ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/16 ޤަޟިއްޔާގެ ޙުކުމް
1
2015/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
بم انداز مراسیم
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 16/HC-A/2015
އިސްތިއުނާފުކުރި ފަރާތް:
* ނަންފަހީމާ އިބްރާހީމް
ދާއިމީ އެޑްރެސް: ހ.ރީފްވިޔު މާލެ
އައި.ޑީ.ކާޑް ނަންބަރު: A057423
މިހާރުގެ އެޑްރެސް: ހ.ރީފްވިޔު/ މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުލްވާހިދު އިބްރާހީމް
ދާއިމީ އެޑްރެސް: ބީޗްހައުސް ދ.މީދޫ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 14 ޖަނަވަރީ 2015
* އައިޑީކާޑު ނަންބަރު: A071830
މިހާރުގެ އެޑްރެސް: ގ.ވުޑްސައިޑް މާލެ
0
* ނިމުނު ތާރީޚް: 27 އޮކްޓޯބަރ 2016
،އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ
،ނަންބަރު: 2012/Cv-C/582
ނިންމި ކޯޓް: ސިވިލްކޯޓު
މައްސަލައިގެ ބާވަތް: އެގްރީމަންޓާއި ޚިލާފްވުން
ހުށަހެޅި ތާރީޚް: 27 މާރިޗު 2012
= ނިމުނު ތާރީޚް: 19 އޮގަސްޓް 2014
ދިވެހިރާއްa
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ
ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމް،
ފަނޑިޔާރު އަބްދުﷲ ޙަމީދު،
ފަނޑިޔާރު ޢަލީ ·
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/16
•ދަޢުވާގެ ޚުލާޞާ
0
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/582 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހ.ރީފްވިޔު ފަހީމާ އިބްރާހީމުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެ
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ދ.މީދޫ ބީޗްހައުސް، ޢަބްދުލްވާހިދު އިބްރާހީމްއެވެ.
• ފާހަގަ ކުރެވުނު ނުކުތާތައް:
1- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/582 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެ ޤަޟިއްޔާއަކީ ފ.ރީފްވިޔު އެވެ ކިޔާ ބަންޑާރަ ގޯތި ބަހައިގެން، ފަހީމާ އިބްރާހީމާއި
ސަލްމާ އިބްރާހީމާ ދެމީހުން ކުރެ ކޮންމެ މީހަކަށް ލިބިފައިވާ 216.4 އަކަފޫޓްގެ މިދެ ބައި އެއްކޮށް 432.8
އަކަފޫޓް ސަރަޙައްދުގައި 6 ބުރި ޢިމާރާތެއް ކުރުމަށް ފަހީމާ އިބްރާހީމާއި ސަލްމާ އިބްރާހީމާއި، ކުއްޔަށް
ހިފާފަރާތް ކަމުގައިވާ ދ.މީދޫ ބީޗްހައުސް، ޢަބްދުލްވާހިދު އިބްރާހީމާ ދެމެދު ކުރި އެގްރީމަންޓް 01 ފެބްރުއަރީ
2010 ގައި މަދަނީ ކޯޓުގައި ރަޖިސްޓްރީކޮށް، 20 މާރޗް 2010 ގައި ޢިމާރާތް ކުރާފަރާތާ ތަން ހަވާލު
ކުރުމުން އެގްރީމަންޓްގެ 3 ވަނަ މާއްދާގައި، ޢިމާރާތް ކުރުމަށް ދީފައިވާ މުއްދަތު ތަން ހަވާލު ކުރި ތާރީޚުން
ފެށިގެން 20 ސެޕްޓެމްބަރ 2011 އަށް 18 މަސް ދުވަހުގެ މުއްދަތު ހަމަވިއިރު ވެސް ޢިމާރާތުގެ 6 ވަނަ
ބުރި ހަދާފައިނުވާތީ، 6 ވަނަ ފްލޯރ ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށް
އެ ފްލޯރ
ޢިމާރާތް ކުރުމަށް ޢަބްދުލްވާހިދު އިބްރާހީމަށް އަންގަވައި ދެއްވުން އެދިގެންނާއި،
އަދި އެގްރިމެންޓްގެ 7 ވަނަ މާއްދާގެ (ހ) ގައި ފަހީމާ އިބްރާހީމަށް ކަނޑައަޅާފައިވާ އެ
ޢިމާރާތުގެ ސެކަންޑް ފްލޯރ އެގްރިމެންޓްގައި ބުނާ ފެންވަރުގައި ހަދާފައިނުވާތީއާއި، އެ ފްލޯރމާއި
ކުރަންހުރި ކަންކަން ރަނގަޅު ކޮށް ދިނުމަށް 21 ސެޕްޓެމްބަރ 2011 ތާރީޚުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/16
އިބްރާހީމަށް ފޮނުވި ސިޓީއަށް އޭނާ ޢަމަލު ކޮށްފައިނުވާތީ، އެ ސިޓީއަށް ފުރިހަމައަށް ޢަމަލުކޮށް، އެ ސިޓީގައި
ބަޔާން ކޮށްފައިވާ ކަންކަމުގެ ތެރެއިން އަދި މިހާތަނަށް އައިއިރު ވެސް ނުކޮށް ހުރި، އެގްރިމެންޓްގައި ބުނާ
ފެންވަރުގެ ތަށިމުށި ޖެހުމާއި، ސެކަންޑް ފްލޯރގެ ފެންވައިރިންގ ލީކުވުން ރަނގަޅު ކުރުމަށް އަންގަވައި
ދެއްވުން އެދިގެންނާއި،
ޢިމާރާތުގެ ފަސްޓް ފްލޯރގައި ޝީޓް ދަށް ފުށުގައި ޕްޓީލާފައި ނުވުމާއި، ކޯނިސް ބޯޑަރު
އަޅާފައިނުވާތީ، އެކަންކަންކޮށް ނިންމުމަށް އަންގަވައިދެއްވުން އެދިގެންނާއި،
ޢިމާރާތުގައި މިހާރު އަޅާފައިވާ 5 ޝީޓުގައި ތަޅުން އަޅާފައިވަނީ ދިވެހި ވެލިން
ކަމުގައިވުމުން އެގްރިމެންޓްގެ 10 ވަނަ މާއްދާއާއި ޢަބްދުލްވާހިދު ޚިލާފުވެފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުން
-/195,000ރ (އެއްލައްކަ ނުވަދިހަ ފަސް ހާސް ރުފިޔާ) އޭނާގެ އަތުން ހޯއްދަވައި ދެއްވުން އެދި ގެންނާއި،
އެގްރިމެންޓްގައި ޢިމާރާތް ކޮށް ނިންމުމަށް ދީފައިވާ 18 މަސް ދުވަހުގެ މުއްދަތު
ހަމަވިއިރު، ތަން ނުނިމި ހުރި ނަމަ އެ މުއްދަތު ހަމަވާ ދުވަހުން ފެށިގެން ތަން ފުރިހަމައަށް ނިންމާ ފަހީމާ
އިބްރާހީމްގެ ފްލޯރއަށް ވަދެވޭ ދުވަހަކާ ހަމައަށް އެގްރިމެންޓްގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޢިމާރާތް
ކުރުމުގެ މުއްދަތުގެ އިތުރަށް ހިނގާފައިވާ 6 މަސް ދުވަހަށް މަހަކު -/10،000ރ (ދިހަ ހާސް ރުފިޔާ) ގެ
މަގުން ޢަބްދުލްވާހިދު އިބްރާހީމް، ފަހީމާ އިބްރާހީމަށް ދައްކަންޖެހޭ ފައިސާ -/50،000ރ (ފަސްދޮޅަސް ހާސް
ރުފިޔާ) ޢަބްދުލްވާހިދު އިބްރާހީމްގެ އަތުން ހޯއްދަވައިދެއްވުން އެދިގެންނާއި
އެގްރިމެންޓްގައިވާ ގޮތަށް ތަން ފުރިހަމަވެ ފަހީމާ އިބްރާހީމުގެ ފްލޯރއަށް ފަހީމާ
އިބްރާހީމަށް ވަދެވޭ ދުވަހަކާ ހަމައަށް މަހުންމަހަށް ފައިސާ ދައްކަމުން ގެންދިޔުމަށް ޢަބްދުލްވާހިދު އިބްރާހީމަށް
އަންގަވައިދެއްވުން އެދިގެންނާއި،
އެގްރިމެންޓްގެ (ހ) ގައި ސެކަންޑް ފްލޯރ ފަހީމާ އިބްރާހީމަށް ކަނޑައަޅާ ޢައްޔަން
ކޮށްފައިވަނިކޮށް އެ ފްލޯރ ޢަބްދުލްވާހިދު އިބްރާހީމް އެހެން ފަރާތަކަށް ކުއްޔަށްދީގެން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316473
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20j5/HC-A/16
މަހަކު -/10،000ރ (ދިހަ ހާސް ރުފިޔާ) މަގުން ކުލީގެ ފައިސާގެ މަންފާ ޢަބްދުލްވާހިދު އިބްރާހީމް
ބޭނުންކޮށްފައިވާތީ، އެފައިސާ ޢަބްދުލްވާޙިދު އިބްރާހީމްގެ އަތުން ހޯއްދަވައިދެއްވުން އެދިގެންނާއި،
މަތީގައި ބަޔާންކުރެވި ދިޔަ ފައިސާތަކުގެ ޢަދަދުތަކުގެ ޖުމްލަ -/305000ރ (ތިން ލައްކަ
ފަސް ހާސް ރުފިޔާ) ޝަރީޢަތް މެދުވެރިކޮށް ޢަބްދުލްވާހިދު އިބްރާހީމުގެ އަތުން ހޯއްދަވައި ދެއްވުމާއެކު،
ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ އެއްބަސްވުމާއި، އެއްގޮތަށް ފުރިހަމައަށް ޢަމަލުކުރުމަށް ޢަބްދުލްވާޙިދު
އިބްރާހީމަށް ޝަރީޢަތުން އަންގަވައި ދެއްވުމަށް އެދިގެން ފަހީމާ އިބްރާހީމްގެ ފަރާތުން ދަޢުވާ ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެއް ކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ ފަހީމާ އިބްރާހީމްގެ ފަރާތުން ޢަބްދުލްވާހިދު އިބްރާހީމުގެ
މައްޗަށް ހުށަހަޅާފައިވާ މި ދަޢުވާގައި، ހ.ރީފްވިޔު ފަހީމާ އިބްރާހީމާއި ހ.ރީފްވިޔު ސަލްމާ އިބްރާހީމާއި
ދ.މީދޫ ބީޗްހައުސް، ޢަބްދުލްވާހިދު އިބްރާހީމާ ދެމެދު ވެފައިވާ އެއްބަސްވުމާ ޢަބްދުލްވާހިދު އިބްރާހީމް
ޚިލާފްވެފައިވާކަމަށް ޘާބިތުކޮށްދެވިފައިނުވާތީ، ދަޢުވާލިބޭ ޢަބްދުލްވާހިދު އިބްރާހީމްގެ މައްޗަށް ދަޢުވާކުރާ ފަހީމާ
އިބްރާހީމް އަންގާދިނުމަށް އެދިފައިވާ ކަންތައްތައް އެގޮތުގެ މަތީން އަންގާނެ ތަނެއް ނެތް ކަމާއި، ގެއްލުމުގެ
ބަދަލާއި، ހޯދުމަށް އެދިފައިވާ ފައިސާ ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ޙުކުމް ކުރައްވައިކަން
22 ހދޑ 6
އެނގެން އަންނަކަމެވެ
2- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/582 ޤަޟިއްޔާ އެ ކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ހ.ރީފްވިޔު ފަހީމާ އިބްރާހީމްގެ ފަރާތުން 04 (ހަތަރެއް) ނުކުތާ ހުށަހަޅައި އެ ނުކުތާތަކާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި ނުކުތާތަކީ؟
ގުޅޭ ގޮތުން
(ހ) ފުރަތަމަ ނުކުތާއަކީ: ދެފަރާތުގެ ދެމެދުގައި ކުރެވުނު އެއްބަސްވުމާ ޚިލާފު ވެފައިވާކަން
ޢަބްދުލްވާޢިދު އިބްރާހީމްގެ އިޢުތިރާފުން އެނގެން އޮތްއިރު، ޢަބްދުލްވާޢިދު އިބްރާހީމް، ނިގަނޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
5
2015/HC-A/16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚިލާފްވެފައިވާކަން ސާބިތު ނުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާއި،
ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ
ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 8 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވެނަ ނުކުތާއަކީ: ޢިމާރާތް ކުރުމަށް ހިނގާ ޚަރަދަކީ ޢިމާރާތް ކުރުމަށް ހަވާލުވާ
ފަރާތުން ކުރަންޖެހޭ ޚަރަދުތަކެއްކަން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެގްރީމެންޓުގެ 10 ވަނަ މާއްދާއިން
އެނގެން އޮތްއިރު އެކަމަށް ރިޢާޔަތް ކުރުމަކާ ނުލައި، ޢިމާރާތް ކުރެހުމާއި ހުއްދަ ނެގުމަކީ ޢިމާރާތުގެ ވެރި
ފަރާތުން ކުރަންޖެހޭ ކަމެއްކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: ޢިމާރާތް ނިންމާފައިވަނީ އެއްބަސްވުމާއި އެއްގޮތަށް ކަމަށް
ކަނޑައެޅުމުގައި، ޢިމާރާތުން ފެން ލީކުވާކަމަށް ބެލުމަށް ޝަރުޢީ އަގު ކޮމިޓީގެ ރިޕޯޓަށް ބަލާ، ޢަބްދުލްވާއިދު
އިބްރާހީމްއާ އެއްކޮޅަށް ޙުކުމް ކުރެއްވުމުގައި އެއީ ހަރުދަނާ ޤަރީނާއެއް ކަމުގައި ބައްލަވާފައިވާއިރު،
ޢިމާރާތުގައި ދެން ހުރި މައްސަލަތަކުގެ މައްޗަށް އަގު ކޮމިޓީ ފޮނުވައިގެން ބަލާފައި ނުވާތީ، ހަމަހަމަކަން
ގެއްލިފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ހަތަރުވަނަ ނުކުތާއަކީ: އެގްރީމެންޓުގެ 07 ވަނަ މާއްދާގެ ދަށުން ފަހީމާ އިބްރާހީމަށް
ޙަވާލު ކުރަންޖެހޭ ފްލޯ އެގްރީމެންޓުގައި ބުނެފައިވާ ތާރީޚްގައި ނިންމާ ހަވާލު ކޮށްފައިނުވާތީ، އެގްރީމެންޓުގެ
6 ވަނަ މާއްދާގެ ދަށުން ޢަބްދުލްވާހިދު އިބްރާހީމް ދޭންޖެހޭ ގެއްލުމުގެ ބަދަލާއި، އެގްރީމެންޓުގައި މަންފާ
ހޯދުމަށް ޢަބްދުލްވާހިދު އިބްރާހީމްއަށް ހުއްދަ ލިބިފައިނުވާ 2 ވަނަ ފްލޯ ކުއްޔަށް ދީގެން ހޯދާފައިވާ
-/50،000ރ ޢަބްދުލްވާހިދު އިބްރާހީމްގެ އަތުން ނަގައިދިނުމަށް، ޢަބްދުލްވާއިދުގެ ފަރާތުން އިޢުތިރާފު އޮތް
ހިނދު، ޝަރީޢަތުން އެކަމަށް ރިޢާޔަތް ކުރައްވާފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3- ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/582 ޤަޟިއްޔާ އިސްތިއުނާފު
ހ.ރީފްވިޔު ފަހީމާ އިބްރާހީމްގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެ ނުކުތާތަކާ
އިބްރާހީމާއި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ދ.މީދޫ/ ބީޗްހައުސް، ޢަބްދުލްވާޙިދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/16
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ބުނެވިދިޔަ ސިވިލް ކޯޓުގެ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
ޚި
(ހ) ފުރަތަމަ ކަމަކީ: 01 ފެބްރުއަރީ 2010 ވަނަ ދުވަހު ފަހީމާ އިބްރާހީމް އާއި
ޢަބްދުލްވާހިދު އިބްރާހީމާ ދެމެދު ވެވުނު ނަންބަރު 55
/
2010-MC
/
C އެގްރިމަންޓަށް ބަލާއިރު، އެ
އެގްރީމަންޓްއަކީ، ހ.ރީފްވިޔު، ފަހީމާ އިބްރާހީމް އާއި ސަލްމާ އިބްރާހީމް، ނާޒިމް އިބްރާހީމް އަދި އާސިމް
އިބްރާހީމް އާ ހަތަރު މީހުންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ (ރަޖިސްޓްރީ ނަންބަރު 16427)
"ހ.ރީފްވިޔު” އެވެ، ކިޔާ ބަންޑާރަ ގޯތިން ފަހީމާ އިބްރާހީމްއަށާއި ސަލްމާ އިބްރާހީމް ކުރެ ކޮންމެ މީހަކަށް
ލިބިފައިވާ 216.412 އަކަފޫޓުގެ ބިމުގެ މިދެ ބައި އެއްކޮށްލުމުން ޖުމްލަ 432.824 އަކަފޫޓުގެ
ސަރަހައްދުގައި ކުރިން ހުރި ޢިމާރާތް ތަޅާލައި އެ ބިމުގައި 6 ބުރި އިމާރާތެއް ކުރުމާއި މިކުރެވޭ ޢިމާރާތް
ކުއްޔަށްދީ ކުއްޔަށް ހިފުމާބެހޭ ގޮތުން، ކުއްޔަށްދޭ ފަރާތްކަމުގައިވާ ފަހީމާ އިބްރާހީމް އާއި ސަލްމާ އިބްރާހީމް
އާއި ކުއްޔަށްހިފާ ފަރާތް ކަމުގައިވާ ޢަބްދުލްވާހިދު އިބްރާހީމާ ދެމެދު ވެފައިވާ އެއްބަސްވުމެއް ކަމާއި،
އިސްވެ ބުނެވިދިޔަ އެއްބަސްވުމުގެ ދަށުން ޢިމާރާތް ކުރުމަށް ދެވޭ މުއްދަތަކީ ތަން ހަވާލުކުރާ
ދުވަހުން ފެށިގެން 18 (އަށާރަ) މަސް ދުވަސް ކަމަށާއި، މިޢިމާރާތް ކުރަންވާނީ ސަރުކާރުގެ ކަމާބެހޭ ފަރާތުން
ހުއްދަ ދެއްވާފައިވާ ކުރެހުމާއި އެއްގޮތަށް ސަރުކާރު ޤަބޫލުކުރާ ފެންވަރެއްގައި ކަމަށް އެއްބަސްވުމުގެ 3 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާއިރު، އެ ޢިމާރާތް ކުއްޔަށްދެވޭ މުއްދަތަކީ، މީލާދީ 15 (ފަނަރަ) އަހަރު ދުވަސް
މުއްދަތު ފެށޭނީ ޢިމާރާތް ކުރުމަށް އެއެގްރިމަންޓްގެ 3 ވަނަ މާއްދާގައި ދީފައިވާ 18 މަސް
ކަމަށާއި، މި
ދުވަހުގެ މުއްދަތު ހަމަވުމުންކަމަށް އެ އެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި
އެގްރިމަންޓުގެ ދަށުން ޢިމާރާތް ކުރުމަށްޓަކައި، ކުއްޔަށްހިފާ ފަރާތާ ތަން
ތާރީޚުން ފެށިގެން 18 (އަށާރަ) މަސް ދުވަހުގެ މުއްދަތުގައި ޢިމާރާތުގެ ވެރިފަރާތް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/16
ޢިމާރާތްކުރާ ފަރާތުން ޢިމާރާތުގެ ވެރިފަރާތަށް 2 ކޮޓަރީގެ އެޕާރޓްމަންޓެއް ދޭންވާނެ ކަމަށާއި، ޢިމާރާތް
ކުރުމަށް ދީފައިވާ މުއްދަތުގައި ޢިމާރާތުގެ ވެރިފަރާތަށް ކަނޑައަޅާފައިވާ 2 ފްލޯ ހަވާލު ނުކުރެވިއްޖެ ނަމަ
އިތުރު މުއްދަތަށް ދިރިއުޅުމަށް އެޕާރޓްމަންޓް ދިނުމާއެކު އިތުރަށް ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން
ކޮންމެ މީލާދީ މަހަކު ޢިމާރާތްކުރާ ފަރާތުން ޢިމާރާތުގެ ވެރިފަރާތަށް -/10،000ރ (ދިހަ ހާސް ރުފިޔާ)
ދައްކަމުން ގެންދަންވާނެކަމަށް އެއްބަސްވުމުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި،
ޢިމާރާތް ކުރެވެމުންދާ އިރު ޢިމާރާތުގެ ވެރިފަރާތުން މުސާރަ ދިނުމާއެކު މަސައްކަތްތައް
ބެލުމާއި ރަނގަޅު ކުރުމަށްޓަކައި މަސައްކަތުގެ ސަރަހައްދުގައި ކޮންސަލްޓަންޓް ބަހައްޓަންވާނެކަމަށާއި، އަދި
ޢިމާރާތުގެ ވެރިފަރާތުން ބަހައްޓާ ކޮންސަލްޓަންޓް އަންގާ ގޮތެއްގެ މަތީން މަސައްކަތް ރަނގަޅު ކުރުމަށާއި
ނުރަނގަޅަށް ކުރެވޭ ކަންތައްތައް އިސްލާޙްކޮށް ރަނގަޅު ކުރުމަށް އިމާރާތް ކުރާ ފަރާތުން އެއްބަސްވާކަމަށާއި،
މަސައްކަތުގެ ސަރަޙައްދުގައި މަސައްކަތްތައް ބަލައި ކުރުވާނެ ކޮންސަލްޓަންޓަކު އިމާރާތްކުރާ ފަރާތުން މުސާރަ
ދިނުމާއެކު ބެހެއްޓުމަކީ ޢިމާރާތްކުރާ ފަރާތުގެ ޒިންމާއެއްކަން އެއްބަސްވުމުގެ 11 ވަނަ މާއްދާއަށް ބެލުމުން
މިނަކަމާއި އަދި،
އިމާރާތުގެ ފްލޯ ކުއްޔައްހިފާ ފަރާތުން ޤާނޫނީ ގޮތުން ހުއްދަ މުއާމަލާތްތަކުގައި ޢިމާރާތުގެ
އެނގެން އިނ7
ވެރިފަރާތުގެ
ސޮޔެއް ސަރުކާރުގެ ފަރާތަކަށް ބޭނުންވެއްޖެ ނަމަ އެކަމުގެ ސޮއި ދޭންވާނެކަމަށާއި، އަދި
ޢިމާރާތުގެ ވެރިފަރާތް ދިރިއުޅޭ ފްލޯތަކުގެ ޓެކްހާއި ކަރަންޓާއި ފޯނާއި ފެން ބިލް ފަދަ ބިލްތަކަށް ފައިސާ
ދައްކާނީ އިމާރާތުގެ ވެރި ފަރާތުންކަމަށް އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމެވެ.
.
/%
94ހ4
(ނ) ދެވަނަ ކަމަކީ: ހ.ރީފްވިއު އެވެ. ކިޔާ ގޯތީގެ 432.824 އަކަފޫޓުގެ ސަރަހައްދުގެ
ބިމުގައި 6 ބުރި އިމާރާތެއް ކުރުމަށް ޢަބްދުލްވާހިދު އިބްރާހީމާއި އެގޯތީގެ ވެރިފަރާތް
ހ.ރީފްވިއު ފަހީމާ އިބްރާހީމާއި އެގޭ ސަލްމާ އިބްރާހީމް އެކު ސޮއި ކޮށްފައިވާ އެއްބަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/16
އިބްރާހީމް ޚިލާފުވެފައިވާކަމަށް ބުނެ އިސްތިއުނާފުކުރެވިފައި މިވާ ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޢަބްދުލްވާހިދު
އިބްރާހީމުގެ މައްޗަށް ފަހީމާ އިބްރާހީމް ހުށަހެޅި މައްސަލައިގައި، އެ އެއްބަސްވުމުގެ ބައިވެރިއެއްކަމުގައިވާ
ހ.ރީފްވިޔު/ ސަލްމާ އިބްރާހީމްގެ ފަރާތުން ތަދައްޚުލްވެ، ސަލްމާ އިބްރާހީމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް
ބަލާއިރު، އެފަރާތްތަކުގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަބްދުލްވާޙީދު އިބްރާހީމްގެ ފަރާތުން
ކަނޑައެޅިފައިވާ މުއްދަތުގައި ޢިމާރާތުގެ 2 ވަނަ ފަންގިފިލާ ފަހީމާ އިބްރާހީމާ ހަވާލުކުރުމަށް ޢަބްދުލްވާހިދު
އިބްރާހީމްގެ ފަރާތުން މަސައްކަތްތަކެއް ކޮށްފައިވާކަމަށާއި، ނަމަވެސް އެކިއެކި ބަހަނާ ދެއްކުމަށްފަހު އިމާރާތާއި
ހަވާލުނުވުމަށް ފަހީމާ އިބްރާހީމް މަސައްކަތްކޮށްފައިވަނީ ޢަބްދުލްވާހިދު އިބްރާހީމުގެ ފަރާތުން ނުޙައްޤުން މާލީ
މަންފާތަކެއް ހޯދުމަށްކަމަށް ދެކޭކަމަށާއި، ޢިމާރާތުގެ 6 ވަނަ ފްލޯރ ނުހެދުނީ ފަހީމާ އިބްރާހީމުގެ ފަރާތުން
ދޭންޖެހޭ އެއްބާރުލުން ނުލިބިގެން ކަމަށާއި އެ ފްލޯ ނުހެދުމުން ސީދާ ގެއްލުންވަމުންދާނީ ޢަބްދުލްވާއިދު
އިބްރާހީމްއަށް ކަމަށާއި، އެހެނީ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި 6 ވަނަ ފްލޯއަކީ މަންފާ ހޯދުމަށް
ޢަބްދުލްވާއިދަށް ލިބޭނެ ތަނެއްކަމަށްވާތީ ކަމަށާއި، އެހެންކަމުން އިމާރާތުގެ 6 ފްލޯރ ނުހަދައިގެން ފަހީމާ
އިބްރާހީމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަމަށް ސަލްމާ އިބްރާހީމްގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، މާލޭ ޕަނިސިޕަލްޓީއަށް ހުށަހެޅި ކުރެހުންތަކާއި ޚިލާފްނުވާ ގޮތަށް
ހ.ރީފްވި އެވެ ކިޔާ ބަންޑާރަ ގޯތީގައި 5 (ފަހެއް) ބުރީގެ އިމާރާތެއް ކުރުމުގެ ހުއްދަ 27 ޖަނަވަރީ 2010
ވަނަ ދުވަހު ދީފައިވާ ކަން މާލޭގައި ޢިމާރާތް ކުރުމުގެ ހުއްދަ ނަންބަރު 2010
/
27-I ކަން އެނގެން
އޮންނަކަމާއި، އެ އިމާރާތް ކުރުމަށްޓަކައި ވެވުނު އެގްރީމަންޓްގައި ސޮއި ކުރެވިފައިވަނީ 01 ފެބްރުއަރީ
2010 ވަނަ ދުވަހުކަން އެނގެން އޮންނަކަމާއި، އެއްބަސްވުމުގައިވާ ގޮތުގެމަތިން އިމާރާތް ކުރުމަށް ތަން
ހަވާލު ކުރެވިފައިވަނީ ޢިމާރާތްކުރުމަށްޓަކައި ނަގަންޖެހޭ ހުއްދަތަށް ނެގުމަށްފަހުގައިކަން
ލިޔުމަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
9
2015/HC-A/16
4
4 6 8 2
އެ އިމާރާތް ކުރެވިފައިވާ ފެންވަރާމެދު ފަހީމާ އިބްރާހީމުގެ ފަރާތުން ސުވާލު އުހުއުޓް
ޢިމާރާތް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތަކަކީ ޢިމާރާތުގެ
ވެރިފަރާތުން ނަގަންޖެހޭ ހުއްދަތަކެއް ކަމާއި، އެ ހުއްދަތައް ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހަޅައިގެން
ނެގޭނީ އިމާރާތުގެ ވެރިފަރާތުގެ ހުއްދަ ލިޔުމުން ލިބުންކަމަށް އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ހ) އަށް
ބެލުމުން އެނގެން އޮންނައިރު،
އެއްބަސްވުމުގައިވާ ގޮތަށް 6 ބުރީގެ ޢިމާރާތް ހެދިފައިނުވަނީ ޢިމާރާތުގެ ވެރިފަރާތުން
ލިބެންޖެހޭ އްބާރުލުން ނުލިބިގެންކަމަށް ޢަބްދުލްވާހިދު އިބްރާހީމްގެ ފަރާތުން ބުނާއިރު، އެކަން
އެއެއްބަސްވުމުގެ ބައިވެރިއެއްކަމުގައިވާ ސަލްމާ އިބްރާހީމްގެ ބަހުން އިތުރަށް ކަށަވަރުވާކަން އެނގެން
އޮންނައިރު، އެފަދަ ހުއްދަ ނެގުމުގެ ބާރު ފަހީމާ އިބްރާހީމްގެ ފަރާތުން ދީފައިވާކަން އެނގެން ނެތްކަމާއި
މިކަންކަން ބުނެވިދިޔަ ގޮތަށް ހުރުމުން، އެ ޢިމާރާތުގެ 6 ވަނަ ބުރި ހެދިފައިނުވަނީ އިމާރާތުގެ ވެރިފަރާތުން
ފަރާތްތަކުން ނަގަންޖެހޭ ހުއްދަތައް ނެގުމަށް ދޭންޖެހޭ އެއްބާރުލުން ނުދިނުމުގެ ސަބަބުންކަމަށް
ކަމެވެ.
(ހ) ހަތަރުވަނަ ކަމަކީ: ޢިމާރާތް ކުރެވެމުންދާ އިރު ޢިމާރާތުގެ ވެރިފަރާތުން މުސާރަ
ދިނުމާއެކު އިމާރާތް ކުރުމުގެ މަސައްކަތްތައް ބެލުމާއި ރަނގަޅު ކުރުމަށްޓަކައި މަސައްކަތުގެ ސަރަހައްދުގައި
ކޮންސަލްޓަންޓަކު ބެހެއްޓުމަކީ ޢިމާރާތްކުރާ ފަރާތަށް އެއްބަސްވުމުގެ 11 ވަނަ މާއްދާއިން ލިބިދީފައިވާ
ޙައްޤެއްކަމަށް ވީނަމަވެސް، އެ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އިމާރާތް ކުރެވެމުން ދިޔައިރު، އެތަނުގެ
މަސައްކަތް ބެލުމާއި އަދި މަސައްކަތް ކުރެވެނީ ކުރެހުމާއި އަދި އިމާރާތް ކުރުމަށް ދީފައިވާ ހުއްދައާ އެއްގޮތަށް
ތޯ ބެލުމަށްޓަކައި ފަހީމާ އިބްރާހީމުގެ ފަރާތުން ކޮންސަލްޓަންޓަކު އައްޔަންކޮށްފައިވާ ނުވާކަން ދެފަރާތުގެ
ބަހުން އެނގެން އޮންނައިރު،
4 *
ucu
ކަމުދ
ދައްކާފައިވާ ވާހަކަތަކުގައި، އެ ޢިމާރާތް ހަދާފައިވަނީ ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމް
ޢިމާރާތުގެ ތިންވަނަ ބުރިން ފެން ލީކުވަމުންދާކަމަށާއި، ޢިމާރާތް ހަދާފައިވަނީ އެންގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/16
24
ތަކެތިންކަމަށް ފަހީމާ އިބްރާހީމްގެ ފަރާތުން ބުނެފައިވާތީ ހ.ރީފްވިޔުއޭ ކިޔާ ގޯތީގައި ހަދާފައިވާ ޢިމާރާތުގެ
ތިންވަނަ ބުރީގެ އެއްވެސް ތަނަކުން ފެން ލީކުވޭތޯ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/2199
ޤަޟިއްޔާގައި ޝަރީޢަތުން ބެލިބެލުމުން، ޢިމާރާތުގެ ތިންވަނަ ބުރިއަށް އަޅާފައިވާ ދެފެން ވައިރިންގގެ
(ވަޅުފެން، ވޯޓަރ ސަޕްލައިގެން) ތެރެއިން، އެއްވެސް ފެންކައިރިން އަކުން ފެން ލީކު ނުވާކަމަށް އެތަން
ބަލައި ޝަރުއީ އަގު ކޮމިޓީއިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ބަޔާން ކޮށްފައިވާކަން އެނގެން އޮންނައިރު،
އެއިމާރާތުގެ ފެންވަރު ދަށްކަމަށާއި ޢަބްދުލްވާހިދު އިބްރާހީމް އެއްބަސްވުމާ ޚިލާފުވެފައިވާކަމަށް ފަހީމާ
އިބްރާހީމުގެ ފަރާތުން ބުނާބުނުން ފިޔަވައި އެކަންކަން ޝަރީޢަތަށް ސާބިތުކޮށް ދެވޭފަދަ ހެއްކެއް އަދި
ޤަރީނާއެއްވިޔަސް ފަހީމާ އިބްރާހީމްގެ ފަރާތުން ޝަރީޢަތަށް ދެއްކިފައިނުވާކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ: އިމާރާތުގެ 2 ވަނަ ފަންގިފިލާއިން ޢަބްދުލްވާޙީދު އިބްރާހީމް މަންފާ
ހޯދާފައިވާކަމަށް ފަހީމާ އިބްރާހީމްގެ ފަރާތުން ބުނެފައިވީނަމަވެސް ހ.ރީފްވިޔު ގޯތީގައި ކޮށްފައިވާ އިމާރާތުގެ 2
ވަނަ ފަންގިފިލާ އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި ހަދައި ފަހީމާ އިބްރާހީމްއާއި ހަވާލުކުރުމަށް ޢަބްދުލްވާޙިދު
އިބްރާހީމްގެ ފަރާތުން ވަރަށް މަސައްކަތްކޮށްފައިވާނެކަމަށާއި، ނަމަވެސް ފަހީމާ އިބްރާހީމްގެ ފަރާތުން
އިމާރާތާއި ހަވާލުވެފައިނުވާކަމަށާއި، ފަހީމާ އިބްރާހީމްގެ ފަރާތުން ތަނާއި ހަވާލުނުވުމުގެ ސަބަބުން
ޢަބްދުލްވާއިދުގެ އަތުން އެތަން ބެލެހެއްޓުމަށްޓަކައި ވަރަށް ގިނަގުނަ ޚަރަދުތަކެއް ކޮށްފައިވާނެކަމަށާއި،
އެތަނުން ޢަބްދުލްވާހިދު އިބްރާހީމުގެ ފަރާތުން އެއްވެސް ކަހަލަ މަންފާއެއް ހޯދާފައިނުވާނެކަމަށް ޢަބްދުލްވާޙިދު
އިބްރާހީމުގެ ފަރާތުން ބުނެފައިވާކަމާއި އަދި އެކަމަށް އެއެއްބަސްވުމުގެ ބައިވެރިއެއް ކަމުގައިވާ ސަލްމާ
އިބްރާހީމުގެ ބަހުންވެސް ބާރު ލިބޭއިރު، ހ.ރީފްވިއު ގޯތީގައި ހަދާފައިވާ އިމާރާތުގެ 2 ވަނަ ބުރި ފަހީމާ
އިބްރާހީމްއާއި 2 ނޮވެމްބަރ 2014 ވަނަ ދުވަހު ހަވާލުކޮށްފައިވާކަން ޢިމާރާތްކޮށް ނިންމާ ޢިމާރާތުގެ ފްލޯރ
ހަވާލުކުރާ ލިޔުމަށް ބެލުމުން އެނގެން އޮންނަކަމާއި، ޢިމާރާތާއި ހަވާލުވުމަށް ފަހު ފަހީމާ އިބްރާ
އެއްވެސް ޝަކުވާއެއް ކޮށްފައިނުވާކަން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/16
(ޅ) ހަވަނަ ކަމަކީ: "ހ.ރީފްވިޔު" އެވެ. ކިޔާ ބަންޑާރަ ގޯތިން ފަހީމާ އިބްރާހީމަށާއި ސަލްމާ
އިބްރާހީމް ކުރެ ކޮންމެ މީހަކަށް ލިބިފައިވާ 216.412 އަކަފޫޓުގެ ބިމުގެ މިދެބައި އެއް ކޮށްލުމުން ޖުމްލަ
432.824 އަކަފޫޓުގެ ސަރަހައްދުގައި ކުރިން ހުރި ޢިމާރާތް ތަޅާލައި އެ ބިމުގައި 6 ބުރި އިމާރާތެއް ކުރުމާއި
މިކުރެވޭ ޢިމާރާތް ކުއްޔަށްދީ ކުއްޔަށް ހިފުމާބެހޭ ގޮތުން، 01 ފެބްރުއަރީ 2010 ވަނަ ދުވަހު ފަހީމާ
އިބްރާހީމް އާއި ޢަބްދުލްވާހިދު އިބްރާހީމާ ދެމެދު ވެވުނު ނަންބަރު 55
/
2010-MC
/
C އެގްރީމަންޓް
ޢަބްދުލްވާހިދު އިބްރާހީމް ޚިލާފުވެފައިވާކަމަށް ބުނެ ހ.ރީފްވިޔު، ފަހީމާ އިބްރާހީމްގެ ފަރާތުން ހުށަހެޅި
މައްސަލާގައި ފާހަގަ ކޮށްފައިވާ ކަންކަމާ ޢަބްދުލްވާހިދު އިބްރާހީމް ޚިލާފުވެފައިވާކަން ފަހީމާ އިބްރާހީމަށް
މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުކޮށް ދެވިފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/582
ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް މި ކޯޓުން ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް
އޮތްކަމަކަށް މި ޤަޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެނުނު ކަމެވެ.
ޙުކުމް:
ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv-C/582 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ބަލާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ޤަޟިއްޔާ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
އިޖްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް info@highcourt.gov.mv ވެބް ސައިޓް: www.highcourt.gov.mv