ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/294 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/294
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 294/HC-A/2011
• އިސްތިއުނާފް ކުރިފަރާތް:
* ނަން: ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން (އެޓަރނީ ޖެނެރަލްގެ އޮފީސް)
ދާއިމީ އެޑްރެސް: ވެލާނާގެ 81 ވަނަ ފަންގިފިލާ
ވަކީލުން:
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އިދުހާމް މުޢިއްޒު ޢަދުނާން
އައިޑީ ކާޑު ނަންބަރު: A047003
ދާއިމީ އެޑްރެސް:
2
ގުލްފާމްގެ މާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 16 މުޙައްރަމް 1433
21 ޑިސެމްބަރު 2011
ނިމުނު ތާރީޚް: 12 މުޙައްރަމް 1433
26 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/836
ޤަޟިއްޔާގެ ބާވަތް: މަދަނީ މައްސަލަ
ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 26 އެޕްރީލް 2011
ނިމުނު ތާރީޚް: 21 ޖުލައި 2011
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ
بي وفي مسرح
ނިމުނު
2{11/HC-A/294
# 4 3x }}
کی مری
ދެވެ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ
ނަންބަރު
836/Cv-C/2011
ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި ދައުލަތް (މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އެޓަރނީ ޖެނެރަލްގެ
އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އިދުހާމް މުޢިއްޒު ޢަދު
ޢަދުނާން، ގުލްފާމްގެ/މާލެ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A047003) އެވެ.
9
ފާހަގަކުރެވުނު ނުކުތާތައް:
836/Cv-C/2011
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ޤާނޫނު ނަންބަރު 5/2009 (އެއްޤަމު ދަތުފަތުރުގެ ޤާނޫނު) އާ
ޚިލާފަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ދަށުން ހިންގާ މޯލްޑިވްސް
ޓްރާންސްޕޯޓް އޮތޯރިޓީ އިން އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރާ ދުއްވާ ތަކެތީގެ ރޯޑް
ވަރދިނަސް ނެތޭ ބުނެ، އެއްގަމު ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރުން މަނާކުރާތީ، އެއީ ޤާނޫނާ
ޚިލާފަށް އެ އޮތޯރިޓީން ކުރާކަމަށްވާތީ، އެކަން ހުއްޓުވައިދިނުމަށްއެދި، ގުލްފާމުގެ މާލެ އިދުހާމް
މުޢިއްޒު ޢަދުނާން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މޯލްޑިވްސް ޓްރާންސްޕޯޓް
އޮތޯރިޓީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
#
ޤަޟިއްޔާ ނިމުނު ގޮތުގެ
2{11/HC-A/294
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "އިސްވެފާހަގަ ކުރެވުނު ނުކުތާތަކާއި
މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ މައްޗަށް ބަލައި، މ. ގުލްފާމްގެ އިލްހާމް މުޢިއްޒު ޢަދުނާނު
(ދ.ރ. ކާޑް: A047003) މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މޯލްޑިވްސް
ޓްރާންސްޕޯޓް އޮތޯރިޓީއަށް ރައްދުވާގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ކުޑަ މި ދަޢުވާއަށް ޝަރީޢަތުގެ
ހަމަތަކުގެ މަތިން ބެލިއިރު،
މި ދަޢުވާއަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން އެއްގަމު ދަތުރުފަތުރުގެ
ނިޒާމުގައި ބޭނުންކުރާ ދުއްވާ ތަކެތީގެ ރޯޑްވަރދިނަސް ނެތޭބުނެ އެ އުޅަނދުތައް އެއްގަމު
ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރުން މަނާކުރާތީ، އެއީ އެ އޮތޯރިޓީން ޤާނޫނު ނަންބަރު: 5/2009
(އެއްޤަމު ދަތުރުފަތުރުގެ ޤާނޫނު) އާއި ޚިލާފަށް ކުރާކަމެއްކަމަށް ދަޢުވާކުރާ ފަރާތުން ދެކިގެން އެކަމުގެ
މައްޗަށް ހުށަހަޅާފައިވާ ދަޢުވާއެއްކަން ދަޢުވާގެ ސީޣާއަށް ބެލުމުން އެނގެން އޮންނަކަމާއި،
ޤާނޫނު ނަންބަރު: 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގައި ރޯޑް
ވާރދިނަސް އާއި ބެހޭގޮތުން ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ 9 ވަނަ މާއްދާގައިކަމާއި، މިމާއްދާއަށް
ބަލާއިރު އަލަށް ރަޖިސްޓްރީކުރާ، ނުވަތަ ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން،
މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑް ވާރދިނަސް ހެދުމަށް މިނިސްޓްރީން
ކަނޑައަޅާ މުއްދަތުހަމަވެ، އެ ރޯޑް ވަރދިނަސް މުއްދަތު ހަމަވެފައިވާ އުޅަނދުތަކުގެ ރޯޑްވާރދިނަސް
ބާޠިލްވާނެކަމާއި، އަދި މިގޮތުން ރޯޑްވާރދިނަސް ބާޠިލްވާ އުޅަނދުތައް "ޢާންމު ދަތުރުފަތުރުގެ ނިޒާމު"
ގެ ތެރޭގައި ބޭނުންކުރުމާއި "ކޮންސްޓްރަކްޝަން ސައިޓްތަކުގައި"
މަނާވާނެކަން
މާއްދާއަށް ބެލުމުން އެނގި ސާފުވާންއޮތްކަމާއި،
ރޯޑް ވާރދިނަސް ބާޠިލްވާ ޙާލަތުގައި އުޅަނދު ބޭނުންކުރުން މަނާކުރާ އިތުރު
އެހެން ނައްސެއް ޤާނޫނު ނަންބަރު: 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 9 ވަނަ މާއްދާ
02 3 4 3 2
ފިޔަވައި، މި ޤާނޫނުގައި ނުވާކަން މިޤާނޫނަށް ބެލުމުން އެނގޭހިނދު،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3525129، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ
#
2{11/HC-A/294
ޤާނޫނު ނަންބަރު: 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް ބަލާލުމުން،
މި ޤާނޫނުގައި އެއްގަމު ދަތުރުފަތުރު' މި ޢިބާރާތް "ޢާންމު ދަތުރުފަތުރު! މި ޢިބާރާތް ވަކިވަކިން
ބޭނުންކޮށްފައިވާކަމާއި މި ދެޢިބާރާތް މި ޤާނޫނުގައި މަނާކޮށްފައިވާއިރު، މި ޤާނޫނުގެ 67 ވަނަ މާއްދާގެ
(ހ) ގައި "އެއްގަމު ދަތުފަތުރުގެ ނިޒާމް" ކަމަށްބުނެފައިވަނީ މީހުން އުޅޭ ރަށްރަށާއި އަދި ޢާންމު
ޚިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައަޅާފައިވާ ބަންޑާރަ މަގުތަކާއި
ފާލަންތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންނަށްކަމާއި، މި
މާއްދާގެ (ށ) ގައި ޢާންމު ދަތުރުފަތުރު' ކަމަށް ބުނެފައިވަނީ އަގުދީގެން ޢާންމުންނާއި ލުއި ދާގީނާ
އުފުލަން ކަނޑައަޅާ ހުއްދަ ދީފައިވާ އުޅަނދުފަހަރުންކުރާ ދަތުރުތަކަށް ކަމަށް، މިފަދައިން
ބަޔާންކޮށްފައިވާކަމާއި،
ދި29ތ
ޢާންމު
ދަތުރުފަތުރާއި އެއްގަމު
ތިރުފަތުރު ޤާނޫނު ނަންބަރ: 5/2009
22
(އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގައި ތަފާތުކޮށްފައިވާކަން އެނގޭހިނދު، ޢާންމު އުޞޫލުން ބަލާއިރު
މިކަމުގައި ތަފާތު ގެންގުޅެންޖެހޭ ކަންކަން ވާކަމާއި، އެގޮތުން ޢާންމު ދަތުރުފަތުރުގައި އަގު ދީގެން
ޚިދުމަތްހޯދާ ފަރާތުގެ މަޞްލަހަތާއި ރައްކާތެރިކަން ހިމެނިގެންވާކަމާއި، އެކަމުގެ ސަބަބުން އެޚިދުމަތްދޭ
ފަރާތުގެ މައްޗަށް ދިންމާތަކެއް މަތިކުރެވިގެންދާކަމުން، އަދި މިނޫންވެސް ސަބަބުތައް އެއްގަމު
ދަތުރުފަތުރުގެ ނިޒާމާއި ޢާންމު ދަތުރުފަތުރުގެ ނިޒާމުގައި ހުރުމުން، މި ދެ ނިޒާމްގައި ޢަމަލުކުރުމުގައި
ތަފާތުކަމެއް ގެންގުޅުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޢަމަލުކުރަމުންދާ ގޮތެއްކަމާއި، ޤާނޫނު
ނަންބަރ: 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގައިވެސް މިތަފާތު ގެނެސްފައިވާކަން މި ޤާނޫނުގެ
9 ވަނަ މާއްދާގެ (ރ) އާއި 67 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ބެލުމުން ފާހަގަކުރެވޭ ކަމާއި،
ޤާނޫނު ނަންބަރ: 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 9 ވަނަ
މާއްދާގެ (ރ) އަށް ބަލާއިރު، އަލަށް ރަޖިސްޓްރީކުރާ، ނުވަތަ ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދު
ތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑްވަރދިނަސް ހެދުމަށް
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{11/HC-A/294
5 ޤަޟިއްޔާ ނިމުނު 1
کی مرکی
ދު ތކ ވ
22
32 ހ ކ ކތ
ހެދުމަޤްއމ
މިނިސްޓްރީން ކަނޑައަޅާ މުއްދަތު ހަމަވުމުން، ރޯޑްވަރދިނަސް ބާޠިލްވާ އުޅަނދުތައް ބޭނުންކުރުން
މަނާކޮށްފައިވަނީ ދެ ބޭނުމެއްގައިކަމާއި، މިގޮތުން މިއުޅަނދުތައް ބޭނުންކުރުން މަނާކޮށް އެކަން މަޙުދޫދު
ކޮށްފައިވަނީ ޢާންމު ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގައި ބޭނުންކުރުމާއި، ކޮންސްޓްރަކްޝަން ސައިޓް
ތަކުގައި ބޭނުންކުރުން، މި ދެބޭނުމަށް ކަމާއި، ޤާނޫނުގައި މިދެބޭނުން ވަކިން ބަޔާންކޮށްފައިވުމުން، އަލަށް
ރަޖިސްޓްރީކުރާ، ނުވަތަ ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން، މިނިސްޓްރީން
ކަނޑައަޅާ ވަތްތަކުގެ އުޅަނދުތަކުގެ ރޯޑްވަރދިނަސް ހެދުމަށް މިނިސްޓްރީން ކަނޑައަޅާ މުއްދަތު
ހަމަވުމުން، ރޯޑް
ވަރދިނަސް ބާޠިލްވާ އުޅަނދުތައް ބޭނުންކުރުން މަނާވާނީ ހަމައެކަނި
ނުމުގައިކަމަށް ބަލަންޖެހޭކަމުން،
އެހެން ބޭނުންތަކަށް އެފަދަ އުޅަނދުތައް ބޭނުންކުރެވޭނެކަމަށް ޤާނޫނީގޮތުން
ބަލަންޖެހޭ ހިނދުގައި، އެހެން ބޭނުންތަކުގައި އެފަދަ އުޅަނދުތައް ބޭނުންކުރުން މިނިސްޓްރީ އޮފް
އެންޑް ކޮމިއުނިކޭޝަނުން ނުވަތަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން
މަނާކުރާކަމުގައިވަނީނަމަ، އެކަމަކީ ޤާނޫނު ނަންބަރު: 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ
ތަރަހައިގެ ތެރެއިންކުރެވޭ ކަމެއްކަމުގައި ބެލެނޭ ޖާގައެއް ނެތްކަމަށާއި، ޤާނޫނު ނަންބަރު: 5/2009
(އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ރ) ގެ ދަށުން ބޭނުންކުރުން މަނާކުރެވޭނީ
މިޤާނޫނުގެ 67 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ނިޒާމުގައި ބޭނުންކުރާ އުޅަނދުފަހަރުކަމަށް
ކަނޑައަޅައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
0
0
0 ވ2ތ
ޓަރނިސްޓް
2c22
2 2x:
2. ސިވިލް ކޯޓުގެ ނަންބަރު
836/Cv-C/2011
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ދައުލަތުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
/
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
8
2{11/HC-A/294
ޤަޟިއްޔާ ނިމުނު "
کی مرگی
836/Cv-C/2011
• ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުގައި، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) ގެ
9 ވަނަ މާއްދާގެ (ރ) ގައިވާ ޢިބާރާތެއް ކަމުގައިވާ "ޢާންމު ދަތުރުފަތުރު ނިޒާމު" އެ ކޯޓުން
މަނާކުރައްވާފައިވާއިރު، އަދި އެ ޢިބާރާތަށް ޤާނޫނުގައި މަނާކުރުމެއް ދީފައިނުވާއިރު، އެ ޢިބާރާތްތަށް އެ
ޤާނޫނުގައި ހިމެނޭ އެހެން ޢިބާރާތެއް ކަމުގައިވާ "ޢާންމު ދަތުރުފަތުރު" މި ޢިބާރާތުގެ މާނަކުރުން
ތަޠުބީޤުކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މައްސަލައިގެ ޤާނޫނީ އޮށްޓަރު ބިނާވެފައިއޮތީ، ޤާނޫނު
ނަންބަރު 5/2009 (އެއްޤަމު ދަތުރުފަތުރުގެ ޤާނޫނު) ގައި ބޭނުންކޮށްފައިވާ ޢިބާރާތެއް މާނަކުރުމާމެދު
ގޮތެއް ކަނޑައެޅުމުގެ މައްޗަށް ކަމުގައިވެފައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި އެ
ޤާނޫނުތަކުގެ ދަށުން ބާރުލިބިގެން ހަދާ ޤަވާޢިދުތައް ތަރުޖަމާކުރުމުގައި ނުވަތަ މާނަކުރުމުގައި ނުވަތަ
ތަންފީޛްކުރުމުގައި ރިޢާޔަތްކުރާނެ ޤާނޫނީ ހަމަތައް ބަޔާންކުރާ ޤާނޫނެއް ވުޖޫދުގައި ވަނިކޮށް، އެ
ޤާނޫނުގައިވާ އުޞޫލުތަކާ ޚިލާފަށް، ކަނޑައެޅިގެން ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ
ޤާނޫނު) ގެ މަޤުސަދު ގެއްލޭގޮތަށް، އަދި އެޤާނޫނުން ރައްކާތެރިކަން ލިބިދޭންޖެހޭ ފަރާތްތަކަށް
ރައްކާތެރިކަން ލިބިނުދެވޭނެ ގޮތެއްގެމަތިން އެޤާނޫނު މަނާކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
836/Cv-C/2011
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ދައުލަތުގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އިފްހާމް މުޢިއްޒު
ޢަދުނާނު ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
#
2{11/HC-A/294
ޤަޟިއްޔާ ނިމުނު "
ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
4 22
OXO
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމާއި،
ދުއްވުމާއި، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރު ކުރުމާއި، އެއްގަމު
ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، މިނޫނަސް
އެއްގަމު ދަތުރުފަތުރުގެ ނިޒާމާ ގުޅޭ އެންމެހާ ކަންތައްތައް ބަޔާންކޮށް
ޔާންކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް
ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވާފައިވާ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ
ޤާނޫނު) އަށް ބަލާއިރު، އަލަށް ރަޖިސްޓްރީކުރާ، ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ
ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑްވާދިނަސް، މިނިސްޓްރީން
ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ހަދަންވާނެކަމަށް އެޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، އަދި މިނަންގަނެވުނު އަކުރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރޯޑްވާދިނަސްއަށް
ދެވިފައިވާ މުއްދަތު ހަމަވެ އާނުކުރާ އުޅަނދުތަކުގެ ރޯޑްވާދިނަސް ބާޠިލުވާނެކަމަށާއި، އަދި އެފަދަ
އުޅަނދު، ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި
ބޭނުންކުރުމަކީ މަނާކަމެއްކަމަށް ހަމައެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާކަމާއި،
22 / 2 0x
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ މިނަންގަނެވުނު ދެއަކުރަށް
ޖުމްލަގޮތެއްގައި ބަލާއިރު، ދިވެހިރާއްޖޭގައި ބޭނުންކުރާ އެއްގަމު އުޅަނދުތަކުގެ ތެރެއިން އަލަށް
ރަޖިސްޓްރީކުރާ، ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން، މިނިސްޓްރީން
ކަނޑައަޅާ ބާވަތްތަކުގެ އުޅަނދުތަކުގެ ރޯޑްވާދިނަސް ހަދަންޖެހޭނެކަމާއި، އަދި މިގޮތުންހެދޭ
ރޯޑްވާދިނަސްގެ މުއްދަތު ހަމަވުމުން، އާނުކޮށްފިނަމަ އެއުޅަނދެއްގެ ރޯޑްވާދިނަސް ބާޠިލްވެ އެކަމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
38 3)
44
2011/HC-A/294
8 ޤަޟިއްޔާ ނިމުނު
کی عمری
ދެވެ
ނަތިޖާއެއްގެ ގޮތުން އެއުޅަނދެއް ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައާއި ކޮންސްޓްރަކްޝަން
ސައިޓްތަކުގައި ބޭނުންކުރުން މަނާވެގެންދާނެކަން އެނގޭކަމާއި، އެހެންކަމުން، ދިވެހިރާއްޖޭގައި
ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ރޯޑްވާދިނަސް ހަދާ ދަމަހައްޓަންޖެހޭނީ، އެޤާނޫނުގައި ބަޔާންކޮށްފައިވާ ޢާންމު
ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ބޭނުންކުރާ އެއްގަމު އުޅަނދު
އެކަނިކަން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގައި
ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރުގެ ނިޒާމު" އަކީ ކޮބައިތޯބަލާއިރު، "ޢާންމު ދަތުރުފަތުރު"، "ޢާންމު
ދަތުރުފަތުރުގެ ނިޒާމް"، "އެއްގަމު ދަތުރުފަތުރު" އަދި "އެއްގަމު ދަތުރުފަތުރުގެ ނިޒާމް" މި ހަތަރު
ޢިބާރާތް އެޤާނޫނުގައި އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކޮށްފައިވާކަމާއި، މީގެތެރެއިން "އެއްގަމު
ދަތުރުފަތުރުގެ ނިޒާމް" އަކީ މީހުންއުޅޭ ރަށްރަށާއި އަދި ޢާންމު ޚިދުމަތްދޭ ތަންތަނުގައި އެއްގަމު
އުޅަނދުތައް ދުއްވުމަށް ކަނޑައަޅާފައިވާ ބަންޑާރަ މަގުތަކާއި، ފާލަންތަކާއި، މިފަދަ ތަންތަނުގައި ދުއްވާ
ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުންކަމަށް އެޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، އަދި "ޢާންމު ދަތުރުފަތުރު" އަކީ އަގުދީގެން ޢާންމުންނާއި ލުއި ދާގީނާ އުފުލަން
ކަނޑައަޅާ ހުއްދަދީފައިވާ އުޅަނދު ފަހަރުންކުރާ ދަތުރުތައްކަމަށް އެ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާކަމާއި، މިނަންގަނެވުނު ދެ ޢިބާރާތް ފިޔަވައި އިސްވެދެންނެވިފައިވާ ހަތަރު ޢިބާރާތުގެ
ތެރޭގައި ހިމެނޭ އަނެއް ދެ ޢިބާރާތަށް ޙާއްޞަ މާނައެއް އެޤާނޫނުގައި ދީފައިނުވާކަމާއި،
އެހެންކަމުން، ފުރަތަމަ ނަޒަރުން ބަލާއިރު (prima facie) އެއްގަމު ދަތުރުފަތުރުގެ
ޤާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރުގެ ނިޒާމު" އަކީ
އިސްވެދެންނެވިފައިވާ، އެޤާނޫނުގެ 67 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރު"
2 0 2 0
ޒި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{11/HC-A/294
9 ޤަޟިއްޔާ ނިމުނު "
می گمرکی
=32
ގެ މާނައިގެ ތެރޭގައި ހިމެނޭ އުޅަނދުފަހަރުންކުރާ ދަތުރުތައް ކުރެވޭ ނިޒާމު (system) ކަމަށް
ބެލެވުމަކީ އެކަށީގެންވާކަމެއްކަމާއި،
އެހެންނަމަވެސް، ޤާނޫނެއް މާނަކުރުމުގައި، އެ ޤާނޫނެއް އެކުލަވާލި މަޤްޞަދަށް،
ނުވަތަ އެޤާނޫނުން ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ޙާޞިލުވާނޭގޮ
މީތަ ޏގޮތަށް އެޤާނޫނެއް މާނަކުރުމަށް
އިސްކަންދޭންވާނޭކަމަށާއި، އަދި އެ ޤާނޫނުގެ މަޤްޞަދުތައް ޙާޞިލުނުވާނެގޮތަކަށް އެ ޤާނޫނެއް
މާނަކުރެވިގެން ނުވާނެކަމަށް ޤާނޫނު ނަންބަރު 4/2011 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު)
ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ރ)
ގައި ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރުގެ ނިޒާމު" އިސްވެދެންނެވިފައިވާ ގޮތަށް މާނަކުރުމުން
އެޤާނޫނު އެކުލަވާލި މަޤްޞަދު ނުވަތަ އެޤާނޫނުން ޙާޞިލުކުރަން ބޭނުންވާ އަމާޒުތައް ޙާޞިލުނުވުމުގެ
ފުރުސަތު އޮތްނަމަ އެ ޢިބާރާތް މާނަކުރެވެންޖެހޭނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި
ކަނޑައަޅާފައިވާ އިސްވެދެންނެވުނު އުޞޫލާ އެއްގޮތްވާގޮތުގެމަތިން އެޤާނޫނުގައި ބަޔާންކޮށްފައިވާ
ގޮތަށްކަމެވެ.
(ނ) ތިންވަނަ ކަމަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ޖުމްލަގޮތެއްގައި ބަލާއިރު
އެޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމާއި، ދުއްވުމާއި، އެއްގަމު
ދަތުރުފަތުރު ކުރުމާއި، އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް ދިނުމާއި، މިނޫނަސް އެއްގަމު ދަތުރުފަތުރުގެ
ނިޒާމާ ގުޅޭ އެންމެހާ ކަންތައްތައް ދިވެހިރާއްޖޭގައި ހިންގާ ބަލަހައްޓާނޭ އުޞޫލުތައް ކަނޑައެޅުމުގެ
އިތުރުން، ދިވެހިރާއްޖޭގައި ބޭނުންކުރެވޭ އެންމެހާ އެއްގަމު އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމާއި،
އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުންކަން އެނގޭކަމާއި، އަދި އެޤާނޫނުގެ 9
ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރޯޑްވާދިނަސްގެ މަފްހޫމަކީ، މިދެންނެވުނު ދިވެހިރާއްޖޭގައި ބޭނުންކުރެވޭ
އެންމެހާ
އުޅަނދާއި ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން
22 22
އެއްގަމު
ހހހ23 22
2
ކަށަވަރުކުރުމަޤް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
.
44 3 2
10 ޤަޟިއްޔާ ނިމުނު "
2{11/HC-A/294
کی مری
ދެވެ
މަޤްޞަދުގައި އެޤާނޫނުގައި ހިމަނާފައިވާ މަފްހޫމެއްކަން، އެމާއްދާއަށާއި އެޤާނޫނުގެ 67 ވަނަ މާއްދާގެ
(ރ) ގައި ރޯޑްވާދިނަސް އަށް ދީފައިވާ މާނައަށް ބެލުމުން އެނގޭކަމާއި،
އެހެންކަމުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނު އަދި ޙާއްޞަކޮށް އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައިގެ ބޭނުމަށް، ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި
ހިމަނާފައިވާ ރޯޑްވާދިނަސްގެ މަފްހޫމް މާނަކުރަންވާނީ، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ
17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ އިސްވެދެންނެވުނު
އެއްގަމު
މަޤްޞަދު ނުގެއްލޭ
.އްލޭނެގޮތަށްކަމާއި،
ޝަރުޠުތަކެއްގެ
މިގޮތުން ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ
67 ވަނަ މާއްދާގެ (ރ) ގައި، "ރޯޑްވާދިނަސް" އަކީ އެޤާނޫނުގެ ދަށުން އެއްގަމު އުޅަނދުފަހަރު
ރަޖިސްޓްރީކޮށް ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅާ ޤަވާޢިދާއި
މަތިން އެފަދަ އުޅަނދެއް ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަ
ކަނޑައެޅޭ ސަލާމަތީ މިންގަނޑަކަށް ފެތޭތޯ ބެލުމަށް އޮންނަ އުޞޫލުތައްކަމަށް ބަޔާންކޮށްފައިވާއިރު،
އިސްވެދެންނެވިފައިވާ ފަދައިން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގައި
ބަޔާންކޮށްފައިވާ އާންމު ދަތުރުފަތުރުގެ ނިޒާމު" އަކީ އިސްވެދެންނެވިފައިވާ، އެޤާނޫނުގެ 67 ވަނަ
މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރު ގެ މާނައިގެ ތެރޭގައި ހިމެނޭ
އުޅަނދުފަހަރުންކުރާ ދަތުރުތައް ކުރެވޭ ނިޒާމު (system) ކަމަށް ބަލައިފިނަމަ، އެޤާނޫނުގައި
ހިމެނިފައިވާ ރޯޑްވާދިނަސްގެ މަފްހޫމުގެ ސަބަބުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް
މަސައްކަތްކޮށްފައިވަނީ ހަމައެކަނި، ދިވެހިރާއްޖޭގައި އަގުދީގެން ޢާންމުންނާއި ލުއި ދާގީނާ އުފުލަން
ކަނޑައަޅާ ހުއްދަދީފައިވާ އުޅަނދު ފަހަރާއި، ކޮންސްޓްރަކްޝަން ސައިޓްތަކުގައި ބޭނުންކުރާ އެއްގަމު
އުޅަނދުފަހަރާއި، އެފަދަ އުޅަނދުފަހަރުންކުރާ ދަތުރުތަކުގައި އެކަނިކަމަށް ބަލަންޖެހޭކަމާއި،
ބަh
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{11/HC-A/294
11 ޤަޟިއްޔާ ނިމުނު 1
ދެވެ
އެހެން
440 ދަ8
ނަމަވެސް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 67 ވަނަ މާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރު ގެ މާނައިގެ ތެރޭގައި ހިމެނޭ، ދިވެހިރާއްޖޭގައި އަގުދީގެން
ޢާންމުންނާއި ލުއި ދާގީނާ އުފުލަން ކަނޑައަޅާ ހުއްދަދީފައިވާ އުޅަނދު ފަހަރާއި އެފަދަ އުޅަނދުފަހަރު
ދުއްވާ އަދި ޚިދުމަތްހޯދާ މީހުންނަކީވެސް، ޢާންމު އުޞޫލެއްގެ ގޮތުން، އެޤާނޫނުގެ 67 ވަނަ މާއްދާގެ
(ހ) ގައި "އެއްގަމު ދަތުރުފަތުރުގެ ނިޒާމް" ކަމަށް ބަޔާންކޮށްފައިވާ "މީހުންއުޅޭ ރަށްރަށާއި އަދި ޢާންމު
ޚިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައަޅާފައިވާ ބަންޑާރަ މަގުތަކާއި،
ފާލަންތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި، ދުއްވާ މީހުން" ގެ ތެރޭގައި
ހިމެނޭ އުޅަނދާއި މީހުންކަމަށްވުމާއެކު، މިދެންނެވި ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭ ބައެއް އުޅަނދުފަހަރު
(ހަމައެކަނި ޢާންމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުފަހަރާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި
ބޭނުންކުރާ އެއްގަމު އުޅަނދުފަހަރު) ޤާނޫނުގެ ދަށުން ވަކި ޚާއްޞަ ސަލާމަތީ މިންގަނޑަކަށް
ފެއްތުމަށްފަހު، އެނިޒާމުގެ ތެރޭގައި ބޭނުންކުރާ އެހެނިހެން އުޅަނދުތައް ތެންޖެހޭ އެއްވެސް ސަލާމަތީ
މިންގަނޑެއް ނެތްނަމަ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުން ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ އެއްގަމު
އުޅަނދާއި އެއްގަމު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން،
"އެއްގަމު
ދަތުރުފަތުރުގެ ނިޒާމު"
ބޭނުންކުރާ ހުރިހާ އެންމެންނާއި ހުރިހާ އުޅަނދުތަކަށް ހަމަހަމަގޮތެއް
ގޮތެއްގައި ކަށަވަރުކޮށްނުދެވޭނެކަމާއި،
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ރ) ގައި
ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރުގެ ނިޒާމު" އަކީ އިސްވެދެންނެވިފައިވާ، އެޤާނޫނުގެ 67 ވަނަ
(ށ) ގައި ބަޔާންކޮށްފައިވާ ޢާންމު ދަތުރުފަތުރު" ގެ މާނައިގެ ތެރޭގައި ހިމެނޭ
އުޅަނދުފަހަރުންކުރާ ދަތުރުތައް ކުރެވޭ ނިޒާމު (system) ކަމަށް ބަލައިފިނަމަ،
އެޤާނޫނުގައި
ހިމެނިފައިވާ ރޯޑްވާދިނަސްގެ މަފްހޫމު އެޤާނޫނުގައި ހިމެނުމުގެ މަޤްޞަދު ޙާސިލުނުވުމަކީ
އެކަށީގެންވާކަމެއްކަމެވެ.
އެހެންކަމުން،
4 2 0 0
در ترکی
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{11/HC-A/294
12 ޤަޟިއްޔާ ނިމުނު "
کی عمری
ދެވެ
(ރ) ހަތަރުވަނަ ކަމަކީ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ރ)
ގައި ބަޔާންކޮށްފައިވާ ޢާންމު ދަތުރުފަތުރުގެ ނިޒާމު" މިޢިބާރާތް އެޤާނޫނުގައި ބޭނުންކުރެވިފައިވާ ގޮތަށް
ބަލާއިރު، އެޢިބާރާތް އެޤާނޫނުގައި ބޭނުންކޮށްފައިވާ ތަންތަނުގެ ތެރެއިން، އެޤާނޫނުގެ 5 ވަނަ މާއްދާއަށް
ބަލާއިރު، އެމާއްދާއަކީ ބަންޑާރަ މަގުތަކުގައި އެއްގަމުގައި ދުއްވާ ތަކެތި ދުއްވުމާބެހޭ އުޞޫލުތަކާއި
ޓްރެފިކް ނިޝާންތައް ކަނޑައެޅުމުގެ ބާރު، އެޤާނޫނުގެ ދަށުން ލިބިދޭ ފަރާތް ބަޔާންކޮށްފައިވާ
މާއްދާކަމާއި، އެމާއްދާގެ (ރ) އަށް ބަލާއިރު، "ބަންޑާރަ މަގުތަކުގައި އެއްގަމު އުޅަނދު ޕާކުކުރުމާއި،
މަޑުކުރުމާއި، މަޑުކުރަންޖެހޭ ތަންތަނާއި، މަޑުކުރުން ނުވަތަ ޕާކުކުރުން މަނާ ވަގުތު ކަނޑައެޅުމާއި،
ވަކިބާވަތެއްގެ އުޅަނދު ވަނުން ނުވަތަ ޕާކުކުރުން މަނާ ތަންތަނާއި ސަރަޙައްދާއި ވަގުތު ކަނޑައެޅުމާއި،
އެއްގަމު އުޅަނދު ވަނުންމަނާ މަގުތަކާއި ސަރަޙައްދުތައް ކަނޑައެޅުމާއި، މަގުތަކާއި މަގުތަކުގެ ޙާލަތު
އަންގައިދޭ ޓްރެފިކް ނިޝާންތައް ކަނޑައެޅުމާއި، އެއްގަމު އުޅަނދުފަހަރަށް މުދާ އަރުވާ ބަލާ
ސަރަޙައްދުތަކާއި ގަޑިތައް ކަނޑައެޅުމާއި، ޢާންމު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވިދާނެ
ކަންތައްތައް ކަނޑައަޅައި ހިންގާ ބަލަހައްޓާނީ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ
ފަރާތަކުން" ކަމަށް ބަޔާންކޮށްފަވާއިރު، އެއަކުރުގައި ޢާންމު ދަތުރުފަތުރުގެ ނިޒާމް މިޢިބާރާތް
ބޭނުންކޮށްފައިވަނީ މުޅި ދިވެހިރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ވިއުގަ ނުވަތަ އެޤާނޫނުގެ 67 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އެއްގަމު ދަތުރުފަތުރުގެ ނިޒާމް" ގެ ތެރޭގައި ހިމެނޭ، މީހުން އުޅޭ
ރައްރަށާއި އަދި ޢާންމު ޚިދުމަތްދޭ ތަންތަނުގައި އެއްގަމު އުޅަނދުތައް ދުއްވުމަށް ކަނޑައަޅާފައިވާ
ބަންޑާރަ މަގުތަކާއި، ފާލަންތަކާއި، މިފަދަ ތަންތަނުގައި ދުއްވާ ހުރިހާ ބާވަތެއްގެ އުޅަނދުތަކާއި
އެއުޅަނދުތައް ދުއްވާ މީހުން އެކުލެވޭގޮތަށްކަމަށް ބެލެވޭކަމާއި، އެނޫންގޮތަކަށް އެޢިބާރާތް މާނަކޮށްފިނަމަ،
އެމާއްދާގެ މަޤްސަދު ހާސިލްނުވުމަކީ އެކަށީގެންވާކަމެއްކަމާއި،
އަދި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި "ޢާންމު ދަތުރުފަތުރުގެ ނިޒާމު" މިޢިބާ
ނުންކުރެވިފައިވާ ތަންތަނުގެ ތެރެއިން، އެޤާނޫނުގެ 6 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ޓްރެފިކް
OXO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4, 2
2{11/HC-A/294
کی مرکی
74 04
ނިޝާންތަކަށް
އއ 22
23
24
މެކރމ@ހ
އެއްގަމު
13 ޤަޟިއްޔާ ނިމުނު "
މާއްދާކަމާއި، މާއްދާގެ (ހ) ގައި،
ދިވެހިރާއްޖޭގެ
ދަތުރުފަތުރުގެ ނިޒާމު ހިންގުމަށްޓަކައި މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން
ޤާއިމުކޮށްފައި ހުންނަ ޓްރެފިކް ނިޝާންތަކާ ޚިލާފަށް، އެއްގަމު އުޅަނދު ދުއްވުމާއި ގެންދިއުމާއި، ޕާކު
ކުރުމަކީ މަނާކަމެއްކަމަށް ބަޔާންކުރުމަށްފަހު، އެމާއްދާގެ (ށ) ގައި އެއްކޮޅަށް
ކުޅަށް ދުއްވަން ކަނޑައެޅިފައިވާ
މަގުތަކުގައި އެއާ ޚިލާފަށް ދުއްވުމާއި، އަދި ޓްރެފިކް ބައްތިއާއި ޚިލާފަށް ދުއްވި މީހާގެ އަދަބު
ޔާންކުރުމަށްފަހު، އެމާއްދާގެ (ނ) ގައި، "މި މާއްދާގެ (ށ) ބަޔާންކޮށްފައިވާ ކަންތައްތައް ފިޔަވައި،
ޢާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ހިމެނޭ ޓްރެފިކް ނިޝާންތަކާއި ޚިލާފަށް ޢަމަލުކުރާ މީހާގެ
އަދަބަކީ، ފުރަތަމަ ފަހަރަށްނަމަ -/250 (ދުއިސައްތަ ފަންސާސް) ރުފިޔާއިން ޖޫރިމަނާކުރުން، ދެވަނަ
ފަހަރަށްނަމަ -/500 (ފަސްސަތޭކަ) ރުފިޔާއިން ޖޫރިމަނާކުރުން، ދެ ފަހަރަށްވުރެ އިތުރުވާ ކޮންމެ
ފަހަރަކަށް -/750 (ހަތްސަތޭކަފަންސާސް) ރުފިޔާއިން ޖޫރިމަނާ" ކުރުންކަމަށް ބަޔާންކޮށްފައިވާއިރު،
އަދި މިނަންގަނެވުނު މާއްދާގެ މަޤްޞަދަކީ، މިޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ދިވެހިރާއްޖޭގައި
އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމާއި، އެއްގަމު ދަތުރުފަތުރުގެ
ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި އެއްގަމު ދަތުރުފަތުރުކުރުމަށް
ބޭނުންކުރެވޭ އެންމެހާ އުޅަނދުފަހަރު ދުއްވާ މީހުންވެސް، މިޤާނޫނުގެ ދަށުން ކަނޑައެޅޭ ޓްރެފިކް
ނިޝާންތަކާ އެއްގޮތަށް އެމީހުން އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތަށް ބޭނުންކުރުން
ލާޒިމު ވީހިނދު، އެމާއްދާގެ ބައެއްކަމުގައިވާ، އެމާއްދާގެ (ނ) ގެ ބޭނުމަކީ، ޓްރެފިކް
ނިޝާންތަކާއި ޚިލާފަށް ޢަމަލުކުރާ މީހުންގެ ތެރެއިން ހަމައެކަނި "ޢާންމު ދަތުރުފަތުރު ގެ މާނައިގެ
ތެރޭގައި ހިމެނޭ އުޅަނދުފަހަރު ދުއްވާ މީހުންނަށް އެއަކުރުގެ ދަށުން އަދަބުދިނުންކަމަށް ބަލައިފިނަމަ،
އެމާއްދާގެ މަޤްޞަދު ޙާޞިލްނުވުމަކީވެސް އެކަށީގެންވާކަމެއްކަމާއި،
އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ޢާންމު ދަތުރުފަތުރުގެ ނިޒާމު"
ނުންކުރެވިފައިވާ ތަންތަނުގެ ތެރެއިން، އެޤާނޫނުގެ 10 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގެ (ހ)
ބޭނުންކުރެވޭ
0
201
އެއްގަމު
މުކުރުވުންކަމަށް
= /2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ން: 33251029، ފެކްސް: 143316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
2{11/HC-A/294
مليت مي کی هرکی
<<
مرتے کہ
2
0 =ހ2
އއޤީeނ،
14 ޤަޟިއްޔާ ނިމުނު
ގައި، "ދިވެހިރާއްޖޭ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވާނީ،
ނުވަތަ ބޭނުންކުރަންވާނީ، މި
ޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ރަޖިސްޓްރީކޮށްގެން" ކަމަށް
ބަޔާންކުރުމަށްފަހު، އެމާއްދާގެ (ށ) ގައި "ރަޖިސްޓްރީ ކުރަންނު
ންނުޖެހޭ އުޅަނދެއް ޢާންމު ދަތުރުފަތުރުގެ
ނިޒާމުގެ ތެރޭގައި ދުއްވަންވާނީ، ނުވަތަ ބޭނުންކުރަންވާނީ، ރަޖިސްޓްރީ ކުރަން ނުޖެހޭ ބާވަތްތަކުގެ
އުޅަނދު، އެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގެމަތިން" ކަމަށް
ބަޔާންކޮށްފައިވާކަމާއި، މި މާއްދާއަށް ޖުމްލަ ގޮތެއްގައި ބަލާއިރު، މިމާއްދާގެ (ށ) ގައި ޢާންމު
ދަތުރުފަތުރުގެ ނިޒާމު މިޢިބާރާތް ބޭނުންކުރެވިފައިވަނީވެސް، އިސްވެދެންމެވިފައިވާ މާއްދާތަކެކޭ
އެޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އެއްގަމު ދަތުރުފަތުރުގެ ނިޒާމް"
އާ އެއް މާނައެއްގައިކަމާއި،
މީގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި "ޢާންމު ދަތުރުފަތުރުގެ ނިޒާމު"
މިޢަބާރާތް ބޭނުންކުރެވިފައިވާ ތަންތަނުގެ ތެރެއިން، އެޤާނޫނުގެ 25 ވަނަ މާއްދާއަށް ބަލާއިރު،
އެމާއްދާގެ (ހ) ގައި، "ރަޖިސްޓަރީ ކޮށްގެން ދުއްވާ، މި ޤާނޫނުގެ ދަށުން އިސްތިސްނާ ނުވާ އެއްގަމު
އުޅަނދު، ޤާނޫނުގެ ޖަދުވަލުގައިވާ ގޮތުގެމަތިން މަދުވެގެން ކޮންމެ 12 (ބާރަ) މަސްދުވަހަކަށް
އެއްފަހަރާ އަހަރީ ފީ ދައްކަންވާނެ" ކަމަށް ބަޔާންކުރުމަށްފަހު
މަށްފަހު އެމާއްދާގެ (ބ) ގައި، "އަހަރީ ފީ
ދައްކަންޖެހޭ އެއްވެސް އުޅަނދެއް، ފީ ދައްކަންޖެހޭ މުއްދަތު ފާއިތުވުމަށްފަހު، ފީ ނުދައްކާ ޢާންމު
ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި ބޭނުންކުރުމަކީ މަނާ" ކަމެއްކަމަށް ބަޔާންކޮށްފައިވާއިރު، އަދި
މިމާއްދާގެ މަޤްޞަދަކީ، އެޤާނޫނުން އިސްތިސްނާކޮށްފައިވާ އުޅަނދުތައް ފިޔަވައި އެހެން ހުރިހާ
އުޅަނދުފަހަރުން އަހަރީ ފީއެއް ނެގުންކަމަށް ވާއިރު، އަދި އެޤާނޫނުގެ ދަށުން އަހަރީ ފީ ދައްކަންޖެހޭ
އުޅަނދުތަކުގެ ތެރޭގައި އެޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ
ދަތުރުފަތުރުގެ ނިޒާމް" ގެ ތެރޭގައި ޢާންމުކޮށް ބޭނުންކުރެވޭ ހުރިހާ ބާވަތެއްގެ އެއްގަމު އުޅަނދުފަހަރު
ހިމެނިފައިވާއިރު، މިމާއްދާގެ (ބ) ގެ މަޤްޞަދަކީ ހަމައެކަނި "ޢާންމު ދަތުރުފަތުރު" ގެ މާނައިގެ
)
30 04r
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވާ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{11/HC-A/294
2 0 2 0
2
އެހެންކަމުން، އެއްގަމު ދަތުރުފަތުމި ޑި
ތެރޭގައި ހިމެނޭ އުޅަނދުފަހަރުގެ ތެރެއިން އަހަރީ ފީ ނުދައްކާ އުޅަނދުފަހަރު ބޭނުންކުރުން
މަނާކުރުންކަމަށް ނުބެލެވޭކަމާއި
ކަމާއި، އެހެންކަމުން މިމާއްދާގައި ޢާންމު ދަތުރުފަތުރުގެ ނިޒާމު މިޢިބާރާތް
ބޭނުންކުރެވިފައިވަނީވެސް، އިސްވެދެންމެވިފައިވާ މާއްދާތަކެކޭ އެއްގޮތަށް، އެޤާނޫނުގެ 67 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ "އެއްގަމު ދަތުރުފަތުރުގެ ނިޒާމް" އާ އެއް މާނައެއްގައިކަން އެނގޭކަމާއި،
ދަތުރުފަތުރުގެ ޤާނޫނުގައި "ޢާންމު ދަތުރުފަތުރުގެ ނިޒާމު"
މިޢަބާރާތް ބޭނުންކުރެވިފައިވާ ތަންތަނުގެތެރެއިން އިސްވެދެންނެވިފައިވާ ތަންތަނުގައި އެޢިބާރާތް
ބޭނުންކުރެވިފައިވާ ގޮތަށް ބަލާއިރު، އެޢިބާރާތް ބޭނުންކުރެވިފައިވަނީ އެޤާނޫނުގެ 67 ވަނަ މާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރު" ގެ މާނައިގެ ތެރޭގައި ހިމެނޭ އުޅަނދުފަހަރުންކުރާ
ދަތުރުތައް ކުރެވޭ ނިޒާމު (system) ގެ މާނައިގައިނޫންކަމާއި، އެއާ ޚިލާފަށް އެޤާނޫނުގައި، އަދި
ޚާއްޞަކޮށް އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ބޭނުމަށް އެޤާނޫނުގެ 9 ވަނަ މާއްދާގެ (ރ)
ގައި ޢާންމު ދަތުރު
ނިޒާމު މިޢިބާރާތް ބޭނުންކުރެވިފައިވަނީ އެޤާނޫނުގެ 67 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ "އެއްގަމު ދަތުރުފަތުރުގެ ނިޒާމް" އާ އެއް މާނައެއްގައިކަމަށް މިމައްސަލަބެލުމުގައި
ބައިވެރި ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވޭކަމެވެ.
OX O 7 uc
4 3 @ 32c
(ބ) ފަސްވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައިގައި ސުވާލުއުފެދިފައިވާ، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ
(ރ) ގައި ބޭނުންކޮށްފައިވާ ޢާންމު ދަތުރުފަތުރުގެ ނިޒާމު މިޢިބާރާތް ބޭނުންކުރެވިފައިވަނީ އެޤާނޫނުގެ
67 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރު" ގެ މާނައިގެ ތެރޭގައި ހިމެނޭ
އުޅަނދުފަހަރުންކުރާ ދަތުރުތައް ކުރެވޭ ނިޒާމު (system) ގެ މާނައިގައިކަމަށް ނުވެފައި، އެއާ ޚިލާފަށް
އެޤާނޫނުގައި، އަދި ޚާއްޞަކޮށް އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ބޭނުމަށް އެޤާނޫނުގެ 67
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދަތުރުފަތުރުގެ ނިޒާމް" އާ
24 04
ވަނަ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
* * * 3
2{11/HC-A/294
سي تي سي کی هرکی
ދެވެ
ﷲ ތތ ހ 24
،
16 ޤަޟިއްޔާ ނިމުނު
މާނައެއްގައިކަމަށްވުމާ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާ ރޯޑްވާދިނަސްއަށް ދެވިފައިވާ މުއްދަތު ހަމަވެ އާނުކުރާ އުޅަނދުތަކުގެ ތެރެއިން،
ރޯޑްވާދިނަސް ބާޠިލުވުމުގެ ސަބަބުން، އެމާއްދާގެ (ރ) ގެ ދަށުން ބޭނުންކުރުން މަނާވާނީ ހަމައެކަނި
އެޤާނޫނުގެ 67 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ "ޢާންމު ދަތުރުފަތުރު" ގެ މާނައިގެ ތެރޭގައި
ބޭނުންކުރެވޭ އުޅަނދުފަހަރާއި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ބޭނުންކުރާ އުޅަނދުފަހަރު ނޫންކަމާއި،
އެއާ ޚިލާފަށް އެޙާލަތުގައި، ކޮންސްޓްރަކްޝަން ސައިޓްތަކުގައި ބޭނުންކުރާ އުޅަނދުފަހަރުގެ އިތުރުން،
އެޤާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ "އެއްގަމު ދަތުރުފަތުރުގެ ނިޒާމް"
ތެރޭގައި
u
ބޭނުންކުރުން ހުއްދަކުރާ އެންމެހާ އުޅަނދުފަހަރުވެސް އެމާއްދާގެ (ރ) ގެ ދަށުން ބޭނުންކުރުން
22
4
2
4
2 ބ 22
ވަނަވެގެންދާނެކަމެވެ"
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/836 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ބަދަލު
ގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަށް ޤަބޫލުކުރެވެއެވެ.
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު
ނުކުތާތަކުގައި
ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/836 ޤަޟިއްޔާގައި ހިމެނޭ
މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭކަމަށް
ދިއްހިރާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
443
2{11/HC-A/294
17 ޤަޟިއްޔާ ނިމުނު "
کی عمری
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު،
ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/836 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv