ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/133 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/133
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 133/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
0
* ނަން: ޙަސަން ނަދީމް
އައިޑީ ކާޑު ނަންބަރު: A312678
ގަން ތުނޑި. ދިއްގަލި
މިހާރުގެ އެޑްރެސް: ލ. ގަން ތުނޑި. ދިއްގަލި
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެލަރުގެ އޮފީސް)
• ހުށަހެޅުނު ތާރީޚް: 06 އެޕްރީލް 2015
ނިމުނު ތާރީޚް: 14 މެއި 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cr
-
C/1076
ނިންމެވިކްޓް: ކުރިމިނަލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފޭރުން
1) ސެޕްޓެމްބަރ 2013
ނިމުނު ތާރީޚް: 06 ނޮވެމްބަރ 2014
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/133
ދަޢުވާގެ ޚުލާޞާ:
މިއީ ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1076 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ލ. ގަން ތުނޑި. ދިއްގަލި ޙަސަން ނަދީމްގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިއުނާއީ ދަޢުވާ ރައްދުވާ ފަރާތަކީ ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އެވެ.
CC.
ފާހަގަކުރެވުނު ނުކުތާތައް:
01 ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1076 ޤަޟިއްޔާއަކީ، ލ. ގަން ތުނޑި. ދިއްގަލި
ޙަސަން ނަދީމް 27 ޖޫން 2013 ވަނަ ދުވަހުގެ 09:05 ހާއިރު، ސައިކަލެއްގެ ފަހަތުގައި އިނދެގެން
ބޮޑުތަކުރުފާނު މަގުން ގޮސް ކ.ތުނިޔަ ބިލްޑިންގއާ ކައިރިން ވެލިދޫ އައިލެންޑް ރިސޯޓުގެ މާލޭ އޮފީހުގެ
މެނޭޖިންގ ޑައިރެކްޓަރ ބ.އޭދަފުށި ހިޔަލީގެ ޢަބްދުލްޢަޒީޒު މޫސާ ދުއްވާފައިދިޔަ ރަޖިސްޓްރީ ނަންބަރ އޭ އޭ
0 ސީ ޕީ5275 ސައިކަލުގެ ފަހަތުން ގޮސް އެސައިކަލާ އަރާ ހަމަކުރުމަށްފަހު، އެސައިކަލުގެ ވަށިގަނޑުގައި
ރަތްކުލައިގެ ކޮތަޅަކަށް ލާފައި އޮތް -/12,905 ޔޫ.އެސް ޑޮލަރު (ބާރަހާސް ނުވަސަތޭކަ ފަސް އެމެރިކާ
ޑޮލަރ) ފޭރިގެންފައިވާތީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، އެޤާނޫނުގެ 132 ވަނަ
މާއްދާއާއި 136 ވަނަ މާއްދާގެ ދަށުން ޙަސަން ނަދީމްގެ މައްޗަށް ޖަމާޢަތް ހަދައިގެން ދިހަހާސް ރުފިޔާއަށްވުރެ
މަތީ އަދަދަކުން ފޭރުމުގެ ކުށުގެ ދަޢުވާ ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއިގެ
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ، ލ. ގަން ދިއްލި ޙަސަން ނަދީމްގެ މައްޗަށް
ދައުލަތުން ކުޅަ ފޭރުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، ޙަސަން ނަދީމް އިތުރު މީހަކާއެކު 27
ޖޫން 2013 ވަނަ ދުވަހުގެ 09:05 ހާއިރު، ސައިކަލެއްގެ ފަހަތުގައި އިނދެގެން ބޮޑުތަކުރުފާނު މަގުން ގޮސް
ކ.ތުނިޔަ ބިލްޑިންގއާއި ކައިރިން ވެލިދޫ އައިލެންޑް ރިސޯޓުގެ ލް އޮފީހުގެ މެނޭޖިންގ ޑައިރެކްޓަރ
ބ.އޭދަފުށި/ ހިޔަލީގެ ޢަބްދުލްޢަޒީޒު މޫސާ ދުއްވާފައިދިޔަ ރަޖިސްޓްރީ ނަންބަރ އޭ އޭ 0 ސީ ޕީ5275
ސައިކަލުގެ ފަހަތުން ގޮސް އެސައިކަލާއި އަރާ ހަމަކުރުމަށްފަހު، އެސައިކަލުގެ ވަށިގަނޑުގައި ރަތްކުލައިގެ
ކޮތަޅަކަށް ލާފައި އޮތް -/12,905 (ބާރަހާސް ނުވަސަތޭކަ ފަހެއް) އެމެރިކާ ޑޮލަރު (-/
198995ރ.
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/133
އެއްލައްކަ ނުވަދިހައަށްހާސް ނުވަސަތޭކަ ނުވަދިހަ ފަހެއް) ދިވެހި ރުފިޔާ) ފޭރިގެންފައިވާކަން، ދައުލަތުން
ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާތީ ޖަމާޢަތް ހަދައިގެން ދިހަހާސް ރުފިޔާއަށްވުރެ މަތީ
ޢަދަދަކުން ފޭރުމުގެ ކުށުން ލ. ގަން ދިއްގަލި ޙަސަން ނަދީމު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މިއީ
ޙަސަން ނަދީމުގެ މައްޗަށް ފޭރުމުގެ ކުށެއް ޝަރީޢަތަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، މިކުށުގެ
ޢުޤޫބާތެއްގެ ގޮތުން ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ޙަސަން ނަދީމު 06 (ހައެއް)
މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި އަދި މީނާގެ ފޭރުމުގެ ޢަމަލު ހިންގާފައިވަނީ -/10000 ރުފިޔާއަށް
ވުރެ މަތީ ޢަދަދުންކަމަށްވާތީ، ޤާނޫނުލް ޢުޤޫބާތުގެ 132 ވަނަ މާއްދާގެ ދަށުން 16 (ސޯޅަ) އަހަރާއި 06
ދޭހައެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށާއި، އަދި މީނާ ފޭރުމުގެ ޢަމަލު ހިންގާފައިވަނީ ޖަމާޢަތް
ހަދައިގެން ކަމަށްވާތީ، ޤާނޫނުލް ޢުޤޫބާތުގެ 136 ވަނަ މާއްދާގެ ދަށުން 06 (ހައެއް) މަސްދުވަހުގެ
މުއްދަތަށް ޖަލަށްލުމަށާއި، އެކު ޖުމްލަ 17 (ސަތާރަ) އަހަރާއި، 06 (ހައެއް) މަސްދުވަހުގެ މުއްދަތަށް ލ.
ގަން/ ދިއްގަލި ޙަސަން ނަދީމު ޖަލަށް ލުމަށް ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ. މިފަދައިންކަން އެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
CCCX
(ރއޅުމުން،
ccc
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1076
ޤަޟިއްޔާގައި ޙުކުމް ކުރެއް އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙަސަން ނަދީމްގެ ފަރާތުން ތިން
ނުކުތާއެއް ފާހަގަކޮށް އެނުކުތާ ތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެނުކުތާތަކަކީ:
• ފުރަތަމަ ނުކުތާއަކީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި ކުށް ސާބިތުވާކަމަށް ކަނޑައެޅޭ މިންވަރަށް ކާރީ ހެއްކާއި ޤަރީނާ ލިބިފައި ނުވަނީސް
ޙަސަން ނަދީމްގެ މައްޗަށް ޖަމާޢަތް ހަދައިގެން ފޭރުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވާ
ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/133
. ދެވަނަ ނުކުތާއަކީ: މައްސަލައިގެ ޝަރީޢަތުގައާއި އަދި މައްސަލައިގެ ތަޙްޤީޤަށް ޙަސަން ނަދީމް
ދީފައިވާ ބަޔާނަށް އެއްވެސް ވަރަކަށް ރިޢާޔަތްކުރެއްވުމެއް ނެތި ޙަސަން ނަދީމްގެ މައްޗަށް ކުށް
ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ޖަމާޢަތް ހަދައިގެން ފޭރުމުގެ ކުށް ޙަސަން ނަދީމްގެ މައްޗަށް ސާބިތުވާކަމަށް
ކަނޑައަޅުއްވާފައިވާއިރު ފޭރުމުގެ ބޭނުމަށް ޖަމާޢަތެއް ހެދިކަން ނުވަތަ އެކަކަށް ވުރެ ގިނަ މީހުން
ބައިވެރިވެގެން ފޭރުމުގެ ޢަމަލެއް ހިންގިކަން އެނގެން ނެތުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
-03
ހޮ
މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1076 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙަސަން ނަދީމްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/1076 ޤަޟިއްޔާގައި ޙަސަން ނަދީމްގެ މައްޗަށް
ދައުލަތުން ކޮށްފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، އެޤާނޫނުގެ 132 ވަނަ
މާއްދާއާއި، 136 ވަނަ މާއްދާގެ ދަށުން ޖަމާޢަތް ހަދައިގެން ދިހަހާސް ރުފިޔާއަށްވުރެ މަތީ ޢަދަދަކުން ފޭރުމުގެ
ކުށުގެ ދަޢުވާ ކަމާއި، އެދަޢުވާއަށް ޙަސަން ނަދީމް އިންކާރު ކޮށްފައިވާކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ރިޕޯޓުން އެގެން އޮވެއެވެ.
و مرد معمر
(ނ) މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ބ.އޭދަފުށި، ހިޔަލީގެ ޢަބްދުލްޢަޒީޒު
މޫސާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޙަސަން ސިނާނު އާއި މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ކޮންސްޓަބަލް މުޙައްމަދު އަރުސަދު ހުށަހަޅާފައިވާ ކަމާއި،
މިމައްސަލައިގައި ކުރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާ ހެކިންކުރެ
ބ.އޭދަފުށި ހިޔަލީގެ ޢަބްދުލްޢަޒީޒު މޫސާގެ ހެކިބަހަށް ބަލާއިރު، ޢަބްދުލްޢަޒީޒު މޫސާ ސްޓޭޓް ބޭންކް އޮފް
އިންޑިޔާއިން ޑޮލަރު ނަގައިގެން، ސައިކަލުގެ ވަށިގަނޑަށް ކޮތަޅު ލައިގެން އޮފީހަށް ދިޔުމުގެ މަގުމަތީގައި،
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/133
ޢަބްދުލްޢަޒީޒު މޫސާގެ އޮފީހާވެސް ވަރަށް ކައިރިއަށް އައިސްފައި ހުއްޓާ ސައިކަލުގެ ދެމީހަކު ފަހަތުން އައިސް
އެކޮތަޅު ޖަހައިގަތީކަމަށާއި، ކޮތަޅު ޖަހައިގަތީ ފަހަތުގައި އިން މީހާކަމަށާއި، ސައިކަލު ދުއްވަން އިންމީހާ ވެސް
މިޢަމަލުގައި ބައިވެރިވެފައިވާކަމަށް ޤަބޫލުކުރާކަމަށާއި، ޢަބްދުލްޢަޒީޒު މޫސާ އެމީހުންގެ ފަހަތުން އަންނަމުން
ބޭންކް އޮފް މޯލްޑިވްސް އާ ހިސާބުން ”މިއޮއްދަނީ ވަގެކޭ“ ގޮވަމުން ދަނިކޮށް ފުލުހުންނާ ދިމާވުމުން އެމީހުން
ފުލުހުންނަށް ދެއްކިކަމަށާއި، ދެން ފުލުހުން ގޮސް އެފައިސާ އަތުލައި ޢަބްދުލްޢަޒީޒު މޫސާއާ
ޙަވާލުކޮށްފައިވާކަމަށް ބުނެފައިވާކަން އެނގެން އޮންނަކަމާއިގެ
ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް
ޙަސަން ސިނާނުގެ ހެކިބަހަށް ބަލާއިރު، މިހާދިސާ ހިނގިއިރު ޙަސަން ސިނާނު ހުރީ އިތުރު ފުލުހަކާއެކު
ބޭރުމަގު ރައީސް އޮފީސް ކައިރީ ޑިއުޓީގައި ކަމަށާއި، މިފޭރުމުގެ ހާދިސާގެ ޚަބަރު އެންމެ ފުރަތަމަ ލިބުނީ
ޢާންމު ފަރާތަކުން ވަގެކޭ ވަގެކޭ ގޮވަމުން ދުވަނިކޮށް އެމައްޒަރު ފެނުމުން ކަމަށާއި، އޭރު ވަގެކޭ ވަގެކޭ
ގޮވަމުން ދިޔަ މީހާ، ކުރިމަތިން ދިޔަ ސައިކަލަށް އިޝާރާތް ކުރިކަމަށާއި، ދެން އެސައިކަލުގެ ފަހަތުން
ދުއްވާފައި ދަނިކޮށް ވަކި ހިސާބަކުން ކުރިމަތީގައި ކާރުތަކެއް އޮތުމުން މަގު ބުލޮކުވެގެން ތާށިވީ ކަމަށާއި،
އެވަގުތު އެސައިކަލުގެ ފަހަތުގައި އިން މީހާ ފުންމާލުމަށްފަހު ދުއްވައިގަތުމުން ހިފެހެއްޓީ ކަމަށާއި، ދުއްވަން
އިން މީހާ ފިލިކަމަށާއި، އެތަން ބުލޮކްވެފައިވާތީ އޭނާގެ ފަހަތުން ދުއްވާފައެއް ނުދެވުނު ކަމަށާއި، ފަހަތުގައި
އިންމީހާގެ އަތުގައި ރަތްކުލައިގެ އޮއްވާ ފެނުނު ކަމަށާއި، އެމީހާ އެކޮތަޅު ވައްޓާލިތަންވެސް
ފެނިފައިވާ ކަމަށާއި، އެސައިކަލުގެ ފަހަތުގައި އިން މީހަކީ ޝަރީޢަތުގެ މަޖިލީހުގައި އިން ޙަސަން ނަދީމު
ކަމަށާއި، އޭނާ އެއްލާލި ކޮތަޅު ނަގައި ބެލިއިރު އޭގައި ހުރީ -/12,905 (ބާރަހާސް ނުވަސަތޭކަ ފަހެއް)
ޔޫ.އެސް ޑޮލަރު ކަމަށާއި، އޭގެ ފަހުގައި ޙަސަން ނަދީމު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށް ބުނެ
ހެކިބަސް ދީފައިވާކަން އެނގެން އޮންނަކަމާއިގެ
ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް
މުޙައްމަދު އަރުސަދުގެ ހެކިބަހަށް ބަލާއިރު، މިހާދިސާ ހިނގިއިރު މުޙައްމަދު އަރުސަދު ހުރީ އިތުރު ފުލުހަކާއެކު
ބޭރުމަގު ރައީސް އޮފީސް ކައިރީ ޑިއުޓީގައި ކަމަށާއި، މިފޭރުމުގެ ހާދިސާގެ ޚަބަރު އެންމެ ފުރަތަމަ ލިބުނީ
ޢާންމު ފަރާތަކުން ވަގެކޭ ވަގެކޭ ގޮވަމުން ދުވަނިކޮށް އެމައްޒަރު ފެނުމުން ކަމަށާއި، އޭރު ވަގެކޭ ވަގެކޭ
8
ކޮތަޅުއެ
etc
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/133
ގޮވަމުން ދިޔަ މީހާ، ކުރިމަތިން ދިޔަ ސައިކަލަށް އިޝާރާތް ކުރިކަމަށާއި، ދެން އެސައިކަލުގެ ފަހަތުން
ދުއްވާފައި ދަނިކޮށް ވަކި ހިސާބަކުން ކުރިމަތީގައި ކާރުތަކެއް އޮތުމުން މަގު ބުލޮކްވެގެން ތާށިވީ ކަމަށާއި،
އެވަގުތު އެސައިކަލުގެ ފަހަތުގައި އިން ޙަސަން ނަދީމު ފުންމާލި ކަމަށާއި، ދުއްވަން އިން މީހާ ފިލިކަމަށާއި،
އެތަން ބުލޮކްވެފައިވާތީ އޭނާގެ ފަހަތުން ދުއްވާފައެއް ނުދެވުނު ކަމަށާއި، ފަހަތުގައި އިންމީހާ ރަތްކުލައިގެ
ކޮތަޅެއް އެއްލާލިތަން ފެނުނު ކަމަށާއި، އެސައިކަލުގެ ފަހަތުގައި އިން މީހަކީ ޝަރީޢަތުގެ މަޖިލީހުގައި އިން
ޙަސަން ނަދީމު ކަމަށާއި، ޙަސަން ނަދީމު އެއްލާލި ކޮތަޅު ބެލިއިރު އޭގައި ހުރީ -/12,905 (ބާރަހާސް
ނުވަސަތޭކަ ފަހެއް) ޔޫ.އެސް ޑޮލަރު ކަމަށާއި، އޭގެ ފަހުގައި ޙަސަން ނަދީމު ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެވުނު ކަމަށްބުނެ ހެކިބަސް ދީފައިވާކަން އެނގެން އޮވެއެވެ.
86ޅ2
އއ
(ނ) މިމައްސަލައިގެ ޙާދިސާ ހިނގިއިރު އަދި ދަޢުވާކުރެވުނުއިރު ޢަމަލު ކުރެވެމުން ދިޔަ ޤާނޫނުލް
ޢުޤޫބާތުގެ 149 ވަނަ މާއްދާގެ (ބ) ގައި، ފޭރުމަކީ، އެހެން މީހެއްގެ މިލްކު އެއްޗެއް އެމީހާގެ ރުހުމާ ނުލައި
ގަދަކަމުން އަތުލުން ކަމަށް ބަޔާން ކޮށްފައިވާކަމާއި،
މިމައްސަލާގައި ފޭރުނު ފައިސާއަކީ ޙަސަން ނަދީމްގެ މިލްކުގައިވާ ޙަސަން ނަދީމްގެ
ނޫންކަމާއި އެފައިސާތަކަކީ ވެލިދޫ އައިލެންޑް ރިސޯޓް މާލެ އޮފީހުގެ ފައިސާތަކަކަށްވާއިރު، އެފައިސާތައް
ޙަސަން ނަދީމް ނަގާފައިވަނީ އެހެން މީހަކު ދުއްވަން އިން ސައިކަލެއްގެ ފަހަތުގައި އިދެ އެފަރާތުގެ
ބައިވެރިވުމާއެކު، އެފައިސާތަކުގެ އެހިނދުގެ އަތުގެ ވެރިފަރާތްކަމުގައިވާ ޢަބްދުލްޢަޒީޒު މޫސާގެ ރުހުމާ ނުލައި
ގަދަކަމުން ކަން އެނގޭކަމާއި، އެފައިސާ ނަގައިގެން ޙަސަން ނަދީމް ފިލަން މަސައްކަތް ކޮށްފައިވާކަމާއި،
ޙަސަން ނަދީމް އިން ސައިކަލު ދުއްވަމުން ދަނިކޮށް ކުރިމަތީގައި އޮތް ވެހިކަލްތަކުގެ ސަބަބުން ކުރިއަށް ނުދެވި
މަޑުކުރަން ޖެހުމުން، ޙަސަން ނަދީމް ސައިކަލްގެ ފަހަތުން ފުއްމާލަމުން އަތުގައި އޮތް ފައިސާ ކޮތަޅު
އެއްލާލައިފައިވާކަމާއި، ސައިކަލުން ފުއްމާލުމަށްފަހު ޙަސަން ނަދީމް ފިލަން މަސައްކަތްކޮށްފައިވާކަމާއި،
ޢަބްދުލްޢަޒީޒު މޫސާ ދުއްވަން އިން ސައިކަލުގެ ވަށިގަނޑުގައި އޮތް ކޮތަޅުގައި ހުންނާނެ ކަމަށް ޢަބްދުލްޢަޒީޒު
މޫސާ ބުނާ ފައިސާގެ އަދަދާއި، ހަސަން ނަދީމު އެއްލާލި ކޮތަޅުގައި ހުރި ފައިސާ އަދަދަކީ ހަމަ އެއް
ޢަދަދެއްކަން އިސްވެ އިޝާރާތްކުރެވުނު ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުވާކަމާއި،
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
? ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/133
އެހެންކަމުން، ޙަސަން ނަދީމުގެ ޢަމަލުކުރި ގޮތާއި މިމައްސަލައިގައި ޙާޟިރު ކުރެވިފައިވާ ހެކިންގެ
ހެކިބަހުގެ މައްޗަށާއި، އެހެކިބަހުން ލިބޭ ގުޅުވާލެވޭ ޤަރީނާތަކުގެ މައްޗަށް ނަޒަރުކުރުމުން ޙަސަން ނަދީމް
އެފައިސާތައް ނަގާފައިވަނީ ފޭރުމުގެ މަޤްޞަދުގައި ނޫންކަމަށް ބެލެވޭނެ ޖާގައެއް އޮތްކަމަށް ބެލެވެން ނެތްކަން
އެނގެއެވެ
CCC
cu o
ވީމާ، ކުރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/1076 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނާނެ ހަމައެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުން
އެއްބަސްވެއެވެ.
0
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތްކުރުމުން، ކުރިމިނަލް ކޯޓުގެ ނަންބަރު
2013/Cr
-
C/1076 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ޙުކުމަށް ބަދަލެއް ގެންނާނެ ޝަރުޢީ ޤާނޫނީ ހަމައެއް
ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ