ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/237 ޤަޟިއްޔާގެ ޙުކުމް
l
2{015/HC-A/237
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖޭ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަޟިއްޔާ ނަންބަރު: 237/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ތައުފީޤް
* ދާއިމީ އެޑްރެސް: މ.ޑްރީމީލައިޓް / ކ.މާލެ
މިހާރުގެ އެޑްރެސް: މ.ޑްރީމީބީޗް | ކ.މާލެ
އައިޑީ ކާޑު ނަންބަރު: A057324
އިސްތިއުނާފު ރައްދުވި ފަރާތް:
1- * ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑުނަންބަރު:.
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
ރަޖިސްޓްރީ ތާރީޚް:
28 ޝަޢުބާން 1436
ނިމުނު ތާރީޚް: 04 ޞަފަރު 1439
24 އޮކްޓޯބަރ 2017
15
ޖޫން 2015
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr-C/1156 ޤަޟިއްޔާ
• ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
• މައްސަލައިގެ ބާވަތް: ދިވެހިރާއްޖޭގައި އޮރިޔާންކާޑު ގެންގުޅުން
• ހުށަހެޅި ތާރީޚް: 26.09.2011
ނިމުނު ތާރީޚް: 04.12.2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ދިވެހިރާއް
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޝުޖާޢު ޢުޘްމާން
(ރިޔާސަތު)
ފަނޑިޔާރު ޢަބްދުއްރައޫފު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
2
2{15/HC-A/237
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1156 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ކ.މާލެ
މ.ޑްރީޚީލައިޓް ޙުސައިން ތައުފީޤް ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ފާހަގަކުރެވުނު ނުކުތާ
1) އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1156 ޤަޟިއްޔާ
އަކީ، ކ.މާލެ / މ.ޑްރީމީލައިޓް ޙުސައިން ތައުފީޤްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އޮރިޔާންކާޑު ގެންގުޅުމުގެ
ކުށުގެ މައްސަލައެއްކަމާއި،
މި ދަޢުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލާ ބުނެފައިފައިވަނީ ޙުސައިން ތައުފީޤް 17 އޯގަސްޓް
2010 ދުވަހު 15:40 އެހައިކަންހާއިރު، ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާއިމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާކަމަށް
ތުހުމަތުކުރެވިގެން ހުށަހެޅުނު މައްސަލައެއްގައި ފުލުހުން، މ.ޑްރީމީބީޗް ޗެކްކުރިއިރު، އެ ކޮޓަރިން ފެނުނު 1
(އެކެއް) ސެމްސަންގް 40 ޖީބީގެ (އެކްސްޓަރނަލް) ހާޑް ޑިސްކާއި، 1 (އެކެއް) ސީގޭޓް 80 ޖީބީގެ ހާޑް
ޑިސްކާއި، 1 (އެކެއް) ސޮނީއެރިކްސަން W960i މޯބައިލް ފޯނާއި، 1 (އެކެއް) ސީޑީ އެނަލައިޒް ކުރިއިރު، އެ
ތަކެތިން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯ ފެނިފައިވާތީ، ޤާނޫނު ނަންބަރު 4/75
(ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ އެ ޤާނޫނުގެ 13
ވަނަ މާއްދާގެ (ރ) ގެ ދަށުން، ޙުސައިން ތައުފީޤްގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާކުރާކަމަށް
ބުނެފައިވާކަމާއި،
9990
އެ ޤަޟިއްޔާ ނިންމަވާފައިވަނީ، "ދެންފަހެ، 17 އޯގަސްޓް 2010 ދުވަހު
އެހައިކަންހާއިރު، ގިނަ އަދަދެއްގެ ކުޑަކުދިންތަކަކާއިމެދު ޙުސައިން ތައުފީޤް ބަދުއަޚްލާޤީ ޢަމަލު ހިންގާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2{015/HC-A/237
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޓ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ކ. މާލެ / މ. ޑްރީމީލައިޓް، ޙުސައިން ތައުފީޤްގެ ފަރާތުންޓެގެ ހައިކޯ"
ތުހުމަތުކުރެވިގެން ހުށަހެޅުނު މައްސަލައެއްގައި ފުލުހުން، މ.ޑްރީމީބީޗް ޗެކްކުރިއިރު، އެ ކޮޓަރިން ފެނުނު 1
(އެކެއް) ސެމްސަންގް 40 ޖީބީގެ (އެކްސްޓަރނަލް) ހާޑް ޑިސްކާއި، 1 (އެކެއް) ސީގޭޓް 80 ޖީބީގެ ހާޑް
ޑިސްކާއި، 1 (އެކެއް) ސޮނީއެރިކްސަން W960i މޯބައިލް ފޯނާއި،1 (އެކެއް) ސީޑީ އެނަލައިޒް ކުރިއިރު، އެ
ތަކެތިން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯ ފެނިފައިވާތީކަމަށް ބުނެ . މާލެ / މ.ޑްރީމީބީޗް
ޙުސައިން ތައުފީޤްގެ މައްޗަށް ދައުލަތުން ކޮށްފައިވާ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން
ބެލި ބެލުމުން، ދައުލަތުގެ ދަޢުވާގައި ބުނެފައިވާ ތަކެތި ފެނިފައިވާކަން، ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ
ބަހުން އެނގެންއޮތުމާއި، ފެނިފައިވާ ތަކެތީގައި އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯހުރިކަން އެ
ތަކެތީގެ ތަޙުލީލު ރިޕޯޓުންނާއި ދައުލަތުން ހުށަހަޅާފައިވާ ސީޑީތަކަށް ބެލުމުން އެނގޭތީއާއި ފެނިފައިވާ ތަކެތީގެ
ތެރެއިން ބައެއް ތަކެއްޗަކީ ޑިލީޓްކޮށްފައިވާ ތަކެތިކަމާއި، އަނެއްބައި ތަކެއްޗަކީ ޑިލީޓްނުކޮށް ހުރި ތަކެތިކަން އެ
ތަކެތި ތައުލީލްކުރި މީހުންގެ ބަހުންނާއި ހުށަހަޅާފައިވާ ރިޕޯޓަށް ބެލުމުން އެނގެންއޮތުމުން، ހެކިންގެ ބަހުންނާއި،
ހުށަހެޅިފައިވާ ޤަރީނާތަކުގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު 4175 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ
ޤާނޫނު) ގެ 4 ވަނަ މާއްދާގެ ގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުން ޙުސައިން ތައުފީޤް
ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މިއީ މިބާވަތުގެ ކުށެއް މީނާގެ މައްޗަށް ސާބިތުވި ފުރަތަމަ ފަހަރުކަމަށްވާތީ، މި
ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ 13 ވަނަ މާއްދާގެ (ރ) ގެ ދަށުން، ކ. މާލެ / މ.ޑްރީބީޗް
ޙުސައިން ތައުފީޤް -/43453 (ސާޅީސްތިންހާސް ހަތަރުސަތޭކަ ފަންސާސް ތިނެއް) ރުފިޔާއިން ޖޫރިމަނާކޮށް މި
ފައިސާ މިއަދު (04 ޑިސެމްބަރު 2014) ން ފެށިގެން 1 (އެކެއް) މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓަށް
ދައްކާ ޚަލާސްކުރުމަށް ކ. މާލެ / މ. ޑްރީމީބީޗް ޙުސައިން ތައުފީޤްއަށް އަންގާ މި ގޮތުގެ މަތިން ޙުކުމްކޮށް."
މައްސަލަ ނިންމާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1156 ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ
P1
2
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2015/HC-A/231
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
223 2ތ
ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 03 (ތިނެއް)
ނުކުތާއެއް ފާހަގަކޮށް
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދައުލަތުން ޙުސައިން ތައުފީޤުގެ މައްޗަށް ކުޅަ ދަޢުވާއަށް
ޙުސައިން ތައުފީޤު އިންކާރު ކޮށްފައިވާއިރު، އެ އިންކާރާ ގުޅިގެން ޙުސައިން ތައުފީޤުގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި، ފާހަގަކޮށްފައިވާ ނުކުތާތަކަށް ޤާނޫނީގޮތުން އެންމެ އެކަށީގެންވާ ގޮތެއްގައި ރިޢާޔަތް ނުކުރައްވައި
މައްސަލަ ނިންމަވާފައިވުމާއި، އެއީ ޠަބަޢީ ޤާނޫނުގައި ޚަސްމުންގެ ފަރާތުން ދައްކާ ވާހަކަތަކަށް ރިޢާޔަތް ކުރުމުގެ
އުޞޫލާއި، ޤާނޫނު އަސާސީގައި ބުނާ ތަފާތު ނުކުރުމާއި، ހަމަހަމަކަމުގެ ޙައްޤާ ޚިލާފް ކަމެއްކަމަށް ބުނެ ހުށަހެޅި
ނުކުތާ.
0
ދެވަނަ ނުކުތާއަކީ، ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގައި، ޝަރީޢަތުން ހެކި ޤުރީނާ
ވަޒަންކޮށްފައިވަނީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ތިންވަނަ ނުކުތާއަކީ، ޤާނޫނާ ޚިލާފަށް ހޯދާފައިވާ ހެކި ޤަރީނާތަކަށް ބަރޯސާވެ ޙުކުމް
ކޮށްފައިވާ ކަމާއި، އެއީ ޤާނޫނު އަސާސީގެ 52 ވަނަ މާއްދާއާ ޚިލާފް ކަމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1156 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ
ފުރަތަމަ ކަމަކީ، އިސްތިއުނާފު މިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr
-
C/1156 ޤަޟިއްޔާގައި ދައުލަތުން ކ.މާލެ / މ.ޑްރީމީލައިޓް ޙުސައިން ތައުފީޤްގެ މައްޗަވެނޭ
އަދަދެއްގެ ކުޑަކުދިންތަކަކާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/237
ޗެކްކުރިއިރު، ޙުސައިން ތައުފީޤްގެ ކޮޓަރިން ފެނުނު 1 (އެކެއް) ސެމްސަންގް 40 ޖީބީގެ (އެކްސްޓަރނަލް)
ހާޑް ޑިސްކާއި، 1 (އެކެއް) ސީގޭޓް 80 ޖީބީގެ ހާޑް ޑިސްކާއި، 1 (އެކެއް) ސޮނީއެރިކްސަން W960i
މޯބައިލް ފޯނާއި، 1 (އެކެއް) ސީޑީ އެނަލައިޒް ކުރިއިރު، އެ ތަކެތިން އޮރިޔާން މަންޒަރު ދައްކުވައިދޭ
ފޮޓޯތަކަކާއި ވީޑިއޯ ފެނިފައިވާތީކަމަށް ބުނެ، ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ
ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ނ) ގެ ދަށުން އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާކޮށްފައިވާކަން
އެނގޭކަމާއި،
މި ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ހާދިސާ ހިނގާ ދިޔަ
ތަނަށް ދިޔަ ފުލުހުންކަމަށްވާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސާރޖަންޓް، ކ.މާލެ {
މ.ވިންޑްސްކްރީން، މުޙައްމަދު ސާމިހް އާއި ޕޮލިސް ކޯޕްރަލް ކ.މާލެ / މއ.ލޫޕިން، މުޙައްމަދު ޝިމްޙާޒް
އަނީސްގެ ހެކިބަސްކަމާއި، ޤަރީނާގެ ގޮތުގައި ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓާއި، ސީޑީއާއި،
ހާޑް ޑިސްކާއި، ފޯނުން ފެނުނު ތަކެތީގެ ފޮޓޯ އެކުލެވޭ ސީޑީއެއް ހުށަހަޅާފައިވާކަން ފާހަގަކުރެވޭކަމާއި، ބުނެވުނު
ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި ދަޢުވާ ޙުސައިން ތައުފީޤްގެ މައްޗަށް ސާބިތުވާކަމަށް
ކަނޑައަޅައި، ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާކަން އެނގެންއޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2010/Cr
-
C/1156 ޤަޟިއްޔާގައި
ޙުސައިން ތައުފީޤްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި ރިޢާޔަތް ކޮށްފައިވާ ހެކީގެ ތެރެއިން،
މުޙައްމަދު ސާމިޗްގެ ހެކިބަހަށް ބަލާއިރު، މި މައްސަލާގައި ޙުސައިން ތައުފީޤްގެ ކޮޓަރި ބަލާފާސްކުރަންދިޔަ
ފުލުހުންގެ ތެރޭގައި މުޙައްމަދު ސާމިހްވެސް ހިމެނޭކަމަށާއި، އެ ގެއަށްގޮސް ތަކެތި ނެގީ ޙުސައިން ތައުފީޤްގެ
ޙާޟިރުގައިކަމަށާއި، އޭގެ ތެރޭގައި ސެމްސަންގް 40 ޖީބީގެ (އެކްސްޓަރނަލް) ހާޑް ޑިސްކާއި،
160GB ހާޑް ޑިސްކް (ސީޑީޔޫ) އާއި، ސޮނީއެރިކްސަން W960i މޯބައިލް ފޯނާއި، އަދި އެއް ސީޑީވެސް
ފެނިފައިވާކަމަށާއި، މި މައްސަލާގެ ތަޙްޤީޤަށް 29 މެއި 2011 ގައި ދީފައިވާ ބަޔާނަކީ ޙަޤީޤަތާ އެއްގޮތަށް
ދީފައިވާ ބަޔާނެއްކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
2015/HC-A/22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މުޙައްމަދު ސާމިހް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިން ބަޔާނުގައިވެސް ކްރިމިނަލް ކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާ ތަކެތި ފެނިފައިވާކަމަށާއި، އޭގެ އިތުރަށްވެސް ތަކެތި ފެނިފައިވާކަމަށް
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މުޙައްމަދު ޝިމްއާޒް އަނީސް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދީފައިވާ ބަޔާނުގައި މި
މައްސަލައާ ގުޅިގެން ޙުސައިން ތައުފީޤް ދިރިއުޅޭ މ.ޑްރީމީބީޗް ޗެކްކުރަން ދިޔަކަމަށާއި، އެ ކޮޓަރިން ފެނުނު
ތަކެތި މިހާރު ކަނޑައެޅިގެން ބުނަން ހަނދާނެއްނެތްކަމަށާއި، ހަމަ ޔަޤީނުންވެސް އިލެކްޓްރޯނިކް ސްޓޯރޭޖް
މީޑިއާގެ ބާވަތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނުކަމަށާއި، އޭގެ ތެރޭގައި ހަނދާންވާގޮތުން ހާޑް ޑިސްކް
އަދި ސީޑީވެސް ގެނެވުނުކަމަށާއި، ބުނެވުނު ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ޙުސައިން ތައުފީޤްގެ
ޙާޟިރުގައިކަމަށާއި، މި މައްސަލައާ ގުޅިގެން 12 މެއި 2011 ގައި ފުލުހުންގެ ތަޙްޤީޤަށް ދީފައިވާ ބަޔާނަކީ
ތެދު ބަޔާނެއްކަމަށް ބުނެފައިވާކަން ފާހަގަކުރެވެންއޮންނައިރު، މުޙައްމަދު ޝިމްއާޒް އަނީސް މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް ދީފައިވާ ބަޔާނުގައި އެ ކޮޓަރިން ފެނުނު ތަކެތީގެ ތަފްޞީލް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
ޙުސައިން ތައުފީޤްގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅުމުގައި
ޤަރީނާގެ
ރިޢާޔަތް ކޮށްފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
314/FSDB
)
2010
/
DEAU ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓުގެ 5.0 ގައި ގެނެވުނު އެގްޒިބިޓް
އެނަލައިޒްކުރުމުން ބަދު އަޚްލާޤީ މައްސަލައާއި ގުޅުންހުރި ފައިލްތައް ފެނިފައިވާކަމަށާއި، އަދި އޮރިޔާން މަންޒަރު
އެކުލެވޭ ގިނަ ޢަދަދެއްގެ ފޮޓޯ، ސީޕީޔޫގައި އިން ހާޑް ޑިސްކުގެ ”Tamporary Internet Files] ފޯލްޑަރ
ތެރެއިން ފެނިފައިވާކަމަށާއި، އޭގެން ދޭހަވަނީ އެ ފައިލްތަކަކީ އިންޓަރނެޓުން ޓްރާންސްފަރ ކުރެވިފައިވާ
ފައިލްތަކެއްކަމަށާއި، އަދި ފޯނާއި ހާޑް ޑިސްކުން ފެނިފައިވާ އޮރިޔާން މަންޒަރު އެކުލެވޭ ހުރިހާ ވީޑިއޯ
ފައިލްތަކަކީ ޑިލީޓް ކޮށްލާފައިވާ ފައިލްތަކެއްކަމަށް ފައިލް ޕްރޮޕަޓީސްއިން ދައްކާކަމަށާއި، އޮރިޔާން މަންޒަރު
އެކުލެވޭ ވީޑިއޯފައިލް ފެނުނު ސީޑީގައި [How to have good sex] މިހެން ޖަހާފައިވާކަމަށްވެއްޖެ
ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
7
2015/HC-A/231
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
02 07
0
<< O
ފާހަގަކުރެވިފައިވާކަމަށް އިސްވެ ބުނެވުނު ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، އިސްވެ ބުނެވުނު ސީޑީއަކީ ޙުސައިން
ތައުފީޤްގެ އެއްޗެއްނޫންކަމަށް ޙުސައިން ތައުފީޤްގެ ފަރާތުން ބުނެފައިވާކަމާއި،
ބުނެވުނު ޑިޖިޓަލް އެވިޑެންސް އެނަލިސިސް ރިޕޯޓުގެ 3.0 ގައި ހިމެނޭ އެވިޑެންސްތަކާއި ގުޅޭ
ޗެއިން އޮފް ކަސްޓަޑީ ފޯމްތައް މި މައްސަލައާ ގުޅިގެން ހުށަހެޅިފައިނުވާތީ، އެ ލިޔުންތައް ހޯދުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމުން، އެ އޮފީހުގެ ނަންބަރު
196-15195
/
2016
/
18 ސިޓީއާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު D2
/
196
/
2016
/
154-171
ސިޓީ ފޮނުވާފައިވާކަމާއި، ބުނެވުނު ސިޓީގައި މި މައްސަލައާ ގުޅިގެން ސަމްސަންގ 40 ޖީބީގެ (އެކްސްޓާނަލް)
ޑް ޑިސްކުގެ ޗައިން އޮފް ކަސްޓަޑީ ފޯމު ލިބިފައިވީނަމަވެސް، ދެން ފެނުނު ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ
ފޯމް މިއަދާ ހަމައަށްވެސް ފެނިފައިނުވާތީ އާއި މި މައްސަލައަކީ ވަރަށް ދުވަސްވެފައިވާ މައްސަލައަކަށްވާތީ،
މައްސަލައާ ގުޅިގެން ނެގިފައިވާ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް އަދި ފެނިފައިނުވާކަމަށާއި، މި މައްސަލައާ
ގުޅިގެން މި ވަގުތު ލިބިފައިވާ ޗެއިން އޮފް ކަސްޓަޑީ ފޯމް ކޮޕީ ފޮނުވާ، ދެން ހުރި ޗެއިން އޮފް ކަސްޓަޑީ ފޯމް
ފެނުމުން އެ ތަކެތި ވީއެންމެ އަވަހަކަށް ޙަވާލުކުރާނެ ވާހަކަ ބުނެފައިވާކަން ފާހަގަކުރެވެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
ގައި "އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ ޝައްކެތްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ، އެ މީހަކީ ކުށެއް
ނެތް މީހަކު ކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންވެގެން އޮންނައިރު، ޖިނާއީ މައްސަލަތައް
ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި، ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްރީމް (evaluate) ކޮށް
ވަޒަންކުރުމަށްފަހު އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި، ދަލީލުތަކުން ނުކުންނަ ނަތީޖާތަކަށް ބުރަވެހުރެ،
ޔަޤީނާ ގާތްކުރާ މިންވަރަށް އިޤުތިޞާޢު (convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ
މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމީ "ޤަގ
"ޤާރީނަތުލް (presumption of innocence) ގެ
ޢާންމު އެއް ޤާނޫނީ ޚާއްސިއްޔަތުކަން އެނގެންއޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
01/SC
-
A/2012 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެންއޮ
އ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
8
2015/HC-A/231
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(ރ) ހަތަރުވަނަ ކަމަކީ، ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމުގައި، ޝަރީޢަތުން ހެކި ޤާރީނާ
ވަޒަންކޮށްފައިވަނީ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) އާ ޚިލާފަށްކަމަށް ބުނެ ޙުސައިން ތައުފީޤްގެ
ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
ޙުސައިން ތައުފީޤްގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް
ކޯޓުގެ ނަންބަރު 2010/Cr-C/1156 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ ޙުސައިން ތައުފީޤް ދިރިއުޅޭ ކޮޓަރި
ޗެކްކުރިއިރު، އެ ކޮޓަރިން ފެނުނު 1 (އެކެއް) ސެމްސަންގް 40 ޖީބީގެ (އެކްސްޓަރނަލް) ހާޑް ޑިސްކާއި، 1
(އެކެއް) ސީގޭޓް 80 ޖީބީގެ ހާޑް ޑިސްކާއި، 1 (އެކެއް) ސޮނީއެރިކްސަން 960i! މޯބައިލް ފޯނާއި، 1
(އެކެއް) ސީޑީ އެނަލައިޒް ކުރިއިރު، އެ ތަކެތިން އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯތަކަކާއި ވީޑިއޯ
ފެނިފައިވާތީކަމަށް ބަޔާންކޮށްފައިވާއިރު، ބުނެވުނު ސީޑީ ފިޔަވައި ފޯނާއި ހާޑް ޑިސްކުން ފެނިފައިވާ އޮރިޔާން
މަންޒަރު އެކުލެވޭ ހުރިހާ ވީޑިއޯ ފައިލްތަކަކީ ޑިލީޓްކޮށްފައިވާ ފައިލްތަކެއްކަމަށް ފައިލް ޕްރޮޕަޓީސްއިން
ދައްކާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 314/FSD
(
B
)
2010
/
DEAU ޑިޖިޓަލް އެވިޑެންސް
އެނަލިސިސް ރިޕޯޓުގައި ފާހަގަކޮށްފައިވާކަމާއި، ބުނެވުނު ހާޑް ޑިސްކަކީ އައިބޭއިން ގަނެފައިވާ ޔޫޒްޑް
އެއްޗެއްކަމަށް ޙުސައިން ތައުފީޤްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާއިރު،
ހާޑް ޑިސްކަކީ އެހެން މީހަކު އަތުން ގަނެފައިވާ ޗެއްކަމަށް ބުނެފައިވީ ހިނދު، ބުނެވުނު ފައިލްސްތައް
ކްރިއޭޓް ކުރި ތާރީޚާއި ޑިލީޓްކޮށްފައިވާ ތާރީޚް އަދި ފައިލްތައް އެންމެ ފަހުން އޯޕަން ކޮށްފައިހުރި ތާރީޚް ފަދަ
އެއްވެސް ތަފްޞީލެއް އެ ރިޕޯޓަށް ބެލުމުން އެނގެންނެތްކަމާއި، އެހެންކަމުން، ފޯނާއި ހާޑް ޑިސްކުން ފެނިފައިވާ
އޮރިޔާން މަންޒަރު އެކުލެވޭ ހުރިހާ ވީޑިއޯ ފައިލްތަކަކީ، ޙުސައިން ތައުފީޤް އެ ތަކެތި ގެންގުޅުނުއިރު
ކްރިއޭޓްކޮށްފައިވާ ތަކެތިކަން ކަނޑައެޅިގެން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި،
އަދި އޮރިޔާން މަންޒަރު އެކުލެވޭ ގިނަ ޢަދަދެއްގެ ފޮޓޯ، ސީޕީޔޫގައި އިން ހާޑް ޑިސްކްގެ
[Tamorary Internet Files] ފޯލްޑަރގެ ތެރެއިން ފެނިފައިވާކަމަށާއި، އޭގެން ދޭހަވަނީ އެ ފައިލުތަކަކީ
އިންޓަރނެޓުން ޓްރަންސްފަރ ކުރެވިދާނެ ފައިލްތަކެއްކަމަށް އިސްވެ ބުނެވުނު ރިޕޯޓުގައި ފާހަގަކޮށްފައިތައް، އި
ވަންނަ ސައިޓެއްގެ ސަބަބުން ކޮމްޕިއުޓަރަށް ޚާއްޞަ ވައިރަސް ޑިޓެކްޓަރއެއް އަޅާފައި މަށްވާ
0.04 ދ ތތ
32 04
ނެޗުކަމުންވާންވީ
*
ވާ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2{015/HC-A/231
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OLC
އެންޓިވައިރަސް އަޅާފައި ނެތްކަމަށްވާނަމަ އެ ސައިޓް ތަކުން ފައިލްތައް އޮޓޮމެޓިކަލީ ހާޑްޑިސްކްތެރެއަށް
އިންސްޓޯލް ވެދާނެކަމަށާއި، އެފަދަ ގޮތަކަށް އިންސްޓޯލްވެފައިހުރި ފައިލްތަކެއް ކަމަށްވެސް ވެދާނެ ޙުސައިން
ތައުފީޤްގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެންއޮތުމުން، ބުނެވުނު ފައިލްތަކަކީ ޙުސައިން ތައުފީޤް ގެންގުޅުނު
ތަކެތިކަމާމެދު ސުވާލުއުފެއްދުމުގެ އިޙްތިމާލްއެބައޮތްކަމާއި،
މި މައްސަލާގައި ޙުސައިން ތައުފީޤް އުޅޭ ކޮޓަރިން ފެނުނު، ސީޑީއަކުން އޮރިޔާން މަންޒަރު
ދައްކުވައިދޭ ވީޑިއޯ ފެނިފައިވާކަމަށް ދައުލަތުން ބުނެފައިވާކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
SD
(
B
)
2010
;
DEAU314 ޑިޖިޓަލް އެވޯޑެންސް އެނަލިސިސް ރިޕޯޓަށް ބަލާއިރު، ޙުސައިން ތައުފީޤްގެ
ކޮޓަރިން ގެނެވިފައިވާ އެވިޑެންސްތަކުގެ ތަފްޞީލުގައި، "އެވިޑެންސް ނަންބަރު E10880 (ސީޑީ !ޑީވީޑީ (59
ޑިސްކް) ބޭގްގައި" މިފަދައިން ލޭބަލް ކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، ބުނެވުނު ރިޕޯޓުގެ 4.0 "ފައިންޑިން
އަދި އެނާލިސިސް" ގެ 4.4 ގައި ސީޑީ700
MB (އެވިޑެންސް ނަންބަރު E10880.1) މި ސީޑީގެ ސްޓޯރޭޖް
އެނަލައިޒްކުރުމުން އޮރިޔާން މަންޒަރު ދައްކުވައިދޭ 01 ވީޑިއޯ ފައިލް ފެނިފައިވާކަމަށް ބަޔާންކޮށްފައިވާކަމާއި،
އަދި ބުނެވުނު ރިޕޯޓުގެ 5.0 ގައި ފެނުނު ތަކެތީގެ ޚުލާސާގައި އޮރިޔާން މަންޒަރު ފެނުނު ސީޑީގައި
”to have good sex މިހެން ޖަހާފައިވާކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، ބުނެވުނު ސީޑީއަކީ
ޙުސައިން ތައުފީޤްގެ ސީޑީއެއްކަމާމެދު އޭނާގެ ފަރާތުން އިންކާރުކޮށްފައިވާކަމާއި،
މި މައްސަލައާ ގުޅިގެން ބުނެވުނު ސީޑީ، އެވިޑެންސް ނަންބަރު E10880 (ސީޑީ ޑީވީޑީ
(59 ޑިސްކް) ބޭގްގައި) އާ ގުޅޭ ޗެއިން އޮފް ކަސްޓަޑީ ފޯމް އިސްތިއުނާފުކުރެވޭ މައްސަލާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައިނުވާތީ، ބުނެވުނު ލިޔުން ހޯދުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގައި އެދުމުން، ކުރިންވެސް ފާހަގަކުރެވުނު ފަދައިން، އެ އޮފީހުގެ ނަންބަރު
95
/
2016
/
18އޭ1-19 ސިޓީއާއެކު ފޮނުވި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
ސިޓީ ގައި، މި މައްސަލައާ ގުޅިގެން ސަމްސަންގ 40 ޖީބީގެ (އެކްސްޓާނަލް)
ޑިސްކުގެ ޗެއިން އޮފް ކަސްޓަޑީ ފޯމު ލިބިފައިވީނަމަވެސް، ދެން ފެނުނު ތަކެތީގެ ޗެއިން އޮފް ކަސްޓުންގެ
ފޯމް މިއަދާ ހަމައަށްވެސް ފެނިފައިނުވާތީ އާއި މި މައްސަލައަކީ ވަރަށް ދުވަސްވެފައިވާ މައްސަލަތަކަންވާ
"How
111-D2196/2016/154
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/231
މައްސަލައާ ގުޅިގެން ނެގިފައިވާ ތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް އަދި ފެނިފައިނުވާކަމަށް
ބުނެފައިވާފައިވާކަން އެނގެންއޮތުމުން، ބުނެވުނު ސީޑީގެ ޗެއިން އޮފް ކަސްޓަޑީ ފޯމް ލިބިފައިނުވާއިރު، މި
މައްސަލާގައި ހާދިސާ ހިނގާ ދިޔަތަނަށް ދިޔަކަމަށް ބުނާ ހެކިންގެ ހެކިބަހުގައި މ.ޑްރީމީބީޗުން އެތައް
އެތައް ސީޑީއެއް
ފެނިފައިވާކަމަށް ފާހަގަކޮށްފައިވާއިރު، ”How to have good sex] މި ނަންޖަހާފައިވާ ސީޑީއެއް
ފެނިފައިވާކަމަށް ބުނެފައިނުވާތީ، އެ ސީޑީއަކީ ސީދާ ޙުސައިން ތައުފީޤްގެ ކޮޓަރިން ނެގުނު ސީޑީއެއްކަން
ދަޢުލަތަށް ސާބިތުކޮށްދެވިފައިނުވާކަމާއި،
އިސްތިއުނާފު ކުރެވޭ މައްސަލާގައި ކްރިމިނަލް ކޯޓުން ރިޢާޔަތް ކޮށްފައިވާ ހެކި!ޤާރީނާގެ
ތެރެއިން ފޯނާއި ހާޑް ޑިސްކުން ފެނިފައިވާ އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯ ފައިލްތައް ފިޔަވައި،
ޙުސައިން ތައުފީޤްގެ މައްޗަށް އޮރިޔާން ކާޑު ގެންގުޅުމުގެ މައްސަލަ ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހަޅާފައިވާ
ހެކި ޤަރީނާގެ ގޮތުގައި ހަމައެކަނި އޮތީ ”How to have good sex“ މި ފަދައިން ޖަހާފައިވާ ސީޑީ
އެކަނިކަން އެނގެންއޮންނައިރު، ބުނެވުނު ސީޑީއަކީ ޙުސައިން ތައުފީޤްގެ ސީޑީއެއްކަމާމެދު އޭނާގެ ފަރާތުން
އިންކާރުކޮށްފައިވާއިރު، ޙުސައިން ތައުފީޤްގެ ކޮޓަރިން ގެނެވުނު ތަކެތީގެ ތެރޭގައި 59 ޑިސްކް ހިމެނޭ ސީޑީ
އޮތްކަމާއި، އަދި ބުނެވުނު ސީޑީ ބޭގްގައި [How to have good sex] މި ފެޖަހާފައިވާ
ސީޑީއެއް އޮތްކަން ދަޢުލަތަށް ސާބިތުކޮށްދެވިފައިނުވާތީ، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގެ ދަށުން
ބުނެވުނު ސީޑީއަކީ ޙުސައިން ތައުފީޤް ގެ ސީޑީއެއްކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ދަޢުލަތަށް
ސާބިތުކޮށްދެވިފައިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ހުރިހާ
0224
13 9
xތ ދ
ހއ ހ2 7
2
ނަންޖީ"
$.
ފަނޑިޔާރުންނަށްވެސް އެއްބަސްވެވުނުކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއެކު، ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr
-
C/1156 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ
ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
11
2{15/HC-A/237
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ޙުކުމް
ދުxތ
ދެންފަހެ، އިސްވެ ފާހަގަކުރެވުނުކަންކަން އެގޮތަށް ހުރުމުން، ކ.މާލެ / މ.ޑްރީމީލައިޓް
ޙުސައިން ތައުފީޤް (އައިޑީ ކާޑު ނަންބަރު A057324) ގެ ފަރާތުން ކްރިމިނަލް ކޯޓުގެ ނަންބަރު
2010/Cr
-
C/1156 ޤަޟިއްޔާ އިސްތިއުނާފުކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ބިނާކޮށް، އެ
22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv