ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/284 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/284
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
6
• ޤަޟިއްޔާ ނަންބަރ: 284/HC-A/2014
އިސްތިއުނާފުކުރި ފަރާތް،
* ނަން: ޢަލީ ޢަބްދު
*އައިޑީ
ކާޑް ނަންބަރު: A155965
ދާއިމީ އެޑްރެސް: ކާމިނީގެ/ ޅ.ނައިފަރު
މައިކް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަލީ ޢަބްދުލްކަރީމްގެ ވާރިޘުން (އަޙްމަދު ރަޝީދު)
ދާއިމީ އެޑްރެސް: އަލިވަރު | ޅ.ނައިފަރު
*އައިޑީ ކާޑް ނަންބަރު: A221042
• ރަޖިސްޓްރީ ތާރީޚް: 20 ޛުލްޙިއްޖާ 1436
14 އޮކްޓޯބަރ 2014
ނިމުނު ތާރީޚް: 14 ޖުމާދަލްއޫލާ 1436
05 މާރޗް
2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/G2C/103
، ނިންމެވި ކޯޓް: ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ދަރަނި
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
ފަނޑިޔާރު އގ.ޢަލީ ސަމީރު، ފަނޑިޔާރު އިޒް. ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އޖ.ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ޕޯން:3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް:www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް ރިޕޯޓް
2014/HC-A/284
ދަޢުވާގެ ޚުލާޞާ
މިއީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/G2C/103 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން
އެދި ޅ.ނައިފަރު/ ކާމިނީގެ ޢަލީ ޢަބްދުﷲގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
CCCO
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ޅ.ނައިފަރު އަލިވަރު ޢަލީ ޢަބްޑު
ޢަބްދުލްޙަކީމުގެ
ވާރިސުންނެވެ.
07192
ހ3ކވާން ކަންތައްc
103/G2C2011
01- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ޅ.ނައިފަރު އަލިވަރު އަލްމަރްޙޫމް ޢަލީ
ޢަބްދުލްޙަކީމް ދުނިޔޭގައިހުރެ އޭނާގެ ހެޔޮޙާލުގައި ޅ.ނައިފަރު/ ކާމިނީގެ ޢަލީ ޢަބްދުﷲއަށް ޅ.ނައިފަރުން
ދޫކޮށްފައިވާ ފަލަކް، ކިޔާ ގޯތީގައި ކޮށްދީފައިވާ މަސައްކަތްތަކުގެ އުޖޫރަ ފުރިހަމައަށް ލިބިފައި ނުވާތީ ނުލިބިވާ
ފައިސާ ހޯދުމަށް އެދި 28 އޯގަސްޓް 2011 ދުވަހު ޢަލީ ޢަބްދުލްޙަކީމުގެ ހެޔޮހާލުގައި ދުނިޔޭގައިހުރެ
ޝަރީޢަތަށް ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
6 24
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، ޅ.ނައިފަރު އަލިވަރު އަލްމަރްޙޫމް ޢަލީ
ޢަބްދުލްޙަކީމް ދުނިޔޭގައި ހުރެ އޭނާގެ ހެޔޮހާލުގައި ޅ.ނައިފަރު ކާމިނީގެ އަލީ އަބްދުﷲ އަށް ޅ.ނައިފަރުން
ދޫކޮށްފައިވާ ފަލަކް، ކިޔާ ގޯތީގައި ކޮށްދީފައިވާ މަސައްކަތްތަކުގެ އުޖޫރަ ފުރިހަމައަށް ލިބިފައި ނުވާތީ ފައިސާ
ހޯދުމަށް އެދި 28 އޯގަސްޓް 2011 ދުވަހު ޢަލީ ޢަބްދުލްޙަކީމުގެ ހެޔޮޙާލުގައި ދުނިޔޭގައިހުރެ ޝަރީޢަތަށް
ހުށަހެޅުމުން ބެލެވުނު މިމައްސަލަ ޝަރީޢަތުން ބެލިބެލުމުން، ޅ.ނައިފަރު ފަލަކް ޢަލީ ޢަބްދުﷲގެ އަތުން
އަލްމަރްޙޫމް ޢަލީ ޢަބްދުލްޙަކީމުގެ ވާރިޘުންނަށް 2300ރ. (ތޭވީސްހާސް) ރުފިޔާ ލިބެންޖެހޭކަން
ހިރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން:3325029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
3
20j4/HC-A/284
ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް ކަނޑައަޅައި މިފައިސާ ޢަލީ ޢަބްދުލްޙަކީމްގެ ވާރިޘުންނާ ޙަވާލުކުރުމަށް މިއަދު
28 ޖުލައި 2014 ދުވަހުން ފެށިގެން 60 ދުވަހުގެތެރޭގައި ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ދައްކާ
ޚަލާޞްކުރުމަށް ޅ.ނައިފަރު ކާމިނީގެ، ޢަލީ ޢަބްދުﷲ އަށް އަންގައި މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ.” މިފަދައިންނެވެ.
02- ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/G2C/103 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަ
ވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި ކާމިނީގެ/ ޅ.ނައިފަރު ޢަލީ ޢަބްދުﷲގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ.
6
ފުރަތަމަ ނުކުތާއަކީ، ޝަރީޢަތަށް ޙާޟިރު ކުރެވުނު ހެކިންގެ ހެކިބަހުން ޢަލީ ޢަބްދުﷲ ﷲ
އަލްމަރްޙޫމް ޢަލީ ޢަބްދުލްޙަކީމް އާއި ޙަވާލުކުރި ޢަލީ ޢަބްދުﷲގެ ގެ ޢިމާރާތް ކުރުމުގެ ކޮންޓްރެކްޓް
ހުއްޓާލިއިރު، އެކޮންޓްރެކްޓްގެ ދަށުން ކުރަންޖެހޭ މަސައްކަތް ފުރިހަމަނުކޮށްވާތީވެ، އިތުރަށް ހުރި މަސައްކަތް
ކުރުމަށްޓަކާ -/18725 (އަށާރަހާސް ހަތްސަތޭކަ ފަންސަވީސް) ރުފިޔާ ޚަރަދުކޮށްފައިވާކަން ހެކިންގެ
ހެކިބަހުން ސާބިތުވާން އޮތްއިރުވެސް އެކަމަށް ބެލުމެއްނެތި މައްސަލަ ނިންމަވާފައިވުންކަމަށް ބުނެ ހުށަހެޅި
eކe.
• ދެވަނަ ނުކުތާއަކީ، ޢަލީ ޢަބްދުﷲގެ ގެ ޢިމާރާތް ކުރުމުގެ މަސައްކަތާއި ޙަވާލުވި ފަރާތުން
އެމަސައްކަތް ފުރިހަމަކޮށްފައި ނުވާތީ އިތުރަށް އެމަސައްކަތް ކުރުމަށްޓަކާ ޢަބްދުއްސައްތާރު ޢީސާ ޅ.ނައިފަރު
ނޫވިލާގެ ލައްވާ މަސައްކަތްކުރިކަން ބުނެފައިވަނިކޮށް ޙާޟިރުކޮށް ހެކިބަސް ނަގާފައިވާކަމަށް ބުނެ
ހުށަހެޅި .
44
އޭނަގެ
ނަތަ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ޕޯން:3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޤުލްސް ރިޕޯޓް
20j4/HC-A/284
03- މިމައްސަލައާއި ގުޅިގެން ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/G2C/103 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަނުޖެހޭ ކަމަށްބުނެ ޅ.ނައިފަރު/ ކާމިނީގެ
ޢަލީ ޢަބްދުﷲގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް
ރަގ ހ 31 ¢ ¢ ¢ ¢
އެތައް ފަހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/G2C/103 ޤަޟިއްޔާގެ ޝަރީޢަތަށް ޅ.ނައިފަރު އަލިވަރު ޢަލީ ޢަބްދުލްޙަކީމުގެ ފަރާތުން ހުށަހެޅި
ދަޢުވާއަކީ، އޭނާ ޅ.ނައިފަރު/ ކާމިނީގެ ޢަލީ ޢަބްދުﷲ އަށް ކޮށްދީފައިވާ މަސައްކަތްތަކެއްގެ އުޖޫރަ ހޯދުމަށް
އެދި ހުށަހެޅި މައްސަލައެއްކަމާއި، މިގޮތުން ޢަލީ ޢަބްދުﷲ އަށް ޅ.ނައިފަރުން ދޫކޮށްފައިވާ ފަލަކްއެވެ
ކިޔާގޯތީގައި ޢަލީ ޢަބްދުﷲ ގެ އެދުމުގެ މަތީން ޢަލީ ޢަބްދުލްޙަކީމް ކޮށްފައިވާ މަސައްކަތްތައްކުރުމަށް
އެއްބަސްވީ އެކުޖުމްލަ -/72,000 ރ. (ހަތްދިހަދެހާސްރުފިޔާ) އަށްކަމަށާއި، އޭގެ ތެރެއިން ދެފަހަރެއްގެ
މަތީން -/40,000 ރ. (ސާޅީސްހާސްރުފިޔާ) ދިންކަމަށާއި، މިހެންކަމުން ޢަލީ ޢަބްދުﷲގެ އަތުން އިތުރަށް
-/32,000 ލިބެންޖެހޭކަމަށް ބުނެ ހުށަހަޅާފައިވާ ދަޢުވާއެއްކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، މިމައްސަލަ ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓު ކޯޓުގައި ހިނގަމުންދަނިކޮށް އަދި
މިމައްސަލައިގެ ޙުކުމް ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރުމުގެ ކުރިން މިމައްސަލަ އެކޯޓަށް ހުށަހެޅި
ޢަލީ ޢަބްދުލްޙަކީމް ނިޔައުވެފައިވާކަން މިމައްސަލަ ނިންމެވުމުގައި ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓް ކޯޓުން
ފާހަގަކުރެއްވި ނުކުތާތަކަށް ބެލުމުން އެނގޭކަމާއި، ޝަރުޢީކޯޓަކަށް މައްސަލައެއް ހުށަހެޅުމަށްފަހު
އެމައްސަލައެއް ހުށަހެޅި ފަރާތް މަރުވެއްޖެނަމަ އެމައްސަލައިގެ ދަޢުވާވެރިޔާ އެހިސާބުން ނެތުނީކަމުގައި ބަލައި
އެމައްސަލައެއް އިޖުރާއީގޮތުން ބާތިލުކުރަންޖެހޭނެކަމާއި، އަދި މިއީ މިހާތަނަށް ޝަރުޢީކޯޓުތަކުން އެކަން
ޢަމަލުކުރަމުން އަންނަ އުސޫލުކަމާއި، މިގޮތުން ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގައި އެމައްސަލަ ހުށަހެޅި
ހުރިހާ ފަރާތެއް މަރުވެއްޖެނަމަ، އެދަޢުވާއެއް އިޖުރާއީ ގޮތުން ބާތިލުކުރެވޭނެކަމަށާއި، މިގޮތަށް ބާތިލުކުރެވޭ
ދިވެހިރާއްޖޭގެހައިކޯޓް އާބު މުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
5
2014/HC-A/224
މައްސަލައެއްގެ ދަޢުވާއަކީ މައުޟޫޢީގޮތުން ވާރިސުންނަށް ހުށަހެޅިދާނެ މައްސަލައެއްނަމަ އަލުން ވާރިސުން
ހުށަހެޅުމުން އެމައްސަލައެއް ބެލުމުގެ އިޚްތިޔާރުކޯޓަށް ލިބިގެންވާކަމަށް ބަޔާންކޮށް މިފަދަ މައްސަލަތަކުގައި
ޢަމަލުކުރާނެ އުސޫލެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަވާޢިދުގެ 52 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ
ސުޕްރީމްކޯޓުގެ ޤަވާޢިދުގެ 82 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިހެންކަމުން ފާދިއްޕޮޅު ނައިފަރު
މެޖިސްޓްރޭޓްކޯޓަށް އިސްތިއުނާފު މިކުރެވޭ މައްސަލަ ހުށަހެޅި ޢަލީ ޢަބްދުލްޙަކީމް ނިޔައުވުމަށްފަހު
މިމައްސަލައަކީ ޢަލީ ޢަބްދުލްޙަކީމް ދަޢުވާކުރި މައްސަލައެއްގެ ގޮތުގައި ބަލައި ޙުކުމް ކޮށްފައި އޮތް އޮތުމަކީ
ބާތިލު އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އެއްބަސްވެވޭކަމެވެ.
ވީމާ، އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓުގެ ނަންބަރު 2011/G2C/103 ޤަޟިއްޔާގެ ޙުކުމް
ކުރުމުގެ ކުރިން އެމައްސަލަ އެކޯޓަށް ހުށަހެޅި ޢަލީ ޢަބްދުލްޙަކީމް ނިޔައުވެފައިވާތީ އާއި، މިމައްސަލަ އެކޯޓުން
ބަލައި ޙުކުމް ކުރައްވާފައިވަނީ މިދަޢުވާ ޢަލީ ޢަބްދުލްޙަކީމްގެ ވާރިސުންގެ ފަރާތުން އެކޯޓަށް މިމައްސަލަ
ބަލައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށްގެން ކަމުގައިނުވާތީ އެފަދައިން ނިންމި ނިންމުމަކީ
ޙުކުމްކުރުމުގެ ކުރިއަށް އައި ބާތިލު އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއްކަމުން
އެޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާތިލުކުރަންޖެހޭނެކަމުގައެވެ.
ދޫކޮމް
ދެން،ފަހެ އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ފާދިއްޕޮޅު ނައިފަރު މެޖިސްޓްރޭޓްކޯޓުގެ
ނަންބަރު 2011/G2C/103 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާތިލުކޮށް މިމައްސަލައަކީ ޢަލީ
ޢަބްދުލްޙަކީމްގެ ވާރިސުންގެ ފަރާތުން މިމައްސަލަ ބަލައިދިނުމަށް އެކޯޓަށް ހުށަހަޅައިފިނަމަ އަލުން މިމައްސަލަ
ބަލައި ފައިސަލާކުރަނިވި ޙުކުމެއް ކުރަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައި އެގޮތުގެ މަތީން މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް އާބުކުރުޒުހިއ.ގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް:www.highcourt.gov.mv