ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/24 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 24/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު ލިއުޝާން
* އައިޑީކާޑު ނަންބަރ: A287712
އެޑްރެސް ބޯޅަދަނޑުގެ ސ.މަރަދޫ
މިހާރުގެ އެޑްރެސް: ހުޅުމާލެ ޕްލޮޓް ނަންބަރު 11014(ކ.މާލެ
*
އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މާލެ
އައިޑީ ކާޑުނަންބަރު:-
މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މާލެ
i
5
ރަޖިސްޓްރީކުރެވުނު ތާރީޚް: 01 ރަބީޢުލްއާޚިރު 1436 * ނިމުނު ތާރީޚް: 14 ޛުލްޙިއްޖާ 1436
22 ޖަނަވަރީ 2015
28 ސެޕްޓެމްބަރ 2015
ދިވެހިރާއްޖޭގެ
އިސްތިއުނާފުކުރެވުން ޤަޟިއްޔާ ނަންބަރު: 2010/Cr-C/743
ނިންމެވިކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކެނަބިސް ޓްރެފިކްކުރުން
ހުށަހެޅި ތާރީޚް: 19 ޖޫން 2013
ނިމުނު ތާރީޚް: 06 އޯގަސްޓް 2014
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-A/24
• ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/743 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ރަގަޅުނޫން ކަމަށްބުނެ، ސ.މަރަދޫ، ބޯޅަދަނޑުގެ މުޙައްމަދު ލިއުޝާން
(ދ.ރ.ކާޑް ނަންބަރު:A287712) ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
ގެ
01
.
12
ރެވުނު ނުކުތާތައް:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/743 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ރަގަޅުނޫން ކަމަށްބުނެ، ސ.މަރަދޫ، ބޯޅަދަނޑުގެ މުޙައްމަދު
ލިއުޝާން ގެ ފަރާތުން އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ. މުޙައްމަދު ލިއުޝާން ގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/743 ޤަޟިއްޔާ ގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ޑިސެންބަރު 2012 ދުވަހުގެ 23:07
އެހައިކަށްހައިއިރު، ފުލުހުން ކޯޓު އަމުރެއްގެ ދަށުން މ.އޯކިޑުހައުސްގޭގެ 04 ވަނަ ފަންގިފިލާ
ބަލައިފާސްކުރިއިރު، އެ ފަންގިފިލާގެ ކޮޓަރީގައި ތިބި މީހުންގެ އިތުރުން) ބެލްކަނީގައި ދ.ހަތިކަނޑު }ކ.މާލެ،
އަޙްމަދު މޫސާ އާއި، މ.ހަތިކަނޑު ކ.މާލެ ޢަލީ މޫސާ އާއި، މ.ސޭންޑީހޮލޯ ކ.މާލެ ޢަބްދުﷲ އިނާޒްއާއި،
ސ.މަރަދޫބޯޅަދަނޑުގެ މުޙައްމަދު ލިއުޝާން ހުއްޓާ ފެނިގެން މި މީހުންގެ ޙާޟިރުގައި ފުލުހުން އެ
ފަންގިފިލާ ބާލާފާސްކުރިއިރު، އެ ފަންގިފިލާގެ ކޮޓަރިތެރޭގައި ހުރި އަލަމާރި މަތީގައި އޮތް ޕެރިސްވެލީ
ބްރޭންޑްގެ ކޮތަޅެއްގެ ތެރެއިން ފެނުނު ރަބަރު ޕެކެޓުގައި 442.9000 ގްރާމް ކެނެބިސް ހުރިކަމަށް އޭގެ
ތަޙްލީލް ރިޕޯޓުން ދައްކާކަމަށްބުނެ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-A/24
4 22
ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން އަޙްމަދު މޫސާއާއި އާއި ޢަބްދުﷲ އިނާޒު އާއި
ޢަލީ މޫސާ އާއި މުޙައްމަދު ލިއުޝާންގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކުރުމުން
ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ބައްލަވައިކުރައްވާފައިވާ ޙުކުމުގައި "ދެންފަހެ ދައުލަތުން މާލެ!މ.ހަތިކަނޑު،
އަޙްމަދު މޫސާއާއި، ސ.މަރަދޫބޯޅަދަނޑުގެ މުޙައްމަދު ލިއުޝާންއާއި، މާލެ/މ.ސޭންޑީހޮލޯ، ޢަބްދު
އިޔާޒްއާއި، މާލެ/މ.ހަތިކަނޑު، ޢަލީ މޫސާގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ މިދަޢުވާ
ޝަރީޢަތުން ބެލިބެލުމުން، 12 ޑިސެމްބަރު 2012 ދުވަހުގެ 23:07 އެހައިކަށްހައިއިރު، ފުލުހުން ކޯޓް
އަމުރެއްގެ ދަށުން މ.އޯކިޑްހައުސްގޭގެ 04 ވަނަ ފަންގިފިލާ ބަލައިފާސްކުރަނިކޮށް، އެފަންގިފިލާގެ ބެލްކަނިން
އަޙްމަދު މޫސާއާއި، މުޙައްމަދު ލިއުޝާންއާއި، ޢަބްދުﷲ އިނާޒްއާއި، ޢަލީ މޫސާ ހުއްޓާ ފެނިގެން މިމީހުންގެ
ޙާޟިރުގައި ފުލުހުން އެފަންގިފިލާ ބަލައިފާސް ކުރިއިރު، އެފަންގިފިލާގެ ކޮޓަރިތެރޭގައި ހުރި އަލަމާރި މަތީގައި
އޮތް ޕެރިސްވެލީ ބްރޭންޑްގެ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ރަބަރު ޕެކެޓެއް
ފެނިފައިވާކަން ހެކިންގެ ހެކިބަހުން އެނގެން އޮންނާތިއާއި، ބުނެވިދިޔަ ތަކެތި ތަޙުލީލުކުރިއިރު އެތަކެތީގެ
ޖުމްލަ ބަރުދަނުގައި 442.9000 ގްރާމް ކެނެބިސް ހުރިކަން އެތަކެތީގެ ތައުލީމު ރިޕޯޓުން އެނގެން އޮންނާތީ،
ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާއި ޙަވާލާދީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން
މުޙައްމަދު ލިއުޝާން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ
(ނ) ގެ ދަށުން މުޙައްމަދު ލިއުޝާން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން
ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ލިއުޝާން ޢުމުރަށް ޖަލަށް ލުމާއެކު -/
100,000ރ.
(އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް ފައިސާ މިއަދުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި
މިކޯޓަށް (ކްރިމިނަލް ކޯޓަށް) ދެއްކުމަށް މުޙައްމަދު ލިއުޝާނަށް އަންގައި މިގޮތުގެމަތިން ޙުކުމްކޮށް،
ޤަޟިއްޔާގައި ދަޢުވާލިބޭ އަޙްމަދު މޫސާއާއި، ޢަބްދުﷲ އިނާޒްއާއި، ޢަލީ މޫސާގެ މައްޗަށް މިދަޢުވާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2015/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރީޢަތަށް ސާބިތުވާވަރުގެ ކާފިހެ ޤަރީނާ ލިބިފައިނުވާތީ، އަޙްމަދު މޫސާއާއި، ޢަބްދުﷲ އިޔާޒްއާއި، ޢަލީ
މޫސާގެ މައްޗަށް މިދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅައި މީގޮތުގެމަތިން ޙުކުމްކޮށް ވިޤަޟިއްޔާ ނިންމީއެވެ."
މިފަދައިން ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
03 ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/743 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށް ކަމަށްބުނެ ސ.މަރަދޫ ބޯޅަދަނޑުގެ، މުޙައްމަދު
ލިއުޝާންގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް 04 (ހަތަރެއް ނުކުތާއެއް
ހުށަހަޅައި އެ
ނުކުތްތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
(ހ)
ފުރަތަމަ
ނުކުތާއަކީ:
ޤާނޫނުއަސާސީގެ
47
ވަނަ
މާއްދާގެ
CC
(ށ) އާއި "ފުލުހުންނަށް ލިބިދީފައިވާ އެންމެހައި ޤާނޫނީ ބާރުތަކާއި އިޚްތިޔާރުގެ ބޭނުންހިފުމާއިބެހޭ ޤަވާޢިދު"
ގެ 9 ވަނަ މާއްދާ އާއި ޚިލާފަށް ފުލުހުން އޯކިޑުހައުސް އަށް ވަދެ ހޯދާފައިވާ ހެކި ޝަރީޢަތަށް ޤަބޫލުކޮށް
އެ ހެކީގެ މައްޗަށް، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި ޚިލާފަށް ކުށް ސާބިތުވާކަމަށް ނިންމާފައިވާ
ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 17/2011 (މަސްތު
ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141
ވަނަ މާއްދާގައި ހިޔާޒަތު ނުވަތަ މަސްތުވާއެއްޗެއް އަތުން ފެނުނު ކަމަށް ބަޔާންކޮށްފައިވާ ހަމައިގެ ބޭރުން ކުށް
ސާބިތުވާކަމަށް ނިންމާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
(ނ) ތިންވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
142، 17، 18، މި މާއްދާތަކަށް ބަލާއިރު ޓްރެފިކްކުރި ކަމަށް ބަލަން އޮންނަ ހަމަތަކާއި މިންގަނޑުން ކުށް
ސާބިތުނުކޮށް ކުށް ސާބިތުވާކަމަށް ނިންމާފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
(ރ) ހަތަރުވަނަ ނުކުތާއަކީ: ދައުލަތުގެ ހެކިންގެ ހެކިބަސް ތަޢުނުކޮށް ނަފީ ކުރުމުގެ ގޮތުންނާއި
ދިފާޢުގައި ހެކި ހުށަހަޅާ ހެކިން ޙާޟިރުކުރުމުގެ ފުރުޞަތަށް ތަކުރާރުކޮށް އެދިފައި ވީނަމަވެސް އެފުރުޞަތު
ދީފައިނުވުމާއި، ދިފާޢުގައި ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް އެދުނު އެއްވެސް ފަރާތެއް ޙާޟިރުކޮށް ހެކިބަސް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-A/24
އެނުކުތާތަކާއި
ނަގާފައި ނުވަތީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި ޖިނާޢީ މައްސަލަ ތަކުގައި
ޝަރީޢަތް ހިންގުމުގެ ޤަވާޢިދުގެ 1.2 ގެ (ށ) ދަށުން މުޙައްމަދު ލިއުޝާންއަށް ލިބެންޖެހޭ ދިފާޢުގައި
ހެކިހުށަހެޅުމުގެ ފުރުޞަތު ލިބި ނުދެވި މި ދެމާއްދާ އާއި އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އާ
ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެކެވެ.
404 ކްރިމިނަލް ކޯޓުގެ ނަންބަރު:2013/Cr
-
C/743 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާގެ ޙުކުމް ބިނާވެފައިވަނީ ޝަރީޢަތާ ނުވަތަ ޤާނޫނާ ޚިލާފުވާގޮތަށްކަމަށްބުނެ
ސ.މަރަދޫ ބޯޅަދަނޑުގެ، މުޙައްމަދު ލިއުޝާންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި
ގުޅުންހުރި އެންމެހައި ކަންތައްތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބެލިއިރު، މިޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
04.1 ފުރަތަމަ ކަމަކީ، ދައުލަތުން ސ. މަރަދޫ ބޯޅަދަނޑުގޭ މުޙައްމަދު ލިއުޝާން ހިމެނޭ
ގޮތަށް 4 (ހަތަރެއް) މީހެއްގެ މައްޗަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 17/2011) ގެ 106
ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ
ކޮށްފައިވާކަމާއި، އެދަޢު
.ދަޢުވާކޮށްފައިވަނީ، 12 ޑިސެމްބަރު 2012 ވަނަ ދުވަހުގެ 23:07 އެހައިކަށްހައިއިރު،
ފުލުހުން ކޯޓު އަމުރެއްގެ ދަށުން މ.އޯކިޑުހައުސް ގޭގެ 04 ވަނަ ފަންގިފިލާ ބަލައިފާސްކުރަންގޮސް،
އެފަންގިފިލާއަށް އެރިއިރު، އެ މީހުން އެފަންގިފިލާގައި ތިއްބާ ފެނިގެން އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް
ގެންގޮސް، އެ މީހުންގެ ހާޒިރުގައި އެ ފަންގިފިލާ ބަލައިފާސްކުރިއިރު، އެ ފަންގިފިލާގެ ކޮޓަރިތެރޭގައި ހުރި
އަލަމާރި މަތީގައި އޮތް ޕެރިސްވެލީ ބްރޭންޑްގެ ކޮތަޅެއްގެ ތެރެއިން ފެނުނު ރަބަރު ޕެކެޓުގައި 442.9000
ގްރާމް ކެނެބިސް ހުރިކަމަށް އޭގެ ތަޙްލީލް ރިޕޯޓުން ދައްކާތީކަން އެނގޭއިރު،
އެދަޢުވާ ސާބިތުވާކަމަށާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 106 ވަނަ މާއްދާގެ (ހ) އާއި
ޙަވަލާދީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން މުޙައްމަދު ލިއުޝާން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅުއްވައި، އެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
20j5/HC-A/24
ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ މާއްދާގެ (ނ) ގެ ދަށުން މުޙައްމަދު ލިއުޝާން އުމުރަށް ޖަލަށްލުމާއެކު
-/100,000ރ (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ 06 އޯގަސްޓް 2014 އިން ފެށިގެން 01
(އެކެއް) މަސްދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް މުޙައްމަދު ލިއުޝާނަށް އަންގަވައި
ޙުކުމްކުރައްވާފައިވާކަން އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/743 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމެވެ.
04.2- ދެވަނަ ކަމަކީ:
މަރަދޫ/ ބޯޅަދަނޑުގޭ މުޙައްމަދު ލިއުޝާނުގެ މައްޗަށް ހުށަހެޅި،
ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއަށް އޭނާ އިންކާރުކޮށް، ފުލުހުން އޭނާ ދިރިއުޅޭ ކޮޓަރި
ބަލައިފާސްކޮށްފައިވަނީ އޭނާގެ ޙާޟިރުގައި ނޫންކަމަށާއި، އަދި އަލަމާރި މަތިން ފެނުނުކަމަށްބުނާ ކޮތަޅަކީ
އޭނާގެ އެއްޗެއް ނޫންކަމަށާއި، އެކޮތަޅާ ބެހޭ އެއްވެސް މަޢުލޫމާތެއް އޭނާއަށް އެނގިފައި ނުވާކަމަށް މުޙައްމަދު
ޝާން ބުނުމުން، އެދަޢުވާ ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިން ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގެ މައްޗަށް ބަލާއިރު،
.އޯކިޑްހައުސް ގެ 4 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނު
ޙާދިސާގެ ސީނަށް އެމީހުން. (ހެކިން) ދިޔައިރު، އެ މައްސަލައިގައި ދަޢުވާލިބޭ 4 މީހުން ތިބިކަމާއި، އެމީހުން
ބެލްކަންޏެއްހެން ހުންނަ ކުޑަ ހުސްތަންކޮޅެއްގައި ކަމާއި، މުޙައްމަދު ލިއުޝާން ދިރިއުޅޭ ކޮޓަރި، އޭނާގެ
ޙާޟިރުގައި ބަލައިފާސްކުރި ކަމާއި، އެކޮޓަރި ބަލައިފާސްކުރުމުން ކޮޓަރީގައިހުރި އަލަމާރިމަތިން ޕެރިސްވެލީ
ބްރޭންޑުގެ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާކަމާއި، އެތަކެތި
ނަގާފައިވަނީ މުޙައްމަދު ލިއުޝާންގެ ޙާޟިރުގައި ކަމާއި، އަދި އެތަކެއްޗާއި މުޙައްމަދު ލިއުޝާންއާ
ސުވާލު ކުރުމުން އެއީ އޭނާގެ އެއްޗެއް ނޫންކަމަށާއި، ކާކުގެ އެއްޗެއްކަން ބުނަން ނޭގޭކަމަށް މުޙައްމަދު
ލިއުޝާން ބުނެފައިވާކަމާއި، އެކޮޓަރި ތެރޭގައި އެވަގުތު ކުޑަކުދިންވެސް ނިދާފައި ތިބި ކަމަށް ބުނެފައިވާކަން
OCOCO OC
8 2x4
ey/
އެނގެން އޮންނަކަމެވެ.
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
420 ހޑ އދ
1
2015/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04.3- ތިންވަނަ ކަމަކީ: ކެނެބިސް ޓްރެފިކް ކުރުމަކީ ކުށެއްކަމަށް މަސްތުވާތަކެއްޗާބެހޭ
ޤާނޫނު (ޤާނޫނު ނަންބަރު 17/2011) ގެ 106 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި،
ދެވިހިފާފައިނުވާ މީހެއްގެ އަތުގައި، 14 ގްރާމަށްވުރެ ގިނަ ޢަދަދަކަށް ކެނަބިސް ނުވަތަ
ކެނަބިސް މިކްސްޗަރ ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެނަމަ، އެ އެއްޗެއް އޭނާގެ އަތުގައި އެހުރީ، އެ
އެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެކަމަށް އެޤާނޫނުގެ 137 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވާކަން
އެނގޭއިރު،
މ.އޯކިޑްހައުސް ގެ 4 ވަނަ ފަންގިފިލާ ބަލައިފާސްކުރިއިރު، އެފަންގިފިލާގައި މުޙައްމަދު ލިއުޝާން ކުއްޔަށް
ހިފައިގެން އޭނާއާއި އޭނާގެ އާއިލާގެ މީހުންނާއެކު ދިރިއުޅޭ ކޮޓަރީގައިހުރި އަލާމަރިމަތީގައި އޮތް ޕެރިސްވެލީ
ބްރޭންޑުގެ ކޮތަޅެއްގެ ތެރެއިން ފެނުނު ރަބަރު ޕެކެޓެއްގައިހުރި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވުނު
ތަކެއްޗަކީ ކެނެބިސް ކަމާއި، އަދި އޭގެ ބަރުދަނަކީ 442.9000 ގްރާމްކަން އެތަކެތީގެ ތަޙްލީލު ރިޕޯޓުން
އެނގެން އޮތުމުން އެތަކެތި ހުރީ ޓްރެފިކް ކުރުމަށް ކަމަށް ޤާނޫނީ ގޮތުން ބެލެވޭނެކަމާއި،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ، އިސްތިސްނާއެއްނެތި "މުޠުލަޤު
މަސްއޫލިއްޔަތު" ޤާނޫނީގޮތުން އުފުލަންޖެހޭ ކުށެއްކަމަށާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި
ހުރުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ "ޤާނޫނީ ޤަރީނާ" އެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 08/SC-A/2008 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި،
އެމީހެއްގެ ހިޔާޒަތުގެ ދަށުގައި ހުއްޓާ ފެންނަ މަސްތުވާތަކެތީގެ ޒިންމާ އެމީހަކު އުފުލަންޖެހޭ
ކަމާއި، ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތީން އެފަދަ މަސްތުވާތަކެތީގެ ޒިންމާ އުފުލަންޖެހޭ ފަރާތެއް
ނުދެއްކޭނަމަ އެތަކެއްޗާމެދު ޖަވާބުދާރީވެ، އެތަކެތީގެ ޒިންމާ އުފުލަންޖެހޭނީ އެތަކެތި އެމީހެއްގެ ހިޔާޒަތުގެ
ދަށުގައި ހުއްޓާ ފެނުނު މީހާކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC
-
A/0]
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 112/HC-A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެނގޭއިރު،
މި މައްސަލައިގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތި (ކެނެބިސް) ފެނިފައިވަނީ، މުޙައްމަދު ލިއުޝާން ރާއްޖޭގެ ކަކީ
ޤަޟިއްޔާއާއި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
20j5/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
24 ޑ
4 / ކ
އޭނަގެ
ކުއްޔަށް ހިފައިގެން މުޙައްމަދު ލިއުޝާން އާއި އޭނާގެ ޢާއިލާ ދިރިއުޅޭ ކޮޓަރީގައިހުރި އަލަމާރިމަތީގައި އޮތް
ޕެރިސްވެލީ ބްރޭންޑް ކޮތަޅެއްގެ ތެރެއިންކަމަށްވާއިރު، އެކޮޓަރިއަށް ވަދެނުކުމެ އުޅެނީ މުޙައްމަދު ލިއުޝާންއާއި
ޢާއިލާގެ މީހުންނާއި އެމީހުންގެ ރައްޓެހިންކަން އެނގެން އޮތުމުން، އެކޮޓަރި ކުއްޔަށްހިފައިގެން އުޅޭ
ފަރާތުގެ ހައިސިއްޔަތުން އެތަނުގެ ކޮންޓްރޯލް އޮތީ މުޙައްމަދު ލިއުޝާނަށް ކަމަށް ބެލެވުމުގެ އިތުރަށް، މި
މައްސަލަ އިސްތިއުނާފުކުރާ މުޙައްމަދު ލިއުޝަނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްކަން އެނގެން އޮތުމާއި،
އެކޮޓަރި ބަލައިފާސްކޮށް، އެތަކެތި ނަގާފައިވަނީ މުޙައްމަދު ލިއުޝާންގެ ހާޒިރުގައިކަމަށްވެފައި، އެތަނުން ފެނުނު
މަސްތުވާތަކެތި
މުޙައްމަދު ލިއުޝާނަށް އެވަގުތު ދައްކައި ސުވާލުކުރުމުން އެތަކެއްޗަކީ
އެއްޗެއްނޫންކަމަށް ބުނިނަމަވެސް، ޝަރުޢީ ހަމަތަކުގެ މަތިން އެތަކެތީގެ ޒިންމާ އުފުލާނެ އެހެން ފަރާތެއް
މުޙައްމަދު ލިއުޝާނަށް ދެއްކިފައިނުވާތީ، މ.އޯކިޑް ހައުސް 4 ވަނަ ފަންގިފިލާ ބަލައި ފާސްކުރުމުގެ ތެރޭގައި
އެފަންގިފިލާގައި ހުރި ކޮޓަރީގެ އަލަމާރިމަތިން ފެނުނު މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ޒިންމާ، ޤާނޫނުގެ
ކުރިމަތީގައި އުފުލަންޖެހޭނީ އެތަން ކުއްޔަށްހިފައިގެން އެތަނުގައި ދިރިއުޅުނު މުޙައްމަދު ލިއުޝާންކަން ޝަރުޢީ
އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭކަމެވެ.
އެހެންކަމުން، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/743 ޤަޟިއްޔާގައި، ކެނެބިސް
ޓްރެފިކްކުރުމުގެ ކުށުން ސ.މަރަދޫ ބޯޅަދަނޑުގޭ މުޙައްމަދު ލިއުޝާން ކުށްވެރި ވެއްޖެކަމަށް ކަނޑައަޅުއްވައި،
ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަޖެހޭދަފަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އޮތްކަމަކަށް މިޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި އެއްވެސް ފަނޑިޔާރަކަށް ނުފެނެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
20j5/HC-A/24
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރެވުނު ކަންތައްތަކަށް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެ އެތަކަށް ޝަރުޢީ އަދި
ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، ކްރިމިނަލް
ނަންބަރު
2013/Cr-C/743 ޤަޟިއްޔާ ބައްލަވައި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުން ސ.މަރަދޫބޯޅަދަނޑުގެ
މުޙައްމަދު ލިއުޝާން (ދ.ރ.ކާޑް ނަންބަރު:A287712} ކުށްވެރިވެޖެކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ
ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި
މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv