ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/144 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ
2{16/HC-A/144
ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 144/HC
-
A/2016
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އެޓޯލްޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް
* ރަޖިސްޓްރީ ނަންބަރު.
*
ދާއިމީ އެޑްރެސް: މއ. ޗަމްޕާސްޓަރ ކ.މާލެ
މިހާރުގެ އެޑްރެސް: ފ. ތުނިޔަ/ ކ. މާލެ
C-41/2006
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން:ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 793
/
2008-C
oc
ދާއިމީ އެޑްރެސް: އެޗް.ޑީ.ސީ ބިލްޑިންގ ހުޅުމާލެ
* މިހާރުގެ އެޑްރެސް:އެޗް.ޑީ.ސީ ބިލްޑިންގ ހުޅުމާލެ
ރެވުނު ތާރީޚް: 19 ޖުމާދަލްއާޚިރާ 1437
0
ނިމުނު ތާރީޚް: 28 ޛުލްޤަޢިދާ 1437
31 އޯގަސްޓް 2016
28
2016
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2013/HMC/297
ނިންމެވި ކޯޓް: ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
• މައްސަލައިގެ ބާވަތް: އެގްރީމެންޓާއި ޚިލާފުވުން
ހުށަހެޅުނު ތާރީޚް: 24 ޖޫން 2013 ނިމުނު ތާރީޚް: 28 ޑިސެމްބަރ 2015
.ޑީ
E-
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުﷲ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
2016/HC-A/144
امنيت ملي ی مری
ނިމުނު
• ދަޢުވާގެ ޚުލާޞާ
މިއީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/297 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި އެޓޯލް ޕެރެޑައިސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑްއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/297 ޤަޟިއްޔާ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި
އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 12 ނޮވެމްބަރ 2012 ވަނަ ދުވަހު ސޮއިކުރި
ނަންބަރު 10
/
143/HDC
/
LDL އެއްބަސްވުމުގެ ދަށުން އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑަށް 25
އަހަރުގެ މުއްދަތަށް ކުއްޔަށް ދީފައިވާ ނަންބަރު 04-M1 ސިނާޢީ ބިމަށް އެއްބަސްވުމުގެ ދަށުން
ޤަވާޢިދުން ކުލި ދައްކަމުން ނުގެންދާތީ، 27 ޑިސެމްބަރ 2015 ވަނަ ދުވަހާއި ހަމައަށް އެޓޯލް
ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޗް.ޑީ.ސީ އަށް ދައްކަންޖެހި ނުދައްކާވާ 988,436.85
(ނުވަލައްކަ އަށްޑިހަ އަށްހާސް ހަތަރުސަތޭކަ ތިރީސް ހަރުފިޔާ އަށްޑިހަ ފަސްލާރި) އެޗް.ޑީ.ސީ އަށް
ލިބިގަތުމަށާއި، އެއްބަސްވުމުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ސިނާޢީ ބިން އެޗް.ޑީ.ސީ
އާއި ޙަވާލުކޮށްފައި ނުވާތީ، ސިނާޢީ ބިން އެޗް.ޑީ.ސީ އާއި ޙަވާލުކުރާ ދުވަހާއި ހަމައަށް އެއްބަސްވުމުގެ
07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ކުލި
ލިބިގަތުމަށާއި، އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ
ލިބިގަތުމަށާއި، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ބ) ގެ ދަށުން ފެނާއި ކަރަންޓަށް ދައްކަންޖެހޭ
ފައިސާއެއް ނުދައްކާވާނަމަ އެފައިސާ އެޚިދުމަތްދިން ފަރާތަށް ލިބިދިނުމަށާއި، އެއްބަސްވުމުގެ 20 ވަނަ
މާއްދާގެ (ހ) ގެ ދަށުން ސިނާޢީ ބިން އެޗް.ޑީ.ސީ އާއި ޙަވާލުކުރުމަށް އެޓޯލް ޕެރެޑައިސް ޕްރަކިޓެޓް
ލިމިޓެޑް އަށް އަންގަވައި ދެއްވައި މިމައްސަލައާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅުއްވައި ދެއްވުމަ
.ސީގެ ފަރާތުން ދަޢުވާ ކުރުމުންބެލުނު މައްސަލައެއްކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތު
2{016/HC-A/144
کی مر م .
(0 ހއ
ތ ދ ތ
ކޮށްފައިވެ
އެމައްސަލައިގައި ޙުކުމްކުރައްވާފައިވަނީ، "ދެންފަހެ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑް (793/2008-C) އާއި އެޓޯލް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު
41
/
2006-C) އާއި ދެމެދު 11 ނޮވެމްބަރ 2012 ދުވަހު ހުޅުމާލޭގެ ނަންބަރު 04-M1 ސިނާޢީ ބިން
ދިނުމާއި ގުޅޭގޮތުން ދެފަރާތުގެ މެދުގައި ވެވިފައިވާ 10
/
143/HDC
/
LDL އެއްބަސްވުމުގެ
ދަށުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން އެޓޯލް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްއަށް
25 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ހުޅުމާލޭގެ ނަންބަރު 04-M1 ސިނާޢީ ބިމަށް
އެއްބަސްވުމުގެ ދަށުން ޤަވާޢިދުން ކުލިދައްކަމުން ނުގެންދާތީ، އެއްބަސްވުމުގެ 7 ވަނަ މާއްދާގެ ދަށުން
ދައްކަންޖެހޭ ބިމުކުއްޔާއި ކުލި ނުދެއްކުމުގެ ސަބަބުން އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން
ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ލިބިގަތުމަށާއި ބިމާއި ޙަވާލުވުމަށް އެދި ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން އެޓޯލް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގެ މައްޗަށް ކޮށްފައި
މިދައުވާގައި،
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާއި އެޓޯލް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް އާއި
ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އެޓޯލް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށް ދޫކޮށްފައިވާ
ހުޅުމާލޭގެ ނަންބަރު 04-M1 ބިމަށް 27 ޑިސެމްބަރ 2015 ދުވަހާއި ހަމައަށް ބިމުގެ ކުއްޔާއި
ޖޫރިމަނާގެ ގޮތުގައި 988436.85ރ (ނުވަލައްކަ އަށްޑިހަ އަށްހާސް ހަތަރުސަތޭކަ ތިރީސް ހަރުފިޔާ
އަށްޑިހަ ފަސްލާރި)، އެޓޯލް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް
ކޯޕަރޭޝަން ލިމިޓެޑަށް ދައްކަންޖެހި ނުދައްކާވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން
ޝަރީޢަތަށް ސާބިތުވާތީއާއި، މިފައިސާއަކީ އެޓޯލް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި،
މިފައިސާ އަދާކުރުމާއި ގުޅޭގޮތުން ދެފަރާތުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާތީ، 27
ޑިސެމްބަރ 2015 ދުވަހާއި ހަމައަށް ބިމުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެޓޯލް ޕެރެޑައިސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ދައްކަންޖެހޭ 988,436.85ރ
(ނުވަލައްކަ އަށްޑިހަ އަށްހާސް ހަތަރުސަތޭކަ ތިރީސް ހަރުފިޔާ އަށްޑިހަ ފަސްލާރި)، މިފައިސާ މިއަދު 28
ޑިސެމްބަރ 2015 ވަނަ ދުވަހުން ފެށިގެން 09 (ނުވައެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކުވެ
އެމަހަކަށް ޖެހޭ އަދަދަށްވުރެ މަދުނޫން އަދަދެއްގެ މިންވަރެއް ހައުސިންގ ޑިވެލޮޕްމަންޓް
ލިމިޓެޑަށް ދައްކަމުންގޮސް އެމުއްދަތުގެ ތެރޭގައި އިތުރަށް އަރަމުންދާ ޖޫރިމަނާއާއެކު ދައްކަ
8.
eގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2016/HC-A/144
گمرکی
3,2
ޤަޟިއްޔާ ނިމުނު
ކުރުމަށް ދައުވާ ލިބޭ އެޓޯލް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްގެ މައް
ގެ މައްޗަށް އަންގައި، މިމުއްދަތުގައި އެޓޯލް
ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑުން މިފައިސާ ނުދައްކައިފިނަމަ ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުން
ނިމުމަކަށް އަންނާނެ ކަމަށް ކަނޑައަޅައި، އަދި ފައިސާ ދައްކާ ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތު
ހަމަވާއިރު އެފައިސާ ނުދެއްކިއްޖެނަމަ ފައިސާ ދައްކާ ނިންމުމަށް ކަނޑައެޅި މުއްދަތުން ފެށިގެން 20
ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ނަންބަރު 04-M1 ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭ-
ކޯޕަރޭޝަން ލިމިޓެޑް
(ރަޖިސްޓްރީ ނަންބަރު 41
/
2006-C) ގެ މައްޗަށް އަންގައި ޙުކުމްކޮށް މިގޮތުގެ މަތީން މިމައްސަލަ
ނިންމީމެވެ." މިފަދައިންނެވެ.
OU OO
02- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/297 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި އެޓޯލް
ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތާ ފާހަގަކޮށް އެނުކުތާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި ނުކުތާއަކީ
02x2 2
e,329
22
އިސްތިއުނާފު ކުރާ ފަރާތާއި، އިސްތިއުނާފު ރައްދުވާ ފަރާތާއިދެމެދު ކުރެވިފައިވާ
އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށްއެދި ދަޢުވާކޮށްފައިވާ ނަންބަރު 04-M1
ސިނާޢީ ބިމުގެ ކުރި ހޯދުމުގެ މައްސަލައަކީ، ހަމައެކަނި އެ ބިމުގެ ކުއްޔާއި ޖޫރިމަނާއަށް ވަކިން
ދަޢުވާކުރެވިގެން ބެލޭނެ މައްސަލައެއް ކަމަށްނުވާއިރު، މި ސަބަބަށް އެކޯޓުން ރިޢާޔަތްކޮށްފައިނުވާކަމާއި،
މި އެންމެހާ ބިންތަކާއި ގުޅިގެން އެކުއެކީ ތަސައްރަފު ކުރާ ހިނދު، މި މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް
ކޯޓުގެ ބެލުމުގެ އިޙްތިސާސް އެ ކޯޓުން ލިބިގެންނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
20 22
OU OO
03- ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/297 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި އެޓޯލް ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން ދިވެހިރާއްޖޭގެ ޚާއިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޑުއެހުގެ
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
ބަލާއިރު އަންނަނިވި
ފާހަގަކުރެވެއެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/144
(ހ) ފުރަތަމަކަމަކީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/HMC/297 ޤަޟިއްޔާ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ލިމިޓެޑް އާއި އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް އާއި ދެމެދު 12 ނޮވެމްބަރ 2012 ވަނަ ދުވަހު
ސޮއިކުރި ނަންބަރު 10
/
143/HDC
/
LDL އެއްބަސްވުމުގެ ދަށުން އެޓޯލް ޕެރަޑައިސް ޕްރައިވެޓް
ލިމިޓެޑަށް 25 އަހަރުގެ މުއްދަތަށް ކުއްޔަށް ދީފައިވާ ނަންބަރު 04-M1 ސިނާޢީ ބިމަށް އެއްބަސްވުމުގެ
ދަށުން ޤަވާޢިދުން ކުލި ދައްކަމުން ނުގެންދާތީ، 27 ޑިސެމްބަރ 2015 ވަނަ ދުވަހާއި ހަމައަށް އެޓޯލް
ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެޗް.ޑީ.ސީ އަށް ދައްކަންޖެހި ނުދައްކާވާ 988,436.85
(ނުވަލައްކަ އަށްޑިހަ އަށްހާސް ހަތަރުސަތޭކަ ތިރީސް ހަރުފިޔާ އަށްޑިހަ ފަސްލާރި) އެޗް.ޑީ.ސީ އަށް
ލިބިގަތުމަށާއި، އެއްބަސްވުމުގެ 20 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތަށް ސިނާޢީ ބިން އެޗް.ޑީ.ސީ
އާއި ޙަވާލުކޮށްފައި ނުވާތީ، ސިނާޢީ ބިން އެޗް.ޑީ.ސީ އާއި ޙަވާލުކުރާ ދުވަހާއި ހަމައަށް އެއްބަސްވުމުގެ
07 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑުގެ އަތުން ކުލި
ލިބިގަތުމަށާ
ތުމަށާއި، އެއްބަސްވުމުގެ 15 ވަނަ މާއްދާގެ (ނ) ގެ ދަށުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ
ލިބިގަތުމަށާއި، އެއްބަސްވުމުގެ 11 ވަނަ މާއްދާގެ (ބ) ގެ ދަށުން ފެނާއި ކަރަންޓަށް ދައްކަންޖެހޭ
ފައިސާއެއް ނުދައްކާވާނަމަ އެފައިސާ އެޚިދުމަތްދިން ފަރާތަށް ލިބިދިނުމަށާއި، އެއްބަސްވުމުގެ 20 ވަނަ
މާއްދާގެ (ހ) ގެ ދަށުން ސިނާޢީ ބިން އެޗް.ޑީ.ސީ އާއި ޙަވާލުކުރުމަށް އެޓޯލް ޕެރެޑައިސް ޕްރައިވެޓް
ލިމިޓެޑް އަށް އަންގަވައި ދެއްވައި މިމައްސަލައާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅުއްވައި ދެއްވުމަށް އެދި
އެޗް.ޑީ.ސީގެ ފަރާތުން ދަޢުވާ ކުރުމުންބެލުނު ޤަޟިއްޔާއެއްކަން އެނގެން އޮންނަކަމެވެ.
2
0
2 ހދ
(ށ) ދެވަނަކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 52 ވަނަ
މާއްދާއަށް ބަލާއިރު، ދަށު ކޯޓުތަކަކީ، ފުރަތަމަ މަރުޙަލާގައި މައްސަލަ ބެލުމަށް ޤާނޫނުއަސާސީން ނުވަތަ
ޤާނޫނުން އެހެން ކޯޓަކާ ޙަވާލުކޮށްފައިނުވާ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމަށް އުފައްދާފައިވާ
ކޯޓުތަކެއްކަމާއި، ދަށު ކޯޓުތައް ބެހިގެންވަނީ މައިގަނޑު ދެގިންތިއަކަށްކަމާއި، އެއީ މަތީ ގިންތިއާއި ތިރީ
ގިންތި ކަމާއި، ދަށު ކޯޓުތަކުގެ ތެރެއިން މަތީ ގިންތީގެ ކޯޓުތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ދަށުން އުފައްދާ ސުޕީރިއަރ ކޯޓުތަކާއި އަދި އެހެން ޤާނޫނަކުން ވަކިކަމަކަށް
އުފައްދާ
ސުޕީރިއަރ ކޯޓުތަކާ އެއް ދަރަޖައެއްގެ ކޯޓު ނުވަތަ ކޯޓުތައްކަމާއި، ދަށު ކޯޓުތަކުގެ
ގިންތީގެ ކޯޓުތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުފައްދާ
ރި 4922
کوسیسر کی
.ޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23 3 3
4
28
=32
2{16/HC-A/144
6 ޤަޟިއްޔާ ނިމުނު
އެނގެން އޮންނަކަމާއި، ދަށު ކޯޓުތަކުގެ ތެރެއިން ސިވިލް ކޯޓުގެ އިޚްތިޞާޞް، ޤާނޫނު ނަންބަރު
22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 1 ގައި އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ
އިޚްތިޞާޞް ޖަދުވަލު 5 ގައި ބަޔާން ކޮށްފައިވާކަން އެނގެން އޮންނަ ކަމެވެ.
02c 0 0
02 0 0
(ނ) ތިންވަނަ ކަމަކީ، މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ، ޤާނޫނު
ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 އަށް ބެލިއިރު، މެޖިސްޓްރޭޓް
ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި އެކޯޓެއް ހިމެނޭ ޖުޑީޝަލް ދާއިރާގައި ހިނގާ އެންމެހައި ޖިނާއީ،
މަދަނީ، އަދި ޢާއިލީ މައްސަލަތައް ހިމެނޭކަމާއި، މިއިން އިސްތިސްނާ ކޮށްފައިވަނީ، އެ ޖަދުވަލުގައި ނުވަތަ
އެޤާނޫނުގެ އެހެން މާއްދާއެއްގައި ނުވަތަ އެހެން ޤާނޫނެއްގައި އިސްތިސްނާ ކޮށްފައިވާ މައްސަލަތައް
އެކަނިކަމާއި،
މިގޮތުން މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞްގެ ތެރޭގައި ނުހިމެނޭގޮތަށް އިސްތިސްނާ
ކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެހެނިހެން މަދަނީ މައްސަލަތަކަށް
ބަލާއިރު، މެޖިސްޓްރޭޓް ކޯޓުތަކަށް ނުބެލޭގޮތަށް، ހަމައެކަނި ސިވިލް ކޯޓަށް ޙާއްސަކޮށް ބެލޭގޮތަށް،
ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ޖަދުވަލު 5 ގެ 2
ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވާ 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ
ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް" އެކަނިކަން އެނގެން އޮންނަކަމާއި،
އެހެންކަމުން، 5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ
ހިމެނޭ ނުވަތަ އެއަގުގެ މުދާ ހިމެނޭ މައްސަލަތައް ފިޔަވައި އެހެނިހެން އެންމެހައި މަދަނީ މައްސަލަތައް
ބެލުމުގެ އިޚްތިޞާޞް، އުޞޫލެއްގެގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށް
ކޯޓުތަކަށްވެސް ލިބިފައިވާކަން އެނގެންއޮތުމުން،
މަދަނީ މައްސަލަތަކުގެ ތެރެއިން ސިވިލް ކޯޓަށް ވަކި އިޚްތިޞާބެއް ލިބިފައިވާ މައްސަލައަކީ
5,000,000 (ފަސް މިލިއަން) ރުފިޔާއިން ފެށިގެން މަތީގެ ޢަދަދުގެ ފައިސާ ހިމެނޭ ނުވަތަ އެއަގުގެ މުދާ
ހިމެނޭ މައްސަލަތައް އެކަނިކަން ފާހަގަކުރެވޭކަމާ، މުދަލުގެ މައްސަލަތަކާއި، ވިޔަފާރީގެ މައްސަލަތަކާއި
ރަހުނުގެ މައްސަލަތަކާއި ދަރަނީގެ މައްސަލަތަކާއި އަދި އެނޫންވެސް މަދަނީ މައްސަލަތަކަކީ އެފަދަ
މައްސަލައެއްގައި ހިމެނޭ ފައިސާގެ ޢަދަދު ނުވަތަ މުދަލުގެ އަގު 5,000,000 (ފަސް މިލިއަން)
ރުފިޔާއިން ފެށިގެން މަތީގެ ޢަދަދަކަށް ނުވާނަމަ މެޖިސްޓްރޭޓް ކޯޓުތަކުގައިވެސް ބެލޭނެ މައްސަލްތެކެން
އެނގެން އޮންނަކަމެވެ.
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމު
"
2016/HC-A/144
کی عمری
=32
ކެއަށް
(ނ) ހަތަރުވަނަ ކަމަކީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
ގެ ޖަދުވަލު 5 ގެ 3 ގައި "މި ޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައި
ވީނަމަވެސް، ވަކި ރަށަކާގުޅޭ ގޮތުން ކުރިމަތިވާ އަންނަނިވި މައްސަލަތައް، ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ
ގޮތުގައި ބަލާނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަކުންކަމަށް ބަޔާންކޮށްފައިވާކަމާއި"، މި މާއްދާގެ (ހ) ގައި،
ރަށެއްގެ
ބިންބިމާއި އިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް"
މިހެން ލިޔެފައިވާކަން އެނގޭކަމާއި،
އިސްތިއުނާފުކުރެވިފައިވާ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައަކީ ހައުސިންގ
ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އާއި އެޓޯލް ޕެރަޑައިސް ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ
ދިނުމުގެ އެއްބަސްވުމެއްގެ ދަށުން އުފެދިފައިވާ މައްސަލައެއްކަމަށްވާއިރު، އެއެއްބަސްވުން
ވެވިފައިވަނީ ހުޅުމާލޭގައިވާ ބިމެއް ކުއްޔަށް ދިނުމަށް ކަމާއި، އެއެއްބަސްވުމުގެ ދަށުން އެއްފަރާތުން
އަދާކުރަންޖެހޭ ޒިންމާތައް އަދާ ނުކުރުމުން އަނެއް ފަރާތުގެ ޙައްޤުތައް އެއެއްބަސްވުމުގައިވާ ގޮތުގެމަތިން
ހޯދުމަށް ވަކިން ދަޢުވާކުރުމަށް ހުރަސްއަޅާފަދަ މާއްދާއެއް އަދި ޝަރުތެއް އެއެއްބަސްވުމުގައި އަދި
މިދެފަރާތުގެ ދެމެދުގައިވެފައިވާ އެހެންވެސް އެއްބަސްވުމެއްގައި ބަޔާންކޮށްފައި އޮތްކަން ދެއްކިފައިނުވާތީ،
މިދެފަރާތުގެ ދެމެދުގައި ވެފައިވާ އެހެން އެއްބަސްވުންތަކާ ވަކިން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ
ކަންކަން ތަންފީޒުކުރުމަށް ހުރަސް އެޅޭފަދަ ސަބަބެއް ނެތްކަން އެނގޭއިރު، އަދި އެ އެއްބަސްވުމުގެ ދަށުން
އުފެދޭ ޚުޞޫމަތްތަކާގުޅިގެން މައްސަލަ ހުށަހަޅަން ޖެހޭ ވަކި ކޯޓެއް އެއެއްބަސްވުމުގައި ކަނޑައަޅާފައި
ނުވުމުން، މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ބެލުމަށް ހުރަސް އެޅޭފަދަ ޝަރުޢީ އަދި ޤާނޫނީ
އެއްވެސް ސަބަބެއް ފެންނަން ނެތަތީ މި މައްސަލަ ފުރަތަމަ މަރުޙަލާގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި
ބެލިބެލުން ޞައްޙަ ނޫންކަމަށް ކަނޑައެޅެން ނެތް ކަމެވެ.
OXO
3 0 0 0
02c 0 0
297/HMC/2013
އެހެންކަމުން، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ބެލެވުނު މައްސަލާގައި ހިމެނޭ ފައިސާގެ އަދަދަށް ބަލާއިރު، އެ މައްސަލައަކީ ހުޅުމާލޭ
މެޖިސްޓްރޭޓް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްކަން ޤާނޫނު ނަންބަރު 22/2010
(ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ބެލުމުން އެނގެން އޮންނާތީއާއި އަދި އެ ކޯޓުން އެމައްސަލަ
ބެލުމަށް ޤާނޫނީ އަދި ޝަރުޢީ ގޮތުން ހުރަސް އެޅޭފަދަ އެހެން ސަބަބެއް ފެންނަން ނެތުމާއެކު،
އިސްތިއުނާފުކުރެވިފައި މިވާ ޤަޟިއްޔާ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބައްލަވައި
ނުވަތަ ޤާނޫނީ ގޮތުން ނުރަނގަޅު ކަމެއް ނުވަތަ އުނިކަމެއް އޮތް ކަމަކަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ފާހަގަ ނުކުރެވުނު ކަމެވެ.
ނިންމުވެ49
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު
ނިމުނު ގޮތު
2016/HC-A/144
مرد متم .۶
ޙުކުމް
out od
ދެންފަހެ، އިސްވެބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ހުޅުމާލެ މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 2013/HMC/297 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެޓޯލް ޕެރެޑައިސް ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބިނާކޮށް އެ ޤަޟިއްޔާގައި އެ ކޯޓުން ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މި ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް ކޮށްފީމެވެ.
ހަޢީކްޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv