ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/292 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/292
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 292/HC
-
A/2012
އިސްތިއުނާފްކުރި ފަރާތް:
* ނަން: އިސްމާޢީލް މޫސާ
ކާޑު ނަންބަރ: A052076
ދާއިމީ އެޑްރެސް: ހުޅުމާލެ!ދޮޅަސް
*
އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ޢަލީ ދާއޫދު
އައިޑީ ކާޑު ނަންބަރ: A05260
*
* ދާއިމީ އެޑްރެސް: މ.މ.ދ. ދަފްތަރު ނަންބަރު 4935
ރަޖިސްޓްރީކުރެވުނު ތާރީޚް: 24 ޒުލްޤަޢިދާ 1433
10 އޮކްޓޯބަރު 2012
ނިމުނު ތާރީޚް: 13 މުޙައްރަމް 1434
21 ނޮވެމްބަރު 2012
ޤަޟިއްޔާގެ
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/1952
ބިއްޔާގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
ނިންމެވިކޯޓް: ސިވިލް ކޯޓު
ހުށަހެޅުނުތާރީޚް:
ނިމުނު ތާރީޚް: 2012-06-21
03-10-2011
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤައްޅާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/292
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1952 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި އިސްމާޢީލް
މޫސާ، ހުޅުމާގެ(ދޮޅަސް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A052076) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ
ފަރާތަކީ، ޢަލީ ދާއޫދު، މ.މ.ދ. ދަފްތަރު 4935/މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A052604} އެވެ.
ފާހަގަކުރެވުނު ނުކުތާތައް
1. އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1952
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ހ. ފަންފިނި އެވެކިޔާ ގޯތީގައި ހުރި ލަކުޑި 1 (އެކެއް)
ޑެކުއަޅައިގެން ގުރައުންޑް ފްލޯއާއެކު ހަދާފައިވާ 2 (ދޭއް) ބުރީގެ ޢިމާރާތް ތަޅާނުލާ، އިތުރު ލަކުޑި 2 (ދޭއް)
ޑެކުއަޅައިގެން، ހުއްދަ ލިބިފައިވާ ކުރެހުމާ އެއްގޮތަށް ގްރައުންޑް ފްލޯއާއެކު 4 (ހަތަރެއް) ބުރީގެ އިމާރާތަކަށް
ބަދަލު ކުރުމަށްޓަކައި އިސްމާޢީލް މޫސާ، ހުޅުމާގެ ދޮޅަސް އާއި ޢަލީ ދާއޫދު، މ.މ.ދ. ދަފްތަރު ނަންބަރު
4935/މާލެ އާ ދެމެދު 24 އޭޕްރީލް 2011 ތާރީޚުގައި އެއްބަސްވެ ސޮއިކޮށްފައިވާ އެއްބަސްވުމާއި ޚިލާފަށް،
ޢަލީ ދާއޫދުގެ ފަރާތުން އެޢިމާރާތް ތަޅާލާފައިވާތީ، އެތަނުގައި ހުރި ދެބުރި ޢިމާރާތް އެބިމުގައި
ހަދާދިނުމާބެހޭގޮތުން އުފުލަންޖެހޭ އެންމެހާ ޒިންމާތައް އުފުލަންޖެހޭނީ ޢަލީ ދާއޫދު ކަމަށްވާތީ މިޒިންމާތައް
އުފުލުމަށް ނުވަތަ އެތަނުގައި ދެބުރި ޢިމާރާތެއް ކުރުމަށް ޝަރީޢަތުން ކަނޑައަޅާ ޝަރުޢީ އަގަށްވާ ފައިސާ
ޢަލީ ދާއޫދުގެ އަތުން ލިބުމަށާއި، އަދި މިކަމަށް ޢަލީ ދާއޫދު އިންކާރުކުރާނަމަ، 24 އޭޕްރީލް 2011 ގެ
ތާރީޚުގައި އިސްމާޢީލް މޫސާ އާއި ޢަލީ ދާއޫދު އާ ދެމެދު އެއްބަސްވެ ސޮއިކުރި އެއްބަސްވުމުގެ 5.1 އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޅާ ނިމޫނު ގޮތުގެ ރިޕޯޓް
2012/HC-A292
5.2 ވަނަ މައްދާގެ ދަށުން ޢަލީ ދާއޫދުގެ އަތުން އިސްމާޢީލް މޫސާއަށް ލިބެންވާ ފައިސާއާއި، އެބިމުގައިހުރި
ދެބުރި ޢިމާރާތަކީ 31 ޑިސެމްބަރު 2019 ވަނަ އަހަރުގެ ނިޔަލަށް އިސްމާޢީލް މޫސާ ކުއްޔަށް ހިފާފައިވާ
ޢިމާރާތެއްކަމަށްވާތީ، އެ ޢިމާރާތުގެ ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރ އަށް، ފްލޯރ އަކަށް މަހަކު
-/10,000 (ދިހަހާސް) ރުފިޔާގެ މަގުން ޢަލީ ދާއޫދުއާ އެޢިމާރާތް ޙަވާލުކުރި ތާރީޚުން ފެށިގެން 31
ޑިސެމްބަރު 2019 ގެ ނިޔަލަށް ލިބެންވާ ކުލީގެ ފައިސާވެސް ޢަލީ ދާއޫދުގެ އަތުން ހޯދުމަށްއެދިގެން ޢަލީ
ދާއޫދުގެ މައްޗަށް އިސްމާޢީލް މޫސާ ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
5 23
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "އިސްމާޢީލް މޫސާގެ މިދަޢުވާއަކީ
އިސްމާޢީލް މޫސާ އާއި ޢަލީ ދާއޫދާއި ދެމެދު ކުރެވިފައިވާ އެއްބަސްވުމާއި ޢަލީ ދާއޫދު ޚިލާފުވެ، ހ. ފަންފިނި
އެވެކިޔާ ގޯތީގައިހުރި 2 ބުރި ޢިމާރާތް ތަޅާނުލައި އެއިމާރާތުގެ މައްޗަށް އެއްބަސްވުމުގައިވާ ފަދައިން
އިމާރާތެއްކުރުމަށް ޢަލީ ދާއޫދާއި ޙަވާލުކޮށްފައިވަނިކޮށް، އިސްމާޢީލް މޫސާ އަށް އެނގުމަކާއިނުލައި، އެޢިމާރާތް
ޢަލީ ދާއޫދު ތަޅާލައި ޢިމާރާތް ނެތިކޮށްލާފައިވާކަމަށްބުނެ، އެކަމުގެ ސަބަބުން އިސްމާޢީލް މޫސާއާށް ލިބިފައިވާ
އެންމެހާ ގެއްލުމުގެ ޛިންމާ ނަގަންޖެހޭ ފަރާތަކީ ޢަލީ ދާއޫދު ކަމަށް ކަނޑައަޅައިދިނުން އެދިގެން ހުށަހަޅާފައިވާ
ދަޢުވާއެއްކަން އެނގެންއޮތްހިނދު،
އިސްމާޢީލް މޫސާގެ މިދަޢުވާއަށް ބަލާއިރު، މިދަޢުވާ އަދި ދަޢުވާގައި އެދިފައިވާ ކަމުގެ
މަޤްޞަދަށްޓަކައި ޝަރީޢަތުންބަލައި ގޮތެއް ކަނޑައަޅަންޖެހެނީ ހ. ފަންފިނި އެވެ ކިޔާ ގޯތީގައިހުރި 2 ބުރި
ޢިމާރާތް ތަޅާލާފައިވަނީ އިސްމާޢީލް މޫސާ ހުށަހަޅާފައިވާ ފަދައިން އިސްމާޢީލް މޫސާ އަށް ނުއެނގި ޢަލީ
ދާއޫދު އަމިއްލައަށްތޯ ކަމާމެދުއޮތް ނުކުތާއަށްކަމާއި، މިގޮތުން މިނުކުތާއަށް ބަލާއިރު،
ޢިމާރާތްހުރީ ވަރަށް ބާވެފައިކަމަށާއި، ޢިމާރާތްހުރި ގޮތުން ޢިމާރާތް ތަޅާނުލައި
ކުރެހުމާއި
އިސްމާއީލް މޫސާ ގާތުގައި ޢަލީ ދާއޫދު ބުނިކަމަށާއި، ޢަލީ
4
9* ތކތ ހ4 473
42
4 އދވ
އެއްގޮތަށް މަސައްކަތްނުކުރެވޭނެކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޝަސިޟިއްޔާ ނިމޫނު ގޮތުގެ ރިޕޯޓް
202/HC-A/292
ދާއޫދު އެފަދައިން ބުނުމުން، ޢަލީ ދާއޫދަށް ފެންނަ ގޮތަކަށް ޢިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޢަލީ
ދާއޫދު ގާތު އިސްމާޢީލް މޫސާ ބުނިކަމަށާއި، ޢިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަމުންދިޔައިރު އެތަނަށް
އިސްމާޢީލް މޫނާ އައިސްގޮސްވާކަމާއި، އެންމެ ފުރަތަމަ ފުރާޅު ނެގިއިރުވެސް އިސްމާޢީލް މޫސާ
ހުންނާނެކަމަށާއި، ޢިމާރާތް ތަޅަމުންދިޔައިރު އެއްވެސްއިރެއްގައި އެކަން ނުކުރުމަށް އިސްމާޢީލް މޫސާ
ބުނެފައިނުވާކަމަށާއި، އަބަދުވެސް ބުނަމުންއައިސްފައިވަނީ ތަޅަމުން ނިންމަމުން އައުމަށްކަމަށާއި، ކުރަމުންދިޔަ
މަސައްކަތް
އިސްމާޢީލް މޫސާއަށް ފެންނާނެކަމަށާއި، އޭރުހުރި ޢިމާރާތް ތަޅާނުލައި ކުރެހުމާއި އެއްގޮތަށް
ނުހެދޭނެކަމަށް އެތައް ފަހަރެއްގައި އިސްމާޢީލް މޫސާ ގާތު ބުނެފައިވާކަމަށާއި، މިއިން އެއްވެސް ފަހަރެއްގަވެސް
އެކަމާދެކޮޅަށް އިސްމާޢީލް މޫސާ އެއްޗެއްބުނެފައިނުވާކަމަށް މައްސަލައިގައި ޙާޟިރުކުރެވުނު ހެކީން
ހެކިބަސްދީފައިވާކަމާއި،
އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ކުރިންހުރި 2
ބުރި ޢިމާރާތް ތަޅާނުލައި އެޢިމާރާތުގެ މައްޗަށް އިތުރު 02 ޑެގު އަޅައި 4 ބުރީގެ ޢިމާރާތެއް ކުރުމަށް
ބަޔާންކޮށްފައިވީނަމަވެސް، ތަޅަމުން ނިންމަމުން އައުމަށް އިސްމާޢީލް މޫސާ ބުނެފައިވާނެކަމަށް މަސައްކަތްކުރި
ފަރާތުން ބުނެފައިވުމާއި އަދި އެކަމަށް އިސްމާޢީލް މޫސާވެސް އެއްބަސްވާއިރު، އެކަމުން ކުރިންހުރި ޢިމާރާތުގެ
ބަދަލުގައި އެހެން ޢިމާރާތެއް ހެދުމީ މަޤުޞަދުކަން އެނގިގެންދާކަމާއި، އަދި ހަމައެހެންމެ،
މަސައްކަތްކުރަމުންދިޔައިރު، އިސްމާޢީލް މޫސާ އައިސްގޮސްފައިވުމުންނާއި، ކުރަމުންދިޔަ މަސައްކަތް އިސްމާޢީލް
މޫސާ އަށް ފެންނާނެކަމުންނާއި، ތެޅުމުގެ މަސައްކަތަށް ވިއްސަކަށް ފަންސަވީހަކަށް ދުވަސް
ހޭދަވެފައިވާނެކަމަށް އެމަސައްކަތްކުރި ފަރާތުން ބުނެފައިވާއިރު، އެމުއްދަތުގެ ތެރޭގައި އެތަނުގައިހުރި ޢިމާރާތް
ތަޅައި ބިން ސާފުކުރިއިރު، އެކަމުގެ މަޢުލޫމާތު ނުވަތަ އެކަން އިސްމާޢީލް މޫސާއަށް ނުއެނގި އޮވެދާނެކަމީ
ބުއްދީގެ ހަމައިން ވިސްނާއިރު ޤަބޫލުކުރަން ދަތިކަމެއްކަމަށްވުމުންނާއި، އަދި ރ. ފަންފިނި އެވެކިޔާ ގޯތީގައި
ހުރި 2 ބުރި ޢިމާރާތް އިސްމާޢީލް މޫސާގެ ހުއްދަ ހޯދުމަކާއިނުލައި ޢަލީ ދާއޫދު ތަޅާލާފައިވެގެން އެކަމުގެ
ޝަކުވާ އެއްވެސް އިދާރާއެއްގައި އުފުލާފައިވާކަން އެނގެން ނެތްހިނދުގައި، ޢަލީ ދާއޫދަކީ މިޢިމާރާތުގެ
;
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ، ވެބް ސައިޓް: www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/292
03 3 3 0 4 6
ދ
މަސައްކަތް ކުރުމަށް އިސްމާޢީލް މޫސާ ޢައްޔަންކުރި ފަރާތެއްކަމުގައިވެފައި، އެޢިމާރާތް ތަޅާލާފައިވަނީ
އިސްމާޢީލް މޫސާގެ އެނގުމާއި ފެނުމުގެ ތެރެއިންކަން އިސްވެބަޔާންވެދިޔަ ކަންކަން
ބެލެވެންއޮތްއިރު، ޢިމާރާތް ތަޅާލުން ހުއްޓުވުމަށް އިސްމާއީލް މޫސާ އެއްވެސް މަސައްކަތެއްކޮށްފައިވާކަން
އެނގެން ނެތުމުން، ޢިމާރާތް ނެތުމުގެ ސަބަބުން އުފެދޭ ޛިންމާތަކަށް ޢަލީ ދާއޫދު ދިންމާކުރެވޭނެ ޝަރުޢީ
އަދި ޤާނޫނީއެއްވެސް ހަމައެއްނެތަތީ، އެދިފައިވާފަދައިން ޢިމާރާތް ނެތުމުގެ ސަބަބުން އުފެދޭ ކަންކަމުގެ ޛިންމާ
ޢަލީ ދާއޫދު އުފުލަންޖެހޭކަމަށް ކަނޑައަޅާނެތަނެއް ނެތްކަމަށް ޙުކުމްކޮށް" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
:
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1952 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އިސްމާޢީލް މޫސާގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
4 4
0
ފުރަތަމަ ނުކުތާއަކީ، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމާއި ދަޢުވާ ރައްދުވާ
ފަރާތުން ޚިލާފުވެފައިވާކަން ސާފުކޮށް ފެންނަންއޮއްވައި، އެކަމަށް ރިޢާޔަތްނުކުރައްވާ
ޙުކުމް
ކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
0
ދެވަނަ ނުކުތާއަކީ، ޝަރީޢަތުން ގޮތެއް ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރައްވާފައިވާ
ދެހެކިންގެ ހެކިބަހަށް ބަލާއިރު، އެއިން ކޮންމެ ފަރާތަކީވެސް ދަޢުވާ ރައްދުވާ ފަރާތުގެ މުވައްޒަފެއްކަމަށް
ވީނަމަވެސް ހެކިންގެ ހެކިބަހުން ޢިމާރާތް ތަޅާލުމަށް ބުނެފައިވާކަން އެނގެންނެތްކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
: ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2]2/HC-A/22
ތިންވަނަ ނުކުތާއަކީ، ހެކިންގެ ގޮތުގައި ގެނެވުނީ ޢިމާރާތް ތަޅާލުމުގައި ދަޢުވާ
ރައްދުވާ ފަރާތުގެ އަތުން މަސައްކަތް ނަގައިގެން ޢަމަލީ ގޮތުން އެކަމުގައި އުޅުނު ފަރާތްތަކެއްކަމުން،
އެފަރާތްތަކާއި ސީދާ ގޮތެއްގައި އިސްމާޢީލް މޫސާއަށް އެއްވެސް ގުޅުމެއް ނުއުފެދޭނެ ކަމަށްވީނަމަވެސް،
އެފަރާތުގެ ކަންކަން އިސްމާޢީލް މޫސާއަށް އެނގުން އެއީ އިސްމާޢީލް މޫސާ އެފަރާތުގެ ޢަމަލުތަކަށް
ޒިންމާވާންޖެހޭ ކަމެއްކަމަށް ދޭހަވާފަދައިން ޙުކުމްގައި ގެންނަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނޭކުތައ9*
0
ހަތަރުވަނަ ނުކުތާއަކީ، އެއްބަސްވުމުގެ ދެވަނަ ބައިވެރިޔާ އަދި ދަޢުވާ ރައްދުވާ
މުވައްޒަފުންގެ އިޙުމާލަށް އިސްމާޢީލް ޒިންމާވާންޖެހޭކަމަށް ޙުކުމުގައި
ފަރާތުގެ
ބަޔާންކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ
ނުކޮށް އެތަން ތަޅާލާފައިވީ ނަމަވެސް އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
1952/Cv-C/2011
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އިސްމާޢީލް މޫސާ
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ޢަލީ ދާއޫދު ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
44
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1952 ޤަޟިއްޔާގައި ހިމެނޭ މައްސަލައާ ގުޅިގެން އެކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325102، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: Www.highcourt.gov.mv
8
މިތިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2[312/HCA/292
ތެރޭގައި ހިމެނޭ، ހުޅުމާލެ(ދޮޅަސް އިސްމާޢީލް މޫސާ އާއި، މ.މ.ދ. ދަފްތަރު ނަންބަރު 4935، ޢަލީ ދާއޫދު
އާދެމެދު، 24 އެޕްރީލް 2011 ގެ ތާރީޚުގައި ސޮއިކޮށްފައިވާ އެއްބަސްވުމަށް ބަލާއިރު، އެއެއްބަސްވުމަކީ،
ފަންފިނި އޭކިޔާ ގޯތީގައި ލަކުޑި އެއް ކެކު އަޅައިގެން ގްރައުންޑް ފްލޯއާއިއެކު ދެ ބުރިއަށް ހަދާފައިހުރި
ޢިމާރާތުގެ އިތުރުން ދެ ޑެކް އަޅައިގެން އޭރުހުރި ދެބުރިއާއެކު، އޭރުހުރި ޢިމާރާތް ތަޅާނުވާ ކުރެހުމުގައި ހުރި
ތަނބުތަކުން ކުރީގެ ޢިމާރާތުގެ ފާރާ ދިމާވާގޮތަށް ހުރި ތަނބުތަކާ ދިމާވާ ތަންތަން ފާރުން ތަނބުގެ ބޮޑުމިން
ކަނޑާލާ އަދި އޭރުގެ ޢިމާރާތުގެ ފުރަތަމަ ބުރީގެ ބީމާއި، ދިމާވާ ތަނބު އެޓީމުން ދިމާވާ ތަންތަން ތަޅާލައިގެން
ކުރެހުމާ އެއްގޮތަށް އިތުރު ދެބުރި ޑެކުއަޅައިގެން، ކުއްޔަށްހިފި ފަރާތުގެ އަމިއްލަ ޚަރަދާއި ތަކެތީގައި
ފުރިހަމަކޮށް ނިންމުމުން އެޢިމާރާތުގެ އެންމެމަތީގެ ދެބުރި، ހަ އަހަރުދުވަހުގެ މުއްތަދަށް ކުއްޔަށް ދިނުމާ
ބެހޭގޮތުން އިސްމާޢީލް މޫސާއާއި، ޢަލީ ދާއޫދު އާދެމެދު ހެދިފައިވާ އެއްބަސްވުމެއްކަން އެއެއްބަސްވުމުގެ
1 ވަނަ މާއްދާގައިވާ، އެއްބަސްވުމުގެ ތަޢާރުފަށް ބެލުމުން އެނގޭކަމާއި،
މިނަންގަނެވުނު ބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ޢިމާރާތްކުރުމުގެ
މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން ބޭނުންވާ ހުއްދަ ހޯދުމަށް އެކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށްޓަކައި
އިސްމާޢީލް މޫސާ ތައްޔާރުކޮށް ޢަލީ ދާއޫދުއާ ޙަވާކޮށްފައިވާކަމަށް އިސްމާޢީލް މޫސާ ބުނާ، އިސްތިއުނާފަށް
ހުށަހެޅިފައިވާ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ، 18 އެޕްރީލް 2011 ގެ
ތާރީޚުގައި އިސްމާޢީލް މޫސާ ފުރާ، ސޮއިކޮށްފައިވާ "އިންފާރާއި ގުޅޭ މަސައްކަތްތަކުގެ ހުއްދައަށް އެދޭ ފޯމް
ގެ 3 ވަނަ ސުރުޚީގެ ދަށުގައި، މަސައްކަތުގެ ތަފްޞީލުގެ ގޮތުގައި، "މިހާރުހުރި ކުރީގެ ޢިމާރާތް (01
ޑެގުއަޅައިގެން ގްރައުންޑް ފްލޯއްއެކު 02 ބުރިއަށް ހަދާފައިހުރި ޢިމާރާތް ތަޅާނުލައި ފުރުން ކަނޑައިގެން
ކުރެހުމުގައިވާ ގޮތަށް ކޮލަމްތައް ޖަހައިގެން ޓީމް އަޅައިގެން އިތުރު ލަކުޑި 02 ޑެގުއަޅައިގެން ގްރައުންޑް
މިހާރުހުރި 02 ބުރި ޢިމާރާތް 04 ބުރީގެ ޢިމާރާތަކަށް ބަދަލުކުރުން" މިފަދައިން
ބަޔާންކޮށްފައިވާކަމާއި،
އެއްބަ
ފްލޯއާއެކު
ދިވެހިރާއްޖޭގެ ހައިކޯޓް، އްބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gOv.mv
9 ޤަޞްޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2[[2/HC-A292
އިސްވެމިދެންނެވުނު ދެލިޔުމަށް ޖުމްލަގޮތެއްގައި ބަލާއިރު، އިސްމާޢީލް މޫސާއާއި ޢަލީ
ދާއޫދު އާދެމެދު، 24 އެޕްރީލް 2011 ގެ ތާރީޚުގައި ސޮއިކޮށްފައިވާ އިސްވެދެންނެވިފައިވާ އެއްބަސްވުމުގައި
އެދެފަރާތުން ސޮއިކުރިއިރު އެދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ، ހ. ފަންފިނި އޭކިޔާ ގޯތީގައި އޭރުހުރި
ޢިމާރާތް ތަޅާނުލާ، އެއްބަސްވުމުގައިވާ ކުރެހުމާ އެއްގޮތަށް އިތުރު ދެބުރި ޢިމާރާތްކުރުމަށްކަން ވަރަށް ސާފުކޮށް
އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދު
އާދެމެދު، 24 އެޕްރީލް 2011 ގެ ތާރީޚުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެދެފަރާތުން ސޮއިކުރިއިރު
އެދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ، ފަންފިނި އޭކިޔާ ގޯތީގައި އޭރުހުރި ޢިމާރާތް ތަޅާނުލާ
އެއްބަސްވުމުގައިވާ ކުރެހުމާ އެއްގޮތަށް އިތުރު ދެބުރި ޢިމާރާތްކުރަންކަމަށް ވީނަމަވެސް، އެއްބަސްވުމުގައި
ސޮއިކުރުމަށްފަހު ހ. ފަންފިނި އޭކިޔާ ގޯތީގައި އޭރުހުރި ޢިމާރާތް، ޢަލީ ދާއޫދު އެމަސައްކަތް ޙަވާލުކުރި ބަޔަކު
ތަޅާލާފައިވާކަމާއި، ޢަލީ ދާއޫދުގެ ފަރާތުން މިގޮތަށް ޢަމަލުކޮށްފައިވަނީ، އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދު
އާދެމެދު ސޮއިކޮށްފައިވާ އިސްވެދެންނެވިފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށްކަމަށް އިސްމާޢީލް މުސާ
ބުނިނަމަވެސް، އެކަން އެގޮތަށް ކޮށްފައިވަނީ އިސްމާޢީލް މޫސާގެ ހުއްދަ ލިބިގެން އަދި އިސްމާޢީލް މޫސާ
އެތަނުގައި ހުރެގެންކަމަށް ޢަލީ ދާއޫދު ބުނާކަމާއި، އަދި މިކަން ސާބިތުކުރުމުގެ ގޮތުން، އިސްތިޢުނާފަށް
ހުށަހެޅިފައިމިވާ މައްސަލައިގެ ދަށުކޯޓުގެ މަރުޙަލާގައި، ޢަލީ ދާއޫދުގެ ފަރާތުން ދެ ހެކިން ހުށަހަޅާފައިވާކަމާއި،
މިގޮތުން، ޢަލީ ދާއޫދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި ހިމެނޭ، ތ. ވިލުފުށި!
ލޮނުމިރުސްގެ (މ. އޭޝިޔާ) އިބްރާހީމް ވަޙީދު، 5 މާޗް 2012 ގެ ތާރީޚުގައި ސިވިލް ކޯޓަށް ދީފައިވާ
ހެކިބަހަށް ބަލާއިރު، އޭނާއަކީ އެކިފަރާތްތަކުން ކުއްޔަށް ދޫކުރާ ތަންތަން މީހުންނަށް ހޯދައިދިނުމުގައި
ބްރޯކަރެއްގެ ދައުރު އަދާކުރާ މީހެއްކަމަށާއި، އިސްމާޢީލް މޫސާއާ ވާހަކަދައްކައިގެން ޢަލީ ދާއޫދަށް
ދިގުމުއްދަތަށް ދޫކުރާ ތަނެއް ހޯދައިދީފައިވާނޭކަމަށާއި، މިގޮތުން ރ. ފަންފިނި އޭކިޔާ ގޯތީގައި ޢިމާރާތެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 2316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
l0ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2012/HC-A/292
293ށައ
44
44
4223
2/0
ޏ 24
ހެދުމަށް އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދު އާދެމެދު ސޮއިކުރެވުނު އެއްބަސްވުމުގައި ހެއްކެއްގެ ގޮތުން އޭނާ
ސޮއިކޮށްފައިވާ އެއްދުވަހަކު ޢަލީ ދާއޫދު
ގުޅާފައި އިސްމާޢީލް މޫސާއާ
އްދަލުކުރަންވެއްޖެކަ
އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދުއާއި ތިން މީހުން
ރެސްޓޯރަންޓެއްގައި ބައްދަލުކުރިކަމަށާއި، އޭނާ ހަނދާންވާގޮތުގައި އެއީ އެއްބަސްވުމުގައި ސޮއިކުރުމަށް
ފަހުގައިކަމަށާއި، މިބައްދަލުވުމުގައި ޢިމާރާތް ހުރީ ވަރަށް ބާވެފައިކަމަށާއި، ޢިމާރާތް ހުރި ގޮތުން ޢިމާރާތް
ތަޅާނުލައި ކުރެހުމާ އެއްގޮތަށް މަސައްކަތް ނުކުރެވޭނެކަމަށް އިސްމާޢީލް މޫސާ ގާތު ޢަލީ ދާއޫދު ބުނިކަމަށާއި،
ޢަލީ ދާއޫދު މިހެން ބުނުމުން ޢަލީ ދާއޫދަށް ފެންނަ ގޮތަކަށް ޢިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް
އިސްމާޢީލް މޫސާ ޢަލީ ދާއޫދު ގާތު ބުނިކަމަށް އިބްރާހީމް ވަޙީދު ބުނެފައިވާކަން އެނގޭކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ޢަލީ ދާއޫދުގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހެޅި ހެކިންގެ ތެރޭގައި ހިމެނޭ، މުރައިދޫ/ވައިލެޓްމާގެ (ހ. ސަމަންތާ) މުޙައްމަދު ވަޙީދު، 5 މާޗް
2012 ގެ ތާރީޚުގައި ސިވިލް ކޯޓަށް ދީފައިވާ ހެކިބަހަށް ބަލާއިރު، އޭނާއަކީ ހ. ފަންފިނި އެވެކިޔާ ގޯތީގައި
ހުރި ދެބުރީގެ އިމާރާތް ތަޅާ، ބިންސާފުކޮށް، އެތާނގައި ހަތަރު ބުރީގެ ފައުންޑޭޝަނެއް އެޅުމުގެ މަސައްކަތް
ޢަލީ ދާއޫދު ހަވާލުކުރި ފަރާތްކަމަށާއި، މަސައްކަތް ފެށިއިރުވެސް އަދި އެންމެ ފުރަތަމަ ފުރާޅު ނެގިއިރުވެސް
އިސްމާޢީލް މޫސާ އެތާނގައި ހުންނާނެކަމަށާއި، ޢިމާރާތް ތަޅާލަމުންދިޔައިރު އެއްވެސް އިރެއްގައި އެކަން
ނުކުރުމަށް އިސްމާޢީލް މޫސާ އޭނާގާތު ބުނެފައިނުވާކަމަށާއި، އަބަދުވެސް ބުނަމުން ދިޔައީ ތަޅަމުން ނިންމަމުން
އައުމަށްކަމަށާއި، އޭނާ
ދިޔައިރު އިސްމާޢީލް މޫސާ އެތަނަށް އަންނަކަމަށާއި،
އެމަސައްކަތްކުރަމުން ދިޔައިރު އިސްމާޢީލް މޫސާއަށް ފެންނާނެކަމަށާއި، އޭނާއަށް ލިބިފައިވާ އެތަނުގެ ކުރެހުމަކީ
އެއްގޮތަކަށްވެސް އޭރު އެތާހުރި ޢިމާރާތަށް ބަލައިގެން ކުރަހާފައިއޮތް ކުރެހުމެއް ނޫންކަމަށާއި، އެކުރެހުމަކީ
ހަތަރު ބުރިއަށް ހެދުމަށް ކުރަހާފައިވާ ކުރެހުމެއްކަމަށާއި، އަދި އެކުރެހުމުގައި ހުރި ކޮލަމްތަކާއި ބީމްތައް
އޭރުހުރި ޢިމާރާތާ ދިމާނުވާކަމަށާއި، މިވާހަކަ އިސްމާޢީލް މޫސާ ގާތު އޭނާ ބުނިކަމަށާއި، އަދި އޭރުހުރި
ޢިމާރާތް ތަޅާނުލައި އެކުރެހު
މަތިން އިސްމާޢީލް މޫސާ ގާތު
މަސައްކަތްކުރަމުން
8
43ޑޖ ¢¢4
/
1
އެއްގޮތަށް ނުހެދޭނޭކަމަށް އެތައްފަހަރެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނޤުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
iޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
22/HC-A/292
8 0 9
e
އވެ
402 40
އެކަމާ ދެކޮޅަށް އެއްވެސް ފަހަރަކު އިސްމާޢީލް މޫސާ އެއްޗެއް ބުނެފައިނުވާކަމަށާއި، ޢިމާރާތުގެ
ތަނބުތައް ވައްޓާލުމުގެ މަސައްކަތް ކުރިއަށްދިޔަކަން އިސްމާޢީލް މޫސާއަށް އެނގޭނެކަމަށާއި، އަދި މަގުމަތީ
އިންފާރު ތަޅާލަންވާނީ އެތެރޭގެ ބައިތައް ނިންމާފައިކަމަށް އިސްމާޢީލް މޫސާ އޭނާގާތު ބުނެފައިވާކަމަށް
މުޙައްމަދު ވަޙީދު ބުނެފައިވާކަން އެނގޭކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް
އިސްމާޢީލް މުސާ ހުށަހަޅާފައިވާ ބަޔާންތަކަށް ބަލާއިރު، އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދު އާދެމެދު، 24
އެޕްރީލް 2011 ގެ ތާރީޚުގައި ސޮއިކޮށްފައިވާ އިސްވެދެންނެވިފައިވާ އެއްބަސްވުމުގައި އެދެފަރާތުން
ސޮއިކުރިއިރު އެދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވަނީ، ފަންފިނި އޭކިޔާ ގޯތީގައި އޭރުހުރި ޢިމާރާތް
ތަޅާނުލާ، އެއްބަސްވުމުގައިވާ ކުރެހުމާ އެއްގޮތަށް އިތުރު ދެބުރި ޢިމާރާތްކުރުމަށް ކަމަށްވީނަމަވެސް، ޢަލީ
ދާއޫދުގެ ފަރާތުން އެޢިމާރާތް ތަޅާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު އެމަސައްކަތް ހިނގާފައިވަނީ
އިސްމާޢީލް މޫސާގެ ފުރިހަމަ އެނގުމާއި ފެނުމުގެ ތެރެއިންކަމާއި އަދި އެކަން ހުއްޓުވުމަށްޓަކައި އިސްމާޢީލް
މޫސާގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން 29 ޖެނުއަރީ 2012 އަދި 28 މެއި 2012 ގެ ތާރީޚުގައި އިސްމާޢީލް
މޫސާ ސިވިލް ކޯޓަށް ދީފައިވާ ބަޔާންތަކަށް ބެލުމުން މިކަން ވަރަށް ސާފުކޮށް އެނގޭކަމާއި،
އަދި މިނަންގަނެވުނު، 28 މެއި 2012 ގެ ތާރީޚުގައި އިސްމާޢީލް މޫސާ ސިވިލް ކޯޓަށް
ދީފައިވާ ބަޔާނަށް ބަލާއިރު، އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދުއާއި އިބްރާހީމް ވަހީދުއާ ދެމެދު ބައްދަލުވެ
އެކިތަންތަނުން ދެކެވިފައިވާ ވާހަކަތަކުގައި ޢިމާރާތުން ބާވެފައި ހުންނަ ތަންތަން ތަޅާލުމުގައި ޢަލީ ދާއޫދުއަށް
ފެންނަގޮތަކަށް އެމަސައްކަތްކުރުމަށް އިސްމާޢީލް މުސާ ޢަލީ ދާއޫދުގާތު ބުނެފައިވާނޭކަމާއި (ބަޔާނުގެ 4 ވަނަ
ޞަފްޙާގެ 2 ވަނަ ޕެރެގްރާފްގައި) އަދި، ޢިމާރާތް ތަޅަމުން ނިންމަމުން ގެންދިއުމަށް މުޙައްމަދު ވަޙީދު ގާތު
އިސްމާޢީލް މޫސާ ބުނަމުން ގެންގޮސްފައިވާކަމަށް އިސްމާޢީލް މޫސާ ބުނެފައިވާކަމާއި (ބަޔާނުގެ 2 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
i2ޤުޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{)12/HC-A/292
ޞަފްޙާގެ 3 ވަނަ ޕެރެގްރާފްގައި)، އިސްމާޢީލް މޫސާގެ މިބުނުންތަކުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހެކިބަސްދީފައިވާ، އިސްވެދެންނެވިފައިވާ އިބްރާހީމް ވަޙީދު އާއި މުޙައްމަދު
ވަޙީދުގެ ހެކިބަހަށް އިތުރަށް ބާރުލިބިގެންދާކަމާއި،
މީގެއިތުރުން، އިސްމާޢީލް މޫސާއާއި، ޢަލީ ދާއޫދު އާދެމެދު، 24 އެޕްރީލް 2011 ގެ
ތާރީޚުގައި ސޮއިކޮށްފައިވާ އިސްވެދެންނެވިފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތްކުރުމަށާއި ދިގުމުއްދަތަށް
ކުއްޔަށް ދިނުމަށް އެދެފަރާތުގައި އެއްބަސްވެފައިވާ ހ. ފަންފިނި އޭކިޔާ ގޯތީގައި އޭރުހުރި ޢިމާރާތް ޢަލީ
ދާއޫދުގެ ފަރާތުން ތަޅާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަވަނީ، އިސްމާޢީލް މޫސާގެ އެނގުމާއި ފެނުމުގެ
ތެރެއިންކަމަށް ވީއިރު، އެކަމަކީ އެއްބަސްވުމާ ޚިލާފަށް ކުރެވިފައިވާކަމެއްނަމަ އެކަން ހުއްޓުވުމަށް އިސްމާޢީލް
މޫސާގެ ފަރާތުން މަސަކަތްނުކޮށް ހުރެދާނޭކަމަށް، އަދި މިގޮތުން ކުރެވޭ މަސައްކަތުން އަލީ ދާއޫދުގެ ފަރާތުން
އެތަން ތަޅާލުމުގެ މަސައްކަތް ނުހުއްޓައިފިނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް ހުށަނާޅާ ހުރެދާނޭކަމަށް،
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުނުކުރެވޭކަމެވެ.
4
84 * ހދ8
އެހެން
(ހ) ހަތަރުވަނަ ކަމަކީ، ޤާނޫނަކުން ރެގޮތަކަށް ކަނޑަނާޅާނަމަ، ކޮންޓްރެކްޓަކީ
ވަކިމިވެނި ގޮތަކަށް އޮތުން ލާޒިމު އެއްޗެއް ނޫންކަމަށް ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ
4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، އަދި އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ،
އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދު އާދެމެދު، 24 އެޕްރީލް 2011 ގެ ތާރީޚުގައި ސޮއިކޮށްފައިވާ
އެއްބަސްވުމުގައި، އެއްބަސްވުމަށް ބަދަލުގެނެވޭނެ ވަކި ޚާއްޞަގޮތެއް ކަނޑައެޅި ބަޔާންކޮށްފައިނުވާއިރު،
އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދު އާދެމެދު ވެފައިވާ، މިނަންގަނެވުނު އެއްބަސްވުމަށް އަނގަބަހުން ނުވަތަ
ދެފަރާތުގެ އަމަލުތައް ބަހައްޓާ ގޮތަކުންވެސް ބަދަލުގެނެވިދާނެކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ އެންމެހާކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މަސައްލައިގައި ހިމެނޭ، އިސްމާޢީލް މޫސާއާއި ޢަލީ ދާއޫދު އާދެމެދު، 24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
l3ލޮޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
212/HCA/292
ހ.
އެޕްރީލް 2011 ގެ ތާރީޚުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެދެފަރާތުން ސޮއިކުރިއިރު އެދެފަރާތުގެ
ދެމެދުގައި ލިޔުމުން އެއްބަސްވެފައިވަނީ، ފަންފިނި އޭކިޔާ ގޯތީގައި އޭރުހުރި ޢިމާރާތް ތަޅާނުލާ،
އެއްބަސްވުމުގައިވާ ކުރެހުމާ އެއްގޮތަށް އިތުރު ދެބުރި ޢިމާރާތްކުރުމަށްކަމަށް ވީނަމަވެސް، އެއެއްބަސްވުމުގައި
ސޮއިކުރުމަށްފަހު ފަންފިނި އޭކިޔާ ގޯތީގައި އޭރުހުރި ޢިމާރާތް ތަޅާލުމުގެ މަސައްކަތް ކުރިއަށް
ގޮސްފައިވަނީ އިސްމާޢީލް މޫސާގެ ފުރިހަމަ އެނގުމާއި ފެނުމުގެ ތެރެއިން، އޭނާގެ ޙާޒިރުގައިކަމަށްވެފައި،
އެކަން ހުއްޓުވުމަށް އޭނާގެ ފަރާތުން އެއްވެސް މަސައްކަތެއް ކޮށްފައިނުވުމުން، އިސްވެދެންނެވުނު
އެއްބަސްވުމަށް،
ބައިވެރިންގެ ޢަމަލުން ބަދަލުގެނެވިފައިވާކަމަށް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުގެ މަތިން ބެލެވޭކަމެވެ.
844 އ 0
42
އެއެއްބަސްވެމުގެ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1952 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރުމަށް އިސްމާޢީލް މޫސާގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
هلاވ .8
ތޮޅުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މްވެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
Iޤަهلތިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
22/HC-A{292
3924
ދެކުrވެ
.ރުމެއެކަ
| 1
*2
OX
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން ބަޔާންކުރެވުނު ގޮތަށް
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1952 ޤަޟިއްޔާގައި ހިމެނޭ މައްސަލަ
އިސްތިއުނާފުކުރުމަށް އިސްމާޢީލް މޫސާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ސިވިލް
ކޯޓުގެ ނަންބަރު 2011/Cv
-
C/1952 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލެއް ގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
(1
ﷲ8
9
8
ޢައްބާސް ޝަރީފް
ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
(ފަނޑިޔާރު)
0
ތައްޔާރުކުރީ: ޒަރީނާ އިބްރާހީމް
ޗެކްކުރީ: ޙައްވާ ރީނާ ވަޠީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv