ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/104 ޤަޟިއްޔާގެ ޙުކުމް
1
2(613/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 104/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ޢަޤީލް
އައިޑީ ކާޑު ނަންބަރު: A351231
ދާއިމީ އެޑްރެސް: ފެހިކޮކާ | ގދ. ތިނަދޫ
މިހާރުގެ އެޑްރެސް: ލ. މުންތާޒާ | ކ. މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ރަޖިސްޓްރީ ނަންބަރު
، ދާއިމީ
އެޑްރެސް: -
މިހާރުގެ އެޑްރެސް:
. ރަޖިސްޓްރީ ތާރީޚް: 06 ޖުމާދަލްއޫލާ 1434
ނިމުނު ތާރީޚް: 24 ޝަޢުބާން 1434
24 ޖޫން
18
2013
2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62 ޤަޟިއްޔާ
ނިންމެވި ފަރާތް: ޖުވެނައިލް ކޯޓު
މައްސަލައިގެ ބާވަތް: މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކަ
މަށްޓަކައި އަތުގައި ބެހެއްޓުން
• ހުށަހެޅި ތާރީޚް: 16.06.2011
ނިމުނު ތާރީޚް: 27.09.2012
ދިވެހިރާއްޖޭގެ
0
މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ހައިކޯޓް
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު ޢަބްދުއްރައޫފު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2(613/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
{
މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގދ. ތިނަދޫ : ފެހިކޮކާ ޙުސައިން ޢަޤީލްގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލައިގައި
އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
<< O
ފާހަގަކުރެވުނު ނުކުތާތައް:
l) އިސްތިއުނާފު ކުރެވޭ ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62 ޤަޟިއްޔާގައި، 23
ފެބްރުއަރީ 2010 ދުވަހުގެ 23:25 އެހައިކަންހާއިރު، ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ޓިނު ޕާރކް
ތެރޭގައި ގދ. ތިނަދޫ ; ފެހިކޮކާ ޙުސައިން ޢަޤީލް، އިތުރު ކުދިންތަކަކާއިއެކު ހުއްޓާ ފެނިގެން ފުލުހުން އެތަނަށް
ދިއުމުން، މީނާ އެއްލާލި ސިނގިރޭޓި ފޮށި ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން ފެނުނު 13 (ތޭރަ)
ސެލޯފިންކޮޅުގައި 0.8697 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 0.1828 ގްރާމް ކެނަބިނޯލް ހުރިކަމަށް
އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ
މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން، ޙުސައިން ޢަޤީލްގެ މައްޗަށް މަނާކު
މަނާކުރެވިފައިވާ
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާގެ މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، 23 ފެބްރުއަރީ 2010 ދުވަހުގެ 23:25
އެހައިކަންހައިއިރު، ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް ޓިނު ޕާރކް ތެރޭގައި ގދ. ތިނަދޫ / ފެހިކޮކާ
ޙުސައިން ޢަޤީލް، އިތުރުކުދިންތަކަކާއި އެކު ހުއްޓާ ފެނިގެން ފުލުހުން އެތަނަށް ދިއުމުން، މީނާ އެއްލާލި
ސިނގިރޭޓި ފޮށިބަލައި ފާސްކުރިއިރު، އޭގެ ތެރެއިން ފެނުނު 13 (ތޭރަ) ސެލޯފިންކޮޅުގައި 8697@ގ
ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 0.1828 ގްރާމް ކެނަބިނޯލް ހުރިކަމަށް އެތަކެތީގެ ތަޙްލީލް ރިޕޯޓުން
މަސްތުވާ4614
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 22
ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ
އެމާއްދާގެ (ރ) ގެ ދަށުން، ޙުސައިން ޢަޤީލްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކޮށްފައިވާކަމާއި،
މައްޗަށް ދައުލަތުން ކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް އިންކާރު ކުރާކަމަށާއި، ދައުލަތުގެ ދަޢުވާގައި އެބުނާދުވަހު، ސޯސަން
ސްޓޯރު ކުރިމަތީގައި އޮންނަ ޕާކްތެރޭގައި އިތުރު 04 (ހަތަރެއް) ކުއްޖަކާއެކު އިށީނދެގެން އިންދައި އެތަނަށް
ފުލުހުން އައިސް ކަމަލް ހާރޑް ހުސްކުރި ސިނގިރޭޓު ފޮއްޓެއް ދައްކާފައި، އެއީ ކޮންއެއްޗެއްތޯ
ސުވާލުކުރިކަމަށާއި، އެވަގުތުވެސް އެއީ ކާކުގެ އެއްޗެއްކަން ނޭނގޭ ކަމަށް ބުނެފައިވާނެކަމަށާއި، އަދި
ތަޙުޤީޤުގައިވެސް އެގޮތަށް ބުނެފައިވާނެކަމަށާއި، އަދި މިދުވަހު އޭނާއާއިއެކު ތިބި ކުދިންގެތެރެއިން އެއްވެސް
ކުއްޖަކު އެފަދަ އެއްޗެއް ގެންގުޅެ އަދި އެއްލާލިތަނެއްވެސް އޭނާއަށް ފެނިފައި ނުވާކަމަށް ދަޢުވާލިބުނު ޙުސައިން
ޢަޤީލް ބުނެފައިވާކަމާއި،
ދަޢުވާލިބުނު ޙުސައިން ޢަޤީލް މިދަޢުވާއަށް އިންކާރުކޮށްފައިވާތީ، ދަޢުވާ ސާބިތުކުރުމަށް
ދައުލަތުން ހެކިން ހުށަހަޅާފައިވާކަމާއި، އެގޮތުން ޙުސައިން ޢަޤީލް ސިނގިރޭޓް ފޮށި އެއްލާލި މަންޒަރު ދުށް
ފަރާތްތަކުގެ ގޮތުގައި ޕޮލިސް ކޮންސްޓަބަލް ހުސައިން ޝުޖާޢު (ސަރވިސް ނަންބަރު:4304) އާއި، ޕޮލިސް
ކޮންސްޓަބަލް ޢަލީ ސިނާޒް (ސަރވިސް ނަންބަރު:4271) ގެ ނަން ހުށަހަޅާފައިވާ ކަމާއި، މީގެއިތުރުން، ތަޙްލީލު
ރިޕޯޓުވެސް ޤަރީނާއެއްގެ ގޮތުގައި ހުށަހަޅާފައިވާކަމާއި،
ދައުލަތުން ހުށަހެޅި ހެކިންކަމަށްވާ ޕޮލިސް ކޮންސްޓަބަލް ހުސައިން ޝުޖާޢު (ސަރވިސް
ނަންބަރު: އާއި، ޕޮލިސް ކޮންސްޓަބަލް ޢަލީ ސިނާޒު (ސަރވިސް ނަންބަރު:4271) ޝަރީޢަތަށް
ޙާޟިރުކުރުމުން، މިދުވަހު ޑިއުޓީގައި އުޅެމުން، މަޖީދީމަގު ސޯސަންސްޓޯރު ކުރިމަތިން އޮންނަ ޓިނު ޕާރކްގައި
ގްރޫޕްހަދައިގެން ކުދިންތަކެއް ތިބިތަން ފެނިގެން،
ފެނިގެން، އެޕާރކްތެރެއަށް ވަތްތަނުން،
ކުދިންތަކުގެތެރެއިން، ޙުސައިން ޢަޤީލްގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއް އޭނާގެ ފަހަތަށް އެއްލަA
ބާރު ހިނގުމެއްގައި ހިނގަން ފެށިކަމަށާއި، އަދި ޙުސައިން ޢަޤީލް އެއްލާލި ސިނގިރޭޓުފޮށި ނައިބެޓީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އޭގައި މުށިކުލައިގެ އެއްޗެއް އަޅާފައިހުރި 13 (ތޭރަ) ސެލޯފިންކޮޅު އޮއްވާ ފެނިފައިވާ ކަމަށް ބުނެ ހެކިބަސް
އަދާކޮށްފައިވާކަމާއި،
ދަޢުވާލިބުނު ޙުސައިން ޢަޤީލް މި ދަޢުވާއަށް އިންކާރުކޮށްފައިވާއިރު، 23 ފެބްރުއަރީ 2010
ދުވަހުގެރޭ ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ ޕާކްތެރޭގައި އިތުރު 04 (ހަތަރެއް) ކުއްޖަކާއެކު، އިށީދެގެން
އިންކަމަށާއި، އަދި އެތަނަށް ފުލުހުން އައިސް، އެތަނުން ކަމަލް ހާޑް ހުސްކުރި ފޮއްޓެއް ދެއްކިކަމަށް
ބުނެފައިވާތީއާއި، ޝަރީޢަތަށް ޙާޟިރުކުރެވުނުހެކިންގެ ހެކިބަހަށްބަލާއިރު، މީނާ އެއްލާލި ސިނގިރޭޓް ފޮއްޓެއްގެ
ތެރޭގައި މުށިކުލައިގެ އެއްޗެއް އަޅާފައިހުރި 13 (ތޭރަ) ސެލޯފިންކޮޅު އޮތްކަން އެނގޭތީއާއި، މީނާ އެއްލާލީ
ސިނގިރޭޓު ފޮށީގައި ހުރިތަކެތި ތަޙުލީލުކޮށް ބެލިއިރު، އޭގައި 0.8697 ގްރާމް ޓެޓްރާހައިޑްރޯކެނެބިނޯލް އާއި
0.1828 ގްރާމް ކެނަބިނޯލް ހުރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2010
/
648/FSDD
)
-DR
(ލެބޯޓްރީ ތަޙްލީލް ރިޕޯޓް) (05 އޮގަސްޓް2010) އިން ދައްކާތީއާއި، މިރިޕޯޓުގެ ޞައްޙަ ކަމުގެ މައްޗަށް
ތަޙްލީލުކުރި ފަރާތްކަމަށްވާ ޕޮލިސް ސްޓާފް ސާޖަންޓް (ސނ:2279) އިބްރާހީމް ރަމީޒު ހެކިބަސް
އަދާކޮށްފައިވާތީ، ހެކިންގެ ހެކިބަހުގެ މައްޗަށާއި، ޝަރީޢަތަށް ހުށަހެޅުނު ޤާރީނާގެ މައްޗަށްބަލައި، އަދި ޤާނޫނު
ނަންބަރު 76/24 ( ހެއްކާ
ހެއްކާބެހޭ ޤާނޫނު ) 06 ވަނަ މައްދާއަށް ރިޢާޔަތްކޮށް، ގދ. ތިނަދޫ | ފެހިކޮކާ ޙުސައިން
ޢަޤީލްގެ މައްޗަށް ޤާނޫނު ނަންބަރު 17177 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި
(ށ)ގެ ދަށުން ކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ
ޝަރީޢަތަށް ސާބިތުވާކަމަށްކަނޑައަޅައި،
ދަޢުލަތުން ޙުސައިން ޢަޤީލްގެ މައްޗަށް މިދަޢުވާ ކޮށްފައިވަނީ، ޤާނޫނު ނަންބަރު 17/77
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ
ދަށުންކަމުގައިވީނަމަވެސް، މި މައްސަލަ ޝަރީޢަތަށް ހުށަހެޅި ހިނގަމުންދަނިކޮށް، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެ ޤާނޫނު) ވުޖޫދަށް އައިސްފައިވާކަމާއި، އެ ޤާނޫނަށް ޢަމަލުކުރަން ޖެހުމުން
އެޤާނުނުގައިވާ ގޮތުގެ މަތިންކަމަށް ދެކޭކަމާއި، އެގޮތުން އެ ޤާނޫނުގެ 174 ވަނަ މާއް
"..މިޤާނޫނަށް ޢަމަލުކުރަން ފެށުމުގެކުރިން ހިނގަމުންދިޔަ ޤާނޫނެއްގެ ދަށުން ހިނގަމުންދާ ކުށެއްގެ ގަކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ހައިކޯa
,23 ދ ތ 2&2
ޢަމަލުކުރިނޖީ
;
5
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
<< O
l
މަރުޙަލާގައިވާ މީހާއަށް ނުވަތަ އެފަދަ ކުށެއްގެ ޝަރީޢަތުގެ މަރުހަލާގައިވާ މީހާއަށް، މި ޤާނޫނުގެ ދަށުން އެ
ކުށްކުރިނަމަ ލިބޭނެ ލުޔެއް ނުވަތަ މަންފާއެއް އޭނާއަށް ލިބިގެންވެއެވެ." މިހެން އޮންނާތީއާއި، "ދިވެހިރާއްޖޭގެ
ޤާނޫނުއަސާސީ" ގެ 59 ވަނަ މާއްދާގެ (ހ) ގައި " ވަކި ކަމެއް ކުރުން، ނުވަތަ ވަކި ކަމެއް ނުކޮށް ދޫކޮށްލުން
އެއީ ކުށެއް ކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތަސް އެ ކަމެއް ކުރި މީހަކަށް
ނުވަތަ އެ ކަމެއް ނުކޮށް ދޫކޮށްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ގުޅުވައިގެން އަދަބު
ދީގެނެއް ނުވާނެއެވެ. އަދި ކުށެއް ކުރިއިރު އެ ކުށަށް ކަނޑައެޅިފައިވާ އަދަބަށް ވުރެ ބޮޑު އަދަބެއް އެ ކުށް ކުރި
މީހަކަށް ދީގެނެއް ނުވާނެއެވެ. ކުށެއްކުރުމާ، އެ ކުށެއް ކުރި މީހާއަށް ޙުކުމްކުރުމާ ދެމެދު، އެ ކުރި ކުށެއްގެ
އަދަބަށް ޤާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ، އެ މީހަކަށް ދޭންވާނީ ފަހުން ހެދުނު ޤާނޫނުގައިވާ
އަދަބެވެ." މިހެން އޮންނަ އޮތުމުގެ މައްޗަށް ރިޢާޔަތް ކުރާއިރު، ދަޢުވާލިބުނު ޙުސައިން ޢަޤީލުގެ އަތުން ފެނުނު
މަސްތުވާތަކެތީގައި ހުރި މިންވަރުގެ މައްޗަށް ބަލާއިރު، ޙުސައިން ޢަޤީލުގެ މައްޗަށް އަދަބު ކަނޑައަޅަންޖެހެނީ
މިއީ ކެނަބިހުން މުޢާމަލާތް ކުރުންކަމަށްބަލައި، ޤާނޫނު ނަންބަރު 17/2011 ( މަސްތު
ސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ
137 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 108 ވަނަމާއްދާގެ (ހ) އާއި ޙަވާލާދީ އެމާއްދާގެ (ނ) ގެ
ދަށުންކަމަށް ކަނޑައަޅައި،
މިޙާދިސާ ހިނގިއިރު، ދަޢުވާލިބުނު ޙުސައިން ޢަޤީލްއަކީ، އުމުރުން 18 އަހަރު ނުފުރޭ ޤާނޫނީ
ގޮތުން ކުޑަކުއްޖަކަށްވާތީ، "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙުޤީޤުކޮށް، އިންސާފުކޮށް އަދަބު
ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު" ގެ 17 ވަނަ މާއްދާގެ (ހ) އާއި އަދި އެމާއްދާގެ (ބ) ގެ 1 ވަނަ
ނަމްބަރަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 137 ވަނަ މާއްދާގެ
(ހ) އާއި އެ ޤާނޫނުގެ 108 ވަނަމާއްދާގެ (ހ) އާއި ޙަވާލާދީ، އެ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ
ދަށުން ދަޢުވާލިބުނު ގދ. ތިނަދޫ / ފެހިކޮކާ ޙުސައިން ޢަޤީލް، 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް
ޖަލަށްލުމަށާއި، 16,666.66ރ (ސޯޅަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް
ޖޫރިމަނާކޮށް، މިފައިސާ 16,666.66ރ (ސޯޅަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްޅޭނެ
މިއަދުން (27 ސެޕްޓެމްބަރ 2012) ފެށިގެން 1 (އެކެއް) މަސްދުވަހުގެތެރޭގައި ޖުވެނައިލް ކޯޓަށް އީމެޖި2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެޕްރާ.7
ޚަލާސް ކުރުމަށް ދަޢުވާ ލިބުނު ގދ. ތިނަދޫ / ފެހިކޮކާ ޙުސައިން ޢަޤީލްއަށް އަންގައި ޙުކުމްކޮށް..." މައްސަލަ
ނިންމަވާފައިވާކަން އެ ޤާޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގދ. ތިނަދޫ ފެހިކޮކާ ޙުސައިން ޢަޤީލްގެ ފަރާތުން އެ ޤަޟިއްޔާ
އިސްތިއުނާފު ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62 ޤަޟިއްޔާގައި
ޙުސައިން ޢަޤީލްއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓި ފަރާތެއްކަމަށް
ޖުވެނައިލް ކޯޓުގެ ޝަރީއަތުން ކަނޑައެޅުއްވީ އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރެގެން ނޫންކަމަށް ބެލެވޭނެ ޖާގަ
އޮތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، މައްސަލަތައް ސާބިތުކުރުމަށްޓަކައި، ސިވިލް (މަދަނީ) މައްސަލަތަކާއި
ކްރިމިނަލް (ޖިނާއީ މައްސަލަތައް ސާބިތުކުރުމުގައި ބަލަންޖެހޭ އަސާސްތަކާއި ކަންތައްތައް ތަފާތުވާކަމާއި، ޖިނާއީ
މައްސަލަތައް ސާބިތުވާންޖެހޭނީ އެކަށީގެންވާ
މިންވަރަށްކަމަށް ވިޔަސް، މި މައްސަލަ
ސާބިތުކުރުމުގައި އެގޮތަށް ޢަމަލުކުރައްވާފައިނުވާކަމަށް ބެލެވެން އޮތްކަމަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި މީހަކު ކުރެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި،
ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ، އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދައްކާފައިވާ ވާހަކަތަކަށާއި ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62 ޤަޟިއްޔާގެ ޝަރީޢަތް
24 0 2
ޝައްކެއްނެތް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2013/HC-A/1j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
މިމައްސަލަ ބެލި ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މި މައްސަލަ ނިންމަން
ފެންނަ ގޮތާމެދު ފަނޑިޔާރުންގެ މެދުގައި ދެ ރަޢުޔެއްގެ މައްޗަށް ޚިޔާލު ތަފާތުވެފައިވެއެވެ. މި ގޮތުން؟
ތަފާތުވި ރަޢުއު (ފަނޑިޔާރު ޔޫސުފް ޙުސައިންގެ ރަޢުޔު) އާއި އެރަޢުޔު ބިނާކުރެވިފައިވާ އަސާސްތައް؛
(ހ) ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62 ޤަޟިއްޔާގައި ޙުސައިން ޢަޤީލްގެ މައްޗަށް
މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރި ކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް ޙުސައިން
އަޤީލު އިންކާރުކޮށްފައިވާކަން ބަޔާންތަކުން އެގޭކަމާއި
އަދި ޙުސައިން އަޤީލްގެ މައްޗަށް ދައުލަތުން ކުޅަ "މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާ" އަށް ޙުސައިން އަޤީލު އިންކާރު ކޮށްފައިވާތީ، އެދަޢުވާ
ސާބިތުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޢަލީ
ސިނާޒް އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ޙުސައިން ޝުޖާޢު ހުށަހަޅާފައިވާކަން އެގެން
22 2x
އަޅުއފ.
(ށ) މިމައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ދެހެކިން ކަމަށްވާ ޕޮލިސް ކޮންސްޓަބަލް ޢަލީ
ސިނާޒް އާއި ޕޮލިސް ކޮންސްޓަބަލް ޙުސައިން ޝުޖާޢު އާއި މިދެމީހުންގެ ހެކިބަހުގެ ބަޔާނަށް ބަލާއިރު ޢަލީ
ސިނާޒުގެ ބަޔާނުގައި މިހާދިޘާއާ ގުޅިގެން 23 ފެބްރުއަރީ 2010 ވަނަ ދުވަހު ޙުސައިން ޢަޤީލްއާ ދިމާވުމުން
ޙުސައިން ޢަޤީލް އަތުގައި އޮތް ސިގިރޭޓް ފޮއްޓެއް އެއްލާލި ކަމަށާއި، އެސިގިރޭޓް ފޮށި ބަލައި ފާސްކުރުމުގެ
ތެރޭގައި އެއިން މުށި ކުލައިގެ އެއްޗެއް އަޅާފައިހުރިކަމަށް ޝައްކުކުރެވޭ 13 (ތޭރަ) ސެލޯފިންކޮޅު
ފެނިފައިވާކަމަށާއި އަދި އެފޮއްޓާބެހޭ ގޮތުން ޙުސައިން ޢަޤީލްއާ ސުވާލުކުރުމުން އެއީ އޭނާގެ އެއްޗުގެ މަކީ
ބުނެފައިވާ ކަމަށާއި އަދި ބޮޑަށް ހަނދާންވަނީ އެއީ ކަމަލް ލައިޓް ފޮއްޓެއް ކަމަށާއި އެއީ *ކޮ
ސިގިރޭޓް ފޮއްޓެއްކަން ތަޚުޤީޤު ބަޔާނުގައި ބުނެފައިވާނެ ކަމަށް ޢަލީ ސިނާޒް ޖުވެނައިލް ކޯޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2013/HC-A/1j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބުނެފައިވާއިރު އެއީ ކޮންވައްތަރެއްގެ ސިގިރޭޓް ފޮއްޓެއްކަން ޢަލީ ސިނާޒް ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި
ބުނެފައިނުވާކަން ފާހަގަކުރެވޭކަމާއި، އަދި ޢަލީ ސިނާޒުގެ ބަޔާނުގައި ޙުސައިން ޢަޤީލް އަތުގައި އޮތް ސިގިރޭޓް
ފޮއްޓެއް އެއްލާލުމަށްފަހު ބާރަށް ހިގަންފެށިކަމަށް ބުނެފައިވާއިރު ހަމައެބަޔާނުގައި "އެއްލާލިއިރުގައި އެއީ
ކޮންއެއްޗެއް ކަމެއް ނޭނގެއެވެ" މިފަދައިން ބުނެފައިވާއިރު، ހަމަ އެބަޔާނުގައި އެއްލި އެތިވެސް އަދި އެތާތިބި
މީހުންވެސް ރީތިކޮށް ވަކިވާވަރަށް އެތަނުގައި އަލިކަން ހުރިކަމަށްވެސް ބުނެފައިވާކަން އެގޭކަމާއި
02c
އަދި ޢަލީ ސިނާޒް އާއެކު އެސީންއަށް ދިޔައީ ޙުސައިން ޝުޖާޢު ކަމަށާއި އިތުރު ބަޔަކު ދިޔަ
ހަނދާނެއް ނުވާކަމަށާއި އަދި ސިގިރޭޓް ފޮށި ނެގީ ޙުސައިން ޝުޖާޢު ކަމަށްވެސް ޢަލީ ސިނާޒްގެ ބަޔާނުގައި
ބުނެފައިވާއިރު، ޙުސައިން ޝުޖާޢު ޖުވެނައިލް ކޯޓަށް ދީފައިވާ ހެކިބަހުގެ ބަޔާނުގައި އެސީންއަށް 8 (އަށެއް)
ފުލުހަކު ދިޔަކަމަށާއި އަދި ސިގިރޭޓް ފޮށި ނަގާފައިވަނީ މަސީޙު ކިޔާ ޕޮލިސް ކުއްޖެއްކަމަށް ބުނެފައިވާއިރު
މަސީޙު ކިޔާ މީހެއްގެ ބަޔާނެއް ނެގިފައިވާކަން އެގެންނެތްކަމާއި އަދި އެއީ ކާކުކަންވެސް ސާފުވާން ނެތްކަން
ފާހަގަކުރެވޭކަމާއި ހެކިބަހުގެ ބަޔާންތަކުގައި ފުށުއެރުން ހުރިކަމާއި އެއްކަމެއްގެ ވާހަކަ ހެކިންގެ ބަޔާނުގައި
ތަފާތުކޮށް ބަޔާން ކުރެވިފައިވާކަންވެސް
24 22
مر ہے کہ ہم
(ނ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި "އެމީހަކު
ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތު ނުކުރެވޭނަމަ އެ މީހަކީ ކުށެއް
ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ"، މިފަދައިން ކަނޑައަޅައި ބަޔާންވެގެން އޮންނައިރު، ޖިނާއީ
މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަބަލާ ފަނޑިޔާރު ތަޤްރީމް
(evaluation) ކޮށް ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި، އެހެކިތަކާއި
ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިޞާޢު (convince
ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެ ކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ
ބަރާއާ" (Presumption of innocence) ގެ ޢާއްމު ޤާނޫނީ މަބްދަޢުގެ އެންމެ
ޚާއްޞިއްޔަތުކަން އެނގެން އޮންނަކަމަށާއި ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކަނޑައަޅައި ކޯޓަ
އްޖޭ
02 20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބިނާވާންޖެހޭނީ އަބަދުވެސް ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްގެ މައްޗަށްކަން އެނގެން އޮންނައިރު،
ޖިނާއީ މައްސަލަ ސާބިތުކުރުމަށް ބޭނުންކުރެވޭ އެންމެ މުހިއްމު އެއް ދަލީލުކަމުގައިވާ ހެކިންގެ ހެކިބަސް ޝަރްޢީ
އަދި ޤާނޫނީގޮތުން ޞައްޙަ ހެކިބަހަކަށް ވެގެން މެނުވީ އެހެކިބަހަކީ ޤާނޫނީ ގޮތުން ޞައްޙަ ދަލީލެއް ކަމުގައި
ނުބެލެވޭނެކަން ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ނަންބަރު 01/SC-A/2012 ޤަޟިއްޔާގެ ޝަރީޢަތް
ރިޕޯޓުންވެސް އެގެއެވެ.
43x9 7
سرد سرگرمی کی
ވީމާ ބަޔާންކުރެވިދިޔަ ކަންކަން އެގޮތަށް ހުރުމުން ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ 2ވަނަ މާއްދާގެ (ހ) އާއި (ރ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ޙުސައިން ޢަޤީލްގެ މައްޗަށް
ދައުލަތުން ކޮށްފައިވާ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ
ދަޢުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށް ނުފެންނާތީ ޖުވެނައިލް ކޯޓުގެ
ނަންބަރު 2011/JV
-
C/62 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލްކުރަން އަހުރެންގެ
ރައުޔުދީފީމެވެ.
އަޣުލަބިއްޔަތު ރައުޔު (ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމްގެ ރަޢުޔު) އާއި
އެރަޢުޔު ބިނާކުރެވިފައިވާ އަސާސްތައް؛
ހ) ފުރަތަމަ ކަމަކީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62 ޤަޟިއްޔާގައި، ޙުސައިން
ޢަޤީލްގެ މައްޗަށް މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދަޢުވާއަށް
ޙުސައިން ޢަޤީލް ޖުވެނައިލް ކޯޓުގައި އިންކާރުކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އިސްވެ ބުނެވުނު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު"
ރިޕޯޓުގައި، 23 ފެބްރުއަރީ 2010 ގެ ރޭގަނޑު ބޯހިރާއްޖޭގެ ޖަލު
ކުރިމަތީގައި އޮންނަ ޕާކުތެރޭގައި އިތުރު 4 (ހަތަރެއް) ކުއްޖަކާއެކު ޙުސައިން ޢަޤީލް އިށީ
ފުލުހުން އައިސް ކަމަލް ހާރޑް ހުސްކުރި ސިނގިރޭޓް ފޮއްޓެއް ދައްކާފައި، އެއީ
ترکی کی
އިށީދެގެ
ބައ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/1j4
ސުވާލުކުރިކަމަށާއި، އެވަގުތުވެސް އެއީ ކާކުގެ އެއްޗެއްކަން ނޭނގޭކަމަށް ޙުސައިން ޢަޤީލް ބުނެފައިވާނެކަމަށާއި،
އަދި ތަޙްޤީޤުގައިވެސް އެގޮތަށް ބުނެފައިވާނެކަމަށާއި، އަދި އެދުވަހު އޭނާއާއެކު ތިބި ކުދިންގެ ތެރެއިން އެއްވެސް
ކުއްޖަކު އެފަދަ އެއްޗެއް ގެންގުޅޭ އަދި އެއްލާލި ތަނެއްވެސް ޙުސައިން ޢަޤީލްއަށް ފެނިފައިނުވާކަމަށް
ޝަރީޢަތުގައި ބުނިކަމަށް އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓުގައި
ފާހަގަކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
އެ ދަޢުވާ ސާބިތުކޮށްދިނުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ 2 (ދޭއް) ހެކިންގެ ތެރެއިން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ކ.މާލެ / މއ. އެދުރުގެ ޢަލީ ސިނާޒުގެ ހެކިބަހަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ރިޢާޔަތްކުރިއިރު،
މި ޙާދިޘާއާ ގުޅިގެން 23 ފެބްރުއަރީ 2010 ވަނަ ދުވަހު ޙުސައިން ޢަޤީލްއާ ދިމާވުމުން
ޙުސައިން ޢަޤީލްގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއް އެއްލާލުމަށް ފަހު ބާރު ހިނގުމެއްގައި
ހިނގަންފެށިކަމަށާއި، ޙުސައިން ޢަޤީލްއަށް މަޑުކުރަން ގޮވުމުން މަޑުނުކުރިކަމަށާއި، ނަމަވެސް ތިންވަނަ ފަހަރު
ތަންކޮޅެއް ބާރަށް ގޮވާފައި ޙުސައިން ޢަޤީލް ކައިރިއަށް ދިއުމުން މަޑުކުރިކަމަށާއި، ބޮޑަށް ހަނދާންވަނީ ޙުސައިން
ޢަޤީލް އަތުގައި އޮތީ ކެމަލް ލައިޓް ފޮއްޓެއްކަމަށާއި، އެއީ
ފޮއްޓެއްކަން ތަޙުޤީޤު ބަޔާނުގައި
ބުނެފައިވާނެކަމަށާއި، ފުލުހުން ފެނުމާއެކީ ޙުސައިން ޢަޤީލް ސިނގިރޭޓް ފޮށި އެއްލާލިކަމަށާއި، އެއްލާލިއިރު އެއީ
ކޮން އެއްޗެއްކަން ނޭނގޭކަމަށާއި، އެގަޑީގައި ޢަލީ ސިނާޒްއާއި ޙުސައިން ޢަޤީލްއާ ދެމެދު ހުންނާނީ 7 (ހަތެއް)
ވަރަކަށް ފޫޓުކަމަށާއި، ސިނގިރޭޓް ފޮށި ނެގީ ޙުސައިން ޝުޖާޢުކަމަށާއި، އެ ފޮއްޓާ ބެހޭގޮތުން ޙުސައިން
ޢަޤީލްއާ ސުވާލުކުރުމުން އެއީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނެފައިވާކަމަށާއި، އަދި ފުލުހުން ސިނގިރޭޓް ފޮށި
ބަލާ ފާސްކުރުމުގެ ތެރޭގައި އެއިން މުށި ކުލައިގެ އެއްޗެއް އަޅާފައި ހުރި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 13
(ތޭރަ) ސެލޯފިންކޮޅު ފެނިފައިވާކަމަށާއި، އެ ސަރަޙައްދުން އިތުރު އެއްޗެއް ފެނިފައިނުވާކަމަށާއި، އެއްލި
އަދި އެތާތިބި މީހުންވެސް ވަކިވާވަރަށް އެތަނުގައި އަލިކަން ހުރިކަމަށާއި، އެ ސީންއަށް ޢަލީ ސިނާއެކު.
xތ ވ މ 04
4
مل سروی فر رہ کر
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުސައިން ޝުޖާޢުކަމަށާއި، އިތުރު ބަޔަކު ދިޔަ ހަނދާނެއް ނުވާކަމަށް ޢަލީ ސިނާޓު ޖުވެނައިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މިމައްސަލައިގެ ތަޙްޤީޤު މަރުޙަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޢަލީ ސިނާޒު ދީފައިވާ
ތަޙްޤީޤު ބަޔާނަށް ބެލިއިރު، 23 ފެބްރުއަރީ 2010 ދުވަހުގެ ރޭ ގާތްގަނޑަކަށް 23:25 ހާއިރު ސައިކަލުގައި
ޕެޓްރޯލް ކުރަމުންދަނިކޮށް ޓިނު ޕާކް ތެރޭގައި ތިން ކުދިން ތިބިތަން ފެނުމުން ޢަލީ ސިނާޒުއާއި ޙުސައިން
ޝުޖާޢުއާ ދެމީހުން އެކުދިންނާ ދިމާލަށް ދިޔަކަމަށާއި، މި ދެމީހުން އެ ކުދިންނާ ދިމާލަށް ދާން ފެށުމުން ޙުސައިން
ޢަޤީލް އޭނާގެ އަތުގައި އޮތް ސިނގިރޭޓް ފޮށި އެއްލާލާފައި ހިނގައިގަތްތަން ދުށްކަމަށާއި، އަދި މި މަންޒަރު
ޙުސައިން ޝުޖާޢުއަށް ވެސް ފެންނާނެކަމަށާއި، ދެން ޙުސައިން ޢަޤީލް ކައިރީގައި މަޑުކުރުމަށް ބުނުމުންވެސް،
މީނާ ދާން ފެށުމުން އަނެއްކާވެސް މީނަ ކައިރީގައި މަޑުކުރުމަށް ބުނުމުން މަޑުކުރިކަމަށާއި، ޙުސައިން ޢަޤީލް
އެއްލާލި ސިނގިރޭޓް ފޮށި ބަލާ ޗެކްކުރުމުން އެ ސިނގިރޭޓް ފޮށީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
މުށިކުލައިގެ 13 (ތޭރަ) ސެލޯފިންކޮޅު ފެނިފައިވާކަމަށް ތަޙުޤީޤުގައި ޢަލީ ސިނާޒު ބުނެފައިވާކަމާއި،
މި މައްސަލާގެ ޝަރީޢަތުގެ މަޖިލިހުގައި ޢަލީ ސިނާޒު ދީފައިވާ ބަޔާނާއި ތަޙްޤީޤަށް ދީފައިވާ
ބަޔާނުގައި ފުށުއެރުންތަކެއްވާކަން ފާހަގަނުކުރެވޭކަމާއި، އަދި ޝަރީޢަތުގެ މަޖިލިހަށް ޢަލީ ސިނާޒު ދީފައިވާ
ބަޔާނުގައި ޙުސައިން ޢަޤީލް އެއްލާލީ
ފޮއްޓެއްކަން ތަޙުޤީޤު ބަޔާނުގައި ބުނެފައިވާނެކަމަށް
ބުނެފައިވީނަމަވެސް، އެއީ ކޮންވައްތަރެއްގެ ފޮއްޓެއްކަން ތަޙްޤީޤު ބަޔާނުގައި ޢަލީ ސިނާޒް ބުނެފައިނުވާކަމާއި، މި
މައްސަލާގެ ޝަރީޢަތުގެ މަޖިލިހުގައި ޢަލީ ސިނާޒު ބަޔާން ދީފައިވަނީ މިމައްސަލައިގެ ތަޙްޤީޤަށް ބަޔާން ދިންތާ
ގާތްގަނޑަކަށް އެއް އަހަރާއި ނުވަ މަސް ދުވަސް ފަހުންކަމުގައިވާއިރު، ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާއާ ގިނަ
ދުވަސްތަކެއް ފާއިތުވެފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
ކ އ ވ މ 04
4
ما سروے کی تا کہ
(ނ) ތިންވަނަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލަ ސާބިތުކުރުމަށް ދައުލަތުގެ އެއް ފަރާތް
ހުށަހަޅާފައިވާ ހެކިންގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް ސ. ހިތަދޫ
ޝުޖާޢު ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހަށް ބަލާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
12
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02c
02c
ސިނގިރޭޓް
2 24ތ
13/6
2
23 ފެބްރުއަރީ 2010 ވަނަ ދުވަހުގެ ރޭ މި ޙާދިޘާ ހިނގާދިޔަ ތަނަށް ދިޔައީ ނޯމަލް ޕެޓްރޯލް
ކުރުމެއްގެ ތެރޭގައި ކަމަށާއި، ޓިނު ޕާކަށް ފުލުހުން ވަނީ ގްރޫޕެއް ހަދައިގެންތިބީމަކަމަށާއި، އެތަނަކީ އެހާ ލައިޓް
ގިނަ ތަނެއް ނޫންކަމަށާއި، ނަމަވެސް، މީހުން އެނގޭ ވަރަށް އަލި ހުރިކަމަށާއި، އެތަނަށް ފުލުހުންގެ 8 (އަށެއް)
މީހުން ދިޔައީ 4 (ހަތަރެއް) ސައިކަލުގައިކަމަށާއި، ޙުސައިން ޝުޖާޢުއާއި އެއްކޮށް އެއް ސައިކަލެއްގައި ދިޔައީ
ޢަލީ ސިނާޒުކަމަށާއި، ޙުސައިން ޢަޤީލްއާ ދިމާވުމުން ޙުސައިން ޢަޤީލްގެ އަތުގައި އޮތް ސިނގިރޭޓް ފޮއްޓެއް
އެއްލާލުމަށްފަހު ބާރު ހިނގުމެއްގައި ހިނގަންފެށިކަމަށާއި، އެވަގުތު ޙުސައިން ޢަޤީލް ކައިރީގައި 3 (ތިނެއް)
ނުވަތަ 4 (ހަތަރެއް، ކުދިން ތިބިކަމަށާއި، އޭގެ ތެރެއިން ސިނގިރޭޓް ފޮށި އެއްލާލީ ޙުސައިން ޢަޤީލްކަން
ޔަޤީންވާކަމަށާއި، އެއީ ކަމަލް ލައިޓް ސިނގިރޭޓް ފޮއްޓެއްކަމަށާއި، އަދި އެ ސިނގިރޭޓް ފޮށި ނަގާފައިވަނީ
މަޞީޙު ކިޔާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުއްޖެއްކަމަށާއި، އެ ސީންއަށް ދިޔަ 08 (އަށެއް)
ފުލުހުންނަށްވެސް އެ
މިރޭޓް ފޮށި ފެންނާނެކަމަށާއި، ފުލުހުން އެ ސިނގިރޭޓް ފޮށި ބަލާ ފާސްކުރުމުގެ
ތެރެއިން މުށި ކުލައިގެ އެއްޗެއް އަޅާފައި ހުރި ގާތްގަނޑަކަށް 11 (އެގާރަ) ނުވަތަ 13 (ތޭރަ)
ސެލޯފިންކޮޅު ފެނިފައިވާކަމަށާއި، މި ފެނުނު ތަކެއްޗާ ބެހޭގޮތުން ޙުސައިން ޢަޤީލްއާ ސުވާލުކުރުމުން އެއީ އޭނަގެ
ނޫންކަމަށް ބުނެފައިވާކަމަށާއި، ޙުސައިން ޝުޖާޢު ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ބަޔާން
ދިފައިވަނީ 28 ނޮވެމްބަރު 2011 ގައިކަން ފާހަގަކުރެވޭކަމާ
މި މައްސަލައިގެ ތަޙްޤީޤް މަރުޙަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޙުސައިން ޝުޖާޢު
ދީފައިވާ ބަޔާނަށް ބެލިއިރު، 23 ފެބްރުއަރީ 2010 ދުވަހުގެ ރޭ ގާތްގަނޑަކަށް 23:25 ހާއިރު ސައިކަލުގައި
ޕެޓްރޯލް ކުރަމުންދަނިކޮށް ޓިނު ޕާކް ތެރޭގައި ތިން ކުދިން ތިބިތަން ފެނުމުން ޢަލީ ސިނާޒު އާއި ޙުސައިން
ޝުޖާޢުއާ ދެމީހުން އެ ކުންދިންނާ ދިމާލަށް ދިޔަކަމަށާއި، މި ދެމީހުން އެ ކުދިންނާ ދިމާލަށް ދާން ފެށުމުން
ޙުސައިން ޢަޤީލް އޭނަގެ އަތުގައި އޮތް ސިނގިރޭޓް ފޮށި އެއްލާލާފައި ހިނގައިގަތްތަން ދުށްކަމަށްޓެއްޖޭގެއަކީ
މަންޒަރު ޢަލީ ސިނާޒުއަށް ވެސް ފެންނާނެކަމަށާއި، ދެން ޙުސައިން ޢަޤީލް ކައިރީގައި މަޑުކުރުމަށް
މީނާ ދާން ފެށުމުން އަނެއްކާވެސް މަނާ ކައިރީގައި މަޑުކުރުމަށް ބުނުމުން މަޑުކުރިކަމަށާއި ޙުސައިން
އެއްލާލި ސިނގިރޭޓް ފޮށި ބަލާ ޗެކްކުރުމުން އެ ސިނގިރޭޓް ފޮށީގެ ތެރެއިން
މަސްތުވާތަކެއްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
0402
*
;
13
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
"ދިވެހި28 27
ޝައްކުކުރެވޭ މުށިކުލައިގެ 13 (ތޭރަ) ސެލޯފިންކޮޅު ފެނިފައިވާކަމަށް ޙުސައިން ޝުޖާޢު ތަޙްޤީޤުގައި
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
ޙުސައިން ޝުޖާޢު ޝަރީޢަތުގެ މަޖިލިހުގައާއި ތަޙްޤީޤަށް ދިން ބަޔާންތަކަށް ބަލާއިރު، ޙުސައިން
ޝުޖާޢު ތަޙްޤީޤަށް ދިން ބަޔާނުގައި 23 ފެބްރުއަރީ 2010 ވަނަ ދުވަހުގެ ރޭ ޙާދިޘާ ހިނގި ސީންގައި،
ޙުސައިން ޝުޖާޢުއާއި ޢަލީ ސިނާޒްއާއި ދެމީހުން ތިބި ވާހަކަ ބުނެފައިވާއިރު، އިސްތިއުނާފު ކުރެވޭ މައްސަލާގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާ 8 (އަށެއް) ފުލުހުންގެ ވާހަކަ ތަޙްޤީޤާ މަރުޙަލާގައި ބުނެފައިނުވާކަން
ފާހަގަކުރެވޭކަމާއި، ޙުސައިން ޢަޤީލް އެއްލާލީ ކަމަލް ލައިޓް ސިނގިރޭޓް ފޮއްޓެއްކަމަށް ޝަރީޢަތުގެ މަޖިލިހުގައި
ޙުސައިން ޝުޖާޢު ބުނެފައިވާއިރު، ތަޙްޤީޤުގައި މިވާހަކަ ދައްކާފައިނުވާކަން ފާހަގަކުރެވޭކަމާއި، މި މައްސަލާގެ
ޝަރީޢަތުގެ މަޖިލިހުގައި ޙުސައިން ޝުޖާޢު ބަޔާން ދީފައިވަނީ މިމައްސަލާގެ ތަޙްޤީޤަށް ބަޔާން ދިންތާ
ގާތްގަނޑަކަށް އެއް އަހަރާއި ނުވަ މަސްދުވަސް ފަހުންކަމުގައިވާއިރު، ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާއާ ދެމެދު
ގިނަ ދުވަސްތަކެއް ފާއިތުވެފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، ޙުސައިން ޢަޤީލްއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓި ފަރާތެއްކަމަށް ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62
ޤަޟިއްޔާގައި ކަނޑައެޅުއްވީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ ފަދައިން އެކަށީގެންވާ
ހެއްކާއި ޤަރީނާ ހުރެގެން ނޫންކަމަށް ޙުސައިން ޢަޤީލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިވާއިރު،
ޙުސައިން ޝުޖާޢު އާއި ޢަލީ ސިނާޒު ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ
ހެކިބަހުގައި ހުރި ފުށުއެރުމެއްކަމަށް ބުނެ ޙުސައިން ޢަޤީލް ފާހަގަކޮށްފައިވާ ނުކުތާގައި، މި މައްސަލާގެ ޙާދިޘާ
ހިނގާދިޔަ ތަނަށް ދިޔަ ފުލުހުންގެ ޢަދަދު ބުނުމުގައި ޙުސައިން ޝުޖާޢު އާއި ޢަލީ ސިނާޒުގެ ބަހުގައި ޝައްކު
އުފެދޭމިންވަރަށް ތަފާތުހުރިކަމަށް ބުނެފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
14
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
oec
وسر کی رع
ޙުސައިން ޝުޖާޢުއާއެކު 8 (އަށެއް) ފުލުހުން ދިޔަކަމަށް ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ޙުސައިން ޝުޖާޢު ބުނެފައިވާއިރު، ޙުސައިން ޝުޖާޢުގެ އިތުރުން އެ ސީންއަށް އިތުރު ބަޔަކު ދިޔަ
ހަނދާނެއް ނުވާކަމަށް ޢަލީ ސިނާޒު ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
ޖުމްލަކޮށް މި ޙާދިޘާއަށް ބަލާއިރު، 2010 ފެބްރުއަރީ 23 ދުވަހުގެ ރޭގަނޑު ޢަލީ ސިނާޒްއާއި
ޙުސައިން ޝުޖާޢު ސައިކަލުގައި ޕެޓްރޯލް ކުރަމުންދަނިކޮށް ޓިނު ޕާކް ތެރޭގައި ކުދިންތަކެއް ތިބިތަން ފެނިގެން
އެތަނަށް ވަންކަން އެނގޭކަމާއި، އެތަނުގައި ޙުސައިން ޢަޤީލްއަށް ފުލުހުން ފެނުމުން ސިނގިގެ ފޮއްޓެއް
އެއްލާލިކަމާއި، އެ ފޮށި އެއްލާލިތަން ޢަލީ ސިނާޒްއާއި ޙުސައިން ޝުޖާޢުއާ ދެމީހުންވެސް ދުށްކަމާއި، އަދި އެ
ފޮށީގެ ތެރެއިން މުށިކުލައިގެ 13 (ތޭރަ) ސެލޯފިންކޮޅު ފެނިފައިވާކަން ޙުސައިން ޝުޖާޢުއާއި ޢަލީ ސިނާޒުގެ
ހެކިބަހުން އެނގޭކަމާއި، އަދި އެތަކެތީގައި މަސްތުވާތަކެތި ހުރިކަމަށް އެ ތަކެތީގެ ތަޙްލީލް ރިޕޯޓުން
އެނގެންއޮތުމުން، އެތަނަށް ދިޔަ ފުލުހުންގެ ޢަދަދު ބަޔާންކުރުމުގައި، ކޮންމެވެސް ވަރެއްގެ ފުށުއެރުންތަކެއް
ހުރިއިރު، މިއީ ޙާދިސާ ނަފީކުރެވޭވަރުގެ އަސާސީ ފުށުއެރުމެއްކަމުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ
އަޣުލަބިއްޔަތަށް ނުފެނުނުކަމާއި،
މީގެ އިތުރުން، ޙުސައިން ޢަޤީލް އެއްލާލި ފޮއްޓަކީ ކެމަލް ލައިޓް ސިނގިރޭޓް ފޮއްޓެއްކަމަށް
ޙުސައިން ޝުޖާޢުއާއި ޢަލީ ސިނާޒު ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަމަށާއި، ނަމަވެސް
ކުށުގެ ވެށިން ގެނެވޭ މީހުންނާއި މަޢުލޫމާތު ފޯމްގައިވަނީ ކަމަލް ހާޑް ފޮއްޓެއްކަމަށާއި، އަދި ސިނގިރޭޓް ފޮށި
ނެގީ ޙުސައިން ޝުޖާޢުކަމަށް ޢަލީ ސިނާޒް ބުނެފައިވާއިރު، ޙުސައިން ޝުޖާޢުގެ ބަހުން އެ ފޮށި ނެގީ މަޞީޙު
ކިޔާ ކުއްޖެއްކަން އެނގޭކަމަށާއި، އެހެންކަމުން ހަތަ ބޮޑު ޝައްކުއުފެދޭ ކަމެއްކަމަށް ޙުސައިން ޢަޤީލްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާއިރު،
ޢަލީ ސިނާޒު ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، ބޮޑަށް
ހަނދާންވަނީ ޙުސައިން ޢަޤީލް އަތުގައި އޮތީ ކެމަލް ލައިޓް ފޮއްޓެއްކަމަށް ބުނެފައިވާކަމާއި، އަދި އީމަން
ލައިޓް ސިނގިރޭޓް ފޮއްޓެއްކަމަށް ޙުސައިން ޝުޖާޢު ހެކިބަސް ދީފައިވާކަމާއި، މޯލްޑިވްސް ޕޮލިސް
ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް (ޔުނިޓް ސްޓޭޝަންވެs
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
،
;
15
2013/HC-A/1j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
10
oec
2010
/
277/DED
/
EPIF) ގައި، ކުށުގެ ޙާދިޘާއާ ބެހޭ ތަފްޞީލު ބަޔާންކޮށްފައިވާ ބައިގައި، 23 ފެބްރުއަރީ
2010 ވަނަ ދުވަހު 23:25 ހާއިރު މާފަންނު ސަރަޙައްދު ޕެޓްރޯލް ކުރަމުންދަނިކޮށް ޓިނު ޕާކް ތެރޭގައި ތިބި
03 ކުދިން ފެނިގެން ޗެކްކޮށްލަން ވަންނަން އުޅެނިކޮށް، ޙުސައިން ޢަޤީލް އެއްލާލި ކަމަލް ހުސްކުރި ހާރޑް
ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 13 ސެލޯފިންކޮޅު ފެނިފައިވާ
މައްސަލަ ތަޙްޤީޤުކުރުމަށްކަމަށް ބަޔާންކޮށްފައި އޮތުމުން،
މި މައްސަލާގައި އެއްލާލި ސިނގިރޭޓް ހުސްކުރި ފޮށީގެ ބާވަތް ޢަލީ ސިނާމީގެ ހެކިބަހުގައި
ޔަޤީންކަމާއެކު ބުނެ ނުދެވުނުނަމަވެސް، އަދި ޙުސައިން ޝުޖާޢު ޝަރީޢަތުގެ މަޖިލިހުގައި އެއީ ކަމަލް ލައިޓް
ސިނގިރޭޓް ފޮއްޓެއްކަމަށް ބުނެފައިވީނަމަވެސް، ޢަލީ ސިނާޒު އާއި ޙުސައިން ޝުޖާޢު ޖުވެނައިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލިހަށް ހެކިބަސް ދީފައިވަނީ މި މައްސަލާގެ ޙާދިޘާ ހިނގިތާ ގާތްގަނޑަކަށް އެއްއަހަރާއި ނުވަ
މަސް ދުވަސް ފަހުންކަން ފާހަގަކުރެވޭކަމާއި، އަދި މުޅި މައްސަލާގެ ޙަޤީޤަތްތަކަށް ބަލާއިރު، ޙާދިޘާ ދުވަހު
ޓިނު ޕާކުން ނެގީ ކަމަލް ލައިޓް ފޮއްޓެއްކަމަށް އެއް
އެއް ހެއްކަކު ޝަރީޢަތުގެ މަޖިލިހުގައި ބުނުމަކީ، މުޅި މައްސަލަ
ބިނާވެފައިވާ ޙާދިޘާ އެދުވަހު ހިނގިކަމާމެދު ޝައްކު އުފެދޭވަރުގެ ފުށުއެރުމެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި
މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ނުފެނުނުކަމެވެ.
ހިނއި
20 2 22 22 22
(ބ) ފަސްވަނަ ކަމަކީ، އިސްތިއުނާފު މި ކުރެވޭ ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62
ޤަޟިއްޔާ ނިންމަވާފައިވަނީ އެކަށީގެންވާ ހެއްކާއި ޤަރީނާ ހުރެގެންނޫންކަމަށް ބުނެ ޙުސައިން ޢަޤީލްގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާގައި، ޢަލީ ސިނާޒު ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ހެކިބަހުގައި
ސިނގިރޭޓް ފޮށި ނެގީ ޙުސައިން ޝުޖާޖުކަމަށް ބުނެފައިވާކަމަށާއި، ނަމަވެސް އެ ސިނގިރޭޓް ފޮށި ނަގާފައިވަނީ
މަޞީޢު ކިޔާ ކުއްޖެއްކަމަށް ޙުސައިން ޝުޖާޢު ބުނެފައިވާކަން ޙުސައިން ޢަޤީލްގެ ފަރާތުން ފާހަގަކޮށްފައިވާއިރު،
ޢަލީ ސިނާޒު ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ހެކިބަހުގައި ސިނީގިރޭޓް
ނެގީ ޙުސައިން ޝުޖާޢުކަމަށް ބުނެފައިވާކަން އެނގޭކަމާއި، އެ ސިނގިރޭޓް ފޮށި ނަގާފައިވަނީ
ޤައި
02c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
16
2013/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02c
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުއްޖެއްކަމަށް ޙުސައިން ޝުޖާއު ބުނެފައިވާކަން ފާހަގަކުރެވެން އޮތުމުން، ޢަލީ
ސިނާޒުއާއި ޙުސައިން ޝުޖާޢުއާ ދެމީހުންގެ ހެކިބަހުގައި ފުށުއެރުންތަކެއްވާކަން ފާހަގަކުރެވޭކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމަށް
ބަލާއިރު، އެ ފޯމުގައި ކުށުގެ ވެށިން ނެގޭ ތަކެތި ނަގާ ފަރާތާއި، ސީލްކުރާ ފަރާތުން އެ ތަކެތި ފުލުސް އޮފީހަށް
ގެނައުމަށްފަހު ސޮއިކުރާކަން ފާހަގަކުރެވޭކަމާއި، އަދި އޭގެ ފަހުން އެ ތަކެތި ފުލުހުންގެ އެކި ޑިޕާރޓްމަންޓްތަކާ
ޙަވާލުކުރެވޭއިރު، އެ ޙަވާލުކުރެވޭ ފަރާތާއި، ޙަވާލުވި ވަގުތާއި، ތާރީޚް ފަދަ ތަފްޞީލުތައް އެ ފޯމުގައި
ބަޔާންކުރެވިފައިވާއިރު، ހުށަހެޅިފައިމިވާ މައްސަލާގައި، ޙުސައިން ޢަޤީލް އެއްލާލި ސިނގިރޭޓް ފޮށި ނެގި
ފަރާތާމެދު ހެކިންގެ ހެކިބަހުގައި ފުށުއެރުމެއް ވާއިރު، އަދި އެ ފުށުއެރުމަކީ މި މައްސަލާގެ ޙާދިޘާ
ނަފީކުރެވޭވަރުގެ ފުށުއެރުމަކަށް ނުވިނަމަވެސް،
ހު މައްސަލާގެ ކުށުގެ ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމު ނަންބަރު
2010
/
277/DED
/
EPIF ގައި، ހުށަހެޅިފައިމިވާ މައްސަލާގައި ތަކެތި ނަގާ ސީލްކުރި ފަރާތަކީ ޢަލީ
ސިނާޒުކަމަށް ޢަލީ ސިނާޒް ސޮއިކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެތަކެތި ނަގާ ސީލްކުރިއިރު
ޙާޟިރުވެހުރީ ޙުސައިން ޝުޖާޢުކަމަށް ޙުސައިން ޝުޖާޢު ސޮއިކޮށްފައިވާކަން ފާހަގަކުރެވެން އޮތުމުން، ޢަލީ
ސިނާޒްއާއި ޙުސައިން ޝުޖާޢު ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހުގައި ފުށުއެރުންތަކެއް
ހުރިކަމުގައިވީނަމަވެސް، އިސްވެ ފާހަގަކުރެވުނު ކުށުގެ ވެށިން ނެގުނު ތަކެތީގެ ތަފްޞީލު ބަޔާންކުރާ ފޯމުން،
އެތަކެތި ނެގި ފަރާތް އެނގެން އޮންނަކަމާއި، އަދި ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ޢަލީ ސިނާޒްއާއި
ޙުސައިން ޝުޖާޢުއާ ދެމީހުން ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ހެކިބަހުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް
ހުރިކަން ފާހަގަކުރެވުނު ނަމަވެސް، ޖުމްލަކޮށް މި ދެފަރާތުން ދީފައިވާ ހެކިބަހަށް ބަލާއިރު، ޙާދިޘާ ހިނގާދިޔަ
ދުވަހު، ޙުސައިން ޢަޤީލް ޓިނު ޕާކުގައި ހުއްޓާ ފުލުހުން ފެނުމުން ސިނގިރޭޓް ފޮއްޓެއް އެއްލާލިކަމާއި،
އެއްލާލުމަށްފަހު ހިނގައިގަތް ކަމާއި، އެ ފޮށި އެއްލާލިތަން މި މައްސަލާގައި ހެކިބަސް ދިން އިންއި
ޝުޖާޢުއާއި ޢަލީ ސިނާޒުވެސް ދުށްކަމާއި، އެ ފޮށި އެއްލާލިތަން ހޯދާ ބެލުމުން އެ ފޮށި ފިޔަވާ ހެން
އެއްޗެއް އެ ދިމާލުން ނުފެންނަކަމާއި، އަދި އެ ފޮށީގެ ތެރެއިން މުށިކުލައިގެ 13 (ތޭރަ)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
02c
;
11
2013/HC-A/1j4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފެނިފައިވާކަން ޙުސައިން ޝުޖާޢުއާއި ޢަލީ ސިނާޒު ހެކިބަހުން ފުށުއެރުންތަކެއް ނެތި އެނގެން އޮންނަކަމާއި، އަދި
އެ ސެލޯފިންތައް ޓެސްޓުކުރުމުން އޭގައި މަސްތުވާތަކެތި ހުރިކަން އޭގެ ލެބޯޓްރީ ތަޙްލީލް ރިޕޯޓުން އެނގެން
* މހ2 2
އަނކަމެވެ"
4 22
/02
(ޅ) ހަވަނަ ކަމަކީ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު
ޖުވެނައިލް ކޯޓުގެ
ނަންބަރު 2011/JV
-
C/62 ޤަޟިއްޔާގައި ޙުސައިން ޢަޤީލްއަކީ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް
ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓި ފަރާތެއްކަމަށް އެ ކޯޓުން ކަނޑައަޅުއްވާފައިވަނީ އެކަށީގެންވާ
ޤަރީނާ ޙުސައިން ޢަޤީލްގެ މައްޗަށް ހުރެގެންކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް
ބުރަވެވުނުކަމާއި،
މި މައްސަލާގައި، ފުލުހުން ފެނުމުން ޙުސައިން ޢަޤީލް ބާރަށް ހިނގައިގަތްކަމާއި، އަދި
ހިނގާފައިދަމުން އެއްޗެއް އެއްލާލިކަމާއި، ފުލުހުން އޭނާއަށް ފުރަތަމަ ގޮވުމުން، މަޑުނުކޮށް ދިޔަކަން އެނގޭކަމާއި،
ޙުސައިން ޢަޤީލް އެއްލާލި އެތި އެއްލި ދިމާލުން ފުލުހުން ހޯދައި ބެލުމުން ސިނގިރޭޓް ހުސްކުރި ފޮއްޓެއް
ފެނުނުކަން އެނގޭކަމާއި، އެ ދިމާލުން އެހެން އެއްވެސް އެއްޗެއް ނުފެންނަކަން އެނގޭކަމާއި، އެއްލާލި
ސިނގިރޭޓް ފޮށީގެ ތެރެއިން މަސްތުވާ އެއްޗެއްކަމަށް
ޝައްކުކުރެވޭ
އެއްޗެއް ހުރި ސެލޯފިންކޮޅުތަކެއް
ފެނިފައިވާކަމާއި، އަދި އެ ސެލޯފިންތައް ޓެސްޓުކުރުމުން އޭގައި މަސްތުވާތަކެތި ހުރިކަން އޭގެ ލެބޯޓްރީ ތަޙްލީލް
ރިޕޯޓުން އެނގޭކަމާއި، މި މައްސަލާގައި ހެކިބަސްދީފައިވާ ފަރާތްތަކަށް އެ ސިނގިރޭޓް ފޮށި ނެގީ ކާކުކަން ސީދާ
ބުނެދެވިފައިނުވިނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2010
/
277/DED
/
EPIF ކުށުގެ ވެށިން
ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމުން އެ ފޮށި ނެގީ ޢަލީ ސިނާޒުކަން އެނގެންއޮންނަކަމާއި،
އިސްވެފާހަގަކުރެވުނު ކަންކަމަކީ ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހެކިބަސް ދީފައިވާ ފަރާތްތަކުގެ
ހެކިބަހުގައި ހުރި ބޮޑެތި ޚިލާފުތަކެއްކަމަށް ޙުސައިން ޢަޤީލްގެ ފަރާތުން ފާހަގަކޮށްފައިވީނަމަވެސް އިން އޭގެ ހައި
ޢަޤީލްގެ ފަރާތުން ޚިލާފުތަކެއް ހުރި ކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަކީ ޖުމްލަކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-A/104
22 2ތ 3
4
ކުރެވޭވަރުގެ،
ކަންކަންކަމަށް
ނުވަތަ އެކަށީގެންވާ މިންވަރެއްގެ ޝައްކު އުފެދޭވަރުގެ މިމައްސަލަ ބެލި
ފަނޑިޔާރުންގެ އަޣުލަބިއްޔަތަށް ނުފެނުނުކަމާއި،
އެހެންކަމުން، ޖުވެނައިލް ކޯޓުގެ ނަންބަރު 2011/JV
-
C/62 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގެ ދަށުން މަސްތުވާ އެއްޗެއް ވިޔަފާރިކުރުމަށްޓަކައި
އަތުގައި ބެހެއްޓުމުގެ ކުށް ޙުސައިން ޢަޤީލްގެ މައްޗަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ސާބިތުވާކަމަށް
އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބެލެވެން ނެތްކަމާއި،
އަދި އިސްވެ ބުނެވުނު ޤަޟިއްޔާގައި ޙުސައިން ޢަޤީލްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ މި
މައްސަލާގެ ޙާދިޘާ ހިނގާދިޔަ ގޮތާމެދު އެކަށީގެންވާ ޝައްކުތަކެއް ހުރެ، މަދަނީ މިންގަނޑުން ނޫންކަމާއި،
ޙުސައިން ޢަޤީލްގެ މައްޗަށް ކުށް ސާބިތުވެފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ
ފަދައިން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ހެކި ލިބިގެންކަން މި މައްސަލަ ބެލި ފަނޑިޔާރުންގެ
އަޣުލަބިއްޔަތަށް ފެނުނުކަމެ
ކަމަވާ"
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު، ޖުވެނައިލް ކޯޓުގެ ނަންބަރު
2011/JV
-
C/62 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ނުވަތަ ޝަރުޢީ
ސަބަބެއް ޙުސައިން ޢަޤީލްއަށް ދެއްކިފައި ނެތުމުން، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން
ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްތަށް ނުފެނުނެވެ.
ދިވެހިރާއްޖޭގެ
ދި
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
19
2(613/HC-A/104
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދެންފަހެ، އިސްވެ ބަޔާންވެދިޔަކަންކަން އެގޮތަށް ހުރުމާއެކު، ޖުވެނައިލް ކޯޓުގެ ނަންބަރު
2011/JV
-
C/62 ޤަޟިއްޔާ އެކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ
ގދ. ތިނަދޫ / ފެހިކޮކާ ޙުސައިން ޢަޤީލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ޖުވެނައިލް
ކޯޓުގެ އިސްވެ ބުނެވުނު ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ނުވަތަ ޝަރުޢީ
ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv