ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/71 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/71
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 71/HC-A/2010
• އިސްތިއުނާފު ކުރި ފަރާތް:
ނަން: ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑް
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު:63
/
2004-C
ދާއިމީ އެޑްރެސް: މއ. ވައްފަރު މާލެ
* މިހާރުގެ އެޑްރެސް: މއ. ވައްފަރު/ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑް
* ކުންފުނީގެ ރަޖިސްޓްރީ ނަންބަރު: 07
/
2001-C
، ދާއިމީ އެޑްރެސް: ފ. ކާނޭޝަންވިލާ މާލެ
މިހާރުގެ އެޑްރެސް:
ކާނޭޝަންވިލާ މާލެ
0
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 17 ރަބީޢުލްއާޚިރު 1431
04 އޭޕްރީލް 2010
ނިމުނު ތާރީޚް: 11 ޖުމާދަލްއާޚިރާ 1436
31 މާރޗް 2015
0
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/2177
ނިންމެވި ކޯޓު: މަދަނީ ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް:
17 ސެޕްޓެމްބަރ 2009
• ޤަޟިއްޔާ ނިމުނު ތާރީޚް: 13 ޖެނުއަރީ 2010
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/71
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2177 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. މަދަނީ ކޯޓުގެ ނަންބަރު 2009/MC/2177 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ.
14
2. މަދަނީ ކޯޓުގެ ނަންބަރު 2009/MC/2177 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ޙަވާލުކޮށްގެން ވިއު ބިލްޑަރސް ޕްރައިވެޓް
ލިމިޓެޑުން ފޭރިގަސްދޮށުގޭގައި ކޮށްފައިވާ 10 ބުރީގެ ޢިމާރާތް ކުރުމަށްޓަކައި އެގޭގައި ކުރިން ހުރި
ޢިމާރާތް ތަޅައި ބިން ސާފުކުރުމުގެ މަސައްކަތްތަކުގެ އަގަށް ދައްކަންޖެހޭ 1-90,000ރ. (ނުވަދިހަހާސް
ރުފިޔާ) ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިނުވާތީ، މިފައިސާ ހޯދުމަށް އެދި ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
އިޖްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/71
3. މިމައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2009/MC/2177 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެފާހަގަކުރެވުނު
ނުކުތާތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ރިއާޔަތްކޮށް ބަލާއިރު، ފޭރިގަސްދޮށުގޭގައި ކޮށްފައިވާ 10
ބުރީގެ ޢިމާރާތް ކުރުމަށްޓަކައި އެގޭގައި ކުރިން ހުރި ޢިމާރާތްތައް ތަޅައި ބިން ސާފުކުރުމުގެ މަސައްކަތްތަކުގެ
އަގުކަމުގައިވާ -/90,000ރ. (ނުވަދިހަ ހާސް ރުފިޔާ) އަކީ ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ދޭންޖެހޭ
ފައިސާއެއްކަމަށްބުނެ ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައިވާ މިމައްސަލައިގައި،
ފޭރިގަސްދޮށުގޭގައި ޢިމާރާތް ކުރުމަށްޓަކައި ދެފަރާތުގެ ދެމެދުގައި 16 އޭޕްރީލް 2007 ގައި
އެއްބަސްވުމެއް ވެފައިވާކަމާއި، އެއެއްބަސްވުމުގައި ޢިމާރާތް ކުރުމަށްޓަކައި ކަނޑައެޅި
ބަޔާންކުރެވިފައިވާއިރު، އެއަގުގެ އިތުރުން އެގޭގައި ކުރިން ހުރި ޢިމާރާތްތައް ތަޅައި ބިން ސާފުކުރުމަށް ދިޔަ
ޚަރަދު ދޭން ޖެހޭނެ ކަމާމެދު ދަޢުވާލިބޭ ފަލިމް ގްރޫޕް ޕވޓ. ފަރާތުން އިންކާރުކުރާތީއާއި،
މިމަސައްކަތަކީ ވަކިން އައު ކުރެވޭނެ މަސައްކަތެއްކަމަށް ދަޢުވާކުރާ ވިއު ބިލްޑަރސް ޕވޓ.
ފަރާތުން ސާބިތުކޮށް ދެވިފައިނުވާތީ، ވިއު ބިލްޑަރސް ޕވޓ. އިން ދަޢުވާގައި އެދިފައިވާގޮތަށް
ކަނޑައަޅައި ދެވެން ނެތްކަމަށް ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
އަގެއް
|
ލިeޑ. ގެ
4. މަދަނީ ކޯޓުގެ ނަންބަރު 2009/MC/2177 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 06 (ހަތެއް)
ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
cu o
ނށ ބއއ
ދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ،
ފޭރިގަސްދޮށުގޭގައި ކުރިން ހުރި ޢިމާރާތްތަޅައި ބިން ސާފުކުރުމުގެ
މަސައްކަތަކީ އަގުނުނަގާ ގޮތަށް ކޮށްދިނުމަށް މަސައްކަތް ކުރި ފަރާތުން އެއްބަސްވެފައިވާ މަސައްކަތަކަށް
އިޓިހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/71
ނުވާއިރު، މިފަދަ ގޮތަކަށް އެއްބަސްވެފައިނެތްނަމަ މިފަދަ މަސައްކަތްތަކަކީ ވަކިން އަގު ކުރެވޭ
މަސައްކަތެއްކަމުގައި ބެލެވި، މިގޮތަށް ޢަމަލުކުރެވުމުން އަންނަހިނދު، މަދަނީ ކޯޓުގެ މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 4 ވަނަ ނުކުތާގައި ޢިމާރާތް ތަޅައި ބިންސާފުކުރުމުގެ މަސައްކަތަށް
ވަކިން އަގުކުރެވޭނެކަމަށް އެއްބަސްވުމެއް އެކުލަވާލެވިފައިނުވާތީ މިމަސައްކަތަކީ ވަކިން އަގުކޮށް ފައިސާ
ދޭންޖެހޭނޭ މަސައްކަތެއް ނޫންކަމަށް ފާހަގަ ކުރައްވައި އެގޮތުގެމަތީން ބައްލަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ
ނއތއ•
1/
• ދެވަނަ ނުކުތާއަކީ، ފޭރިގަސްދޮށުގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި ބިން ސާފުކުރުމަށްފަހު
މިމަސައްކަތަށް ފައިސާ ދިނުމަށް އެދި އިންވޮއިސް ފޮނުވާފައިވުމަކީ މިމަސައްކަތަކީ މަސައްކަތުގެ އަގުނަގާ
ގޮތަށް މަސައްކަތްކުރި ފަރާތުން ކޮށްފައިވާ މަސައްކަތެއްކަން ދަލީލު ކޮށްދޭކަމަށްވާއިރު، މައްސަލަ ނިމުނު
ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 5 ވަނަ ނުކުތާގައި ދަޢުވާކުރާފަރާތުން ދަޢުވާލިބޭ ފަރާތަށް
ފޮނުވާފައިވާ އިންވޮއިސްތަކަކީ މިމަސައްކަތަކީ ފައިސާ ލިބެންޖެހޭ މަސައްކަތެއްކަމަށް ދަލީލުކޮށްދޭކަމެއް
ނޫންކަމުގައި ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، ދަޢުވާލިބޭ ފަރާތާއި ދަޢުވާކުރާފަރާތާއި ދެމެދު ފޭރިގަސްދޮށުގޭގައި 10
ބުރީގެ ޢިމާރާތެއް ކުރުމަށްޓަކައި ވެވުނު އެއްބަސްވުމުގެ ބައެއްކަމުގައި ހިމެނޭ ބިލްއޮފް ކުއަންޓިޓީސްގައި
"އެވަގުތު ހުރި ޢިމާރާތް ތަޅާލުމަށް” މިހެން ލިޔެފައިވާ ދިމާލުގައި އަގު ޖަހާފައިނެތީ އެމަސައްކަތަކީ
އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާ އަދި އެއްބަސްވުމުގެ ދަށުން ކުރެވިފައިވާ މަސައްކަތަކަށް
ނުވާތީކަމަށްވާއިރުއާއި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 2 ގައި
ފެރުގަސްދޮށުގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި ބިންސާފުކުރުމުގެ މަސައްކަތަކީ ބިލް އޮފް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/71
ކުއަންޓިޓީސްގައި ހިމެނިފައިވާ މަސައްކަތަކަށްވާތީއާއި، ދެންނެވުނު ބިލް އޮފް ކުއަންޓިޓީސްގައި "އެވަގުތު ހުރި
ޢިމާރާތް ތަޅާލުމަށް" މިހެން ލިޔެފައިވާ ދިމާލުގައި އަގުޖަހާފައި ނެތުމުގެ މާނައަކީ މިމަސައްކަތަކީ
އަގުކުރެވިދާނެ މަސައްކަތަކަށް ނުވުން ކަމުގައި ފާހަގަ ކުރައްވާފައިވާކަމުގައި ބުނެ ހުށަހެޅި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ، ޢިމާރާތް ތަޅާލުމާމެދު ވަކި ގޮތަކަށް އެއްބަސްވެފައިނުވާކަން
އެނގެންއޮންނައިރު، މިމަސައްކަތް ޢިމާރާތްކުރި ފަރާތުން ކޮށްފައިވަނީ ހަމައެކަނި މަސައްކަތުގެ ޚަރަދަށް
ބަލައިގެންކަމަށް ވީހިނދު، މިމަސައްކަތަކީ މަސައްކަތްކުރާފަރާތުން އަމު ނުނަގާނެ މަސައްކަތެއްކަން މަސައްކަތް
ޙަވާލުކުރި ފަރާތުން ޤަބޫލުކުރަންޖެހޭނެ އެކަށީގެންވާ ސަބަބެއް ނެތްއިރު، ޢިމާރާތްތަޅާލުމުގެ މަސައްކަތުގެ އަގު
ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި
cecco
4 މ ގ ޏ ސ ހދ8
ދުން ނ.ޖީހޭނެކަމަށް
99އ ސ ޑ
ނމeއވެ
• ފަސްވަނަ ނުކުތާއަކީ،
ފޭރިގަސްދޮށުގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި
ބިންސާފުކޮށްފައިވަނީ ވިއުބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ތަކެއްޗާއި މުވައްޒަފުން ބޭނުންކޮށްގެން
ކަމަށްވީހިނދު އާއި، މިކަމަށް ދަޢުވާލިބޭފަރާތުން އިންކާރުކޮށްފައިނުވާއިރު، މިމަސައްކަތަކީ ވަކިން އަގު
ކުރެވިދާނޭ މަސައްކަތެއްކަން ވިއުބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮ
ބިތުކޮށްނުދެވޭނެކަމަށް ކަނޑައަޅުއްވައި
މައްސަލަ ނިންމަވާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދ
• ހަވަނަ ނުކުތާއަކީ، ފޭރިގަސްދޮށުގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި ބިން ސާފުކުރުމުގެ
މަސައްކަތަކީ އަގުނުނަގާ ގޮތަށް ކޮށްދޭ މަސައްކަތެއްކަމަށް ދަޢުވާކުރާ ފަރާތުން އެއްވެސް އިރެއްގައި
ބުނެފައިނުވާއިރު، މިފަދަ ގޮތަކަށް އެއްބަސްވެފައި ނެތްނަމަ އެނޫން ގޮތަކަށް ސާބިތުނުވާ ހިނދެއްގައި މިއީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/71
ވަކިން އަގުކުރެވޭނެ މަސައްކަތެއްކަމަށް ބަލަންޖެހޭނެ ކަމުގައި ވީހިނދު، މައްސަލައިގެ ޙުކުމުގައި
މިމަސައްކަތަކީ ވަކިން އަގުކުރެވިދާނެ މަސައްކަތެއްކަމަށް ދަޢުވާކުރާފަރާތަށް ސާބިތުކޮށް ނުދެވޭކަމަށް
ކަނޑައަޅުއްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2177 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ
މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު 2009/MC/2177
ޤަޟިއްޔާއަކީ، ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ޙަވާލުކޮށްގެން ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން
ފޭރިގަސްދޮށުގޭގައި ޢިމާރާތެއް ކުރުމަށްޓަކައި އެގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި ބިން ސާފުކުރުމުގެ
އަގަށް ދައްކަންޖެހޭ -/
90,000ރ. (ނުވަދިހަހާސް ރުފިޔާ) ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން
ދައްކާފައިނުވާކަމަށްބުނެ އެފައިސާ ހޯދުމަށްއެދި ވިއުބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން ދަޢުވާކުރުމުން މަދަނީ
ކޯޓުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
މަދަނީ ކޯޓުން އެޤަޟިއްޔާ ނިންމަވާފައިވަނީ ހ. ފާރުގަސްދޮށުގޭގައި ޢިމާރާތްކުރުމަށްޓަކައި ފަލިމް
ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި
ޢިމާރާތްކުރުމަށްޓަކައި އަގު ކަނޑައެޅިފައިވާއިރު، އެޢަގުގެ އިތުރުން އެގޭގައި ކުރިން ހުރި ޢިމާރާތްތަޅައި ބިން
ސާފުކުރުމަކީ ވަކިން އަގުކުރެވޭނެ މަސައްކަތެއްކަމަށް ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް
އިއްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
02އވެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2010/HC-A/71
c etc
ސާބިތުކޮށްދެވިފައިނުވާތީ، ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން އެދިފައިވާގޮތަށް އެފައިސާއަކީ ނަގައިދެވޭނެ
ފައިސާއެއްނޫންކަމަށް ކަނޑައަޅުއްވައި އެގޮތުގެމަތިންކަން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، ފޭރިގަސްދޮށުގޭގައި ޢިމާރާތެއް ކުރުމާބެހޭގޮތުން، ވިއު ބިލްޑަރސް
ޕްރައިވެޓް ލިމިޓެޑާއި، ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑާދެމެދު 16 އޭޕްރިލް 2007 ވަނަ ދުވަހު
އެއްބަސްވުމެއްގައި ސޮއިކުރެވުނުކަމާއި،
އެއެއްބަސްވުމުގެ ދަށުން މަސައްކަތުގެ ވެރިފަރާތާއި މަސައްކަތްކުރާ ފަރާތާ ދެމެދު
އެއްބަސްވެވިފައިވާ ކަންކަން ބަޔާންކުރެވިފައިވާއިރު، އެއްބަސްވުމުގެ 2 ވަނަ މާއްދާގައި، އެއްބަސްވުމާ
އެޓޭޗްކުރެވިފައިވާ އާކިޓެކްޗަރަލް ޑްރޮވިންގތަކާއި ބިލް އޮފް ކުއަންޓިޓީސްއާ އެއްގޮތްވާގޮތުގެ މަތީން
ފޭރިގަސްދޮށުގޭގައި ހަދާ ޢިމާރާތުގެ ކޮންކްރީޓް ސްޓްރަކްޗަރ އަދި ފިނިޝިން މަސައްކަތް ކުރުމަށް
މަސައްކަތްކުރާ ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވާކަމުގައި ބަޔާންކޮށްފައިވާކަމާއި،
P.
އެއްބަސްވުމުގެ 12 ވަނަ މާއްދާގައި، މަސައްކަތްކުރާ ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން
އެމަސައްކަތޙް ކުރުމަށް އެއްބަސްވާ އަދި މަސައްކަތުގެ ވެރިފަރާތްކަމުގައިވާ ފަލިމް ގްރޫޕް ޕްރައިވެޓް
ލިމިޓެޑުން މަސައްކަތްކުރާ ފަރާތަށް ދިނުމަށް އެއްބަސްވާ ފުރިހަމަ އަގު ބަޔާންކޮށްފައިވާއިރު އަގު ކަނޑައެޅި
ބަޔާންކުރެވިފައިވާ އެމަސައްކަތަކީ އެގްރީމެންޓާއެކު ހިމެނޭ ބިލް އޮފް ކުއަންޓިޓީސްގައި ހިމެނޭ
އެމާއްދާގައި ބަޔާންކޮށްފައިވާކަމާއި،
> COCCO
އިސްވެދެންނެވުނު ބިލް އޮފް ކުއަންޓިޓީސްއަށް ބަލާއިރު، ބިލް އޮފް ކުއަންޓިޓީސް އަކީ
އެއްބަސްވުމުގެ ބައެއްކަމުގައި އެއެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ބިލް އޮފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2010/HC-A/71
ކުއަންޓިޓީސްގައި
އެއްބަސްވުމުގެ
ޤުގެ ދަށުން ކުރެވޭނެ މަސައްކަތްތަކާއި އަގުކުރެވިފައިވާ މަސައްކަތްތަކުގެ އަގުތައް
ބަޔާންކުރެވިފައިވާއިރު ފޭރިގަސްދޮށުގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި ބިން ސާފުކުރުމުގެ
މަސައްކަތްވެސް އޭގައި ހިމެނިފައިވާކަމާއި، ނަމަވެސް އެމަސައްކަތުގެ އަގު އެލިޔުމުގައި ބަޔާންކޮށްފައިނުވާކަން
އެނގެންއޮންނައިރު، އެމަސައްކަތަކީ ބިލް އޮފް ކުއަންޓިޓީސްއާ ވަކިން އަގުކުރެވޭނެ މަސައްކަތެއްގެ ގޮތުގައި
ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއް ވެފައިވާކަން މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކާއި
ހުށަހެޅިފައިވާ ކަންކަމަށް ބެލުމުން އެނގެންނެތްކަމުން، ށ. ފޭރުގަސްދޮށުގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި
ބިން ސާފުކުރުމުގެ މަސައްކަތަކީ އަގު ކަނޑައެޅިފައިވާ މަސައްކަތެއްކަމުގައި ބެލެވެންނެތްކަމާއި، އަދި
އެމަސައްކަތުގެ އަގު ފޭރިގަސްދޮށުގޭގައި ޢިމާރާތެއް ކުރުމާބެހޭގޮތުން، ވިއު ބިލްޑަރސް ޕްރައިވެޓް
ލިމިޓެޑާއި، ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑާދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އަގުގެ އިތުރުން
ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭކަމަށް ބަލާނެ ތަނެއް
ORUC OU
ނީ 00ފ
(ނ) ތިންވަނަ ކަމަކީ، އިސްވެ ފާހަގަކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، އިސްތިއުނާފުކުރެވިފައިމިވާ މަދަނީ ކޯޓުގެ ނަންބަރު
2009/MC/2177 ޤަޟިއްޔާގައި ފޭރިގަސްދޮށުގޭގައި ކުރިން ހުރި ޢިމާރާތް ތަޅައި ސާފުކުރުމުގެ އަގުގެ
ގޮތުގައި ވިއު ބިލްޑަރސް ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް ދަޢުވާކުރި -/
90,000ރ. (ނުވަދިހަ ހާސްރުފިޔާ)
އަކީ ފަލިމް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ނަގައިދެވޭނެ ފައިސާއެއް
ނޫންކަމަށް މަދަނީ ކޯޓުން ނިންމަވާފައިވާ
.
ނިންމެވުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމުގައެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2010/HC-A/71
0
އެކުވެ:-
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2009/MC/2177 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv