ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/163 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ
2014/HC-A/163
ދެލި
#
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިކާޓް
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 163/HC-A/2014
• އިސްތިޢުނާފް ކުރިފަރާތް:
* ނަން: ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 56
/
2003-C
ދާއިމީ އެޑްރެސް: މ.
ކުރަހާގެ{ މާލެ
. އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 0005
/
2010-FC * ދާއިމީ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ
21 ވަނަ ފަންގިފިލާ
ޖިސްޓްރީކުރެވުނު
0
18 ޝަޢުބާން 1435
16 ޖޫން 2014
ނިމުނު ތާރީޚް: 13 މުޙައްރަމް 1436
ވެމްބަރު 2014
6 ނޮވެމް.
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv-C/911
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
ހުށަހެޅުން ތާރީޚް: 5 މެއި 2011
ނިމުނު ތާރީޚް: 9 ޖެނުއަރީ 2014
5
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ފ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2 ޤަޟިއްޔާ ނިމުނު
2014/HC-A/163
و جری معلمي مب
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/911 ޤަޟިއްޔާ އެކޯޓުން
0 2
<< O
ނިންމަވާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި، ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅު ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު 0005
/
2010-FC) އެވެ.
C-56/2003
04473
ފާހަގަކުރެވުނު ނުއް
911/Cv-C/2011
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ކޮރަލްވިލް ހައުސިންގ
މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޢިމާރާތްކުރި 178 ފްލެޓުގެ ތެރެއިން 06 ފްލެޓް
(C1,C2,C3) ޢިމާރާތްކުރުމުގެ މަސައްކަތް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން
ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރުމުން، ޖަވާޒު ކޮންސްޓްރަކްޝަން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އަމިއްލަ ޚަރަދުގައި، އެތިން ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ
މަސައްކަތް ކުރަމުންދަނިކޮށް، ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން އެ މަސައްކަތައް
ހުރަސްއަޅައި، ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
މަސައްކަތުން
ބޭރުކޮށްފައިވާތީ، އެހާތަނަށް ކޮށްނިމިފައިވާ މަސައްކަތަށް އިންވޮއިސް މުން، ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ޤަބޫލުކޮށްފައިވާ 08 (އަށެއް) އިންވޮއިސްގައި ޖުމްލަ ޢަދަދު
އެ
2ތ 224
4
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
މަސައްކަތް"
2014/HC-A/163
کی عمری
ދެވެ
3 ޤަޟިއްޔާ ނިމުނު ގޮތު
ކަމުގައިވާ 120,624
/
20$US (އެއްލައްކަ ވިހިހާސް ހަސަތޭކަ ސައުވީސް ޔޫ.އެސް ޑޮލަރު ވިހި
ސެންޓު) އާއި، މިކަމުގެ ސަބަބުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ
ގެއްލުމުގެ ބަދަލު ހޯދުމަށް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވާ
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ އުކުމުގައިވަނީ، "ދެންފަހެ، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑް އިން (މީގެފަހުން "ދަޢުވާކުރާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތުން) ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ (މީގެފަހުން "ދަޢުވާލިބޭ ފަރާތް" ކަމަށް ބުނެފައިވާ
ފަރާތުގެ) މައްޗަށް ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ކޮރަލްވިލް ހައުސިންގ މަޝްރޫޢުގެ ފުރަތަމަ
ފިޔަވަހީގެ ދަށުން ޢިމާރާތްކުރި 178 ފްލެޓުގެ ތެރެއިން 06 ފްލެޓް (C1,C2,C3) ޢިމާރާތް ކުރުމުގެ
މަސައްކަތް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތާއި ޙަވާލުކުރުމުން، ދަޢުވާކުރާ ފަރާތުގެ އަމިއްލަ
ޚަރަދުގައި އެތިން ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ
ކުރަމުންދަނިކޮށް، ދަޢުވާލިބޭ
ފަރާތުން އެ މަސައްކަތަށް ހުރަސްއަޅައި، ދަޢުވާކުރާ ފަރާތް އެ މަސައްކަތުން ބޭރުކޮށްފައިވާތީ، އެހާތަނަށް
ކޮށްނިމިފައިވާ މަސައްކަތަށް އިންވޮއިސް ހުށަހެޅުމުން، ދަޢުވާލިބޭ ފަރާތުން ޤަބޫލުކޮށްފައިވާ 08
އިންވޮއިސްގައިވާ ޖުމުލަ ޢަދަދު ކަމުގައިވާ 120,624.20$US (އެއްލައްކަ ވިހިހާސް ހަސަތޭކަ
ސައުވީސް ޕޮއިންޓް ދޭއް ސުމެއް ޔޫ.އެސް ޑޮލަރު) އާއި މިކަމުގެ ސަބަބުން ދަޢުވަކުރާ ފަރާތަށް
ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދައި ދިނުމަށް ދަޢުވާކުރާ ފަރާތުން މިދަޢުވާގައި އެދިފައިވާއިރު،
ބުނެވެދިޔަ ތިން ޢިމާރާތުގައި ދަޢުވާކުރާ ފަރާތުން ކޮށްފައިވާ އެންމެހާ
މަސައްކަތްތަކަށް ދަޢުވާލިބޭ ފަރާތުން ދޭންޖެހޭ ފައިސާ ދަޢުވާލިބޭ ފަރާތުން ދީފައިވާކަމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
83
2014/HC-A/163
معجم کم مئی
ދެލީ
ޤަޟިއްޔާ ނިމުނު "
31 އޮގަސްޓް 2010 ގެ ތާރީޚުގައި "ފައިނަލް ޕޭމަންޓް ފޯ ސީl، ސީ2، ސީ3" މިސުރުޚީގެ ދަށުން
ރެފަރެންސް ނަންބަރު 2010
/
001/CV
-
INV ގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ އިންވޮއިސްގައި
ހިމެނިފައިވާ 5,209.96$US (ފަސްހާސް ދުއިސައްތަ ނުވައެއް ޕޮއިންޓް ނުވައެއް ހައެއް ޔޫ.އެސް
ޑޮލަރު) ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދީފައިވާކަމަށާއި، ބުނެވެދިޔަ ތިން ޢިމާރާތުގެ
ފައުންޑޭޝަން އެޅުމުގެ ބައެއް މަސައްކަތް ދަޢުވާކުރާ ފަރާތުން ކޮށްފައިވާކަމަށާއި، ދަޢުވާކުރާ ފަރާތުން
މަސައްކަތް ހުއްޓާލުމުން ދަޢުވާލިބޭ ފަރާތުން ނަގާފައިވާ އެތަނުގެ ފޮޓޯތަކުން ދަޢުވާކުރާ ފަރާތުން
މަސައްކަތް ކޮށްފައިވާ މިންވަރު އެނގެން އެބައޮތް ކަމަށާއި، ދަޢުވާކުރާ ފަރާތުން މަސައްކަތް ކޮށްފައިވަނީ
ދަޢުވާލިބޭ ފަރާތުން މެޓީރިއަލް ދިނުމުން ކަމަށާއި، ހުށަހެޅިފައިވާ ލިޔުންތަކުން އެކަން ސާބިތުވާނެ ކަމަށް
ދަޢުވާލިބޭ ފަރާތުން ބުނެފައިވުމާއި،
ދަޢުވާކުރާ ފަރާތުން އަމިއްލަ ޚަރަދުގައި މަސައްކަތްކުރި ކަމަށް ބުނި ނަމަވެސް،
ޢިމާރާތް ކުރުމަށްޓަކައި ދަޢުވާލިބޭ ފަރާތުން ދަޢުވަކުރާ ފަރާތަށް ދިން މެޓީރިއަލް (ސިމެންތި، އެގްރިގެޓް،
ވެލި، އަދި ދަގަނޑު) އާއި ދަޢުވާކުރާ ޙަވާލުވެފައިވާކަން ދަޢުވާލިބޭ ފަރާތުން ހުށަހެޅި ކިތާބީ ހެކިތަކުން
އެނގެން އޮތުމާއި، ދަޢުވާކުރާ ފަރާތުން އެކަމަށް އިންކާރު ކޮށްފައިނުވުމާއި، ދަޢުވާކުރާ ފަރާތުން
މަސައްކަތް ކޮށްފައިވާ މިންވަރު ސާބިތުކުރުމަށް ދަޢުވަކުރާ ފަރާތުން ހުށަހެޅި ހެކިން ހެކިބަހުގައި ބޮޑެތި
ފުށުއެރުން ތަކެއް ހުރުމުން އެހެކިންގެ ހެކިބަހުން އެކަން ސާބިތުނުވާތީއާއި، ދަޢުވާކުރާ ފަރާތުން
މަސައްކަތް ދޫކޮށްލިފަހުން ބުނެވެދިޔަ ތިން ޢިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތުގެ ބޮޑުބައެއް
ނިންމާފައިވަނީ ދަޢުވާލިބޭ ފަރާތުން އެހެން ބަޔަކާއި ޙަވާލުކޮށްގެންކަން ދަޢުވާލިބޭ ފަރާތުން ހުށަހެޅި
ހެކިންގެ ހެކިބަހުންނާއި ދަޢުވާކުރާ ފަރާތުން މަސައްކަތް ހުއްޓާލުމުން ދަޢުވާލިބޭ ފަރާތުން ނަގާފައިވާ
މަސައްކަތްކުރި ތަނުގެ ފޮޓޯތަކުން ސާބިތުވާތީ،
2c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/163
5 ޤަޟިއްޔާ ނިމުނު
کی عمری
ދަޢުވާގައި ބުނެފައިވާ ފައިސާ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭކަމަށް
ޝަރީޢަތުން ކަނޑައެޅޭނެތަނެއް ނެތްކަމަށް، ޙުކުމްކޮށްފީމެވެ" މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
سکرت کی
911/Cv-C/2011
2. ސިވިލް ކޯޓުގެ
ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޖަވާޒް ކޮންސްޓްރަކްޝަން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް)
ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެގޮތުން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ހުށަހަޅާފައިވާ:
• ފުރަތަމަ ނުކުތާއަކީ، ހުޅުމާލެ ތަރައްޤީ ކުރުމަށް ރޭވިފައިވާ "ކޮރަލްވިލް"
ހައުސިން މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 178 ފްލެޓްގެ
ތެރެއިން 06 ފްލެޓް (C1
,
C2C3) ގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސައިޓުގައި ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިހުރި މަސައްކަތްތަކަށް އަގު
ލިބުންއެދި ދަޢުވާލިބޭ ފަރާތަށް އެކުންފުނިން ފޮނުވާފައިވާ 08 (އަށެއް) އިންވޮއިސް ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ބަލައިގަނެ ޤަބޫލުކޮށް، އެގޮތުން ފައިސާ ދައްކާފައިވަނީ ފައިނަލް
ޕޭމަންޓްގެ ގޮތުގައި ހުށަހެޅި އެންމެ ފަހުގެ އިންވޮއިސްއަށްކަން ޖަވާބު ފޯމުގެ 4.2 އިން އިޢުތިރާފު
ލިބޭއިރު، އަދި ބާކީއޮތް 07 (ހަތެއް) އިންވޮއިސްއަށް ފައިސާ ދައްކާފައިވާކަމަށް ދަޢުވާ ލިބޭފަރާތުން
ސާބިތު ކޮށްދީފައި ނުވާތީ، އެ ފައިސާއަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއްކަމަށް ޤާނޫނީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ޤަޟިއްޔާ ނިމުނު
2014/HC-A/163
کی عمری
ހަމަތަކުން ބެލެން އޮތްއިރު، އެ ފައިސާ ނަގައިނުދިނުމަށް ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ދަޢުވާގައި ބަޔާންކޮށްފައިވާ 08 (އަށެއް) އިންވޮއިސްގައިވާ
މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ C2
,
C3,01 ގެ ސައިޓުގައި މަސައްކަތް ކޮށްފައިހުރިކަން،
އެކުންފުނިން ހެކިންގެ ގޮތުގައި ހުށަހެޅި ޏ. ފުވައްމުލަކު، ދަޑިމަގު ފަތިސް، މުޙައްމަދު ޢަބްދުލްޣަފޫރާއި
ތިނަދޫ/ރެޑިއަމް، ސަޢުދުﷲ ނަސީރުގެ ހެކިބަހުން ސާބިތުވާއިރު، އެކަމަށް އެކަށޭނެ ބުރަދަނެއް
ދީފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
911/Cv-C/2011
3. މިމައްސަލައާ ގުޅިގެން، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/911 ޤަޟިއްޔާގައި
ހިމެނޭ މައްސަލަ އިސްތިއުނާފުކުރަމުން، ހުޅުމާލެގައި ތަރައްޤީ ކުރުމަށް ރޭވިފައިވާ "ކޮރަލްވިލް"
ހައުސިން މަޝްރޫގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 178 ފްލެޓްގެ
ތެރެއިން 06 ފްލެޓް (C1,C2,C3) ގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ސައިޓުގައި ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިހުރި މަސައްކަތްތަކަށް އަގު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3,3}
2014/HC-A/163
میگم مجری
ލިބުންއެދި ދަޢުވާލިބޭ ފަރާތަށް އެކުންފުނިން ފޮނުވާފައިވާ 08 (އަށެއް) އިންވޮއިސް ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން ބަލައިގަނެ ޤަބޫލުކޮށް، އެގޮތުން ފައިސާ ދައްކާފައިވަނީ ފައިނަލް
ޕޭމަންޓްގެ ގޮތުގައި ހުށަހެޅި އެންމެ ފަހުގެ އިންވޮއިސްއަށްކަން ޖަވާބު ފޯމުގެ .4 އިން އިޢުތިރާފު
ލިބޭއިރު، އަދި ބާކީއޮތް 07 (ހަތެއް) އިންވޮއިސްއަށް ފައިސާ ދައްކާފައިވާކަމަށް ދަޢުވާ ލިބޭފަރާތުން
ސާބިތު ކޮށްދީފައިނުވާތީ، އެ ފައިސާއަކީ އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާއެއްކަމަށް ޤާނޫނީ ހަމަތަކުން
ބެލެން އޮތްއިރު، އެ ފައިސާ ނަގައިނުދިނުމަށް ސިވިލް ކޯޓުން ނިންމަވާފައިވާކަމަށްބުނެ ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިނުކުތާގައި
ޙަވާލާދީފައިވާ، 10 އޯގަސްޓް 2010 ގެ ތާރީޚު ޖަހާފައިވާ އެކުންފުނީގެ ނަންބަރު 01/JW
/
APT
އިންވޮއިސް އާއި، 11 އޯގަސްޓް 2010 ގެ ތާރީޚު ޖަހާފައިވާ އެކުންފުނީގެ ނަންބަރު 02/JW
/
APT
އިންވޮއިސް އާއި، 15 އޯގަސްޓް 2010 ގެ ތާރީޚު ޖަހާފައިވާ އެކުންފުނީގެ ނަންބަރު 03/JW
/
APT
އިންވޮއިސް އާއި، ނަންބަރު 04/JW
/
APT އިންވޮއިސް އާއި، 20 އޯގަސްޓް 2010 ގެ ތާރީޚު
ޖަހާފައިވާ އެކުންފުނީގެ ނަންބަރު 05/JW
/
APT އިންވޮއިސް އާއި، 23 އޯގަސްޓް 2010 ގެ ތާރީޚު
ޖަހާފައިވާ އެކުންފުނީގެ ނަންބަރު 06/JW
/
APT އިންވޮއިސް އާއި، 25 އޯގަސްޓް 2010 ގެ ތާރީޚު
ޖަހާފައިވާ އެކުންފުނީގެ ނަންބަރު 07/JW
/
APT އިންވޮއިސް، ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވި ދެމީހަކު މެދުވެރިކޮށް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ލިމިޓެޑުގެ މުވައްޒަފަކާ ހަވާލުކޮށްފައިވާނޭކަމަށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ބުނާއިރު، އެއިންވޮއިސްތައް ހިފައިގެންގޮސް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ
މުވައްޒަފަކާ ހަވާލުކޮށްފައިވާނޭކަމަށްބުނާ ދެމީހުންގެ ހެކިބަހުގައި ހުރިކަމަށް ސިވިލްކޯޓުގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ފުށުއެރުންތައް
2 *ހޏ
ہو کرفري
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2014/HC-A/163
8 ޤަޟިއްޔާ ނިމުނު
فیملی کی مری
=3
2 0 2 0 22
އެއިންވޮއިސްތައް ޙަވާލުކޮށްފައިވަނީ ކޮން ތާރީޚެއްގައިކަމެއް އަދި އެއިންވޮއިސްތައް ޙަވާލުކޮށްފައިވަނީ
އެއްކޮށް ނުވަތަ ވަކިވަކިން ކަމެއްވެސް ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން އިންވޮއިސްތައް ހަވާލުކުރުމަށް ފޮނުވިކަމަށްބުނާ ދެމީހުންނަށް ޝަރީޢަތުގެ މަޖިލީހުގައި
ބުނެދެވިފައިނުވާއިރު، އެއިންވޮއިސްތައް
އެއިންވޮއިސްތައް ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުން
ބަލައިގެންފައިވާކަން އެ އިންވޮއިސްތަކުންވެސް އެނގެން ނެތްކަމާއި، އަދި އެއިންވޮއިސްތައް އެކުންފުންޏާ
ޙަވާލުކޮށްފައިވާކަން ސާބިތުވާފަދަ އެއްވެސް ކިތާބީ ހެއްކެއްވެސް ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޝަރީޢަތައް ހުށަހަޅާފައިނުވާކަމާއި،
އަދި، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް ފޮނުވާ އިންވޮއިސްތައް އާންމު އުސޫލެއްގެ ގޮތުން ފޮނުވަމުން
ގެންގޮސްފައިވަނީ އީމެއިލް މެދުވެރިކޮށްކަމަށް އެކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، އިސްވެނަންގަނެވުނު 7 (ހަތެއް) އިންވޮއިސް، އާންމު
އުސޫލުން ބޭރުން، ދެމީހަކާ ޙަވާލުކޮށް ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް ފޮނުވަން ޖެހުނު
ސަބަބެއްވެސް އެކުންފުނީގެ ފަރާތުން ބުނެދެވިފައިނުވާކަމާއި، އަދި ހަމައެފަދައިން، ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ލިމިޓެޑަށް ފޮނުވާ އިންވޮއިސްތައް ތައްޔާރުކޮށް ފޮނުވެނީ އެއިންވޮއިސްއެއްގައިވާ މަސައްކަތްތައް
ނިމެމުންދާވަރަކަށް އެމައްސަކަތެއްގެ އިންވޮއިސް ތައްޔާރުކޮށް ފޮނުވާ އުސޫލުންކަމަށް ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާއިރު، އަދި އިސްނަންގަނެވުނު 7 (ހަތެއް) އިންވޮއިސްގެ ތެރެއިން
އެކުންފުނީގެ ނަންބަރު 03/JW
/
APT އިންވޮއިސް އާއި ނަންބަރު 04/JW
/
APT އިންވޮއިސް އެއް
ތާރީޚެއް ޖަހާފައިވާ ސަބަބާއި، އަދި ދެންހުރި އިންވޮއިސްގައި ތަފާތު ތާރީޚުތަކެއް ޖެހިފައިވާއިރު، އެ
ހުރިހާ އިންވޮއިސްތައް އެކުގައި ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާ ހަވާލުކުރެވިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3847
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/163
9 ޤަޟިއްޔާ ނިމުނު
=32
ޖަވާޒް
ސަބަބެއްވެސް އެކަށީގެންވާ ގޮތެއްގައި ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ދެއްކިފައިނުވާކަމާއި،
މީގެއިތުރުން، މިމައްސަލާގައި ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ޝަރީޢަތަށް ހުށަހަޅާފައިވާ 8 (އަނެއް، އިންވޮއިސްގެ ތެރެއިން ފައިސާ ލިބިފައިވާކަމަށް
އެކުންފުނީގެ ފަރާތުން ބުނެފައިވާ، 31 އޮގަސްޓް 2010 ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ، އެކުންފުނީގެ
ނަންބަރު 2010
/
001/CV
-
INV އިންވޮއިސްއަށް ބަލާއިރު، އެއިންވޮއިސްއަށް "001" ނަންބަރު
ދިނުމުގެ އިތުރުން، އެއިންވޮއިސްގައި "އިންވޮއިސް ނަންބަރު 1" (1
.INVOICE NO)
ޖަހާފައިވުމުން އެ އިންވޮއިސްއަކީ މިމައްސަލާގައި ހަވާލާދެވިފައިވާ މަސައްކަތައް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ލިމިޓެޑަށް ފޮނުވާފައިވާ ފުރަތަމަ އިންވޮއިސްކަމަށް ބެލެވޭކަމާއި،
އެހެންކަމުން، އިސްވެމިދެންނެވުނު ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ފޮނުވުމުން އެކުންފުނީގެ ފަރާތުން ބަލައިގަނެފައިވާކަމަށް ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުން ބުނާ، އިސްވެނަންގަނެވިފައިވާ 7 (ހަތެއް) އިންވޮއިސްއަކީ ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ
ލިމިޓެޑަށް ފޮނުވުމުން އެކުންފުންޏަށް ލިބިފައިވާ އިންވޮއިސްތަކެއްކަމަށް ޤާނޫނީ ހަމަތަކުގެމަތިން
ބަލައިގަނެވެން ނެތްކަމެވެ.
OXO
(ނ) ދެވަނަ ކަމަކީ، ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގައި ބަޔާންކޮށްފައިވާ 08
(އަށެއް) އިންވޮއިސްގައިވާ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ C1
,
C2
,
C3 ގެ ސައިޓުގައި
މަސައްކަތް ކޮށްފައިހުރިކަން، އެކުންފުނިން ހެކިންގެ ގޮތުގައި ހުށަހެޅި ފުވައްމުލަކުaގ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު "
2014/HC-A/163
کی مرگی
3
0 0
ދަޑިމަގު)ފަތިސް، މުޙައްމަދު ޢަބްދުލްޣަފޫރާއި ގދ. ތިނަދޫ ރެޑިއަމް، ސަޢުދުﷲ ނަސީރުގެ ހެކިބަހުން
ސާބިތުވާއިރު، އެކަމަށް އެކަށޭނެ ބުރަދަނެއް ސިވިލް ކޯޓުން ދެއްވާފައިނުވާކަމަށްބުނެ ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާއަށް ބަލާއިރު،
ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޭސޯން
ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑަށް ފޮނުވާފައިވާކަމަށް ބުނާ އިންވޮއިސްތަކުގެ ތެރެއިން ފައިސާ
ނުލިބިވާކަމަށް އެކުންފުނީގެ ފަރާތުން ބުނާ، އިސްވެނަންގަނެވިފައިވާ 7 (ހަތެއް) އިންވޮއިސްގައިވާ
މަސައްކަތްތަކަކީ ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށް ނިންމާފައިވާ
މަސައްކަތްތަކެއްކަން ސާބިތުކޮށްދިނުމަށް އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ ޏ. ފުވައްމުލަކު،
ދަޑިމަގު ފަތިސް، މުޙައްމަދު ޢަބްދުލްޣަފޫރާއި ތިނަދޫ!ރެޑިއަމް، ސަޢުދުﷲ ނަސީރުގެ ހެކިބަހުގައި،
މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ Cl
,
C2
,
C3 ގެ ސައިޓުގައި ޖަވާޒް ކޮންސްޓްރަކްޝަން
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލު ދެމުން ފާހަގަކޮށްފައިވާ
ޢިމާރާތްތަކުގެ މިންތައް ފަދަކަންކަމާއި، އެމަސައްކަތާ ގުޅިގެން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފޮނުވާފައިވާކަމަށް ބުނާ އިންވޮއިސްތަކުގައި ފާހަގަކޮށްފައިވާ
ތަފްސީލުތަކާއި، އަދި އެކުންފުނީގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ މަސައްކަތްތަކުގެ ތަފްސީލުތަކާއި
ފާހަގަކުރެވޭވަރުގެ ބޮޑެތި ތަފާތުތަކެއް ހުރިއިރު، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޢިމާރާތްކޮށްފައިވާކަމަށް އެމީހުން ބުނެފައިވާ ބައެއް ޢިމާރާތްތައް ހުރި ތަންތަނާއި،
ޢިމާރާތްކުރުމަށް އެކުންފުންޏާ ޙަވާލުކުރެވިފައިވާ 3 (ތިނެއް) ޢިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތުގެ
ބޮޑުބައި ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ނިންމާފައިވާކަމަށް އެމީހުން
ބުނާއިރު، އެ ތަންތަންތައް ހުރިގޮތް އެމީހުންނަށް ޝަރީޢަތުގެ މަޖިލީހުގައި ބުނެދެވިފައިނުވާކަމާއި،
)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/163
11 ޤަޟިއްޔާ ނިމުނު
کی عمر مترمربع
އަދި، ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން
މަސައްކަތު ސައިޓުދޫކޮށް ދިޔައިރު، އެކުންފުންޏާ ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން،
އިސްވެނަންގަނެވިފައިވާ އިންވޮއިސްތަކުގައިވާ މަސައްކަތްތައް އެކުންފުނީގެ ފަރާތުން ކޮށްފައިނުވާކަން
ސާބިތުކޮށްދިނުމުގެ ގޮތުން ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ
ހެކިންގެ ހެކިބަހަށާއި ސައިޓުގެ ފޮޓޯތަކަށާއި، އެކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ އެހެނިހެން ކިތާބީ
ހެއްކަށް ޤާނޫނީ ނަޒަރަކުން ބަލާއިރު، ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ
ފަރާތުން ހުށަހަޅާފައިވާ އިސްވެދެންނެވުނު ރެކިންގެ ހެކިބަހުގައި ނުވަތަ އެކުންފުނީގެ ފަރާތުން
ޝަރީޢަތަށް ހުށަހަޅާފައިވާ އިންވޮއިސްތަކުގައިވާ މިންވަރަށް އެކުންފުނިން މަސައްކަތް ކޮށްފައިނުވާކަން
އެނގެން އޮންނަކަމާއި،
މީގެއިތުރުން، މިމައްސަލާގައި ހިމެނޭ ޒާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކަކީ
އެފަދަ މަސައްކަތްތައް ހިނގަމުންދާގޮތް ދުވަހުން ދުވަހަށް ރެކޯޑުކުރެވި ލިޔެކިޔުމުން ބެލެހެއްޓޭ ޒާތުގެ
މަސައްކަތަކަށް ވީނަމަވެސް، ކޭސޯން ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޙަވާލުކުރެވިފައިވާ މަސައްކަތް ކުރަމުންދިޔަގޮތުގެ
ރެކޯޑެއް އެކުންފުނީގެ ފަރާތުން ބަލަހައްޓަމުން ގެންގޮސްފައިނުވާކަމަށް އެކުންފުނީގެ ފަރާތުން
ބުނެފައިވާއިރު، އަދި އެކުންފުނީގެ ފަރާތުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓާލައި، މަސައްކަތުގެ
ސައިޓު ދޫކޮށް ދިޔައިރު އެކުންފުނީގެ ފަރާތުން ކޮށްފައިހުރި މަސައްކަތުގެ ތަފްސީލު އެނގޭނޭފަދަ
އެވެސް ރެކޯޑެއްވެސް އެކުންފުނީގެ ފަރާތުން ތައްޔާރުކޮށްފައިނުވާކަމަށް އެކުންފުނީގެ ފަރާތުން
ބުނާއިރު، އެފަދަ އެއްވެސް ރެކޯޑެއް ތައްޔާރުކޮށް ބެލެހެއްޓިފައިނުވާ ސަބަބެއް، އެކަށީގެންވާ
ހަމަތަކުގެމަތިން ޖަވާޒް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ފަރާތުން
ދެއްކިފައިނުވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
12 ޤަޟިއްޔާ ނިމުނު "
2014/HC-A/163
کی مرکی
ދެވެ
22 ތ ދ ތ
އެހެންކަމުން،
އިސްވެމިދެންނެވުނު ކަންކަމަށް ޖުމްލަގޮތެއްގައި ބަލާއިރު، ޖަވާޒް
ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގައި
ބަޔާންކޮށްފައިވާ 08 (އަށެއް) އިންވޮއިސްގައިވާ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވާ C1
,
C2
,
C3
ގެ ސައިޓުގައި، އެއިންވޮއިސްތަކުގައި ބަޔާންކޮށްފައިވާ މިންވަރަށް މަސައްކަތް ކޮށްފައިހުރިކަން،
އެކުންފުނީގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހެޅި، ޏ. ފުވައްމުލަކު، ދަޑިމަގު ފަތިސް، މުޙައްމަދު
ޢަބްދުލްޣަފޫރާއި ގދ. ތިނަދޫ!ރެޑިއަމް، ސަޢުދުﷲ ނަސީރުގެ ހެކިބަހުން ސާބިތުވާކަމަށް ބެލެވެން
ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/911 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށް އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ،
ޙުކުމެއްކަމަށްބުނެ، ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
ޙުކުމް
40 0 2
ދ 4
2
3
1ނރވަން
ކަންކަން
އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/911 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ
.3
ސަރޯޖްގެ ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
44 235
2014/HC-A/163
13 ޤަޟިއްޔާ
مع ملی در محلي مم
ޙުކުމެއްކަމަށްބުނެ، ޖަވާޒު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
56
/
2003-C) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
އެޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ
އެއްވެސް ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv