ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/91 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/91
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓު
.ރޫޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 91/HC-A/2010
އިސްތިއުނާފް ކުރިފަރާތް:
+ ނަން: ޙަސަން ޙަބީބު
އައިޑީ ކާޑު ނަންބަރު: A037035
* ދާއިމީ އެޑްރެސް: މއ. . ކޮއްދިއްޕަރު(މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޢާރިފް
އައިޑީ ކާޑު ނަންބަރު: A06596
*
ދާއިމީ އެޑްރެސް: މއ. އެވަރގްލޯރީ މާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 12 ޖުމާދަލްއޫލާ 1431
27 އެޕްރީލް 2010
ނިމުނު ތާރީޚް: 26 ޝައްވާލް 1433
13 ސެޕްޓެމްބަރު 2012
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު 2009/MC/1986
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: މަދަނީ ކޯޓު
* ހުށަހެޅުނު ތާރީޚް: 26 އޮގަސްޓް 2009
t
ނިމުނު ތާރީޚް: 6 މާޗް 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު
. އަޒްމިރާލްދާ ޒާހިރު
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/91
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ޙަސަން
ކޮއްދިއްޕަރު/މާލެ ދިވެހިރައްޔިތެއްކަން އަންގައިދޭ
އަންގައިދޭ ކާޑު ނަންބަރު A037053) ގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ
ފަރާތަކީ ޢަބްދުﷲ ޢާރިފް، އެވަރގްލޯރީ|މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
A065936} އެވެ.
ހ 2
30
ނއރ
• ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، ޙަސަން ޙަބީބު ހިންގަމުންދާ ޑޮލްފިން ރެސްޓޯރެންޓުން ބަޔަކަށް އެކި
ދުވަސްމަތިން ކާންދެމުންގޮސް ކެއުމަށްދިޔަ ޚަރަދު ކަމުގައިވާ 558,853
/
80ރ. (ފަސްލައްކަ
ފަންސާސްއަށްހާސް އަށްސަތޭކަ ފަންސާސް ތިން ރުފިޔާ އަށްޑިހަ ލާރި) ގެ ތެރެއިން ޙަސަން ޙަބީބުގެ
ފަރާތުން ޢަބްދުﷲ ޢާރިފަށް ދޭންޖެހޭ -/380,510ރ. (ތިންލައްކަ އަށްޑިހަހާސް ފަސްސަތޭކަ ދިހަ ރުފިޔާ)
ކެނޑުމުން ބާކީވާ 178,343
/
80ރ. (އެއްލައްކަ ހަތްދިހައަށްހާސް ތިންސަތޭކަ ސާޅިސްތިން ރުފިޔާ އަށްޑިހަ
ލާރި) ހޯދުމަށްއެދި ޢަބްދުﷲ ޢާރިފްގެ މައްޗަށް ޙަސަން ޙަބީބު ދަޢުވާކުރުމުން މަދަނީ ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދަޢުވާގައިބުނާ ޙަސަން ޙަބީބު
ހިންގަމުންގެންދާ ޑޯލްފިން ރެސްޓޯރެންޓުން ބަޔަކަށް އެކި ދުވަސްމަތިން ކާންދެމުންގޮސް ކެއުމަށްދިޔަ
ޙަރަދުކަމުގައިވާ 558,853
/
80ރ. (ފަސްލައްކަ ފަންސާސްއަށްހާސް އަށްސަތޭކަ ފަންސާސް ތިން ރުފިޔާ
އަށްޑިހަ ލާރި) އިން ޙަސަން ޙަބީބުގެ ފަރާތުން ޢަބްދުﷲ ޢާރިފަށް ދޭންޖެހޭ -/
380,510ރ. (ތިންލައްކަ
އަށްޑިހަހާސް ފަސްސަތޭކަ ދިހަ ރުފިޔާ) ކެނޑުމުން ބާކީވާ 178,343
/
80ރ. (އެއްލައްކަ ހަތްދިހައަށްހާސް
ތިންސަތޭކަ ސާޅިސްތިން ރުފިޔާ އަށްޑިހަ ލާރި) އަކީ ޢަބްދުﷲ ޢާރިފްގެ ފަރާތުން ޙަސަން ޙަބީބަށް ދޭންޖެހޭ
ފައިސާކަން ޙަސަން ޙަބީބަށް ސާބިތުކޮށްދެވިފައިނުވާތީ، މިފައިސާ ޢަބްދުﷲ ޢާރިފްގެ ކިބައިން ޙަސަން
ucou
COX >
ދިވެހިރާއްޖޭގެ ހައިކޯޓް، އާ ދުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް A16471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/91
ޝަރީޢަތް
ޙަބީބަށް ނަގައިދެވޭނެތަނެއް ނެތްކަމަށް ކަނޑައަޅައި، އެގޮތުގެމަ
ތުގެމަތިންކަން އެޤަޟިއްޔާގެ
ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
2. މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޙަސަން ޙަބީބުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ދަޢުވާ ސާބިތުކުރުމަށް ޙަސަން ޙަބީބު ހުށަހެޅި ކޭ.އޯ.ޓީ.
ބެއްލެވުމެއްނެތި ދަޢުވާ ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
ޝަރީޢަތަށް ގެންދަވާ އެއަށް
0
ދެވަނަ ނުކުތާއަކީ، ޙަސަން ޙަބީބު މި ކޭ.އޯ.ޓީ. ތަކުގެ މައްޗަށް ޢަބްދުﷲ ޢަރީފާއި
ޙަސަން ޙަބީބާއާ ދެމެދު ބަދަލުކުރެވިފައިވާ އެސް.އެމް.އެސް. ތައް ޝަރީޢަތަށް ގެންދަވާފައިވާއިރު، ޤާޟީ
ވާހަކައެއް ރިޕޯޓުގައި ނުލިއުއްވާ ދަޢުވާ ސާބިތު ނުވާކަމަށް
ކަނޑައަޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
އެކަމާބެހޭ
އެއްވެސް
ތިންވަނަ ނުކުތާއަކީ، ޙަސަން ޙަބީބު ހިންގި ރެސްޓޯރެންޓަކުން ދަރަންޏަށް
ކާންދީގެން އެފައިސާ ނުދިނުމަށް ޢަބްދުﷲ ޢާރިފްގެ ފަރާތުން ދެއްކި ވާހަކަތައް އެއީ ރަނގަޅުވާހަކައެއް
ކަމަށް ބައްލަވާ ޙަސަން ޙަބީބަށް ދަޢުވާ ސާބިތުކޮށް ނުދެވުނު ކަމަށް ޙުކުމް ކުރައްވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
OCCOU >
• ހަތަރުވަނަ ނުކުތާއަކީ، ޙަސަން ޙަބީބުގެ ތަކެއްޗާއި ސާމާނުގެ މައްޗަށް އޮތްކާނާ
ދަރަންޏަށް ކާންދެއްވާ، އަދި ކައި ހެދުމަށްފަހު، އެފައިސާވެސް ނުދޭންވެގެން ދެއްކި ވާހަކަތައް އެއީ ރަގަޅު
ހަކަކަމަށް ހައްދަވައި، ޙަސަން ޙަބީބުގެ ދަޢުވާ ސާބިތުނުވާ
މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
99907ނ
3 ދދވ
ސަބޗސްކޮށް
ހައްދަވާ
• ފަސްވަނަ ނުކުތާއަކީ، ފާހަގަކުރެއްވި ނުކުތާތަކުގެ 1 ވަނަ ނަންބަރުގައި ހިމެނޭ 2
ވަނަ ފޮޅުވަތުގައިވާ -/80558,853ރ. މިޢަދަދުންވެސް ވަކިގޮތަކަށް މައްސަލަ ބައްޓަންކުރެވޭތޯ
ދިވެހިރާއްa؟
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 316471*
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2010/HC-A/91
އުޅެފައިވާކަން އެނގެން އޮތުމުން މިފަދަ ޤަޟިއްޔާއަކީ، މުޢުތަބަރު ލިއުމެއްކަމުގައި ނުވުމުން މިޤަޟިއްޔާގެ
ޙުކުމާމެދު ހައިކޯޓުގެ ނިންމުމަކަށް އެދެންޖެހޭގޮތަށް ޤަޟިއްޔާ ނިމިފައިވާކަމަށްބުނެ ހުށަހަޅާފައިވާ
OXU COCC
ނުކުތާއެވެ.
.3
މައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން ޙަސަން ޙަބީބުގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ
ޢަބްދުﷲ އާރިފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
ccc
ދ 4 ހއ ހދ
ކަންތައްތައި
COCCO
)
ފަހަކައެއް
293 އދ8
ކުeeކށް
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ދަށުކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދަޢުވާ ސާބިތުކުރުމުގެ ގޮތުން ޙަސަން ޙަބީބު ހުށަހެޅި ކޭ.އޯ.ޓީ. ތައް ޝަރީޢަތަށް
ގެންދަވާ އެއަށް ބެއްލެވުމެއްނެތި
ބެއްލެވުމެއްނެތި ދަޢުވާ ސާބިތުނުވާކަމަށާއި، ޙަސަން ޙަބީބު ކޭ.އޯ.ޓީ. ތަކުގައި
ބަޔާންކޮށްފައިވާ ފައިސާއާމެދު ޢަބްދުﷲ ޢަރީފާއި ޙަސަން ޙަބީބުއާ ދެމެދު ބަދަލުކުރެވިފައިވާ
އެސް.އެމް.އެސް. ތައް ޝަރީޢަތަށް ގެންދަވާފައި ވީނަމަވެސް، މައްސަލަ ބެއްލެވި ޤާޟީ އެއާބެހޭ އެއްވެސް
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ނުހިމަނުއްވާ ދަޢުވާ ސާބިތު ނުވާކަމަށް
ކަނޑައަޅުއްވާފައިވާކަމަށްބުނެ ޙަސަން ޙަބީބުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނަޒަރުކުރާއިރު،
ދަޢުވާއާއެކު ހެކީގެ ގޮތުގައި ޙަސަން ޙަބީބުގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅާފައިވާ
ކޭ.އޯ.ޓީ. ނުވަތަ ބިލްތަކަށް، މަދަނީ ކޯޓުގައި މިމައްސަލަ ބެއްލެވި ޤާޟީ ބައްލަވައި އޭގައިވާ މަޢުލޫމާތުގެ
ރިއާޔަތްކުރައްވާފައިވާކަން، މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 2 ވަނަ ނަންބަރަށާއި 3 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮންނަކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާއެކު ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި
ހިމެނިފައިވާ، މިމައްސަލައާ ގުޅިގެން ދަށުކޯޓަށް ހެކިބަސް ދީފައިވާ ހ. ވެހެލި މުޙައްމަދު ޙަމީދުގެ
ހެކިބަހަށާއި، މިމައްސަލައިގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ޢަބްދުﷲ ޢާރީ
މިއަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
2010/HC-A/91
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
cocco
ޙަސަން ޙަބީބުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޙަސަން ޙަބީބުގެ ރެސްޓޯރަންޓަށް ޢަބްދުﷲ ޢާރިފް
ކާން ފޮނުވާ ފަރާތްތަކަށް ޙާއްޞަ ކާޑެއް ދޫކުރެވިފައިވާކަމާއި، އެއްބަސްވުމުގެ ދަށުން ޙަސަން ޙަބީބުގެ
ރެސްޓޯރަންޓުން ކާންދެނީ މިދެންނެވި ކާޑު ހިފައިގެން ދިޔުމުންކަމާއި، މިގޮތުގެމަތިން ކާންދާ ފަރާތްތަކުން
ކެއުމަށްފަހު ބިލުގައި އެމީހެއްގެ ނަންޖަހައި ސޮއިކުރަންޖެހޭކަން އެނގެން އޮތްކަމާއި، އެހެންނަމަވެސް،
އިސްވެދެންނެވިފައިވާ ކޭ.އޯ.ޓީ. ނުވަތަ ބިލްތަކަށް ބަލާއިރު، އެލިޔެކިޔުންތަކަކީ ޢަބްދުﷲ ޢާރިފްއާއި ޙަސަން
ޙަބީބާއާ ދެމެދު ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް ތައްޔާރުކުރެވިފައިވާ ލިޔެކިޔުންތަކެއް ނޫންކަމާއި،
އަދި، ޙަސަން ޙަބީބު އާއި ޢަބްދުﷲ ޢާރިފްއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން
ޙަސަން ޙަބީބުގެ ރެސްޓޯރަންޓުން އެކިދުވަސްވަރު މަތިން ކާންދީގެ ޚަރަދުވެފައިވަނީ ޖުމްލަ
558,853
/
80ރ. (ފަސްލަކަ ފަންސާސްއަށްހާސް އަށްސަތޭކަ ފަންސާސް ތިން ރުފިޔާ އަށްޑިހަ ލާރި)
ކަމަށް މަދަނީ ކޯޓުގައި ޙަސަން ޙަބީބު ކޮށްފައިވާ ދަޢުވާގައި ބުނެފައިވީނަމަވެސް، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ އިސްވެދެންނެވިފައިވާ ކޭ.އޯ.ޓީ. ނުވަތަ ބިލްތަކަށް ބަލާއިރު، އެ ކޭ.އޯ.ޓީ. ނުވަތަ ބިލްތަކުގެ
ޖުމްލަ އިސްވެދެންނެވިފައިވާ އަދަދާ ވަރަށް ބޮޑަށް ތަފާތުވާކަމާއި،
ޙަސަން ޙަބީބް އާއި ޢަބްދުﷲ ޢާރިފް އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފަހުން
ފައިސާ ދައްކާ ގޮތަށް ޙަސަން ޙަބީބުގެ ރެސްޓޯރަންޓުން ޢަބްދުﷲ ޢަރީފް ބަޔަކަށް ކާންދިނުމުގެ ސަބަބުން
ޙަސަން ޙަބީބުއަށް ޢަބްދުﷲ އާރިފް ދޭންޖެހި ނުދީވާ ފައިސާއާ ބެހޭ ގޮތުން މިދެފަރާތުގެ ދެމެދުގައި
ބަދަލުކުރެވިފައިވަ އެސް.އެމް.އެސް. ތަކެއްކަމަށް ބުނެ ޙަސަން ޙަބީބުގެ ފަރާތުން މަދަނީ ކޯޓަށް
ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އެލިޔެކިޔުންތަކުގައި ޢަބްދުﷲ ޢާރިފްގެ ފަރާތުން ޙަސަން ޙަބީބަށް
ދައްކަންޖެހޭ ފައިސާތަކެއްގެ ވާހަކަ ބަޔާންކޮށްފައިވީނަމަވެސް، އަދި އެފައިސާ ދައްކާނެކަމުގެ ޔަޤީންކަން
ޢަބްދުﷲ އާރިފްގެ ފަރާތުން ޙަސަން ޙަބީބުއަށް ދީފައިވީނަމަވެސް، އެލިޔެކިޔުންތަކުގައިވެސް ޢަބްދު
ޢާރިފްގެ ފަރާތުން ޙަސަން ޙަބީބުއަށް ދޭންޖެހޭ ފައިސާގެ ޢަދަދެއް އެނގެން ނެތްކަމާއި،
އެހެންކަމުން، އިސްވެދެންނެވިފައިވާ ކޭއޯ.ޓީ. ނުވަތަ ބިލްތަކާއި، އެސް.އެމް.އެސް. ތައް
ދަޢުވާ ސާބިތުކުރުމަށްޓަކައި ޙަސަން ޙަބީބުގެ ފަރާތު މަދަނީ ކޯޓަށް ހުށަހަޅާފައިވީނަމަވެސް، ދަޢުވާއާއެކު
މަދަނީކޯޓަށް ހުށަހެޅިފައިވާ ބިލްތައް އެލިޔެކިޔުމެއްގެ މައްޗަށް ބިނާކޮށްފައިވާ ލިޔެކިޔުންތައް ޝަރީޢަތަށް
އޮޅުން ފިލާފަދައަކުން، އަދި ދަޢުވާގައިވާ އަދަދުތައް ސާފުވާނޭ ފަދައަކުން ހުށަހަޅައި، އެކަން ދަޢުވާކުރާ
ފަރާތުން ސާފުކޮށްދީފައިނުވާކަމަށް މަދަނީކޯޓުން ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވެން ނެތްކަމެވެ.
018
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029. ފެކްސް ، ދިވެހިން
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
6
2010/HC-A/91
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OXU COC
(ނ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނަންބަރުގެ 2 ވަނަ ފޮޅުވަތުގައިވާ
-/80558,853ރ. މިޢަދަދުންވެސް ވަކިގޮތަކަށް މައްސަލަ ބައްޓަންކުރެވޭތޯ އުޅެފައިވާކަން އެނގެން
އޮތުމުން މިފަދަ ޤަޟިއްޔާއަކީ، މުއުތަބަރު ލިއުމެއްކަމުގައި ނުވުމުން މިޤަޟިއްޔާގެ ޙުކުމާމެދު ހައިކޯޓުގެ
ނިންމުމަކަށް އެދެންޖެހޭގޮތަށް މިޤަޟިއްޔާ ނިމިފައިވާކަމަށްބުނެ ޙަސަން ޙަބީބުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއާމެދު ނަޒަރުކުރާއިރު،
މިމައްސަލައިގައި މަދަނީ ކޯޓުން ނެރުއްވާފައިވާ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނަންބަރުގައި ހިމެނޭ 2 ވަނަ ފޮޅުވަތުގައި، ޙަސަން ޙަބީބު އެކޯޓަށް
ހުށަހަޅާފައިވާ ދަޢުވާ ބަޔާންކުރަމުން، ހިސާ
،އަކުރުން ލިޔުއްވާފައިވާ -/
80558,853ރ. ގެ ފަހަތުން
އެއަދަދު ތާނައިން "ފަސްލަކަ ފަންސާސްއަށްހާސް އަށްސަތޭކަ ފަންސާސް ތިން ރުފިޔާ އަށްޑިހަ ލާރި"
މިފަދައިން ލިޔުއްވާފައި ވުމުންނާއި، އެޢަދަދު އެގޮތަށް ރިޕޯޓުގެ އެހެން އެއްވެސް ތަނެއްގައި ލިޔުއްވާފައި
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 1 ވަނަ ނަންބަރުގެ 2 ވަނަ
ފޮޅުވަތުގައި، ޙަސަން ޙަބީބު އެކޯޓަށް ހުށަހަޅާފައިވާ ދަޢުވާ ބަޔާންކުރަމުން، ހިސާބުއަކުރުން ލިޔުއްވާފައިވާ
-80558,8531ރ. ލިޔުއްވިފައިވަނީ ލިޔުމުގެ ކުށަކުން (typographical error) ކަން އެނގޭކަމާއި،
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގައި
.ތާތަކުގައި ލިޔުމުގެ ކުށަކުން އެގޮތަށް ލިޔެވިފައިވުމަކީ
މުޅި ޙުކުމުގެ ޞައްޙަކަން ގެއްލިގެންދާނޭ ކަމެއްނޫންކަމެވެ.
ހިސާބުއަކު
93 9
ނޭފަމުން،
cca
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައާއެކު ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށާއި، މިމައްސަލައާ ގުޅިގެން ދަށުކޯޓަށް ހެކިބަސް ދީފައިވާ ހ. ވެހެލި، މުޙައްމަދު ޙަމީދުގެ
ހެކިބަހަށާއި، މިމައްސަލައިގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މައްސަލައިގައި ހިމެނޭ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބަލާއިރު، ޙަސަން ޙަބީބު ހިންގާ ރެސްޓޯރަންޓެއްކަމަށްވާ ޑޮލްފިން ރެސްޓޯރަންޓްއިން، ފަހުން ފައިސާ
ދައްކާގޮތަށް ޢަބްދުﷲ ޢާރިފް ފޮނުވާ ބަޔަކަށް ކާންދިނުމަށް އެދެފަރާތުގެ ދެމެދުގައި އެއްބަސްވެ،
އެގޮތުގެމަތިން ޢަބްދުﷲ އާރިފް ފޮނުވާފައިވާ ބަޔަކަށް ޙަސަން ޙަބީބު ހިންގާ ރެސްޓޯރަންޓުން
ކާންދީފައިވާކަން މަދަނީ މިންގަނޑުތަކުން ސާބިތުވާކަމާއި، ޙަސަން ޙަބީބުއާއި ޢަބްދުﷲ ޢާރިފްއާ ދެމެދު
މިދެންނެވުނު ވިޔަފާރީގެ މުޢާމަލާތް ހިނގާފައިވާކަމަށް ޢަބްދުﷲ ޢާރިފްވެސް އިންކާރުކޮށްފައިނުވާކަމާއި،
މިމައްސަލައިގައި ޢަބްދުﷲ ޢާރިފްގެ ފަރާތުން މަދަނީ ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 13316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
2010/HC-A/91
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މަރުޙަލާގައިވެސް އިންކާރުކޮށްފައިވަނީ މިމުޢާމަލާތާ ގުޅިގެން ޢަބްދުﷲ ޢާރިފްގެ ކިބައިން ހޯދުމަށް ޙަސަން
ޙަބީބު ދަޢުވާކޮށްފައިވާ ފައިސާގެ އަދަދާމެދުކަން، މިމައްސަލައިގެ ދަށުކޯޓުގެ މަރުޙަލާގައި އަދި ދިވެހިރާއްޖޭގެ
ހައިކޯޓުގެ މަރުޙަލާގައި ޢަބްދުﷲ ޢާރިފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ
ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމާއި،
މިބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން މިހާތަނަށް ޢަމަލުކުރަމުން އައިސްފައިވާ ގޮތަކީ
ވާކުރި ފަރާތުން ހޯދުމަށް އެދި ހުށަހެޅި ފައިސާގެ އަދަދު ސާބިތުވާނަމަ އެއަދަދު ދެއްކުމަށް ދަޢުވާލިބޭ
ފަރާތަށް އަންގަވައި
ޙުކުމްކުރެއްވުން ކަމާއި، އަދި ދަޢުވާކުރި ފަރާތުން ހޯދުމަށް އެދި ހުށަހެޅި ފައިސާގެ
ޖުމްލަ އަދަދު އެއްކޮށް ސާބިތުވާން ނެތް ހާލަތުގައި، ދަޢުވާކުރި ފައިސާގެ ޖުމްލަ އަދަދު
ސާބިތުނުވިކަމުގައިވިޔަސް، މަދަނީ ދަޢުވާތައް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް އޮންނަ
ގަނޑުތަކުން ސާބިތުވާން އޮތް ފައިސާގެ މިންވަރެއްވާނަމަ އެފައިސާގެ މިންވަރު ކަނޑައަޅުއްވައި
އެގޮތުގެ މަތިން މިފަދަ މައްސަލަތައް ނިންމެވުމަކީ، އިންސާފު ގާއިމުކޮށް، ޙައްޤުގެ ވެރިފަރާތަށް އެފަރާތުގެ
ޙައްޤު ހޯދައިދިނުމުގައި އެންމެ އަދުލުވެރި ގޮތްކަންއެނގޭކަމާއި، މިކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
291/HC
-
A/2011 ޤަޟިއްޔާ ގައިވެސް ކަނޑައެޅި ބަޔާންވެގެންވާ ކަމެއްކަމެވެ.
رند نسب
ވީމާ، މިމައްސަލަ ބެލުމުގައި ބައިވެރި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ،
ޙަސަން ޙަބީބުއާއި ޢަބްދުﷲ ޢާރިފްއާ ދެމެދު ކުރެވިފައިވާ، އިސްވެދެންނެވިފައިވާ ވިޔަފާރީގެ މުޢާމަލާތަކީ
އެދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުޢާމަލާތެއްކަމާއި، އެމުޢާމަލާތާ ގުޅިގެން ޢަބްދުﷲ ޢާރިފްގެ ކިބައިން
ޙަސަން ޙަބީބަށް ދައްކަންޖެހި ނުދައްކާވާ ފައިސާއެއް އޮތުމަކީ އެކަށީގެންވާކަމެއްކަމަށް މަދަނީ މިންގަޑުތަކުން
ސާބިތުވާއިރު، އެދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާގެ މިންވަރުތައް ހުށަހަޅާފައިވާ ލިޔެކިޔުމުން ސާފުކޮށް
އެނގެން ނެތްކަމަށް
ބަޔާންކުރައްވައި، އެޤަޟިއްޔާގައި ހޯދުމަށް އެދި ޙަސަން ޙަބީބުގެ ފަރާތުން
ހުށަހަޅާފައިވާ ފައިސާއާމެދު އެޤަޟިއްޔާއިން ފައިސަލާކޮށްފައި ނުވުމަކީ، މިފަދަ މައްސަލަތަކުގައި
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން މިހާތަނަށް ޢަމަލުކުރައްވަމުން ގެންދެވިގޮތާ ޚިލާފު، އަދި އިންސާފުގެ
ހަމަތަކާ ދުރު ކަމެއްކަމަށާއި، އެހެންކަމުން، މިމައްސަލާގައިވެސް، މަދަނީ ދަޢުވާތައް ސާބިތުކުރުމަށް އޮންނަ
މިންގަނޑުތަކުން ސާބިތުވާން އޮތް ފައިސާގެ މިންވަރެއްވާނަމަ އެފައިސާގެ މިންވަރު ކަނޑައަޅުއްވައި
މަތިން މިމައްސަލައިގެ މިނުކުތާއާމެދު ދަށު ކޯޓުން ފައިޞަލާކުރަނިވި ޙުކުމެއް
ކުރައްވަންޖެހޭނެކަ
ނެކަމުގައެވެ.
އެގޮތުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029 ، ފެކްސް:MI6471( ދިވެހިންގެ
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8
2010/HC-A/91
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަކީeވ
އެމެޢު2
ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ކުތާތަކުގައި
ބަޔާންކުރެވުނު
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2009/MC/1986 ޤަޟިއްޔާގައި ހިމެނޭ
މައްސަލައިގައި ޙަސަން ޙަބީބުއާއި ޢަބްދުﷲ ޢާރިފްއާ ދެމެދު ވިޔަފާރީގެ މުޢާމަލާތެއް ކުރެވިފައިވާކަމާއި،
ޢާމަލާތާ ގުޅިގެން ޢަބްދުﷲ އާރިފްގެ ކިބައިން ޙަސަން ޙަބީބަށް ދައްކަންޖެހި ނުދައްކާވާ ފައިސާއެއް
އޮތުމަކީ އެކަށީގެންވާކަމެއްކަމަށް މަދަނީ މިންގަޑުތަކުން ސާބިތުވާކަމާއި، އެހެންކަމުން އެމައްސަލާގައި،
މަދަނީ ދަޢުވާތައް ސާބިތުކުރުމަށް އޮންނަ މިންގަނޑުތަކުން ސާބިތުވާން އޮތް ފައިސާގެ މިންވަރެއްވާނަމަ
އެފައިސާގެ މިންވަރަކީ ކޮބައިކަން ސިވިލް ކޯޓުން އަލުންބައްލަވައި ނިންމެވުމަށް، އެމައްސަލަ، ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިވިލް ކޯޓަށް ތަޙުލީލުކުރުމަށް މިމައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރި
ޢައްބާސް ޝަރީފް
ފަނޑިޔާރު)
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv