ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/08 ޤަޟިއްޔާގެ ޙުކުމް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
21f0g/HC-I-SH/08
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
Sلاރ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0
ޤަޟިއްޔާ ނަންބަރ: 08/HC
-
I
-
SH/2009
ދަޢުވާކުރި ފަރާތް: މުޙައްމަދު ޙަސަންފުޅު
1- (ނަމާއި އާންމު ނަން) މުޙައްމަދު ޙަސަންފުޅު
ކާޑު ނަންބަރ: A058346
*
ދާއިމީ އެޑްރެސް: ވައިލެޓްވިލާ
މިހާރުގެ އެޑްރެސް: މއ. ރިހިއަލި
2- * އައިޑީ
ދަޢުވާލިބުނު ފަރާތް: އިލެކްޝަންސް ކޮމިޝަން
މިހާރުގެ އެޑްރެސް: -
ދަޢުވާގައި މަޞްލަޙަތެއް އޮވެގެން ބައިވެރިވި ފަރާތް:
ހުށަހެޅުނު ތާރީޚް: 22 ޖުމާދަލްއޫލާ 1430
17 މެއި 2009
ނިމުނު ތާރީޚް: 16 ޖުމާދުލްއާޚި
އާޚިރު 1430
10 ޖޫން 2009
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
20{}9TIC-I-SH/08
ފިހުރިސްތު
ޞަފްޙާ ނަންބަރ: 02
dl- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
03- ޙުކުމް:
jj
03-09 :
FI
09:
04- މަޙްޝަރު ބަޔާންތައް
04.1 އިސްތިއުނާފުކުރި ފަރާތުގެ މަހުޝަރު ބަޔާންތައް:
މުޙައްމަދު ޙަސަންފުޅުގެ ފަރާތުން ދެއްކި ވާހަކަ:
މަޙުޝަރު ނަންބަރ: 04-HC
-
I
-
SH
-
08Mpg01-2009
04.2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަހުޝަރު ބަޔާންތައް
އިލެކްޝަންސް ކޮމިޝަންސްގެ ފަރާތުން ދެއްކިވާހަކަ:
މަޙުޝަރު ނަންބަރ: 11-HC-I-SH-08Mpg04-2009
05 - މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
1. އިލެކްޝަން ކޮމްޕްލައިޓްސް ބިއުރޯއަށް މުޙައްމަދު ޙުސައިން ފުޅު ޝަކުވާ ހުށަހެޅިތާރީޚް އަންގައިދޭ
ސިޓީއާއި، ފޯމާއި، އަދި ބިއުރޯއިން ދިން ޖަވާބް.
06 - ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު:
ދަޢުވާގެ ޚުލާޞާގެ
މިއީ، ކެޔޮދޫ ދާއިރާގެ ނަންބަރ: J02.2.1 ވޯޓް ފޮއްޓަށް ލާފައިވާ ވޯޓު ގުނުމުގައި، އެވޯޓް
ފޮއްޓާއި ޙަވާލުވެހުރި ވ.ކެޔޮދޫ މިނިވަން އައްސޭރި، އަޝްރަފް ޙުސައިން ޢަމަލު ކޮށްފައިވާ ގޮތުން އެފޮށީގެ
ނަތީޖާއާމެދު ޝައްކު
އެފޮށީގެ ވޯޓް ކަރުދާސްތައް އަލުން ގުނައިދިނުމަށްއެދި ވ.ކެޔޮދޫ
ވައިލެޓްވިލާ (މއ.ރިހިއަލި) މުޙައްމަދު ޙަސަން ފުޅު (ދ.ރ.ކާޑް ނަންބަރ: A058346) ގެ ފަރާތުން
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހުށަހެޅުމުން ބެލިފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލައެކެވެ.
3
2 4ހހ2 27
އފދޭކަމަށްބުނެ،
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325129، ފެކްސް: 3316471
ވެބް ސައިޓް www.highcourt.gov.mv
[email protected]
3
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/08
cf
ފާހަގަކުރެވުނު ނުކުތާތައް:
ol- މިއީ، ކެޔޮދޫ ދާއިރާގެ ނަންބަރ: J02.2.1 ވޯޓް ފޮއްޓަށް ލާފައިވާ ވޯޓު ގުނުމުގައި، އެވޯޓް
ފޮއްޓާއި ޙަވާލުވެހުރި ވ.ކެޔޮދޫ މިނިވަން އައްސޭރި، އަޝްރަފް ޙުސައިން ޢަމަލު ކޮށްފައިވާ ގޮތުން އެފޮށީގެ
ނަތީޖާއާމެދު ޝައްކު އުފެދޭކަމަށްބުނެ، އެފޮށީގެ ވޯޓް ކަރުދާސްތައް އަލުން ގުނައިދިނުމަށްއެދި ވ.ކެޔޮދޫ
ވައިލެޓްވިލާ (މއ.ރިހިއަލި) މުޙައްމަދު ޙަސަން ފުޅު (ދ..ކާޑް ނަންބަރ: A058346) ގެ ފަރާތުން
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހުށަހެޅުމުން ބެލިފައިވާ އިންތިޚާބާބެހޭ ޝަކުވާގެ މައްސަލައެއްކަމާއި،
މިމައްސަލަ މުޙައްމަދު ޙަސަން ފުޅު ހައިކޯޓަށް ހުށަހެޅި ނަންބަރު:00167 "އިންތިޚާބާބެހޭ
ޝަކުވާގެ މައްސަލަ ހުށަހަޅާ ފޯމް" ގައި، "ކެޔޮދޫ ދާއިރާގެ ނަންބަރ: J02.2.1 ވޯޓް ފޮއްޓާ ޙަވާލުވެހުރި
ވ.ކެޔޮދޫ މިނިވަން އައްސޭރި، އަޝްރަފް ޙުސައިން"، ލިޔެފައި އޮތްކަމުގައި ވިޔަސް، އެފޮއްޓާބެހޭ ރަސްމީ
ލިޔުންތަކުގައި އެވޯޓް ފޮއްޓާ ހަވާލުވެގެން ހުރި ފަރާތުގެ ނަމަކީ ވ.ކެޔޮދޫ މިނިވަން އައްސޭރި މުޙައްމަދު
އަޝްރަފް ކަމުގައި ބަޔާން ކޮށްފައިވާތީ، މިރިޕޯޓުގައި މީގެ ފަހުން ބޭނުން ކޮށްފައިވާނީ، މުޙައްމަދު އަޝްރަފް
ނުވަތަ އެވޯޓްލާ މަރުކަޒުގެ އިސްވެރިޔާ، މިފަދައިން ކަމާއި،
މިމައްސަލަ ހުށަހަޅަމުން އެވޯޓްލާ މަރުކަޒުގެ އިސްވެރިޔާ ޢަމަލު ކޮށްފައިވާ ގޮތްކަމަށް މުޙައްމަދު
ޙަސަން ފުޅު ބުނެފައިވަނީ، ވޯޓް ގުނިއިރު، ކެޑިޑޭޓުންގެ ފަރާތުން ތިބި އޮބްޒާވަރުން ގާތް ގަޑަކަށް 10 ފޫޓް
ދުރުގައި ބޭއްތިބުމަށްފަހު، ވޯޓް ފޮށި ހުޅުވައި، ގުނުމައްޓަކައި މޭޒްމައްޗަށް އޮއްސާލުމަށްފަހު، ދާއިރާތައް
ވަކިކުރައްވައި، ކެޔޮދޫ ދާއިރާގެ ވޯޓް ކަރުދާސްތައް ކެޑިޑޭޓުންނަށް ބައިބަޔަށް އަޅަމުން ދިޔައިރު، ވޯޓް
ކަރުދާހުގައި ޖަހާފައިވާ ފާހަގަ އޮބްޒާވަރުންނަށް ނުދައްކާ، އަދި އެފާހަގަ އޮބްޒާވަރުންނަށް ނުގެ
ނުފެންނާތީ، ކޮޅަށް
ތެދުވުމުން ގޮޑިތަކުގައި އިށީދެގެން ތިބުމަށް އެންގުންކަމަށް މުޙައްމަދު ޙަސަން ފުޅުގެ ފަރާތުން ބުނެފައިވާކަން
ވެއެވެ
02- މުޙައްމަދު ޙަސަން ފުޅުގެ ފަރާތުން ކުޅި މިޝަކުވާއަށް އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ޖަވާބުދާރީވަމުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، މުޙައްމަދު ޙަސަން ފުޅުގެ މިޝަކުވާއަކީ އެއްވެސް
އަޞްލެއްގެ މައްޗަށް ބިނާކޮށްފައިވާ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ފާހަގަކުރެވެއެވެ.
ނަންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2(09/HC-I-SH/08
މިގޮތުން ކެޔޮދޫ ދާއިރާގައި ބެހެއްޓިފައިވާ ނަންބަރ: 302.2.1 ވޯޓް ފޮށީގެ ވޯޓް ކަރުދާސް
ގުނުމުގައި ޢަމަލު ކޮށްފައިވަނީ ޤާނޫނު ނަންބަރ: 11/2008 (އިންތިޚާބާބެހޭ ޢާއްމު ޤާނޫނު) ގެ 55 ވަނަ
މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، އެކަން ހިގާދިޔަގޮތް ރަގަޅަށް އަދި ވީހާވެސް ގާތުން ފެންނަ ގޮތަށް
ބެލުމުގެ ފުރުޞަތު ދީގެންކަމަށާއި، މިކަން ހާމަ ކޮށްދިނުމުގެ ގޮތުން އެވޯޓް ފޮށި ބަހައްޓާފައިވާ މަރުކަޒުގެ
ކޮމްޕްލައިން އޮފިސަރ އަޙްމަދު ނާފިޢު ދީފައިވާ ބަޔާނަކާއި އެވޯޓް ފޮށީގެ
އެންމެ
އިސްވެރިޔާ މުޙައްމަދު
އަޝްރަފް ދީފައިވާ ބަޔާނެއް ޝަރީޢަތަށް ހުށަހަޅާފައިވާކަމާއި،
މިދެމީހުންގެ
ބަޔާނަށް ބަލާއިރު، އެފޮޓަށް ވޯޓްލުން ކުރިއަށް ދަމުން ދިޔައިރު،
އޮބްޒާވަރުންނާއި، ކެނޑިޑޭޓުންގެ މަންދޫބުން ތިބީ ވޯޓް ފޮއްޓާއި 10 ފޫޓް ދުރުގައި ކަމަށްވިޔަސް، ވޯޓް
ގުނަން ފެށުމުގެ ކުރީން އޮބްޒާވަރުންނާއި މޮނީޓަރުންނާއި ކެނޑިޑޭޓުންގެ މަންދޫބުން ތިބި ގޮޑިތައް، ވޯޓް ގުނާ
މޭޒާއި 2 ފޫޓް ނުވަތަ 3 ފޫޓް ކައިރި ކުރިކަމަށާއި، ވޯޓް ގުނަމުން ދިޔައިރު އޮބްޒާވަރުންނާއި މޮނީޓަރުންނާއި
ކެނޑިޑޭޓުންގެ މަންދޫބުން ތިބީ އެގޮޑިތަކުގައިކަމަށް އެދެމީހުންވެސް ބުނެފައިވާކަމާއި، އަދި އެގޮޑިތަކުގައި
ތިބޭއިރު ވޯޓްކަރުދާހުގައި ޖަހާފައިވާ ފާހަގަ އެމީހުންނަށް ފެންނާނެ ކަމަށާއި، އަދި އެމީހުން ތިބި ގޮޑިތަކުން
ނުތެދުވެ ތިބުމަށް އެއްވެސް ފަހަރަކު އަންގާފައި ނުވާނެ ކަމަށާއި، ނަމަވެސް ވޯޓް ގުނަމުން ދާއިރު ވޯޓް
ކަރުދާސް ކޮޅެއް ބިންމައްޗަށް ވެއްޓުނު ކަމުގައިވިޔަސް، އެއްވެސް މީހަކު އެކަރުދާސް ކޮޅު ނުނެގުމަށާއި،
އެފަދަ ކަރުދާސް ކޮޅެއް އޮވެއްޖެނަމަ ނަގާނީ މުޙައްމަދު އަޝްރަފް ކަމަށް އޭނާ ބުނިކަމަށް ބަޔާން
ކޮށްފައިވާކަމަށާއި،
އެއި، ވޯޓް ގުނަމުން ދިޔައިރު ވޯޓް ކަރުދާހުގައި ޖަހާފައިވާ ފާހަގަ ނުފެނިގެން އެއްވެސް
ފަރާތަކުން ޝަކުވާ ކޮށްފައި ނުވާކަމަށާއި، ނަމަވެސް ދިވެހިރައްޔިތުންގެ ޕާޓީގެ އޮބްޒާވަރ އާދަމް ޒަކީގެ
އެދުމުގެ މަތީން، އަމިއްލަ ކެނޑިޑޭޓް އިބްރާހީމް ޝިހާމް ކެނޑިޑޭޓް ނަންބަރ:4 ގެ ވޯޓް ކަރުދާސްތައް
އަލުން ގުނައި ދެވިފައިވާކަމަށާއި، މީގެ އިތުރު އެއްވެސް ކަމެއް ހިގާފައި ނުވާކަމަށާއި، އަދި ވޯޓް ގުނާ
ނިމިގެންވެސް އެއްވެސް ފަރާތަކުން ހިތްހަމަ ނުޖެހިގެން އެއްވެސް ކަމެއް ފާޅުކޮށްފައި ނުވާކަމަށް އެދެމީހުންގެ
ބަޔާނުގައި ބުނެފައިވާކަމަށާއި،
މީގެ އިތުރަށް ވޯޓްލާ ނިމުމާއި ގުޅިގެން ކެޔޮދޫ ދާއިރާގެ ނަންބަރ: 302.2.1 ވޯޓް ފޮއްޓާއި
ހަވާލުވެގެން ތިއްބެވި އޮފިޝަލުން ތައްޔާރު ކުރައްވާފައިވާ ކަންހިގާ ދިޔަ ގޮތުގެ ރިޕޯޓަށް ބަލާއިރު، މުޙައްމަދު
Olx
*
**
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.imv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{009HC-I-SH/08
2
ޙަސަން ފުޅު ހުށަހަޅާފައިވާ ޝަކުވާގައި ބަޔާން ކޮށްފައިވާފަދަ އެއްވެސް މައްސަލައެއް ރިޕޯޓް ކޮށްފައިވާކަމަށް
ފާހަގަކޮށްފައި ނުވާކަމަށާއި،
އެހެންނަމަވެސް މުޙައްމަދު ޙަސަން ފުޅުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިމިވާ ޝަކުވާ،
ވޯޓްލާ ނިމި 2 ދުވަސްވީ ފަހުން ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުމުން އެމައްސަލަ
އެބިއުރޯއިން ބައްލަވައި ޖަވާބު ދެއްވާފައިވާކަން ފާހަގަކުރެވޭކަމަށާއި، މިގޮތުން އެބިއުރޯގެ ނިންމެވުމުގައިވަނީ،
މިމައްސަލާގެ ކަންހިގާފައިވާ ގޮތަށް ބަލާއިރު ވޯޓް ފޮށީން ކަރުދާސްތައް ނަގައި ބައިބަޔަށް އަޅާ ގުނިއިރު،
އެތަނުގައި ކެނޑިޑޭޓް މުޙައްމަދު ޙަސަން ފުޅުގެ ފަރާތުން އޮބްޒާވަރުން ތިއްބަވާފައިވާއިރު، ފާހަގަ ޖަހާފައިވާ
ތަނާއި ގުނާތަން ނުފެނުމުން އެވާހަކަ ހަމަ އެވަގުތު ބުނެފައި ނެތުމުންނާއި، މިފަދަ ކަމެއް ހިގާފައިވާނަމަ
ރިޕޯޓް ކުރަންޖެހޭނީ ހަމަވަގުންކަމަށްވާއިރު، ދެދުވަސް ފަހުން ރިޕޯޓް ކޮށްފައި އޮތުމުންނާއި، އެދާއިރާގައި
އެކަމުގައި ބައިވެރިވުންއޮތީ ހަމައެކަނި މުޙައްމަދު ޙަސަން ފުޅުގެ އެކަނި ނޫންކަމަށާއި، އެހެން ހަތަރު
ކެނޑިޑޭޓުން ތިބިއިރު އެއިން އެއްވެސް ކެނޑިޑޭޓެއްގެ އޮބްޒާވަރުންނާއި މަންދޫބުންގެ ފަރާތުންވެސް އެވަގުތު
އެއްވެސް މައްސަލެއް ޖައްސާފައި ނެތްކަމަށާއި، ހުރިހާކަމެއް ދިޔައީ ރަގަޅަށް ކަމަށް ބުނެފައިވާތީއާއި،
އެދާއިރާގައި ވޯޓާއިބެހޭ ހަރަކާތުގައި ބައިވެރިވި އޮފިޝަލުންވެސް ހުރިހާ ކަމެއް ނިމިގެންދިޔައީ ރަގަޅަށް ކަމަށް
ބުނެފައިވާތީއާއި، ނަތީޖާ ޝީޓުގައި ސޮއިކުރަންޖެހޭ ތިންމީހުން ސޮއިކޮށްފައިވާތީއާއި، މިސަބަބުތަކަށްޓަކައި
ކެޔޮދޫ ދާއިރާގެ ނަންބަރ: J02.2.1 ވޯޓް ފޮށީގެ ވޯޓް އަލުން ގުނަންޖެހޭ ޖާގައެއް ނެތްކަމަށް
ނިންމަވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެ. .
03- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:00167 "އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ
ހުށަހަޅާފައިވާ ފޯމް" އިން، ވ.ކެޔޮދޫގެ ވައިލެޓްވިލާ، މުޙައްމަދު ޙަސަން ފުޅު ހުށަހަޅާފައިވާ މައްސަލައަށާއި،
އެމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި 24 މެއި 2009 ދުވަހު މުޙައްމަދު ޙަސަން
ފުޅާއި ކުރެވުނު ސުވާލުތަކާއި ގުޅިގެން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން އެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅިގެން
ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) އިސްވެ ބަޔާން ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:06167 "އިންތިޚާބާބެހޭ
ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ ފޯމް" އިން ވ.ކެޔޮދޫގެ ވައިލެޓްވިލާ، މުޙައްމަދު ޙަސަން ފުޅު ހުށަހަޅާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/C-I-SH/08
މައްސަލައަށް ބަލާއިރު، ކެޔޮދޫ ދާއިރާގެ ނަންބަރ: J02.2.1 ވޯޓް ފޮށީގެ ވޯޓް ކަރުދާސްތައް އަލުން ގުނައި
ދިނުމަށް އެދި އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މައްސަލަ ހުށަހަޅާފައިވާ ސަބަބަކީ، އެފޮށީގެ ވޯޓް
ގުނިއިރު، ކެޑިޑޭޓުންގެ ފަރާތުން ތިބި އޮބްޒާވަރުން، ގާތް ގަޑަކަށް 10 ފޫޓް ދުރުގައި ބޭއްތިބުމަށްފަހު، ވޯޓް
ފޮށި ހުޅުވައި، ގުނުމައްޓަކައި މޭޒްމައްޗަށް އޮއްސާލުމަށްފަހު، ދާއިރާތައް ވަކިކުރައްވައި، ކެޔޮދޫ ދާއިރާގެ ވޯޓް
ކަރުދާސްތައް ކެންޑިޑޭޓުންނަށް ބައިބަޔަށް އަޅަމުން ދިޔައިރު، ވޯޓް ކަރުދާހުގައި ޖަހާފައިވާ ފާހަގަ
އޮބްޒާވަރުންނަށް ނުދައްކާ، އަދި އެފާހަގަ އޮބްޒާވަރުންނަށް ނުފެންނާތީ، ކޮޅަށް ތެދުވުމުން ގޮޑިތަކުގައި
އިށީދެގެން ތިބުމަށް އެފޮއްޓާއި ހަވާލުވެ ހުރި އިސް ފަރާތުން އަންގާފައިވާކަމަށް ބުނެފައިވާ ބުނުން
ކަމުގައިވާއިރު،
މުޙައްމަދު ޙަސަން ފުޅު ބުނެފައިވާދައިން ކެޔޮދޫ ދާއިރާގެ ނަންބަރ: J02.2.1 ވޯޓް ފޮށީގެ
ވޯޓް ގުނުމުގައި ކަންހިގާފައިވާ ކަމާމެދު އިލެކްޝަންސް ކޮމިޝަން ގެ ފަރާތުން އިންކާރުކޮށް، މުޙައްމަދު
ޙަސަން ފުޅުގެ މި ދަޢުވާއަކީ އެއްވެސް އަޞްލެއްގެ މައްޗަށް ބިނާކޮށްފައިވާ ދަޢުވާއެއްކަމަށް ނުދެކޭކަމަށް
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
(ށ) މުޙައްމަދު ޙަސަން ފުޅު ހުށަހަޅާފައިވާ ޝަކުވާގެ މައްސަލައާއި މެދު އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން އިންކާރު ކޮށްފައިވާތީ، މުޙައްމަދު ޙަސަން ފުޅު ޝަކުވާގެ މައްސަލަ ހައިކޯޓަށް
ހުށަހަޅާފައިވާ ފޯމްގެ 5 ވަނަ ނަންބަރުގައި، މައްސަލަ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ލިޔުންތަކާއި ހެކިތަކަށް
ބެލިއިރު، މުޙައްމަދު ޙަސަން ފުޅުގެ ފަރާތުން ހަމައެކަނި ހުށަހަޅާފައިވަނީ ފަސް މީހެއްގެ ނަމާއި އެޑްރެހާއި
ފޯން ނަންބަރުކަމާއި، ހެކީގެ ގޮތުގައި އެއްވެސް ޑޮކިއުމެންޓެއް ހުށަހަޅާފައިނުވާކަމާއި، އަދި ހެކީންގެ ގޮތުގައި
ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ބަޔާނެއް ހުށަހަޅާފައި ނެތްކަން ފާހަގަކުރެވެން އޮތްއިރު،
މުޙައްމަދު ޙަސައިން ފުޅުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފަސް މީހުންނަކީ، ވ.ކެޔޮދޫ
ވައިލެޓްވިލާ، ޙުސައިން ޙަސަނާއި، ވ.ކެޔޮދޫ/ މާފޮޅޭގެ މޫސާ ޢާޞިމާއި، ވ.ކެޔޮދޫ އޯކޭ އަޙްމަދު ރާޝިދާއި،
ވ.ކެޔޮދޫ/ ފެހިވިދުވަރުގެ އަޙްމަދު ރަޝީދާއި، ވ.ކެޔޮދޫ ގަމުގެ އަޙްމަދު ޔޫސުފް
ކަން އެނގޭކަމާއި،
މީގެ ތެރެއިން ޙުސައިން ޙަސަނާއި، މޫސާ އާސިމަކީ މުޙައްމަދު ޙަސަން ފުޅުގެ ފަރާތުން ތިބި
އަޙްމަދު ރާޝިދާއި އަޙްމަދު ރަޝީދަކީ ހަސަން މުޙައްމަދު ފުޅުގެ ފަރާތުން ތިބި
އޮބްޒާވަރުންކަމާއި، އަޙްމަދު ޔޫސުފަކީ އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކަނޑައަޅާފައިވާ އޮފިޝަލެއްކަން
$
44ންކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/08
ހެވާންޖެހޭނީ
)
މުޙައްމަދު ޙުސައިން ފުޅުގެ ބަހުންނާއި ކަންހިގާ ދިޔަ ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި، މީގެ ތެރެއިން
ހަތަރު މީހުންނަކީ ދެކެޑިޑޭޓުން ކަމަށްވާ މުޙައްމަދު ޙަސަން ފުޅާއި، ހަސަން މުޙައްމަދު ފުޅުގެ ފަރާތުން ތިބި
އޮބްޒާވަރުންކަން އެނގެން އޮތްއިރު، އެ އޮބްޒާވަރުންގެ މަސްއޫލިއްޔަތަކަށްވާން ވޯޓްލުމުގެ އެންމެހައި
ކަންތައްތައް ހިގަމުންދާއިރު، އެއޮބްޒާވަރަކު ތަމްސީލު ކުރާ ކެންޑިޑޭޓެއްގެ ޙައްޤަކަށް ނުވަތަ ވޯޓްލާން އަންނަ
މީހެއްގެ ޙައްޤަކަށް އުނިކަން ލިބޭގޮތަށް އެއްވެސް ފަރާތަކުން ޢަމަލު ކުރަމުންދޭތޯ ބަލައި، އެފަދަ ޢަމަލެއް
ހިގަމުންދާނަމަ ކަމާބެހޭ ފަރާތަކަށް އެކަށް ރިޕޯޓް ކޮށްގެން އެކަމެއްގެ އެންމެ މުނާސަބު ވަގުތުގައި އެކަމެއް
ޙައްލު ކުރުންކަމާއި،
ނަމަވެސް ބަޔާން ކުރެވުނު އޮބްޒާވަރުންގެ ތެރެއިން އެކަކުވެސް ކެޔޮދޫ ދާއިރާގެ ނަންބަރ:
J02.2.1 ވޯޓް ފޮށީގެ ވޯޓު ގުނުމުގެ ކަންތައް ކުރިއަށް ދިޔައިރު، ވޯޓް ކަރުދާހުގައި ޖަހާފައިވާ ފާހަގަ
ނުފެނިގެން އެވަގުތު އެތަނުގައި ހުރި ކޮމްޕަލެއިންޓްސް އޮފިޝަރަށް ޝަކުވާ ކޮށްފައިވާކަން މުޙައްމަދު ޙަސަން
ފުޅުގެ ބަހުން އެނގެން ނެތްކަމާއި، ވޯޓް ގުނަމުން ދިޔައިރު އެފަދަ ޝަކުވާއެއް ކުރެވުނު އޮބްޒާވަރުން
ހުށަހަޅާފައިނުވާ ނުވުމަކީ، މުޙައްމަދު ޙަސަން ފުޅުގެ ޝަކުވާގައި ބަޔާން ކޮށްފައިވާ ގޮތަށް އެކަން ހިގާފައި
ނުވާކަމަށް ބަލަންޖެހޭ ހަރުދަނާ ޤަރީނާއެއް ކަމަށް ބެލެވޭތީއާއި،
ހެކީންގެ ގޮތުގައި ހުށަހަޅާފައިވާ އަޙްމަދު ޔުސުފަކީ ކެޔޮދޫ ދާއިރާގެ ނަންބަރ: J02.2.1
ވޯޓް ފޮށި ބެހެއްޓިފައިވާ ސަރައްޙައްދު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އިލެކްޝަން އޮފިސަރ ކަމަށް ވެފައި،
ކަންހިގާދިޔަ ގޮތުގެ ރިޕޯޓުގައި އަޙްމަދު ޔޫސުފް ސޮއި ކޮށްފައިވާއިރު، މުޙައްމަދު ޙަސަން ފުޅު ބުނެފައިވާ
ޒާތުގެ އެއްވެސް ކަމެއް ހިގައި ދިޔަކަމަށް އެރިޕޯޓުގައި ފާހަގަކޮށްފައި ނުވާތީ، އެރިޕޯޓުގައި އެފަދަ ކަމެއް
ފާހަގަކޮށްފައި ނެތުމަކީ، އެފަދަ ކަމެއް ވޯޓް ގުނަމުން ދިޔަވަގުތު ހިގާފައި ނުވާކަމުގެ މައްޗަށް އަޙްމަދު ޔޫސުފް
ހެކިވާ ހެކިވުމެއްކަމަށް ޤާނޫނީ ގޮތުން ބަލަންޖެހޭތީ، މުޙައްމަދު ޙަސަން ފުޅު ހުށަހަޅާފައިވާ އިސްވެ މިބަޔާން
ކުރެވުނު ހެކީން ޝަރީޢަތަށް ހާޒިރު ކުރުމަކީ މާނައެއް އޮތްކަމެއް ކަމެއް ކަމަކަށް ނުފެނެއެވެ.
(ނ) އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް މުޙައްމަދު ޙަސަން ފުޅު މިހުށަހަޅާފައިވާ، ވޯޓު
ކަރުދާސް ކޮޅުގައި ޖަހާފައިވާ ފާހަގަ އޮބްޒާވަރުންނަށް ނުދައްކާ މުނާފައިވާކަމަށް ބުނާ ޝަކުވާ، ކަމާބެ.
ފަރާތަށް އޭގެ ވަގުތުގައި ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާ ބުނުން
ދޮގުކޮށް، މުޙައްމަދު ޙަސަން ފުޅު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/08
ބަލާއިރު، މުޙައްމަދު ޙަސަން ފުޅު އެޝަކުވާ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯ އަށް ހުށަހަޅާފައިވަނީ،
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވައިދުގެ 25 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ޙައްޤު
ލިބިގެން، އެގަވައިދުގެ 33 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާ މުއްދަތުގައި ކަމަށް މުޙައްމަދު ޙަސަން ފުޅު
ބުނެފއިވާތީ،
0244
އެގަވައިދަށް ބެލިއިރު، ސެކިއުރިޓީ އުރަތަން ކެނޑުން" މިސުރުޚީގެ ދަށުން އެގަވައިދުގެ 25
ވަނަ މާއްދާގެ (ހ) ގައި، ވޯޓްލާ މަރުކަޒަކުން ފޮނުވާފައިވާ، ގުނާފައިވާ ވޯޓުކަރުދާސް ބަންދުކޮށްފައިވާ ޚާއްޞަ
ސެކިއުރިޓީ އުރަތައް އަންނަނިވި ހާލަތް ތަކުގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައި އަލުން ގުނިދާނެކަމަށް
ބަޔާން ކުރުމަށްފަހު، 2 ވަނަ ނަންބަރުގައި، އެއްވެސް ފަރާތަކުން ވޯޓުލާ މަރުކަޒެއްގެ ނަތީޖާއާއި
ހުށަހަޅާ ޝަކުވާއަކާއި ގުޅިގެން އެކަމަކީ ތަޙްޤީޤު ކުރަންޖެހޭ ވަރުގެ ހެކިހުރި ޝަކުވާއެއް ކަމުގައި
އިލެކްޝަންސް ކޮމިޝަނަށް ފެނިއްޖެނަމަ، އެތަޙްޤީޤެއްގެ ބޭނުމަށް، އެ ސެކިއުރީޓީ އުރަތަށް ކަނޑިދާނެކަމަށް
ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އެގަވައިދުގެ 33 ވަނަ މާއްދާގައި، "މައްސަލަ ހުށަހެޅުން"، މިސުރުޚީގެ ދަށުން އެމާއްދާގެ
(ނ) ގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުނު ގޮތާ ބެހޭގޮތުން ޝަކުވާއެއް އޮތްނަމަ، ސަބަބާއި،
ތަފްޞީލާއި، ހެތްކާއެކު އިންތިޚާބު ބޭއްވި ދުވަހުން ފެށިގެން 3 ދުވަހުގެ ތެރޭގައި އެމައްސަލައެއް
ހުށަހަޅަ
ހަހަޅަންވާނެކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ރ) މަތީގައި މި ބަޔާން ކުރެވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގަވައިދުގެ 25 ވަނަ
މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުން ލިބިފައިވާ ޙައްޤުގެ ބޭނުން ކޮށްގެން، އެގަވައިދުގެ 33 ވަނަ މާއްދާގެ
(ނ) ގައި ބުނެފައިވާ މުއްދަތުގައި އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯ އަށް މައްސަލަ ހުށަހެޅުމުން،
މުޙައްމަދު ޙަސަން ފުޅުގެ ފަރާތުން ޤާނޫނީ ގޮތުން އެކަމުގައި އަދާކުރަންޖެހޭ ޒިންމާ އަދާކުރެވިފައިވާކަމަށް
އޭނާ ދެކޭއިރު،
އެގަވައިދުގެ 33 ވަނަ މާއްދާގެ (ނ) ގައި ދީފައިވާ 3 ދުވަހުގެ މުއްދަތަކީ،
އެމުއްދަތު ފުރިހަމަ ކުރުމަށް ދީފައިވާ މުއްދަތެއް ނޫންކަމާއި، އެމުއްދަތަކީ މައްސަލަ ހުށަހެޅުމަށް ގިނަވެގެން
ދީފައިވާ މުއްދަތެއް ކަމާއި، ހުށަހަޅަން ބޭނުންވާ ޝަކުވާ ނުވަތަ މައްސަލާގެ ބާވަތަށާއި، ޙާލަތަށް ބަލާއިރު،
އެމާއްދާގައި ބުނެފައިވާ 3 ދުވަހުގެ މުއްދަތުގެ ތެރޭގައި އެޝަކުވާ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯއަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ
2009)HC-I-SH/08
ހުށަހަޅާފައި ވިޔަސް، ހުށަހަޅާފައިވާ މައްސަލާގެ ބާވަތުން އެމައްސަލައެއް ހުށަހަޅަންޖެހޭ މުނާސަބު ވަގުތުގައި
(ވޯޓް ގުނަމުން ދިޔަވަގުތު) ހުށަހަޅާފައި ނުވާތީއާއި، ވޯޓް ގުނާ ނިމިގެންވެސް، އެފަދަ ޝަކުވާއެއް
ކުރުމެއްނެތި ހުރިހާ ފަރާތްތަކުންވެސް ޞުލްޙަވެރި ކަމާއެކު ވަކިވެ ދިއުމަށްފަހު، އެޝަކުވާއާއި ގުޅިގެން
ސާބިތުކުރަން ބޭނުންވާ ޙާލަތު ނިމި ދިއަތާ މާފަހުން، ވޯޓް ގުނަމުން ދިޔަ ވަގުތު ވަކިގޮތަށް ވަކިމީހަކު ޢަމަލު
ކޮށްފައިވާކަމަށް މުޙައްމަދު ޙަސަން ފުޅު ގެ ފަރާތުން ހުށަހަޅާފައި ވިޔަސް، ވޯޓް ގުނަމުން ދިޔަ ވަގުތު، އެފަދަ
ކަމެއް ހިގަމުން ދިޔަ ކަމުގެ ޝަކުވާ ހުށަހަޅާފައިނުވާ ނުވުމަކީ، އެފަދަ ކަމެއް އެވަގުތު ހިގާފައި ނުވާކަމުގެ
މައްޗަށް ލިބޭ ހަރުދަނާ ޤަރީނާއެއް ކަމުގައި ޝަރީޢަތުން ދެކެއެވެ.
0
ޙުކުމް:
ވީމާ 09 މެއި 2009 ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2009 ގެ ވޯޓު
ލުމަށްޓަކައި ކެޔޮދޫ ދާއިރާގައި ބަހައްޓާފައިވާ ނަންބަރ: J02.2.1 ވޯޓް ފޮއްޓަށް ލާފައިވާ ވޯޓު ގުނުމުގައި،
އެވޯޓް ފޮއްޓާއި ޙަވާލުވެހުރި އިސް ފަރާތުން ވޯޓު ގުނިއިރު، ކެޑިޑޭޓުންގެ ފަރާތުން ތިބި އޮބްޒާވަރުންނަށް
ނުދައްކާ ބައިބަޔަށް އަޅާ ގުނާ ހަދާފައިވާކަމަށްބުނެ ވ.ކެޔޮދޫ! ވައިލެޓްވިލާ (މއ.ރިހިއަލި) މުޙައްމަދު ޙަސަން
ފުޅު (ދ.ރ.ކާޑް ނަންބަރ: A058346) ގެ ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރ:00167
"އިންތިޚާބާބެހޭ ޝަކުވާގެ މައްސަލަ ހުށަހަޅާފައިވާ ފޯމް” އިން، އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ހައިކޯޓުން ބެލި ބެލުމުން، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް
ރިޢާޔަތްކޮށް ބަލާއިރު، މުޙައްމަދު ޙަސަން ފުޅު ގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާގެ މައްސަލަ ޝަރީޢަތަށް
ކާފީ ހެކި ލިބިފައި ނެތު މި
ޝަކުވާގެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ
ތަނެއް ނެތްކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ
މަތީން ޙުކުމް ކޮށްފީމެވެ.
5
-ބތުކުރުމަށް
ބޭނުންވާ
ންތުމާއެކު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.lv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-1-k^03
44
ތަކުގެ ތެރެއިން "އަދާ ކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި
އަދާކުރަމުން ނުދާ މީހަކު ކަމުގައި ވުން" މިފަދައިން ބުނެފައިވާ ޙާލަތު އިބްރާހީމް ޢުމަރުގެ ކިބައިގައި ފުރިހަމަ
ވެފައިވާކަން 09 އޭޕްރީލް 2009 ދުވަހު އިބްރާހީމް ޢުމަރު އިލެކްޝަންސް ކޮމިޝަނަށް ދީފައިވާ ބަޔާނުގައި
ވެފައިވާ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބު
ތަކާބެހޭ ޢާންމު ޤާނޫނު) ގެ 74 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާ ޙަވާލާދީ އެމާއްދާގެ (ހ) ގެ
ދަށުން އިންތިޚާބަށް ކުރިމަތި ލުމުގައި ދޮގުމަޢުލޫމާތު ދިނުމުގެ ކުށުން ހ.ކޮކްނަޓްވިލާ، އިބްރާހީމް ޢުމަރު
ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތުގެ ގޮތުން އެމާއްދާގެ (ނ) ގެ ދަށުން މި އިބްރާހީމް
ޢުމަރު -/
12000ރ.(ބާރަހާސް) ރުފިޔާ އިން ޖޫރިމަނާކޮށް، މިފައިސާ 07 ދުވަހުގެ ތެރޭގައި މިނިސްޓްރީ
އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަށް ދެއްކުމަށް އިބްރާހީމް ޢުމަރަށް އަންގާ އެގޮތުގެ މަތީން
ކޮށްފީމެވެ.
032
ހއ
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
Cent
ege-
ޢަލީ ޙަމީދު ދު
އަޙްމަދު ޝަރީފް ޢަލީ
ޢަބުދުލް ޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
ފަނޑިޔާރު)
ފަނޑިޔާރު)
ޓައިޕްކުރީ: އައިޝަތު ޝިހާބު
ޗެކްކުރީ. އާމިނަތު މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv