ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/70 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2{16/HC-A/70
ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 70/HC
-
A/2016
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު.
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މުޚްލިސް އާދަމް
އައިޑީ
ކާޑު ނަންބަރު: A239278
* ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
ދާއިމީ އެޑްރެސް: ފ.ދަރަނބޫދޫ އާބާދީގުލްޝަން
ރަޖިސްޓްރީކުރެވުނު ތާރީޚް: 02 ޖުމާދަލްއޫލާ 1437
11 ފެބްރުއަރީ 2016
ނިމުނު ތާރީޚް 15 ޖުމާދަލްއޫލާ 1437
24 ފެބުރުއަރީ 2016
އިސްތިއުނާފުކުރެވުނު ކޯޓުއަމުރު ނަންބަރު: 2016
/
573/J
/
MD-145
• އަމުރު ބާވަތް: ކޯޓު އަމުރު
• ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
* ހުށަހެޅުނު ތާރީޚް: 26 ޖެނުއަރީ 2016
* ނިމުނު ތާރީޚް: 26 ޖެނުއަރީ 2016
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު މޒ. ޢަލީ ސަމީރު، ފަނޑިޔާރު އޒީ. ޢަބްދުﷲ ޙަމީދު، ފަނޑިޔާރު މޒ. ޢަބްދުއްރަ
އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/7{
ދަޢުވާގެ ޚުލާސާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
573/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރެފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ފ.ދަރަނބޫދޫގެ އާބާދީގުލްޝަން މުޚްލިސް އާދަމް
(އައި.ޑީ.ކާޑު ނަންބަރު: A239278) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
573/J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. ކްރިމިނަލް ކޯޓުގެ ނަންބަރު 12016
/
573/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 26 ޖެނުއަރީ 2016 ދުވަހުގެ 15:35 އިން ފެށިގެން ފ.ދަރަނބޫދޫ
އާބާދީގުލްޝަން މުޚްލިސް އާދަމް (އައި.ޑީ.ކާޑު ނަންބަރު A239278) ބަންދުން ދޫކޮށްލުމަށް
އަމުރުކޮށްކަމާއި، މިގޮތަށް މުޚްލިސް އާދަމް ބަންދުން ދޫކޮށްލުމަށް އަމުރުކުރެއްވި ސަބަބަކީ،
ހުށަހެޅިފައިވާ ކަންތަކަށް ބަލާއިރު، އިތުރަށް ބަންދުކުރަންޖެހޭ ސަބަބެއްއޮތްކަމަށް ނުފެންނާތީ" ކަމަށް
މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
573/J
/
MD-145 ކޯޓު އަމުރު ނެރެފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫންކަމަށްބުނެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
#
3
83
=32
2{016/HC-A/70
کی عمری
ޤަޟިއްޔާ ނިމުނު 1
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން ހުށަހަޅާފައިވާ:
*
ފުރަތަމަ ނުކުތާއަކީ، މުޚްލިސް އާދަމްގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުރު ބަޔަކާއެކު
މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ މައްސަލައެއްކަމަށްވެފައި މީނާ ދޫކޮށްލައިފިނަމަ މީނާގެ ސަބަބުން
މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިގެން ހިނގައިދާނެކަމަށް ފެންނާތީ، މުޚްލިސް އާދަމް
ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
139638/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ހުށަހަޅާފައިވީ ނަމަވެސް،
މުޚްލިސް އާދަމް އިތުރަށް ބަންދުކުރަންޖެހޭ ސަބަބެއްއޮތްކަމަށް ނުފެންނާތީކަމަށްބުނެ މުޚްލިސް އާދަމް
ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވައި، 26 ޖަނަވަރީ 2016 ދުވަހު ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ
އަމުރަކީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތު ބަންދުކުރެވޭ މީހުން ބަންދުގައި
ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރު
ނެރުއްވާފައިވާ
އަމުރަކަށްވުން ކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
OXO
ދެވަނަ ނުކުތާއަކީ،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ 9 ވަނަ ނަންބަރަށް ރިޢާޔަތްނުކުރައްވާ މުޚްލިސް އާދަމް ބަންދުން
ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުއްވާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ceco
هބ ޅން
ތިންވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ކަމަށް ބަޔާންކޮށްފައިވާއިރު، މިބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 260/HC
-
A/2012 ޤަޟިއްޔާއާއި، ނަންބަރު 355/HC
-
A/2013
ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު ނެރުއްވިއިރު، އެއުޞޫލަށް ރިޢާޔަތް
ނުކުރައްވައި އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
573/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު
2016/HC-A/10
می هرکی
ދެވެ
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު
2016
/
573/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެކޯޓު އަމުރު ނެރެފައިވަނީ، 26 ޖެނުއަރީ 2016
ދުވަހުގެ 15:35 އިން ފެށިގެން ފ.ދަރަނބޫދޫ އާބާދީގުލްޝަން މުޚްލިސް އާދަމް ބަންދުން ދޫކޮށްލަންކަން
އެނގޭއިރު، މުޙްލިސް އާދަމް ބަންދުން ދޫކޮށްލާ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ، ހުށަހެޅިފައިވާ
ކަންތައްތަކަށް ބަލާއިރު، އިތުރަށް
ސަބަބެއް އޮތްކަމަށް ނުފެންނާތީކަމަށް އެއަމުރުގައި
ބަޔާންކޮށްފައިވާކަން އެނގޭކަމެވެ.
ހ 0
2 ދ ތ 4
سر ترسا ترستے سے
(ށ) ދެވަނަކަމަކީ، މުޚްލިސް އާދަމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތަށް
ބަލާއިރު، މުޚްލިސް އާދަމްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ، އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ
ވިޔަފާރިކުރުމުގެ މައްސަލައެއްކަމާއި، މީނާގެ މައްޗަށް ހުރި ދެކީ ޤާރީނާގެ ގޮތުގައި، މީނާއާއި އިތުރު
ބަޔަކާއިއެކު ތިބި ކޮޓަރިއަކުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާކަމަށާއި، އެތަކެތީގެ
ބަރުދަނުގައި 10 ގުރާމް ހުރިކަމަށް ދައްކާފައިވާކަމަށާއި، ފެނިފައިވާ ތަކެއްޗަށް މުޚްލިސް އާދަމް
ތަޙްޤީޤުގައި އިޢުތިރާފުވެފައިވާކަމަށް ފުލުހުންގެ ފަރާތުން ހުށަހެޅި ބަންދުގެ މުއްދަތު އިތުރުކުރުމަށް
ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށަކީ، މުޖުތަމަޢަށް އޮތް
ނުރައްކާތެރި ކުށެއްކަމާއި، އަދި މިފަދަކުށްތައް ކުރާ މީހުންނަކީ، އެމީހުންގެ ސަބަބުން މުޖުތަމަޢުގެ
ސަލާމަތާއި ރައްކާތެރިކަން ގެއްލިދާފަދަ ބައެއްގެ ގޮތުގައި ބެލެވެން އޮންނަކަމެވެ.
(ނ) ތިންވަނަކަމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރ 19/SC
-
A/2010
ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގައި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު
ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް ޝައްކުކުރެވޭ
ކުށުގެ ނުރައްކާތެރިކަމަށާއި، ކުށުގެ ތަބީޢަތަށާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި، ކުށުގެ ކުޑަބޮޑު
މިނަށާއި، އެކުށަށް ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، މިފަދަ އެންމެހައި ކަންކަމަކީ، ބަންދުގެ
މުއްދަތުގެ މައްސަލަ ބައްލަވާ ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމެއްކަމުގައިވާއިރު، މުޙްލިސް އާދަމް
9
{ ދީދީދީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23
443
5 ޤަޟިއްޔާ ނިމުނު "
2016/HC-A/10
کی مرکی
ދެ
22
022 ތ ދވ
މަސްތުވާއެއްޗެއްކަމަށް
މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ނުރައްކާތެރިކަމާއި، ތަބީޢަތަށާއި، ކުޑަބޮޑުމިނަށް ބަލާއިރު، އަދި ވަކިން
ޚާއްސަކޮށް ފެނުނު މަސްތުވާއެ ކަމަށް ޝައްކުކުރެވޭ ތަކެއްޗަށް ޒިންމާ ނަގައި އެތަކެއްޗަކީ
މުޚްލިސް އާދަމްގެ ތަކެތިކަމަށް ތަޙްޤީޤުގައި އިޢުތިރާފުވެފައިވާއިރު، އެފަދަ މީހަކީ މުޖުތަމަޢުއަށް
ނުރައްކާތެރި މީހެއްގެ ގޮތުގައި ނޫނީ ނުބެލެވޭނެކަމާއި، މިހެންކަމުން މުޚްލިސް އާދަމްގެ މައްޗަށް މިހާރު
ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަށާއި އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަށާއި އެކުށުގެ ތަބީޢަތަށާއި
އެކުށުގެ ކުޑަބޮޑު މިނަށާއި ހުށަހެޅުނު ހެކިތަކަށް ބަލާއިރު މުޚްލިސް އާދަމްގެ މައްޗަށް ތުހުމަތުކުރެވިފައި
މިވާ ކުށުގެ ޢަމަލަކީ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާފަދަ ޢަމަލެއްކަމުގައި ބެލެވެން އޮތް ހިނދު،
މީނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވެން އޮތުމުން،
ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
573/J
/
MD-145 ކޯޓު އަމުރުން މުޚްލިސް އާދަމް ބަންދުން
ދޫކޮށްލުމަށް ކޮށްފައިވާ އަމުރަށް ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، މިމައްސަލައިގައި ފެންނަން ހުރި ލިޔުންތަކަށް އަދި ދެފަރާތުން
ދެއްކި ވާހަކަތަކަށް ބެލުމުން، މިމައްސަލައިގައި ޙަވާލާދޭ ތަކެއްޗަކީ އޭނާގެ ތަކެތިކަމަށް މުޚްލިސް އާދަމް
އިޢުތިރާފުވެފައިވާކަމަށް ފުލުހުން ބުނާ ބުނުމާއި މެދު މުޚްލިސް އާދަމްގެ ފަރާތުން އިންކާރު ނުކުރާކަމާއި،
މިހާތަނަށް މުޚްލިސް އާދަމްގެ ބަންދަށް ތަފާތު އެކި ފަހަރުތަކުގެ މަތިން ޖުމްލަ 2 (ދޭއް)
މަސްދުވަހަށްވުރެ ދިގު މުއްދަތެއް އިތުރުކުރެވިފައިވާކަމަށް ފުލުހުންގެ ފަރާތުންނާއި، މުޚްލިސް އާދަމްގެ
ފަރާތުން ބުނާއިރު، މިމައްސަލައިގެ ތަޙްޤީޤަށް އިތުރަށް ހުރި ގޮންޖެހުމެއް ފުލުހުންގެ ފަރާތުން
ބަޔާންކޮށްފައިނުވާކަމާއި، އަވަހަށް މައްސަލަ ތަޙްޤީޤުކޮށް ދަޢުވާކުރުމަކީވެސް ޤާނޫނުއަސާސީގެ 50 ވަނަ
މާއްދާއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއްކަމެވެ.
UC OX 2
ދިވެހިމާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ
ނިމުނު ގޮތު
2016/HC-A/7{
کی عمری
ދެލި
ޙުކުމް
ނަންބަރު 2016
/
573/J
/
MD-145 ކޯޓު އަމުރަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭ
އަމުރެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
573/J
/
MD-145 ކޯޓުއަމުރުގައި
ހުށަހަޅާކަންތައްތަކަށް ބަލާއިރު އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް ބަޔާންކޮށް މުޚްލިސް
ބަންދުން
ފިން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ބާޠިލުކޮށް، މިއަދު، 24 ފެބްރުއަރީ 2016 ގެ
14:45 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް، މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ
ތަނެއްގައި، މުޚްލިސް އާދަމް (އައި.ޑީ ނަންބަރު: A239278) ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށް
އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
/ ތތ
އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv