ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/303 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/303
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 303/HC-A/2013
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޝާނިޒު އަޙްމަދު
އައިޑީ ކާޑު ނަންބަރު: A002121
ވަކީލު: އޖ. މައުމޫން މޫސާ
ދާއިމީ އެޑްރެސް:
އއ. ރަސްދޫ ސޯސަންވިލާ
މިހާރުގެ އެޑްރެސް: އއ. ރަސްދޫ ސޯސަންވިލާ
.
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
0
ހުށަހެޅުނު ތާރީޚް: 01 އޮކްޓޯބަރު 2013
، ނިމުނު ތާރީޚް: 07 އޮކްޓޯބަރު 2013
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2013/8499(J
/
MD-145
• އަމުރު ނެރުނު ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން
ހިކަން ދެއްކުން ފުލުހުންގެ ވާޖިބަށް ހުރަސް
އެޅުން ފުލުހުންގެ ގައިގާ މާރާމާރީ ހިންގުން
• އަމުރު ނެރުނު ތާރީޚް: 26 ސެޕްޓެމްބަރު 2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/303
ދައުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8499(J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ޤާނޫނީ
އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރުމަށް
އއ. ރަސްދޫ
ސޯސަންވިލާ ޝާނިޒު އަޙްމަދު އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި
ޤަޟިއްޔާއެކެވެ.
ޝާނިޒު އަޙްމަދުގެ ފަރާތުން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރު
ޖެނެރަލްގެ އޮފީސް (ދިވެހި ދައުލަތް) އެވެ.
0
OOCOX
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8499(J
(
MD-145 ކޯޓު އަމުރަކީ، ފުލުހުންގެ
އަމުރަށް ނުކިޔަމަންތެރިކަން ދައްކާ، ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އަދި ފުލުހުންގެ ގައިގައި ތަޅާ
މާރާމާރީ ހިންގާފައިވާ ކަމުގެ ތުހުމަތުގައި ޝާނިޒު އަޙްމަދު ބަންދުކުރެވިފައިވާއިރު، އޭނާގެ ބަންދުގެ
މުއްދަތު އިތުރު ކޮށްދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ނަންބަރު: TD057363 "ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް" އިން ހުށަހެޅުމުން ނެރުއްވާފައިވާ އަމުރެއްކަމާއި، އެއަމުރުގައި
އެވަގުތު ޝާނިޒު އަޙްމަދު ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ހަމަޖެހުމާއި ސަލާމަތަށް ނުރައްކާވެދާނެކަމަށް
ފެންނާތީ، 2013 ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ 16:30 އިން ފެށިގެން 06 އޮކްޓޯބަރު 2013 ގެ
16:29 އަށް ޝާނިޒު އަޙްމަދު، މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުކޮށްފައި
ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8499(J(MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
ޝާނިޒު އަޙްމަދުގެ ފަރާތުން ތިން ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/303
ފުރަތަމަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
46 ވަނަ މާއްދާއާއި 49 ވަނަ މާއްދާ އާއި ޚިލާފަށް، އަދި އެ މާއްދާއަށް ފެތޭ މީހެއްތޯ
އެލެވުމެއްނެތި ހަމައެކަނި ފުލުހުން ބުނާ ބުނުމެއްގެ މައްޗަށް ކަމަށް ބުނެ ފާހަގަކޮށްފައިވާ
36
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ
މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ބަންދުގައި ބެހެއްޓެވުމަށް ޤާޟީ ނިންމެވި ނިންމެވުމަށް ވާޞިލުވި ސަބަބު
ބަޔާންކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
O COCC
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2013
/
8499/J
(
MD-145 ކޯޓު އަމުރަށާއި، ޝާނިޒު
އަޙްމަދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
ޝަރީޢަތަށް ފާހަގަކުރެވެއެވެ.
cu o
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި، "ހައްޔަރުކުރާ މީހާއަށް
މީހަކު ކުށެއް ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއްކޮށްފިކަމަށް، ނުވަތަ އެވަގުތު އެއުޅެނީ
ކުށެއް ކުރާން ކަމަށް ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން،
ނުވަތަ ކޯޓުގެ އަމުރަކުން ހުއްދަލިބިގެން މެނުވީ، އެއްވެސް މީހަކު ހިފައި ހައްޔަރުކޮށް، ނުވަތަ
ބަންދުކޮށްގެނެއް ނުވާނެއެވެ.” މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮންނައިރު، ޝާނިޒު އަޙްމަދު
ބަންދުކޮށްފައިވަނީ ކޯޓުގެ އަމުރެއްގެ ދަށުންކަން ހުށަހެޅިފައިވާ ލިޔުންތަކުންނާއި ދެފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި، އެހެންކަމުން
3
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/303
coc
ޤާނޫނުއަސާސީގެ
ޝާނިޒު އަޙްމަދު ބަންދުކޮށްފައިވަނީ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އުޞޫލާއި
ޚިލާފަށްކަމަށް ބެލެވެން ނެތްކަމާއި،
.ގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ޓަކައި މެނުވީ އެއްވެސް މީހަކާއި މެދު ޝަރީޢަތުން ޙުކުމް ކުރުމުގެ ކުރިން އެމީހަކު
ބަންދުގައި ބަހައްޓައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި؛
މައްސަލައެއް ތަޙްޤީޤު ކުރެވެމުންދާ އިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ މަރުޙަލާގައިވެސް،
ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް ނޫންކަމާއި،
އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 07 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
މީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަ ވެފައިވާކަން ނުވަތަ ނޫންކަމާ
މެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންކަމާއިގެ
ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ މީހާގެ
ކިބާގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު“ ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަން
etc
OCX
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/303
ކީ ދދވ
ބުރެއެކަމަށް
ދިވެހިރާއްޖޭ
ކަނޑައެޅުމަކީ އެފަދަ މައްސަލައެއް ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީމީ
ހައިކޯޓުގެ ނަންބަރު 93/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި؟
އޭގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި އެއްގޮތްވާ
ގޮތުގެ މަތީން މީހަކު ބަންދުކުރުމުގައި، ތުހުމަތު ކުރެވޭ ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި
އެހާދިސާ ތަޙްޤީޤު ކުރުމުގައިހުރި ގޮންޖެހުންތަކަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ
ޠަބީޢަތަށާއި، ކުށު
ކުޑަބޮޑު މިނަށާއި، އެކުށަށް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބަށާއި، މިއެންމެހައި
ކަންތައްތަކަށް ފަނޑިޔާރު ރިޢާޔަތް ކުރަންޖެހޭ ކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
ޝާނިޒު އަޙްމަދު މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި،
ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމާއި، ފުލުހުންގެ ގައިގާ ތަޅާ މާރާމާރީ ހިންގުންކަން މޯލްޑިވްސް ޕޮލިސް
ސަރވިސް ގެ ނަންބަރު: TD057363 ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24
ގަޑިއިރުގެ ތެރޭގައި ފަޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް“ އިން ނާއި
ކްރިމިނަލް ކޯޓުގެ ނަންބަރު: 2013/8499(J
(
MD-145 ކޯޓު އަމުރުންނާއި ހުށަހެޅިފައިވާ އެހެނިހެން
ލިޔުންތަކުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބަހުން އެނގެން އޮންނައިރު، ތުހުމަތު ކުރެވިފައިވާ
ކުށުގެ ބާވަތަކީ، އެކަމުގެ ސަބަބުން މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާވެ، މުޖްތަމަޢުގެ އަމަން އަމާންކަން
ގެއްލިގެން ހިގައިދާފަދަ ޢަމަލު
ޢަމަލުތަކެއްކަމަށް ބެލެވެއެވެ.
(ނ) ޝާނިޒު އަޙްމަދު ބަންދުގައި ބެހެއްޓެވުމަށް ފަނޑިޔާރު ނިންމެވި ނިންމެވުމަށް ވާޞިލުވި
ސަބަބުތައް ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8499(J(MD-145 ކޯޓު އަމުރުގައި ބަޔާންކޮށްފައިނުވާ
ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި ގުޅިގެން ހައިކޯޓުން ބެލިބެލުމުން، މިފަދަ އަމުރުތައް ނެރުމުގައި
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭނެ ކަންތައްތައް އިސްވެ ބަޔާންކުރެވިފައި
އެވަނީ ކަމާއި، އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށާއި، ”ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) އަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: -SC/2010
cu.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/303
ކުށެއްގެ
OCX
7
މައްޗަށް ކުށް
19/A ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް
ރިޢާޔަތްކޮށް ބަލާއިރު، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރެވިފައިވާ
މީހާގެ ކިބާގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި،
ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ
ޤަވާޢިދު" ގެ
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް
ފުރިހަމަވެފައިވާކަމަށް ފަނޑިޔާރަށް ފެނިއްޖެ ޙާލަތެއްގައި އެސަބަބެއް ބަޔާންކުރުމުން ފުދޭނެކަމާއި، މީހެއްގެ
ތަޙުޤީޤު ކުރެވިގެން އެމީހާގެ މައްޗަށް ދަޢުވާކުރުމަށް ޝަރީޢަތަށް ހުށަހެޅޭ މައްސަލައެއް
ބައްލަވާ ފަނޑިޔާރަކު އެމައްސަލައެއްގެ ޙުކުމް ކުރެއްވުމުގެ ކުރިން އެޙުކުމަށް ވާޞިލުވި ސަބަބުތައް
ތަފުޞީލުކޮށް ބަޔާންކުރަމުން އަންނަ ފަދައިން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ބަންދުގެ
މުއްދަތު އިތުރުކުރުމުގެ ގޮތުން ނެރޭ ކޯޓު އަމުރެއްގައި ތުހުމަތުކުރެވޭ މީހާ ބަންދުގައި ބެހެއްޓުމަށް އަމުރު
ނެރުމަށް ވާޞިލުވި އެސަބަބުތައް ތަފްޞީލުކޮށް ބަޔާންކުރުން ލާޒިމްކޮށްފައިވާ ޤާނޫނެއް ނުވަތަ
ގަވައިދެއްވިޔަށް ވުޖޫދުވެފައި ނުވާކަން އެނގެއެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/8499(J(MD-145 ކޯޓު އަމުރަށް
ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާ ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނެވެ.
$
322 ޏ އ ސ ޑ 4
م کردن ممه
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ
ނަންބަރު 2013
/
8499/J
(
MD-145 ކޯޓު އަމުރަށް ބަދަލު ގެނެވެން ނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv