ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/229 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
211/HC-A/229
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 229/HC-A/2011
އިސްތިއުނާފު ކުރިފަރާތް:
ޢަބްދުލްކަރީމް
ދާއިމީ އެޑްރެސް: ސައިމާގެ / ހދ. ކުޅުދުއްފުށި
z ނަން:
* އައިޑީކާޑު ނަންބަރު: A137935
* މިހާރުގެ އެޑްރެސް: ފުސްތުޅާމާގެ / ހދ. ކުޅުދުއްފުށި
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: 1- ހދ. ކުޅުދުއްފުށި ކައުންސިލް އިދާރާ
ދާއިމީ އެޑްރެސް: ހދ. ކުޅުދުއްފުށި ކައުންސިލް އިދާރާ | ހދ. ކުޅުދުއްފުށި
* ނަން: 2- ޢާއިޝަތު މޫސާ
އައިޑީކާޑު ނަންބަރު: A234917
ދާއިމީ އެޑްރެސް: ސައިމާގެ / ހދ. ކުޅުދުއްފުށި މިހާރުގެ އެޑްރެސް: ނިއުހޯޕް / ހދ. ކުޅުދުއްފުށި
*
އެޅުނު ތާރީޚް: 19 ސެޕްޓެމްބަރ 2011
= ނިމުނު ތާރީޚް: 30 މެއި 2013
އިސްތިއުނާފުކުރެވުނު ޤާޟީއްޔާ.
4 ނަންބަރު:2010/17B12C
* ކޯޓު: ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
ނިންމެވި ތާރީޚް: 27 އޭޕްރީލް 2011
• މައްސަލަ ބެ ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދުވީހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
211/HC-A/229
ދައުވާގެ ޚުލާޞާ
މިއީ، ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/17 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ހދ. ކުޅުދުއްފުށީ ސައިމާގޭ ޢަބްދުލްކަރީމް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތްތަކަކީ ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާ އާއި،
ހދ. ކުޅުދުއްފުށީ ސައިމާގޭ ޢާއިޝަތު މޫސާ، އާ މީދެފަރާތެވެ.
C
ފާހަގަކުރެވުނު ނުކުތާތައް
-01
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/17
/
12C ޤަޟިއްޔާ
އެކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ހދ. ކުޅުދުއްފުށީ، ސަމާގޭ ޢަބްދުލްކަރީމް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވެއެވެ.
OLO O
-02
ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/17 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ހދ. ކުޅުދުއްފުށީ ސައިމާގޭ އިމާރާތާއި ގޯތީގެ
ރަޖިސްޓްރީ ހދ.
ހދ. ކުޅުދުއްފުށީ ސައިމާގެ ޢަބްދުލްކަރީމް މޫސާގެ ނަމުގައި ހަދައިދީފައިވަނީ ޤާނޫނާއި
ޚިލާފަށްކަމަށްބުނެ، އެރަޖިސްޓްރީގެ ސައްޙަކަމާމެދު ގޮތެއް ކަނޑައަޅުއްވައި ދެއްވުމަށް އެދި ހދ. ކުޅުދުއްފުށީ
ސައިމާގޭ ޢާއިޝަތު މޫސާ ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
211/HC-A/229
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ސައިމާގެއެވެ
ކިޔާ ބަންޑާރަ ގޯއްޗަށް 12 އޯގަސްޓް 1997 ގައި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އޮފީހުން
ހަދައިދީފައިވާ ނަންބަރު 410 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަކީ، ޝަރުޢީ އަދި ޤާނޫނީ އެއްވެސް އަސްލެއްގެ
މައްޗަށް ބިނާވެގެން ކޮށްދީފައިވާ ރަޖިސްޓްރީއެއްނޫންކަން ދަޢުވާކުރާފަރާތުން ހުށަހެޅި ހެކިންގެ ބަހުންނާއި،
ދަޢުވާކުރާ ފަރާތުން ހުށަހެޅި ކިތާބީ ހެކިތަކުން ޝަރީޢަތަށް ސާބިތުވާތީ، ހދ. ކުޅުދުއްފުށީ ސައިމާގެ
ޢަބްދުލްކަރީމް މޫސާގެ ނަމުގައި، ހދ. ކުޅުދުއްފުށީ ސައިމާގެއެވެ ކިޔާ ބަންޑާރަ ގޯއްޗަށް 12 އޯގަސްޓް
1987 ގައި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އޮފީހުން ހަދައިދީފައިވާ ނަންބަރު 410 އިމާރާތާއި ގޯތީގެ
ރަޖިސްޓަރީއަކީ އޭގެ އަސްލުން ބާޠިލް ރަޖިސްޓްރީއެއްކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަ
ނަކަމެވެ.
OU OO
-03
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/17 ޤަޟިއްޔާ
އެކޯޓުން ބައްލަވައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފުކުރުމަ
ރުމަށް ހދ. ކުޅުދުއްފުށީ ސައިމާގޭ ޢަބްދުލްކަރީމް މޫސާގެ ފަރާތުން 04 (ހަތަރެއް) ނުކުތާ
ހުށަހަޅައި، ތަކާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
މިގޮތުން ހުށަހެޅި:-
2 (22 ވ2 2
24
شرر فرما کر
(ހ) ފުރަތަމަ ނުކުތާއަކީ: ހދ. ކުޅުދުއްފުށި ސައިމާގެއެވެ ކިޔާ ބަންޑާރަ ގޯއްޗާ
އެގޯތީގައިވާ ޢިމާރާތްތަކަކީ ޢަބްދުލްކަރީމް މޫސާ ނަމުގައި ރަޖިސްޓްރީކޮށްދެއްވާފައިވާ ގޯއްޗާއި
އިމާރާތްތައްކަން، ހދ. ކުޅުދުއްފުށީ ރަށު އޮފީހުން 12 އޯގަސްޓް 1987 ގައި ޢަބްދުލްކަރީމް މޫސާގެ
ނަމުގައި ހައްދަވައި ދެއްވާފައިވާ ރަޖިސްޓްރީ ނަންބަރު 410، ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީން އެނގެން
އޮތްއިރު ޢާއިޝަތު މޫސާ ކުރި ދައުވާއަކީ ޞައްޙަ ދަޢުވާއެއްކަމަށް ބައްލަވައިގެން އިސްވެ ދެންނެވުނު
އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ބާޠިލްކުރައްވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
ތަ.
ރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2011/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ށ) ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 24/76 "ހެއްކާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާއަށް
ބެއްލެވުމެއްނެތި ހެކިން ޙާޟިރުކުރައްވައިގެން ހެކިންގެ ބަސްހޯއްދަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ .
(ނ) ތިންވަނަ ނުކުތާއަކީ: ހެކިންގެ ގޮތުގައި ޙާޟިރު ކޮށްފައިވާ ހދ.ކުޅުދުއްފުށި ނަޔާބަހާރު
އިބްރާހީމް މުޙައްމަދާއި އެރަށު ކުރަހާގެ ޢަބްދުﷲ އަބޫބަކުރުގެ ވާހަކާގައި ތަފާތުހުރި އިރު އެކަމުގެ މައްޗަށް
ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
oc
(ރ) ހަތަރުވަނަ ނުކުތާއަކީ: ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް
ސައިމާގެ އެވެ ކިޔާ ގޯއްޗަކީ ޢަބްދުލްކަރީމް މޫސާގެ ނަމުގައި ރަޖިސްޓްރީކޮށްދެއްވާފައިވާ ގޯއްޗެއްކަމާއި،
ރަޖިސްޓްރީ ކޮށްދެއްވާފައިވަނީވެސް ޤަވާއިދުންކަމަށް
ޤަވާއިދުންކަމަށް ބުނެފައިވާއިރުވެސް އެކަމުގެ މައްޗަށް
ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
111B12C2010
+ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް ހދ. ކުޅުދުއްފުށީ ސައިމާގޭ ޢަބްދުލްކަރީމް މޫސާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
އެނުކުތާތަކާގުޅޭ ގޮތުން ޢަބްދުލްކަރީމް
ރީމް މޫސާގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ ޢާއިޝަތު މޫސާ
އާއި ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/17 ޤަޟިއް
ޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ
ހައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
211/HC-A/229
{
(ހ) ފުރަތަމަ ކަމަކީ: ހދ. ކުޅުދުއްފުށީ / ސައިމާގެ ކިޔާ ބަންޑާރަ ގޯއްޗަކީ، ޢަބްދުލްކަރީމް
މޫސާގެ ނަމުގައި ރަޖިސްޓްރީކޮށްދެއްވާފައިވާ 5000 (ފަސްހާސް) އަކަފޫޓުގެ ގޯއްޗެއްކަމާއި، އެގޯތި
ހަވާލުކުރެވިފައިވާ ފަރާތަކީ އަދި ޢިމާރާތްތަކުގެ ވެރިފަރާތަކީވެސް ޢަބްދުލްކަރީމް މޫސާކަން ހދ. ކުޅުދުއްފުށީ
އޮފީހުގެ ރަޖިސްޓްރީ ނަންބަރު 410 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް ބެލުމުން އެނގޭކަމާއި، އެގޯތީގެ
ރަޖިސްޓްރީ ޢަބްދުލްކަރީމް މޫސާގެ ނަމުގައި ހައްދަވައިދެއްވާފައިވަނީ 12 އޯގަސްޓް 1987 ގައި ކަމާއި،
އެރަޖިސްޓްރީއަކީ ސައިމާގެ ނަމުގައި ހައްދަވައިދެއްވި ފުރަތަމަ ރަޖިސްޓްރީކަމާއި، އެދުވަހުން ފެށިގެން 2004
ވަނަ އަހަރާ ހަމައަށް އައިރު އެގޯތީގެ ރަޖިސްޓްރީގެ ޞައްހަކަމާމެދު ނުވަތަ އެގޯތީގެ މިލްކުވެރިކަމާމެދު
މީހެއްގެ ފަރާތުން ޝަރުޢީ ކޯޓެއްގައި އަދި ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއެއްގައި، މައްސަލަ
ހުށަހަޅައި ޝަކުވާ ކުރެވިފައިވާކަން އެނގެން ނެތްކަމާއި، ނަމަވެސް، 2004 ވަނަ އަހަރުގެ މެއި މަހުން
ފެށިގެން އެގޯތީގެ މިލްކުވެރިކަމާއިމެދު، ހދ. ކުޅުދުއްފުށީ ސައިމާގޭ އާއިޝަތު މޫސާގެ ފަރާތުން
ސަރުކާރުގެކަމާބެހޭ އިދާރާތަކަށް މައްސަލަ ހުށަހަޅައިފައިވާކަން އެނގެން އޮންނަކަމެވެ.
04 04
04 /
(ނ) ދެވަނަ ކަމަކީ: ހދ. ކުޅުދުއްފުށީ ސައިމާގެ ކިޔާ ބަންޑާރަ ގޯއްޗަކީ ރުއްއަރާ އަޙްމަދު
އަޅާފައިވާ ވެއްޓި ހަލާކުވެ ދިޔަބިމުން ބަޔަކާއެކު އެސަރަހައްދުން ހެދުނު ގޯއްޗެއްކަމާއި، އެގޯތި ހެދުނީ
އެސަރަހައްދުގައި ގޯތިތައް އިންވަކިކޮށް ހެދިއިރުގައިކަމާއި، ކުޅުދުއްފުށީ އަލަނާސިގެއިން ބައެއް ސައިމާގެ
ގޯތިތެރޭގައި ހިމެނޭ ކަމަށްބުނެ އަލަނާސިގޭގެ ވެރިފަރާތުން ކުރި ޝަކުވާ އަކާގުޅިގެން އެސަރަޙައްދުގައި ހިމެނޭ
ގޯތިތަކުގެ އިންވަކިކޮށްދީފައިވާކަމަށާއި، ހދ. ކުޅުދުއްފުށީ ސައިމާގެ ކިޔާ ބަންޑާރަ ގޯތި އެންމެ ފުރަތަމަ
ރަޖިސްޓްރީކޮށް ދެވިފައިވަނީ ޢަބްދުލްކަރީމް މޫސާގެ ނަމުގައި ކަމަށްވީނަމަވެސް، ކުޅުދުއްފުށީ ސައިމާގެއަކީ
މޫސާ އިބްރާހީމް (ދޮންބެ މޫސާ) މަރުދުވަހާ ހަމައަށްވެސް ދިރިއުޅެމުން ދިޔަގެކަމަށާއި، ދޮންބެ މޫސާއަށް
ލިބިފައިވާ ގޯއްޗެއް އެއްވެސް މުދަލެއް އަދި އެއްޗެއް ދޮންބެ މޫސާގެ ތަރިކައިގެ ގޮތުގައި
ނެތްކަމަށް ދޮންބެ މޫސާގެ ދަރިންގެ ތެރެއިން އެންމެ ދޮށީ 3 (ތިނެއް) ދަރީންކަމުގައިވާ
0 2 0 22
3
ހދ. ކުޅުދުއްފުއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2{011/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދީދާރު، އަޙްމަދު އިޤްބާލު މޫސާއާއި، އެރަށު ބިންމަތީގެ ހާރޫނު މޫސާއާއި، އެރަށު ސައިމާގޭ ޢަބްދުލްކަރީމް
މޫސާ
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު އޮފީހަށް ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމާއި، ސައިމާގެ ކިޔާ
ގޯއްޗަކީ، އެއްވެސް އިރެއްގައި ދޮންބެ މޫސާ (މޫސާ އިބްރާހީމް) ގެ ނަމުގައި ރަޖިސްޓްރީ ކޮށްދެއްވާފައިވާ
ގޯއްޗެއް ނޫންކަމަށާއި، ސައިމާ ގޭ ގޯތީގެ ރަޖިސްޓްރީ ޢަބްދުލްކަރީމް މޫސާގެ ނަމުގައި ހައްދަވާދެއްވާފައިވަނީ،
އޭނާ ގޯއްޗަކަށް އެދިފައިވުމާއި، އޭނާއަށް ކުޅުދުއްފުށީން ގޯއްޗެއް ލިބިފައިނުވާތީއާއި، ގޯތި ދިނުމުގެ ޝަރުތު
ފުރިހަމަވާ މީހަކަށް ޢަބްދުލްކަރީމް މޫސާ ވާތީކަމާއި، އެގޯތި ޢަބްދުލްކަރީމް މޫސާއާއި ހަވާލުކުރެވިފައިވަނީ
ޤަވާޢިދުން ކަމަށާއި، އެގޯތި ޢަބްދުލްކަރީމް މޫސާއަށް ހަވާލުކުރުމުން އެގޯތީގައި ދޮންބެ މޫސާގެ މިލްކުވެރި
އެއްޗެއް ހުރެގެން ދަޢުވާއެއްކޮށްފައިވާކަން އެނގެން ނެތްކަމަށް، ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާގެ
ފަރާތުން ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
24 2
(ނ) ތިންވަނަ ކަމަކީ: ހދ. ކުޅުދުއްފުށީ / ސައިމާގޭ ޢާއިޝަތު މޫސާ، ހދ. ކުޅުދުއްފުށީ
ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ހދ. ކުޅުދުއްފުށީ ސައިމާގޭ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ
ކުޅުދުއްފުށީ ; ސައިމާގޭ ޢަބްދުލްކަރީމް މޫސާއަށް ހައްދަވައި ދެއްވާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށްބުނެ،
އެރަޖިސްޓްރީގެ ޞައްޙަކަމާމެދު ގޮތެއް ކަނޑައަޅުއްވައި ދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
ޢާއިޝަތު މޫސާގެ ފަރާތުން މިމައްސަލައިގެ ދަޢުވާ ބިނާކޮށްފައިވާ ވަޤާއިޢުތަކަކީ،
ކުޅުދުއްފުށީ / ސައިމާގެއަކީ ޢާއިޝަތު މޫސާގެ ބައްޕަ މޫސާ އިބްރާހީމަށް، އޭނާގެ ބައްޕަގެ ބައްޕަ އަލްމަރްޙޫމް
ދޮންވާތީ އިބްރާހީމް (ޢާއިޝަތު މޫސާގެ ކާފަ) ގެ ފަރާތުން ލިބިފައިވާ ގެއެއްކަމަށާއި،އެގެއަކީ ލަފާކުރެވޭ
ގޮތުގައި އުފެދުނުތާ ސަތޭކަ އަހަރާއި ދުއިސައްތަ އަހަރާ ދެމެދުގެ އުމުރެއް ވެފައިވާ ގެއެއްކަމަށާއި،
ސައިމާގޭގައި އޭގެ 57 (ފަންސާސް ހަތެއް) އަހަރު ކުރިއްސުރެ ދިރިއުޅެމުން އައީ، ޢާއިޝަތު މޫސާއާއި،
ޢަބްދުލްކަރީމް މޫސާއާއި، ޢާއިޝަތު މޫސާގެ މަންމަ އަލްމަރްހޫމާ ފާޠިމަތާ ތިންމީހުން ކަމަށާއި، އޭނާގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2{011/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނިޔާވިތާ 20 (ވިހި) އަހަރު ވެއްޖެކަމަށާއި، ޢަބްދުލްކަރީމް މޫސާއަށް އެގޭގައި އުޅެވިފައި ހުންނާނީ
ގާތްގަނޑަކަށް 10 (ދިހައެއް) އަހަރު ދުވަހުގައި ކަމަށާއި، އެގޭގައި ޢާއްމުކޮށް އުޅެނީ ޢާއިޝަތު މޫސާ އާއި
އޭނާގެ ދަރިން ކަމަށާއި، އޭނާއާއި ޢަބްދުލްކަރީމް މޫސާ އާ ދެމީހުން ދުނިޔެއަށް އައީވެސް އެގޭގައި ކަމަށާއި،
އެދުވަސްވަރު އެގެއަށް ކިޔަމުން ދިޔައީ ދޮންބެ މޫސާގެ ގެކަމަށާއި، އެދުވަސްވަރު ގޭގެއަށް ނަން ކިޔަމުން
ދިޔައީ އެގޭ ވެރިމީހާގެ ނަމުން ކަމަށާއި، ރަށްރަށުގެ ކާޑުގެތަކުން ރައްޔިތުންނަށް ކާޑު ވިއްކަމުން ދިޔައިރު،
ރަށްރަށުގެ ގޭގެއާއި، އެގޭގައި ދިރިއުޅޭ މީހުން އެނގޭގޮތަށް ލިޔެފައިވާ ފޮތްތަށް ހުންނަކަމަށާއި، އެގޮތުން
އެފަދަ ފޮތްތައް ކުޅުދުއްފުށީގައިވެސް ހުރިކަމަށާއި، އެގެއަށް ސައިމާގެ ކިޔަންފެށިތާ 20 (ވިހި) އަހަރު
ވެއްޖެކަމަށާއި، ޢަބްދުލްކަރީމް މޫސާގެ ނަމުގައި ސައިމާގެ ރަޖިސްޓްރީ ޤާނޫނާ
ހައްދަވައިދެއްވާފައިވާކަމަށް ޢާއިޝަތު މޫސާ ދެކެނީ، އެރަޖިސްޓްރީ ހައްދަވައިދެއްވާފައިވަނީ 1954 މާރޗް
މަހުގެ 7 ގައި ޢަމަލު ކުރަން ފެށި ޤާނޫނުއަސާސީ އާއި، އޭގެ ފަހުން ޢަމަލު ކުރެވެމުންދިޔަ
ޤާނޫނުއަސާސީތަކާއި، އަދި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށްވާތީކަމަށް ޢާއިޝަތު
މޫސާގެ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި، އެމައްސަލަ ސާބިތުކުރުމަށްޓަކައި ޢާއިޝަތު މޫސާގެ ފަރާތުން
ހުށަހެޅި ހެކިން ދީފައިވާ ހެކިބަހުގެ މައްޗަށް ބަލާއިރު،
ޤާނޫނާ ޚިލާފަށް
ހދ. ކުޅުދުއްފުށީ މުލަންމާގެ ޙަސަން މުޙައްމަދު ދީފައިވާ ބަޔާނުގައި އޭނާގެ ބައްޕަ
ކުޅުދުއްފުށި ދިވެހި މުޙައްމަދު އިބްރާހީމާއި ދިވެހި މޫސާ (ދޮންބެ މޫސާ) އަކީ އެއްބަޑު އެއްބަފާ
ދެމީހުންކަމަށާއި، އެދެމީހުން ދިރިއުޅެމުން ދިޔައީ ދިވެހި ގޭގައި ދިވެހި މުޙައްމަދު އަދި ސައިމާގޭގައި ދޮންބެ
މޫސާ މިގޮތަށް ކަމަށާއި، އެދެގެއަކީވެސް އޭނާގެ ބައްޕަ ދިވެހި މުޙައްމަދުގެ ދެގެކަމަށާއި، އޭނާގެ ބައްޕަ
ނިޔާވިއިރު ދިވެހި މޫސާ ހެޔޮހާލުގައި ދުނިޔޭގައި ހުރިކަމަށާއި، ނަމަވެސް ސައިމާގެ ދިވެހި މޫސާއަށް
ދިންކަމެއް ނުވަތަ ނުދޭކަމެއްވެސް
އޭނާއަށް
އަށް އެނގިފައިނުވާކަމަށާއި، ސައިމާގެއާ ބެހޭ އިތުރު މަޢުލޫމާތެއް
4 22
ދިވެހިރާއްޖޭގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2011/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޭނާއަށް ނޭގޭކަމަށް ޙަސަން މުޙައްމަދު 2004 މެއި 05 ގައި ތިލަދުންމަތީ ދެކުނުބުރީ އަތޮޅުއޮފީހަށް ދީފައިވާ
ބަޔާނުގައި ބުނެފައިވާކަން އެނގޭކަމާއި،
ހދ. ކުޅުދުއްފުށީ ކުރަހާގޭ ޢަބްދުﷲ އަބޫބަކުރު ދީފައިވާ ބަޔާނުގައި ހދ. ކުޅުދުއްފުށީ
ސައިމާ ގެއަކީ ކުޅުދުއްފުށީ ދޮންވާތީ އިބްރާހީމްގެ ގޯއްޗާއި ތަކެތިކަމާއި، ދޮންވާތީ އިބްރާހީމަކީ މޫސާ
އިބްރާހީމުގެ ބައްޕަ ކަމަށާއި، އެގޯތި މޫސާ އިބްރާހީމަށް ލިބުނީ މޫސާ އިބްރާހީމާ އެއްބަނޑު އެއްބަފާ ހުރިހާ
ކުދިން އެގޯތި މޫސާ އިބްރާހީމަށް ދިނުމުން ކަމަށާއި، މޫސާ އިބްރާހީމް ނިޔާވަންދެން ދިރިއުޅުނީ އެގޯތީގައި
ކަމަށާއި، ސައިމާގެއަށް ކުރިން ކިޔާ އުޅުނީ ދިވެހިގެ ކަމަށާއި، އެގެއަކީ މުޙައްމަދުބެ (ދިވެހި މުޙައްމަދު)
އެންމެން އުޅުނު ތަންކަމަށާއި، މުޙައްމަދުބެއަށް ލިބުނު ތަނަވަސްކަމާއެކު އެގޯތިކައިރީގައި އޮތް ވާގަނޑު
ސާފުކޮށް އެތާ އެހެން ގެއެއް އަޅާ އެގެއަށް ދިވެހި ކިޔުނު ކަމަށާއި، މިހާރު ހުރި ދިވެހިގެއަކީ ފަހުން
އުފެދުނު ގެއެއްކަމަށާއި މިހާރު ސައިމާގެ ކިޔާ ގޯއްޗަކީ ކުރިން ދިވެހިގެއެވެ ކިޔުނު ގޯތި ކަމަށް ޢަބްދު
ބަކުރު 18 އޭޕްރީލް 2011 ގައި ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން އެނގޭކަމާއި،
އަބޫ ބަކުރު
ހ2229
އެހެންކަމުން މިމައްސަލާގައި ދެފަރާތުން ހުށަހަޅާފައިވާ ހެކިންގެ ވާހަކަތަކުގެ މައްޗަށް
ބަލާއިރު، މިހާރު ހދ. ކުޅުދުއްފުށީ ; ސައިމާގެ ކިޔާ ގޯތި އޮތްތަނުގައި ދޮންބެ މޫސާގެ ބައްޕަ ދޮންވާތީ
އިބްރާހީމް ދިރި އުޅުނުކަމާއި، އޭގެ ފަހުން އެތަނުގައި ދޮންވާތީ އިބްރާހީމްގެ ދަރިން ކަމުގައިވާ މޫސާ
އިބްރާހީމާއި، މުޙައްމަދުބެ (ދިވެހި މުޙައްމަދު، ދިރިއުޅުނުކަމާއި، އެއިރު އެގޯއްޗަށް ކިޔަނީ ދިވެހި ކަމާއި،
ނަމަވެސް، މުޙައްމަދުބޭގެ ދިރިއުޅުން އެހެން ގެއަކަށް ބަދަލުކުރެވުމުން އެގެއަށް (މުޙައްމަދު ބޭގެ ގެއަށް)
ދިވެހިގެ ނަންދެވިފައިވާކަމާއި، މުޙައްމަދުބެ އެގެއަށް ބަދަލުވުމުން އެގޭގައި ދިރިއުޅުނީ ދޮންބެމޫސާކަމާއި،
ދޮންބެ މޫސާ މަރުވަންދެން އެގޭގައި ދިރިއުޅުނުކަން އެނގޭކަމާއި، އެއްވެސް ދުވަސްވަރެއްގައި ދޮންބެ މޫސާގެ
ނަމުގައި ސައިމާގެ ރަޖިސްޓްރީކޮށް ދެއްވާފައިނުވާކަމާއި، ސައިމާގެ އެންމެ ފުރަތަމަވެސް
ތ
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
211/HC-A/229
ދެއްވާފައިވަނީ ޢަބްދުލްކަރީމް މޫސާގެ ނަމުގައި ކަމާއި، ދޮންބެ މޫސާ ނިޔާވިއިރު، އޭނާގެ އެއްވެސް ގޯއްޗެއް،
ގެއެއް އަދި މުދަލެއްވެސް ނެތްކަމަށް އޭނާގެ އެންމެ ދޮށީ 3 (ތިނެއް) ދަރިން ބުނެފައިވާކަމާއި، ދޮންބެ މޫސާ
ނިޔާވުމުން އޭނާގެ ތަރިކައިގެ މައްސަލަ ޝަރީޢަތަށް ހުށަހަޅައިގެން ބެލެވިފައިވާކަން އެނގެން ނެތްކަމެވެ.
2 23ތ
(ނ) ހަތަރުވަނަ ކަމަކީ: ޝަރީޢަތުން ނުވަތަ ޤާނޫނަކުން ލިޔުމެއް އޮތުން ލާޒިމްކުރާ
ކަމެއްގައި ހެއްކެއް ކަމުގައި ބެލޭނީ ހަމަލިޔުމެއްކަމަށް ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ 5
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 14/SC
-
A/2009
ޤަޟިއްޔާގައި އެމާއްދާ ތަޠުބީޤްކުރެވިފައިވާ ގޮތުގެ މައްޗަށް ބަލައި އެއުސޫލު މިމައްސަލައިގައި ތަޠުބީޤު
ކުރުމުން، ހދ. ކުޅުދުއްފުށީ ސައިމާގެ ކިޔާބަންޑާރަ ގޯތި ޢަބްދުލްކަރީމް މޫސާގެ ނަމުގައި ރަޖިސްޓްރީ
ކުރުމުގެ ކުރިން އޭނާނޫން އެހެންމީހަކަށް އެގޯތި ރަޖިސްޓްރީ ކުރެވިފައިވާކަން އެނގޭނެ ރަޖިސްޓްރީއެއް
ފެންނަން ނެތްކަމާއި، ސައިމާގެ ގޯއްޗަކީ ޢަބްދުލްކަރީމް މޫސާގެ ގޯއްޗެއްކަމަށް މިހާރުގެ ރަޖިސްޓްރީތަކުން
ފެންނަން އޮތް އޮތުން ނަފީކުރާ ވަރުގެ އެފަދަ ލިޔުމެއް ނެތްކަމާއި، އަދި ސައިމާގެއަކީ ޢާއިޝަތު މޫސާގެ
ބައްޕަގެ ގެއެއްކަން އެނގޭނޭ ރަސްމީ ލިޔުމެއްނެތްކަމާއި، ސައިމާގޭ ގޯތި އޮތްތަނުގައި ކުރިން ދޮންވާތި
އިބްރާހީމާއި އަދި އޭނާގެ ދަރިންގެ ތެރެއިން ދިވެހި މުޙައްމަދާއި ދޮންބެ މޫސާ އުޅުނުކަމާއި، އޭގެ ފަހުން
ދޮންބެ މޫސާގެ ދަރިންގެ ތެރެއިން ޢާއިޝަތު މޫސާއާއި ޢަބްދުލްކަރީމް މޫސާ އެގޭގައި ވަކި ދުވަސްވަރެއްގައި
ދިރިއުޅެމުން ގެންގޮސްފައިވުމަކީ، ޔަޤީނީ އިލްމު ހާސިލުކުރެވޭ ފެންނަން ހުރި ޤާނޫނީ ހުއްޖަތްތަކެއް
ބާޠިލްވެގެން ދާނެ ކަމެއްނޫންކަން އެނގެން އޮންނަކަމެވެ.
44
x
4
•) ފަސްވަނަ ކަމަކީ މިމައްސަލާގައި ދަޢުވާލިބޭ ފަރާތްތައްކަމަށްވާ ހދ. ކުޅުދުއްފުށީ،
ސައިމާގެ ޢާއިޝަތު މޫސާގެ ބަދަލުގައި ހަމަޖައްސާފައިވާ ހދ. ކުޅުދުއްފުށީ، ނިއުހޯޕް އަބޫބަކުރު މޫސާއާއި
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ފަރާތުން 30 މެއި 2013 ވަނަ ދުވަހުގެ 3:30
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
211/HC-A/229
އަށް
ނަންބަރު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޟިރުވުމަށް އަންގައި، ފޮނުވުނު މިކޯޓުގެ
HC
-
B7
/
2013
/
227 (15 މެއި 2013) ކޯޓަށް ޙާޟިރުވުމުގެ އަމުރާ ހދ. ކުޅުދުއްފުށީ، ނިއުހޯޕް
އަބޫބަކުރު މޫސާ ހަވާލުވެފައިނުވާތީއާއި، އަދި މިކޯޓުގެ ނަންބަރު HC
-
B7
/
2013
/
228 (15 މެއި 2013)
ކޯޓަށް ޙާޟިރުވުމުގެ އަމުރަށް ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ބަޖެތް ނެތުމުގެ
ސަބަބުން ޙާޟިރުނުވެވޭނެކަމަށް އެކައުންސިލުގެ ނަންބަރު 2013
/
74/M
)
266
-
A
/
HC) މެސެޖުން މިކޯޓަށް
އަންގާފައިވާތީއާއި، އަދި އެދެއަމުރުގައިވާ ގަޑިއަށް އެއިން އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ޙާޟިރުވެފައިނުވާތީ، ހައިކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 3 ވަނަ މާއްދާގެ
(ބ) އިން ލިބިފައިވާ އިޚްތިޔާރުގެ ދަށުން މިޤަޟިއްޔާގައި ޙުކުމް ކުރެވެނީ ޢާއިޝަތު މޫސާއާއި ތިލަދުންމަތީ
ދެކުނުބުރީ ކުޅުދުއްފުށި ކައުންސިލް އިދާރާގެ ޣައިރު ޙާޟިރުގައެވެ.
އެހެންކަމުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/17
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭކަމެވެ.
39
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
11
2{11/HC-A/229
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް
ދެންފަހެ އިސްވެބަޔާންކުރެވުނު ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ތިލަދުންމަތީ ދެކުނުބުރީ
ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/B12C/17 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް މިޤަޟިއްޔާގައި އިސްތިޢުނާފުރައްދުވާ ހދ. ކުޅުދުއްފުށީ
ސައިމާގޭ ޢާއިޝަތު މޫސާއާއި، ހދ. ކުޅުދުއްފުށީ ކައުންސިލް އިދާރާގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފީމެވެ.
ހައިކޯކީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv