ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/286 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
ނިމުނު ގޮތު
2017/HC-A/286
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 286/HC
-
A/2017
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް:ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ނާސިޢު މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A260320
* ދާއިމީ އެޑްރެސް: ވިދުވަރުގެ ހއ. ހޯރަފުށި
މިހާރުގެ އެޑްރެސް: ލ. މޮޑަންކޮމެޓް/ މާލެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 11 ޖުލައި 2017
.ނިމުނު ތާރީޚް: 25 ޖުލައި 2017
O
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2017
/
3863/J
/
MD-145
• އަމުރުގެ ބާވަތް: ކޯޓު އަމުރު
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 29 ޖޫން 2017 ނިމުނު ތާރީޚް: 29 ޖޫން 2017
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އިސްފަނޑިޔާރު ޢަބްދުﷲ ދީދީ ފަނޑިޔާރު ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2{17/HC-A/286
ޤަޟިއްޔާ ނިމުނު ގޮ
کم عمری
ދަޢުވާގެ ޚުލާޞާ
2 3 42 2
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3863/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓުއަމުރު އިސްތިއުނާފު
ކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ހއ.ހޯރަފުށި ވިދުވަރުގެ ނާސިޢު
މުޙައްމަދު (އައި.ޑީ.ކާޑު ނަންބަރު: A260320) އެވެ.
ދެވުނު
:46
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3863/J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3863/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 29 ޖޫން 2017 ވަނަ ދުވަހުގެ 16:04 އިން 14 ޖުލައި 2017 ދުވަހުގެ
16:03 އަށް ނާސިޢު މުޙައްމަދު ގޭގައި ބަންދުކޮށްފައި
22
0
2 ދވ ހ2 ex2 ވ2
ބެހެއްޓުމަށް އަމުރެކެނެކަމާއި،
މިގޮތަށް ނާސިޢު
މުޙައްމަދު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ "މުޖުތަމައުގެ ސަލާމަތަށްޓަކައި"
ކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
ހައިޓް
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3863/J
/
MD-145 ކޯޓު
ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ އެއަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2017/HC-A/286
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި:
(ހ) ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3863/J
/
MD-145 ކޯޓު
އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ނ) ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ
މާއްދާގެ (ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ
ކޯޓުތަކުން ތަބާވާންވާނެ" ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ޚިލާފަށް ކްރިމިނަލް ކޯޓުން އަމުރު
ނެރުއްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
3863/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ނަންބަރު
(ހ) ފުރަތަމަކަމަކީ: އިސްތިއުނާފުކުރެވިފައިމިވާ ކްރިމިނަލް ކޯޓުގެ
2017
/
3863/J
/
MD-145 ކޯޓު އަމުރަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 3
Nil)
ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 334 ދިވެހިންގެ
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
83
2{017/HC-A/28
ޖެ3
ޤަޟިއްޔާ ނިމުނު
ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމުން"، ހއ.ހޯރަފުށި) ވިދުވަރުގެ ނާސިޢު މުޙައްމަދު
މިނިސްޓްރީ އޮފް ހޯމް އެފެއަރެޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އެދިފައިވަނިކޮށް، 29
ޖޫން 2017 ވަނަ ދުވަހުގެ 16:00 އިން 14 ޖުލައި 2017 ދުވަހުގެ 16:03 އަށް ނާސިޢު މުޙައްމަދު
ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް ނެރެފައިވާ އަމުރެއްކަން އެނގެން އޮންނަކަމާއި، މިގޮތަށް ނާސިޢު
މުޙައްމަދު ގޭގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރެއްވި ސަބަބަކީ "މުޖުތަމައުގެ ސަލާމަތަށްޓަކައި"
ކަން މިއަމުރަށް ބެލުމުން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ: ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ
7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން ސަބަބެއް
އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ
48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި؛
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7 ވަނަ މާއްދާގެ (ހ) އަށް
ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި
މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު
ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{17/HC-A/286
ޤަޟިއްޔާ ނިމުނު
کی عمری
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ
ކޮބައިކަމާއި، އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި
ހިމެނޭ މީހުންގެ ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ
ކޮބައިކަމާއި، އެކުނަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީދާ ފިލައި
ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި ހެކިތަކާކުޅެ ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ
ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
() ތިންވަނަ ކަމަކީ: ނާސިޢު މުޙައްމަދުގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލައަކީ، 2017
އެޕްރީލް 24 ވަނަ ދުވަހުގެ 22:25 ހާއިރު ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މއ.އެނބޫގޭގައި ހުންނަ
އެޓިކް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ހުރި އޮފީސް ބަލާފާސްކުރުމުން އެތަނުގެ ތެރޭގައި އައި.އީ.ޑީ
ދުމަށް ބޭނުންވާ ތަކެއްޗާއި ކެމިކަލް އެތަނުގެ ތެރޭގައި ތައްޔާރުކޮށް އައި.އީ.ޑީ އެއް ހަދާ
އެ ގޮއްވާލުމަށް ރާވަމުންދާކަމަށް ތުޙުމަތުކުރެވޭ މައްސަލާގައި މީނާގެ ބައިވެރިވުމެއްވާ ކަމަށް ތުހުމަތުކުރެވޭ
މައްސަލާގައިކަން އެނގެން އޮންނަކަމާއި، މިމައްސަލައަކީ، ޓެރަރިޒަމްގެ ޢަމަލެއް ހިމެނޭ ޤައުމީ ސަލާމަތަށް
އެއް ތައްޔާރުކުރުމަށް
ނުރައްކާވާފަދަ މައްސަލައެއްކަން އެނގެން އޮންނަ
ނޭނަކަމެވެ.
92 ވ32
ނއކ
(ނ) ހަތަރުވަނަ ކަމަކީ: ނާސިޢު މުޙައްމަދުގެ މައްޗަށް މިމަތުކުރެވިފައިމިވާ ކުށުގެ
ނުރައްކާތެރިކަމަށާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކާއި އެކުށުގެ ޠަބީޢަތަށާއި އެކުށުގެ ކުޑަބޮޑުމިނަށާއި
އަދި މީނާގެ ކުށުގެ ރެކޯޑަށާއި ހުށަހެޅުނު ހެކިތަކަށް ބަލާއިރު، ނާސިޢު މުޙައްމަދުގެ މައްޗަށް ތުޙުމަ
ކުރެވިފައިވާ ކުށުގެ ޢަމަލަކީ، މުޖުތަމަޢުގެ ސަލާމަތަށާއި، ޤައުމީ ސަލާމަތަށް އެކާވާފަދަ ޢަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު
# 4 3 )
2017/HC-A/286
کی مری
ކަމުގައި ބެލެވޭ ހިނދު، އޭނާ ބަންދުގައި ބަހައްޓަންޖެހޭނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން
ކަނޑައަޅާތަނެއްގައި ކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވުނުކަމެވެ.
(ރ) ފަސްވަނަ ކަމަކީ: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަމުރު
ހައިކޯޓުގައި އިސްތިއުނާފުކޮށް މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފެށުމުގެ ކުރިން، ނާސިޢު
މުޙައްމަދުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ދަޢުވާކުރުމަށް އެއޮފީހުގެ ފަރާތުން ކްރިމިނަލް
ކޯޓަށް ފޮނުވާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ބުނެފައިވާކަން އެނގެން
އޮންނަކަމާއި،
ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ
ޝަރީއަތް ހިންގާ ފަނޑިޔާރު ކަމަށާއި، އެ ފަނޑިޔާރު ނެތްޙާލަތެއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ
އިސްފަނޑިޔާރު ކަނޑައަޅައި އެހެން ފަނޑިޔާރެއްކަން ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 13 ވަނަ މާއްދާގެ
(ހ) އަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން، ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ
މަރުޙަލާގައި ޝަރީޢަތުން އެމައްސަލައާ މެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ
މީހެއްކަމަށް
އެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅަންޖެހެނީ އެމައްސަލައެއް ހުށަހެޅިފައި އޮންނަ ކޯޓަށްކަން އެނގޭތީ، މިމައްސަލައިގައި މިހާރު
ކަންވެފައިވާ ގޮތަށް ބަލާއިރު، އަމަލުކުރަންޖެހޭނީ، އިސްވެ ބުނެވިދިޔަ ގޮތުގެ މަތިންކަން އެނގެން
އޮންނަކަމެވެ.
ޙުކުމް.
fi
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް
ކޯޓުގެ ނަންބަރު 2017
/
3863/J
/
MD-145 ކޯޓު އަމުރުގައި ނާސިޢު މުޙައްމަދު
ބެހެއްޓުމަށް ނިންމަވާފައިވާ ނިންމުން ބާޠިލްކޮށް، ނާސިޖު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމައި
ބަންދުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8 42
2017/HC-A/286
2 2c
ޤަޟިއްޔާ ނިމުނު
ހުށަހެޅިފައިވާ ކޯޓަށް ހުށަހެޅުމަށް އަންގައި، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މައްޗަށް ދަޢުވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv