ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/242 ޤަޟިއްޔާގެ ޙުކުމް
ހައިކޯޓް
1
ޤަޟިއްޔާ
2{14/HC-A/242
ނިމުނު ގޮތު
کمری
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 242/HC-A/2014
• އިސްތިއުނާފުކުރި ފަރާތްތައް:
* ނަން: ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް
އައި.ޑީ ނަންބަރު:
މިހާރުގެ
އެޑްރެސް:.
0
• އިސްތިއުނާފް ރައްދުވި ފަރާތް
* ނަން: މަޢުރޫފް ޝާކިރު
އައި.ޑީ ނަންބަރު: A151070
* ދާއިމީ އެޑްރެސް: ދާއިރާ ! ބ.ކެންދޫ
މިހާރުގެ އެޑްރެސް
.ރަޖިސްޓްރީ ކުރެވުނު ތާރީޚް:06 ޛުލްޤަޢިދާ 1435
01 ސެޕްޓެމްބަރު 2014
•ނިމުނު ތާރީޚް: 16 ޞަފަރު 1438
16 ނޮވެމްބަރ
2016
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2014/Cv
-
C/91
• ނިންމެވި ކޯޓު: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ޓްރައިބިއުނަލްގެ ނިންމުމަށް ޢަމަލުކުރުމަށްއެދި
• ހުށަހެޅުނު ތާރީޚް: 08 ޖެނުއަރީ 2014 ނިމުނު ތާރީޚް: 28 މެއި 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
0
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތު
2014/HC-A/242
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/91 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފް ކޮށްދިނުން އެދި ރީތިރަށް
ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ ފަރާތަކީ، ބ.ކެންދޫ ދާއިރާ، މަޢުރޫފް
ޝާކިރުއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/91 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2788 ޤަޟިއްޔާގެ މައްސަލައިގެ
ނިންމުން ތަންފީޛުކޮށްދިނުމަށްއެދި، ކެންދޫ ދާއިރާ، މަޢުރޫފް ޝާކިރު ރީތިރަށް ރިސޯޓް
ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަމާއި،
443
އެމައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ، "ދެންފަހެ، މަދަނީ ކޯޓުގެ
ނަންބަރު 2009/MC/2788 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކޮށްދިނުމަށްއެދި، ބ.ކެންދޫ ދާއިރާ
މަޢުރޫފް ޝާކިރު، A151070 (މީގެފަހުން "ދަޢުވާކުރާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތުން)
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ (މީގެ ފަހުން "ދަޢުވާލިބޭ ފަރާތް ކަމަށް ބުނެފައިވާ
ފަރާތުގެ) މައްޗަށް ކޮށްފައިވާ މިދަޢުވާ ޝަރީޢަތުން ބެލިއިރު،
ދަޢުވާލިބޭ ފަރާތުން ހިންގާ ރިސޯޓެއްކަމަށްވާ ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓު
ގައި (މީގެފަހުން "ރިސޯޓު" ކަމަށް ބުނެފައިވާތަނުގައި) ސީނިއަރ ހެޑް ވެއިޓަރެއްގެ މަޤާމުގައި
ދަޢުވާކުރާ ފަރާތް އުޅެމުން ދަނިކޮށް، ވަޒީފާއާއި ބެހޭ ޤާނޫނާއި ޚިލާފަށް ދަޢުވާލިބޭ
ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީ، ދަޢުވާކުރާ ފަރާތް ވަޒީފާއިން ވަކިކުރިއިރު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
3 ޤަޟި
ޤަޟިއްޔާ ނިމުނު
2{14/HC-A/242
کی عمری
ވަޒީފާ އަލުން ދިނުމަށާއި، ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާއި، އަދި ބަދަލުގެ
ގޮތުގައި 01 މަސްދުވަހުގެ މުސާރަ ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2009/MC/2788 ޤަޟިއްޔާއިން ދަޢުވާލިބޭ ފަރާތަށް އަންގާފައިވާއިރު،
06
ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ ނަންބަރު 21VTR2009 ނިންމުމާއި އެއްގޮތަށް
ދަޢުވާލިބޭ ފަރާތުން މިހާރު ޢަމަލުކޮށްފައިވާ ކަމަށާއި، މިގޮތުން ދަޢުވާކުރާ ފަރާތަށް ލިބެންޖެހޭ
މުސާރައާއި އިނާޔަތްތަކާއި، އަދި ބަދަލުގެ ގޮތުގައި 01 މަސްދުވަހުގެ މުސާރަ ދަޢުވާކުރާ ފަރާތަށް
ދީފައިވާ ކަމަށާއި، ދަޢުވާކުރާ ފަރާތުން އަދާކުރަމުން ދިޔަ ވަޒީފާއަށް 29 ސެޕްޓެމްބަރ 2012
ގައި ދަޢުވާކުރާ ފަރާތް ރުޖޫޢަކޮށްފައިވާކަމަށާއި، 30 ސެޕްޓެމްބަރ 2012 ގައި ރިސޯޓުގެ މާލޭ
އޮފީހަށް ޙާޟިރުވުމަށް ދަޢުވާކުރާ ފަރާތަށް އެންގިފައިވާކަމަށާއި، އޭގެ ފަހުން ދަޢުވާކުރާ ފަރާތް
އެހެން ވަޒީފާއަކަށް ބަދަލުކުރެވިފައިވާ ކަމަށާއި، މުވައްޒަފުން އެއްވަޒީފާއިން އަނެއްވަޒީފާއިން
ބަދަލުކުރުމަކީ ރިސޯޓަށް ލިބިގެންވާ ބާރެއްކަމަށާއި، ދަޢުވާކުރާ ފަރާތުން އެކަމަށް ޗެލެންޖް ކުރާނަމަ
ކުރަންޖެހޭނީ މިމައްސަލައިގެ ތެރޭން ނޫންކަމަށް ދަޢުވާއަށް ޖަވާބުދާރީ ވަމުން ދަޢުވާލިބޭ ފަރާތުން
ބުނެފައިވުމާއި،
30 ސެޕްޓެމްބަރ 2012 ގައި ރިސޯޓުގެ މާލޭ އޮފީހަށް ދަޢުވާކުރާ ފަރާތުން
ޙާޟިރުވިކަމަށާއި، އަދި ވަޒީފާ ހަމަޖެއްސިކަންވެސް އެދުވަހު އެންގިކަމަށާއި، ނަމަވެސް ހަމަޖެއްސީ
މާލޭ އޮފީހުގެ ލޮޖިސްޓިކް ކޯޑިނޭޓަރެއްގެ ވަޒީފާ ކަމަށާއި، ވަޒީފާއަށް ނުނިކުތީ އެވަޒީފާއަކީ
ދަޢުވާކުރާ ފަރާތް ކުރިންހުރި ވަޒީފާއަށް ނުވާތީ ކަމަށް ދަޢުވާކުރާ ފަރާތުން ޝަރީޢަތުގައި
ބުނެފައިވުމާއި،
މުވައްޒަފުން ކުރިންހުރި މަޤާމަށް ނުވަތަ ރީއިންސްޓޭޓް (reinstate) ކުރުމަކީ
ހަމައެކަނި ކަރުދާހެއްގައި ލިޔެލައިގެން ފުރިހަމަކުރެވޭނެ ކަމެއްނޫންކަމަށް ޝަރީޢަތަށް
ބުރަވެވޭތީއާއި، ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ދަޢުވާލިބޭ ފަރާތުން ހެޔޮނިޔަތް އޮވެގެން
ޙުކުމްތަންފީޒުކުރުމަށް މަސައްކަތް ކޮށްފައިވާކަމަށް ނުބެލެވޭތީއާއި، ޙުކުމުގައި ބުނެފައިވާގޮތަށް
ޙުކުމްތަންފީޒުކޮށްފައިނުވާތީ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ވަޒީފާއާއި
ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/21 ނިންމުމުގައި ވާފަދައިން ދަޢުވާކުރާ
ކުރިންހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަ ކުރުމަށާއި، ވަޒީފާ އަނބުރާ ރުޖޫޢަ ކުރާ ދުވަހާއި*
c
ރާއްޖޭގެ
ކަޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
, s:
ޤަޟިއްޔާ ނިމުނު
2{14/HC-A/242
کی عمری
ދެވެ
މުސާރައާއި ދޭންޖެހޭ ޢިނާޔަތްތަކުން ނުދެވިއޮތްބައި ދަޢުވާކުރާ ފަރާތަށް ދިނުމަށް ދަޢުވާލިބޭ
ފަރާތަށް އަންގައި، މަދަނީ ކޯޓުގެ ނަންބަރު 2009/MC/2788 ޤަޟިއްޔާގެ ޙުކުމާއި
ޢަމަލުކުރުމަށް ދަޢުވާލިބޭ ފަރާތަށް އަންގައި، ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
04
tހ 0
އއ3ތށް
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/91 ޤަޟިއްޔާ
ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކޮށްދިނުން އެދި
ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(reinstate)
OX One
• ފުރަތަމަ ނުކުތާއަކީ، ބ.ކެންދޫ، ދާއިރާ، މަޢުރޫފް ޝާކިރު ކުރިން ހުރި
ވަޒީފާއަށް ދައުވާލިބޭ ފަރާތުން ރުޖޫޢަކޮށްފައި
ކޮށްފައިވާއިރު،
[reinstatement] (ރިއިންސްޓްޓޭޓްމަންޓް) އަކީ ކޮބައިކަން ޤާނޫނަކުން ނުވަތަ ޝަރުޢީ
ޙުކުމަކުން ކުރިން ބަޔާންކޮށްދީފައި ނެތްއިރު، މަޢުރޫފް ޝާކިރު ކުރިންހުރި ވަޒީފާއަށް
”reinstate] (ރިއިންސްޓޭޓް) ނުކުރާކަމަށް ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/91
ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އެއްވެސް އަސާސެއް މައްޗަށް ބިނާކުރުމެއްނެތިކަމަށް
ބުނެ ހުށަހެޅި ނުކުތާ.
• ދެވަނަ ނުކުތާއަކީ، ޙަވާލާދީފައިވާ ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/91
ޤަޟިއްޔާއިން ހުށަހެޅުނު މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ވަޒީފާ
ރުޖޫޢަކުރުމާގުޅޭ ޙުކުމްތަންފީޛުކުރުމުގެ މައްސަލައެއްނޫންކަމަށް ރީތިރަށް ރިސޯޓް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން ދެންނެވި ނަމަވެސް، އެކަމަށް ރިޢާޔަތް ނުކުރައްވައި، އެ ޤަޟިއްޔާއިން
ބެއްލެވި މައްސަލައަކީ ވަޒީފާ ރުޖޫއަކުރުމުގެ މައްސަ ގޮތުގައި ބައްލަވައި
ޙުކުމްކުރައްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހ 0 ހ މ 04
4
އސރއއގ
• ތިންވަނަ ނުކުތާއަކީ، ޙަވާލާދީފައިވާ ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/91 ޤަޟިއްޔާއިން ބެއްލެވި މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުންޓްގެ ރި
2009/VTR/21 މައްސަލައިގެ މަޢުޟޫއާ ތަފާތު، މަޢުރޫފް ދާކިރަށް ހަމަޖައްސައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 816471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{14/HC-A/242
5 ޤަޟިއްޔާ ނިމުނު
ވަޒީފާއަކާގުޅޭ ވަޒީފާއާބެހޭ މުޅިން އާމައްސަލައެއްކަމަށާއި، އެ މައްސަލަ ބެއްލެވުމުގެ އިޙްތިޞާޞް
ސިވިލް ކޯޓަށް ނެތްކަމަށް ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެންނެވި ނަމަވެސް
އެކަމަށް ރިޢާޔަތްނުކުރައްވައި، އެ ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
ނުކުތާއަކީ،
21/VTR/2009
• ހަތަރުވަނަ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލައިގައި ޓްރައިބިއުނަލުން ކަނޑައަޅުއްވާފައިވާ މުސާރައާއި
ޢިނާޔަތަށްވުރެ އިތުރަށް މުސާރައާއި އިނާޔަތް ދެއްވުމަށް ސިވިލް ކޯޓުގެ ނަންބަރު
2014/Cv-C/91 ޤަޟިއްޔާގެ ޙުކުމުގައި އަމުރުކުރައްވާފައިވުންކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/91 ޤަޟިއްޔާ
ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ
ފަރާތުން އިސްތިއުނާފް ކުރުމަށް ހުށަހަޅާފައިވާ ނުކުތްތަކަށާއި، އެނުކުތާތަކާގުޅިގެން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
#
(ހ) ފުރަތަމަކަމަކީ، ބ.ކެންދޫ ދާއިރާ މަޢުރޫފް ޝާކިރު ވަން އެންޑް އޮންލީ ރީތި
ރަށުގައި އަދާކުރަމުންދިޔަ ސީނިއަރ ހެޑްވެއިޓަރގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، އެކަށީގެންވާ
ސަބަބަކާއި ހުރެގެންކަން ރީތި ރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް ސާބިތުނުވާކަމަށް ކަނޑައަޅައި،
މަޢުރޫފީ ދާކިރަށް އެދިފައިވާ ގޮތުގެ މަތީން ވަން އެންޑް އޮންލީ ރީތި ރަށް ރިޒޯޓުގައި
އަދާކުރަމުންދިޔަ ވަޒީފާގައި އޭނާ ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން
ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، 13 އެޕްރީލް 2009 އިން ފެށިގެން މައްސަލަ ނިންމި
ދުވަހާއި ހަމައަށް މަޢުރޫފު ދާކިރަށް ލިބިދޭންޖެހޭ މުސާރައާއި އެންމެހައި ޢިނާޔަތްތައް އޭނާއަށް
ދިނުމަށާއި، ރީތި ރަށް ރިޕޯޓް ޕްރައިވެޓް ލިމިޓެޑުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި
ޚިލާފުވެފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން މަޢުރޫފު ޘާކިރަށް
01 (އެކެއް) މަސްދުވަހުގެ މުސާރަ ނަގައިދިނުމަށާއި، މަޢުރޫފު
ލިބެންޖެހޭ މުސާރައާއި އެންމެހައި އިނާޔަތްތަކާއި ބަދަލުގެ ގޮތުގައި ނަގައިދޭ ފައިސާ،
އ ހ ¢0
2
ބަދަލައިގެ
ގޮތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
83
ޤަޟިއްޔާ ނިމުނު ގޮ
2{14/HC-A/242
کی عمری
2009 ވަނަ ދުވަހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މަޢުރޫފް ދާކިރަށް ދައްކައި
ނިންމުމަށް ރީތިރަށް ރިޒޯޓްގެ މައްޗަށް އަންގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/21 މައްސަލައިގައި ނިންމާފައިވާ ނިންމުމުގެ މައްޗަށް ރިޢާޔަތްކޮށް، 29 އެޕްރީލް
2010 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މަޢުރޫފު ޛުކިރު ރީތިރަށް ރިޒޯޓުގައި ހުރި މަޤާމު
މަޢުރޫފު ދާކިރަށް ދިނުމަށާއި، އެތާރީޚުގެ ފެށިގެން 15 ދުވަހުގެ ތެރޭގައި މަޢުރޫފު ޝާކިރުގެ 01
(އެކެއް) މަސްދުވަހުގެ މުސާރަ އާއި އެންމެހައި އިނާޔަތްތަކާއި ބަދަލުގެ ގޮތުގައި ނަގައިދޭ ފައިސާ
ދެއްކުމަށް ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑަށް އަންގައި މަދަނީ ކޯޓުގެ ނަންބަރު
2009/MC/2788 ޤަޟިއްޔާއިން 29 އެޕްރީލް 2010 މިތާރީޚުގައި ޙުކުމްކުރައްވާފައިވާކަމާއި،
އިސްތިއުނާފު މިކުރެވޭ ސިވިލްކޯޓުގެ ނަންބަރު 2014/Cv
-
C;91 ޤަޟިއްޔާއަކީ، މަދަނީކޯޓުގެ
ނަންބަރު 2009/MC/2788 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމާއި އެއްގޮތަށް ރީތި
ރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާކަމަށް ބުނެ މަދަނީކޯޓުގެ ނަންބަރު
2009/MC/2788 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ތަންފީޛުކުރުމަށްކަމަށް ބުނެ
މަޢުރޫފު ޝާކިރުގެ ފަރާތުން ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުވާކުރުމުން
އެކޯޓުން ބަލައި ނިންމާފައިވާ މައްސަލައެއްކަން އެނގޭކަމެވެ.
(ށ) ދެވަނަކަމަކީ، އެޙުކުމެއް ތަންފީޛުކުރުމަށްކަމަށް ބުނެ މަޢުރޫފު ޝާކިރުގެ
ފަރާތުން ސިވިލްކޯޓުގައި އެދިފައިވާ މަދަނީކޯޓުގެ ނަންބަރު 2009/MC/2788 ޤަޟިއްޔާގައި
ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އެކޯޓުން އަންގައި އަމުރުކޮށްފައިވަނީ، މަޢުރޫފު
ޘާކިރު ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގައި ކުރިން އަދާކުރަމުން ދިޔަ ސީނިއަރ ހެޑްވެއިޓަރގެ
މަޤާމަށް 29 އެޕްރީލް 2010 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި ރުޖޫޢަކުރުމަށާއި، އެތާރީޚުގެ
ފެށިގެން 15 ދުވަހުގެ ތެރޭގައި މަޢުރޫފު ޝާކިރުގެ 01 (އެކެއް) މަސްދުވަހުގެ މުސާރަ އާއި
އެންމެހައި އިނާޔަތްތަކާއި ބަދަލުގެ ގޮތުގައި ނަގައިދޭ ފައިސާ ދެއްކުމަށް ކަނޑައަޅައި
އެފަދައިންކަން އެނގެން އޮންނައިރު،
ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/91 ޤަޟިއްޔާގައި
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޖަވާބުދާރީވަމުން އެކުންފުނީގެ ފަރާތުން ބުނެފައި
ހައްޖާއިޒާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 493471 ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 3
7 ޤަޟިއްޔާ ނިމުނު "
2014/HC-A/242
ފ0
2
4
3
2
کی مرکی ދެވެ
ހ223
ހ 2222
ރތކރވެން
ނަންބަރު 2009/MC/2788 ޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް ރީތިރަށް ރިޒޯޓު ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން ޢަމަލުކޮށް ނިމިފައިވާކަމަށާއި، މިގޮތުން 29 ސެޕްޓެމްބަރ 2012ގައި މަޢުރޫފު
ޝާކިރު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްފައިވާނޭކަމަށާއި އަދި އެޙުކުމުގައި
ކަނޑައަޅާފައިވާ އެންމެހައި ފައިސާވެސް މަޢުރޫފު ޝާކިރުއާއި ޙަވާލުކުރެވިފައިވާކަމަށާއި،
މިހެންކަމުން މަދަނީކޯޓުން އެޙުކުމެއް ތަންފީޛުކުރުމަށްކަމަށްބުނެ މަޢުރޫފު ޝާކިރުގެ ފަރާތުން
ހުށަހެޅި ޤަޟިއްޔާގައި ބަޔާންވެފައިވާ ޙުކުމް ތަންފީޛުވެފައިވާކަމަށާއި، އެމައްސަލައިގައި އިތުރަށް
ތަންފީޛުކުރަންޖެހޭ ޙުކުމެއް އޮތްކަމުގައި ބެލެވެންނެތްކަމަށެވެ.
0) 04
(ނ) ތިންވަނަ ކަމަކީ، މަދަނީކޯޓުގެ ނަންބަރު 2009/MC/2788 ޤަޟިއްޔާގެ
ޙުކުމުގައި ބަޔާންކުރާގޮތުގެ މަތީން ފައިސާ ދެވިފައިވާކަމަށް ރީތިރަށް ރިޒޯޓުން ބުނާ ބުނުމަށް
މަޢުރޫފީ ޝާކިރުގެ ފަރާތުން އިންކާރުކޮށްފައިނުވާކަމާއި، އެހެންނަމަވެސް ސިވިލްކޯޓުގެ
އަދާކުރަމުންދިޔަ މަޤާމަށް އަނބުރާ ރުޖޫޢަކޮށްފައިނެތްކަމަށާއި، މިގޮތުން 29 ސެޕްޓެމްބަރ 2012
ރަށް ރިޒޯޓުގެ ފަރާތުން މަޢުރޫފު ޝާކިރުއަށް އޭނާކުރިން މަޤާމަށް އަނބުރާ
ރުޖޫޢަކުރިކަމަށްބުނެ ސިޓީއެއް ފޮނުވިކަމަށާއި، އެހެންނަމަވެސް އޭގެ ފަހުން ރީތިރަށް ރިޒޯޓުން
ފޮނުވި ދެވަނަ ސިޓީއެއްގައި މަޢުރޫފު ޝާކިރު ކުރިން ހުރި މަޤާމުން، އެހެން މަޤާމަކަށް
ބަދަލުކޮށްފައިވާކަމަށް ބުނެފައިވުމުން ރީތި ރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޙުކުމާއި
އެއްގޮތަށް ޢަމަލުކުރީ ކަމުގައި ނުބެލެވޭކަމަށް މަޢުރޫފު ދޯކިރުގެ ފަރާތުން ބުނެފައިވާކަން
ގައި ރީތި
* * * *
އެނގޭކަމެވެ.
(ރ) ހަތަރުވަނަކަމަކީ، މިމައްސަލައިގައި ފެންނަން ހުރި ލިޔެކިޔުންތަކުގެ އަލީގައި
މައްސަލައިގައި ކަންހިނގާގޮސްފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2009/VTR/21 މައްސަލައިގައި ނިންމާފައިވާ ނިންމުމުގެ މައްޗަށް ބަލާއިރު
އެނިންމުމުގައި މަޢުރޫފު ކިރަކީ ރީތިރަށް ރިޒޯޓުން ވަކިވެފައިވާ މުވައްޒަފެއްކަމުގައި ނުބެލުމަށް
އަންގަވާފައިވާކަން އެނގެން އޮންނައިރު، އެމައްސަލަ ޓްރައިބިއުނަލުން ނިންމި ތާރީޚުންވީ.ވެއްޓޭޤުން
ރީތިރަށް ރިޒޯޓުގެ ވަޒީފާއަށް ޢަމަލީގޮތުން މަޢުރޫފު ޝާކިރު ނެރެންދެން އޭނާ ވަޒީފާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
24 23 22
ޤަޟިއްޔާ ނިމުނު
2{014/HC-A/242
کی مری
ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ލިބޭނެކަން އެނގެން އޮންނަ އޮތުމަށް ބަލާއިރު، އަދި
އެފަދައިން ރީތިރަށް ރިޒޯޓުގެ ފަރާތުން ޢަމަލުކޮށްފައިވާކަން އެނގެން އޮތުމުން މަޢުރޫފު ޝާކިރު
ވަޒީފާއަށް ނިކުމެ ޢަމަލީގޮތުން މަސައްކަތް ނުކުރިނަމަވެސް އޭނާ އެހުރީ ރީތިރަށް ރިޒޯޓުގެ
މުވައްޒަފެއްގެ ޙައިސިއްޔަތު ލިބިގެންވާ ގޮތުގައި ކަމަށް ބަލަންޖެހޭކަމާއި، މިހެންކަމުން ރީތިރަށް
ރިޒޯޓުން މަޢުރޫފު ޝާކިރު ޢަމަލީގޮތުން މަސައްކަތަށް ނިކުތުމަށް އެންގުމުގެ ފަހަށް އެރިޒޯޓުގެ
މުވައްޒަފުންގެ މައްޗަށް ހިންގޭ އެންމެހައި އުސޫލުތައް މަޢުރޫފު ޝާކިރުގެ މައްޗަށްވެސް ހިނގާނެކަން
އެނގެން އޮންނައިރު، ރީތިރަށް ރިޒޯޓުގެ މުވައްޒަފުންނަކީވެސް އެރިޒޯޓުގެ އެއްވަޒީފާއިން އަނެއް
ވަޒީފާއަށް ބަދަލު ނުކުރެވޭ ގޮތަށް ތިބި މުވައްޒަފުންތަކެއްކަން އެނގެންނެތްކަމާއި، މީގެ އިތުރުން
ވަޒީފާއާބެހޭ ޤާނޫނުގައިވެސް އަދި ވަޒީފާއާބެހޭ ޤަވާއިދެއްގައިވެސް "ރީ އިންސްޓޭޓް" ނުވަތަ ވަޒީފާ
އަނބުރާ ރުޖޫޢަކުރުމަކީ ކޮބައިކަން ބަޔާންކޮށްދީފައިނެތުމުން ވަޒީފާ އަނބުރާ ރުޖޫޢަކުރުމަކީ
ކޮބައިކަން ކަނޑައެޅުމުގައި މައްސަލައިގެ ވަށައިގެން ހުރި ކަންކަމުގެ މައްޗަށް ބަލައި އެއީ
ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުންކަން ނުވަތަ ނޫންކަން ކަނޑައެޅިދާނެކަމާއި، ވަޒީފާއާބެހޭ މިފަދަ
މައްސަލަތަކުގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމުގެ ޙަޤީޤީ މަޤްސަދަކަށްވާންވާނީ މުވައްޒަފަކަށް
ވަޒީފާގެ ޔަޤީންކަން ކަށަވަރުކުރެވުމާއި އެކު އެމީހަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި
ލިބެމުންދިޔަ އެންމެހައި މުސާރައާއި އިނާޔަތްތައް އެގޮތުގެ މަތިން އަލުން ލިބުމަށް
މަގުފަހިކުރުންކަމާއި މިގޮތުން ވަޒީފާއަކަށް އަނބުރާ ރުޖޫޢަކުރުން މާނަކުރާއިރު، ވަޒީފާދޭ ފަރާތާއި،
މުވައްޒަފުގެ ޙައްޤުތަކަށްވެސް އުނިކަން ނާންނާނެގޮތެއްގެ މައްޗަށް އެދެފަރާތުގެ ޙައްޤުތައްވެސް
ޙިމާޔަތްކުރެވިދާނެ ގޮތެއްގެ މައްޗަށް އެކަން މާނަކުރަންޖެހޭކަމާއި، މިގޮތުން ހޭދަވެފައިވާ
އި، އެފަދަ މަޤާމެއް ވަޒީފާދޭ ފަރާތުގައި އެހިނދަށް އޮތްކަން ނުވަތަ ނޫންކަމުގެ
މައްޗަށާއި، ވަޒީފާދޭ ފަރާތުން ހުސްވެފައިވާ މަޤާމަށް އެހެން މީހަކު ޢައްޔަންކުރެވިފައިވާނަމަ
އެކަމުގެ މައްޗަށް ރިޢާޔަތްކޮށްބަލައި ރީ އިންސްޓޭޓް ކުރުމަކީ ނުވަތަ ވަޒީފާ އަނބުރާ އިޢާދަކުރުމަކީ
މުވައްޒަފަކު ކުރިން ހުރި މަޤާމަށް އަނބުރާ
އަނބުރާ އިޢާދަކުރުންނޫންކަމުގައިވެސް
ބެލިދާނެކަމާއި، އެހެންނަމަވެސް އެފަދަ ޙާލަތެއް މެދުވެރިވެގެންވެސް ވަޒީފާދޭ ފަރާތުން މުވައްޒަފަށް
އެހެން ވަޒީފާއެއް ހުށަހަޅާއިރު، ކުރިން ހުރި ވަޒީފާގައި ލިބެމުންދިޔަ މުސާރައާއި އިނާޔަތްޣަޒާއި
އެފަދަ އެހެނިހެންކަންކަމަށް އުނިކަން އައިސްފައިވޭތޯ ނުވަތަ ނޫންތޯ ބަލައި އެއީ
އިޢާދަކުރީކަމުގައި ނުވަތަ ނޫންކަމުގައި ކަނޑައެޅިދާނެކަން އެނގޭކަމެވެ.
މުއްދަތަށާއި،
ކނމހނ
14 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ
ނިމުނު ގޮތު
مری معلمي *
2014/HC-A/242
(ބ) ފަސްވަނަކަމަކީ، މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބެލުމުން،
މަޢުރޫފު ޝާކިރު ރީތިރަށް ރިޒޯޓުގައި ކުރިން ހުރި މަޤާމަށް އަނބުރާ ރުޖޫޢަކޮށްފައިވާނެކަމަށާއި އަދި
އޭގެ ފަހުން މަޢުރޫފު ޝާކިރު އެހެން މަޤާމަކަށް ބަދަލުކުރުން ރީތިރަށް ރިޒޯޓު ޕްރައިވެޓް ލިމިޓެޑަށް
މަނާކުރާ އެއްވެސް ސަބަބެއްނެތުމުން އެފަދައިން މަޢުރޫފު ޝާކިރުގެ ވަޒީފާ އެހެން ވަޒީފާއަކަށް
ބަދަލުކުރުމާއިމެދު ގޮތެއް ކަނޑައެޅުމަކީ ސިވިލް ކޯޓުގެ އިޚްތިސާސްގެ ތެރޭގައި ހިމެނޭކަމެއް
ނޫންކަމަށް ރީތިރަށް ރިޒޯޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، މަޢުރޫފު
ޘާކިރަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށް ކަނޑައަޅައި އޭނާ އަނބުރާ އަލުން
ވަޒީފާއަށް ނިކުންނަންދެން ލިބެންޖެހޭ އެންމެހައި މުސާރައާއި ޢިނާޔަތްތައް ދިނުމަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލުންނާއި ސިވިލް ކޯޓުން އެންގި އެންގުމާއި އެއްގޮތަށް މުސާރައާއި ޢިނާޔަތްތައް
މަޢްރޫފު ޘާކިރަށް ލިބިދެވުމަށްފަހު އަނބުރާ ވަޒީފާއަށް ނިކުތުމަށް ރީތިރަށް ރިޒޯޓު ޕްރައިވެޓް
ލިމިޓެޑުގެ ފަރާތުން މަޢުރޫފު ޘާކިރަށް އެންގުމުން ރީތިރަށް ރިޒޯޓު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ކޯޓުގެ ޙުކުމާއި އެއްގޮތަށް އެހިނދަށް ޢަމަލުކޮށް ނިމުނީކަމުގައި
ބެލެވޭނެކަމާއި، އަދި އެހިނދުން ފެށިގެން މަޢުރޫފު ޘާކިރަކީ ރީތިރަށް ރިޒޯޓުގެ މުވައްޒަފުންގެ
މައްޗަށް ހިނގާނެ އެންމެހައި އުސޫލުތައްވެސް ހިނގަމުންދާނެ ފަރާތެއްކަން އެނގޭކަމާއި،
މިހެންކަމުން މަޢްރޫފު ޘާކިރަށް އަނބުރާ ރީތިރަށް ރިޒޯޓުން އޭނާކުރިން އަދާކުރަމުންދިޔަ މަޤާމަށް
ހަމަޖެއްސުނުކަން އެންގުމުގެ ފަހުން ދެން އޭނާ އެހެން މަޤާމަކަށް ބަދަލުކުރިކަމަށް ބުނާ ބުނުމާއި،
ފަހުން ބަދަލުކުރި މަޤާމަކީ މަޤާމު ރުޖޫޢަކުރުން ނޫންކަމަށް ބުނާ ބުނުމާއި، ފަހުން ބަދަލުކުރެވުނު
މަޤާމުގެ މުސާރައާއި ޢިނާޔަތްތަކާއި މެދު ހިތްހަމަ ނުޖެހޭނަމަ އެކަމަކާއި މިފަދަ ކަންކަމަކީ
ވަޒީފާއާބެހޭ ޓްރައިބިއުލް އިޚްތިސާސް އެހިނދުން ފެށިގެން ހިނގާނެ ވަޒީފާއާގުޅޭ
ކަންތައްތަކެއްކަމާއި، އެކަންކަމަކީ ސިވިލް ކޯޓުގެ އިޚްތިސާސް ހިނގާނެކަންކަމެއް ނޫންކަމެވެ.
.
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިންހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/91 ޤަޟިއްޔާގައި އެކޯޓުން
ކަނޑައަޅާފައިވަނީ އެކޯޓުގެ އިޚްތިސާސް ހިނގާ ކަމެއްގައި ނޫންކަން އެނގެން
04
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44 35 33
=32
2{14/HC-A/242
کی عمری
10 ޤަޟިއްޔާ ނިމު 1
ސިވިލްކޯޓުގެ
ކޯޓުގެ ނަންބަރު 2014/Cv-C/91 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
04 ހ 0 · c 4ހ ހ 4
ގެންނަންޖެހޭނެކަމަށެވެ.
09
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު
ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/91 ޤަޟިއްޔާގައި
ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަބެލީ ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/91
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް އެގޮތުގެ މަތިން މިޤަޟިއްޔާބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv