ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/523 ޤަޟިއްޔާގެ ޙުކުމް
1
2016/HC-A/523
ހިރާއްޖެ
: ، : ﷲ ، މައި"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 523/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތްތައް:
* ނަން: ޑރ.މުޙައްމަދު ޙަނީފް
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 6530
ދ.ރ.ކ. ނަންބަރު: A049432
މިހާރުގެ އެޑްރެސް: ފ.ވޯޓަރކްރަޝް
އިސްތިއުނާފް ރައްދުވި ފަރާތްތައް:
ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް (ސިވިލް ސަރވިސް ކޮމިޝަން)
ދ.ރ... ނަންބަރު:
ދާއިމީ އެޑްރެސް: ވެލާނާ ބިލްޑިންގ
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 22 މުޙައްރަމް 1438 -ނިމުނު ތާރީޚް: 01 ޖުމާދަލްއާޚިރާ 1438
23 އޮކްޓޯބަރު 2016
28 ފެބުރުވަރީ 2017
• އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2015/VTR/159
• ނިންމެވި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
• ހުށަހެޅުނު ތާރީޚް: 03 ޑިސެމްބަރު 2015 • ނިމުނު ތާރީޚް: 22 ސެޕްޓެމްބަރު 2016
• މައްސަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: އަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީ
8
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 1471 *
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ވޯޖއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/523
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/159 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ދަފްތަރު
ނަންބަރު 6530 ޑރ.މުޙައްމަދު ޙަނީފާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/159 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، ޑރ.މުޙައްމަދު ޙަނީފާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި
ސީނިއަރ މެޑިކަލް އޮފިސަރެއްގެ ގޮތުގައި 12 މެއި 2013 އިން ފެށިގެން ވަޒީފާ އަދާކުރަމުން ގޮސް،
15 އޮކްޓޯބަރު 2015 އިން ފެށިގެން ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީގެ މަޤާމަށް ބަދަލުކުރިއިރު، ސިވިލް
ސަރވިސްއިން ޢަމަލު ކުރަމުންގެންދާ "ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ
އޮނިގަނޑު" ގެ ރޭންކް 2-CS16 ގެ ވަޒީފާގެ ބަދަލުގައި ސިވިލް ސަރވިސްއިން ހަމަޖައްސާފައިވަނީ
ރޭންކް 1-CS15 ގެ ވަޒީފާއެއް ކަމަށްވާތީ، އޭނާއަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާއަށް
ބަލައި ރޭންކް 2-CS16 ގެ ވަޒީފާއެއް ހަމަޖައްސަންޖެހޭނެކަމަށް ޤަބޫލުކުރާތީއާއި، އެމަޤާމާއި އަދި
އެމަޤާމާއި ގުޅިގެން ލިބެންޖެހޭ މުސާރައާއި އެލަވަންސް ލިބެމުން ނުދާތީ، ސިވިލް ސަރވިސްއިން ޢަމަލު
ކުރަމުންގެންދާ "ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު" ގެ
CS16-2 ގެ ވަޒީފާއެއް ހަމަޖައްސައި ދިނުމަށާއި، އެވަޒީފާއާ ގުޅިގެން ލިބެންޖެހޭ މުސާރައާއި
އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް
ރައްދުވާގޮތަށް ޑރ.މުޙައްމަދު އަރީފުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ބެލެވުނު
މައްސަލައެއްކަން އެނގޭކަމާއި،
ucoc
ރޭންކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 1471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/523
I
ރޭންކްގެ
O cucOOX
33ދ5ޑ
ޝަރުތުތަކުގެ
އެމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވަނީ " ދެންފަހެ، މައްސަލަ
ހުށަހެޅި ފަރާތުންނާއި، މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލަ ބެލި
މަޖިލީހުގައި ދެއްކި ވާހަކަތަކަށާއި، ހެކިންގެ ހެކިބަހުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، މައްސަލަ ހުށަހެޅި
ޑރ.މުޙައްމަދު ޙަނީފާ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި މެޑިކަލް އޮފިސަރެއްގެ މަޤާމުގައި
ވަޒީފާއަދާކުރަމުން ދަނިކޮށް 15 އޮކްޓޯބަރު 2015 އިން ފެށިގެން، ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީގެ
މަޤާމަށް ބަދަލުކުރިއިރު ވަޒީފާގެ ރޭންކް ސީ.އެސް 15-1 އަށް ބަދަލުކޮށްފައިވާތީ، އެފަރާތުގެ ތަމްރީނާއި
ތަޢުލީމުގެ ގޮތުން ވަޒީފާގެ ރޭންކް އަކީ ސީ.އެސް 16-2 ކަމަށް ޤަބޫލުކުރާތީ، ސިވިލް ސަރވިސް އިން
ޢަމަލުކުރަމުންދާ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑުގެ ރޭންކް ސީ.އެސް
2-16 ގެ ވަޒީފާ ހަމަޖައްސައި ދިނުމަށާއި އަދި އެމަޤާމާ ގުޅިގެން ލިބެންޖެހޭ މުސާރައާއި އެލަވަންސް
ހޯދުމަށް އެދި ހުށަހެޅި މިމައްސަލާގައި، މައްސަލަ ހުށަހެޅި ފަރާތަކީ، ސްޕެޝަލިސްޓް މެޑިކަލް
ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު ސީ.އެސް 16-2 ގެ ރޭންކު ހަމަވާ ފަރާތެއް ނޫންކަމަށާއި،
ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު ސީ.އެސް 16-2
ތެރޭގައި މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ ސެޓްފިކެޓެއް އޮންނަންޖެހޭނެކަމަށް
ނަމަވެސް މައްސަލަ ހުށަހެޅި ފަރާތުން ޙާޞިލްކޮށްފައިވާ ސެޓްފިކެޓަކީ ސީ.އެސް
2-16 ރޭންކަށް ޝަރުތު ހަމަވާ ފެންވަރުގެ ސެޓްފިކެޓެއް ނޫންކަމަށާއި، އަދި އެކަން މޯލްޑިވްސް މެޑިކަލް
ކައުންސިލުން މައްސަލަ ރައްދުވާފަރާތަށް އަންގާފައިވާކަމަށް މައްސަލަ ރައްދުވިފަރާތުން ބުނެފައިވާއިރު،
މައްސަލަ ހުށަހެޅި ފަރާތުން ޙާޞިލްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް މޯލްޑިވްސް މެޑިކަލް ކައުންސިލުން
ބަލައިގެންފައިވަނީ، އެކައުންސިލުން ބަލާ މިންގަނޑުތަކުގެ ތެރެއިން އެމް.ޑީ ނުވަތަ މާސްޓަރސް ލެވެލްގެ
ސެޓްފިކެޓެއްގެ ގޮތުގައިކަމާއި، އެފެންވަރުގެ ސަނަދެއް ޙާޞިލްކޮށްފައިވާ ފަރާތެއްނަމަ އެއީ މެޑިކަލް
ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑުގެ ސީ.އެސް 15-1 ރޭންކަށް ޝަރުތުހަމަވާ ފަރާތެއްކަން
ހގެން އޮންނާތީ، ސިވިލް ސަރވިސް ކޮމިޝަނުން މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާ ސީ.އެސް 16-2
ބަދަލުގައި ސީ.އެސް 15-1 ރޭންކްގެ ވަޒީފާއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެޑިކަލް
ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑާ އެއްގޮތަށްކަމަށާއި، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާފަދަ
އަމުރެއް މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ކުރާނެ ޤާނޫނީ ހަމައެއް ނެތްކަމަށް
މައްސަލަ ބެލި މަޖްލީހުގެ މެމްބަރުންގެ އިއްތިފާޤުން ކަނޑައަޅައި މި މައްސަލަ ނިންމައިފީމެވެ."
މިފަދައިންނެވެ.
ދޗ 2 ދ ތ ދތ
ބަޔާންކޮށްފައިވާކަމެ
ކަމާއި،
Occ
އެނގެން
6 0 04
ރިނކުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 94 ވައި ޖެ
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/523
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/159 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ދަފްތަރު
ނަންބަރު 6530 ޑރ.މުޙައްމަދު ޙަނީފާގެ ފަރާތުން 4 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން، ހުށަހެޅި
ފުރަތަމަ ނުކުތާއަކީ، "ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ
އޮނިގަނޑާއި" ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/159 މައްސަލަ
ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަމަހަމަކަމާއެކު
COC
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި
ޤާނޫނުގެ ކުރިމަތީގައި، އަދި އެ މީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީ ހަމަހަމަވެގެންވާ
މީހެއްކަމާއި، އަދި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް
ލިބިދިނުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެއްކަމަށް ބުނެފައިވާ އުޞޫލާ އަދި ޤާނޫނު ނަންބަރު 2/2007
(ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގައި ސިވިލް ސަރވިސް
މުވައްޒަފުންގެ ތެރޭގައި ތަފާތުކުރުން ނުގެންގުޅޭ މަސައްކަތުގެ މާޙައުލެއް ޤާއިމް
ބުނެފައިވާ އުޞޫލާ
އުޞޫލާ ޚިލާފަށް ސިވިލް ސަރވިސް ކޮމިޝަނުން ޢަމަލުކޮށްފައިވާކަން
އެނގެން އޮތްއިރު އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި
44
مرمر سروس
0 ހތކ
رسمی و ساری
3/ ސ ޑ
ދެކެތައެވެ.
ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔުންތަކާއި ޙާޟިރު
ކުރެވުނު ފަރާތްތަ
ރާތްތަކުން ދިންބަޔާން ދިރާސާކޮށް ވަޒަންކުރުމުގައި އިންސާފުން އެއްކިބާވެ ވަކިފަރާތަކަށް
ބުރަވެފައިވުމާއި ލިޔުންތައް ވަޒަންކޮށްފައިވަނީ ރަނގަޅަށް ކަމަށް ނުވުންކަމަށް
ބުނެ ހުށަހެޅި
ދެކެ 0އވެ.
• ހަތަރުވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން
ހެދިފައިވާ ޤަވާޢިދު ނަންބަރު 20-R/2015 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ޤަވާއިދު 2015) ގެ 47
ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 647/sp
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ai
ވެހިރާއްޖެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/523
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/159 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ދަފްތަރު
ނަންބަރު 6530 ޑރ.މުޙައްމަދު އަރީފުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ންކުތަކަށް އި“
(ހ) ފުރަތަމަކަމަކީ، ޑރ.މުޙައްމަދު ޙަނީފާގެ ފަރާތުން ސިވިލް ސަރވިސްގެ މައްޗަށް
ރައްދުވާގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އުފުލި ޝަކުވާއަކީ، ޑރ.މުޙައްމަދު އަނީފު 15 އޮކްޓޯބަރު
2015 އިން ފެށިގެން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން ކާޑިއޮލޮޖީގެ މަޤާމަށް
ބަދަލުކުރިއިރު، ސިވިލް ސަރވިސްއިން ޢަމަލު
ކުރަމުންގެންގާ
ސްޕެޝަލިސްޓް މެޑިކަލް
ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު" ގެ ރޭންކް 2-CS16 ގެ ބަދަލުގައި ރޭންކް 1-CS15 ގެ
ވަޒީފާއެއް ހަމަޖައްސާފައިވާކަމަށްބުނެ، ޑރ.މުޙައްމަދު އަރީފަށް ލިބިފައިވާ ތަޢުލީމާއި، ތަމްރީނާއި،
ތަޖުރިބާއަށް ބަލައި ރޭންކް CS16-2 ގެ ވަޒީފާއެއް ހަމަޖައްސަންޖެހޭނެކަމަށް ޤަބޫލުކުރާތީ ސިވިލް
ސަރވިސްއިން ޢަމަލު ކުރަމުންގެންދާ "ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ
އޮނިގަނޑު" ގެ CS16-2 ގެ ވަޒީފާއެއް ހަމަޖައްސައި ދިނުމަށާއި، އެވަޒީފާއާ ގުޅިގެން
މުސާރައާ އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހެޅި ދަޢުވާއެއްކަން
އެނގެން އޮންނަކަމެއް
ކަމެވެ.
8 0 4
ރޭންކް
ucoc
(ށ) ދެވަނަކަމަކީ، ސިވިލް ސަރވިސް ކޮމިޝަނުން 01 މެއި 2014 ގައި އެކުލަވާލައި
މިހާރު ޢަމަލުކުރަމުންގެންދާ "ސްޕެޝަލިޝްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު" އަށް
ބަލާއިރު އެ އޮނިގަނޑުގައި 2-CS16 ގެ ރޭންކުގެ ޝަރުތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ:
84
4
2 ހ 86
6
ފާރާއެގެ
(1) މެޑިކަލް އޮފިސަރެއްގެ ޝަރުޠުހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން
ޤަބޫލުކުރާ 05 އަހަރު ދުވަހަށްވުރެ ކުރުނޫން ޑީ.އެމް އެމް.ސީ.އެޗް ނުވަތަ އެއާ އެއްފެންވަ ޑިގްރީއެއް
މެޑިކަލް ސަބް-ސްޕެސިލިޓީއަކުން ޙާޞިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލްގައި
ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން." ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް MI
33
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
بشامي
މުނު ގޮތުގެ ޚުލާޞާ
2016/HC-A/523
(2) މެޑިކަލް އޮފިސަރގެ ޝަރުޠު ހަމަވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލުން
ޤަބޫލުކުރާ 03 އަހަރަށްވުރެ ކުރުނޫން ޑީ.އެމް އެމް.ސީ.އެޗް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް
ސްޕެޝަލްޓީއަކުން ޙާޞިލްކުރުމަށްފަހު، މޯލްޑިވްސް މެޑިކަލް ކައުންސިލް ޤަބޫލުކުރާ 03 އަހަރު
ދުވަހަށްވުރެ ކުރުނޫން ޑީ.އެމް އެމް.ސީ.އެޗް ނުވަތަ އެއާ އެންފެންވަރުގެ ޑިގްރީއެއް މެޑިކަލް ސަބް-
ޝްޕެޝަލިޓީއަކުން ހާސިލުކޮށްފައިވުމާއެކު މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް
ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުން." ނުވަތަ،
(3) ސީއެސް-16-1 ގްރޭޑުގެ ޝަރުތުފުރިހަމަވެ، 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ
ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިންމަތިން މާރކްސް ހޯދާފައިވުން"،
މިފަދައިން ކަން އެނގޭކަމާއި،
އޭނާގެ
3 3 3 24
-/0ކ ރނ
CS16-2
ޑރ.މުޙައްމަދު ޙަނީފުގެ ފަރާތުން މިމައްސަލައިގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ފަރާތުން ހުށަހަޅާ މައިގަނޑު ޝަކުވާއަކީ، އޭނާއަކީ އި
1 ވަނަ
ކަނޑައަޅާފައިވާ މިންގަނޑުން ޝަރުތު ފުރިހަމަވެ
މަވެފައިވާ މީހެއްކަމަށްވީ ނަމަވެސް
ފޑުގައި ބަޔާންކުރާ
ގޮތުގެ
މަތީން ސިވިލް ސަރވިސް ކޮމިޝަނުން ވަޒީފާ
ހަމަޖައްސާފައިނުވާކަމަށް ބުނާ ބުނުންކަން އެނގެން އޮންނަކަމެވެ.
ނަންބަރުގައި
އެހެން ގޮނޑު
(ނ) ތިންވަނަކަމަކީ، މިމައްސަލައާއި ގުޅިގެން ޑރ.މުޙައްމަދު ޙަނީފާގެ ފަރާތުން
ހުށަހަޅާފައިވާ ލިޔުންތަކަށްބަލާއިރު، ޑރ.މުޙައްމަދު ޙަނީފާގެ ފަރާތުން ކިޔަވާފައިވާ ޑޮކްޓަރ އޮފް
މެޑިސިންގ (ކާޑިއޮލޮޖީ) ގެ ކޯހަކީ 05 އަހަރު ދުވަހުގެ ކޯހެއްކަމާއި، އަދި ޑރ.މުޙައްމަދު ޙަނީފަކީ
މެޑިކަލް ސަބް.ސްޕެސިލިޓީއެއްކަމަށްވާ ކާޑިއޮލޮޖީން ޕްރެކްޓިސްކުރުމުގެ ހުއްދަ މޯލްޑިވްސް މެޑިކަލް
ކައުންސިލުން ދީފައިވާ ފަރާތެއްކަން އެނގެން އޮންނަކަމާއި، މީގެ އިތުރުން ކާޑިއޮލޮޖީގެ ދާއިރާއިން
ޑރ. މުޙައްމަދު ޙަނީފާ ޙާސިލުކޮށްފައިވާ ޑޮކްޓަރ އޮފް މެޑިސިންގ (ކާޑިއޮލޮޖީ) ސެޓްފިކެޓަކީ މޯލްޑިވްސް
ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބެލުމަށްފަހު ޤައުމީ ސަނަދުގެ އެންމެ މަތީ ދަރަޖަކަމުގައިވާ ލެވެލް 10
ގައި ހިމެނިފައިވާ ސެޓްފިކެޓެއްގެ ގޮތުގައި ބަލައިގެންފައިވާ ސެޓްފިކެޓެއްކަން މިމައްސަލައިގައި ހުށަހެޅުނު
ލިޔުންތަކުން އެނގެން އޮންނައިރު، ޑރ.މުޙައްމަދު ޙަނީފު "ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ
ވަޒީފާގެ އޮނިގަނޑު" ގެ 2-CS16 ގެ 1 ވަނަ ނަންބަރުގައި ބަޔާންކުރާ ޝަރުތު ފުރިހަމަ
ތޯއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/sl*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/523
ފަރާތެއްގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުން ދެކޭ ސަބަބަކީ، ޑރ.މުޙައްމަދު އަރީފުގެ ތަޢުލީމީ
ސެޓްފިކެޓް މޯލްޑިވްސް މެޑިކަލް ކައުންސިލުން ބަލައިގެންފައިވަނީ މާސްޓަރސް ލެވެލްގެ ސެޓްފިކެޓެއްގެ
ގޮތުގައި ކަމަށްވާތީކަމަށް ބުނެ އެސަބަބުގެ މައްޗަށްކަން އެނގެން އޮންނައިރު، މިމައްސަލަ ނިންމެވުމުގައި
ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް ބުރަވެފައިވަނީ މޯލްޑިވްސް މެޑިކަލް ކައުންސިލުން ބުނެފައިވާ އެބުނުމުގެ
މައްޗަށް އެކަނި ރިޢާޔަތްކޮށްގެންކަން އެނގޭކަމެވެ.
مقر مرمرم مرمر
eރއ
24 2
1370
(ރ) ހަތަރުވަނަކަމަކީ، މިމައްސަލަ ނިންމެވުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ރާތްކުރެވުނު ގޮތަށް ބުރަވެ މައްސަލައިގައި ގޮތެއް ކަނޑައަޅައިފައިވީނަމަވެސް ވަޒީފާއާބެހޭ
މިބިނަލުން މިމައްސަލަ ނިންމެވުމުގައި ބައިވެރިވެ މެންބަރުގެ ރައުޔުގެ ފާހަގަކުރެވުނު ކަންތައްތަކުގެ
ހިމެނޭ ކަންތައްތަކުގެ ތެރެއިން 15 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ގޮތުން، މިމައްސަލަ
ސާބިތުކުރުމަށް ޑރ. މުޙައްމަދު ޙަނީފާގެ ފަރާތުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ހިމެނޭ ޑރ.މުޙައްމަދު
ޙަނީފާގެ ތަޢުލީމީ ސެޓްފިކެޓަށް ބެލުމުން އެސެޓްފިކެޓަކީ އިންޑިއާގެ ޑީ.އެމް ޑިގްރީއާއި އެއްފެންވަރެއްގެ
ސެޓްފިކެޓެއްކަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކޮށް ޤައުމީ ސަނަދުގެ ލެވެލް 10 ގެ
ގޮތުގައި ގިންތިކޮށްފައިވާކަމަށް އެނގެން އޮންނަކަމަށް އަދި ޑާކާ ޔުނިވަސިޓީން ޑރ.މުޙައްމަދު ޙަނީފަށް
ދީފައިވާ ލިޔުންތަކަށް ބެލުމުން ޑރ.މުޙައްމަދު ޙަނީފަށް ދޫކޮށްފައިވާ އެމް.ޑީ.ކާޑިއޮލޮޖީ ޑިގްރީ އަކީ
ބަންގްލަދޭޝްގައި އެރޮގުންދެވޭ އެންމެ މަތީ ފާސްކަމަށް އަދި އޭޝިޔާގެ ބައެއް ޤައުމުތަކުގައި އެ
ޑިގްރީއަކީ (DM
(
Cardiology އާ އެއްފެންވަރުގެ ފާހެއްކަމަށް އެލިޔުމުގައި ބަޔާންކޮށްފައިވާކަމަށް
ފާހަގަކުރައްވާފައިވާކަން އެނގެން އޮންނައިރު، ސްޕެޝަލިޝްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ
އޮނިގަނޑު" ގެ 2-CS16 ގެ 1 ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ މިންގަނޑަށް ބަލާއިރު، މި
މިންގަނޑުގައި ބަޔާންކުރާކަންކަން ފުރިހަމަވާކަމަށް ބެލެވެނީ 4 ކަމެއް ފުރިހަމަވުމުންކަން އެނގެން
އޮންނަކަމާއި، މިގޮތުން ފުރަތަމަކަމަކީގެ މެޑިކަލް އޮފިސަރެއްގެ ޝަރުޠުހަމަވުންކަމާއި ދެވަނަކަމަކީ؛
މޯލްޑިވްސް މެޑިކަލް ކައުންސިލުން ޤަބޫލުކުރާ 05 އަހަރު ދުވަހަށްވުރެ ކުރުނޫން ޑިގްރީއެއް މެޑިކަލް
ސަބްސްޕެސިލިޓީއަކުން ޙާސިލުކޮށްފައިވުންކަމާއި ތިންވަނަކަމަކީ: މެޑިކަލް ސަބްސްޕެސިލިޓީއަކުން
ޙާސިލުކޮށްފައިވާ ޑިގްރީއަކީ ޑީ.އެމް އެމް.ސީ.އެޗް ނުވަތަ އެއާ އެއްފެންވަރެއްގެ ޑިގްރީއެއްކަމަށްވުންކަމާއި
އަދި ހަތަރުވަނަކަމަކީ؛ މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ
ލިބިފައިވުންކަން އެނަންބަރުގައި ކަނޑައަޅައިފައިވާކަންކަމަށް ބެލުމުން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: j931471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2016/HC-A/523
މުނު ގޮތުގެ ޚުލާޞާ
ޓްރީޓް
4
4 *
މިމިންގަނޑުގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން 3 ކަމެއް ޑރ.މުޙައްމަދު ޙަނީފާގެ
ކިބައިގައި ފުރިހަމަވެފައިވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުންވެސް ޤަބޫލުކުރާކަމާއި، މިކަންކަމުގެ
ތެރެއިން ޑރ.މުޙައްމަދު ޙަނީފާގެ ކިބައިގައި ފުރިހަމަނުވަނީ ހަމައެކަނި ޑރ.މުޙައްމަދު ޙަނީ
ޙާސިލުކޮށްފައިވާ ޑިގްރީއަކީ ޑީ.އެމްއެމް.ސީ.އެޗް ނުވަތަ އެއާ އެއްފެންވަރެއްގެ ޑިގްރީއެއްނޫންކަމަށް
ސިވިލް ސަރވިސް ކޮމިޝަނުން ދެކޭދެކުމުގެ މައްޗަށްކަން އެނގެން އޮންނައިރު، މިނަންބަރުގައި
ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބެލުމުން އަދި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ
ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބެލުމުން ތަޢުލީމީ އެކި ސެޓްފިކެޓް ފާސްތައް، މެޑިކަލް ދާއިރާގެ ކޯސްތަކުގެ
ސެޓްފިކެޓްތައް ހިމެނޭ ގޮތުން ގިންތި ކަނޑައަޅައި، އެކްރެޑިޓް ކުރުމުގެ ހަމައެކަނި ބާރުލިބިގެންވަނީ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށްކަމާއި، މިމައްސަލައިގައި ފެންނަން ހުރި ލިޔެކިޔުންތަކަށް ބެލުމުން
މޯލްޑިވްސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޑރ.މުޙައްމަދު ޙަދީފަށް ލިބިފައިވާ ސެޓްފިކެޓް
ޤަބޫލުކޮށްފައިވަނީ ޤައުމީ ސަނަދުގެ ލެވެލް 10 ގެ ގިންތީގައިކަން އެނގެން އޮންނައިރު، އަދި
އެސެޓްފިކެޓަކީ ޤައުމުތަކުގައި ޑީ.އެމް ޑިގްރީއާއި އެއްފެންވަރެއްގެ ސެޓްފިކެޓެއްކަން ސާބިތުވާ
މިންވަރުގެ ޙުއްޖަތްތަކެއް ޑރ.މުޙައްމަދު ޙަނީފާގެ ފަރާތުން ހުށަހަޅާފައިވާއިރު، މޯލްޑިވްސް ކޮލިފިކޭޝަން
އޮތޯރިޓީން ބަލައިގެންފައިވާ އެސެޓްފިކެޓްގެ ގިންތި ނަފީކުރެވޭވަރުގެ އަދި ޑރ.މުޙައްމަދު އަރީފުގެ
ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުން ސާބިތުވާން އޮތްކަންކަން ނަފީކުރެވޭ ވަރުގެ ހަރުދަނާ ޙުއްޖަތްތަކެއް
ސިވިލް ސަރވިސް ކޮމިޝަނުން މިމައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށްއަށްވެސް އަދި
ދިވެހިރާއްޖޭގެ ހައިކޯޓަށްވެސް ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަމާއި، މިހެންކަމުން މިމައްސަލައާއި
ގުޅިގެން ޑރ.މުޙައްމަދު އަރީފުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅި އެންމެހައި ކަންކަމުގެ މައްޗަށް
ރިޢާޔަތްކުރުމުން، ޑރ.މުޙައްމަދު ޙަނީފަކީ ސިވިލް ސަރވިސްއިން ޢަމަލު ކުރަމުންގެންދާ "ސްޕެޝަލިސްޓް
މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު" ގެ
CS16-2 ގައި
މިންގަނޑުގައިވާ ކަންކަން ފުރިހަމަވެފައިވާ ފަރާތެއް ނޫންކަމުގައި
ދ
COCOCOC
ބައެއް
cu o
ރާންކް
ޑ ޓ ޏ ސ ޑޏ ސ ޑ ޒ
18ނނ0ހ2ވ
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިންހުރުމުން މިމައްސަލަބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2015/VTR/159 މައްސަލައިގައި
އެޓްރައިބިނަލުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ޕެކް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/523
ހުކުމް:
822 ޑ ޖ
ކުރުމުންގެ
ދެންފަހެ، އިސްވެފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2015/VTR/159 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލްކޮށް،
ޑރ.މުޙައްމަދު ޙަނީގެ ވަޒީފާގެ ރޭންކް 1-CS15 ގެ ގޮތުގައި ސިވިލް ސަރވިސް ކޮމިޝަނުން
ހަމަޖައްސާފައިވަނީ ސިވިލް ސަރވިސްއިން ޢަމަލު ވެގެންދާ ސްޕެޝަލިސްޓް މެޑިކަލް
ޕްރެކްޓިޝަނަރުންގެ ވަޒީފާގެ އޮނިގަނޑު" ގައި ބަޔާންކޮށްފައިވާގޮތާއި ޚިލާފަށްކަމަށް ކަނޑައަޅައި، ސިވިލް
ސަރވިސް އިން ޢަމަލުކުރަމުންގެންދާ ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރުންގެ ވަޒީފާގެ
އޮނިގަނޑު"ގެ ރޭންކު 2-CS16 ގެ ވަޒީފާއެއް މިއަދު 28 ފެބުރުވަރީ 2017 ވަނަ ދުވަހުން ފެށިގެން
15 (ފަނަރަ) ދުވަހުގެ ތެރޭގައި ޑރ.މުޙައްމަދު އަރީފަށް ހަމަޖައްސައި އެރޭންކުގެ ވަޒީފާއާއި ގުޅިގެން
ލިބެންޖެހޭ މުސާރައާއި އެލަވަންސްގެ ގޮތުގައި ލިބެންޖެހޭ އެންމެހައި ފައިސާ އޭނާއަށް ދިނުމަށް ސިވިލް
ސަރވިސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށް އެގޮތުގެ މަތީން މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން، ޙުކުމްކޮށްފީމެވެ.
4 6 8
05
CC
*
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv