ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/241 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/241
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 241/HC-A/2014
• އިސްތިއުނާފުކުރި ފަރާތް:
ނަން: އިބްރާހީމް ނާޞިރު
އައިޑީ ކާޑު ނަންބަރު: A105769
ދާއިމީ އެޑްރެސް: ފަހާގެ/ ގދ. ގައްދޫ
* މިހާރުގެ އެޑްރެސް: ފަހާގެ/ ގދ. ގައްދޫ
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 31 އޮގަސްޓް 2014
ނިމުނު ތާރީޚް: 09 މެއި 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cr
-
C/705
ނިންމެވިކޯޓް: ކްރިމިނަލް ކޯޓް
ޤަޟިއްޔާގެ ބާވަތް: ޑައިމޯފިން ޓްރެފިކުކުރުން
• ހުށަހެޅުނުތާރީޚް: 08 ޑިސެމްބަރ 2012 ނިމުނު ތާރީޚް: 10 އޭޕްރީލް 2013
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/241
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/705 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ގދ. ގައްދޫ ފަހާގެ އިބްރާހީމް ނާޞިރުގެ ފަރާތުން
އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް)އެވެ.
CCCO
0
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/105 ޤަޟިއްޔާއަކީ، ގދ. ގައްދޫ ފަހާގެ
އިބްރާހީމް ނާޞިރު 2012 ޖުލައި 20 ވަނަ ދުވަހުގެ 11:45 އެހައިކަންހާއިރު، އިބްރާހީމް ނާޞިރު
މަސްތުވާތަކެތި ހިފައިގެން ”ހެލެނބެލި ގޯޅި“ އަށް ދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން
އެތަނަށް ގޮސް މަޑުކޮށްގެން ތިއްބާ އިބްރާހީމް ނާޞިރު ސައިކަލެއްގައި އެތަނަށް ދިޔުމުން ފުލުހުންގެ ބެލުމުގެ
ދަށަށް ގެންދަންއުޅުނު ވަގުތު އިބްރާހީމް ނާޞިރުގެ ވައަތު މުށުތެރެއިން އެއްލާލި ޓިޝޫ ކަރުދާސް ގަނޑުގެ
ތެރޭގައި އޮތް 07 (ހަތެއް) ރަބަރު ޕެކެޓްގައި ޖުމްލަ 8.4752ގްރާމް ޑައިމޯފިން ހުރިކަމަށް އެތަކެތީގެ
ތަޙްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާއިބެހޭ ޤާނޫނު) ގެ 103 ވަނަ
މާއްދާގެ (ހ) އާއި ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން އިބްރާހީމް ނާޞިރުގެ މައްޗަށް ޑައިމޯފިން ޓްރެފިކް
ކުރުމުގެ ކުށުގެ ދަޢުވާ، ދައުލަތުގެ ފަރާތުން ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދެންފަހެ ދައުލަތުން ގދ.ގައްދޫ ފަސާގެ، އިބްރާހީމް
ނާޞިރުގެ މައްޗަށްކުޅަ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލިބެލުމުން، 20 ޖުލައި
2012 ދުވަހު 21:45 ހާއިރު، އިބްރާހީމް ނާޞިރު މަސްތުވާތަކެތި ހިފައިގެން "ހެލަބެލި" ގޯޅިއަށް ދާކަމުގެ
މަޢުލޫމާތު ފުލުހުންނަށް ލިބުމާގުޅިގެން، ފުލުހުން އެތަނަށްގޮސް މަޑުކޮށްގެންތިއްބާ، އިބްރާހީމް ނާޞިރު
ސައިކަލެއްގައި އެތަނަށް އައުމުން އިބްރާހީމް ނާޞިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން އުޅުނު ވަގުތު
އިބްރާހީމް ނާޞިރު އެއްވެސް އެއްޗެއް އެއްލާލާފައިނުވާނެ ކަމަށް ބުނެ މިދަޢުވާއަށް އިންކާރު ކުރުމާ ގުޅިގެން،
މިދަޢުވާ ސާބިތުކުރުމަށްޓަކައި ހުށަހެޅި ހެކިންގެ ހެކިބަހުން، އިބްރާހީމް ނާޞިރު ވައްޓާލި ޓިޝޫ
ދިވެހިރާއްޖޭގެ
އިސްދޫ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/241
17/2011
ކަރުދާސްގަޑެއްގެ ތެރެއިން 07 ރަބަރު ޕެކެޓު ފެނިފައިވާކަން އެނގެން އޮންނާތީއާއި، ބުނެވިދިޔަ 07 ރަބަރު
ޕެކެޓުގައި 8.4752 ގްރާމް ޑައިމޯފިންހުރިކަން އެތަކެތީގެ ތަޙުލީލު ރިޕޯޓުންއެނގެން އޮންނާތީ، ހެކިންގެ
ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ
މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 135 ވަނަ މާއްދައިގެ (ބ) އާއި ޙަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ
ކުށުން އިބްރާހީމް ނާޞިރު ކުއްވެރި ވެއްޖެކަމަށް ކަނޑައަޅައި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ
ޤާނޫނުގެ 103 ވަނަ މާއްދައިގެ (ހ) އާއި ޙަވާލާދީ އެމާއްދައިގެ (ނ) ގެ ދަށުން އިބްރާހީމް ނާޞިރު ޢުމުރަށް
ޖަލަށްލުމާއެކު -/100,000 (އެއްލައްކަ) އިން ޖޫރިމަނާކޮށް މިފައިސާ މިއަދުން ފެށިގެން އެއްމަސްދުވަހުގެ
ތެރޭގައި މިކޯޓަށް ދެއްކުމަށް އިބްރާހީމް ނާޞިރަށް އަންގައި މިގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ
ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯރޓުން އެގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/705
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލާ ޚިލާފަށް
ކަމަށް ބުނެ އިބްރާހީމް ނާޞިރުގެ ފަރާތުން އިސްތިއުނާފު ކުރުމަށް 02 (ދޭއް) ނުކުތާ ފާހަގަކޮށް
އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އޭގެ ތެރެއިން:-
ފުރަތަމަ ނުކުތާއަކީ: ތަޙްލީލް ރިޕޯޓްގައި ފުށުއަރާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު
ތަޙްލީލުކުރި ފަރާތްތައް ޝަރީޢަތަށް ޙާޟިރުކޮށް ތަޙްލީލް ރިޕޯޓްތަކުގެ ޞައްޙަކަން ކަށަވަރުކޮށްދީފައިނުވާ
ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާ
ޚިލާފަށް މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ފާހަގަކުރި
0
ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/705 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އިބްރާހީމް ނާޞިރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެކުތާތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި
މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/241
co
(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr
-
C/705 ޤަޟިއްޔާގައި އިބްރާހީމް ނާޞިރުގެ މައްޗަށް
ހުށަހެޅުނު ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާއަށް އިބްރާހީމް ނާޞިރު އިންކާރުކޮށްފައިވާކަން އެނގެން
އޮންނައިރު، ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 135 ވަނަ މާއްދައިގެ (ބ) އާއި ޙަވާލާދީ ޑައިމޯފިން ޓްރެފިކް
ކުރުމުގެ ކުށުން އިބްރާހީމް ނާޞިރު ކުއްވެރި ވެއްޖެކަމަށް ކަނޑައަޅުއްވައި އެކުށުގެ ޢުޤޫބާތެއްގެ ގޮތުން
ބުނެވިދިޔަ ޤާނޫނުގެ 103 ވަނަ މާއްދައިގެ (ހ) އާއި ޙަވާލާދީ އެމާއްދައިގެ (ނ) ގެ ދަށުން އިބްރާހީމް
ނާޞިރު ޢުމުރަށް ޖަލަށްލުމާއެކު -/100,000 (އެއްލައްކަ) އިން ޖޫރިމަނާކޮށް އެފައިސާ އެއްމަސްދުވަހުގެ
ތެރޭގައި ދެއްކުމަށް ޙުކުމްކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ށ) މިމައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، މިމައްސަލައިގައި ދަޢުވާކުރެވިފައިވާ ހާދިސާއާ ގުޅިގެން އިބްރާހީމް ނާޞިރު
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަންއުޅުނު ވަގުތު އިބްރާހީމް ނާޞިރުގެ ވައަތު މުށުތެރެއިން ޓިޝޫ ކަރުދާސް
ގަނޑެއް އެއްލާލިކަމާއި، އޭތި ނަގާ ބެލިއިރު އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
ކުކުރެވޭ ބްލެޓް
ސައިޒުގެ 07 (ހަތެއް) ރަބަރު ޕެކެޓް ފެނިފައިވާކަން މިމައްސަލައިގައި ހާދިސާ ހިނގިތަނަށް ދިޔަ މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް އިބްރާހީމް ޝަރީފް އާއި، ލާންސް ކޯޕްރަލް އާދަމް އަޙްމަދު އާއި،
ލާންސް ކޯޕްރަލް ޞާލިޙް އިސްޙާޤް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުން
ޝަރީޢަތަށް ސާބިތުވާކަމާއިގެ
އިބްރާހީމް ނާޞިރު އެއްލާލި ޓިޝޫ ކަރުދާސްގަނޑުގެ ތެރޭގައި އޮތް 07 (ހަތެއް) ރަބަރު ޕެކެޓުގައި
ޖުމްލަ ބަރުދަނުގައި 8.4752 ގްރާމް ޑައިމޯފިން ހުރިކަން ދައުލަތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް
ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 2012
/
0841/Ke
)
/
DR ”މަސްތުވާތަކެތީގެ
ތަޙްލީލް ރިޕޯރޓް“ އިން އެނގެން އޮވެއެވެ.
(ނ) ތަޙްލީލް ރިޕޯޓްގައި ފުށުއަރާ ކަންތައްތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު ތަޙްލީލުކުރި ފަރާތްތައް
ޝަރީޢަތަށް ޙާޟިރުކޮށް ތަޙްލީލް ރިޕޯޓްތަކުގެ ޞައްޙަކަން ކަށަވަރުކޮށްދީފައިނުވާކަމަށާއި ތަޙްލީލު ރިޕޯޓުގައި
އަދި ދަޢުވާގެ ސީޝޯގައިވެސް ފެނުނު ތަކެތީގެ ޖުމްލަ ބަރުދަނުގެ ގޮތުގައި ބަޔާންކޮށްފައިވަނީ 8.4752 ގްރާމް
އްޖޭގެ
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-A/241
ކަމަށާއި، އިބްރާހީމް ނާޞިރު އެއްލާލިކަމަށް ދައުލަތުން ބުނާ ޕެކެޓްތަކުގައި ހުރި އެއްޗެހި ތަޙްލީލުކުރުމުން
އޭގައި ތިން ބާވަތެއް ހިމެނޭ ކަމަށާއި އެތިން ބާވަތުގެ ބަރުދަން ވަކިވަކިން ގެނެސްދީފައިވާއިރު އެތިން ބާވަތުގެ
ބަރުދަން އެއްކުރުމުން ޖުމްލަ ބަރުދަނަކީ 6.4946 ގްރާމް ކަމަށާއި، ދައުލަތުން އިބްރާހީމް ނާޞިރުގެ މައްޗަށް
ކޮށްފައިވާ ދަޢުވާއަކީ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކަމަށްވާއިރު، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ދަށުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ކުރެވެނީ އެމީހެއްގެ
އަތުގައި 4 ގްރާމް ނޫނީ އެއަށްވުރެ ގިނައިން ޑައިމޯފިން ހުރެގެންކަމަށްވާއިރު އިބްރާހީމް ނާޞިރު
އެއްލާލިކަމަށް ދައުލަތުން ބުނާ މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓަށް ބަލާއިރު ޤާނޫނުގައި ޑައިމޯފިން ޓްރެފިކް
ކުރުމަށް ކަނޑައަޅާފައިވާ މިންވަރަށް ޑައިމޯފިން އެކުލެވިގެން ނުވާކަން ބުނެ އިބްރާހީމް ނާޞިރުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވަނީ،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތްތައްކަމާއި، އަދި އެޤާނޫނުގެ ޖަދުވަލު 2 ގައި ބަޔާންކޮށްފައިވަނީ ބޭހުގެ
ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ބާވަތްތަ
ވަތްތައްކަން އެނގެން އޮންނައިރު، އެޤާނޫނުގެ 103 ވަނަ މާއްދާގެ
(ހ) ގައި ޑައިމޯފިން ޓްރެފިކްކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވާކަމާ
،
މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި، 4 (ހަތަރެއް) ގްރާމަށްވުރެ ގިނަ ޢަދަދަކަށް
ޑައިމޯފިން ހުރެއްޖެނަމަ، އެއެއްޗެއް އޭނާގެ އަތުގައި އެހުރީ، އެއެއްޗެއް ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެކަން
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 134 ވަނަ މާއްދާގެ (ބ) އިން އެނގެން
އޮންނައިރު، އެޤާނޫނުގެ 139 ވަނަ މާއްދާގެ (ނ) ގައި، މީހެއްގެ އަތުގައި ހުރީ، ޖަދުވަލު 1 ގައިވާ
މަސްތުވާއެއްޗަކާއި ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް އެއްކޮށްފައި ކަމުގައިވާނަމަ، އެ އެއްޗެއްގައި ގިނައިން
ފާހަގަވާން ހުރީ ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި ކަމުގައިވާނަމަ، އޭނާގެ އަތުގައި އެހުރީ، ޖަދުވަލު 1
ގައިވާ މަސްތުވާތަކެތި ކަމުގައި އެމާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި،
އެމާއްދާގެ (ށ) ގައި، މީހެއްގެ އަތުގައި ހުރި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ހުރީ އެހެން އެއްވެސް
އެއްޗަކާ އެއްކޮށްފައި ކަމުގައިވާނަމަ، އެމަސްތުވާ އެއްޗެއްގެ ބަރުދަނަކީ، އެހުރިހާ އެއްޗެއްގެ ޖުމްލަ
ބަރުދަންކަމުގައި ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖެ
ކައި
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ބާތިއްކަލާނ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/241
2 223
(ރމުން،
مرمرمرمراہ کرم می
142
OC OX cucc
އިބްރާހީމް ނާޞިރުގެ އަތުން ފެނިފައިވާ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ޓެސްޓް
އޭނާގެ އަތުން ފެނިފައިވާ ރަބަރު ޕެކެޓްތަކުގައި، 2.2309 ގްރާމް ޑައިއެސިޓައިލްމޯފިންއާއި،
3.5517 ގްރާމް 6-އެސިޓައިލްމޯފިންއާއި 0.7120 ގްރާމް އެސިޓައިލް ކޯޑެއިން ހުރިކަން އެތަކެތީގެ ތަޙްލީލު
ރިޕޯޓުން އެނގެން އޮންނައިރު، 6-އެސިޓައިލްމޯފިންއާއި އެސިޓައިލް ކޯޑެއިން އަކީ މަސްތުވާތަކެއްޗާބެހޭ
ޤާނޫނުގައި މަސްތުވާތަކެތީގެ ގޮތުގައި ހިމެނިފައިވާ ބާވަތްތަކެއް ނޫންކަން އެނގެން އޮންނަކަމާއި، އިބްރާހީމް
ނާޞިރުގެ އަތުން ފެނުނު ތަކެތީގެ ބަރުދަން ބެލުމުގައި ޢަމަލުކުރަން ޖެހޭނީ އެހުރިހާ އެއްޗެއްގެ ޖުމްލަ
ބަރުދަނުގައި ހުރި މިންވަރަށްކަން، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 139
ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގޭކަމާއި؛
ޤާނޫނު ނަންބަރު 17/2011 (މަސް
ޤާނޫނު) ގެ
ވަނަ މާއްދާގައި،
މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއް ކަމުގައި ބެލެވޭނެގޮތްތަކެއް ބަޔާންކޮށްފައިވާކަމާއި، އެގޮތުން އެމާއްދާގެ
(ޅ) ގައި ޓްރެފިކްކުރާ މީހެއްކަމަށް ބެލެވޭ މިންވަރުކަމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މިންވަރަށް
މަސްތުވާތަކެތި މީހެއްގެ އަތުގައި ހުރުމަކީ، އެމީހަކީ މަސްތުވާތަކެތި ޓްރެފިކްކުރާ މީހެއްކަމުގައި ބެލެވޭނެ
ބަޔާންކޮށްފައިވާއިރު، އެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ބ) އާއި، 135 ވަނަ މާއްދާގެ (ބ)
ގައި މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ މީހެއްކަމުގައި ވިޔަސް އަދި މަސްތުވާ ތަކެއްޗަށް ދެވިހިފާފައިނުވާ
މީހެއް ކަމުގައިވިޔަސް އެމީހެއްގެ އަތުގައި 4 ގްރާމަށްވުރެ ގިނަޢަދަދަށް ޑައިމޯފިން ހުރެއްޖެނަމަ އެއެއްޗެއް
އެމީހެއްގެ އަތުގައި އެހުރީ ޓްރެފިކްކުރުމަށް ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައި އޮންނަކަމާއި،
އެގޮތުން ބަލާއިރު އިބްރާހީމް ނާޞިރުގެ އަތުން ފެނުނުކަމަށް ބުނާ ތަކެތީގައި ތިން ބާވަތެއް
އެކުވެފައިހުރިކަން އެނގެން އޮންނައިރު މިތިން ބާވަތުގެ ޖުމްލަ ބަރުދަނުގައި 4 ގްރާމަށް ވުރެ ގިނަކަން
ހިގެން އޮތުމުން، އިސްވެބަޔާން ކުރެވުނު 134 ވަނަ މާއްދާގެ (ބ) އާއި 135 ވަނަ މާއްދާގެ (ބ) އަށް
ބެލުމުން އިބްރާހީމް ނާޞިރުގެ އަތުގައި މަސްތުވާތަކެތި ހުރީ ޓްރެފިކް ކުރުމަށް ކަމުގައި ޤާނޫނީ ގޮތުން
ބެލޭނެކަމާއިގެ
އިސްތިއުނާފު މިކުރެވޭ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގާދިޔައިރު، އިބްރާހީމް ނާޞިރުގެ އަތުން
ފެނުނުކަމަށް މިދަޢުވާގައި ބުނެފައިވާ ތަކެތި ތަޙްލީލުކުރި ފަރާތް ޙާޒިރުކޮށް އެފަރާތުގެ ބަހެއް ހޯދުމަށް އެދު
އެނގެން
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-A/241
ފުރުޞަތު އިބްރާހީމް ނާޞިރަށް ލިބިފައިވާއިރު އެފުރުޞަތުގެ ބޭނުން އިބްރާހީމް ނާޞިރު ކޮށްފައިވާކަން
އެނގެން ނެތްކަމާއި، މިހާރު ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ އިސްތިއުނާފުގެ މަރުޙަލާގައި އެތަކެތީގެ
ތަޙްލީލުކުރި ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ޙާޒިރުކޮށް ތަޙްލީލުކުރި ފަރާތުގެ ކިބައިން ސާފުކޮށް ދިނުމަށް
އެދިފައިވާ ކަންކަމަކީ، މިމައްސަލައިގައި އެއްވެސް އޮޅުމެއްނެތި، ސާފުކޮށް ފެންނަން ހުރި ޙަޤީޤަތްތަކަށް
ބަދަލު އަންނާނެ ކަންތައްތަކެއް ކަމަށް ނުބެލޭއިރު، އަދި އިބްރާހީމް ނާޞިރުގެ މައްޗަށް ހުށަހެޅުނު
ދަޢުވާއަށްވެސް ބަދަލެއް އަންނާނެ ކަމަށް ބެލެވެން ނެތުމާއެކު އިބްރާހީމް ނާޞިރުގެ ފަރާތުން އެދިފައިވާ
ފަދައިން އިބްރާހީމް ނާޞިރުގެ އަތުން ފެނިފައިވާ ތަކެތި ތަޙްލީލުކުރި ފަރާތް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް ޙާޒިރުކުރަންޖެހޭ ޟަރޫރަ
ދުރަތެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012/Cr-C/705 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ދަލުގެންނަންޖެހޭ ސަބަބެއް އޮތްކަމަކަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ
މަޖިލިހަކަށް ނުފެނުނެވެ.
6ހ2
އެeyށް
ހުރުމުން،
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން
ކްރިމިނަލް ކޯޓުގެ ނަންބަރު
2012/Cr-C/705 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އިބްރާހީމް ނާޞިރުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ
ޝަރުޢީ ޤާނޫނީ ސަބެއްނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހި3
(;
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ