ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/51 ޤަޟިއްޔާގެ ޙުކުމް
1
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/51
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 51/HC-A/2010
• އިސްތިއުނާފު ކުރިފަރާތް:
އެޑްރެސް: ފ.އާބާރު ކ.ވިލިނގިލި
* ނަން: ޢަބްދުއްރަޝީދު މޫސާ
އައިޑީ
ކާޑު ނަންބަރު: A010143
ވަކީލު: އޏ.މުޙައްމަދު އިބްރާހީމް
އައިޑީ ކާޑު ނަންބަރު: A038840
* މިހާރުގެ އެޑްރެސް: މުތް 2 | ހުޅުމާލެ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފިއުލްސަޕްލައިސް މޯލްޑިވްސް ޕވޓ ލޓޑ
ވަކީލު: އޏ. އުމަރު ޒާހިރު ޢަބްދުއްޞަމަދު
އައިޑީ ކާޑު ނަންބަރު: A046312
ދާއިވީ
އެޑްރެސް: މއ.ވިލްނާ/ މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 23 ރަބީޢުލްއައްވަލު 1431
ނިމުނު ތާރީޚް: 29 ޖުމާދަލްއާޚިރާ 1433
09
2010
20
2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/1586
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
ނިންމެވި ކޯޓް: މަދަނީ ކޯޓް
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
0
ދިވެހިރާއްa
އައިކޯ&
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް 78164
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
2
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/51
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1586 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ތ.އާބާރު
ކ.ވިލިނގިލީ ޢަބްދުއްރަޝީދުމޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.މި ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑެވެ.
cc
ފާހަގަކުރެވުނު ނުކުތާތައް
1- މަދަނީ ކޯޓުގެ ނަންބަރު 2009/MC/1586 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "އާބާރު ސްޓޯރުގެ ބޭނުމަށް ވ.އާބާރު ޢަބްދުއްރަޝީދު މޫސާ، ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކްރެޑިޓަށް ނަގާފައިވާ ތެލުގެ ބާވަތްތަކުގެ އަގުގެ ގޮތުގައި
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން ދީފައިވާ
ޗެކުތައް ބައުންސްވުމުގެ ސަބަބުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންވާ
ފައިސާގެ ތެރެއިން ޢަބްދުއްރަޝީދު މޫސާ ނުދައްކާވާ -1,692,5731ރ. (އެއްމިލިއަން ހަލައްކަ ނުވަދިހަ
ދެހާސް ފަސްސަތޭކަ ހަތްދިހަ ތިންރުފިޔާ) އާއި، މިފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވެފައިވާ
ގޮތުގެ މަތިން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ -/2,304,4380.14ރ. (ދެމިލިއަން ތިންލައްކަ
ހަތަރުހާސް ހަތަރުސަތޭކަ ތިރީސް އަށްރުފިޔާ ސާދަލާރި) އާއެކު ޖުމްލަ -/3,997,011.14ރ. (ތިން
މިލިއަން ނުވަލައްކަ ނުވަދިހަ ހަތްހާސް އެގާރަ ރުފިޔާ ސާދަލާރި) ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ލިބިފައިނުވާތީ، ފައިސާ ހޯދުމަށް ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި،
މިޤަޟިއްޔާއާއި ގުޅިގެން ހުށަހެޅިފައިވާ ބަޔާންތަކަށާއި ލިޔުންތަކަށް ރިޢާޔަތްކޮށް، އާބާރު ސްޓޯރުގެ
ޢަބްދުއްރަޝީދު މޫސާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
4
3 ދވ
މަށް
.އދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: R331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
|،
3
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/51
ކްރެޑިޓަށް ނަގާފައިވާ ތެލުގެ ބާވަތްތަކުގެ އަގުގެ ގޮތުގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން ދީފައިވާ ޗެކުތައް ބައުންސްވުމުގެ ސަބަބުން ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންވާ ފައިސާގެ ތެރެއިން ޢަބްދުއްރަޝީދު މޫސާ
މިހާތަނަށް ނުދައްކާވާ -1,692,5731ރ. (އެއްމިލިއަން ހަލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ ހަތްދިހަ
ތިންރުފިޔާ) އާއި، މިފައިސާ ނުދެއްކުމުގެ ސަބަބުން އެއްބަސްވެފައިވާ ގޮތުގެ މަތިން ޖޫރިމަނާގެ ގޮތުގައި
ދައްކަންޖެހޭ -/
2,304,438.14ރ. (ދެމިލިއަން ތިންލައްކަ ހަތަރުހާސް ހަތަރުސަތޭކަ ތިރީސް އަށް ރުފިޔާ|
ސާދަލާރި) އާއެކު ޖުމްލަ -/3,997,011.14ރ. (ތިންމިލިއަން ނުވަލައްކަ ނުވަދިހަ ހަތްހާސް އެގާރަ
ރުފިޔާސާދަލާރި) ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިފައިނުވާތީ، މިފައިސާ
ހޯދުމަށް ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ކޮށްފައިވާ ދަޢުވާއަށް ބަލާއިރު،
ޢަބްދުއްރަޝީދު މޫސާއާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދުގައި
ވެފައިވާ ނަންބަރު 2001
/
106/FSM
/
CON އެއްބަސްވުމުގެ ދަށުން ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ތެލުގެ ބާވަތްތައް ޢަބްދުއްރަޝީދު މޫސާއަށް ފަހުން ފައިސާ ދައްކާގޮތަށް
ށްފައިވާކަމާއި، މިގޮތުން އެޚިދުމަތަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ޢަބްދުއްރަޝީދު މޫސާ
އަދާކޮށްފައިނުވާ އަދަދެއްވާކަން އެނގޭހިނދު، އަދި ދަޢުވާކޮށްފައިވާ ޖުމްލަ އަދަދަކީ -/3,997,011.14
(ތިން މިލިއަން ނުވަލައްކަ ނުވަދިހަ ހަތްހާސް އެގާރަ ރުފިޔާ ސާދަލާރި) ކަމުގައިވާހިނދު،
22ތ
.
ޖޫރިމަނާގެ ފައިސާގެ ގޮތުގައި ލިބިދިނުމަށް އެދި ދަޢުވާކޮށްފައިވާ ޢަދަދަކީ ކުރެވުނު
މުޢާމަލާތުގެ އަގުގެ ގޮތުގައި ޢަބްދުއްރަޝީދު މޫސާ ދައްކަންޖެހޭ ފައިސާގެ ނިސްބަތުން ބަލާއިރު،
އެކަށޭނަ ވަރަށްވުރެ ބޮޑު ޢަދަދެއްކަމުން، އަދި ޖޫރިމަނާ ފައިސާގެ ގޮތުގައި ދަޢުވާކޮށްފައިވާ އަދަދަށް
ވާޞިލްވެފައިވަނީ ކިހިނަކުންކަމެއް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް
ޝަފުކޮށްދީފައިނުވާތީއާއި، އެއްބަސްވުމުގައިވާ ފަދައިން ފައިސާ ދައްކާފައިނުވާތީ އެއްވެސް ގެއްލުމެއް
ވެފައިވާކަން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޝަރީޢަތަށް ދައްކުވާދީ، އެކަން
ޘާބިތުކުރުމަށް ހެކިހުށަހަޅާފައިނުވާތީއާއި، ގެއްލުން ކުޑަކުރުމުގެ ގޮތުން މަސައްކަތް ކޮށްފައިވާކަން
އެނގެން ނެތަތީ، ދަޢުވާގައި ލިބިދިނުމަށްއެދި ހުށަހަޅާފައިވާ ޖޫރިމަނާ ފައިސާ ނަގައިދެވޭނެތަނެއް ނެތް
ކަމަށާއި،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 6164
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/511
އާބާރު ސްޓޯރުގެ ނަމުގައި ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ތެލުގެ ބާވަތްތަކަށް ދޭންޖެހޭ ފައިސާގެ ޢަދަދަކީ 2001 ޖެނުއަރީން
ފެށިގެން 2009 އޮކްޓޯބަރުގެ ނިޔަލަށް ކުރެވުނު މުޢާލާމާ
ލާމާތްތަކާއި ގުޅޭ އެކައުންޓް ސްޓޭޓްމަންޓްތަކުން
ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭކަމަށް
އޮތް -/
1,692,573ރ. (އެއްމިލިއަން ހަލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ ހަތްދިހަ ތިން ރުފިޔާ)
އިން، 01 ޖެނުއަރީ 2002 އިން 31 ޑިސެމްބަރ 2004 ދުވަހާއި ދެމެދުގައި ހިނގާފައިވާ
މުޢާމަލާތްތަކާއި ގުޅޭ އެކައުންޓް ސްޓޭޓްމަންޓްގައި ބަޔާންކޮށްފައިވާ ބަޝީރު މުޙައްމަދު މަނިކު ނަމަކަށް
ކިޔާ މީހާގެ ނަމުގައި އޮތް ޢަދަދުކަމުގައިވާ -/88,645.64ރ. (އަށްޑިހަ އަށްހާސް ހަސަތޭކަ ސާޅީސް
ފަސްރުފިޔާ ފަސްދޮޅަސް | ހަތަރުލާރި) އުނިކުރުމުންޖެހޭ 1,603,927
/
36 ރ. (އެއްމިލިއަން ހަލައްކަ
ތިންހާސް ނުވަސަތޭކަ ހަތާވީސް ރުފިޔާ /ތިރީސް ހަލާރި) ކަމުގައި ކަނޑައަޅައި، މިފައިސާ ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށްޓަކައި، 03 ޑިސެމްބަރ 2009 ދުވަހުން
ފެށިގެން 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުމެ، އެމީހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން
މިންވަރެއް މަދަނީ ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ވ.އާބާރު (މ.ރަންކުރި |ގްރައުންޑް ފްލޯރ)
ޢަބްދުއްރަޝީދު މޫސާ (ދ.ރ. ކާޑު ނަންބަރު: 010143-A) އަށް އަންގައި، ޙުކުމްކޮށްފީމެވެ."
މިފަދައިންނެވެ.
cco
02- މަދަނީ ކޯޓުގެ ނަންބަރު
:ރު 2009/MC/1586 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ށ.އާބާރު ޢަބްދުއްރަޝީދު މޫސާގެ ފަރާތުން 05
(ފަހެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ، ޅ.އާބާރު ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ދަޢުވާލިބޭ ގޮތަށް
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ، އެކޯޓުގެ ނަންބަރު
2009/MC/1586 ޤަޟިއްޔާއިން ބައްލަވާ ނިންމެވިއިރު، ޢަބްދުއްރަޝީދު މޫސާގެ
ރިޢާޔަތްކުރުމެއްނެތި މަދަނީ ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/51
(ށ) ދެވަނަ ނުކުތާއަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ޢަބްދުއްރަޝީދު މޫސާގެ މައްޗަށް މަދަނީ ކޯޓަށް ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މައްސަލައިގައި
އެކުންފުނިން ކުޅަ ދަޢުވާއަށް ޖަވާބުދާރީވުމުގެ ގޮތުން އެކުންފުންޏަށް ޢަބްދުއްރަޝީދު މޫސާ
ދައްކަންޖެހޭކަމަށް ދަޢުވާގައި ބަޔާންކޮށްފައިވާ ގިނަ ޢަދަދެއްގެ ފައިސާ ޢަބްދުއްރަޝީދު މޫސާ
ދައްކާފައިވާކަމަށްބުނެ އެކަން ސާބިތުވާފަދަ ލިޔެކިޔުންތައް ޝަރީޢަތަށް ހުށަހަޅާފައިވާއިރުވެސް
އެލިޔުންތަކަށް ނުބައްލަވައި މަދަނީ ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ޢަބްދުއްރަޝީދު މޫސާގެ މައްޗަށް މަދަނީ ކޯޓަށް ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މައްސަލައިގައި
އެކުންފުނިން ކުޅި ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާ އެކުންފުންޏަށް ޢަބްދުއްރަޝީދު މޫސާ
ދައްކަންޖެހޭކަމަށް ކަނޑައަޅުއްވައި އެފައިސާ ދެއްކުމަށް ޙުކުމްކުރެއްވިއިރު، ޢަބްދުއްރަޝީދު މޫސާ މާލީ
ޙާލަތައް އެއްވެސްވަރަކަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ހަތަރުވަނަ ނުކުތާއަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން
ޢަބްދުއްރަޝީދު މޫސާގެ މައްޗަށް މަދަނީ ކޯޓަށް ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މައްސަލައިގައި
އެކުންފުނިން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި ޢަބްދުއްރަޝީދު މޫސާ ދައްކަންޖެހޭ ފައިސާކަމަށް އެކުންފުނިން
ދެފަހަރު ދެ އަދަދެއް ކަނޑައަޅުއްވައި ޢަބްދުއްރަޝީދު މޫސާ ފޮނުވާފައިވާ 02 ސިޓީ ހުށަހަޅާފައިވާތީ
ފުރަތަމަ ސިޓީގައި ބަޔާންކޮށްފައިވާ ޢަދަދަށްވުރެ އަދަދެއް ފަހުގެ ސިޓީގައި
ކަނޑައަޅުއްވާފައިވީނަމަވެސް އެ ޢަދަދު ބަދަލުކޮށްފައިވާ ގޮތަކީ ޞައްޙަ މަގުން ކުޑަކަމެއްކަމަށް
ސާބިތުކޮށްދެވިފައި ނުވާއިރުވެސް ޢަބްދުއްރަޝީދު މޫސާ ދައްކަންޖެހޭ ފައިސާ ކަނޑައެޅުމުގައި ބޮޑު ޢަދަދު
ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
32
ބ) ފަސްވަނަ ނުކުތާއަކީ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ސަބަބުތައް ބަޔާންކޮށްފަ
ހުރުމާއެކު، މިމައްސަލަ މަދަނީ ކޯޓުން ނިންމެވުމުގައި ހުށަހެޅިފައިވާ ލިޔުންތަކާއި ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
.އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029 ، ފެކްސް M ދިވެހިން
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/51
03 މިމައްސަލައާއި ގުޅިގެން މަދަނީކޯޓުގެ ނަންބަރު 2009/MC/1586 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ށ.އާބާރު ޢަބްދުއްރަޝީދު މޫސާގެ ފަރާތުން
އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައް
ތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ގދ.ނަޑެއްލާ
މުގުރިގެ (ޅ.އާބާރު) ޢަބްދުއްރަޝީދު މޫސާއަށް ޑީސަލް، ޕެޓްރޯލް އަދިކަރާސީނު ކްރެޑިޓަށް
ދޫކުރުމާއިބެހޭގޮތުން ވެފައިވާ އެއްބަސްވުމެއް އޮންނަކަމާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ނަންބަރު 2001
/
106/FSM
/
CON މި އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޝީދު މޫސާއާއި
ފިއުލްސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވުނު ތެޔޮ ވިއްކުމުގެ މުޢާމަލާތްތަކުގައި
ފަހުން ފައިސާ ދައްކާގޮތަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްރަޝީދު
މޫސާއަށް ތެޔޮ ދޫކޮށްފައިވާކަމާއި، މުޢާމަލާތާއި ގުޅިގެން ތެލުގެ އަގު އަދާކުރުމުގެ ގޮތުން
ޢަބްދުއްރަޝީދު މޫސާ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޗެކްތަކެއް
ބައުންސްވެފައިވާކަމާއި، އަދި ބައުންސްވެފައިވާ މި ޗެކްތަކުގައިވާ ފައިސާގެ ޖުމްލަ ޢަދަދަކީ
-2,272,197 ރ. ( ދެމިލިޔަން ދުއިސައްތަ ހަތްދިހަ ދެހާސް އެއްސަތޭކަ ނުވަދިހަ ހަތްރުފިޔާ) ކަން މި
މައްސަލަ އާއި އެކު ހުށައެޅުނު ލިޔެކިޔުންތަކަށް ބެލުމުން އެނގެންއޮވެއެވެ.
CCCXOC
(ނ) ދެވަނަކަމަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްރަޝީދު
މޫސާ ކުރެޑިޓަށް ނަގާފައިވާ ތެލުގެ ބާވަތްތަކުގެ އަގުއަދާކުރުމުގެ ގޮތުން ދީފައިވާ ޗެކްތައް ބައުންސްވުމުގެ
ސަބަބުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންވާ -/2,472,197 ރ.
ދެމިލިޔަން ދުއިސައްތަ ހަތްދިހަ ދެހާސް އެއްސަތޭކަ ނުވަދިހަ ހަތްރުފިޔާ) ތެރެއިން މައްސަލަ
މަދަނީކޯޓަށް ހުށައެޅުމާއި ހަމައަށް ޢަބްދުއްރަޝީދު މޫސާ ފިއުލް ސަޕްލައިސް މޯލްޑީވްސްގެ ޕްރައިވެޓް
)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029،ކްސް
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
7
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/51
ލިމިޓެޑަށް ދައްކަންޖެހި ނުދައްކާވަނީ -/
1,692,573ރ. (އެއްމިލިއަން ހަލައްކަ ނުވަދިހަ ދެހާސް
ފަސްސަތޭކަ ހަތްދިހަ ތިންރުފިޔާ) ކަމަށާއި މި ފައިސާއާއި މިފައިސާ ނުދެއްކުމުގެ ސަބަބުން އަރާފައިވާ
ޖޫރިމަނާ ހޯދުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްރަޝީދު މޫސާގެ މައްޗަށް
މަދަނީ ކޯޓުގައި ދަޢުވާއުފުލާފައިވާއިރު، ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުން ކުރާ ދަޢުވާއަކީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން ކުރާ ދަޢުވާއެއް
ނޫންކަމަށާއި މިދަޢުވާއަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު، ދަޢުވާގައި ބަޔާންކޮށްފައިވާ
ޢަދަދުގެ މައްޗަށް އެގޮތުގެ މަތިން ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް ބުނެ މިދަޢުވާއަށް ޢަބްދުއްރަޝީދު މޫސާ
އިންކާރުކޮށްފައިވާކަން އެނގޭކަމާއި، އެހެން ނަމަވެސް ޢަބްދުއްރަޝީދު މޫސާ ދަށުކޯޓުގެ ޝަރީޢަތުގެ
މަޖިލިސް ދީފައިވާ ބަޔާންތަކުން، އިޝާރާތް ކުރެވުނު ޗެކްތައް ބައުންސްވުމުގެ ސަބަބުން އެޗެކުތަކުގައިވާ
ފައިސާގެ ޢަދަދުގެ ތެރެއިން ބައެއް ފައިސާ ނުދެއްކިވާކަމަށް ޢަބްދުއްރަޝީދު މޫސާ އެއްބަސްވާކަން
އެނގޭކަމާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރެޑިޓަށް ނަގާފައިވާ ތެލުގެ
ބާވަތްތަކުގެ އަގުއަދާކުރުމުގެ ގޮތުން ޢަބްދުއްރަޝީދު މޫސާ ދީފައިވާ ޗެކްތައް ބައުންސްވުމުގެ ސަބަބުން
އެޗެކްތަކުގައިވާ ފައިސާ -2,272,1971 ރ. ( ދެމިލިޔަން ދުއިސައްތަ ހަތްދިހަ ދެހާސް އެއްސަތޭކަ
ނުވަދިހަ ހަތްރުފިޔާ) ގެތެރެއިން ޢަބްދުއްރަޝީދު މޫސާއަށް ދެއްކިފައިވަނީ ކިހާ ޢަދަދެއްގެ ފައިސާއެއްކަމާއި
ބާކީ ނުދެއްކިވަނީ ކިހާ ޢަދަދެއްގެ ފައިސާއެއްކަން ސާބިތުކޮށްދިނުމަކީ ޢަބްދުއްރަޝީދު މޫސާ އުފުލަންޖެހޭ
ންމާ އެއްކަން އެނގެއެވެ.
UCO
ޒިންމާ
(ނ)ތިންވަނަކަމަކީ، ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ދޫކުރެވުނު ޗެކުތަކުގެ ތެރެއިން ބައުންސްވެފައިވާ ޗެކްތަކުގައިވާ އިސްވެ
އިޝާރާތްކުރެވުނު ފައިސާގެ ޖުމްލަ ޢަދަދުން، ޢަބްދުއްރަޝީދު މޫސާ ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ ފައިސާގެ ޢަދަދު ސާބިތުކޮށް ދިނުމުގެ ގޮތުން ސިވިލްކޯޓަށް
ޢަބްދުއްރަޝީދު ހުށައެޅި ބަޔާނުގައި ފާހަގަކޮށްފައިވާކަންކަމަކީ، ބައުންސް ވެފައިވާ ޗެކްތަކުގެ ތެރެއި
ޗެކަށް ފައިސާ ދެއްކިފައިވާކަމަށާއި، އެފައިސާގެ ޖުމްލަ ޢަދަދަކީ 59252 ރ. (
ދުއިސައްތަ ފަންސާސް ދޭއްރުފިޔާ) ކަމަށް ޢަބްދުއްރަޝީދު ބުނާބުނުމާއި، ފިއުލް ސަޕްލައިP
07.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/51
109160
ޕްރައިވެޓް ލިމިޓެޑުން ހުށައެޅި 04 ބިލެއް ތަކުރާރުވެފައިވާކަމަށާއި، އެ 04 ބިލުގެ ޖުމްލަ ޢަދަދަކީ
މ ( އެއްލައްކަ ނުވަހާސް އެއްސަތޭކަ ފަސްދޮޅަސް ރުފިޔާ) ކަމަށްބުނާ ބުނުމާއި، ފައިސާ
ނުދައްކާކަމަށް ބުނާ ބައެއް ބިލްތަކަށް ނަޤުދު ފައިސާއިންނާއި ޗެކުން /450412 ރ ( ހަތަރުލައްކަ
ފަންސާސްހާސް ހަތަރުސަތޭކަބާރަ ރުފިޔާ) ދައްކާފައިވާކަމަށް ބުނާ ބުނުމާއި، ފައިސާ ނުދައްކާވާ ބިލުތަކުގެ
ތެރެއިން 28 ބިލަކަށް /579378 ރ ( ފަސްލައްކަ ހަތްދިހަ ނުވަހާސް ތިންސަތޭކަ ހަތްދިހަ އަށްރުފިޔާ)
ދައްކާފައިވާކަމަށްބުނާ ބުނުންކަމާއި އަދި މިގޮތުން ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ފިއުލްސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެކު ޖުމްލަ 11982007 ( އެއްމިލިޔަން އެއްސަތޭކަ
ނުވަދިހައައްހާސް ދުއިސައްތަ ރުފިޔާ) ދައްކާފާވާނޭކަމަށާއި، މި ޢަދަދުތަކަށް ބަލާއިރު، ޢަބްދުއްރަޝީދު
މޫސާގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ބާކީ ދައްކަންޖެހި ނުދެއްކިވާ
ފައިސާގެ ޢަދަދަކީ 3829131 ރ. ( ތިންލައްކަ އައްޑިހަ ދެހާސް ނުވަސަތޭކަ ތޭރަ ރުފިޔާ) ކަމަށް
ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ބުނާކަން އެނގެއެވެ.
34
1586/MC/2009
(ރ) ހަތަރުވަނަކަމަކީ، މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ، އެކޯޓުގެ ނަންބަރު
ޤަޟިއްޔާއިން ބައްލަވާ ނިންމެވިއިރު، ޢަބްދުއްރަޝީދު މޫސާގެ ޙައްޤަށް
ރިޢާޔަތްކުރުމެއްނެތި މަދަނީ ކޯޓުން މައްސަލަ ނިންމަވާފައިވާކަމަށް އަދި ޢަބްދުއްރަޝީދު މޫސާގެ ފަރާތުން
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކާފައިވާކަމަށްބުނެ އެކަން ސާބިތުވާފަދަ
ލިޔެކިޔުންތައް ޝަރީޢަތަށް ހުށަހަޅާފައިވާއިރުވެސް އެލިޔުންތަކަށް ނުބައްލަވައި މަދަނީ ކޯޓުން މައްސަލަ
ނިންމަވާފައިވާ ކަމަށް ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ފާހަގަކުރި ނުކުތާއަށް ބެލިއިރު،
މަދަނީކޯޓުގެ ނަންބަރު 2009/MC/1586 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި
ފާހަގަ ކުރައްވާފައިވާ ކަންކަމަށް ބަލާއިރު، އެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 10، 11، 12
އަށްބެލުމުން ޢަބްދުއް ރަޝީދުގެ ފަރާތުން ހުށައެޅުނު ލިޔެކިޔުންތަކަށް ދަށުކޯޓުން ފުރިހަމަ އަށް ބައްލަވާ
އެލިޔެކިޔުންތަކަށް ރިޢާޔަތްކޮށްފައިވާކަން އެނގޭކަމާއި، މި ގޮތުން ބައުންސް ވެފައިވާ ޗެކްތަކުގެ ތެރެއިން
02 ޗެކަށް ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ދައްކާފައިވާ 59252
38ދ/ވ
ރ. (ފަންސާސްޖަހާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް: 3/1"
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/51
ދުއިސައްތަ ފަންސާސް ދެއްރުފިޔާ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނުކަމަށް
ރިކޯޑުކުރެވި އެފައިސާ ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ އެކައުންޓުން އުނި ކުރެވިފައިވާކަމަށް ފާހަގަ
ކުރައްވާފައިވާކަމާއި، ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ހުށައަޅާފައިވާ ލިޔެކިޔުމުގެ ތެރޭގައި ޗެކުން ފައިސާ
ދައްކާފައިވާ ލިޔުންތަކާއި ނަޤުދުން ފައިސާ ދައްކާފައިވާ ލިޔުން ހުރި އިރު ، މިހުރިހާ ފައިސާ އެއް
ލިބިފައި ހުރިކަން އަދި އެފައިސާ ލިބުނު ކަން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި
ރެކޯޑުކުރެވި އެކައުންޓުން އެބައި އުނި ކުރެވިފައިވާކަން ފާހަގަކުރައްވާފައިވާކަން އެނގޭކަމާއި، ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ހުށައެޅި 04 ބިލެއް ތަކުރާރުވެފައިވާކަމަށާއި، އެ 04
ބިލުގެ ޖުމްލަ ޢަދަދަކީ 1091607 ( އެއްލައްކަ ނުވަހާސް އެއްސަތޭކަ ފަސްދޮޅަސް ރުފިޔާ) ކަމަށް
އަދި މި ޢަދަދު ޢަބްދުއްރަޝީދު މޫސާ ދައްކަންޖެހޭ ފައިސާއިން އުނިކުރަން ޖެހޭނެކަމަށް ޢަބްދުއްރަޝީދު
މޫސާ ބުނި ނަމަވެސް 04 ބިލަކީ ޢަބްދުއްރަޝީދު މޫސާ އެބިލުތަކަށް ފައިސާ ދައްކާފައިވާކަން ދަލީލު
ކޮށްދޭ ލިޔުންތަކެއް ނޫންކަމާއި އަދި ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ތަކުރާރުވެފައިވާކަމަށް ބުނާ
ބިލަށް ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ފައިސާ ނަގަން ނިންމާފައިވާކަން އަދި އެބިލުތަކަށްވާ ފައިސާ
ޢަބްދުއްރަޝީދު މޫސާގެ އަތުން ޑަބަލްކޮށް އުނިކޮށްފައިވާކަންވެސް އެނގޭނެ ލިޔުމެއް އަބްދުއް ރަޝީދު
މޫސާއަށް ހުށައެޅިފައި ނުވާކަމާއި، އަދި މިކަން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށައެޅި ސްޓޭޓް މަންޓުންވެސް އެނގެންނެތްކަމަށް ޢަބްދުއް ރަޝީދު މޫސާގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމާއި، އެހެންކަމުން ޑަބަލް ވެފައިވާކަމަށް 04 ބިލަކީ އެ
ބިލުތަކަށް ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ފައިސާ ދައްކާފައިވާ ބިލުތަކެއްކަން ސާބިތުވާން އޮތް
ލިޔުމެއްކަމުގައި ބެލެވޭނެ ލިޔުންތަކެއްނޫންކަން އެނގޭކަމާއި، މަދަނީކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބަލާއިރު، ރިޕޯޓުގެ 6,7,8,10,11,12 މިނުކުތާތަކުގައި ފާހަގަކުރައްވާފައިވާކަންކަމުން މި
މައްސަލަ ނިންމުމުގައި ދަށުކޯޓަށް ހުށައެޅުނު ލިޔެކިޔުންތަކުގެ މައްޗަށް ޝަރީޢަތުން ފުރިހަމައަށް ރިޢާޔަތް
ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(
04
ބުނާ
(ބ) ފަސްވަނަކަމަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްރަޝީދު
މޫސާގެ މައްޗަށް މަދަނީ ކޯޓަށް ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މައްސަލައިގައި އެކުންމުނިންގެ ކުޅަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029 ، ފެކްސް:
531911
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1)
2010/HC-A/51
ޔާންކޮށްފައިވާ ފައިސާ އެކުންފުންޏަށް ޢަބްދުއްރަޝީދު މޫސާ ދައްކަންޖެހޭކަމަށް
ކަނޑައަޅުއްވައި އެފައިސާ ދެއްކުމަށް ޙުކުމްކުރެއްވިއިރު، ޢަބްދުއްރަޝީދު މޫސާ މާލީ ޙާލަތައް
އެއްވެސްވަރަކަށް ބައްލަވާފައިނުވާކަމަށް ޢަބްދުއްރަޝީދުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށްބަލާއިރު،
މައްސަލައިގައި ކަން ހިނގާފާވާ ގޮތަށާއި، ޙާލަތަށާއި މައްސަލައިގެ ވަށައިގެންވާ
އެންމެހާކަންތައްތަކަށް ޝަރީޢަތުން ރިޢާޔަތްކުރުމަށްފަހު ޝަރީޢަތަށް ސާބިތުވާން އޮންނަ ފައިސާގެ ޖުމްލަ
ޢަދަދު ދައްކަންޖެހޭ ގޮތެއް އަދި އެފައިސާ ދައްކާ ޚަލާސްކުރާނެ މިންގަނޑެއް ކަނޑައެޅުމުގެ ބާރަކީ
މައްސަލަ ބަލާ ފަނޑިޔާރެއްގެ ތަޤްދީރު (discretion ) އަށް ދޫކޮށްލެވިފައިވާ ކަމެއްކަން އެނގޭކަމާއި،
މި މައްސަލައިގައި ހިމެނޭ ފައިސާގެ މުޢާމަލާތްތައް ހިނގާފައިވަނީ 2001 ވަނަ އަހަރުގެ ތެރޭގައި ކަން
އަދި އަބްދުއްރަޝީދު މޫސާގެ ފަރާތުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ
ފައިސާ ހޯދުމަށް އެކުންފުނީގެ ފަރާތުން ތަފާތު އެތަކެއް ފަހަރުގެ މަތިން ޢަބްދުއްރަޝީދު މޫސާއަށް
އެންގިފައިވާކަން ހުށައެޅިފައިވާ ލިޔުންތަކުން އެނގޭއިރު، ޢަބްދުއްރަޝީދު މޫސާގެ މައްޗަށް ސާބިތުވި
ފައިސާ ދައްކަން ޙުކުމް ކުރައްވާފައިވަނީ ފައިސާ ދެއްކުން މަސްތަކަކަށް ބަހައިލައިގެން އެއް އަހަރު
ދުވަހުގެ ތެރޭގައި ކަން އެނގެން އޮތުމުން، މި މައްސަލައިގައި ޢަބްދުއްރަޝީދު މޫސާގެ ޙާލަތަށާއި
މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކުރެވިފައިވާކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8471ދިވެހިރާއްޖެ
ސިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގައި
ބަން
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 30/SC-A/2009 މައްސަލަ ނިންމެވިއިރު
ފާހަގަކުރެއްވި ނުކުތާތަކުގެ 07 ވަނަ ނަންބަރުގައިވާ އުސޫލަށް ބަލާއިރު، މައްސަލައެއްގެ ޝަރީޢަތަށް
ހުށައެޅޭ ކަންކަން ވަޒަންކުރުމަށް ފަހު، މައްސަލަ ބައްލަވާ ފަނޑިޔާރަކަށް ލިބިފައިވާ ތަޤްދީރީބާރުގެ ދަށުން
ކަނޑައެޅޭ ކަންކަމަކީ، އެކަންކަމުގެ މައްޗަށް އިސްތިއުނާފް ކޯޓުގެ "ރަޤާބާ" (review) އިން ބޭރުގައިވާ
ކަންތައްތަކެއްކަން އެނގޭކަމާއި، މިހެންކަމުން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ޢަބްދުއްރަޝީދު މޫސާ ދައްކަންޖެހޭކަމަށް މަދަނީކޯޓުން ކަނޑައަޅުއްވައި އެފައިސާ ދެއްކުމަށް
ޙުކުމްކުރެއްވިއިރު، ޢަބްދުއްރަޝީދު މޫސާގެ މާލީ ޙާލަތައް އެއްވެސްވަރަކަށް ބައްލަވާފައިނުވާކަމަށް
ޢަބްދުއްރަޝީދުގެ ފަރާތުން ހުށައެޅި ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާޕީ ނުކުތާއެއްގެ
$
11
2010/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OOCOCCC
ގޮތުގައި ބަލައިގަނެވޭނެފަދަ ޝަރުޢީ އަދި ޤާނޫނީ ހަމައެއް އޮތް ނުކުތާއެއް ކަމުގައި ބެލެވެންނެތްކަން
ނގެއެވެ
(ޅ) ހަވަނަކަމަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްރަޝީދު
މޫސާގެ މައްޗަށް މަދަނީ ކޯޓަށް ހުށަހަޅާފައިވާ ފައިސާ ހޯދުމުގެ މައްސަލައިގައި އެކުންފުނިން ހުށަހެޅި
ލިޔުންތަކުގެ ތެރޭގައި ޢަބްދުއްރަޝީދު މޫސާ ދައްކަންޖެހޭ ފައިސާކަމަށް އެކުންފުނިން ދެފަހަރު ދެ ޢަދަދެއް
ކަނޑައަޅުއްވައި ޢަބްދުއްރަޝީދު މޫސާއަށް ފޮނުވާފައިވާ 02 ސިޓީ ހުށަހަޅާފައިވާތީ ފުރަތަމަ ސިޓީގައި
ބަޔާންކޮށްފައިވާ ޢަދަދަށްވުރެ ބޮޑު އަދަދެއް ފަހުގެ ސިޓީގައި ކަނޑައަޅުއްވާފައިވީނަމަވެސް އެ ޢަދަދު
ބަދަލުކޮށްފައިވާ ގޮތަކީ ޞައްޙަ މަގުން ކުޑަކަމެއްކަމަށް ސާބިތުކޮށްދެވިފައި ނުވާއިރުވެސް ޢަބްދުއްރަޝީދު
މޫސާ ދައްކަންޖެހޭ ފައިސާ ކަނޑައެޅުމުގައި ބޮޑު ޢަދަދު ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބަލާއިރު،
ފިއުލްސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްރަޝީދު މޫސާއަށް ދެފަހަރެއްގެ
މަތިން ފޮނުވުނު ދެސިޓީއެއްގައި ދެ ޢަދަދެއް އޮތްނަމަވެސް މައްސަލައެއް ޝަރީޢަތަށް ހުށައެޅުމަށްފަހު
ޝަރީޢަތުން ރިޢާޔަތްކުރެވޭނީ، އެމައްސަލައެއްގައި ފައިސާ ހޯދުމަށް ޝަރީޢަތަށް ހުށައެޅުނު ޢަދަދުގެ
މައްޗަށްކަމާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން 27 އެޕްރީލް 2009 ގައި
ޢަބްދުއްރަޝީދު މޫސާއަށް ފޮނުވި ސިޓީއެއްގައި ، ޢަބްދުއްރަޝީދު މޫސާ ހިންގާ އާބާރު ސްޓޯރުގެ ބޭނުމަށް
ފިއުލްސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ކުރެޑިޓަށް ނަގާފައިވާ ތެލަށް ދައްކަންޖެހޭ ފައިސާގެ
ތެރެއިން ނުދެއްކިވަނީ /1,581,113 ރ. ( އެއްމިލިޔަން ފަސްލައްކަ އައްޑިހަ އެއްހާސް އެއްސަތޭކަ ތޭރަ
ރުފިޔާ) ކަމަށް ބަޔާންކޮށްފައި އޮތްއިރު، 16 ޖޫން 2009 ގައި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުން ޢަބްދުއްރަޝީދު މޫސާއަށް ފޮނުވި ސިޓީއެއްގައި 1,581,1131 ރ.
· ( އެއްމިލިޔަން ފަސްލައްކަ
އައްޑިހަ އެއްހާސް އެއްސަތޭކަ ތޭރަ ރުފިޔާ) ޖެހިފައިވަނީ އޮޅުމަކުން ކަމަށާއި، އެކުށް އިސްލާޙުކޮށް
ފައިސާ ދައްކަންޖެހޭ ޢަދަދަކީ -/
1,692,573ރ. (އެއްމިލިއަން ހަލައްކަ ނުވަދިހަ ދެހާސް ފަސްސަތޭކަ
ހަތްދިހަ ތިންރުފިޔާ) ކަމަށް ޢަބްދުއްރަޝީދު މޫސާއަށް އަންގާފައި އޮންނަކަމާއި، އެހެންނަމަވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3346471 ،
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯ"
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/51
މައްސަލަ ޝަރީޢަތަށް ހުށައެޅުމުގެ ކުރިން އެހާތަނަށް ފަހުން ފޮނުވުނު ސިޓީގައި އޮތް ޢަދަދާއި މެދު
އަބްދުއްރަޝީދު މޫސާގެ ފަރާތުން އިންކާރު ކޮށް، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ޢަބްދުއްރަޝީދު މޫސާގެ ފަރާތުން ދައްކަންޖެހި ނުދެއްކިވާ ޢަދަދެއް ޢަބްދުއްރަޝީދު މޫސާގެ ފަރާތުން
ބަޔާންކޮށްފައިވާކަން އެނގެން ނެތްކަމާއި،
03
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޢަބްދުއްރަޝީދު މޫސާއަށް ފޮނުވި
02 ސިޓީގައި ދެޢަދަދެއް ލިޔެފައިވަނީ އޮޅުމަކުންކަމަށް ބަޔާންކޮށް އަދި އޭގެ ސައް ޢަދަދަކީ ކޮބައިކަން
ދެކުރުމަށްފަހު، ޝަރީޢަތަށް ހުށައެޅިފައިވަނީ އިސްލާޙުކުރެވުނު ފައިސާގެ ޢަދަދުކަމުން ޝަރީޢަތުގެ
ފަރާތުން މިމައްސަލައިގައި ބަލަން ޖެހޭނީ ޝަރީޢަތަށް ހުށައެޅުނު ފައިސާގެ އަދަދަކީ ޢަބްދުއްރަޝީދު މޫސާ
ދައްކަންޖެހޭ ޢަދަދުކަން ނުވަތަ ނޫންކަން ކަމާއި، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
ފައިސް ދެއްކިކަން އަދި ދެއްކި މިންވަރެއް ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭފަރާތަކީ ޢަބްދުއްރަޝީދު
މޫސާކަމުން، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ޢަބްދުއްރަޝީދު މޫސާދައްކަން ޖެހޭ
ފައިސާގެ ޢަދަދަށް މައްސަލަ ޝަރީޢަތަށް ހުށައެޅުމުގެ ކުރިން ބަދަލެއް ގެނައި ގޮތެއް ޝަރީޢަތުގެ ފަރާތުން
ބަލާ އެކަން ސާބިތުކުރުމަކީ ޝަރީޢަތުގެ ފަރާތުން އުފުލަންޖެހޭ ބުރައެއް ނޫންކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަކުރެވުނު ކަންކަން
އެގޮތުގެ މަތިން ހުރުމުން މަދަނީ ކޯޓުގެ ނަންބަރު
2009/MC/1586 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ހުށައަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބިނާކޮށް، އެޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަ
އަންނަންޖެހޭކަމަކަށް މިމައްސަލަ ބެލި
މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނެއެވެ.
ccc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv
13
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/51
ކު
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރިއިރު، މަދަނީކޯޓުގެ
ނަންބަރު 2009/MC/1586 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ވ.އާބާރު ޢަބްދުއްރަޝީދު މޫސާގެ
ފަރާތުން ހުށައަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލާ، އެމައްސަލައިގެ ޙުކުމަށް ބަދަލުގެންނަންޖެހޭފަދަ
ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް ފެންނަން ނެތުމުން، މަދަނީކޯޓުގެ ނަންބަރު 2009/MC/1586
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލެއްގެންނަން ޖެހޭނެ ތަނެއްނެ ކަމަށް ކަނޑައަޅައި މި
މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް info
@
high ourt.gov.mv
ވެބް ސައިޓް www.highcourt.gov.mv