ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/187 ޤަޟިއްޔާގެ ޙުކުމް
2010/HC-A/187
ދިވެހިރާއްޖޭގެ ހައިކޯޓް
އި
ce
2
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދާއިމީއެޑްރެސް: މއ.މާޖެހިވިލާ / މާލެ
ޤަޟިއްޔާ ނަންބަރު: 187/HC
-
A/2010
• އިސްތިއުނާފު ކުރިފަރާތް:
*ނަން: ޢަބްދުﷲ ހާދީ
* އައިޑީ ކާޑު ނަންބަރު: A003244
*ވަކީލު: އގ.ޢަބްދުﷲ ޝާޢިރު ހ.ރެޖީނާ
* އައިޑީ ކާޑު ނަންބަރު: 040770-A
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
*ވަކީލު: އޒް. ޙުސައިން ނާޝިދު
* އައިޑީ ކާޑު ނަންބަރު: A104080
• ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ޝަޢުބާން 1431
10 އޯގަސްޓް 2010
ނިމުނު ތާރީޚް: 09 ރަމަޟާން 1432
09 އޯގަސްޓް
2011
824 3ވ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާނަންބަރު: (ޖިނާއީ ކޯޓު) ގެ ނަންބަރު: 2003/JC/288
• ޤަޟިއްޔާގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި
• ނިންމެވި ކޯޓް: ޖިނާއީ ކޯޓު
ތާރީޚް: 15 އޭޕްރީލް 2003 ނިމުނު ތާރީޚް: 03 މެއި 2010
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނޤުން،ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2010/HC-A/187
ދަޢުވާގެ ޚުލާޞާ
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2003/288JC ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށްދިނުން އެދި ކ.މާލެ/ މއ.މާޖެހިވިލާ
ޢަބްދުﷲ ހާދީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/288 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ "ޢަބްދުﷲ ހާދީ 27 އޯގަސްޓު 2004 ދުވަހުގެރޭ 21:00 ހާއިރު މީނާ އުޅޭ
އެކަމަށްވާ ކ.މާލެމއ. މާޖެހިވިލާގައި ހުއްޓާ ޏ. ފުވައްމުލައް ފުސްތަޅާގޭ އިބްރާހީމް ނަޢީމް ދިއުމުން
ޢަބްދުﷲ ހާދީ،
ޏ. ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފުރިހަމަ ނަމާއި އެޑްރެސް ނޭންގޭ
މަސްޢޫދު ކިޔާ މީހަކު ބުނެގެން ބޭސް ދަޅަކަށް އަޅައި ބަންދުކޮށްފައި ހުރި 11 ބުލެޓް ހެރޮއިން ޏ.
ފުވައްމުލަކަށް ގެންދިއުމަށް އިބްރާހީމް ނަޢީމް އަތަށް ދީފައިވާތީއާއި، މީނާ 29 އޯގަސްޓް 2012 ދުވަހުގެ
ފްލައިޓުން އައްޑޫއަށްގޮސް ހަމަ އެދުވަހު ފުވައްމުލަކަށް ގޮސް އެދުވަހުގެ 17:30 ހާއިރު އިބްރާހީމް
ނައީމް އުޅޭ އެކަމަށްވާ އެރަށު ފުސްތުޅާގެއަށްގޮސް އިބްރާހީމް ނަޢީމް އަތުން މީނާ ހަވާލުކުރި 11 ބުލެޓް
ހެރޮއިން ތެރެއިން 3 ބުލެޓް ހެރޮއިން އަނބުރާ ލިބުމުން މީނާ ފާރުކައިރީގައި އެތަކެތި ވަޅުލާ
ފޮރުވާފައިވާތީއާއި، ސިފައިންގެ ބޭކަލުން މީން ޖުވޭގެ ޗެކްކުރެއްވިއިރު ވަޅުލާފައިވާ 14.0 ގްރާމް ކެރޮއިން
ފެނިފައިވާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގެ
ދަށުން މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، އެޤާނޫނުގެ
02 ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަބްދުﷲ ހާދީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާތަކެތި
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާކުރުމުން ބެލެވުނު މައްސަލައެކެވެ."
02- މިމައްސަލައާއި ގުޅިގެން ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/288 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ.
422ޑ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުނާ،ތީމުގެ 3ވަނަދޮރޯށި މްވެ، ދިވެހިރާއްޖެ، ފޯން. 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
+
;
ހިއްޗެވެ
3
2010/HC-A/187
"ދެންފަހެ، ކ.މާލެ/މާޖެހިވިލާ ޢަބްދުﷲ ހާދީގެ މައްޗަށް ދައުލަތުގެ ފަރާތުން ދަޢުވާކުރި،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވުމުގެ ކުށާއި، މަނާކުރެވިފައިވާ
މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ މައްސަލަ ޝަރީޢަތުން ބެލިބެލުމުން،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ޢަބްދުﷲ ހާދީ ބައިވެރިވެފައިވާކަން ޝަރީޢަތަށް
ސާބިތުވާވަރުގެ ހެކި ލިބިފައިނުވާތީ، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވުމުގެ
ކުށް ޢަބްދުﷲ ހާދީގެ މައްޗަށް ޝަރީޢަތަށް ސާބިތުނުވާކަމަށާއި، ޏ. ފުވައްމުލަކުގައި މަސްތުވާތަކެތި
ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ މީހުން ހޯދުމަށްޓަކައި ޕޮލިސް ހެޑްކްއޯޓަރޒްގެ ފަރާތުން ހިންގި
ޚާއްޞަ އޮޕަރޭޝަނެއްގައި ޏ. ފުވައްމުލައް އާސިމާމަންޒިލް ގޭގެ ގޯތިތެރޭގައި ހުރި ގަހެއްގެ ދަށުގައި
ވަޅުލާފައިހުރި ހެރޮއިންކަމަށް ބެލެވޭ އެއްޗެއްހުރި 03 ބުލެޓު ޢަބްދުﷲ ހާދީ، ޕޮލިސް ހެޑްކްއޯޓަރޒްގެ
ފަރާތުން އެރަށަށް ގޮސް ތިބި މީހުންނަށް ދެއްކިކަން އެމީހުންގެ ބަހުން އެނގެން އޮންނާތީއާއި،
އެމީހުންނަށް ޢަބްދުﷲ ހާދީ ދެއްކިކަމަށް އެމީހުންބުނާ 03 ބުލެޓްގައި ހުރި ތަކެތި ތަޙްލީލު ކުރިއިރު
އޭގައި ހެރޮއިންގެ ބާވަތެއް އެކުލެވިގެންވާކަމާއި، އޭގައި ހުރި ކުނޑީގެ ޖުމްލަ ބަރުދަނަކީ 14.0
ގްރާމްކަން ޕޮލިސް ހެޑްކްއޯޓަރޒްގެ ނަންބަރު 2002
/
115/NSS
-
2E
(
3
)
/
DR ލިޔުމުން އެނގެން
އޮންނާތީއާއި، އެތަކެއްޗަކީ ޢަބްދުﷲ ހާދީގެ ތަކެތި ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، ޤާނޫނު ނަންބަރު
17177 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) އާއި (ނ) އާއި ޙަވާލާދީ،
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ޢަބްދުﷲ ހާދީ
ކުށްވެރިވާކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 02 ވަނަ މާއްދާގެ (ރ)
ގެ ދަށުން ޢަބްދުﷲ ހާދީ، ޢުމުރަށްޖަލަށްލުމަށް ޙުކުމްކޮށް، މިޤަޟިއްޔާ ނިންމީއެވެ."
03- ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/288 ޤަޟިއްޔާ ނިމިފަވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި ޢަބްދުﷲ ހާދީގެ ފަރާތުން 05
(ފަސް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން ތީމުގެ 3ވަނަދޮރޯނި| މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
x
4
2010/HC-A/187
• ފުރަތަމަ ނުކުތާއަކީ، ޢަބްދުﷲ ހާދީގެ މައްޗަށް ކުރެވިފައިވާ ދަޢުވާއަކީ ޖިނާއީ ކުށެއްގެ
ދަޢުވާކަމުގައި ވާއިރު، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޢަބްދުﷲ ހާދީގެ މައްޗަށް ކުށް
ސާބިތުވާވަރުގެ ހެއްކާއި ޤަރީނާ ލިބިފައިވާކަމުގައި ޤަބޫލުކުރެވެން ނެތްކަމަށްބުނެ ހުށައެޅި ނުކުތާ
• ދެވަނަ ނުކުތާއަކީ، ޢަބްދުﷲ ހާދީގެ މައްޗަށް ދަޢުވާ ކުރެވިފައިވަނީ، މަނާކުރެވިފައިވާ
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވުމުގެ ކުށާއި މަނާކުރެވިފައިވާ މަސްތުވާތަކެތި
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާކަމުގައިވާއިރު، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިކުރުމުގައި ބައިވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވާވަރުގެ ހެކި ލިބިފައިނުވާކަމާއި އަދި
މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރިކުރުމަށްޓަކައި ނުވަތަ އެނޫން ބޭނުމެއްގައިވެސް ޢަބްދުﷲ ހާދީގެ
އަތުގައި ނުވަތަ ޢަބްދުﷲ ހާދީ ޒިންމާވާންޖެހޭ އެއްވެސް ތަނެއްގައި ބަހައްޓާފައިވާކަން އެނގެން
ނެތްކަމަށްބުނެ ހުށައެޅިނުކުތާ.
• ތިންވަނަ ނުކުތާއަކީ، ޢަބްދުﷲ ހާދީގެ މައްޗަށް ފުލުހުންގެ ބޭކަލުން ހެކިބަސްދީފައިވާއިރު،
އެބޭކަލުން އެހާދިސާ ހިނގިކަމަށްބުނާ ތަނަށްގޮސް، ތައްޔާރުކޮށްފައިވާ ހާދިސާ ހިނގިތަނަށް ދިޔަ މީހުންގެ
ބަޔާނަކީ އެހުރިހާ މީހުންގެ ވާހަކަ އެއްބަޔާނެއްގައި އޮތް ލިޔުމެއްކަމުގައިވާއިރު، މިވައްސަލާގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ ބަޔާނުގައިވެސް ތަފްޞީލުކޮށް ހާދިސާ ބުނެދީފައިނުވުމާއި، އެއްބޭކަލެއް އަނެއްބޭކަލެއްގެ
ބަޔާނާ ފުށުއަރާ ދިމާނުވާގޮތަށް އޮތުމުންނާއި، އެބޭކަލުން އެހާދިސާ ރަނގަޅަށް ހަނދާންވެސް ނެތްކަމަށް
ދޭހަވާ ގޮތަކަށް ބުނެދީފައި އޮތުމުން އެބޭކަލުންގެ ހެކިބަހުގެ ޔަޤީންކަމާދޭތެރޭ ޝައްކު އުފެދޭކަމަށާއި،
މިގޮތުން އަޙްމަދު ޝަމީމް ބުނެފައިވަނީ އެތަކެތި ނެގީ އޭނާ ކަމުގައިކަމާއި، ނަމަވެސް، އިބްރާހީމް
ޙުސައިން ބުނެފައިވަނީ އެތަކެތި ނެގީ އެމީހުން ކަމުގައިކަމާއި، މުޙައްމަދު ފަރީމް އެކަމާ ދޭތެރޭ ސާފު
ބުނުމެއް ނެތްކަމަށް
ކަމަށްބުނެ ހުށައެޅިނުކުތާ
• ހަތަރުވަނަ ނުކުތާއަކީ، މައްސަލައިގެ ޙާދިސާ ހިނގިކަމަށްވަނީ 2002 ގައި ކަމުގައިވާއިރު
މައްސަލަ ނިމިފައިވަނީ 2010 ވަނަ އަހަރުކަމާއި، މިވީ މުއްދަތުގެ ތެރޭގައި ޢަބްދުﷲ ހާދީގެ ފަރާތުން
އެއްވެސް ބާވަތެއްގެ ކުށުގެ މައްސަލައެއް ދިމާވެފައިނުވާއިރު، މިފަދަ ބޮޑު އަދަބެއް އަންނަ ކުނުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށި/ މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316472
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
:
5
2010/HC-A/187
މައްސަލައެއްގައި އެންމެ އެކަށީގެންވާ މިންވަރަށް ކުށެއް ސާބިތުނުވާ ކޮންމެ މީހަކީ ރަނގަޅު މީހެއްކަމުގައި
ބެލެވުމުގެ ވިސްނުމުގެ މައްޗަށް އެންމެ ރަނގަޅަށް ރިޢާޔަތްކުރެވިފައި ނުވާކަމަށްބުނެ ހުށައެޅިނުކުތާ.
• ފަސްވަނަ ނުކުތާއަކީ، މައްސަލައިގައި ޢަބްދުﷲ ހާދީގެ މައްޗަށް ހެކިބަސްދީފައިވާ މީހުންނަކީ
ތަޙުޤީޤުގައި ޢަބްދުﷲ ހާދީއަށް އަނިޔާކޮށްފައިވާ މީހުންކަމުގައިވާތީ އެކަން ޝަރީޢަތުގެ މަޖިލީހަށް
ސާފުވާވަރަށް ހެކިންގެ ބަހުން އެނގެން އޮތުމާއެކު، އެމީހުންނަކީ ޢަބްދުﷲ ހާދީ އާމެދު ޒާތީ
ދެކޮޅުވެރިކަމާއި ދުޝްމިނުކަން އޮތް ބަޔަކުކަމަށް ބެލެން އޮތުމާ، އެފަދަ ބަޔަކު ޢަދުލުވެރިކަމާއެކު ޢަބްދު
ހާދީއާމެދު ހެކިބަހެއް ދޭނެކަމަށް ޤަބޫލުކުރެވެން ނެތުމާއިއެކުވެސް ހަމައެކަނި އެމީހުންގެ ބުނުމެއްގެ
މައްޗަށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށައެޅިނުކުތާ.
-04
މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިއުންތަކަށާއި އަދި ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/288
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީހަމަތަކާ އެއްގޮތްނުވާކަމަށްބުނެ އަބްދުﷲ ހާދީގެ ފަރާތުން
ހުށަހަޅާފައިވާ ނުކު
ނުކުތާތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ
ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
OX >
(ހ) ފުރަތަމަ ކަމަކީ، ޢަބްދުﷲ ހާދީގެ މައްޗަށް ދައުލަތުން ޖިނާއީ ކޯޓުގައި ދަޢުވާކޮށްފައި
އޮންނަނީ ޢަބްދުﷲ ހާދީ 27 އޯގަސްޓު 2004 ދުވަހުގެރޭ 21:00 ހާއިރު މީނާ އުޅޭ ގޮކަމަށްވާ ކ.މާލެ!
މއ.މާޖެހިވިލާގައި ހުއްޓާ ޏ. ފުވައްމުލަކު ފުސްތަޅާގޭ އިބްރާހީމް ނަޢީމް ދިއުމުން ޢަބްދުﷲ ހާދީ، =
ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފުރިހަމަ ނަމާއި އެޑްރެސް ނޭންގޭ މަސްޢޫދު ކިޔާމީހަކު
ބުނެގެން ބޭސް ދަޅަކަށް އަޅައި ބަންދުކޮށްފައި ހުރި 11 ބުލެޓް ހެރޮއިން ޏ. ފުވައްމުލަކަށް ގެންދިއުމަށް
އިބްރާހީމް ނަޢީމް އަތަށް ދީފައިވާތީއާއި، މީނާ 29 އޯގަސްޓު 2004 ދުވަހުގެ ފްލައިޓުން
ހަމަ އެދުވަހު ފުވައްމުލަކަށް ގޮސް އެދުވަހުގެ 17:30 ހާއިރު އިބްރާހީމް ނަޢީމް އުޅޭ ކަމަށްވާ އެރަށު
ފުސްތު
ސްތުޅާގެއަށްގޮސް އިބްރާހީމް ނަޢީމް އަތުން މީނާ ހަވާލުކުރި 11 ބުލެޓް ހެރޮއިން ތެރެއިން 3 ބުލެޓް
ހެރޮއިން އަނބުރާ ލިބުމުން މީނާ އުޅޭގޭގެ ފާރުކައިރީގައި އެތަކެތި ވަޅުލާ ފޮރުވާފައިވާތީއާއި، ސިފައިންގެ
/324ތ24 6
އ:އަގަ=
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯށިޤު މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
*
6
2010/HC-A/187
ބޭކަލުން މީނާ އުޅޭގެ ޗެކްކުރިއިރު، އެގޭގެ ފާރުކައިރީގައި ވަޅުލާފައިވާ 14.0 ގްރާމް ހެރޮއިން ފެނިފައިވާތީ،
ޤާނޫނު ނަންބަރު 1777 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގެ ދަށުން
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، އެޤާނޫނުގެ
02
ވަނަ މާއްދާގެ (ށ) ގެ ދަށުން ޢަބްދުﷲ ހާދީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާތަކެތި
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާކަން އެނގެން އޮންނަކަން.
7 44,
(ށ) ދެވަނަ ކަމަކީ، ޢަބްދުﷲ ހާދީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާތަކެތީގެ
ވިޔަފާރިކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢްވާކުރެވިފައިވީނަމަވެސް، މަނާކުރެވިފައިވާ މަސްތުވާތަކެތި
ވިޔަފާރިކުރުމުގައި ޢަބްދުﷲ ހާދީ ބައިވެރިވެފައިވާކަން ޝަރީޢަތަށް ސާބިތުވާވަރުގެ ހެކި ދެއްކިފައިނުވާތީ
މިކުށް ޢަބްދުﷲ ހާދީގެ މައްޗަށް ސާބިތުނުވާކަމަށާއި، ނަމަވެސް ޢަބްދުﷲ ހާދީ މަނާކުރެވިފައިވާ
މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައިބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ޖިނާއީ ކޯޓުން
ކަނޑައަޅުއްވާފައިވާއިރު، މިކުށް ޢަބްދުﷲ ހާދީގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޏ.
ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކޮށްގެން އެތަކެތީގެ ވިޔަފާރިކުރާ މީހުން ހޯދުމަށްޓަކައި ޕޮލިސް
ހެޑްކުއާޓަރޒްގެ ފަރާތުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ޏ. ފުވައްމުލައް އާސިމާމަންޒިލް ގޭގެ
ގޯތިތެރޭގައި ހުރިގަހެއްގެ ދަށުގައި ވަޅުލާފައިހުރި ހެރޮއިން ކަމަށްބެލެވޭ އެއްޗެއްހުރި 03 ބުލެޓް ޢަބްދު
ހާދީ، ޕޮލިސް ހެޑްކުއާޓަރޒްގެ ފަރާތުން އެރަށަށް ގޮސްތިބި މީހުންނަށް ދެއްކިކަމަށް ޕޮލިސް
ހެޑްކުއާޓަރޒްގެ ފަރާތުން މި އޮޕަރޭޝަންގައި ބައިވެރިވި ފަރާތްތަކުގެ ބަހުން އެނގެންއޮންނާތީއާއި،
ޢަބްދުﷲ ހާދީ ދެއްކިކަމަށްބުނާ މިތަކެތި ތަޙްލީލުކުރިއިރު އޭގައި ހެރޮއިންގެ ބާވަތެއް އެކުލެވިގެންވާކަމާއި،
އޭގައި ހުރި ކުނޑީގެ ޖުމްލަ ބަރުދަނަކީ 14.0 ގްރާމްކަން ޕޮލިސް ހެޑްކުއާޓަރޒްގެ ނަންބަރު -NSS
2002
/
115/2E
(
3
)
/
DR ލިޔުމުން އެނގެން އޮންނާތީއާއި މިތަކެއްޗަކީ ޢަބްދުﷲ ހާދީގެ ތަކެތިކަމަށް
ޤަބޫލުކުރެވޭތީ ކަމަށް ޖިނާއީ ކޯޓުގެ ނަންބަރު 2003/JC/288 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެންއޮންނަކަން.
(ނ) ތިންވަނަކަމަކީ، ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ
ވިޔަފާރިކުރުމަށްޓަކައި ޕޮލިސް ހެޑްކުއާޓަރޒްގެ ފަރާތުން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ބައިވެރިވި
ފުލުހުން ޢަބްދުﷲ ހާދީގެ މައްޗަށް ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާއިރު،
ދިވެހިރާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން،ތީމުގެ 3ވަނަދޮރޯނި) މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް:
ވެބް ސައިޓް: WWW.highcourt.gov.mv
[email protected]
2010/HC-A/187
މިހެކިބަހުގެ ޔަޤީންކަމާއި ދޭތެރޭގައި ޝައްކު އުފެދޭކަމަށް އަދި ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަހުގައި
ތަފާތު ތަކެއް ހުރިކަމަށް ޢަބްދުﷲ ހާދީ ބުނިނަމަވެސް، އިސްވެ އިޝާރާތްކުރެވުނު ހެކިން ޝަރީޢަތުގެ
މަޖިލިސްގައި ހެކި ބަސްދީފައިވާ ގޮތަށްބެލިއިރު، ޏ. ފުވައްމުލައް އާސިމާމަންޒިލް ގޯތިތެރޭގައި ހުރި
ގަހެއްގެ ދަށުގައި ވަޅުލާފައިއޮތް ހެރޮއިންކަމަށް ޝައްކުކުރެވޭ 03 ބުލެޓް ޢަބްދުﷲ ހާދީ ދެއްކިކަމަށް މި
03 ހެކިންވެސް ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާކަމާއި، ހެކިބަސްދީފައިވާ ފަރާތްތަކުގެ
ވާހަކައިގެ ލަފުޒުތަކުގައި ކުޑަތަފާތެއް ހުރިނަމަވެސް މިތަފާތުތަކަކީ ހެކިންގެ ހެކިބަސް ތަޢުނުވާފަދު އަދި
މައްސަލައިގެ ޙުކުމަށް އަސަރެއްފޯރާފަދަ ތަފާތުކަމެއް ނޫންކަމުގައި ޝަރީޢަތަށް ބެލެވޭކަން.
(ރ) ހަތަރުވަނަކަމަކީ، މައްސަލައިގެ ޙާދިސާ ހިނގާފައިވަނީ 2002 ވަނަ އަހަރުކަމަށްވާއިރު،
މިމައްސަލަ ނިމިފައިވަނީ 2010 ވަނަ އަހަރުކަމަށާއި މިމުއްދަތުގެ ތެރޭގައި ޢަބްދުﷲ ހާދީގެ ފަރާތުން
އެއްވެސް ބާވަތެއްގެ ކުށުގެ މައްސަލައެއް ދިމާވެފައިނުވާއިރު މިކަމަށް ދަށުކޯޓުން ރިޢާޔަތްކޮށްފައި
ނުވާކަމަށް ޢަބްދުﷲ ހާދީ ބުނިނަމަވެސް، ގިނަ ދުވަސްތަކެއްވަންދެން ކުށެއް ނުކޮށް ހުރުމަކީ، ކުރިން އޭނާ
ކޮށްފައިވާކަމަށް ތުޙުމަތު ކުރެވިފައިވާ ކުނަކީ އޭނާ ކުރިކުށެއް ނޫންކަމަށް، ނުވަތަ އޭނާއަކީ ކުށެއް ނުކުރާ
މީހެއްކަމަށް ދަލީލުކޮށްދޭފަދަ ޝަރުޢީ އަދި ޤާނޫނީ ޙުއްޖަތެއް ނޫންކަން.
(ބ) ފަސްވަނަކަމަކީ، ޢަބްދުﷲ ހާދީގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރީގެ
ބޭނުމުގައި އަތުގައި ބެހެއްޓުމުގެ ކުށް ސާބިތުވާކަމަށް ޖިނާއީ ކޯޓުން ނިންމާފައިވަނީ،
ޏ. ފުވައްމުލައް އާސިމާމަންޒިލް ގޯތިތެރޭގައިހުރި ގަހެއްގެ ދަށުގައި ވަޅުލާފައިއޮތް ހެރޮއިންކަމަށް
ޝައްކުކުރެވޭ 03 ބުލެޓް ޢަބްދުﷲ ހާދީ ދެއްކި ކަމަށް 03 ހެކިން ހެކިބަސްދީފައިވާތީ އާއި، މިތަކެތި
ވަޅުލާފައިހުރި ތަން ޢަބްދުﷲ ހާދީއަށް އެނގުމާއި، މިތަކެތި ޢަބްދުﷲ ހާދީ ދެއްކި ދެއްކުމަކީ، އެތަކެއްޗަކީ
ޢަބްދުﷲ ހާދީގެ ތަކެތިކަން ދަލީލު ކޮށްދޭކަމެއްކަމުގައި ބައްލަވައި އެކަމުގެ މައްޗަށް ބިނާކޮށްކަން ޖިނާއީ
ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްއިރު، ޢަބްދުﷲ ހާދީގެ މައްޗަށް ހެކިބަސްދީފައިވާ
ފަރާތްތަކަކީ ޢަބްދުﷲ ހާދީއަށް ތަޙްޤީޤުގައި އަނިޔާކުރި ފަރާތްތަކަށްވާތީ މިފަރާތްތަކުން ޢަބްދުﷲ ޙާދީއާއި
މެދު ޢަދުލުވެރިކަމާއިއެކު ހެކިބަސް ދޭނެކަމަށް ޤަބޫލުނުކުރެވޭކަމުގައި ޢަބްދުﷲ ހާދީ ބުނިނަމަވެސް،
ފުލުހުން ޢަބްދުﷲ ހާދީއަށް އަނިޔާކުރިކަމަށް ބުނާ މައްސަލަ ކަމާބެހޭ އެއްވެސް ފަރާތަކަށް އޭނާ
ހުށައެޅިކަން އެނގެންނެތުމާއި، އަދި އަނިޔާ ލިބުނުކަމަށްބުނެ އެކަމުގެ މައްޗަށްހެދިފައިވާ މެޑިކަލް އެއްވެސް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒްހިނގުން،ތީމުގެ 3ވަނަދޮރޯށި! މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިމިޝްގެ4
8
2010/HC-A/187
ރިޕޯޓެއްވެސް ފެންނަންނެތުމާއި، ހެކިބަސްދީފައިވާ ފަރާތްތަކާއި އެމީހުން ދީފައިވާ ހެކިބަހުގެ މައްޗަށާއި،
އެހެކިބަސް ނަފީކުރުމުގެ ގޮތުން ޢަބްދުﷲ ހާދީ ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މިމައްސަލައާ
ގުޅިގެން ޢަބްދުﷲ ހާދީގެ މައްޗަށް ދަށުކޯޓުގައި ހެކިބަސްދީފައިވާ ފަރާތްތަކަކީ އެފަރާތްތަކުގެ ޢަދުލުވެރިކަން
ގެއްލިފައިވާ ފަރާތްތަކެއް ކަމުގައި ބެލެވެންނެތްކަން.
(ލ) ހަވަނަކަމަކީ، މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު ޏ. ފުވައްމުލައް! ސަންރީފް
އިބްރާހިމް ނަޢީމް، މާފުށީ ޖަލުގެ ޤައިދީންތަކެއްގެ ގާތުގައި ޏ. ފުވައްމުލައް ޢާސިމާމަންޒިލް ގޭގެ
ގޯތިތެރޭގައި މަސްތުވާތަކެތި ވަޅުވިކަމަށް އެއްބަސްވިކަމަށްބުނެ ޢަބްދުﷲ ހާދީގެ ފަރާތުން ހެއްކެއްގެ
ގޮތުގައި އިބްރާހިމް ނަޢީމް ޙާޟިރުކޮށްދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދުނު އެދުމުގެ މައްޗަށް
ބެލިއިރު، ޏ. ފުވައްމުލައް ސަންރީފް އިބްރާހިމް ނަޢީމުގެ ބަޔާނެއް ޖިނާއީ ކޯޓުގެ ނަންބަރު
2003/JC/288 ޤަޟިއްޔާގައި ނެގިފައިވާއިރު، މިތަކެއްޗަކީ އޭނާގެ ތަކެތިކަމުގައި އިބްރާހިމް ނަޢީމްގެ
ފަރާތުންބުނެ، މިތަކެއްޗާއިމެދު އޭރުވެސް ޒިންމާނަގާފައި ނުވާކަމާއި، އަދި މިއީ ވަކިމީހެއްގެ ތަކެތިކަމުގައި
ޢަބްދުﷲ ހާދީވެސް ދަށުކޯޓުގައި ބުނެފައިނުވާކަމާއި، މިމައްސަލައިގައި ޢަބްދުﷲ ހާދީގެ މައްޗަށް
ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަހުގެ މައްޗަށްބެލުމުން، މިތަކެއްޗަކީ ވަޅުލާފައިވަނިކޮށް، މިތަކެތި
ހުރިތަން ޢަބްދުﷲ ހާދީ ދެއްކުމުން ކޮނެގެން ނެގި ތަކެތިކަމަށް އެނގެންއޮތުމުން، މިތަކެއްޗަކީ މިތަކެތީގެ
މަޢްލޫމާތު ޢަބްދުﷲ ހާދީއަށް އެނގިގެން ވަޅުލާފައިހުރި، ޢަބްދުﷲ ހާދީގެ ޙަޔާޒަތުގެ ދަށުގައި ހުރިތަކެތި
ކަމުގައި ބަލަންޖެހޭކަމުން، މިތަކެއްޗަކީ މިތަކެއްޗާއިމެދު މިހާރު އިބްރާހިމް ނަޢީމް ޒިންމާނަގަން ހުރި
ތަކެތިކަމުގައި ބުނިކަމަށް ވިޔަސް، އެކަމަކީ ޢަބްދުﷲ ހާދީގެ ކުށުން ބަރީއަވާން އޮތް ސަބަބެއް ނޫންކަން.
(ކ) ހަތްވަނަކަމަކީ، ޢަބްދުﷲ ހާދީގެ މައްޗަށް މިދަޢުވާ ސާބިތުކުރުމުގެ ގޮތުން ދައުލަތުގެ
ފަރާތުން ހުށައަޅާފައިވާ ހެކިތަކާއި، ޢަބްދުﷲ ހާދީގެ މައްޗަށް ދަށުކޯޓުގައި ހެކިބަސް ދީފައިވާ ފަރާތްތަކުން
ހެކިބަސް ދީފައިވާގޮތަށް ބަލާއިރު ޝަރީޢަތަށް ކަމެއް ސާބިތުވުމަށް ކަނޑައެޅިފައިވާ މިންގަނޑުން ޢަބްދު
ހާދީގެ މައްޗަށް ކޮށްފައިވާ ކުށުގެ ދަޢުވާ ސާބިތުވުމަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް ހެކި
ލިބިފައިވާކަން އެނގެންއޮންނަ އޮތުމަށާއި، މިހެކިތައް ދޮގުކުރެވޭ ނުވަތަ ތަޢުނުކުރެވޭފަދަ ޝަރުޢީ އަދި
ޤާނޫނީ ސަބަބެއްވިޔަސް ފެންނާންނެތުމުން ޖިނާއީކޯޓުގެ ނަންބަރު 2003/JC/288 ޤަޟިއްޔާގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން،ދީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހިމްގެއ.
9
20ld/HC-A/187
ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއްވިޔަސް ނެތް ކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން އިއްތިފާޤުވެފައިވެއެވެ.
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރިއިރު، ޖިނާއީކޯޓުގެ ނަންބަރު
2003/JC/288 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ
މާއްދާގެ (ހ) އާއި (ށ) އަށް ޙަވާލާދީ، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި
ބެހެއްޓުމުގެ ކުށުން ޢަބްދުﷲ ހާދީ ކުށްވެރިވާކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ
ޤާނޫނުގެ 2 ވަނަ މާއްދާގެ (ރ) ގެ ދަށުން ޢަބްދުﷲ ހާދީ ޢުމުރަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބެލެވެންނެތުމުން، އެޤަޟިއްޔާގައި
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުން ޢަބްދުﷲ ހާދީ
ކުށްވެރިވާކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޢަބްދުﷲ ހާދީ ޢުމުރަށް ޖަލަށްލުމަށް ކޮށްފައިވާ
ޙުކުމަށް ތާއީދުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3ވަނަދޮރޯށި މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ދިވެހީމްގެވެ