ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/220 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
0
• ޤަޟިއްޔާ ނަންބަރ: 220/HC
-
A/2012
އިސްތިއުނާފު ކުރިފަރާތް:
* ނަން: ގދ. ގައްދޫ ކައުންސިލް އިދާރާ
ރަޖިސްޓްރީ ނަންބަރ:
އެޑްރެސް: ގދ.ގައްދޫ ކައުންސިލް އިދާރާ
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހިމް ޝައުކަތު
އައި.ޑީ.ކާޑް ނަންބަރ: A039231
ދާއިމީ އެޑްރެސް: ހެޕީސަން /ގދ. ގައްދޫ
މިހާރުގެ އެޑްރެސް: ހެޕީސަން ގދ. ގައްދޫ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަމަޝާން 1433
05 އޯގަސްޓް 2012
ނިމުނު ތާރީޚް: 16 ޛުލްޙިއްޖާ 1433
22 އޮކްޓޯބަރ 2012
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Q4MC/80
ނިންމިކޯޓް: ގދ. ގައްދޫ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ބަދަލު ހޯދުން
ހެޅުނު ތާރީޚް: 21 ސެޕްޓެމްބަރ 2011 ނިމުނު ތާރީޚް: 20 އޮކްޓޯބަރ 2011
0
0
ކާވެ
0
ދިވެހިރާއްޖޭގެ
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޢަބްދުﷲ ޙަމީދު
މައިކް
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
2012/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ދަޢުވާގެ ޚުލާޞާ
މިއީ، ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/80 ޤަޟިއްޔާ، ނިމިފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި
ގދ.ގައްދޫ ކައުންސިލް އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ގދ.ގައްދޫ / ހެޕީސަން، އިބްރާހިމް ޝައުކަތެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/80 ޤަޟިއްޔާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ގދ.ގައްދޫ
ކައުންސިލްގެ އިދާރާގެ ފަރާތުން ހުށަހަޅައިފައިވެއެވެ.
2. ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/80 ޤަޟިއްޔާ ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ "ގދ.ގައްދޫ / ދަނބުފަށުއިގެ (ހެޕީސަން) އިބްރާހިމް ޝައުކަތުގެ ނަމުގައި
ރަޖިސްޓްރީ ކުރެވިފައިވާ ގދ. ގައްދޫ / ހެޕީސަން ކިޔާ ގޯތީގެ އަތިރިމަތީގައި (ހުޅަނގު ފަރާތުގައި) ވާ 03
ރުކުގެ މިލްކުވެރިކަން ސާބިތުކުރުމަށް އެދި ގދ.ގައްދޫ ކައުންސިލް އިދާރާގެ މައްޗަށް ގދ.ގައްދޫ / ހެޕީސަން،
އިބްރާހިމް ޝައުކަތުގެ ފަރާތުން ދަޢުވާކޮށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވޭ ނުކުތާތަކަށް
ބަލާއިރު ގައްދޫ ހެޕީސަން ގޯތީގެ އަތިރިމަތީގައި ހުޅަނގު ފަރާތުގައި އިންދާ ހައްދާފައިވާ 03 (ތިނެއް)
ރުކަކީ އެގޭ އިބްރާހިމް ޝައުކަތު އިންދާ ހައްދާފައިވާ ރުއްތައްކަމަށް ޝަރީޢަތަށް ސާބިތުވާކަމަށާއި، މިރުއްތައް
ސާފުކޮށް ބެލެހެއްޓުމާއި އެރުއްތަކުން އަޅައި، ކެއުމުގެ އެންމެހާ ބާރެއް ލިބިގެންވަނީ އިބްރާހިމް ޝައުކަތުއަށް
ކަމަށާއި ނަމަވެސް މިރުއްތަށް ހުރިބިން ސަރުކާރުގެ ބޭނުމަކަށް ނުވަތަ އަމިއްލަ ފަރާތެއް ދިރިއުޅުމަށް
ދޫކޮށްފިނަމަ އެއްވެސް ބަދަލެއްނެތި މިރުއްތަށް ކަނޑާލުމުގެ ބާރު އެފަރާތަކަށް ލިބިގެންވާކަމަށް ކަނޑައަޅައި
ޙުކުމްކޮށް މިޤަޟިއްޔާ ނަންމީއެވެ.
މިފަދައިންނެވެ.
3. ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/80 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
އެއްގޮތްނުވާކަމަށް ބުނެ ގދ.ގައްދޫ ކައުންސިލް އިދާރާގެ ފަރާތުން 01
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2012/HC-A/2 20
22 499
4227
ce
ންކުeއއ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(އެކެއް)
އެނުކުތާއާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
ނުކުތާއަކީ، ޙުކުމް ކުރެއްވުމުގައި ޤާނޫނު ނަންބަރ 21/98 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ
ޤާނޫނު) ގެ 2 ވަނަ މާއްދާ، 3 ވަނަ މާއްދާގެ (ހ) އަދި (ށ)، 4 ވަނަ މާއްދާ، 5 ވަނަ މާއްދާގެ (ހ)،
(ށ)، (ނ)، އަދި 6 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތް ކުރެވިފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
4. މިމައްސަލައާއި ގުޅިގެން ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/80
ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ގދ.ގައްދޫ ކައުންސިލް އިދާރާގެ ފަރާތުން
އިސްތިޢުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ގދ. ގައްދޫ ދަނބުފަށުއިގެ (ހެޕީސަން) އިބްރާހީމް ޝައުކަތުގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގދ.ގައްދޫ ހެޕީސަން ކިޔާ ގޯތީގެ އިމުން ބޭރުން ގޯތީގެ ހުޅަނގު ފަރާތު
އަތިރިމަތީ އިންދާ ހައްދާފައިވާ 03 (ތިނެއް) ރުކަކީ ގދ. ގައްދޫ ދަނބުފަށުއިގެ (ހެޕީސަން) އިބްރާހީމް
ޝައުކަތު އޭނާގެ ގޯތީގެ އިމުގެ ތެރޭގައިކަމަށް ބަލައިގެން އިންދާފައިވާ ތިން ރުއްކަމާއި، އެރުއްތައް އިންދާ
ހައްދާފައިވަނީ އެއްވެސް ފަރާތެއްގެ ހުއްދަ ހޯދުމަކާނުލައިކަންވެސް އިބްރާހީމް ޝައުކަތުގެ ފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެނގޭ ކަމާއި އަދި މިމައްސަލާގައި
ބަޔާންކުރެވިފައިވާ ރުއްތަކުގެ ކަންތައްތައް އޮތީ ގދ.ގައްދޫ ކައުންސިލްގެ ފަރާތުން މިމައްސަލަ އިސްތިއުނާފު
ކުރަމުން ހުށަހަޅާފައިވާ ގޮތަށް ނޫންކަން އިބްރާހީމް ޝައުކަތުގެ ފަރާތުން ޘާބިތު ކޮށްދެވިފައިނުވާކަން
އެނގެން އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، މީހުންއުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު
ބިންތަކާއި އެކިއެކި ބޭނުމަށް އެކިފަރާތްފަރާތާ ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތާނގައި ރުއްގަސް
އިންދަން ވާނީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާ ގޮތެއްގެމަތިން، ރަށުއޮފީހުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012/HC-A/22
89 ހއ ޑ 4
އި23ބހ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހުއްދަ ހޯދުމަށްފަހު، އެއޮފީހުން ކަނޑައަޅާ ދައްކާ ތަނެއްގައިކަމަށް ޤާނޫނު ނަންބަރު 21/98 (މީހުންއުޅޭ
ރަށްރަށުގެ ރުއްގަހާބެ
ރުއްގަހާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އެޤާނޫނަށް ޢަމަލުކުރަން
ފަށާއިރު، މީހުންއުޅޭ ރަށްރަށުގައި އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި ހުންނަ ރުއްގަހާއި، އެޤާނޫނަށް
ޢަމަލުކުރަން ފެށުމަށްފަހު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ކަނޑައަޅާ ގޮތެއްގެމަތިން
އެއަތޮޅެއްގެ އަތޮޅު އޮފީހުން ހަމަޖައްސާ ތަންތާނގައި، އެރަށެއްގެ ރައްޔިތުންގެ ރުއްގަހުގެ ގޮތުގައި އިންދާ
ހައްދާ ރުއްގަމާއި، އެރަށެއްގައި ހުންނަ މީސްމީހުންގެ އަމިއްލަ ރުއްގަސް ފިޔަވައި އެރަށެއްގައި ހެދޭ އެންމެހާ
ރުއްގަހަކީ، އެރަށެއްގެ ރައްޔިތުންގެ ރުއްގަސްކަމަށް މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުގެ 3 ވަނަ
މާއްދާގެ (ށ) ގައި ބުނެފައިވާކަމާއި،
އަދި، މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ށ) ގެތެރޭގައި
ހިމެނޭނީ ހަމައެކަނި، މީހުންއުޅޭ ރަށްރަށުގައި ދިރިއުޅުމަށް ދޫކުރާ ގޯތިގޯއްޗާއި ވަގުފު ބިންތަކާއި އެކިއެކި
ބޭނުމަށް އެކިފަރާތްފަރާތާ ހަވާލުކޮށްފައިވާ ބިންތައް ނޫން އެހެން ތަންތަނުގައާއި، މީހުންއުޅޭ ރަށްރަށުގެ
ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން
ކަނޑައަޅާ ގޮތެއްގެމަތިން އެއަތޮޅެއްގެ އޮފީހުން ހަމަޖައްސާ ތަންތާނގައި، އެއްވެސް މީހެއްގެ
މަސައްކަތަކާ ނުލާ އޭގެއަމިއްލަ ޒާތުގައި ހެދި ބޮޑުވާ ރުއްގަސް އެކަނި ނޫންކަމާއި، އެފަދަ ތަންތާނގައި
އެކިފަރާތްތަކުން އިންދާ ހައްދާ ރުއްގަސްވެސް އެމާއްދާގެ ތެރޭގައި ހިމެނޭނެކަމާއި،
އެހެންކަމުން އެފަދަ
ރުއްގަސްވެސް ވާނީ އެރަށެއްގެ ރައްޔިތުންގެ ރުއްގަހައްކަން އެނގޭކަމާއި،
މިގޮތުން ބަލާއިރު، ގދ. ގައްދޫ ހެޕީސަން ގޯތީގެ އިމުން ބޭރުން ގޯތީގެ ހުޅަނގު ފަރާތު
އަތިރިމަތީގައި އިންދާ ހައްދާފައިވާ 03 (ތިނެއް) ރުކަކީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން
ކަނޑައަޅާ ގޮތެއްގެމަތިން އެއަތޮޅެއްގެ އަތޮޅު އޮފީހުން ހަމަޖައްސާފައިވާ ތަނެއްގައި އެފަރާތުގެ ހުއްދައާއެކު
އިންދާ ހައްދާފައިވާ ރުއްގަސްކަމަށް ނުވާއިރު، ގދ. ގައްދޫ ހެޕީސަން ގޯތީގެ އިމުން ބޭރުން ގޯތީގެ ހުޅަނގު
ފަރާތު އަތިރިމަތީގައި އިންދާ ހައްދާފައިވާ 03 (ތިނެއް) ރުކުގެ މިލްކުވެރިއަކީ އިބްރާހީމް ޝައުކަތުކަމަށް
ބެލެވެން ނެތްކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/80 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމުގައި، ގދ.
ގައްދޫ ހެޕީސަން ގޯތީގެ އިމުން ބޭރުން ގޯތީގެ ހުޅަނގު ފަރާތު އަތިރިމަތީގައި އިންދާ ހައްދާފައިވާޑީ ކާޑްގެ އި
COCC
a
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ވާ،
ދިވެހިރާއްޖެ
5
2012/HC-A/22
(7ހ2 4
مهر توسط مرد
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ތިނެއް) ރުކަކީ އިބްރާހީމް އަމިއްލަ މަސައްކަތުން އިންދާ ހައްދާފައިވާ 03 (ތިނެއް) ރުއްކަން
ޝަރީޢަތަށް ސާބިތުވާ ކަމަށާއި އެރުއްތައް ސާފުކޮށް ބެލެހެއްޓުމާއި އެރުއްތަކުން އަޅައި، ކެއުމުގެ އެންމެހައި
ބާރެއް ލިބިގެންވަނީ އިބްރާހީމް ޝައުކަތަށް ކަމަށް ކަނޑައަޅުއްވާފައިވަނީ ޤާނޫނީ ހަމަތަކާ
ނޫންކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
ގދ ޏ07
مرد می
.ޏ ސ ޑ •
ޤަބޫލުކުރެވެއެވެ.
ޙުކުމް
ހއ 3632
ބަޔާންކުރެފު
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް
ހުރުމާއެކު، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/80 ޤަޟިއްޔާގެ
ޙުކުމުގައި، ގައްދޫ ހެޕީސަން ގޯތީގެ އިމުން ބޭރުން ގޯތީގެ ހުޅަނގު ފަރާތު އަތިރިމަތީގައި އިންދާ
ހައްދާފައިވާ 03 (ތިނެއް) ރުކަކީ އިބްރާހީމް ޝައުކަތުގެ އަމިއްލަ މަސައްކަތުން އިންދާ ހައްދާފައިވާ 03
(ތިނެއް) ރުއްކަން ޝަރީޢަތަށް ސާބިތުވާ ކަމަށާއި އެރުއްތައް ސާފުކޮށް ބެލެހެއްޓުމާއި އެރުއްތަކުން އަޅައި،
ކެއުމުގެ އެންމެހައި ބާރެއް ލިބިގެންވަނީ އިބްރާހީމް ޝައުކަތުކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނީ
އުޞޫލުތަކާ ޚިލާފަށްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/Q4MC/80
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް ފިމެވެ.
ދިވެހިރާއްޖޭގެ
އައިކޯޓް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv