ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/89 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
216/HC-A/8g
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
U
ޤަޟިއްޔާ ނަންބަރު: 89/HC-A/2016
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ޝަރީފް
އައި.ޑީ.ކާޑު ނަންބަރު: A026926
*
މިހާރުގެ އެޑްރެސް: މ.ހަވީރީނާޒް އިރުމަތީބައި
ދާއިމީ އެޑްރެސް: މ.ޓެރަރިސްކް) ކ.މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޢަބްދުއްރަޝީދު އިބްރާހީމް
* އައި.ޑީ.ކާޑު ނަންބަރު: A090200
i
މިހާރުގެ އެޑްރެސް: މ.ވިންޑްސްކްރީން ކ.މާލެ
ދާއިމީ އެޑްރެސް: މ.ވިންޑްސްކްރީން/ ކ.މާލެ
0
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 ޖުމާދަލްއޫލާ 1437
28 ފެބްރުއަރީ 2016
ނިމުނު ތާރީޚް: 21 މުޙައްރަމް 1439
11 އޮކްޓޯބަރު 2017
0
.އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/1967
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް ފައިސާ ހޯދުން
• ހުށަހެޅުނު ތާރީޚް: 23 ސެޕްޓެމްބަރު 2014 ނިމުނު ތާރީޚް:
ޑިސެމްބަރު 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލީސް:
• ފަނޑިޔާރު ޏ.ޢަލީ ސަމީރު، ފަނޑިޔާރު އޖ .ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އޖ.ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖެ، ން 3325029، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަ
އީމެއިލް [email protected]
www.highcourt.gov.my
ވެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/89
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1967 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ
ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
މ.ޓެމަރިސްކް އަޙްމަދު ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ހަމަތަކާ8e85
ހުމުތަކާއެއްގޮތް
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މ.ވިންޑްސްކްރީން ޢަބްދުއްރަޝީދު
އިބްރާހީމެވެ.
2 / ހ2 24
272 ހވ
(ހ3ކރވ ކނތއ.
ގަކުރެވުނު
01 ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1967 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މ.ޓެމަރިސްކް އަޙްމަދު ޝަރީފު އާއި މ.ވިންޑްސްކްރީން ޢަބްދުއްރަޝީދު
އިބްރާހީމް އާއި ދެމެދު 05 މެއި 2014 ވަނަ ދުވަހު ވެވުނު ވިޔަފާރީގެ އެއްބަސްވުމާއި އެއްގޮތްވާ ގޮތުގެ
މަތީން އަނބުރާދައްކާ ގޮތަށް އަޙްމަދު ޝަރީފުގެ ވިޔަފާރިއަށް ޢަބްދުއްރަޝީދު އިބްރާހީމް އިންވެސްޓް
ކޮށްފައިވާ ފައިސާ އަނބުރާދެއްކުމަށް ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަޙްމަދު
ޝަރީފް ފައިސާ ދައްކަމުން ނުދާތީ ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ޢަބްދުއްރަޝީދު
އިބްރާހީމް އިންވެސްޓް ކޮށްފައިވާ -/
1,665,360ރ. (ސޯޅަލައްކަ ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ
ފަސްދޮޅަސް ރުފިޔާ) އާއި މިފައިސާ ހޯދުމަށް ޤާނޫނީގޮތުން ކުރާމަސައްކަތަށް ޚަރަދުވާ -/
333,072ރ.
(ތިންލައްލަ ތެއްތިރީސް ހާސް ހަތްދިހަ ދެރުފިޔާ) އާއި އެކު ޖުމްލަ -/
1,998,432ރ. (އެއްމިލިޔަން
ނުވަސަތޭކަ ނުވަދިހަ އަށްހާސް ހަތަރުސަތޭކަ ބައްތިރީސް ރުފިޔާ) ހޯދުމަށް އެދި މ.ޓެރަރިސްކް އަޙްމަދު
ޝަރީފުގެ މައްޗަށް މ.ވިންޑްސްކްރީން ޢަބްދުއްރަޝީދު އިބްރާހީމް ދަޢުވާ ކުރުމުން ބެލުނު
މައްސަލައެއްކަން އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކަށާއި
ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު އަނބުރާދައްކާ
20 8 22
ހުށަހެޅިފައިވާ
ބeކއި
އައިކޯޓް
ދިވެހިރާއްޖެ، ފޯން: 332532، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ދުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް [email protected]
www.highcourt.gov.mv :&&&s
ވެ
ދިވެހިންގ
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/89
މ.ޓެމަރިސްކް އަޙްމަދު ޝަރީފުގެ ވިޔަފާރިއަށް ޢަބްދުއްރަޝީދު އިބްރާހީމް -/1,665,360ރ. (ސޯޅަލައްކަ
ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ) ޚަރަދުކޮށްފައިވާކަން މިދެފަރާތުގެ ދެމެދު 05
މެއި 2014 ވަނަ ދުވަހު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމުން އެނގެން އޮތުމާއިއެކު
މިފައިސާގެ އެއްވެސް މިންވަރެއް މިހާތަނަށް ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކާފައިވާކަން
ޝަރީޢަތަށް ސާބިތުނުވާތީ މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ބަޔާންވެދިޔަ އެއްބަސްވުމުގައި ހިމެނޭ
-/
1,665,360ރ. (ސޯޅަލައްކަ ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ) އާއި މިފައިސާ
ހޯދުމަށްޓަކައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން ދަޢުވާކުރާ ފަރާތުން ބަދަލުގައި ވަކީލަކު
ފޮނުވުމަށްޓަކައި ޚަރަދު ކުރަންޖެހިފައިވާ -/333,072ރ. (ތިންލައްކަ ތެއްތިރީސް ހާސް ހަތްދިހަ
ދެރުފިޔާ) އާއި އެކުޖުމްލަ -/1,998,432ރ. (އެއްމިލިޔަން ނުވަސަތޭކަ ނުވަދިހަ އަށްހާސް ހަތަރުސަތޭކަ
ބައްތިރީސް ރުފިޔާ) އަކީ ދަޢުވާލިބޭ މ.ޓެމަރިސްކް އަޙްމަދު ޝަރީފް މ.ވިންޑްސްކްރީން ޢަބްދުއްރަޝީދު
އިބްރާހީމް އަށް ދޭންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވެއްޖެ ކަމަށް
ކަނޑައަޅައި މިފައިސާ ޢަބްދުއްރަޝީދު އިބްރާހީމް އަށް ލިބިދިނުމުގެ ގޮތުން 21 ޑިސެމްބަރ 2015
މިދުވަހުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް
މީލާދީ 18 (އަށާރަ) މަސްދުވަހުގެ ތެރޭގައި މިފައިސާ ދައްކައި ދަރަނި ޚަލާޞް ކުރުމަށް ދަޢުވާލިބޭ
މ.ޓެމަރިސްކް އަޙްމަދު ޝަރީފް (އައިޑީ ކާޑް ނަންބަރު A026926) އަށް އަންގާ ޙުކުމް ކޮށްފީމެވެ."
މިފަދައިންނެވެ.
Ucouc
02 ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1967 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.ޓެރަރިސްކް
އަޙްމަދު ޝަރީފުގެ ފަރާތުން 03 (ތިނެއް) ނުކުތާ ހުށަހަޅާ އެނުކުތާއާ
ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން
ގޮތުން ހުށަހަޅާފައިވާ؟
ހއ ހވ
2?=6
ފުރަތަމަ ނުކުތާއަކީ، ޢަބްދުއްރަޝީދު އިބްރާހީމް ބަޔާންކޮށްފައިވާ ޢަދަދު އަޙްމަދު
ޝަރީފްއަށް ލިބިފައިނުވާކަމަށާއި އަދި އެފައިސާ ދިންގޮތުގެ ތަފްޞީލް ހުށަހެޅުމަށް ތަކުރާރުކޮށް
ޝަރީޢަތުގައި ފާހަގަކުރުމުންވެސް އެކަމަށް ރިޢާޔަތްނުކުރައްވައި ޢަބްދުއްރަޝީދު އިބްރާހީމްއެދުނު ޢަދަދު
ދެއްކުމަށްޝަރީޢަތުން އަޙްމަދު ޝަރީފްއަށް އަންގާފައިވުން ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 8 -
އީމެއިލް [email protected]
#
ވެހިngވެ
މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް 3316471
ސައިޓް: www.highcourt.gv.mv
4
ޢިމުނު ގޮތުގެ ޚުލާޞާ
216/HC-A/8g
ނުކުތާއަކީ،
މަސައްކަތްތަކަށް ޚަރަދުކޮށްފައިވަނީ
MVR10,000.00 (ދިހަހާސް ރުފިޔާ) ކަން އެނގެންއޮތް ހިނދު މިއާޚިލާފަށް -/MVR3,33072
(ތިންލައްކަ ތެއްތިރީސްހާސް ހަތްދިހަ ދޭއް ރުފިޔާ) ދެއްކުމަށް އަންގާފައިވުންކަމަށް ބުނެ ހުށަހެޅި
ނަކީ هلއވެ.
ތިންވަނަ ނުކުތާއަކީ، ޢަބްދުއްރަޝީދު އިބްރާހީމް އާއި އަޙްމަދު ޝަރީފް އާދެމެދު
އެގްރީމެންޓްގައި ސޮއިކުރެވުނުއިރު ތިބި ހެކީން ޙާޟިރުކޮށްދެއްވުމަށް އެދުމުންވެސް ޙާޟިރުކޮށްދެއްވާފައި
43 ހދ8
ނިފަބކޮށް
ނޭ
ހުށަހެޅި
ނުކުތާއެވެ.
03 ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1967 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި މ.ޓެމަރިސްކް
އަޙްމަދު ޝަރީފުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
cu o
(ހ) ފުރަތަމަކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލްކޯޓުގެ ނަންބަރު 2014/Cv-C/1967
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާގައި މ.ވިންޑްސްކްރީން ޢަބްދުއްރަޝީދު އިބްރާހީމްގެ ފަރާތުން
މ.ޓެމަރިސްކް އަޙްމަދު ޝަރީފު ގެ މައްޗަށް ރައްދުވާގޮތަށް އުފުލި ދަޢުވާގެ އަސާސް ބިނާކޮށްފައިވަނީ
މިދެފަރާތުގެ ދެމެދުގައި 05 މެއި 2014 މިތާރީޚުގައި ވެފައިވާ އެއްބަސްވުމެއްގެ މައްޗަށްކަން އެނގެން
އޮންނަކަމާއި، މިދެފަރާތުގެ ދެމެދުގައިވެފައިވާ މި އެއްބަސްވުމަށް ބެލުމުން ބުނެވުނު އެއްބަސްވުމަކީ،
އަޙުމަދު ޝަރީފުގެ އެދުމުގެ މަތިން ވިޔަފާރި މުޢާމަލާތެއް ކުރުމަށް ޢަބްދުއްރަޝީދު އިބްރާހިމް
އިންވެސްޓްކޮށްދީފައިވާ ކަމަށް ބުނާ 1,66,5360 ރ. ( އެއްމިލިޔަން ހަލައްކަ ފަސްދޮޅަސް ފަސްހާސް
ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ) ޢަބްދުއްރަޝީދު އިބްރާހިމްއަށް އަޙުމަދު ޝަރީފު ދެއްކުމުގައި
މިދެފަރާތުގެ ދެމެދުގައި ކަންކުރާނެ ގޮތް ބަޔާންކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއްކަން އެނގެން
0 ފ ސ ޑ
އޮތްކަމެވެ.
ވީނިކޮއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޭ ލެ
*ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ގެއިޓް www.highcourt.gov.mv
22 ހއ
5
އްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/89
4
2 ހއ
2 4 224
2 ޖީތރއޤީ
ސަބަބުން
(ށ) ދެވަނަކަމަކީ، 05 މެއި 2014 މިތާރީޚުގައި ޢަބްދުއްރަޝީދު އިބްރާހިމް އާއި އަޙުމަދު
ޝަރީފު އާއި ދެމެދު ވެފައިވާ އިޝާރާތްކުރެވުނު އެއްބަސްވުމުގައި ސޮއިކޮށް އިނގިލީގެ ނިޝާން
ޖެހިކަމާއިމެދު އަޙުމަދު ޝަރީފުގެ ފަރާތުން އިންކާރުކޮށްފައިނެތްކަމާއި، މިދެފަރާތުގެ ދެމެދުގައި ވެވުނު
ބުނެވުނު އެއްބަސްވުމަށް ބެލުމުން މިއެއްބަސްވުމަކީ ޢަބްދުއްރަޝީދުގެ ފަރާތުން އަޙުމަދު ޝަރީފު
ކުރަމުންދިޔަ ވިޔަފާރީގެ މުޢާމަލާތެއް ކުރުމަށް ޢަބްދުއްރަޝީދުގެ އަތުން އަޙުމަދު ޝަރީފަށް ކުރިންދިން
ފައިސާއެއް އަނބުރާ ރައްދުކުރާނޭ ގޮތަކާއިމެދު ވެވުނު އެއްބަސްވުމެއްކަން އެނގެން އޮތުމުންނާއި ބުނެވުނު
އެއްބަސްވުމުގައި އަޙުމަދު ޝަރީފުގެ ފަރާތުން ސޮއިކޮށް އިނގިލީގެ ނިޝާންޖެހީ
ކުރިމަތިވި
ނުވަތަ އެއްބަސްވުމުގައި ބުނެފައިވާ އެއްޗެއް ނޭނގުމުގެ
ލައިގަނެވޭފަދަ އެއްވެސް ހަރުދަނާ ޙުއްޖަތެއް އަޙުމަދު ޝަރީފުގެ ފަރާތުން ހުށަހަޅާފައިނެތުމުން
މިފައިސާއަކީ ޢަބްދުއްރަޝީދު އިބްރާހިމްގެ ފަރާތުން އަޙުމަދު ޝަރީފަށް ދީފައިވާ ފައިސާއެއްކަން
ސާބިތުކުރުމަށްޓަކައި އެއްބަސްވުމުގައި ހެކިންގެ ގޮތުގައި ސޮއިކުރި ފަރާތްތައް އިތުރަށް ޝަރީޢަތުގެ
މަޖިލީހަށް ޙާޟިރުކުރަންޖެހޭކަމަށް ބެލެވެންނެތްކަމާއި ބުނެވުނު ފައިސާ އަޙުމަދު ޝަރީފަށް
ޢަބްދުއްރަޝީދުގެ ފަރާތުން ދީފައިވަނީ ނަޤުދު ފައިސާގެ ގޮތުގައި އަތުން އަތަށްކަމަށް ޢަބްދުއްރަޝީދު
އިބްރާހިމްގެ ފަރާތުން ބުނާކަމާއި، ބުނެވުނު އެއްބަސްވުމުގައި އަޙުމަދު ޝަރީފުގެ ފަރާތުން ސޮއިކޮށްފައި
އޮތުމުން ޢަބްދުއްރަޝީދު އިބްރާހިމްގެ ފަރާތުން އަޙުމަދު ޝަރީފުގެ އަތުން އަނބުރާ ހޯދުމަށް އެދި
ހުށަހެޅި ފައިސާގެ މިންވަރަކީ އަޙުމަދު ޝަރީފުގެ ފަރާތުން ޢަބްދުއްރަޝީދު އިބްރާހިމް އަށް ދައްކަންޖެހޭ
ފައިސާގެ މިންވަރުކަމަށް ބެލެވެން އޮންނަކަމާއި، އަދި މިކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެލި ފަނޑިޔާރުން ޢަބްދުއްރަޝީދު އިބްރާހިމް އަށް އަންނަނިވި
ޢިބާރާތުން ވާ ދިނުމުން އޭ އަހުރެން ޢަބްދުއްރަޝީދު އިބްރާހިމް މ.ޓެލަރިކްސް އަޙުމަދު ޝަރީފަށް
1,66,5360ރ. (އެއްމިލިޔަން ހަލައްކަ ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ)
އަނބުރާ ދެއްކުމަށް ދީފައިވާނޭކަމާއި، މިފައިސާގެ އެއްވެސް މިންވަރެއް އަހުރެންނަށް އަހުމަދު ޝަރީފުގެ
ފަރާތުން މިހާތަނަށް އަނބުރާ ނުލިބޭކަމަށް އަހުރެންބުނާ ބަހުގައި އަހުރެންނަކީ ތެދުވެރިއެއްކަމަށް މާތް
ގަންދީ ދަމެވެ" މިފަދައިން 04 އޮކްޓޯބަރ 2017 މިތާރީޚުގައި ޢަބްދުއްރަޝީދު އިބްރާހިމްގެ
ފަރާތުން
ހުވާކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
404 4
949ދ 2
6 [
ހުވާކުރަމެވެ
(ނ) ތިންވަނަކަމަކީ، ޢަބްދުއްރަޝީދު އިބްރާހިމް އާއި އަޙުމަދު ޝަރީފްއާއި ދެމެދު ވެވިފައިވާ
ބުނެވުނު އެއްބަސްވުމުގެ 02 ވަނަ މާއްދާގައި، އެއެއްބަސްވުމުގައި ބަޔާންވެގެންވާ ފައިސާ ޝަރީޢަތް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މުލެ ޖޯން 33250d9 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައި* www.hilitourt
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/89
ޑތ ތ ދ ތ ه
އެޑް ވެނެސްގެ
މެދުވެރިވެ ހޯދަންޖެހިއްޖެނަމަ އެކަމަށް ހިނގާ އިދާރީ ފީއާއި ޤާނޫނީ ވަކީލަށް ދޭންޖެހޭ އުޖޫރައަކީވެސް
އަޙުމަދު ޝަރީފުގެ ފަރާތުން ޢަބްދުއްރަޝީދު އިބްރާހިމްއަށް ދޭންޖެހޭނެ ފައިސާއެއްކަމަށް އަޙުމަދު
ޝަރީފުގެ ފަރާތުން އެއްބަސްވެފައިވާކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް އެއްބަސްވުމުގެ
މިމާއްދާއަށް ބެލުމުން ޢަބްދުއްރަޝީދުގެ ފަރާތުން ޤާނޫނީ ވަކީލަށް ދީފައިވާކަމަށް ބުނާ އުޖޫރަ އަޙުމަދު
ޝަރީފުގެ އަތުން ނަގައިދެވޭނީ ޙަޤީޤަތުގައިވެސް އެއީ ޢަބްދުއްރަޝީދުގެ ފަރާތުން ޤާނޫނީ ވަކީލަށް
ދީފައިވާ އުޖޫރައެއްކަން ސާބިތުވުމާއިއެކު ދީފައިވާކަމަށް ބުނާ އުޖޫރައަކީ އެކަށީގެންވާ ހަމަތަކަކުން ބަލާއިރު
ޤަބޫލުކުރެވޭ ފަދަ އުޖޫރެއްކަމުގައިވާނަމަކަމާއި މިމައްސަލައާއި ގުޅިގެން ޢަބްދުއްރަޝީދުގެ ފަރާތުން ޤާނޫނީ
ވަކީލަކަށް
ވާންސްގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރެވުނު އިރު -/10,000ރ. (ދިހަހާސްރުފިޔާ)
ދީފައިވާކަމަށާއި އަދި އެވަކީލުގެ އުޖޫރައިގެ ގޮތުގައި -/
333,072ރ. (ތިންލައްކަ ތެއްތިރީސްހާސް ހަތްދިހަ
ދެރުފިޔާ) ދިނުމަށް އެއްބަސްވެފައިވާކަމަށް ބުނެ އެކަން ބަޔާންކޮށްދިނުމުގެ ގޮތުން " ޤާނޫނީ ވަކީލެއްގެ
ޙައިސިއްޔަތުން ވަކާލާތުކޮށްދިނުމުގެ އެއްބަސްވުން" މިނަމުގައި އޮންނަ ލިޔުމެއް ދަށުކޯޓަށް
ހުށަހަޅާފައިވާކަމާއި ބުނެވުނު ލިޔުމަށް ބެލުމުން އެލިޔުމުން އެނގެން އޮތީ ވަކީލުގެ އުޖޫރައިގެ ގޮތުގައި
އެހާތަނަށް ޢަބްދުއްރަޝީދު އިބްރާހިމްގެ ފަރާތުން ޚަރަދުކޮށްފައިވަނީ -/10,000ރ. (ދިހަހާސްރުފިޔާ)
ކަމުގައިކަމާއި އެލިޔުމުގައި ބަޔާންކުރާ -333,0721ރ. (ތިންލައްކަ ތެއްތިރީސްހާސް ހަތްދިހަ ދެރުފިޔާ)
މިއަދަދަށް ފައިސާ ޢަބްދުއްރަޝީދު އިބްރާހިމްގެ ފަރާތުން ޤާނޫނީ ވަކީލަށް ދިންކަން އެނގެން ނެތްކަމާއި
މިހެންކަމުން ބުނެވުނު އެއްބަސްވުމަކީ ހަމައެކަނި އެ އެއްބަސްވުމުގެ މައްޗަށް ރިޢާޔަތްކޮށް ޢަބްދުއްރަޝީދު
އިބްރާހިމްގެ ފަރާތުން ޤާނޫނީ ވަކީލެއްގެ އުޖޫރައިގެ ގޮތުގައި -/333,072ރ. (ތިންލައްކަ ތެއްތިރީސްހާސް
ހަތްދިހަ ދެރުފިޔާ) އެ ޢަދަދަށް ފައިސާދައްކާފައިވާކަން ސާބިތުވާން އޮތް ޙުއްޖަތެއްކަމުގައި ބެލެވެންނެތުމުން
މިހިނދަށް އެފައިސާއަކީ އަޙުމަދު ޝަރީފުގެ އަތުން ޢަބްދުއްރަޝީދު އިބްރާހިމްއަށް ނަގައިދެވޭނެ
ފައިސާއެއް ނޫންކަން އެނގެން އޮތްކަމެވެ.
cec
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ ސިވިލްކޯޓުގެ ނަންބަރު 2014/Cv-C/1967 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ
ޙުކުމުގައި އަނބުރާދައްކާ ގޮތަށް މ.ޓެމަރިސްކް އަޙްމަދު ޝަރީފުގެ ވިޔަފާރިއަށް ޢަބްދުއްރަޝީދު އިބްރާހީމް
-/
1,665,360ރ. (ސޯޅަލައްކަ ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ)
ޚަރަދުކޮށްފައިވާކަން މިދެފަރާތުގެ ދެމެދު 05 މެއި 2014 ވަނަ ދުވަހު ސޮއިކޮށް އިނގިލީގެ ނިޝާން
ޖަހާފައިވާ އެއްބަސްވުމުން އެނގެން އޮތުމާއިއެކު މިފައިސާގެ އެއްވެސް މިންވަރެއް މިހާތަނަށް އަޙުމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒު ހިނގުން ޙަބަރު ދޮފޯށީ، މާލެ، ދިވެހިރާއްޖެ، ދޯ: 3325029، ފެކްސް 3316471
އީމެއިލް infg/
cort.gov.mv ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/89
ޝަރީފުގެ ފަރާތުން ޢަބްދުއްރަޝީދު އިބްރާހިމްއަށް ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުނުވާތީ މިދެފަރާތުގެ
ދެމެދު ސޮއިކުރެވިފައިވާ ބަޔާންވެދިޔަ އެއްބަސްވުމުގައި ހިމެނޭ -/1,665,360ރ. (ސޯޅަލައްކަ
ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ) އަކީ އަޙުމަދު ޝަރީފުގެ ފަރާތުން
ޢަބްދުއްރަޝީދު އިބްރާހިމްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް
ތާއީދުކުރަންޖެހޭކަމާއި އެހެންނަމަވެސް ބުނެވުނު ފައިސާ ހޯދުމަށްޓަކައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމާއި
ގުޅިގެން ޢަބްދުއްރަޝީދު އިބްރާހިމްގެ ބަދަލުގައި ވަކީލަކު ފޮނުވުމަށްޓަކައި ޚަރަދު ކުރަންޖެހިފައިވާ
-/333,072ރ. (ތިންލައްކަ ތެއްތިރީސް ހާސް ހަތްދިހަ ދެރުފިޔާ) އަކީ އަޙުމަދު ޝަރީފުގެ ފަރާތުން
ޢަބްދުއްރަޝީދު އިބްރާހިމްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ބަދަލު
ޑ 8 މތ ބ ޅ ކ އމ މ 2
4
سررسی سرسرا رم
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/1967 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އަޙުމަދު
ޝަރީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބެލިއިރު، ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/1967 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި އަނބުރާދައްކާ ގޮތަށް މ.ޓެރަރިސްކް
އަޙްމަދު ޝަރީފުގެ ވިޔަފާރިއަށް ޢަބްދުއްރަޝީދު އިބްރާހީމް -/1,665,360ރ. (ސޯޅަލައްކަ ފަސްދޮޅަސް
ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ) ޚަރަދުކޮށްފައިވާކަން މިދެފަރާތުގެ ދެމެދު 05 މެއި 2014
ވަނަ ދުވަހު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމުން އެނގެން އޮތުމާއިއެކު މިފައިސާގެ
އެއްވެސް މިންވަރެއް މިހާތަނަށް އަޙުމަދު ޝަރީފުގެ ފަރާތުން ޢަބްދުއްރަޝީދު އިބްރާހިމްއަށް
ދައްކާފައިވާކަން ޝަރީޢަތަށް ސާބިތުނުވާތީ މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ބަޔާންވެދިޔަ
މިބަސްވުމުގައި ހިމެނޭ -/
1,665,360ރ. (ސޯޅަލައްކަ ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ ފަސްދޮޅަސް
ރުފިޔާ) އަކީ އަޙުމަދު ޝަރީފުގެ ފަރާތުން ޢަބްދުއްރަޝީދު އިބްރާހިމްއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް
ކުރައްވާފައިވާ ޙުކުމުގެ
އެބަޔަށް ތާއީދުކޮށް، ބުނެވުނު ފައިސާ ހޯދުމަށްޓަކައި ޝަރީޢަތަށް މައްސަލަ
ހުށަހެޅުމާއި ގުޅިގެން ޢަބްދުއްރަޝީދު އިބްރާހިމްގެ ބަދަލުގައި ވަކީލަކު ފޮނުވުމަށްޓަކައި -/333,072ރ.
(ތިންލައްކަ ތެއްތިރީސްހާސް ހަތްދިހަ ދެރުފިޔާ) ޚަރަދުކޮށްފައިވާކަން ސާބިތުވާން
ޢިވާންނެތުމުން މި -/333,072
A
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ
ދިވެހި ރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: istolighcourt.gov.mvއެއް ސައިޓް: www.highcourt.gov.mv
8
ނިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/89
#
(ތިންލައްކަ ތެއްތިރީސްހާސް ހަތްދިހަ ދެރުފިޔާ) އަކީ ޢަބްދުއްރަޝީދު އިބްރާހިމް އަށް އަޙުމަދު
ޝަރީފުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ކުރައްވާފައިވާ ޙުކުމުގެ އެބައި ބާތިލުކޮށް، ބުނެވުނު
ފައިސާ ހޯދުމަށްޓަކައި ޝަރީޢަތަށް މައްސަލަ ހުށަހެޅުމާއި ގުޅިގެން ޢަބްދުއްރަޝީދު އިބްރާހިމްގެ ބަދަލުގައި
ވަކީލަކު ފޮނުވުމަށްޓަކައި ޚަރަދުކޮށްފައިވާކަން ސާބިތުވާން އޮތީ -/10,000 ރ. (ދިހަހާސްރުފިޔާ) ކަމުގައި
ކަނޑައަޅައި މިފައިސާއާއި -/1,665,360ރ. (ސޯޅަލައްކަ ފަސްދޮޅަސް ފަސްހާސް ތިންސަތޭކަ
ފަސްދޮޅަސް ރުފިޔާ) އެކު ޖުމްލަ -/
1675360ރ. (ސޯޅަލައްކަ ހަތްދިހަފަސްހާސް ތިންސަތޭކަ
ފަސްދޮޅަސް ރުފިޔާ) އަކީ މ.ޓެމަރިސްކް އަޙްމަދު ޝަރީފް މ.ވިންޑްސްކްރީން ޢަބްދުއްރަޝީދު އިބްރާހީމް
އަށް ދޭންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި މިފައިސާ ޢަބްދުއްރަޝީދު
އަށް ލިބިދިނުމުގެ ގޮތުން މިއަދު (11 އޮކްޓޯބަރ 2017) ފެށިގެން މަދުވެގެސް އެމަހަކަށް
ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުން ގޮސް މީލާދީ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި
-/1675360 ރ. (ސޯޅަލައްކަ ހަތްދިހަފަސްހާސް ތިންސަތޭކަ ފަސްދޮޅަސް ރުފިޔާ) ދައްކައި ދަރަނި
ޚަލާސް ކުރުމަށް މ.ޓެމަރިސްކް އަޙްމަދު ޝަރީފް އަންގައި މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
އިهރ
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv