ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/281 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/281
NA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
r
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 281/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަލީ ނަޞީރު އާދަމް
އައިޑީކާޑު ނަންބަރު: A025292
، ދާއިމީ އެޑްރެސް: ހުސްނުހީޔާގެ / ހއ.ހޯރަފުށި
މިހާރުގެ އެޑްރެސް: ހުސްނުހީނާގެ | ހއ.ހޯރަފުށި
L
0
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ސިވިލް ސަރވިސް ކޮމިޝަން (ދައުލަތް)
ރަޖިސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް: ސިވިލް ސަރވިސް ކޮމިޝަން
* މިހާރުގެ އެޑްރެސް: ސިވިލް ސަރވިސް ކޮމިޝަން
ރަޖިސްޓްރީކުރި ތާރީޚް: 14 ޛުލްޙިއްޖާ 1435
08 އޮކްޓޯބަރ 2014
، ނިމުނު ތާރީޚް: 02 ރަބީޢުލްއޫލާ 1438
01 ޑިސެމްބަރ 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/703 ޤަޟިއްޔާ
ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: މަދަނީ މައްސަލަ
• ހުށަހެޅި ތާރީޚް: 28.03.2013
ނިމުނު ތާރީޚް: 28.05.2014
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
އިސްފަނޑިޔާރު ޢަބްދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2014/HC-A/281
ދަޢުވާގެ ޚުލާ.
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/703 ޤަޟިއްޔާ އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހއ.
.. ހޯރަފުށި | ހުސްނުހީނާގެ، ޢަލީ ނަޞީރު އާދަމް
(ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލައިގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަންއެވެ.
(A025292
ގެ
ފާހަގަކުރެވު،
1) އިސްތިއުނާފު ކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/703 ޤަޟިއްޔާއަކީ،
ހއ. ހޯރަފުށި | ހުސްނުހީނާގެ، ޢަލީ ނަޞީރު އާދަމް، ހއ. ހޯރަފުށީ އޮފީހުގައި ބޮޑުކަތީބުކަމުގެ ވަޒީފާ
އަދާކުރަމުން ދަނިކޮށް ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން މުސްކުޅިކޮށް
ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ބުނާ ނޯޓިސް
ނުދާކަމަށާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 49 އަދި 5 ވަނަ މާއްދާގެ
ދަށުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާ ލިބިދޭންޖެހޭ ޢިނާޔަތް ދީފައިނުވާތީ، ނޯޓިސް ނުދީ
ވަކިކުރާ ޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތީން ނޯޓިސްގެ ބަދަލުގައި ދޭންޖެހޭ ފައިސާއާއި އެންމެހާ
ޢިނާޔަތްތައް އެކީ އެއްފަހަރާ ހޯދުމަށް އެދި ޢަލީ ނަޞީރު އާދަމްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަންގެ
މައްޗަށް ދަޢުވާކުރުމުން އެ ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
...1
އެ މައްސަލަ ނިންމަވާފައިވަނީ ދެންފަހެ، ހއ. ހޯރަފުށީ | ހުސްނުހީނާގެ، ޢަލީ ނަޞީރު
އާދަމް (A025292)، ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ކޮށްފައިވާ މި ދަޢުވާ ޝަރީޢަތުން ބެލިއިރު،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2014/HC-A/281
ޢަލީ ނަޞީރު އާދަމް މި ދަޢުވާގައި އެދިފައިވަނީ ހއ. ހޯރަފުށީ އޮފީހުގައި ޢަލީ ނަޞީރު އާދަމް ބޮޑުކަތީބުކަމުގެ
ވަޒީފާ އަދާކުރަމުން ދަނިކޮށް ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން މުސްކުޅިކޮށް
ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނޫ) ގެ 22 ވަނަ މާއްދާގައި ބުނާ ނޯޓިސް
ނުދާކަމަށާއި، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލްސަރވިސްގެ ޤާނޫނު) ގެ 49 އަދި 50 ވަނަ މާއްދާގެ
ދަށުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާ ލިބިދޭންޖެހޭ ޢިނާޔަތް ނުދީކަމަށްވާތީ، އެ ޢިނާޔަތާއި،
ނޯޓިސް ނުދީ ވަކިކުރާ ޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތީން ނޯޓިސްގެ ބަދަލުގައި ދޭންޖެހޭ
ފައިސާއަކީ ޢަލީ ނަޞީރު އާދަމްއަށް ލިބެންޖެހޭ ފައިސާކަމަށް ޝަރީޢަތުން ކަނޑައަޅާދިނުމަށް ކަމަށްވާއިރު،
ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުން ދަނިކޮށް، ޤާނޫނުއަސާސީގެ
115 ވަނަ މާއްދާގެ (ޅ) ގައި ބުނާ ރައީސުލްޖުމްހޫރިއްޔާގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާ
މަޤާމަކަށް ޢަލީ ނަޞީރު ޢާދަމް ޢައްޔަންކުރެވި، ޢަލީ ނަޞީރު އާދަމް އެ މަޤާމް ޤަބޫލުކޮށް، އެ މަޤާމުގެ
މަސްއޫލިއްޔަތު އަދާކުރަންފެށިކަން ދެފަރާތުގެ ބަހުން އެނގެންއޮތުމާއި، ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ނުވަތަ
ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އަންގާ ލިޔުމުގެ މަޤްޞަދަކީ ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފިނަމަ އެ މީހަކަށް
ލިބިދާނެ މާލީ އަދި ނަފްސާނީ ގެއްލުމަކުން ރައްކާތެރިކުރުން ކަމަށްވުމާއި، ސިވިލް ސަރވިސްގެ މުވައްޒަފަކު
އެހެން ވަޒީފާއަކަށް
ރުހުމުގައި ނުވަތަ އޭނާގެ
ގެން ދާ ދިޔުމަކީ ވަޒީފާއިން ވަކިކުރެވޭނެ
ކަމުގެ ނޯޓިސްއެއް ދިނުން ލާޒިމްކުރާ ޙާލަތެއްކަމަށް ބެލެވޭނެތަނެއް ނެތުމާއި،
ޗިހިކީ އޭނާގެ
8 ، 2× 18 86 8
سرمسرع
ރަހުން"
ނުވަތަ ކޮންސެ އަކީ ކޮންމެހެން ލިޔުމުން ފެންނަން އޮންނަންޖެހޭ
އެއްޗަކަށްނުވުމާއި،
ރުހުންއޮތްކަން އެ ފަރާތެއްގެ ޢަމަލުން އެނގެންއޮތްނަމަ،
ރުހުން ލިޔެކިޔުމުން
ފެންނަންނެތަސް، ޤާނޫނުގައިވާ ގޮތުގެމަތީން އެ މުވައްޒަފަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެކަމާއި،
ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވުމަށް ލިޔުމުން ހުށަހަޅާފައިނުވުމަކީ
ރަހުމެއްނެތި، ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކޮމިޝަނަށް ފެނިގެން އޭނާ ވަޒީފާއިން
ވަކިކޮށްފައިވާ ވަކިކުރުމެއްކަމަށް ބަލާނެ ޖާގަ ނެތުމާއި، މި ގޮތުން، ސިވިލް ސަރވިސްގެ ވަޒީފާއިން ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2014/HC-A/281
ނަޞީރު އާދަމް މުސްކުޅިކޮށް ވަކިކޮށްފައިވަނީ ޢަލީ ނަޞީރު އާދަމްގެ ރުހުމުގައިކަން ދެފަރާތުގެ ބަހުންނާއި
ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާތީ،
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 އަދި 50 ވަނަ މާއްދާގެ ދަށުން ވަޒީފާއިން
މުސްކުޅިކުރާ މުވައްޒަފުންނަށް މަހުންމަހަށް ދެވޭ އިނާޔަތް ޢަލީ ނަޞީރު އާދަމަށް ލިބެމުންދާކަން އެގެންއޮތުމާއި،
މި ބުނެވިދިޔަ ދެ މާއްދާގެ ދަށުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންގެ ތެރެއިން އަމިއްލަ ރުހުމުގައި
ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާ ދެވޭ ޢިނާޔަތް ލިބިނުދެވޭކަން ދިވެހި ސިވިލް ސަރވިސްގެ
ޤަވާޢިދުގެ 122 ވަނަ މާއްދާއާއި އެ ޤަވާޢިދުގެ ޖަދުވަލު 15 އިން އެނގެންއޮތުމުން،
ނޯޓިސް ނުދީ ވަކިކުރާ ޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތީން ނޯޓިސްގެ ބަދަލުގައި
ދޭންޖެހޭ ފައިސާއާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 އަދި 50 ވަނަ މާއްދާގެ ދަށުން ވަޒީފާއިން
މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާދެވޭ ޢިނާޔަތް ޢަލީ ނަޞީރު އާދަމްއަށް ދިނުމަށް ޝަރީޢަތުން އަންގާނެ
ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް..." މައްސަލަ ނިންމަވާފައިވާކަން އެ މައްސަލައިގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
cccx
2) ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/703 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހއ. ހޯރަފުށި | ހުސްނުހީނާގެ، ޢަލީ ނަޞީރު އާދަމް
އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ސިވިލް ސަރވިސްގެ ވަޒީފާއިން ޢަލީ ނަޞީރު އާދަމް މުސްކުޅިކޮށް
ވަކިކޮށްފައިވަނީ އޭނާގެ އެދުމަކާ ނުލައި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ
ދަށުން، ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުންކަމަށްވާއިރު، ބުނެވުނު ޤާނޫނުގެ ދަށުން
ދިވެހިރާއްޖެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/281
ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން، ވަޒީފާއިން މުސްކުޅިކޮށް، ވަޒީފާއިން ވަކިކުރާ
މުވައްޒަފުންނަށް އެއްފަހަރާ ލިބެންޖެހޭ ޢިނާޔަތް ޢަލީ ނަޞީރު އާދަމްއަށް ލިއްބައިނުދީ ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/703 ޤަޟިއްޔާ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ސިވިލް ސަރވިސްގެ ވަޒީފާގައި މެދުކެނޑުމެއްނެތި، 31 އަހަރާއި 10
މަހާއި 10 ދުވަސް ވަންދެން، ދިވެހި ސަރުކާރަށް ޚިދުމަތްކުރަމުން ދަނިކޮށް، ޢަލީ ނަޞީރު އާދަމްގެ އެއްވެސް
އެދުމަކާއި ނުލައި، ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
115 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާއަށް ފެނިގެން، ސިޔާސީ މަޤާމަކަށް ޢަލީ ނަޞީރު
އާދަމް ބަދަލުކުރުމުން، އެ މަޤާމުގެ ވާޖިބުތައް އަދާކުރަމުން ގޮސްފައިވުމަކީ ސިވިލްސަރވިސްގެ ވަޒީފާއިން ޢަލީ
ނަޞީރު އާދަމް މުސްކުޅިކުރުމަށް އެދިފައިވާކަމު ޙުއްޖަތެއްކަމަށް ބަލައި ސިވިލް ކޯޓުގެ
2013/Cv-C/703 ޤަޟިއްޔާ ނިންނަމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ނބ
3) މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/703 ޤަޟިއްޔާގެ މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
=ހ8
ޕީބށް
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިނގާފައިވާ
ދިވެހިރާއްޖޭ ހައިކޯޓުގެ ޝަރީޢަތުން ނަޒަރުކުރިއިރު،
ހއ. ހޯރަފުށި( ހުސްނުހީނާގެ، ޢަލީ ނަޞީރު އާދަމް، ހއ. ހޯރަފުށީ އޮފީހުގެ ބޮޑުކަތީބުކަމުގެ
މަޤާމުގައި ވަޒީފާއަދާ ކުރަމުންދަނިކޮށް ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2012
/
104/CSC(32)
"ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރިކަން ދަންނަވާ ޗިޓް" ން ޢަލީ ނަޞީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2014/HC-A/281
އާދަމް 20 މެއި 2010 ން ފެށިގެން ވަޒީފާއިން ވަކިކުރެވިފައިވާކަމަށް އަންގާފައިވާއިރު، ވަޒީފާއިން ވަކިކުރި
ސަބަބުކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 49 ވަނަ
މާއްދާގެ (ހ) އިން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އުމުރުން 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް
ވަޒީފާއިން ވަކިކުރުމަށް މުވައްޒަފު އެދިފައިވާތީކަމަށް ބަޔާންކޮށްފައިވާކަން އެނގެންއޮންނަކަމާއި،
ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކުރި ތާރީޚްގެ ކުރީ ދުވަހު (19 މެއި 2010) ގައި ޢަލީ
ނަޞީރު އާދަމް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވި ސިޓީގައި އޭނާއަށް 11 މެއި 2010 ގައި މަތިއުތުރު
ޕްރޮވިންސް އޮފީހުގެ ކައުންސިލަރުކަމުގެ މަޤާމް ދީފައިވާކަމަށާއި، އަދި އޭނާ އެ މަޤާމަށް ހަމަޖައްސާފައިވަނީ
ސަރުކާރަށް ފެނިގެންކަމަށްވާތީ، އުމުރުން 55 އަހަރުވުމުން ލިބެންޖެހޭ ޢިނާޔަތް އޭނާއަށް ލިބެންޖެހޭކަމަށް
ބުނެފައިވާކަމާއި، އަދި އޭގެ ފަހުން 08 ޖޫން 2010 ގައި ސިވިލް ސަރވިސް ކޮމިޝަނަށް ޢަލީ ނަޞީރު އާދަމް
ފޮނުވާފައިވާ ސިޓީގައި އޭނާގެ ރުހުމެއްނެތި ވަޒީފާއިން ވަކިކުރި ކުރުމަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ
50 ވަނަ މާއްދާގެ (ހ)، (ށ) ގެ ދަށުން ވަކިކުރި ކުރުމެއްކަމަށާއި، އަދި ސަރުކާރަށް ފެނިގެން ޢަލީ ނަޞީރު
އާދަމް ވަޒީފާއިން ވަކިކޮށްފައިވާތީ، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރާއިރު ލިބެންޖެހޭ ޢިނާޔަތް ޢަލީ
ނަޞީރު އާދަމްއަށް ލިބެންޖެހޭނެކަމަށް ބުނެފައިވާކަމާއި،
21 ޖޫން 2012 ގައި ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމްއަށް ފޮނުވި
ސިޓީގައި، އަލީ ނަޞީރު އާދަމް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 49 ވަނަ މާއްދާގެ ދަށުން ސިވިލް
ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރުމަށް ހަމަޖެހުމާ ގުޅިގެން، 25 މެއި 2010 ގައި ވަޒީފާއިން މުސްކުޅިކޮށް،
ކޮމިޝަނުން މުސްކުޅިކުރާ އުމުރުން 55 އަހަރުފުރި 65 އަހަރު ނުފުރޭ މުވައްޒަފުންނަށް ދެވޭ އިނާޔަތް ޢަލީ
ނަޞީރު އާދަމަށް ހަމަޖައްސާފައިވާކަން އެނގެންއޮންނަކަމާއި،
އަދި ޢަލީ ނަޞީރު އާދަމްއަށް ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނު) ގެ 49 ވަނަ މާއްދާއާއި 50 ވަނަ މާއްދާގައި ބުނާ އިނާޔަތްތަކުގެ ތެރެއިން، އުމުރުން 55 އަހަރުވުމުން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2014/HC-A/281
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ucou
ވަޒީފާއިން މުސްކުޅިކޮށް ވަކިކުރާ މީހުންނަށް މަހުން މަހަށް ދޭންޖެހޭ ޢިނާޔަތް ލިބެމުންދާކަން މި މައްސަލާގައި
ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނަކަމެވެ
(ނ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ
49 ވަނަ މާއްދާގެ (ހ) ގައި މުވައްޒަފެއްގެ އުމުރުން 55 އަހަރުވުމުން އެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ށ)
OX Cec
ގައި ބަޔާންވެގެންވާގޮތުގެ މަތިން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސް
ކޮމިޝަނަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އިސްވެ ބުނެވުނު ޤާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައި އެ
ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ
މުވައްޒަފުންނާއި، ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޤާނޫނުގައިވާ ގޮތުގެ
މަތިން މުސްކުޅިކުރުމުގެ ޢިނާޔަތް ލިބިދެވޭނެކަމަށް ބަޔާންކޮށްފައިވާއިރު،
މުސްކުޅިކުރެވޭ ފަރާތްތަކަށް އިނާޔަތް ލިބިދެވޭނެގޮތް ޤަވާއިދު ނަންބަރު 1-R/2010 (ދިވެހި
ސިވިލް ސަރވިސްގެ ޤަވާއިދު 2010) ގެ ޖަދުވަލު 15 ގައި ބަޔާންކުރެވިފައިވާކަމާއި، އެ ގޮތުން އުމުރުން 55
އަހަރުވުމުން މުސްކުޅިކުރެވޭ ފަރާތްތަކަށް ޢިނާޔަތް ހަމަޖެއްސުމުގައި އެ ފަރާތްތައް ދެ ބަޔަކަށް ބަހާލެވޭކަމަށާއި،
އެއީ އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން މުސްކުޅިކުރެވޭ މުވައްޒަފުންނާއި، އުމުރުން 55
އަހަރުވުމުން އަމިއްލައަށް އެދިގެން ނޫންގޮތަކަށް މުސްކުޅިކުރެވޭ މުވައްޒަފުންކަމާއި،
އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން މުސްކުޅިކުރެވޭ ފަރާތްތަކަށް ދިނުމަށް
ހަމަޖެހިފައިވަނީ މަހުން މަހަށް ދޭ ޢިނާޔަތެއްކަމަށް ބަޔާންކޮށްފައިވާއިރު، އުމުރުން 55 އަހަރުވުމުން މުވައްޒަފު
މަސައްކަތްކުރާ
ކުރާ އޮފީހުން އެދިގެން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނަށް ލިބޭ އިޚްތިޔާރުގެ ދަށުން ވަޒީފާއިން
މުސްކުޅިކުރެވޭ ފަރާތްތަކަށް ދެ ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައިވާކަމާއި، އެއީ އެއްފަހަރާ ދެވޭ ޢިނާޔަތަކާއި
މަހުން މަހަށް މުޅި ޢުމުރަށް ދެވޭ ޢިނާޔަތެއްކަން
uc >
2
6
2= 2 ހދ& 4
އެނގޭނެނިންމާފަ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2014/HC-A/281
(ނ) ތިންވަނަ ކަމަކީ، މި މައްސަލަ އިސްތިއުނާފުކުރަމުން ޢަލީ ނަޞީރު އާދަމްގެ ފަރާތުން
މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޢަލީ ނަޞީރު އާދަމް އަދާކުރަމުން އައި ބޮޑުކަތީބު ކަމުގެ ވަޒީފާއިން
ވަކިކޮށްފައިވަނީ އަމިއްލައަށް އެދިގެންނޫންކަމަށާއި، ވަޒީފާއިން މުސްކުޅިކޮށްފައިވަނީ ސިވިލް ސަރވިސް
ކޮމިޝަނަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުންކަމަށާއި، އެހެންކަމުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް އެއްފަހަރާ
ލިބެންޖެހޭ ޢިނާޔަތް ޢަލީ ނަޞީރު އާދަމްއަށް ލިބި ނުދީ ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/703
ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާކަމަށް ބުނެ ފާހަގަކުރި ނުކުތާކަމާއި،
މައްސަލައާ ގުޅިގެން ކަން ހިނގާދިޔަގޮތަށް ބަލާއިރު، ޢަލީ ނަޞީރު އާދަމް ހއ. ހޯރަފުށީ
އޮފީހުގެ ބޮޑުކަތީބުކަމުގެ މަޤާމުގައި ވަޒީފާ އަދާކުރަމުންދަނިކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން މަތިއުތުރު
ޕްރޮވިންސް އޮފީހުގެ ކައުންސިލަރު ކަމުގެ މަޤާމަށް 11 މެއި 2010 ގައި ޢަލީ ނަޞީރު އާދަމް
ޢައްޔަންކުރެވުނުކަމާއި،
ޚި
ޢަލީ ނަޞީރު އާދަމް އަދާކުރަމުން އައި ބޮޑުކަތީބުކަމުގެ ވަޒީފާއިން ވަކިކުރެވުނީ ޤާނޫނު
ނަންބަރު 5/2007 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 49 ވަނަ މާއްދާގެ (ހ) އިން ކޮމިޝަނަށް ލިބިދޭ
އިޚްތިޔާރުގެ ދަށުން، އުމުރުން 55 އަހަރުވުމުން ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރުމަށް މުވައްޒަފު
އެދިފައިވާތީކަން ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2012
/
104/CSC(32) (20 ޖޫން 2012)
"ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަޒީފާއިން ވަކިކުރިކަން ދަންނަވާ ޗިޓް" ން އެނގެންއޮތް
ނަމަވެސް،
I
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން
ރައީސުލްޖުމްހޫރިއްޔާގެ ވާޖިބުތައް އަދާކުރުމަށް ކަނޑައަޅާ މަޤާމްތަކަކީ ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ ދަށުން ސިވިލް ސަރވިސްގައި ނުހިމެނޭ ފަރާތްތަކެއްކަން
އެނގޭކަމާއި، ޢަލީ ނަޞީރު އާދަމް ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވުނީ ބުނެވުނު މާއްދާއަށް ރިޢާޔަތްކޮށް
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ،
9
2014/HC-A/281
މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރުކަމުގެ މަޤާމުގެ މަސްއޫލިއްޔަތު އޭނާގެ ފަރާތުން އަދާކުރަން
ފެށުމުންކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ބުނެފައިވާއިރު،
ޢަލީ ނަޞީރު އާދަމް އަކީ ޢުމުރުން 55 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ފަރާތެއްކަމަށްވާތީ،
ސަރުކާރަށް ފެނިގެން ސިޔާސީ މަޤާމަކަށް އޭނާ ޢައްޔަނުކޮށްފައިވާތީ ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން
ލިބެންޖެހޭ އިނާޔަތްތައް އޭނާއަށް ލިބޭނެގޮތް ހަމަޖައްސައި ދިނުމަށް އެދި 19 މެއި 2010 ގައި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޢަލީ ނަޞީރު އާދަމް ސިޓީ ފޮނުވާފައިވާކަން އެނގެންއޮންނަކަމާއި، އަދި 20
މެއި 2010 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2010
/
1170/CSC(2) ޗިޓުން ޢަލީ ނަޞީރު
އާދަމް ވަޒީފާއިން ވަކި ކުރިކަން އެންގުމާގުޅިގެން، ސަރުކާރަށް ފެނިގެން ސިވިލް ސަރވިސްގެ ވަޒީފާއިން ޢަލީ
ނަޞީރު އާދަމް ވަކިކުރި ކުރުމަކީ ސިވިލް ސަރވިސްގެ ޤާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ވަކިކުރި
ކުރުމެއްކަމަށާއި އެހެންކަމުން އެޤާނޫނުގެ ދަށުން އޭނާއަށް ލިބެންޖެހޭ ޢިނާޔަތްތައް ހޯދައިދިނުމަށް އެދި 08 ޖޫން
2010 ގައި ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާކަން އެނގެންއޮންނަކަމުން،
މިކަންކަމުގެ މައްޗަށް ބަލާއިރު، ޢަލީ ނަޞީރު އާދަމް އަދާކުރަމުންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއިން އޭނާ
ވަކިކޮށްފައިވަނީ އެމަޤާމުން އޭނާ ވަކިކޮށްދިނުމަށް ޢަލީ ނަޞީރު އާދަމް އެދިގެންނޫންކަން އެނގެންއޮންނަކަމާއި،
އެހެންކަމުން، ޢުމުރުން 55 އަހަރުވުމުން ސިވިލް ސަރވިސް ކޮމިޝަނަށް ޤާނޫނުން ލިބިދޭ އިޚުތިޔާރުގެ ދަށުން
ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދިނުމަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގައި ކަނޑައަޅާފައިވާ
ޢިނާޔަތްތައް ޢަލީ ނަޞީރު އާދަމަށް ޙައްޤުވާކަން ފާހަގަކުރެވޭކަމެވެ.
(ށ) ހަރުވަނަ ކަމަކީ، ޢުމުރުން 55 އަހަރުވުމުން ސިވިލް ސަރވިސް ކޮމިޝަނަށް ޤާނޫނުން
ލިބިދޭ އިޚުތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ޢިނާޔަތްތައް
ދިވެހި ސިވިލް ސަރވިސް ޤަވާއިދުގެ ޖަދުވަލު 15 ގައި
އިވާކަމާއި،
އެގޮތުން އެފަރާތްތަކަށް 2
ބަޔާންކޮށްފައިވާ
ދިވެހިރާއް،,
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2014/HC-A/281
ޢިނާޔަތެއް ދިނުމަށް ހަމަޖެހިފައިވާކަމާއި، އެއީ އެއްފަހަރާ ދެވޭ ޢިނާޔަތާއި، މަހުންމަހަށް މުޅި ޢުމުރަށް ދެވޭ
ޢިނާޔަތްކަމާއި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލާގައި ޢަލީ ނަޞީރު އާދަމް އަދާކުރަމުންދިޔަ ސިވިލް
ސަރވިސްގެ ވަޒީފާއިން އޭނާ ވަކިކުރުމަށްފަހު، މަހުން މަހަށް ދޭންޖެހޭ ޢިނާޔަތް ޢަލީ ނަޞީރު އާދަމަށް
ލިބެމުންދާކަން މައްސަލާގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެންއޮންނަކަމާއި، ނަމަވެސް ސިވިލް
ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކުރުމާ ގުޅިގެން
އެހާލަތުގައި އޭނާއަށް ޙައްޤުވާ، ދިވެހި ސިވިލް ސަރވިސް ޤަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކުރާ އެއްފަހަރާ
ދެވޭ ޢިނާޔަތް ޢަލީ ނަޞީރު އާދަމަށް ނުދީވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި ދެފަރާތުގެ ބަހުން
އެނގެންއޮތުމުން، މިދެންނެވުނު ޢިނާޔަތް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ޢަލީ ނަޞީރު އާދަމަށް
ދޭންޖެހޭކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް ފާހަގަކުރެވޭކަމެވެ.
އެހެން
ނަންބަރ
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް ހުރުމުން، ސިވިލް ކޯޓުގެ
2013/Cv
-
C/703 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ދިވެހިރާއްޖޭ
ހައިކޯޓުގައި ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
95.
54
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/703 ޤަޟިއްޔާގައި، ވަޒީފާއިން މުސްކުޅި ކުރާ މުވައްޒަފުންނަށް އެއްފަހަރާދެވޭ ޢިނާޔަތް ޢަލީ
ނަޞީރު އާދަމަށް ދިނުމަށް ޝަރީޢަތުން އަންގާނެތަނެއް ނެތްކަމަށް ކަނޑައަޅައި ކުރައްވާފައިވާ ޙުކުމް
ބާޠިލްކޮށް، ޢަލީ ނަޞީރު އާދަމަށް މަހުން މަހަށް ދޭންޖެހޭ ޢިނާޔަތުގެ އިތުރަށް ދިވެހި ސިވިލް ސަރވިސް
ޤަވާއިދުގެ ޖަދުވަލު 15 ގެ 2 ވަނަ ނަންބަރުގެ 2.1 ގައި ބަޔާންކޮށްފައިވާ އެއްފަހަރާ ދެވޭ ޢިނާޔަތް، ޢަލީ
ނަޞީރު އާދަމަށް ޙައްޤުވާކަމަށް ކަނޑައަޅައި، އެޢިނާޔަތް މިއަދު (01 ޑިސެމްބަރ 2016) ން ފެށިގެން 30
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ: ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
2014/HC-A/281
(ތިރީސް) ދުވަހުގެ ތެރޭގައި ޢަލީ ނަޞީރު ދަމަށް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި،
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ވީހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv