ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/241 ޤަޟިއްޔާގެ ޙުކުމް
1
2009/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރ:241/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
* ދާއިމީ އެޑްރެސް:
މިހާރުގެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޫސާ މުޙައްމަދު
އައިޑީކާޑު ނަންބަރު: 296687-A
ދާއިމީ އެޑްރެސް: ފެހިވިދުވަރު / ސ. ފޭދޫ * މިހާރުގެ އެޑްރެސް: ވ. ދޫނި / މާލެ ވިލިނގިލި
ޤާނޫނީ ވަކީލް އަލްއުސްތާޛު ޙުސައިން އިބްރާހީމް (A022766) ވ. ހަވާސް / މާލެ
*
* ހުށަހެޅުނު ތާރީޚް: 09 އޯގަސްޓް 2009
ނިމުނު ތާރީޚް: 27 ފެބްރުއަރީ 2012
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު.
* ނަންބަރު:2007/JC/1866
* ކޯޓު: ޖިނާއީ ކޯޓު
ނިންމެވި ތާރީޚް: 6 މާޗް 2009
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް :
0
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2009/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
1866/JC/2007
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު
ޤަޟިއްޔާ، އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ދަޢުލަތް (ޕްރޮސިކިއުޓަރ ޖެނެރަލް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
/
<< O
ޖ 4
2
2
ޤަޟިއްޔާއެކެވެ.
322c
ޤަޟިއްޔާގައި،
ހ-.
ފޭދޫ، ފެހިވިދުވަރު މޫސާ މުޙައްމަދު
މި
ދަޢުވާރައްދުވާ ފަރާތަކީ،
(އައިޑެންޓިޓީ ކާޑު ނަންބަރު 296687
A) އެވެ.
ފާހަގަކުރެވުނު ނުކުތާތައް
-01
ޤަޟިއްޔާއާ
ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/1866 ނިންމަވާފައިވަނީ،
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދަޢުލަތް
(ޕްރޮސިކިއުޓަރ ޖެނެރަލް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/1866 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލި އިރު، އެޤަޟިއްޔާއަކީ، ސ. ފޭދޫ ފެހިވިދުވަރު މޫސާ މުޙައްމަދާއި، މަތިވެރި އިރަމާގެ
އާދަމް ޝަރީފާއި،
ހިތަދޫ، ދިލްކަޝްވިލާ ޢަބްދުﷲ އިބްރާހީމް، ތިން މީހުންގެ މައްޗަށް
ޤާނޫނުލްޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި، 132 ވަނަ މާއްދާއާއި، 136 ވަނަ މާއްދާއާއި، 137
ވަނަ މާއްދާގެ ދަށުން ޖަމާޢަތް ހަދައިގެން އެއްޗެއް ހަލާކުކޮށްލައިގެން ދިހަހާސް ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ
ފައިސާއިން ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާއި، މޫސާ މުޙައްމަދު ދިރިއުޅޭ ވ. ދޫނި ކިޔާގޭ ބަދިގެތެރޭ
ބިންމަތީގައި ބަހައްޓާފައިހުރި ކަބަޑެއްގެ ދަށުން ފެނުނު 52100.00ރ (ފަންސާސްދެހާސް އެއްސަތޭކަ ރުފިޔާ)
އާ މެދު ގޮތެއް ނިންމުމަށާއި، ޕްލާޒާ ޓެކްސްޓައިލް ފިހާރަ ފަޅާލައިގެން ވަގަށްނަގާފައިވާ ފައިސާއާއި، ގަހަނާގެ
ތެރެއިން އެފިހާރައިގެ ވެރިފަރާތަށް ނުލިބިވާ 239610.00ރ (ދެލައްކަ ތިރީސްނުވަހާސް ހަސަތޭކަ ދިހަ
ރުފިޔާ) އާއި، 4589.00$US (ހަތަރުހާސް ފަސްސަތޭކަ އައްޑިހަ ނުވައެއް އެމެރިކާ ޑޮލަރ) އާއި،
US
$
700.00 (ހަތްސަތޭކަ އެމެރިކާ ޑޮލަރ) ގެ އަގުހުރި ރަންހާރަކާއި ކެވެލިގަނޑުގެ އަގުގެ
ތެރެވެން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
3
2009/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މިތިން މީހުން ޒިންމާވާންޖެހޭ މިންވަރު މިތިން މީހުންގެ އަތުން ހޯދުމަށް އެފިހާރައިގެ ވެރިފަރާތުން އެދޭ
މައްސަލަ ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
0
4
2 ބ ހދ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، މޫސާ މުޙައްމަދުގެ މައްޗަށް ދައުލަތުން ކުރި
ދަޢުވާއަށް އިންކާރުކޮށްފައިވުމާއި، އޭނާގެ މައްޗަށް މިދަޢުވާ ސާބިތުވާ ވަރަށް ހެއްކާއި، ޤަރީނާ ލިބިފައިނުވާތީ،
.ޙައްމަދުގެ މައްޗަށް ޖަމާޢަތް ހަދައިގެން ވައްކަންކުރުމުގެ ކުށް ޝަރީޢަތަށް ސާބިތު ނުވާކަމަށް
ޙުކުމްކުރައްވައި، ވ. ދޫނި ކިޔާގޭ ބަދިގޭގެ ބިންމަތީގައި ބަހައްޓާފައިހުރި ކަބަޑެއް ދަށުން 29 ނޮވެމްބަރ
2006 ދުވަހު ފުލުހުންނަށް ފެނުނު 52100.00ރ (ފަންސާސް ދެހާސް އެއްސަތޭކަ ރުފިޔާ) އާއި މެދު ގޮތެއް
ނިންމުމުގެ މައްސަލައާއި، ޕްލާޒާ ޓެކްސްޓައިލްސްގެ ފިހާރައިގެ ތިޖޫރީ ފަޅާލައިގެން ވަގަށް ނަގާފައިވާ
ފައިސާއާއި، ގަހާނާގެ ތެރެއިން އެފިހާރައިގެ ވެރިފަރާތަށް މިހާތަނަށް ނުލިބިވާ 239610.00ރ (ދެލައްކަ
ތިރީސްނުވަހާސް ހަސަތޭކަ ދިހަ ރުފިޔާ)އާއި، 4589.00$US (ހަތަރުހާސް ފައްސަތޭކަ އައްޑިހަ ނުވައެއް
އެމެރިކާ ޑޮލަރު) އާއި، 700.00$US (ހަތްސަތޭކަ އެމެރިކާ ޑޮލަރު) ގެ އަގުހުރި ރަންހާރަކާއި، ކެވެލިގަނޑު
އަގުގެ ތެރެއިން މޫސާ މުހައްމަދު ޒިންމާވާންޖެހޭ މިންވަރެއް ނެތްކަމަށް ކަނޑައަޅުއްވައި، އެޤަޟިއްޔާގައި
ދައުވާލިބޭ އާދަމް ޝަރީފާއި ޢަބްދުﷲ އިބްރާހީމުގެ ބައި އެހެން ޤާޟިއްޔާއަކުން ބައްލަވައި ނިންމަވާނެކަމަށް
އަންގަވައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
03- ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/1866 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ދަޢުލަތް (ޕްރޮސިކިއުޓަރ
ޖެނެރަލް) ގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިން ތެރެއިން ދައުވާލިބޭ
މުސާ މުޙައްމަދުގެ އަނބި އާމިނަތު ވަޙީދާގެ ތަޙްޤީޤު ބަޔާނުގައި ޕްލާޒާ ޓެކްސްޓައިލްސް ފިހާރައިން
ވައްކަންކުރިއިރު މޫސާ މުޙައްމަދު ފާރައަށް ހުރިކަމަށް މޫސާ މުޙައްމަދު ފޯނުކޮށްފައި އާމިނަތު ވަޙީދާ
ކައިރީގައި ބުނި ކަމަށާއި، މޫސާ މުޙައްމަދަށް އެފިހާރައިން ވަގަށްނެގި ފައިސާއިން ބައެއް ލިބިފައިވާކަމަށް
އާމިނަތު ވަޙީދާ ކައިރީގައި ބުނެފައިވާކަން އެނގެން އޮންނާތީއާއި، މޫސާ މުޙައްމަދު ފައިސާ ބެހެއްޓިކަމަށް
އާމިނަތު ވަޙީދާ ކައިރީގައި ބުނި ބަދިގޭ ކަބަޑު ދަށުން ފުލުހުން ދިވެހި ފައިސާއާއި ޔޫއެސް ޑޮ22 ކި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2009/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަގާފައިވާކަން އެނގެން އޮންނައިރު، އާމިނަތު ވަޙީދާގެ ހެކިބަސް ނުނަންގަވައި މައްސަލަ ނިންމަވާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ދައުވާލިބޭ
ހިތަދޫ ދިލްކަޝްވިލާ ޢަބްދުﷲ އިބްރާހީމަކީ ވައްކަންކުރިކަމަށް އިޢްތިރާފުވެ ތަޙްޤީޤަށް ބަޔާން ދީފައިވާ
ފަރާތެއް ކަމަށް ވާއިރު، އެބަޔާނުގައި މޫސާ މުޙައްމަދަކީ ޕްލާޒާ ޓެކްސްޓައިލްސް ފިހާރައިގެ ތިޖޫރި ފަޅާލަން
އެފިހާރައަށް ވަތް ދެމީހުންގެ ތެރެއިން އެކަކުކަން އެނގެން އޮންނާތީ، ޢަބްދުﷲ އިބްރާހީމް ޝަރީޢަތަށް
ޙާޟިރުނުކޮށް އަދި އޭނާގެ ބަހެއް ނުހޯދައި، މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ ގޮތުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ މޫސާ މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޖިނާއީ ކޯޓުގެ ނަންބަރު 2007/JC/1866
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ceco
404ތ
14ތއް
(ހ) ފުރަތަމަ ކަމަކީ: ސ. ފޭދޫ ފެހިވިދުވަރު މޫސާ މުޙައްމަދުގެ މައްޗަށް ޖަމާޢަތް ހަދައިގެން
ހަލާކުކޮށްލައިގެން ދިހަހާސް ރުފިޔާއަށް ވުރެގިނަ އަދަދެއްގެ ފައިސާއިން ވައްކަންކުރުމުގެ ކުށުގެ
ދަޢުވާކޮށްފައިވަނީ، އޭނާއާއި އއ. މަތިވެރި އިރަމާގެ އާދަމް ޝަރީފާއި، ސ. ހިތަދޫ، ދިލްކަޝްވިލާ ޢަބްދު
އިބްރާހީމް، ތިންމީހުން، ޕްލާޒާ ޓެކްސްޓައިލް ފިހަރާއިގެ ތިޖޫރި ފަޅާލަންރާވައި، އެކަމަށްޓަކައި ވާންޖެހޭ
ތައްޔާރީތައް ވުމަށްފަހު،
ފަޅާލަން
ތަފާތު އާލަތްތަކާއެ
26 ނޮވެމްބަރ 2006 ވަނަ ރޭގެ ދަންވަރު 2:00 އެހައިކަށްހާއިރު، އާދަމް ޝަރީފާއި، ޢަބްދުﷲ އިބްރާހީމާ
ދެމީހުން، މުސާ މުޙައްމަދު ފާރަޔަށް ބޭރުގައި ބެހެއްޓުމަށްފަހު، ގ. މެދުގެއަށް ވަދެ، އެގޭގެ ވައިގޮޅީގެ
&22 ބ 2
2
4
2
ބޭނުންކުރެވުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
5
2009/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބޭންނޭކޮށްގެން
ތިޖޫރި ހަލާކުކޮ
ޕްލާޒާ ޓެކްސްޓައިލްސް ފިހާރައަށް ވަދެވެންއިންނަ ކުޑަދޮރެއް ހަލާކުކޮށްލައިގެން ފިހާރައިގެ ތެރެއަށްވަދެ،
މިމީހުންގެ ގެނައި އާލާތްތައް
ކުކޮށްލުމަށްފަހު ތިޖޫރީގައި ހުރި 271200.00
(ދެލައްކަ ހަތްދިހަ އެއްހާސް ދުއިސައްތަ ރުފިޔާ) އާއި 4589.00$US (ހަތަރުހާސް ފައްސަތޭކަ އައްޑިހަ
ނުވައެއް އެމެރިކާ ޑޮލަރު) އާއި، 700.00$US (ހަތްސަތޭކަ އެމެރިކާ ޑޮލަރު) ގެ އަގުހުރި ރަންހާރަކާއި،
ކެވެލިގަނޑެއް ނަގާފައިވާތީކަން ދަޢުވާގެ ޞިޣާއިން އެނގެން އޮންނަކަމާއި، އެދަޢުވާ ސާބިތު ނުވާކަމަށް
ކަނޑައަޅުއްވާފައިވަނީ މޫސާ މުޙައްމަދުގެ މައްޗަށް ހުށަހެޅި ދަޢުވާއަށް އިންކާރުކުރުމުން އެކުށް ސާބިތުކުރެވޭ
ވަރުގެ ހެއްކާއި ޤަރީނާ ހުށަހެޅިފައި ނުވާތީކަން އެނގެން އޮނަންކަމެވެ.
(ށ) ދެވަނަ ކަމަކީ: ފޭދޫ ފެހިވިދުވަރު މޫސާ މުޙައްމަދުގެ މައްޗަށް ހުށަހެޅި ޖަމާޢަތް
ހަދައިގެން އެއްޗެއް ހަލާކުކޮށްލައިގެން ދިހަހާސް ރުފިޔާއަށް ވުރެގިނަ އަދަދެއްގެ ފައިސާއިން ވައްކަންކުރުމުގެ
ކުށުގެ ދަޢުވާއަށް މޫސާ މުޙައްމަދު އިންކާރުކުރުމުން އެދަޢުވާ ސާބިތުކުރުމަށްޓަކައި ދަޢުލަތުގެ ފަރާތުން
ހެކިންގެ ގޮތުގައި، މޫސާ މުޙައްމަދުގެ އަނބި ގދ. ފިޔޯރީ މިރުސްގޭ އާމިނަތު ވަޙީދާއާއި، މިވައްކަންކުރުމުގައި
ބައިވެރިވިކަމަށް ދަޢުވާކުރެވިފައިވާ
މަތިވެރި އިރަމާގެ އާދަމް
ޝަރީފާއި،
ހިތަދޫ، ދިލްކަޝްވިލާ ޢަބްދުﷲ އިބްރާހީމުގެ އިތުރުން މަރަދޫ ބަހާރުގޭ
ބަހާރުގޭ އިބްރާހީމް މުމްތާޒާއި،
ހިތަދޫ ވަރުދީގޭ އަކްރަމް ބަޝީރު އާ 05 (ފަހެއް) މީހުން ހުށަހަޅާފައިވާކަމާއި، އެހެކިންގެ ތެރެއިން
ޖިނާއީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ޙާޟިރުކޮށް ހެކިބަސް ނަންގަވާފައިވަނީ، އއ. މަތިވެރި އިރަމާގެ އާދަމް
ޝަރީފާއި، ސ. މަރަދޫ ބަހާރުގޭ އިބްރާހީމް މުމްތާޒާއި، ސ. ހިތަދޫ ވަރުދީގޭ އަކްރަމް ބަޝީރާ ތިން މީހުންގެ
ހެކިބަސް ކަމާއި، އެހެކިން ދީފައިވާ ހެކިބަހުގެ މައްޗަށް ބަލާއިރު، މޫސާ މުޙައްމަދުގެ މައްޗަށް
ދަޢުލަތުންކޮށްފައިވާ ދަޢުވާ ސާބިތުކުރެވޭ ވަރުގެ ހެއްކާއި ޤަރީނާ ލިބިފައިނުވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ: ދަޢުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ސ. ހިތަދޫ، ދިލްކަޝްވިލާ
ޢަބްދުﷲ އިބްރާހީމް ޖިނާއީ ކޯޓަށް ހާޟިރުކުރެވިފައިނުވަނީ އޭނާ އުޅޭ ތަނެއް އެނގިފައިނުވާތީކަމަށް ޖިނާއީ
ކޯޓުގެ ނަންބަރު 2007/JC/1866 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައި އޮންނަކަމާއި، އަދި މޫސާ މުޙައްމަދުގެ އަނބި އާމިނަތު
ވަޙީދާ ހެއްކެއްގެ ގޮތުގައި ޙާޟިރުކުރެވިފައިނުވަނީ މޫސާ މުޙައްމަދާ އެއްކޮޅަށް ފަހިކޮށް ދިނުމަށް ކޮށްފައިވާ
މަސައްކަތެއްކަމަށް ޤަބޫލުކުރެވޭތީކަމަށާއި، އަދި އާމިނަތު ވަޙީދާ، މޫސާ މުޙައްމަދާ ދެކޮޅަށް ހެކިބަސް
ދިންކަމުގައިވިޔަސް މައްސަލައިގައި ލިބިފައިވާ ބަޔާންތަކަށް ބަލާއިރު މޫސާ މުޙައްމަދުގެ މައްޗަށް
ޙައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2009/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮށްފައިވާ ދަޢުވާ ސާބިތުކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާތީކަމަށް ޖިނާއީ ކޯޓުގެ ނަންބަރު
2007/JC/1866 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު 9 ވަނަ
ނަންބަރުގައި ބަޔާންކޮށްފައި އޮންނަކަމެވެ.
ނުކުތާތަކުގެ
XO
(ހ) ހަތަރުވަނަ ކަމަކީ: ދައުލަތުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިންގެ ތެރެއިން އެކޯޓަށް
ޙާޟިރުކޮށްފައިނުވާ މޫސާ މުޙައްމަދުގެ އަނބި ގދ. ފިޔޯރީ މިރުސްގޭ އާމިނަތު ވަޙީދާ ދިވެހިރާއްޖޭގެ
ހައިކޯޓަށް ޙާޟިރުކޮށް ހެކިބަސް ނެގިފައިވާކަމާއި، އޭނާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، އޭނާ މިމައްސަލައިގެ ތަޙްޤީޤަށް ފުލުސް އޮފީހަށް ބަޔާނެއް ދީފައި
ނޯނާނެކަމަށާއި، މޫސާ މުޙައްމަދު ގޭގެ ތަނެއްގައި ފައިސާ ރައްކާކޮށްފައިވާކަމަށް އާމިނަތު ވަޢިދާގެ ގާތުގައި
ބުނީ، ފުލުހުން ވަދެ، އާމިނަތު ވަޙީދާއަށާއި، އޭނާގެ ކުދިންނަށް ބިރުދައްކައި ހަދާތީ، މޫސާ މުޙައްމަދަށް
ގުޅާފައި، ކުދިން ނުވާކަމަށާއި، އެކުދިން ބިރުން ރޮއި އުޅޭކަމަށާއި، އިރުއިރުކޮޅާ ފައިސާ ހޯދަން ޗެކުކުރަން
ފުލުހުން އަންނަވާހަކަ ބުނުމުން ކަމަށާއި، އެގޮތަށް އެވާހަކަ މޫސާ މުޙައްމަދުގެ ގާތުގައި ބުނުމުން ކަބަޑުގައި
ފައިސާ ހުންނާނެކަމަށާއި، އެދައްކާލުމަށް ބުނިކަމަށާއި، ކަނޑުގެ ދަށުން ފެނުނު ފައިސާއަކީ މޫސާ މުޙައްމަދު
ދޯންޏެއް ގަތުމަށްޓަކައި ރައްކާކޮށްފައިހުރި ފައިސާ ތަކެއްކަމަށް އާމިނަތު ވަޙީދާ ބުނެފައި އޮންނަކަމެވެ.
<<
497
(ބ) ފަސްވަނަ ކަމަކީ: ދައުލަތުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިންގެ ތެރެއިން އެކޯޓަށް
ޙާޟިރުކޮށްފައިނުވާ ހިތަދޫ، ދިލްކަޝްވިލް ޢަބްދުﷲ އިބްރާހީމް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކުރަން ބެލިއިރު، އޭނާ ދިރިއުޅޭ އެޑްރެހެއް އަދި އުޅޭ ތަނެއްގެ މައުލޫމާތު އެނގިފައިނުވުމުގެ
ސަބަބުން އޭނާ 24 ޖޫން 2010 ވީ ބުރާސްފަތި ދުވަހުގެ 11:00 އަށް ދިވެހިރާއްޖޭގެ ހައިކޯޓަށް
ޙާޟިރުވުމަށް އަންގައި މިކޯޓުން ކުރި އިޢުލާނަށްވެސް ކޯޓަށް ޙާޟިރުވެފައިނުވާކަމާއި، އޭނާ ޙާޟިރުކޮށް
ދެއްވުމަށް އިސްތިއުނާފުކުރި ފަރާތަށް އެންގުމުން، އޭނާ ޙާޟިރުކުރެވޭ ގޮތް ނުވެއްޖެނަމަ، އޭނާ ތަޙްޤީޤަށް
ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމަށް ދަޢުލަތުގެ ފަރާތުން އެދިފައި އޮންނަކަމެވެ.
(ޅ) ހަވަނަ ކަމަކީ: ސ ހިތަދޫ ދިލްކަޝްވިލާ ޢަބްދުﷲ އިބްރާހީމްގެ ބަހެއް ޝަރީޢަތުން
ހޯދުމަށްޓަކައި، އޭނާ އުޅޭ އެޑްރެސް ސާފުނުވުމުގެ ސަބަބުން އޭނާ ޙާ
ޙާޟިރުކުރެވިފައިނުވާތީ، އޭނާ ތަޙްޤީޤަށް
ދީފައިވާ ބަޔާނުގައި ވެފައިވާ އިޢުތިރާފުގެ މައްޗަށް ރިޢާޔަތްކޮށް މައްސަލަ ޝަރީޢަތުން ނިންމައި ދިނުމަށްއެދި
ދަޢުލަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ޝަރީޢަތުން ބަލާއިރު، ޢަބްދުﷲ އިބްރާހީމަކީ، ދަޢުލަތުން
މޫސާ މުޙައްމަދުގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި ހިމެނޭ މީހެއްކަން އެނގޭއިރު، ދަޢުވާގައި
uc
42
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2009/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެއްމުއްތަހަމަކު ކުށަށްވާ އިޢުތިރާފު އަނެއް މުއްތަހަމެއްގެ މައްޗަށް ކުށް ސާބިތުކުރުމުގައި ހެކީގެ ގޮތުގައި
ބޭނުންކުރެވޭނީ، އެމީހުންގެ މައްޗަށް ދަޢުވާކުރެވިފައިވަނީ އެއްކުށެއްގައި ކަމަށްވުމާއި އެމީހުންގެ ޝަރީޢަތް
އެކުގައި ކުރެވުމާއި، މުއްތަހަމުގެ އިޢުތިރާފު ޝަރީޢަތަށް ސާބިތުވުމާއި، އެއިޢުތިރާފުގެ އަސަރު، އެއިޢުތިރާފުވާ
މީހާއާއި، އޭނާއާ އެކުގައި ދަޢުވާކުރެވިފައިވާ މީހާގެ މައްޗަށް ކުރުން ޝަރުތުކުރާއިރު، މިމައްސަލައިގައި މޫސާ
މުޙައްމަދާއި ޢަބްދުﷲ އިބްރާހީމުގެ މައްޗަށް ދަޢުވާކުރެވިފައިވަނީ އެއްކުނެއްގައި ކަމަށްވީނަމަވެސް، އެދެމީހުންގެ
ޝަރީޢަތް އެކުގައި ހިންގިފައިނުވާކަމާއި، އަދި ޢަބްދުﷲ އިބްރާހީމް ތަޙްޤީޤުގައި ކުށަށް
އިޢުތިރާފުވެފައިވީނަމަވެސް، އޭނާގެ ބަހެއް ޝަރީޢަތުގައި ހޯދިފައިނުވާކަމާއި، ތުހުމަތުކުރެވޭ މީހާ ބުއްދި
ސަލާމަތުން ހުރެ ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފު ފިޔަވައި، އެހެން އިޢުތިރާފުތަކަކީ ހެއްކެއްކަމުގައި
ނުބެލެވޭނެކަމަށް ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބުނެފައި އޮންނާތީއާއި މިމައްސަލައިގައި ހެކިންގެ
ގޮތުގައި ޙާޟިރުކުރެވުނު މީހުން ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދީފައިވަނީ އެމީހުން ތަޙްޤީޤުގައި ބަޔާން
ދީފައިވާ ގޮތާ ތަޢާރުޒުވާގޮތަށްކަން އެނގޭތީ، މޫސާ މުޙައްމަދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާ
ޝަރީޢަތުން ބެލުމުގައި، ޢަބްﷲ އިބްރާހީމްގެ ބަހެއް ޝަރީޢަތުން ހޯދުމަކާ ނުލައި، އޭނާ ތަޙްޤީޤުގައިވެފައިވާ
އިޢުތިރާފުގެ މައްޗަށް ބުރަވެ، ގޮތެއް ކަނޑައެޅުމަކީ ޢަދުލުވެރި އަދި އިންޞާފުވެރި ގޮތެއްކަމަށް ޝަރީޢަތަށް
ޤަބޫލު ނުކުރެވޭކަމެވެ.
ދިވެހިރާއްޖެ
،ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
8
2009/HC-A/241
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
72
އެކު
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ނުކުތާތައް އެގޮތުގެ މަތިން ހުރުމުން ޖިނާއީ ކޯޓުގެ ނަންބަރު
2007/JC/1866 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް
މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަކަމަށް ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ވިޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ޢަބްދުއްރައޫފު އިބްރާހީމް
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv