ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/175 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/115
ޤަޟިއްޔާ ނިމުނު ގޮތު
ދެލި
بسم ابنها احمر السیسم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 175/HC
-
A/2012
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ސިވިލް ސަރވިސް ކޮމިޝަން
ދާއިމީ އެޑްރެސް: ވެލާނާގެ
މިހާރުގެ އެޑްރެސް: ވެލާނާގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާސިޔަތު ޢަބްދު
| އައިޑީ ކާޑު ނަންބަރ: A322781
* ދާއިމީ އެޑްރެސް: އުޖާލާގެ | ށ. މަރޮށި
މިހާރުގެ އެޑްރެސް:
އާބިން | މާލެ
ގި
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 ރަޖަބް 1433
06 ޖޫން 2012
ނިމުނު ތާރީޚް: 07 ޞަފަރު 1435
10 ޑިސެމްބަރ 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2017/VTR/01
ނިންމިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
0
ދިވެހިރާއްޖޭގެ
O
ހަޢިކް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ .
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތު
2012/HC-A/115
کی عمری
ދެލި
ދަޢުވާގެ ޚުލާޞާ
01/VTR/2012
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ، އެމައްސަލަ
އިސްތިއުނާފު ކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލިފައިވާ ޤަޟިއްޔާއެކެވެ.
/
<< O
0792/
c ;
މިޤާޟިއްޔާގައި އިސްތިއުނާފު ރައްދުވާފަރާތަކީ، ށ. މަރޮށީ އުޖާލާގޭ އާސިޔަތު
ޢަބްދުﷲއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/01 މައްސަލަ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް
ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/01 މައްސަލަ ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، 1986 ވަނަ އަހަރުން ފެށިގެން މަރޮށި، އަލްމަދަރުސަތުލް
މުނައްވަރާގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އެސުކޫލް 2007 ވަނަ އަހަރު ސަރުކާރު ސުކޫލަކަށް ބަދަލުވުމާ
ގުޅިގެން އޭރު އަލްމަދަރުސަތުލް މުނައްވަރާގައި ވަޒީފާ އަދާކުރަމުންދިޔަ ހުރިހާ މުވައްޒަފުންނާއެކު ސަރުކާރު
ޙަވާލުކޮށްފައި ވީނަމަވެސް، އޭނާގެ ވަޒީފާގެ ކަންތައް ހަމަނުޖައްސައި، ގެންގުޅުމަށްފަހު މަޤާމަށް ޝަރުތު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް 1
331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3
¢ 3
ދެވެ
2012/HC-A/115
ޤަޟިއްޔާ ނިމުނު
ހަމަނުވާތީ ވަޒީފާ ދާއިމީ ކޮށްދެވެން ނެތްކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަށް 15 ނޮވެމްބަރ 2011 އިން
ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ނޯޓިސް ދީފައިވާތީ، އެމައްސަލަ ބަލައި ދިނުމަށް އެދި އާސިޔަތު
ޢަބްދުﷲ (A322781)، އުޖާލާގެ، ށ. މަރޮށި 09 ޖެނުއަރީ 2012 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މިމައްސަލައާ ގުޅިގެން ދެފަރާތުން ހުށަހަޅާފައިވާ
އެންމެހައި ލިޔެކިޔުންތަކަށާއި، މައްސަލަބެލި މަޖިލީހުގައި ފާހަގަކުރި ކަންކަމަށް ނަޒަރުކުރާއިރު، އާސިޔަތު
ޢަބްދުﷲ އަކީ 1986 ވަނަ އަހަރުން ފެށިގެން މަރޮށި، އަލްމަދަރުސަތުލް މުނައްވަރާގައި
މަސައްކަތްކުރަމުން އައިސްފައިވާ މީހެއްކަމަށާއި، އެ ސްކޫލް 2007 ވަނަ އަހަރު ސަރުކާރު ސްކޫލަކަށް
ބަދަލުވެ އެ ސްކޫލުގެ މުވައްޒަފުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ބަދަލުވިއިރު އާސިޔަތު
ޢަބްދުﷲ އަކީ ށ. މަރޮށި، އަލްމަދަރުސަތުލް މުނައްވަރާގެ މުވައްޒަފެއްކަން އެނގެން އޮތުމުން، ޤާނޫނު
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) އާއި 17 ވަނަ މާއްދާ އަށް
ރިޢާޔަތްކޮށް، އާސިޔަތު ޢަބްދުﷲ ހުރި މަޤާމަކީ ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މަޤާމެއްކަމަށް
ބަލަންޖެހޭ ހިނދު، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މަޤާމެއްގައި ހުރި މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުގައި ކަނޑައަޅާފައިވާ އުސޫލުން އާސިޔަތު
ޢަބްދުﷲއާ މެދު ޢަމަލުކޮށްފައި ނުވާތީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ
މާއްދާއަށް ރިޢާޔަތްކޮށް، އާސިޔަތު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ޤާނޫނު
ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއާ ޚިލާފަށް ކަމަށް މައްސަލަ ބެލިމަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008 ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ
ދަށުން އޭނާ ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން
ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުކަމަށް ބުނާ ތާރީޚުން ފެށިގެން
އޭނާއަށް ދޭންޖެހޭ މުސާރައާއި އެންމެހައި ޢިނާޔަތްތަކަށްވާ ފައިސާ 05 މާރޗް 2012ން ފެށިގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް 1
331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ޖެހިރާއްޖޭ
ހައިކޯa
4
2{12/HC-A/115
کیم محترمب
&22 ތތ
ޤަޟިއްޔާ ނިމުނު
7(ހަތެއް) ދުވަހުގެ ތެރޭގައި ދިނުމަށްފަހު، އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން
އެންގުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި" އެގޮތުގެމަތިންކަން އެމައްސަލައިގެ މައްސަލަ
ނިމުނުގޮތުގެ ރިޕޯޓު" އިން އެނގެން އޮވެއެވެ.
2 2 22
3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/01 މައްސަލަ އެޓްރައިބިއުނަލުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަނުގެ
ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ސިވިލް ސަރވިސް
ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ:
ބަޔާންކުރާ ވަޒީފާ ދިނުމުގެ އަސާސީ މިންގަނޑުގެ ތެރެއިން އެމާއްދާގެ (ށ) ގައިވާ ފަދައިން ޝަރުތު
ހަމަނުވާ ފަރާތަކަށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޚިލާފަށް ވަޒީފާ ދިނުމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާކަމަށްބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ
ވަޒީފާއެއް އާސިޔަތު ޢަބްދުﷲ އަށް ދީފައި ނުވަނީސް، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ 87 ވަނަ
މާއްދާއާ ޚިލާފަށް އޭނާއަކީ ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއެއްގައި ހުރި މީހެއްކަމަށް ބަލައި، މުސާރައާއި
އިނާޔަތް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފައިވަނީ
އެޓްރައިބިއުނަލަށް ޤާނޫނުން ލިބިދީފައިނުވާ އިޚްތިޔާރެއްގެ ދަށުންކަމަށްބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 33b477
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
43
2{12/HC-A/115
کی مرگی
ދިވެހިން324 ހައިކޯ"
ޤަޟިއްޔާ ނިމުނު
ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އަދި އެޤާނޫނުގެ
17 ވަނަ މާއްދާ އަށް ރިޢާޔަތްކޮށްކަމަށް ބަޔާންކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ނިންމާފައިވަނީ
ބުނެވިދިޔަ މާއްދާތަކުގެ މަޤްސަދާއި ރޫހާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/01 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެމައްސަލަ އިސްތިއުނާފު ކުރަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މިމައްސަލައިގެ އިސްތިއުނާފު ރައްދުވާ އާސިޔަތު ޢަބްދުﷲ ގެ
ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ: މަރޮށީ، އުޖާލާގޭ އާސިޔަތު ޢަބްދުﷲ އަކީ 1986 ވަނަ އަހަރުން
ފެށިގެން ށ. މަރޮށީ އަލްމަދްރަސަތުލް މުނައްވަރާގައި ވަޒީފާ އަދާކުރަމުން ދިޔަ އެމަދްރަސާގެ
މުވައްޒަފެއްކަމާއި، އާސިޔަތު ޢަބްދުﷲގެ ކިބައިގައި އޭނާ އަދާކުރަމުންދިޔަ މަޤާމުގެ ޝަރުތު ފުރިހަމަ
ނުވާކަމަށް ބުނެ، 14 ފެބުރުއަރީ 2012 ގައި އާސިޔަތު ޢަބްދުﷲ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ
ވަކިކުރުމަށް 15 ނޮވެމްބަރު 2011 ގައި އާސިޔަތު ޢަބްދުﷲ އަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން އިން
ނޯޓިސް ދީ ވަޒީފާއިން ވަކިކޮށްފައިވާކަމާއި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21
ވަނަ މާއްދާ އަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި
ބަޔާންވެގެން އޮންނަކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ
ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެން
ސާބިތުކޮށް ދިނުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި
އެހެނިހެން ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް 1
1647
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2 20
.ގެންވާ
ސަބަބެއްކަން
6
ޤަޟިއްޔާ ނިމުނު
2012/HC-A/115
فیملی کی مری
=32
.ވެލްމަށްފހ،
ބަޔާންވެގެން އޮންނަކަމާއި، އާސިޔަތު ޢަބްދުﷲ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރެވިފައިވަނީ
އަލްމަދްރަސަތުލް މުނައްވަރާއަކީ ކުރިން އަމިއްލަ ސުކޫލަކަށްވެފައި އެސްކޫލާއި 15 ފެބުރުއަރީ 2007 ގައި
ސަރުކާރުން ޙަވާލުވުމު ޝަރުތު ހަމަނުވާ މީހުން ވަޒީފާގައި ބޭތިއްބުމަކީ ވަޒީފާ ދިނުމުގެ
އުސޫލުތަކާއި ޚިލާފުކަމަކަށްވާތީ އަދި އާސިޔަތު ޢަބްދުﷲ އަކީ ސެކްރެޓަރީއެއްގެ މަޤާމުގެ ޝަރުތު ހަމަވާ
ފަރާތެއް ނޫންކަމުން ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ
ނަންބަރަށާއި، އެޤާނޫނުގެ 70 ވަނަ މާއްދާއަށް ރިޢާޔަތްކޮށްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަކަމަކީ، އާސިޔަތު ޢަބްދުﷲ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރި އިރު
ސިވިލް ސަރވިސް ކޮމިޝަނުން ރިޢާޔަތްކޮށްފައިވާކަމަށް ބުނާ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނު) ގެ 38 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ސިވިލް ސަރވިސްގެ ވަޒީފާ ދިނުމުގެ
އަސާސީ މިންގަނޑު ބަޔާންކޮށްދޭ މާއްދާކަމާއި، އެމާއްދާގެ (ހ) ގައި ދިވެހި ސިވިލް ސަރވިސްގެ
މަޤާމަކަށް ސިވިލް ސަރވިސްގައި ހިމެނޭ މީހަކު ވިޔަސް އަދި ނުހިމެނޭ މީހަކު ވިޔަސް ޢައްޔަނުކުރަން ވާނީ
ސިޔާސީ ނުފޫޒުތަކުން އެކަހެރި ވެފައިވާ ގޮތެއްގައި މެރިޓް އަކީ އަސާސީ މިންގަނޑު ކަމަށް ބަލައިގެން
ކަމަށް އޮންނަ އިރު އެ މާއްދާގެ (ނ) ގައި އަސާސީ މިންގަނޑަކީ މެރިޓް ކަމަށް ބަލައިގެން ވަޒީފާ ދިން
ކަމަށް ބެލެވޭނެ ގޮތްތައް ބަޔާންކޮށްފައި ވާ ކަމާއި މި ގޮތުން 38 ވަނަ މާއްދާގެ (ހ) ގެ 1 ގައި
ވަނީ "ޢައްޔަން ކުރެވުނު މީހަކީ ވަޒީފާގެ ޝަރުތު ފުރިހަމަވާ މީހެއްކަމުގައިވުން" މިފަދައިން
ކަމާއި، މީގެ އިތުރުން ދިވެހި ސިވިލް ސަރވިސްގެ އެއްވެސް މަޤާމެއް، ޢިނާޔަތެއް ލިބިދިނުމުގެ ގޮތުން
މީހަކަށް ހަމަޖައްސައިދީގެން ނުވާނެކަމަށާއި، އަދި ދިވެހި ސިވިލް ސަރވިސްގެ މަސައްކަތަށް ނިކުންނަން
ނުޖެހޭގޮތަށް ވަޒީފާއެއް ހަމަޖައްސައިދީގެން ނުވާނެކަމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 70 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
ގ / 0
ބަޔާންވެގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2012/HC-A/115
کی مرکی
ޤަޟިއްޔާ ނިމުނު ގޮ
(ނ) ތިންވަނަކަމަކީ: އާސިޔަތު ޢަބްދު މަރޮށި އަލްމަދްރަސަތުލް މުނައްވަރާގެ
މުވައްޒަފެއްގެ ގޮތުގައި ވަޒީފާ އަދާ ކުރަން ފަށާފައިވަނީ 1986 ވަނަ އަހަރުގައި ކަމާއި، އޭރު އެމަދަރުސާ
ހިންގަމުން ދިޔައީ އަމިއްލަ ފަރާތަކުން ނަމަވެސް، 15 ފެބުރުއަރީ 2007 ގައި އެމަދަރުސާ ސަރުކާރުގެ
މަދަރުސާ އަކަށް ބަދަލުވެގެން ގޮސްފައިވާކަން އެނގޭކަމާއި، ސަރުކާރުގެ މަދަރުސާ އަކަށް
މަދަރުސާ
ބަދަލުވުމަށް ފަހުގައި ވެސް އާސިޔަތު ޢަބްދުﷲ އެމަދަރުސާގައި އަދާކުރަމުންދިޔަ ވަޒީފާގައި ދެމި ހުރި ކަން
އެނގޭކަމާއި، އަދި މަދަރުސާ ސަރުކާރުގެ މަދަރުސާ އަކަށް ބަދަލުވުމަށް ފަހު އާސިޔަތު ޢަބްދު
އެމަދަރުސާގައި އަދާކުރަމުން ދިޔައީ ސަރުކާރުގެ ވަޒީފާއެއް ނޫންކަމަށް ސިވިލް ސާރވިސް ކޮމިޝަނަށް
ސާބިތު ކޮށްދެވިފައިނުވާކަމާއި، މިހެންކަމުން އެހެން ގޮތަކަށް ޝަރީޢަތަށް ސާބިތުވާން ނެތް ޙާލަތުގައި
އާސިޔަތު ޢަބްދުﷲގެ ވަޒީފާއަކީ އޭރު ސަރުކާރުގެ ވަޒީފާއެއްކަމުގައި ބެލެވެން ޖެހޭނެކަމާއި، އާސިޔަތު
ޢަބްދުﷲ ގެ ވަޒީފާ ސަރުކާރުގެ ވަޒީފާއަކަށް ބަދަލުވެގެން ގޮސް ފައިވަނީ ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ކަން އެނގެން އޮތް އިރު، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު
އައުމުގެ ކުރިން ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައިތިބި ފަރާތްތަކާ މެދު ޢަމަލުކުރަން ޖެހޭގޮތް
ބަޔާންކޮށްދީފައިވާ ސިވިލް ސަރވިސްގެ ޤާނޫނުގެ 73 ވަނަ މާއްދާގެ (ނ) ގައި "މިޤާނޫނަށް ޢަމަލުކުރަން
ފެށުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރު މުވައްޒަފުންގެ ގޮތުގައި ތިބި، ނަމަވެސް
މި
ޤާނޫނުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ނުވާ ހުރިހާ ފަރާތްތަކާއި އޮންނަ
ޚިދުމަތުގެ ގުޅުމަށް ނިމުން ގެންނަންވާނެކަމަށާއި މިގޮތުން ކޮމިޝަނުން ލިއުމުން ފޮނުވާ ނޯޓިހަކުން މިކަން
ރައްދުވާ ފަރާތްތަކަށް އަންގަންވާނެއެވެ. މިފަދައިން އޮންނައިރު، އެމާއްދާގެ (ރ) ގައި "މިޤާނޫނަށް
ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި، މިޤާނޫނުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ
މުވައްޒަފުންކަމަށް ކަނޑައަޅާ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާ ހަމަޖައްސަންވާނެއެވެ.
މިފަދައިން ބަޔާންކޮށްފައިވާކަން އެނގޭކަމާއި އެހެންނަމަވެސް މިއިން އެއްވެސް ފިޔަވަޅެއް ޤާނޫނުގައި
ކަނޑައެޅިފައިވާ މުއްދަތުގައި ސިވިލް ސަރވިސް ކޮމިޝަނުން އާސިޔަތު ޢަބްދުﷲ އާއި މެދު އަޅާފައިވާކަން
4 09/
-
o OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2012/HC-A/115
کی مرکی
ޤަޟިއްޔާ ނިމުނު
އެނގެން ނެތްއިރު، އާސިޔަތު ޢަބްދުﷲ އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ދިވެހި ސިވިލް
ސަރވިސްގެ ޤާނޫނަށް ޢަމަލުކުރަން ފެށިތާ 3 އަހަރު ދުވަސް ފާއިތުވެގެން ދިޔަ ފަހުންކަން އެނގޭކަމެވެ.
(ތ) ހަތަރުވަނަކަމަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޤާނޫނު
ނަންބަރ 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި މި ދެޤާނޫނަކީވެސް ދިވެހި ސިވިލް
ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ މައްޗަށް ހިންގޭނެ ދެޤާނޫނުކަން އެނގޭއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 13 ވަނަ މާއްދާގައި މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުމުގެ ބާވަތް ތިން ބާވަތެއްގެ ވަޒީފާގެ
އެއްބަސްވުންތަކަށް ބަހާލެވިގެންވާކަން އެނގޭކަމާއި މި ގޮތުން ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާ
އެއްބަސްވުމާއި، ވަޒީފާގެ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމާއި، ވަކި މަސައްކަތަކަށް
ޚާއްސަކޮށްފައިވާ އެއްބަސްވުން ހިމެނިގެންވާ ކަމުގައި އެމާއްދާގައި ބަޔާންވެފައި އޮންނައިރު، ވަޒީފާގެ
އެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިވާ އެއްބަސްވުމެއްތޯ ނުވަތަ ނޫންތޯ ބަލާނެ މިންގަނޑެއް
ބަޔާންކޮށްދިނުމުގެ ގޮތުން ވަޒީފާއާ ބެހޭ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި (ވަޒީފާއާބެހޭ ޤާނޫނަށް 1
ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނުގެ 02 ވަނަ މާއްދާ) ބަޔާންކުރަނީ، "ވަކި މުއްދަތެއް ކަނޑައެޅިފައިވާ
ވަޒީފާގެ އެއްބަސްވުމެއް، ވަޒީފާގެ ޖުމްލަ މުއްދަތު ދެއަހަރު ދުވަހަށްވުރެ އިތުރުވާގޮތަށް އާކޮށްފިނަމަ، ނުވަތަ
އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ، ނުވަތަ ދެފަރާތުންމެ ޢަމަލުތައް ބަހައްޓާގޮތަކުން، އާކޮށްފިކަން،
އިތުރުކޮށްފިކަން ދޭހަވާނަމަ، އެއެއްބަސްވުމަކީ ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ
ކަމަށް ބަލަންޖެހޭނެއެވެ.'
މިފަދައިން ކަމާއި، މިމާއްދާއަށް ރިޢާޔަތް ކޮށް އާސިޔަތު ޢަބްދުﷲގެ
ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަން ނުވަތަ ވަގުތީ ވަޒީފާއެއްކަން ދެނެގަތުމަށް ބަލާއިރު، އާސިޔަތު ޢަބްދުﷲގެ
ވަޒީފާ ށ. މަރޮށި އަލްމަދްރަސަތުލް މުނައްވަރާއިން ހަމަޖެހި، އެސްކޫލް ސަރުކާރުގެ ސްކޫލަކަށް ބަދަލުވީ
ފަހުން، އަދި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނަށް 01 މެއި 2008 ގައި ޢަމަލުކުރަން ފަށާ، އޭނާ
އަދާކުރަމުން ދިޔަ ވަޒީފާއިން 14 ފެބުރުއަރީ 2012 ގައި ވަޒީފާއިން ވަކި ކުރަންދެން އޭނާ އެވަޒީފާގަޑިޓިގެ
ދެމިހުރިކަން އެނގެން އޮތުމުން އާސިޔަތު ޢަބްދުﷲ އާއި މެދު ސިވިލް ސަރވިސް ކޮމިޝަންގެ ޢަމަލުތައް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
31647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
،
ނުވަތަ
04 ދ 6
042 ވގތ
9884އކުވެ
އެވަޓަކްގެ ހައި
*
9
2{12/HC-A/115
ޤަޟިއްޔާ ނިމުނު ގޮ
گمرک متي مو
22c
ބެހެއްޓި ގޮތުން އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާއަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ އިސްވެ އިޝާރާކުރެވުނު
މާއްދާގެ ދަށުން ވަކި މުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ އެއްބަސްވުމެއް ދަށުން ދާއިމީ ވަޒީފާއެއްގައި
ހުރި މީހަކު ކަމުގައި ބަލަން ޖެހޭކަން އެނގޭކަމެވެ.
(ބ) ފަސްވަނަކަމަކީ: އިސްވެ އިޝާރާތްކުރެވުނު ކަންކަމުގެ އަލީގައި ބަލާއިރު، އާސިޔަތު
ޢަބްދުﷲ އަކީ ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފެއްގެ ގޮތުގައި ބެލެވެން އޮތުމުން، އާސިޔަތު ޢަބްދުﷲގެ
ވަޒީފާއިން އޭނާ ވަކިކުރަން ޖެހޭނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު)
ގައިވާ ގޮތުގެ މަތިން ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށްޓަކައި
ކަނޑައަޅައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީންކަމާއި، މި ގޮތުން ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް
ކުރާ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކި ކުރެވިދާނެ ސަބަބުތައް އެޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 1
ން 7 އާއި ހަމައަށް އޮންނަ އަކުރުތަކުގައި ބަޔާންކުރެވިފައިވާއިރު، އެއިން އެއްވެސް ސަބަބެއް އާސިޔަތު
ޢަބްދުﷲ ގެ ވަޒީފާއިން ވަކިކުރި ސަބަބުގެ ތެރޭގައި ބަޔާންވެގެން ނުވާކަން އެނގޭކަމާއި، އަދި ހަމަ މިއާއި
އެކު ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައި، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރަން ޖެހޭ އުސޫލާއި އެފަދަ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލެވޭ ޙާލަތްތައް
އެ ޤަވާޢިދުގެ 117 ވަނަ މާއްދާގެ (ހ) އިން ފެށިގެން (އ) ހަމައަށް އޮންނަ އަކުރުތަކުގައި
ބަޔާންވެގެންވާއިރު، އާސިޔަތު ޢަބްދުﷲގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ މިއިން ކޮން ޙާލަތެއް
މެދުވެރިވެގެންކަން ސިވިލް ސަރވިސް ކޮމިޝަނަށް ބަޔާން ކޮށްދެވިފައިނުވާކަމާއި، މުވައްޒަފުގެ ޤާބިލުކަން
ނެތިގެން ވަޒީފާއިން ދޫކޮށްލަންޖެހުމަކީ ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގެ 117 ވަނަ މާއްދާގެ (ރ)
ގެ ދަށުން ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ދޫކޮށްލެވިދާނެ
ސަބަބެއް ކަމުގައި ވީނަމަވެސް މިއަކުރުގެ ދަށުންވެސް މުވައްޒަފަކު ދޫކޮށްލަންޖެހޭނީ ވަޒީފާ އަދާކުރުމުގައި
ގެންގުޅެންޖެހޭ ޓެކްނޮލޮޖީއާއި ގޮތްތައް ބަދަލުވެގެން ތަމްރީންގެ ފުރުސަތު ދެވި، ނަމަވެސް އެ ފުރުސަތުގެ
އެދެވޭ ނަތީޖާ ޙާސިލު ނުކުރެވުމުގެ ސަބަބުން ނުވަތަ މުވައްޒަފުން އަދާކުރަން ޖެހޭ ވަޒީފާގެ މަސައްކަތަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ހައިކޯ
10
ޤަޟިއްޔާ ނިމުނު ގޮ
2{012/HC-A/115
2
7
0 ދު
ބަނވެ
ކެރި ކުޅަދާނަކަން ނެތިގެންކަން މި އަކުރަށް ބެލުމުން އެނގޭއިރު، އާސިޔަތު ޢަބްދު
އަދާކުރަމުންދިޔަ ވަޒީފާއަށް އިތުރަށް އަހުލުވެރި ވުމުގެ ތަމްރީން ފުރުސަތު ސިވިލް ސަރވިސްކޮމިޝަނުން
އާސިޔަތު ޢަބްދުﷲ އަށް ދިންކަން އަދި އެފަދަ ފުރުސަތެއް ދިނުމުން އެކަމުގެ އެދެވޭ ނަތީޖާ ޙާސިލް
ނުކުރެވިވާކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތުކޮށްދެވިފައި ނުވާކަމާއި އަދި އާސިޔަތު ޢަބްދުﷲ އަކީ
1986 ވަނަ އަހަރުން ފެށިގެން އޭނާ އެވަޒީފާއިން ވަކިކުރުމާއި ހަމައަށް ވަޒީފާގައި 26 (ސައްބީސް)
ވަރަކަށް އަހަރުވާންދެން ވަޒީފާ އަދާކުރަމުން ގޮސްފައިވާ ފަރާތަކަށްވާއިރު އޭނާގެ ވަޒީފާގެ މަސައްކަތަށް
ބޭނުންވާ ކެރި ކުޅަދާނަކަން ނެތްކަމުގައި ބެލެވެން ނެތް އިރު އެކަންވެސް ސިވިލް ސަރވިސް ކޮމިޝަނަށް
ސާބިތުކޮށްދެވިފައި ނުވާކަން އެނގޭކަމެވެ.
24 2
(ތ) ހަވަނަކަމަކީ: އާސިޔަތު ޢަބްދުﷲގެ ވަޒީފާ އާއި މެދު ސިވިލް ސަރވިސް ކޮމިޝަންގެ
ޢަމަލުތައް ބަހައްޓާފައި ވާ ގޮތުގެ ނަތީޖާއެއްގެ ގޮތުން އާސިޔަތު ޢަބްދުﷲ އަކީ ދިވެހި ސިވިލް ސަރވިސްގެ
ދާއިމީ މުވައްޒަފެއްގެ ގޮތުގައި ދާއިމީ މަޤާމެއް ހުރި ފަރާތެއް ކަމުގައި ބަލަން ޖެހޭތީ، އޭނާއާ މެދު ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 38 ވަނަ މާއްދާގައިވާ ވަޒީފާ ދިނުމުގައި ޢަމަލު ކުރަން ޖެހޭނެ އުސޫލު
މިހާރު ތަތުބީޤު ކުރެވޭނެކަމުގައި ބެލެވެން ނެތުމުންނާއި، އާސިޔަތު ޢަބްދުﷲގެ ވަޒީފާ ދާއިމީވެފައިވުމަކީ
ދިވެހި ސިވިލް ސަރވިސްގެ މަޤާމެއް، ޢިނާޔަތެއް ލިބިދިނުމުގެ ގޮތުން ހަމަޖައްސައިދިން ދިނުމެއްކަމުގައި
ބެލެވެން ނެތުމުންނާއި، އާސިޔަތު ޢަބްދުﷲ ސިވިލް ސަރވިސްގައި އަދާކުރަމުން ދިޔަ ދާއިމީ ވަޒީފާއިން
އޭނާ ވަކިކުރުމުގައި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ސިވިލް ސަރވިސްގެ
ޤާނޫނާއި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2010 ގައި ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރެއިން
ސަބަބެއް އާސިޔަތު ޢަބްދުﷲގެ ކިބައިގައި ހުރިކަން ސިވިލް ސަރވިސް ކޮމިޝަނަށް ސާބިތު ކޮށްދެވިފައި
ނެތުމުގެ އިތުރުން އާސިޔަތު ޢަބްދުﷲ ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި
ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު 2010 ގައި، ދިވެހި ސިވިލް ސަރވިސްގެ ދާއިމީ މުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގައި ޢަމަލު ކުރަންޖެހޭ އުސޫލު ބަޔާންކޮށްފައިވާ ޗެޕްޓަރ 9 ގައި ބަޔާންކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33215029، ފެކްސް: 3316471 *
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮ
2{012/HC-A/115
کی عمری
ދެވެ
ގޮތާއި ޚިލާފަށް ކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނުނު
ހިނދު، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އާސިޔަތު ޢަބްދުﷲ ވަޒީފާއިން
ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމުގައިކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާ ވަޒީފާއާބެހޭ
ޤާނޫނުގެ 29 ވަނަ މާއްދާއިން ލިބިދޭ ޤާނޫނީ ޙައްލު އާސިޔަތު ޢަބްދުﷲ އަށް ލިބިދިނުމަށް އެ
ޓްރައިބިއުނަލް އިން ނިންމާފައިވާ ނިންމުމަށް ބަދަލެއްގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް
ޚި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކުގެ މައްޗަށް ބިނާކޮށް އޮތްކަމަކަށް
މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
• ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR;01 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާއިރު،
ވަޒީފާއާބެހޭ ޓްރައިބިނަލުން އެމައްސަލައި ނިންމާފައި ނިންމުން ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި
ޚިލާފުނޫންކަމަށް މިޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012;Y TR:01 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
2 0
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1
1647
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv