަރޕޯޓް ތަރައްޤީ ކުރުމާއިބެހޭ އެއްބަސްވުމުގައި ދެފަރާތުގެ
އިލްތިޒާމުތަކާއި އެ އިލްތިޒާމްތައް ފުރިހަމަ ނުކޮށްފިނަމަ ޢަމަލު ކުރަންޖެހޭނެ ގޮތް ސާފުކޮށް ބަޔާން
ކޮށްފައިވާއިރު، އިލްތިޒާމުތަކާއި އިޖުރާއަތުތައް ދެނެގަތުމުގައި އެއްބަސްވުމުގެ ބޭރުން އިތުރު އެއްބަސްވުމަކަށް
ރިޢާޔަތް ކުރަންޖެހޭނެ ކަމަކަށް ދައުލަތުން ނުދެކޭ ކަމަށެވެ. މިވާހަކަ ތަކަށް އިސްތިއުނާފް މިމަޖިލީހުން
ބަލާއިރު، ޓޫރިސްޓް ރިސޯޓެއް ތަރައްޤީ ކުރުމާގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތާއި ދައުލަތާއި ދެމެދު 10
ޖުލައި 2011 ގައި ސޮއިކުރި އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (vi) ގައި ބަޔާން ކޮށްފައިވަނީ،
The Lessee will be granted Duty Exemption for all capital goods
for the development of the Resort at Gaafu Dhaalu Kodaanahutta!
and the Domestic Airport at Gaafu Dhaalu Maavaarulu for a period
of 5 years from the date of issuance of the Decision Note by the
EPA and the final approval of the permit for construction of the
Resort at Gaafu Dhaalu Kodaanahutta by the Government, based
on the Bills of Quantities approved by both parties. The Duty
Exemption shall remain valid for a period of 5 (five) years
regardless of whether any part of the Resort at Gaafu Dhaalu
Kodaanahutta is in operations.
އައިކޯޓް
މިފަދައިންކަމާއި، މިމާއްދާއަށް ބަލާއިރު، ޑިއުޓީ އެގްޒަމްޕްޝަން ލިބިދެވެނީ:
-1
-2
-3
ހުރިހާ ކެޕިޓަލް ގުޑްސްއަށް ކަމާއި،
ރިސޯޓް ތަރައްޤީ ކުރުމަށް އަދި ޑޮމެސްޓިކް އެއަރ ޕޯރޓް ތަރައްޤީ ކުރުމަށް ކަމާއި،
އީޕީއޭ އިން ޑިޝިޝަން ނޯޓް ދޫކުރާ ތާރީޚާއި ސަރުކާރު ރިސޯޓް ޢިމާރާތް ކުރުމަށް ހުއްދަ ދޭ
ތާރީޚުން ފެށިގެން 05 އަހަރު ދުވަހަށް ކަމާއި،
ދެފަރާތުން އެއްބަސްވާ ބިލް އޮފް ކުއަންޓިޓީސްގެ މައްޗަށް ބިނާކޮށް ކަމާއި، އަދި
ރިސޯޓްގެ އެއްވެސް ބައެއް ހިންގަމުން ދިޔަނަމަވެސް ޑިއުޓީ މަޢާފުވުން 5 އަހަރަށް
ހުއްދަވެފައި އޮތްކަން.
4
-5
1
ގދ.އަތޮޅުގައި އޮތް ކޮޑުނަހުއްޓާ ކުއްޔަށް ދިނުމާބެހޭ ގޮތުން ވެފައިވާ އެއްބަސްވުމަށް 8 ޖެނުއަރީ 2012 ގައި ގެނެވުނު ފުރަތަމަ އިޞްލާޙުގައި ބަޔާން ކޮށްފައިވާ
ގޮތުން، ގދ.އަތޮޅުގެ ކޮޑުނަހުއްޓާ ވަނީ ކުއްޔަށް ހިފިފަރާތުގެ އެދުމުގެ މަތިން، ގއ.އަތޮޅުގައި އޮތް މާރެހާ އަށް ބަދަލު ކޮށްފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
15
2017/HC-A/22
ކަމަށާއި
ޙަވާލު ކުރެވިފައިވާތީ، އެމަޢުލޫމާތު އެރަށުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަންގައި، އެރަށް އެއްޖާގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިކަން ކަން އެނގެން އޮތްއިރު، ދައުލަތުން ބުނެފައިވަނީ، އެ އެއްބަސްވުމުގެ ދަށުން ގދ. މާވަރުލު އެއަރޕޯޓް
ތަރައްޤީ ކުރުމަށްޓައި ގެންނަ މުދަލުން ޑިއުޓީ މަޢާފު ކޮށްދިނުމާބެހޭ މާއްދާއަކީ ހުށަހެޅިފައިމިވާ އިސްތިއުނާފް
މައްސަލައަށް ތަޠުބީޤު ކުރެވޭނެ މާއްދާއެއް ކަމުގައި ބެލިނަމަވެސް، ޑިއުޓީ މަޢާފު ކޮށްދިނުމަށްޓަކައި ފުރިހަމަ
ވާންޖެހޭ ޝަރުޠުތައް ފުރިހަމަވެފައި ނުވާކަމާއި، އެގޮތުން، ގއ.މާރެހާގައި ރިސޯޓެއް ތަރައްޤީ ކުރުމާބެހޭ
އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (iv) ގެ ދަށުން ޑިއުޓީ މަޢާފް ކޮށްދޭން ޖެހެނީ 2 ޝަރުތެއް ފުރިހަމަވެގެން
ށާއި، އެއީ ރިސޯޓް ތަރައްޤީ ކުރުމާބެހޭ ގުޅޭގޮތުން އީ.ޕީ.އޭ އިން ޑިޝިސަން ނޯޓް އެޕްރޫވް ކުރުމަށްފަހު،
ރިސޯޓް ތަރައްޤީ ކުރުމުގެ ފައިނަލް ކޮންސްޓްރަކްޝަން ޕަރމިޓް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ދޫކުރުމުން
ކަމާއި،
ގއ. މާރެހާއާ ގުޅޭ ގޮތުން ކޮންސްޓްރަކްޝަން ޕާރމިޓް ދޫކޮށްފައިވަނީ 02 ޖުލައި 2014 ގައި ކަން
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު:2014
/
247/DS
/
PRIV-88 (2 ޖުލައި 2014) ގެ ސިޓީން
އެނގެން އޮތްއިރު، މިތާރީޚަކީ ގދ.މާވަރުލުގައި އެއަރޕޯޓް ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި ބަޔާން
ކޮށްފައިވާ ތާރީޚް ކަމުގައިވާ 10 ޖެނުއަރީ 2014 ގެ ފަހުގެ ތާރީޚެއް ކަމަށްވާތީ، އެއަރޕޯޓް ތަރައްޤީ
ކުރެވިފައި ނުވަނީ ދައުލަތުގެ ފަރާތުން ފުރިހަމަ ކުރަންޖެހޭ އިލްތިޒާމެއް ފުރިހަމަ
ޖާގައެއް ނެތްކަމަށެވެ.
ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ގދ.މާވަރުލުގައި
ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ސަރުކާރާއި ތޫވިންގ އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު
އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 10 ޖުލައި 2011 ގައި ކަމާއި، ހަމަ އެދުވަހު ގދ. ކޮޑާނަހުއްޓާގައި
ރިސޯޓެއް ތަރައްޤީ ކުރުމަށް މިދެފަރާތުގެ ދެމެދުގައި އެހެން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމާއި،
މިދެކަންތައް ޙަވާލު ކުރިކަން މިނިސްޓްރީ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ
ނަންބަރު:2011
/
172/MBR
/
PRIV-88 (10 ޖުލައި 2011) ސިޓީން އެނގެން އޮންނަކަމާއި، 10 ޖުލައި
2011 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ގދ.މާވަރުލު، މޫވިންގ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި
4 24 2
ހހހ
ނުކޮށްގެން ކަމަށް ބުނެވޭނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2017/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
16
،
މީހުންނަށް ނޭރޭނެ ގޮތް ހެދުމަށް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އާރޓްސް އެންޑް ކަލްޗަރގެ ނަންބަރު:
210
/
2011
/
06/PHR-88 (22 އޮގަސްޓް 2011) ސިޓީން، މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާއަށް
އެންގުމުން،
ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއަށް އެކަން އެ
އަންގާފައިވާތީ، އެއިދާރާއިން، ހުވަދު އަތޮޅު
އެއިދާރާގެ ނަންބަރު:2011
/
09/MISL
)
242
-
A
/
PRIV) (23 ސެޕްޓެމްބަރު 2011) ސިޓީން އަންގާފައި
ވަނީ، 23 ސެޕްޓެމްބަރު 2011 އިން ފެށިގެން، ގދ.މާވަރުލު މޫރިންގ އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑާއި
ޙަވާލު ކޮށްފައިވާ ކަމަށް ކަމަށާއި، އެހެންކަމުން، 23 ސެމްޓެމްބަރ 2011 އިން ފެށިގެން، ގދ.މާވަރުލުގައި
ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީ ކުރުމަށް އެރަށް ޝޫޓިންގ އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑާއި ޙަވާލު
ކުރެވިފައިވާ ކަން އެގެން އޮންނަކަމާއި، 18 ޖޫން 2012 ގައި، އެއަރޕޯޓްގެ މަސައްކަތް ގޮސްފައިވާ
(2012 23 18) 68-RA/MIS/2012/54:48- 3833 - 355 354
04
އެކުންފުނީގެ
އެދުމުން،
ޕްރައިވެޓް
އިންޓަނޭޝަލް
މޫމިންގް
ސިޓީން،
ނަންބަރު:006/MI
/
2012
/
MTC (22 ޖުލައި 2012) ސިޓީގައި ބަޔާން ކޮށްފައިވަނީ؛
we would also like to mention that there was a delay in starting
these works due to the very reason that the island allocated to
tourism development, packaged with the airport project (then
Kodaanahutta in GaafuDhaal Atoll) had to be changed due to
unsuitability for such development. It took more time than we
expected to get the change approved by the Ministry of Tourism,
Arts and Culture, which was finally done on the 8th of January
2012......
we also note that we should be able to finish the construction of the
Airport within 30 months stipulated in the Agreement, even with
delays mentioned above. However, we sincerely request you to
bring an addendum to the agreement following the Addendum to
the Agreement we signed with the Ministry of Tourism, Arts and
Culture, which we belive should be reciprocal to the Agreement
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
ވެބް ސައިޓް WWW.highcourt.gov.mv
އީމެއިލް [email protected]
17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{017/HC-A/228
signed between us for the development of the Airport, since the
whole tender was awarded by the Ministry as a packaged item.
މިފަދައިން ކަމަށްވާއިރު، ރިސޯޓް ހެދުމަށް ކުއްޔަށް ދޫކުރި ރަށް ކުއްޔަށް ހިފާ ފަރާތުގެ އެދުމުގެ މަތިން ބަދަލު
ކުރުމަށް ހިނގާފައިވަނީ 05 (ފަހެއް) މަހާއި 10 (ދިހައެއް) ދުވަސްކަން، ލިޔުންތަކުން އެނގެން އޮތްއިރު،
މިލަސްވި ލަސްވުމުގެ ސަބަބުން، އެއަރޕޯޓް ތަރައްޤީ ކުރުމަށް އެއްބަސްވެފައިވާ 30 މަސްދުވަހުގެ މުއްދަތުގެ
ތެރޭގައި، އެއަރޕޯޓް ތަރައްޤީކޮށް ނިންމުމަށް ހުރަސްއެޅޭނެ ކަމަށް ބަޔާން ކޮށްފައި ނެތްކަމާއި، އަދި
މިމުއްދަތުގެ ތެރޭގައި އެއަރޕޯޓް އެޅުމަށް ގެނެވުނު އެއްވެސް އެއްޗަކުން އިމްޕޯރޓް ޑިއުޓީ މަޢާފް ކުރުމަށްއެދި
ހުށަހަޅާފައިވާ ކަން އެނގެން ނެތްކަމާއި، ދައުލަތުން ބުނެފައިވާ ފަދައިން ސަރުކާރާއި މޫވިންގ
އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ރިސޯޓް ތަރައްޤީ ކުރުމަށް ގއ.މާރެހާ ދޫކުރުމުގެ އެއްބަސްވުމުގެ
5 ވަނަ މާއްދާގެ (iv) ގައި ބަޔާން ކޮށްފައިވާ ފަދައިން، އެއަރޕޯޓް އެޅުމަށާއި ރިސޯޓް ތަރައްޤީ ކުރުމަށް
ގެނެވޭ ކެޕިޓަލް ގުޑްގެ އިމްޕޯޓް ޑިއުޓީ މަޢާފް ކުރެވޭނީ ވަކި ތާރީޚަކުން ފެށިގެންކަން ބަޔާން ދިޔަ މާއްދާގައި
"from the date of issuance of the Decision Note by the EPA and
the final approval of the permit for construction of the Resort"
މިޢީބާރާތުން އެނގެން އޮތްއިރު، ގއ.މާރެހާގައި ރިސޯޓް ޢިމާރާތް ކުރުމަށް ހުއްދައަށް އެދި މޫވިންގ
އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް ޓޫރިޒަމްއަށް ތަފްޞީލީ ކުރެހުންތައް ހުށަހަޅާފައިވަނީ،
25 ޖޫން 2014 ގައި ކަމާއި، އަދި އެހުއްދަ އެމިނިސްޓްރީން ދީފައިވަނީ 02 ޖުލައި 2014ގައި ކަން
އެނގެން އޮތުމުން، މޫވިންގ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްއިން މިހުއްދައަށް އެދި ހުށަހެޅި ހުށަހެޅުމާއި
ގުޅިގެން، މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެހުއްދަ ދިނުމުގައި އެކަށީގެންނުވާ ލަސްވުންތަކެއް ވެފައިވާ ކަމަށް
ބެލެވެން ނެތްއިރު، ގދ.މާވަރުލުގައި ތަރައްޤީ ކުރާ އެއަރޕޯޓް އެޅުމަށް ރާއްޖެ އެތެރެކުރެވޭ މުދަލުގެ އިމްޕޯޓް
ޑިއުޓީގެ ވާހަކަ ދެއްކޭނީވެސް 02 ޖުލައި 2014 ގެ ފަހުންކަން އެނގެން އޮތްއިރު، ގދ.މާވަރުލުގައި އަޅާ
އެއަރޕޯޓް އެޅުމަށް ބޭނުންވާ މެޝިނަރީތަކުގެ އިންވޮއިސްތައް ހުށަހަޅާފައިވަނީ 13 މެއި 2014ގައި ކަހޯއްޖޭގެ
29
2
* 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ވެފަ
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
އެކުންފުނީގެ ނަންބަރު:2014
/
007/MIT (13 މެއި 2016) ސިޓީން އެނގެން އޮތްއިރު، މެޝިނަރީއާއި
ވެހިކަލްތައް އެތެރެ ކުރުމުގެ ހުއްދައަށްއެދި ޓްރާންސް ޕޯޓް އޮތޯރިޓީއަށް ހުށަހަޅާފައިވަނީ 19 ޖޫން 2014
ގައިކަން މޫވިންގ އިންޓަނޭޝަލްގެ ނަންބަރު: 2014
/
009/MIT (19 ޖޫން 2014) ސިޓީން އެނގެން
އޮތުމުން،
މިއީ އެއަރޕޯޓް ތަރައްޤީ ކޮށް ނިންމުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ބަޔާން
ކުރާ 30 މަސްދުވަހަށްވުރެ މާފަހުގެ ތާރީޚެއްކަން އެނގެން އޮތުމުން، އިސްތިއުނާފު ކުރާ ފަރާތުން ބަޔާން
ކުރި ކުރުންތަކާއި ލިޔެކިޔުމުން ފެންނަން ހުރި ކަންތައްތަކާއި ދިމާ ނުވާކަމާއި، އެހެންކަމުން، ގދ.މާވަރުލުގައި
އެއަރޕޯޓް ތަރައްޤީ ކުރުމަށް ދެފަރާތުން ވެފައިވާ އެއްބަސްވުމާއި ގއ.މާރެހާގައި ރިސޯޓެއް ތަރައްޤީ ކުރުމަށް
ދެފަރާތުން ވެފައިވާ އެއްބަސްވުމަކީ ގުޅިލާމެހިފައިވާ އެއްބަސްވުމެއް ކަމަށް ބެލިނަމަވެސް، ގދ.މާވަރުލުގައި
އެއަރޕޯޓް ތަރައްޤީ ކުރުމަށް ގެނެވޭ މުދަލުން ބަޔާންވެދިޔަ އެއްބަސްވުމުގެ ދަށުން ޑިއުޓީ މާފު ކޮށްދެވޭނީ
ގދ.މާރެހާގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ވެފައިވާ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިންކަން
އެނގެން އޮތްއިރު، އެއަރޕޯޓް ތަރައްޤީ ކޮށް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި، ގދ.މާރެހާގައި
ރިސޯޓެއް ތަރައްޤީ ކުރުމަށް ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (iv) ގައި ބަޔާން ކުރާ ކަންކަން
ވުޖޫދު ވެފައި ނުވާތީ، ގދ.މާވަރުލުގައި އެއަރޕޯޓް ތަރައްޤީ ކުރެވިފައި ނުވަނީ، ސަރުކާރުން އަދާކުރަންޖެހޭ
ކަންކަން ނުކޮށްގެންކަމަށް ބުރަ ވެވޭނެ ސަބަބެއް ނެތްކަމެވެ.
22 ހއ
(ށ) ހަތަރުވަނަ ކަމަކީ، ގދ. މާވަރުލުގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްޤީކުރުމަ
އެއްބަސްވި މުއްދަތުގައި ސަރުކާރުން ކޮށްދޭންޖެހޭ ކަންކަން ފުރިހަމަނުކޮށް އިސްތިއުނާފުކުރާ ފަރާތުގެ
އިލްތިޒާމުތައް ފުރިހަމަކޮށްފައި ނުވާކަމަށްބުނެ އެއްބަސްވުން ބާޠިލުކުރާކަމުގެ ނޯޓިސް ފޮނުވާފައިވާއިރު އެކަމަށް
ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، ގދ.މާވަރުލުގައި ތަރައްޤީ
ކުރާ އެއަރޕޯޓް އެޅުމަށް އެތެރެކުރާ މުދަލުން ޑިއުޓީ މަޢާފު ކޮށްދިނުމަށް ގދ.މާރެހާގައި ރިސޯޓެއް ތަރައްޤީ
ކުރުމަށް ވެފައިވާ އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (iv) ގެ ދަށުން، މޫވިންގ އިންޓަނޭޝަލް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް ސަރުކާރަށް ހުށަހަޅާފައިވަނީ، ގދ.މާވަރުލުގައި ޑޮމެސްޓިކް
އެއަރޕޯޓެއް ތަރައްޤީ ކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ މުއްދަތު ފާއިތުވެގެން ދިޔަފަހުން ޑެއް #
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
15)
(2014
کرت
އިސްތިއުނާފު ކުރާ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެކުންފުނީގެ ނަންބަރު:2014/022!MIT
(11 ސެޕްޓެމްބަރު 2014) ސިޓީއިންނާއި އަދި ރީޖަލް އެއަރޕޯޓްގެ ނަންބަރު:2014
/
69/PRIV/448
ސެޕްޓެމްބަރު
އާއި ނަންބަރު: ނަންބަރު:2014
/
0/PRIV/488
(15 ސެޕްޓެމްބަރު 2014) ސިޓީއިންވެސް އެނގެން އޮތްއިރު، އިސްވެ ބަޔާންކުރެވުނު ތިންވަނަ ނުކުތާގައި،
މިކަންކަމުގެ ތަފްޞީލު ބަޔާން ކުރެވިފައިވާ ކަމަށްޓަކައި، އެކަންކަން މިނުކުތާގައި ތަކުރާރު ކުރުމުގެ ބޭނުމެއް
ނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ،
މާވަރުލުގެ އެއްބަސްވުން ބާޠިލުކުރުމަށް ރީޖަނަލް
އެއާޕޯޓްސްއިން ޙަވާލާދީފައިވާ އެއްބަސްވުމުގެ މާއްދާއާއި ދައުލަތުން އެއްބަސްވުން ބާޠިލުކުރި މާއްދާކަމަށް
ސިވިލް ކޯޓުގައި ވަކާލާތުކުރި މާއްދާ ތަފާތުވީ ނަމަވެސް އެކަމަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، ބަޔާންވެދިޔަ އެއްބަސްވުން ބާޠިލު ކުރުމަށް ރީޖަލަން
އެއަރޕޯޓް އިން ޓޫވިންގ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް ފޮނުވި ނަންބަރު:2016
/
12/PRIV/488
(11 ފެބުރުއަރީ 2016) ސިޓީގައި ބަޔާން ކޮށްފައި އޮތް ޢިބާރާތަކީގެ
ގދ. މާވަރުލުގައި 30 މަސް ދުވަހުގެ ތެރޭގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް
ހިންގުމަށް ދިވެހި ސަރުކާރާއި ތިޔަ ކުންފުންޏާއި ދެމެދު 10 ޖުލައި 2011ގައި
ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެއަރޕޯޓްގެ ޚިދުމަތް ދެއްވަން ފައްޓަވަން ޖެހޭ
ތާރީޚަކީ 10 ޖެނުއަރީ 2014 ކަމުގައި ވިޔަސް، މިއަދާއި ހަމައަށް އައިރުވެސް
އެއަރޕޯޓްގެ މަސައްކަތް ނިންމާ ޚިދުމަތް ދެއްވަން ފެށިފައިނުވާތީ، މިއެއްބަސްވުމުގެ 44
ވަނަ މާއްދާގެ (i) ގެ ދަށުން ގދ.މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީކޮށް
ހިންގުމަށް ދިވެހި ސަރުކާރާއި ތިޔަ ކުންފުންޏާއި ދެމެދު 10 ޖުލައި 2011 ގައި
ސޮއިކުރެވުނު
ބާޠިލު ކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.
މިފަދައިންނެވެ. މިސިޓީގައި ޙަވާލާދީ ފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާގެ (i) ގައި ބަޔާން
ކޮށްފައިވަނީ؛
އެއްބަސްވުން
if the Lessee fails to complete the construction or development of
the Airport within the period as specified in Clause 15 or any
extended period pursuant to Clause 19 or 20; or
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
29
0
20
20
ޤަސިވިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
މިފަދައިން ކަމާއި، މިއީ އެއްބަސްވުމުގެ 19 ވަނަ މާއްދާގެ ދަށުން، ނުވަތަ 20 ވަނަ މާއްދާގެ ދަށުން
އެއްބަސްވުން ބާޠިލު ކުރި
ބަލަންޖެހެނީ، ބަޔާންދިޔަ 44 ވަނަ މާއްދާގެ (ii) ގައި ޙަވާލާދީފައިވާ 15 ވަނަ މާއްދާއަށް ކަމާއި،
އެމާއްދާގައި އޮންނަނީ،
The Lessee shall construct and develop the Domestic Airport in
accordance with the drawings submitted and specifications
approved by the Competent Authority and the Work Plan approved
by the Government within a maximum period of 30 (thirty) months
from the Commencement date. This period of 30 (thirty) months
shall be referred to as the "Airport Construction Period”.
4 22
މިފަދައިންކަމާއި، ސަރުކާރުން އެޕްރޫވް ކޮށްފައިވާ ވޯރކް ޕުލޭނާ އެއްގޮތަށް ގިނަވެގެން، 30 (ތިރީސް)
މަސްދުވަހުގެ ތެރޭގައި، ކުއްޔަށް ހިފާ ފަރާތުން ޑޮމެސްޓިކް އެއަރޕޯޓެއް އަޅައި ތަރައްޤީ ކުރަންވާނެ ކަމަށް
15 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮތްއިރު، އެވޯރކް ޕުލޭނާ އެއްގޮތަށް މަސައްކަތް ނުނިންމައިފިނަމަ،
ސަރުކާރަށް އެޅޭނެ ފިޔަވަޅު ބަޔާން ކޮށްފައިވަނީ މިއެއްބަސްވުމުގެ 17 ވަނަ މާއްދާގައި ކަމާއި، މިކަން
އިސްތިއުނާފް މިމަޖިލީހަށް ފާހަގަ ކުރެވުނު ފުރަތަމަ ނުކުތާގައި ތަފްޞީލީ ގޮތެއްގައި ބަޔާން ކުރެވިފައި ވާނެ
ކަމާއި، މިއެއްބަސްވުމުގެ 44 ވަނަ މާއްދާއަކީ މިއެއްބަސްވުން ބާޠިލު ކުރެވޭނެ ޙާލަތްތައް ބަޔާން ކޮށްފައިވާ
މާއްދާ ކަމާއި، އެމާއްދާގައި ބަޔާން ކުރާ ޙާލަތްތަކަކީ އެއްބަސްވުމުގެ އެހެނިހެން މާއްދާތަކުގައި ބަޔާން
ކޮށްފައިވާ ކަންކަން ކުއްޔަށް
ހަފި
ފަރާތުން ނުކުރެވުމުން ނުވަތަ ޚިލާފުވުމުން، ނޫނީ ކުއްޔަށް ހިފިފަރާތަށް
ދިމާވާ ޙާލަތެއްގެ ސަބަބުން ސަރުކާރުން އެއްބަސްވުން އުވާލުމުގައި ޙަވާލާ ދެވޭނެ މާއްދާއެއް ކަމާއި،
އެއްބަސްވުން އުވާލަންޖެހުނު ޙާލަތު އަންގައިދެނީ 44 ވަނަ މާއްދާގެ ދަށުގައި ބަޔާން ކޮށްފައިވާ ނައްޞުން
ކަމާއި، މިގޮތުން، އެއްބަސްވުމުގެ 44 ވަނަ މާއްދާގެ (iii) އަކީ އެއަރޕޯޓް އަޅައި ތަރައްޤީކުރުމަށް 15
ވަނަ މާއްދާގައި ބަޔާން ކުރާ މުއްދަތުގައި ކުއްޔަށް ހިފާ ފަރާތަށް އެކަން ނުކުރެވުމުން، ނޫނީ 19 ވަނަ މާއްދާ
އާއި 20 ވަނަ މާއްދާގެ ދަށުން އިތުރު ކޮށްދެވޭ މުއްދަތުގައިވެސް ފަރާތަށް އެކަން ނުކުރެވުމުން
22 ހ2 ބ 2
0
02 ދވ
ކުއްޔަށް ހަފި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
މިއަދާއި
04
ސަރުކާރުން އެއްބަސްވުން ބާޠިލު ކުރުމަށް ހުއްދަ ކުރާ މާއްދާ ކަމާއި، 17 ވަނަ މާއްޖާ މިގޮތުން،
އެއްބަސްވުން ބާޠިލު ކުރުމުގައި ސަރުކާރަށް ޚިޔާރު ކުރެވިދާނެ ދެގޮތެއް ބަޔާން ކޮށްފައިވާ މާއްދާކަން
ބަޔާންވެދިޔަ މާއްދާތަކުން ސާފުކޮށް އެނގެން އޮތުމުން، މިއެއްބަސްވުން ބާޠިލު ކުރުމަށް ސަރުކާރުން ފޮނުވި
ނޯޓިހުގައި ޙަވާލާދީފައިވާ މާއްދާ އާއި ދަށު ކޯޓުގައި ދައުލަތުން ވަކާލާތު ކުރުމުގައި ޙަވާލާދިން މާއްދާ ތަފާތު
ކަމަށް ފުރަތަމަ ބަލައިލާ ބަލާލުމުން ފެންނާން އޮތް ނަމަވެސް، އަސްލަކީ އެކަން އޮތީ އެހެން ނޫންކަން،
ބަޔާންވެދިޔަ މާއްދާތައް އެކުގައި ކިޔުމުން ސާފުކޮށް އެނގެން އޮތް ކަމެވެ.
(ޅ) ހަވަނަ ކަމަކީ، މައްސަލަ ނިންމެވުމުގައި އެ މައްސަލައިގައި ހުށަހެޅޭ ހެކިތަކަށް
ރިޢާޔަތްކުރަންވާނޭކަމަށް ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ
މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވީނަމަވެސް އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިތަކަށް
ރިޢާޔަތްކުރެއްވުމެއްނެތި މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއަށް ބަލާއިރު، އިސްތިއުނާފު ކުރާ
ފަރާތުން ބަޔާން ކޮށްފައިވަނީ، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ހުށަހެޅި އެތައް ނުކުތާއެއް އަދި އެނުކުތާތަކާ
ގުޅިގެން ހުށަހެޅުނު އެތަކެއް ހެކިތަކަށް ރިޢާޔަތް ކުރައްވާފައި ނުވާ ކަމަށާއި، މިގޮތުން އިސްތިއުނާފު ކުރާ
ފަރާތާއި ދައުލަތާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ގދ.މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް
ތަރައްޤީ ކޮށް ޚިދުމަތްގޭ
ޚިދުމަތްދޭންޖެހޭ މުއްދަތަށް އެކަން ކުރެވިފައި ނުވަނީ، އެމަސައްކަތުގައި ސަރުކާރުގެ އެކި
އިދާރާތަކުން ދެއްވަން ޖެހިވަޑައިގަންނަވާ އެއްބާރުލުމާއި ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންކަން
ކޮށްދެއްވާފައި ނުވާތީކަން ސާބިތު ކޮށްދިނުމަށް އިސްތިއުނާފު ކުރާ ފަރާތުން އެތަކެއް ހެކި ހުށަހަޅާފައި
ވީނަމަވެސް، މައްސަލަ ނިންމެވުމުގައި އެކަން ކަމަށް ރިޢާޔަތް ކޮށްފައި ނުވާކަމަށާއި، މިނުކުތާއަށް ރައްދުދީ
ދައުލަތުން ދައްކާފައިވާ ވާހަކައަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އިސްތިއުނާފު ކުރާ ފަރާތުގެ
ބަހުންވެސް އިސްތިއުނާފު ކުރާ ފަރާތާއި ދައުލަތާއި ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން،
ގދ.މާވަރުލުގައި ޑޮމެސްޓިކް އެއަރޕޯޓެއް ތަރައްޤީ ދުމަތްދޭންޖެހޭ މުއްދަތަށް އެކަން ކުރެވިފައި
ނުވާކަން ސާފުވާން އޮންނަކަމާއި، އެކަން ނުކުރެވިވަނީ އެމަސައްކަތުގައި ސަރުކާރުގެ އެކި އިދާރާތަކުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
02 02 03x
ކަމާއި
ދެއްވަން ޖެހިވަޑައިގަންނަވާ އެއްބާރުލުމާއި ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަންކަން ކޮށްދެއްވާފައި ނުވާ ކަމަށް
އިސްތިއުނާފު ކުރާ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، މިނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން ބަޔާން ކުރާ
ހެކި ތަކަކީ ސަރުކާރުން ކުރަންޖެހި ނުކޮށްދީވަނީ ކޮން ކަންތައްތަކެއްކަން ސާބިތު ކުރުމަށް ހުށަހެޅި ކަމަށް
ބުނާ ހެކިތައްކަން އެނގެން އޮންނަކަމާއި، މިހެކިތަކަކީ އެއްބަސްވުން ބާޠިލު ކުރި އިޖުރާއަތު އެއްބަސްވުމާއި
ޚިލާފުކަން ސާބިތު ކުރުމަށް ހުށަހެޅި ހެކިތަކުގެ ވާހަކަ އަދި އެހެކި ތަކަށް ރިޢާޔަތް ނުކޮށް އޮތް ވާހަކަ
ނޫންކަންވެސް އެނގޭކަމާއި، ނަމަވެސް، ސަރުކާރުން ކޮށްދޭންޖެހި ނުކޮށްދީ ވަނީ ކޮންކަންތައްތަކެއް
އެކަންކަން ސާބިތު ކުރުމަށް ހުށަހެޅި ކަމަށް ބުނާ ހެކިތަކަކީ ކޮބައިކަން އިސްތިއުނާފް މިމަޖިލީހުގައިވެސް
ބަޔާން ކޮށްދެވިފައި ނެތްކަމާއި، ހުށަހެޅިފައިވާ މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތުން މައިގަނޑު
ގޮތެއްގައި ވާހަކަ ދައްކާފައިވަނީ، ގއ.މާރެހާގައި ރިސޯޓެއް ތަރައްޤީ ކުރުމަށް ސަރުކާރާއި އެކު ވެވުނު
އެއްބަސްވުމުގެ 5 ވަނަ މާއްދާގެ (iv) ގެ ދަށުން، ގދ.މާވަރުލުގައި އެއަރޕޯޓް އެޅުމަށް އެތެރެކުރެވޭ
މުދަލުން ޑިއުޓީ މަޢާފު ކޮށްނުދީ އޮތް އޮތުން ކަމާއި، މިކަން ސާބިތު ކުރުމުގެ ގޮތުން ދެފަރާތުގެ ދެމެދުގައި
ބަދަލު ކުރެވިފައިވާ ސިޓީތައް ހުށަހެޅިފައިވާއިރު، އެކަމުގެ ތަފްޞީލުތައް ފާހަގަ ކުރެވުނު ނުކުތާތަކުގެ 3 ވަނަ
އަދި 4 ވަނަ ނުކުތާގައި އިސްވެ ބަޔާން ކުރެވިއްޖެކަމާއި، އެހެންކަމުން، މައްސަލަ ނިންމެވުމުގައި އެ
މައްސަލައިގައި ހުށަހެޅޭ ހެކިތަކަށް ރިޢާޔަތްކުރަންވާނޭކަމަށް ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލާއި ދަށުކޯޓުން
ޚިލާފުވެފައިވާކަން ބެލެވެން ނެތްކަމެވެ.
ވީމާ، އިސްތިއުނާފުކުރާ ފަރާތުން އެދިފައިވާ ފަދައިން، ގދ.މާވަރުލުގައި ޑޮމެސްޓިކް
އެއަރޕޯޓެއް ތަރައްޤީކޮށް ހިންގުމަށްޓަކައި އިސްތިއުނާފުކުރާ މޫވިންގ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާއި
އިސްތިއުނާފު ރައްދުވާ ދިވެހި ދައުލަތާއި ދެމެދު 10 ޖުލައި 2011 ގައި ސޮއިކުރި ލީސް އެގްރީމެންޓް،
ދައުލަތުން ބާޠިލު ކޮށްފައިވަނީ ލީސް އެގްރީމަންޓުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި އަދި ޝަރުޢީ ޤާނޫނީ
ހަމަތަކާއި ޚިލާފަށް ކަމަށް ކަނޑައަޅާނެ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ނެތްކަމާއި އަދި މިއެއްބަސްވުންޏެއްޖޭގެ ހު2
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯގެ
23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/22
@ eޤު
ލުކުރުމުގެ ސަބަބުން ދައުލަތުގެ މައްޗަށް ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރުމުގެ ޙައްޤު އިސްތިއުނާފު
ކުރާ ފަރާތަށް ލިބިގެންވާކަމަށް ކަނޑައަޅާނެ ޤާނޫނީ އަދި ޝަރުޢީ ސަބަބެއް ވިޔަސް ނެތްކަން އެގެން
އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވެނީ، ސިވިލް ކޯޓުގެ
ނަންބަރު:2016/Cv
-
C/926 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ
އަދި ޝަރުޢީވިޔަސް ސަބަބެއް ނެތްކަމަށެވެ.
ޙުކުމް:
ދެންފަހެ،
އިސްވެ ބަޔާން ކުރެވުނު ސަބަބުތައް
އެހެން ހުރުމުން، ސިވިލް ކޯޓުގެ
ނަންބަރު:2016/Cv
-
C/926 ޤާޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް އެއްވެސް ބަދަލެއް ގެންނަންޖެހޭ ޤާނޫނީ
އަދި ޝަރުޢީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv