ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-K/01 ޤަޟިއްޔާގެ ޙުކުމް
1
2011/HC-I-Kol
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 01/HC
-
I
-
K/2011
، މައްސަލަ ހުށަހެޅި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
*
• ދަޢުވާ ރައްދުވި ފަރާތް:
އާދަމް ޚަލީމް
ކާޑުނަންބަރު: A124776
ވަކީލް: އޒީ. ޙުސްނުއްސުޢޫދު
* ދާއިމީ އެޑްރެސް: ގދ. މަޑަވެލި ކަޝްމީރުވިލާ
މިހާރުގެ އެޑްރެސް: ފ.ވިކްޓޯރިއާ 5 އޭ
މީދޫ/ ހަސަންކާރީގެ A053050
k
• ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 17 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ކުށް
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
• އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޔޫސުފު ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K01
ޚުލާޞާ
މިއީ، ގދ.މަޑަވެލި|ކަޝްމީރުވިލާ، އާދަމް ޙަލީމް (ދ.ރ.ކ.ނަންބަރ:
124776-A) 05 ފެބްރުއަރީ
2011 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގައި ނ.މިލަދޫއިރުމަތީގެ
އާދަމް ޢަލީއާއި، ނ.މިލަދޫ ހީނާމާގެ އާމިނަތު ޔޫސުފާއި، ނ.މިލަދޫ ބުލްބުލާގެ ޢާއިޝަތު ޙުސައިނާއި،
ނ.މިލަދޫ ދޫރެސްވިލާ ފާތިމަތު މުޙައްމަދާއި، ނ.މިލަދޫ) ކާމިނީގެ ޙަލީމާ ޙަސަނާއި، ނ.މިލަދޫ ހަނދުވަރީގެ
ޙަސަން ޙުސައިނާއި، ނ.މިލަދޫ ނަލަހިޔާ ޙުސްނާ ޙަސަނާއި، ނ.މިލަދޫ ދިރިމާގެ ޖަމީލާ ޢަބްދުﷲއާއި،
ނ.މިލަދޫ ފަތަނގުމާގެ މާރިޔާ އަޙްމަދާއި، ނ.މިލަދޫހަނދުވަރީގެ ރުޤިއްޔާ ޙުސައިނާއި މިމީސްމީހުންނަށް ނޭގި،
އެމީހުން ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރުމަށް، ފޯމުތަކެއް ފުރާ،
އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމަށްބުނެ، މަތީގައި ބަޔާން ކުރެވުނު މީހުންނަށް ވޯޓުލުމަށް ހުރަސްއަޅާ
ދަތިކޮށްފައިވާތީ، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ)
ގެ 12 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން އާދަމް ޙަލީމްގެ މައްޗަށް ވޯޓުލުމަށް ދަތިކުރުމާއި
ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން ކުރުމުން ބަލާފައިވާ އިންތިޚާބާބެހޭ ކުށުގެ
މައްސަލައެކެވެ.
ގއ·
ފާހަގަކުރެވުނު ނުކުތާތައް:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:63/2011 "އިންތިޚާބާބެހޭ ކުށުގެ މައްސަލަ ހުށަހަޅާފައިވާ
ފޯމް" އިން، ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބާބެހޭ ކުށުގެ މިމައްސަލައަށާއި،
އެމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ
އާދަމް ޙަލީމުގެ ފަރާތުން ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން ހާޒިރު ކުރެވުނު ނަޞްރު
ޝިޔާމްގެ ބަޔާނަށާއި، ހުށަހަޅާފައިވާ ލިޔުންތަކަށާއި، އެލިޔުންތައް ތަޙްލީލު ރިޕޯޓުތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:63/2011 "އިންތިޚާބާބެހޭ
ކުށުގެ މައްސަލަ ހުށަހަޅާފައިވާ ފޯމް" އިން ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން، ގދ.މަޑަވެލި
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-K01
ކަޝްމީރުވިލާ، އާދަމް ޙަލީމް (ދ.ރ.ކ.ނަންބަރ:
124776-A) ގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، 05
ފެބްރުއަރީ 2011 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބު 2011 ގައި، ނ.މިލަދޫ
އިރުމަތީގެ އާދަމް ޢަލީއާއި، ނ.މިލަދޫ ހީނާމާގެ އާމިނަތު ޔޫސުފާއި، ނ.މިލަދޫ ބުލްބުލާގެ ޢާއިޝަތު
ޙުސައިނާއި، ނ.މިލަދޫ ދޫރެސްވިލާ ފާތިމަތު މުޙައްމަދާއި، ނ.މިލަދޫ ކާމިނީގެ ޙަލީމާ ޙަސަނާއި، ނ.މިލަދޫ
ހަނދުވަރީގެ ޙަސަން ޙުސައިނާއި، ނ.މިލަދޫ ނަލަހިޔާ ހުސްނާ ޙަސަނާއި، ނ.މިލަދޫ ދިރިމާގެ ޖަމީލާ
ޢަބްދުﷲއާއި، ނ.މިލަދޫ ފަތަނގުމާގެ މާރިޔާ އަޙްމަދާއި، ނ.މިލަދޫހަނދުވަރީގެ ރުޤިއްޔާ ޙުސައިނަށް ނޭގި،
އެމީހުން ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރުމަށް، ފޯމުތަކެއް ފުރާ،
އިލެކްޝަންސް ކޮމިޝަނަށް މިއާދަމް ޙަލީމް ހުށަހަޅާފައިވާކަމަށާއި، މަތީގައި ބަޔާން ކުރެވުނު މީހުންނަށް
ވޯޓުލުމަށް ހުރަސްއަޅާ ދަތިކޮށްފައިވާކަމަށްބުނެ، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު
ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން އާދަމް
ޙަލީމްގެ މައްޗަށް ވޯޓުލުމަށް ދަތިކުރުމާއި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާކަން ފާހަގަކުރެވެއެވެ.
(ށ) އާދަމް ޙަލީމްގެ މައްޗަށް ޕްރޮސިކިއުޓާރ ޖެނެރަލްގެ ފަރާތުން ކުޅި މި އިންތިޚާބީ ކުށުގެ
ދަޢުވާ އަށް ޖަވާބުދާރީ ވުމުގެ ކުރީން ޝަރީޢަތުގެ މަޖިލީހުގައި ފާހަގަކޮށްފައިވާ އިޖްރާއީ ނުކުތާތަކާއި މެދު
މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނޭ ފަނޑިޔާރުންގެ މެދުގައި މަޝްވަރާކުރެވި،
އެނުކުތާތަކާމެދު
ނިންމިފައިވާކަމާއި، މިގޮތުން އިންތިޚާބުތަކާއި ގުޅިގެން ހުށަހެޅާ ޝަކުވާގެ މައްސަލަތަކާއި
ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމަކީ ޤާނޫނީގޮތުން ހައިކޯޓަށް ލިބިދީފައިވާ ޚާއްޞަ އިޚްތިޞާސްގެ
ތެރޭގައި ހިމެނޭ ކަމެއްކަމަށާއި، ވަކި ޤާނޫނެއްގެ ވަކި މާއްދާއެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީއާއި ޚިލާފް ކަމުގައި ދެކޭނަމަ އެކަމަކާ ބެހޭގޮތުން ކަމާބެހޭ ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ
ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅަންޖެހޭ އަދި ހުށަހެޅުމުގެ ޙައްޤު ކޮންމެ ފަރާތަކަށްވެސް އޮތް ކަމެއްކަމަށް
ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވާތީ، ހުށަހެޅިފައިވާ ދަޢުވާއަށް ޖަވާބު ދާރީވުމަށް އާދަމް ޙަލީމުގެ ޤާނޫނީ
ވަކީލަށް އެންގުމުން އެގޮތުގެ މަތިން ޖަވާބު ދެމުން އާދަމް ޙަލީމުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގެ އަޞްލަށް
އިންކާރު ކުރާކަމަށްބުނެ އެކަމުގެ ސަބަބުތައް ޝަރީޢަތަށް ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މައްސަލަ ސާބިތު ކުރުމަށް ހެކީގެ ގޮތުގައި
ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު، ގދ.މަޑަވެލި ކަޝްމީރުވިލާ، އާދަމް ޙަލީމުގެ ނަމުގައިވާ އިލެކްޝަންސް
02
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-I-Kol
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޮމިޝަންސްގެ "އެމީހަކު ރަށްވެހި ވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް އެދޭ
ފޯމު" އަކާއި، ނ.މިލަދޫ އިރުމަތީގެ އާދަމް ޢަލީއާއި، ނ.މިލަދޫހީނާމާގެ އާމިނަތު ޔޫސުފާއި، ނ.މިލަދޫ
ބުލްބުލާގެ ޢާއިޝަތު ޙުސައިނާއި، ނ.މިލަދޫ ދޫރެސްވިލާ ފާތިމަތު މުޙައްމަދާއި، ނ.މިލަދޫ!ކާމިނީގެ ޙަލީމާ
ޙަސަނާއި، ނ.މިލަދޫ ހަނދުވަރީގެ ޙަސަން ޙުސައިނާއި، ނ.މިލަދޫ ނަލަހިޔާ ޙުސްނާ ޙަސަނާއި، ނ.މިލަދޫ
ދިރިމާގެ ޖަމީލާ ޢަބްދުﷲއާއި، ނ.މިލަދޫ ފަތަނގުމާގެ މާރިޔާ އަޙްމަދާއި، ނ.މިލަދޫހަނދުވަރީގެ ރުޤިއްޔާ
ޙުސައިނުގެ ނަމުގައި ވާ "އެމީހަކު ރަށްވެހި ވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ
ވުމަށް އެދޭ ފޯމު" ތަކަކާއި، އެފޯމުތައް އެމީހުންގެ ނަމުގައިވާ މީސްމީހުންގެ ދިވެހިރާއްޔިތެއްކަން އަންގައިދޭ ކާޑު
ގެ ކޮޕީ ތަކާއި، އެފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ބަލައި ގަނެފައި ދޫފައިވާ ރަސީދުތަކާއި، އާދަމް ޙަލީމްގެ
ނަމުގައި އާދަމް ޙަލީމް ހުށަހެޅި ކަމަށް ބުނާ ފޯމުގައިވާ ސޮޔާއި، މަތިގައި ބަޔާން ކުރެވުނު ނ.މިލަންދޫ މީހުންގެ
ނަމުގައި އާދަމް ހަލީމް ހުށަހެޅި ކަމަށް ބުނާ ފޯމުތަކުގައި އެފޯމުތައް ގެނައި ފަރާތުން ކޮށްފައިވާ ސޮޔާއި، އާދަމް
ޙަލީމްގެ ނަމުގައި އާދަމް ޙަލީމް ހުށަހެޅި ކަމަށް ބުނާ ފޯމު ބަލައި ގަތުމަށް ފަހު އިލެކްޝަންސް ކޮމިޝަނުން
ދޫކޮށްފައިވާ ރަސީދުގައި އާދަމް ޙަލީމް ކޮށްފައިވާ ސޮޔާއި، މަތީގައި ބަޔާން ކުރެވުނު މީހުންގެ ނަމުގައި އާދަމް
ޙަލީމް ހުށަހެޅިކަމަށް ދަޢުވާގައި ބުނެފައިވާ ފޯމުތައް އެކޮމިޝަނުން ބަލާގަނެ ދޫކޮށްފައިވާ ރަސީދު ތަކުގައި އާދަމް
ޙަލީމް ކޮށްފައިވާކަމަށް ބުނާ ސޮޔާއި، މައްސަލާގެ ތަޙްޤީޤުގެ ބޭނުމަށް އާދަމް ޙަލީމް ކޮށްފައިވާ ނަމޫނާ
ސޮއިތަކާއި މިހުރިޔާ ސޮއިސަތަކެއް ހުރި ލިޔުންތަކާއި އެލިޔުންތައް ތަޙްލީލު ކުރުމަށްފަހު މޯލްޑިވްސް ޕޮލިސް
ސަރވިސް އިން ދޫކޮށްފައިވާ ރިޕޯޓާއި މި އެންމެހައި ލިޔުންތައް ހިމެނޭކަން ފާހަގަކުރެވެއެވެ.
(ރ) ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އާދަމް ޙަލީމުގެ މައްޗަށް ކުޅަ ވޯޓުވުމަށް
ދަތިކުރުމާއި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ސާބިތު ކޮށްދިނުމަށްޓައި ހުށަހަޅާފައިވާ އިސްވެ ބަޔާން ކުރެވުނު
ފޯމުތަކާއި އެފޯމުތައް ބަލައިގަތުމަށްފަހު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދޫކޮށްފައިވާ ރަސީދުތަކަށް
ބަލާއިރު، އާދަމް ޙަލީމުގެ ނަމުގައި އޭނާ ހުށެހެޅިކަމަށް އޭނާ އެއްބަސްވާ ފޯމުގައި އާދަމް ޙަލީމުގެ ސޮއިގެ
ގޮތުގައި އާދަމް ޙަލީމް ކޮށްފައިވާ ސޮޔާއި، ދަޢުވާގައި އާދަމް ޙަލީމް ހުށަހެޅި ކަމަށް ބުނެފައިވާ ފޯމުތަކުގައި
އެފޯމުތައް ހުށަހެޅި ފަރާތުން ކޮށްފައިވާ ސޮއިތަކާއި، އަދި އާދަމް ޙަލީމުގެ ނަމުގައި އޭނާ ހުށަހެޅި ކަމަށް
އެއްބަސްވާ ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައި ގަތުމަށްފަހު ދޫކޮށްފައިވާ ރަސީދުގައި އެރަސީދާ ހަވާލުވި
ފަރާތުގެ ހައިސިއްޔަތުން އާދަމް ޙަލީމް ކޮށްފައިވާ ސޮޔާއި، އާދަމް ޙަލީމުގެ ހުށަހެޅި ކަމަށް ދަޢުވާގައި ބުނެފައިވާ
އެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ento;
5
2011/HC-I-Kol
Oxoc
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މީސްމީހުންގެ ފޯމުތައް އެކޮމިޝަނަށް ބަލައިގަތުމަށްފަހު ދޫކޮށްފައިވާ ރަސީދުތަކުގައި އެރަސީދުތަކާއި ހަވާލުވި
ފަރާތުން ކޮށްފައިވާ ސޮއިތަކާއި މިއެންމެހައި ސޮއިތަކަކީ އެސޮއިތަކަށް ހަމަކޮންމެ މީހަކުވެސް ހަމަލޮލުން
ބަލައިލުމަށްފަހު އެކަކު އެއްގަލަމަކުން ކޮށްފައިވާ ސޮއިތަކެއް ކަމަށް ބުނާވަރުގެ އެއްގޮތްކަން ހުރި ސޮއިތަކެއް
ކަން ފާހަގަކުރެވެއެވެ.
އަދި އެ އެންމެހައި ސޮއިތަކާއި ތަޙްޤީޤުގެ ބޭނުމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް
ބިޔުރޯއަށް ހާޒިރުވެ އާދަމް ޙަލީމް ކޮށްފައިވާ ސޮއިތަކާއި މިއެންމެހައި ސޮއިތައް މޯލްޑިވްސް ޕޮލިސް ސާރވިސްގެ
ފޮރެންސިކް ޑިޕާރޓްމަންޓުން ތަޙްލީ ކުރުމަށްފަހު ދޫކޮށްފައިވާ "ޑޮކިއުމަންޓް އެގްޒެމިނޭޝަން ރިޕޯރޓް" އަށް
ބަލާއިރު، މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފޮރެންސިކް ޑިޕާރޓްމަންޓާއި ހަވާލު ކުރެވިގެން އެގްޒަމިން ކުރެވުނު
ތަކެއްޗަކީ:
01- ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮށްފައިވާ ދަޢުވާގައި ބުނެފައިވާ
ނ.މިލަދޫއިރުމަތީގެ އާދަމް ޢަލީއާއި، ނ.މިލަދޫ ހީނާމާގެ އާމިނަތު ޔޫސުފާއި، ނ.މިލަދޫ! ބުލްބުލާގެ ޢާއިޝަތު
ޙުސައިނާއި، ނ.މިލަދޫ ދޫރެސްވިލާ ފާތިމަތު މުޙައްމަދާއި، ނ.މިލަދޫ/ ކާމިނީގެ ޙަލީމާ ޙަސަނާއި، ނ.މިލަދޫ
ހަނދުވަރީގެ ޙަސަން ޙުސައިނާއި، ނ.މިލަދޫ ނަލަހިޔާ ޙުސްނާ ޙަސަނާއި، ނ.މިލަދޫ ދިރިމާގެ ޖަމީލާ
ޢަބްދުﷲއާއި، ނ.މިލަދޫ ފަތަނގުމާގެ މާރިޔާ އަޙްމަދާއި، ނ.މިލަދޫހަނދުވަރީގެ ރުޤިއްޔާ ޙުސައިނުގެ ނަމުގައި
ވާ "އެމީހަކު ރަށްވެހި ވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު"
ތައް އެކޮމިޝަނަށް ބަލައި ގަތުމަށްފަހު އެތަކެތި ބަލައިގަނެފައިވާކަމަށް ދޫކޮށްފައިވާ ރަސީދުތަކުގައި
އެރަސީދުތަކާއި ހަވާލުވި ފަރާތުން ކޮށްފައިވާ ސޮއިތަކާއި:
02- (ހ)ގދ.މަޑަވެލި/ކަޝްމީރުވިލާ، އާދަމް ޙަލީމް (ދ.ރ.ކ.ނަންބަރ:
124776-A) ގެ
ނަމުގައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގެ " ރަށްވެހި ވެފައިވާ ރަށްނޫން އެހެން ރަށެއްގައި 1
ތަނެއްގައި ވޯޓު ދިނުމަށް ރަޖިސްޓްރީ ވެފައިވާ ކަމުގެ ރަސީދު" އެރަސީއާއި ހަވާލުވި ފަރާތުން ކޮށްފައިވާ
ސޮޔާއި،
(ށ) ގދ.މަޑަވެލި ކަޝްމީރުވިލާ، އާދަމް ޙަލީމް (ދ.ރ.ކ.ނަންބަރ:124776-A) ގެ އައި.ޑީ
ކާޑުގެ ކޮޕީގައިވާ ސޮޔާއި.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
2011/HC-I-K01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ނ) "އެމީހަކު ރަށްވެހި ވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ
ވުމަށް އެދޭ ފޯމު" ގައި އާދަމް ޙަލީމް ގދ.މަޑަވެލި ކަޝްމީރުވިލާ، (ދ.ރ.ކ.ނަންބަރ:
124776-A) ކޮށްފައިވާ
ސޮއިކަމަށް ބުނާ ސޮޔާއި،
(ރ) ނޭޝަނަލް އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިޔުރޯއަށް ގދ.މަޑަވެލި(ކަޝްމީރުވިލާ،
އާދަމް ޙަލީމް (ދ.ރ.ކ.ނަންބަރ:
124776-A) ދީފައިވާ ކަމަށް ނަމޫނާ ސޮއި ހިމެނޭ 2 ގަޑުގައިވާ 24
ސޮޔާއި މި އެންމެހައި ސޮއިތައްކަން އެރިޕޯޓުން ސާފުކޮށް އެނގެން އޮތްއިރު،
އިސްވެ ބަޔާން ކުރެވުނު އެންމެހައި ތަކެތި ސްޓީރިއޯ ޔޫމް މައިކްރޮސްކޯޕް، އަދި ވީ.އެސް.ސީ
6000 ގެ އެހީގައި ވަނީ ތަޙްލީލު ކޮށްފައިކަމާއި، މިގޮތުން އެރިޕޯޓުގެ އޮބަޒަރވޭޝަން (1) ގައި: "އެކެއްގައިވާ
10 ސޮއިގައި ފޮޖަރީގެ އެއްވެސް ޢަލާމާތެއް ފެންނާކަށް ނެތެވެ. މިގޮތުން ޓްރެމަރ އަދި ހެސިޓޭޝަންގެ
އެއްވެސް ޢަލާމާތެއް ފެންނަން ނެތުމާއެކު ސޮއި ކޮށްފައިވަނީ ވަރަށް ސްމޫތުކޮށް އަދި ވަރަށް ފްރީ ކޮށެވެ."
މިފަދައިން ބަޔާން ކޮށްފައިވާއިރު، އޮބަޒަރވޭޝަން (2) ގައި: " 2 ގައިވާ އަށާވީސް ސޮއި ގައި ފޮޖަރީގެ
އެއްވެސް ޢަލާމާތެއް ފެންނާކަށް ނެތެވެ. މިގޮތުން ޓްރެމަރ އަދި ހެސިޓޭޝަންގެ އެއްވެސް ޢަލާމާތެއް ފެންނަން
ނެތުމާއެކު ސޮއި ކޮށްފައިވަނީ ވަރަށް ސްމޫތުކޮށް އަދި ވަރަށް ފްރީ ކޮށެވެ." މިގޮތަށް ބަޔާން ކުރުމަށްފަހު،
އޮބަޒަރވޭޝަން (3) ގައި: " 1 ގައިވާ ދިހަ ސޮއިއާއި 2 ގައިވާ އަށާވީސް ނަމޫނާ ސޮއިތައް އަޅާ ކިޔުމުން
ކަންތައްތަކެއް ފާހަގަކުރެވެއެވެ. ސޮއި ކޮށްފައިވާ ގޮތާއި، ސޮއިގެ ޝޭޕް އަދި ސައިޒް ސުވާލު
އުފެދިފައިވާ ސޮއިތަކާއި އަދި ނަމޫނާ ގައިވާ ސޮއިތަކާއި ވަރަށް ބޮޑަށް އެއްގޮތެވެ." މިފަދައިން ބަޔާން
ކުރުމަށްފަހު، ނިންމިގޮތް: ކަމަށް އެރިޕޯޓުގައި ލިޔެފައިވަނީ 19 ގައިވާ ދިހަ ސޮއި ކޮށްފައިވަނީ 2 ގައިވާ
އަށާވީސް ސޮއި ކޮށްފައިވާ މީހަކަމަށް ފެނެއެވެ." މިގޮތަށް ބަޔާން ކޮށްފައިވާ ބަޔާން ކުރުމުން މަތިގައި މި ބަޔާން
ކުރެވުނު އެންމެހައި ސޮއިތަކަކީ އެކަކު ކޮށްފައިވާ ސޮއިތަކެއްކަމަށް ލިބިފައިވާ ހަރުދަނާ ޤަރީނާތަކެއްކަމާއި، އަދި
މިޤަރީނާ ތަކަކީ ސިލްސިލާ ގޮތެއްގައި ގުޅި ލާމެހިފައިވާ ޤަރީނާ ތަކެއްކަން ޝަރީޢަތަށް ފާހަގަކުވެއެވެ.
(ބ) ދަޢުވާއާއި ގުޅިގެން ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ
ބަޔާން ކުރެވުނު ތަކެތީގެ އިތުރުން އާދަމް ޙަލީމް ހުށަހެޅި ކަމަށް ދަޢުވާގައި ބުނެފައިވާ ފޯމްތައް ބަލައިގަނެފައިވާ
ނަޞްރުﷲ ޝިޔާމް ނޭޝަނަލް އިލެކްޝަންސް ކޮމްޕްލައިންސް ބިޔުރޯ އަށް ދީފައިވާ ބަޔާނަށާއި ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ހާޒިރުވެ ތެދުބުނުމުގެ މައްޗަށް މާތް ﷲ ގަންދީ ހުވާކޮށްގެން ހުރެ ނަޞްރުﷲ ޝިޔާމް
ވަރަށް އެއްގޮތް
އެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my ento;
2011/HC-I-Kol
Occ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދީފައިވާ ބަޔާނަށް ބަލާއިރު، ދަޢުވާގައި ބަޔާން ކޮށްފައިވާ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ
ގދ.މަޑަވެލި)ކަޝްމީރުވިލާ، އާދަމް ޙަލީމް (ދ.ރ.އ.ނަންބަރ:124776-A) ކަމަށާއި، އެކަން އޭނާއަށް އެނގެނީ
އެފޯމްތައް ބަލައި ގަތީ އޭނާކަމަށްވެފައި، އެފޯމްތައް ގެނައި ފަރާތުގެ އައި.ޑީ.ކާޑް ބަލައި ހެދުމަށްފަހު، އެފޯމްތައް
ގެނައި ފަރާތާއި އައި.ޑީ.ކާޑުގައި ވާ ފޮޓޯއާއި ދިމާވޭތޯ ބަލާ ހަދާފައިވާތީ ކަމަށާއި، އެފޯމްތައް ގެނައި ފަރާތުން
ދީފައިވާ އައި.ޑީ.ކާޑުގައިވަނީ އާދަމް ޙަލީމް ގދ.މަޑަވެލިކަޝްމީރުވިލާ، (ދ.ރ.ކ.ނަންބަރ:
124776-A)
ކަމާއި، މިކަންކަން އޭނާއަށް ޔަޤީންކަމާއެކު އެނގޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ޅ) މި ދަޢުވާ ރައްދުވާ އާދަމް ޙަލީމަކީ ގދ.މަޑަވެލީ މީހަކަށް ވެފައި، އާދަމް ޙަލީމް
އެބަޔަކަށް ނޭގި އެބައެއްގެ ނަމުގައި ރަށްވެހި ވެފައި ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް އިލެކްޝަން
ކޮމިޝަނަށް ފޯމު ހުށަހެޅި ކަމަށް ބުނެފައިވާ މީހުންނަކީ ނ.އަތޮޅު މިލަދޫ މީހުންކަމަށްވާއިރު، މިފަދަ ކަމެއް
ކުރުމުގައި އާދަމް ޙަލީމަށް ލިބޭ ފައިދާއެއް އޮތްކަމަށް ނުފެންނާތީ، ކުށް ކުރުމުން ތިމާއަށް ހާސިލުވާ ކަމެއް ނެތި
އެފަދަ ކުށެއް މީހަކު ކޮށްފާނެ ކަމަށް ޤަބޫލު ނުކުރެވޭތީ، މިމައްސަލަ ނިންމުމުގައި މިކަންކަމަށް ޝަރީޢަތުން
ރިޢާޔަތް ކޮށްދެއްވުމަށް އާދަމް ޙަލީމް ގެ ފަރާތުން އެދިފައިވާތީ، އާދަމް ޙަލީމާއި އެބައެއްގެ ނަމުގައި އާދަމް
ޙަލީމް ފޯމް ހުށަހެޅި ކަމަށް ދަޢުވާގައި ބުނެފައިވާ މީހުންނަކީ ރާއްޖޭގެ ދެ ދިމާލަކަށް ނިސްބަތްވާ ބަޔަކު ކަމުގައި
ފާހަގަކުރެވިފައިވާތީއާއި ޢުމުރުގެ ގޮތުންނައި ނިސްބަތްވާ ހިސާބުގެ ގޮތުން ޒާތީ ރުޅިވެރިކަމެއް ނުވަތަ ޙަސަދަ
ވެރިކަމެއް މިދެމެދުގައި އޮވެދާނެ ކަން ފާހަގަކުރެވިފައި ނުވާތީއާއި، ޒާތީ ރުޅިވެރިކަމެއް ނެތްކަމުގައިވިޔަސް
އެހެން ކޮންމެވެސް ސިފައެއްގައި މިފަދަ ކަމެއް ކުރުމުގެ ބޭނުމެއް އޮވެދާނެކަމަށް ޤަބޫލު ކުރެވޭތީ، މި އާދަމް
ޙަލީމާއި، މި އާދަމް ހަލީމް އެބައެއްގެ ނަމުގައި އެމީހަކު ރަށްވެހި ވެފައިވާ ރަށްނޫން އެހެން ރަށެއްގައި
ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ހުށަހެޅި ކަމަށް ދަޢުވާގައި ބުނެފައިވާ މީސްމީހުން ނިސްބަތްވާ
ސިޔާސީ ޕާޓީ އަކީ ކޮބައިތޯ ކަމާބެހޭ އިދާރާއިން ސާފުކުރި އިރު، އޭގެ ތެރެއިން ހުރިހާ މީހުންނަކީވެސް ސިޔާސީ
ވަކި ޕާޓީއަކަށް ނުވަތަ ޕާޓީ ތަކަކަށް ނިސްބަތްވާ ފަރާތްތަކެއް ކަމާއި، ނަމަވެސް އޭގެ ތެރެއިން އެންމެން
ނަކީވެސް އާދަމް ޙަލީމް ނިސްބަތްވާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުންކަން
/ އ ވ2 2
2
4
2
ހ ކރިއެވެ"
(ށ) މިމައްސަލައަކީ 10 މާރޗް 2011 ދުވަހުއާއި 13 މާރޗް 2011 ދުވަހުއާއި ދެދުވަސް
މަތީން ހިންގާ އަޑުއެހުން ނިމިފައިވާ މައްސަލައެއް ކަމާއި، މިމައްސަލައާއި ގުޅިގެން 19 މާރޗް 2011 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
8
2011/HC-I-K01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދުވަހުގެ 11:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީޢަތުގެ މަޖިލީހަށް ހާޒިރު ވުމުގެ ގޮތުން އެދުވަހުގެ
އެގަޑިއަށް ހައިކޯޓަށް ހާޒިރުވުމަށް އަންގާ ހައިކޯޓަށް ހާޒިރުވުމުގެ އަމުރު ނަންބަރ: HC
-
B3
/
2011
/
87 (17
މާރޗް 2011) ވަނީ މި އާދަމް ޙަލީމަށް ހަވާލު ކުރެވިފައިކަމާއި، 19 މާރޗް 2011 ދުވަހުގެ 10:30 މީނާ
ހައިކޯޓަށް ފޮނުވި ސިޓީ އެއްގައި، މީނާގެ ވަކީލަށް ކުއްލި ޞިއްޙީ ކަމެއް ދިމާވުމުގެ ސަބަބުން އެގަޑިއަށް
ހާޒިރުވެން ނެތްކަމަށް ބުނެ، 23 މާރޗް 2011 ވަނަ ދުވަހަށް މިމައްސަލަ ފަސް ކޮށްދެއްވުމަށް އެދިފައިވާތީ،
މި އާދަމް ޙަލީމް ބޭނުންކުރާ ނަންބަރ7796297 ފޯނަށް ހައިކޯޓުގެ ކަމާބެހޭ މުވައްޒަށް ގުޅުމަށްފަހު، އެދިވަޑައި
ގެންފައިވާ ގޮތުގެ މަތީން ޝަރީޢަތުގެ މަޖިލީސް ފަސް ކުރެވެން ނެތްކަމަށާއި، އިންތިޚާބާ ބެހޭ މައްސަލަތަކަކީ
ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭ މައްސަލަތަކެއް ކަމަށާއި، އެގޮތުން މިއަދު (19 މާރޗް 2011) އަކީ
މިފަދަ މައްސަލަތައް ނިންމުމަށް ޤާނޫނީ ގޮތުން ހައިކޯޓަށް ލާޒިމުކުރާ އެންމެ ފަހު ދުވަސް ކަމަށްވާތީ، ހާޒިރު
ނުވިނަމަވެސް ޣައިރު ހާޒިރުގައި މައްސަލަ ނިންމާނެ ކަމަށް ތަކުރާރުކޮށް ހައިކޯޓުގެ ކަމާބެހޭ މުވައްޒަފު
މެދުވެރިކޮށް މި އާދަމް ޙަލީމަށް އެންގުމުންވެސް ހައިކޯޓަށް ހާޒިރުވުމަށް އިންކާރު ކޮށްފައިވާތީ، މިމައްސަލާގައި
ޙުކުމް ކުރެވިފައިވަނީ މި އާދަމް ޙަލީމުގެ ޣައިރު ހާޒިރުގައި ކަން ފާހަގަކުރެވެއެވެ.
ދެންފަހެ، 05 ފެބްރުއަރީ 2011 ގައި ބޭއްވުމަށް ހަމަޖެހުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު
2011 ގައި، ނ.މިލަދޫ އިރުމަތީގެ އާދަމް ޢަލީއާއި، ނ.މިލަދޫ!ހީނާމާގެ އާމިނަތު ޔޫސުފާއި، ނ.މިލަދޫ، ބުލްބުލާގެ
ޢާއިޝަތު ޙުސައިނާއި، ނ.މިލަދޫ ދޫރެސްވިލާ ފާތިމަތު މުޙައްމަދާއި، ނ.މިލަދޫކާމިނީގެ ޙަލީމާ ޙަސަނާއި،
ނ.މިލަދޫ ހަނދުވަރީގެ ޙަސަން ޙުސައިނާއި، ނ.މިލަދޫ ނަލަހިޔާ ޙުސްނާ ޙަސަނާއި، ނ.މިލަދޫ ދިރިމާގެ
ޖަމީލާ ޢަބްދުﷲއާއި، ނ.މިލަދޫ ފަތަނގުމާގެ މާރިޔާ އަޙްމަދާއި، ނ.މިލަދޫހަނދުވަރީގެ ރުޤިއްޔާ ޙުސައިނަށް
ނޭގި، އެމީހުން ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ކުރުމަށް، ފޯމުތަކެއް
ފުރާ، އިލެކްޝަންސް ކޮމިޝަނަށް ގދ.މަޑަވެލި/ކަޝްމީރުވިލާ، އާދަމް ޙަލީމް (ދ.ރ.ކ.ނަންބަރ:
124776-A)
ހުށަހަޅާފައިވާކަމަށްބުނެ، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ
މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން އާދަމް ޙަލީމްގެ މައްޗަށް ވޯޓުލުމަށް
ދަތިކުރުމާއި ހުރަސް އެޅުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރުމުން ބެލުނު
އެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9
2011/HC-I-K01
OOX
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިޤަޟިއްޔާގައި ހުށަހެޅިފައިވާ އެންމެހައި ލިޔުންތަކަށާއި އެލިޔުން ތަކުގައިވާ ސޮއިތައް އެގްޒަމިން ކުރެވުނު
މޯލްޑިވްސް ޕޮލިސް ސާރވިސް ގެ ރިޕޯޓުގައި އެ ސޮއިތަކާއި މެދު ނިންމާފައިވާ ނިންމުމަށާއި، އިލެކްޝަންސް
ކޮމިޝަނަށް އާދަމް ހަލީމް ހުށަހެޅި ކަމަށް ދަޢުވާގައި ބަޔާން ކޮށްފައިވާ ފޯމުތައް އެކޮމިޝަނަށް ބަލައިގަނެފައިވާ
ނަޞްރުﷲ ޝިޔާމް ފެއަރީވިލާ/ ކ.ގާފަރު (ދ.ރ.ކ.ނަންބަރ: 294065-A، ނޭޝަނަލް އިލެކްޝަންސް
ކޮމްޕްލައިންސް ބިޔުރޯ އަށާއި ހައިކޯޓަށް ދީފައިވާ ބަޔާނަށް ބަލާއިރު، ދަޢުވާގައި ބަޔާންކުރެވިފައިވާ މީހުންގެ
ނަމުގައި އެމީހުންނަށް ނޭގި، "އެމީހަކު ރަށްވެހި ވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި
ރަޖިސްޓްރީ ވުމަށް އެދޭ ފޯމު" ތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވަނީ ދަޢުވާގައި ބަޔާން ކޮށްފައިވާ
ފަދައިން ގދ.މަޑަވެލި ކަޝްމީރުވިލާ، އާދަމް ޙަލީމް (ދ.ރ.ކ.ނަންބަރ:124776-A) ކަން އެއްވެސް ޝައްކެތް
ނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު ތަކާބެހޭ ޢާންމު ޤާނޫނު) ގެ
74 ވަނަ މާއްދާގެ (ހ) ގެ 12 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން ވޯޓުލުމަށް ދަތިކުރުމާއި
ހުރަސް އެޅުމުގެ ކުށުން
ހު އާދަމް ހަލީމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތުގެ ގޮތުން
އެމާއްދާގެ (ށ) ގެ ދަށުން މި އާދަމް ޙަލީމް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް މިމައްސަލަ
ބެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން މީނާގެ ޣައިރު ހާޒިރުގައި ޙުކުމްކޮށް އެގޮތުގެ މަތިން
މިމައްސަލަ ނިންމީއެވެ.
*
މާޅަ..
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv