ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/45 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 45/HC
-
A/2016
އިސްތިއުނާފުކުރި ފަރާތް:
* ނަން: މަރްޔަމް ނަތާޝާ ޙަސަން
އައި.ޑީ ކާޑު ނަންބަރު: A355432
ދާއިމީ އެޑްރެސް: މއ. ސާނީވިލާ | ކ. މާލެ
މިހާރުގެ އެޑްރެސް:
ނެސްޓަލް| ކ. މާލެ
އިސްތިއުނާފު ރައްދުވި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• ރަޖިސްޓްރީކުރެވުނު ތާރީޚް: 28 ޖެނުއަރީ 2015
28
ނިމުނު ތާރީޚް: 21 ނޮވެމްބަރު 2017
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2015/Jv
-
C/17
ނިންމެވިކޯޓް: ޖުވެނައިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ކެނެބިސް ޓްރެފިކްކުރުން
ވުނުތާރީޚް: 10 ޖޫން 2015
ނިމުނު ތާރީޚް: 15 ނޮވެމްބަރު 2015
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަލީ ސަމީރު
ޖެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ޖުވުމުން،
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/45
ދަޢުވާގެ ޚުލާޞާ
މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސާނީވިލާ، މާލެ މަރްޔަމް
ނަތާޝާ ޙަސަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެ
ޤަޟިއްޔާއެކެވެ.
މަރްޔަމް ނަތާޝާ ޙަސަން ކުރި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް (ދިވެހި ދައުލަތް) އެވެ.
ރެވުނު ނުކުތާތައް:
ދ 4
2 * 2
070
, 82 834
14
هނންކޮށް
401 ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv-C/17 ޤަޟިއްޔާއަކީ، ހ. ނޫރަންމާގެއާގެ/ ކ.މާލެ
މުއްރަޙްމާންއާއި، ސާނީވިލާ/ ކ. މާލެ މަރްޔަމް ނަތާޝާ ޙަސަން، 19 ފެބްރުއަރީ 2015 ދުވަހު
20:20 އެހައިކަންހާއިރު، . ޒާ ގެސްޓްހައުސްގައި މަސްތުވާތަކެތި އެތަކެތި ގެންގުޅެ، އެތަކެތީގެ
ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުންނަށް މަޢުލޫމާތު ލިބުނު ގެސްޓް
ހައުސްއަށް ގޮސް އެތަނުގެ ދެވަނަ ފަންގިފިލާގައި ހުރި 302 ނަންބަރު ކޮޓަރި ކައިރީގައި ތިއްބައި، އެކޮޓަރީގެ
އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން ފުލުހުންގެ ބެލުމުގެ ދަށަށް
ގެންގޮސް، ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކޮޓަރި ބަލައި ފާސްކުރިއިރު، އެކޮޓަރީގައި ހުރި އެނދުގެ
ދަށުގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން ފެނުނު 88 (އަށްޑިހަ އަށެއް) ރަބަރު ޕެކެޓްގައި، 46.1242
ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަހްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން،
.ކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ
ކުށުގެ ދަޢުވާއެއްކަމާއިގެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
14
#
2 / 23 ހ4 2
24
އހރއއނއމނއއ
ކ.
1)
ބޭނުންކުށި
އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ [ދެންފަހެ،
ނޫރަންމާގެއާގެ
ހުޙްމާ ސާނީވިލާ . މާލެ މަރްޔަމް ނަތާޝާ ޙަސަން، 19 ފެބްރުއަރީ 2015 ދުވަހު
20:20 އެހައިކަންހާއިރު، ޒާ ގެސްޓްހައުސްގައި މަސްތުވާތަކެތި އެތަކެތި ގެންގުޅެ، އެތަކެތީގެ
ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ފުލުހުން މަޢުލޫމާތު ލިބުނު ގެސްޓް
ހައުސްއަށް ގޮސް އެތަނުގެ ދެވަނަ ފަންގިފިލާގައި ހުރި 302 ނަންބަރު ކޮޓަރި ކައިރީގައި ތިއްބައި، އެކޮޓަރީގެ
އެތެރެއިން ދޮރު ހުޅުވުމުން، އިކްރާމުއްރަޙްމާންއާއި މަރް ނަތާޝާ ޙަސަން ފުލުހުންގެ ބެލުމުގެ ދަށަށް
ގެންގޮސް، ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކޮޓަރި ބަލައި ފާސްކުރިއިރު، އެކޮޓަރީގައި ހުރި އެނދުގެ
ދަށުގައި އޮތް ރަބަރު ޕެކެޓެއްގެ ތެރެއިން ފެނުނު 88 (އަށްޑިހަ އަށެއް) ރަބަރު ޕެކެޓްގައި، 46.1242
ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަހްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން،
އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ
ދައުލަތުން ކޮށްފައިވާކަމާއި،
ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ މިދަޢުވާއަށް އިންކާރުކުރާ ކަމަށާއި، ހ. ޒާ
ގެސްޓް ހައުސްއިން ކޮޓަރިއެއް ކުއްޔަށް ހިފާފައިނުވާނެކަމަށާއި އަދި ކުށުގެ ވެށިން ފެނުނު މަސްތުވާތަކެއްޗަށް
އެ ފަރާތްތަކުން ޒިންމާވާން ނުޖެހޭނެކަމަށް ދަޢުވާލިބުނު އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން
ޝަރީޢަތުގައި ބުނެފައިވާކަމާއި،
ދައުލަތުން
ކެނެބިސް ޓްރެފިކް ކުރުމުގެ މިދަޢުވާއަށް ދަޢުވާލިބުނު
އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން އިންކާރު ކޮށްފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން ހ. ޒާ
ގެސްޓްހައުސް ބަލައި ފާސްކުރަން ދިޔަ ފުލުހުންގެ ހެކިބަހުން، ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި
އެތެރެއިން ހުޅުވިއިރު، އެކޮޓަރީގައި ތިބީ އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަންކަމާއި، އަދި
ކުށުގެ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
44
މިދެކުދިން ތިބި ކޮޓަރި ބަލާ ފާސްކުރިއިރު، އެކޮޓަރީގެ އެނދުގެ ދަށުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ
88 (އައްޑިހަ އަށެއް) ރަބަރު ޕެކެޓް ފެނިފައިވާކަން އެނގޭތީއާއި، ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު
ކޮޓަރި ކުއްޔަށް ހިފާފައިވަނީ، މުޙައްމަދު އިޝްފާން ކިޔާ މީހެއްގެ ލައިސަންސް ކާރޑް ބޭނުންކޮށްގެން
ކަމަށްވީނަމަވެސް، މި ޙާދިސާ ހިނގި ދުވަސްވަރު، އޭނާގެ ލައިސަންސް ކާރޑް ގެއްލިފައިވާކަމަށާއި، އޭނާގެ
ނަމުގައި ގެސްޓް ހައުސްއަކުން ކޮޓަރިއެއް ކުއްޔަށް ހިފާފައިނުވާނެކަމަށާއި އަދި އޭނާގެ ލައިސަންސް ކާރޑް
އެއްވެސް މީހަކަށް ދީފައި ނުވާނެކަމަށް ބުނެ މުޙައްމަދު އިޝްފާނު ޝަރީޢަތުގައި ހެކިބަސް ދީފައިވާކަމުންނާއި،
ހިނގައިދިޔަ ޙާދިސާގައި ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށް ދޫކުރި ނަޒުމުލް ޙުސައިން
(މީމެންސިންގް، ޑާކާ، ބަނގްލަދޭޝް، ޕާސްޕޯޓް ނަންބަރު F0843715) މައްސަލައިގެ ތަޙްޤީޤަށް ދީފައިވާ
ބަޔާނުގައި، މި ކޮޓަރި ކުއްޔަށް ހިފަންއައީ، ފިރިހެނަކާއި އަންހެނެއްކަމަށާއި، ކޮޓަރި ކުއްޔަށް ހިފީ
ލައިސަންސް ކާރޑެއް ބޭނުންކޮށްގެން ކަމަށާއި، އަދި އޭގެ ތެރެއިން ފިރިހެންމީހާ ފައިސާ ދިނުމުން، އެ
ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރީގެ ތަޅުދަނޑި އެމީހާއާ ޙަވާލުކުރިކަމަށާއި، އަދި އެދެމީހުން
ފާހަގަކުރުމަށް، ފުލުހުން އޭނާއަށް ދެއްކި ފޮޓޯތަކުން އެ ކޮޓަރި ކުއްޔަށް ހިފަންއައީ އިކްރާމުއްރަޙްމާންއާއި
މަރްޔަމް ނަތާޝާ ޙަސަންކަމަށް ބުނެފައިވާތީއާއި، އަދި މިބަޔާނުގެ ޞައްޙަކަމުގެ މައްޗަށް ބަޔާން އަޑުއެހި
މީހުންގެ ހައިޘިއްޔަތުން، ޕޮލިސް ލާންސްކޯޕްރަލް މަމްނޫން މުޙައްމަދު (ސނ:4147) އާއި، ޕޮލިސް
ލާންސްކޯޕްރަލް އަޙްމަދު މަމްނޫން ޢަލީ (ސނ:3594) ހެކިބަސް އަދާކޮށްފައިވާތީއާއި، އަދި މި ބަޔާނުގައިވާ
އެއްޗެއް ނަޒުމުލް ޙުސައިނަށް ކިޔާދީ އޭނާވެސް މިބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާނެކަމަށް
މި ޙާދިސާ ހިނގި
ދުވަސްވަރު، ހ. ޒާ ގެސްޓްހައުސް ކުއްޔަށް ހިފައިގެން ހިންގަމުންއައި ސ. މަރަދޫ ފޭދޫ(
ޔެލޯހައުސް، މުޙައްމަދު ފަތުޙީ ޝަރީޢަތުގައި ބުނެފައިވާތީއާއި،
ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށް ހިފާފައި ނުވާނެކަމަށާއި، އެކޮޓަރިން
ފެނުނު ތަކެއްޗަށް ޒިންމާވާން ނުޖެހޭނެކަމަށް ދަޢުވާލިބުނު އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/45
ކުއްޔަށް
24
ދ
ޝަރީޢަތުގައި ބުނެފައިވީނަމަވެސް، މަރްޔަމް ނަތާޝާ ޙަސަން އޭނާގެ ބެލެނިވެރިޔާގެ ޙާޟިރުގައި މައްސަލައިގެ
ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، 19 ފެބްރުއަރީ 2015 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި
އިކްރާމުއްރަޙްމާނާއެކު އުޅެފައިވާކަމަށް ބުނެފައިވާތީއާއި، އަދި އޭގެ ފަހުން އިކްރާމުއްރަޙްމާން އެ ކޮޓަރީގެ
ތަޅުދަނޑި އޭނާގެ އަތަށް ދިނުމުން، އެކޮޓަރިއަށް ގޮސް ފެންވަރާ ހެދިކަމަށް ބުނެފައިވާތީއާއި، ފުލުހުން ކޯޓު
އަމުރެއްގެ ދަށުން ކޮޓަރި ބަލާފާސްކުރަން ދިޔައިރު، އެކޮޓަރީގައި މިދެކުދިންތިބި ތިބުމުންނާއި އަދި ކޮޓަރި
ކުއްޔަށް ދޫކުރިފަރާތުގެ ބަހުންނާއި، .. ޒާ ގެސްޓްހައުސްއިން ކޮޓަރި ކުއްޔަށް ދޫކުރާއިރު ނޯޓުކުރާ ގޮތުގައި
މަރްޔަމް ނަތާޝާ ޙަސަންގެ ފޯނު ނަންބަރު އޮތުމުން، މިކޮޓަރި އެހެން މީހަކުކަން ސާބިތުކޮށް
ނުދެވޭހާހިނދަކު މިކޮޓަރި ކުއްޔަށް ހިފާފައިވަނީ މިދެކުދިން ބައިވެރިވެގެންކަން ޝަރުޢީ ހަމަތަކުން
ސާބިތުވާކަމަށާއި އަދި
ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށްދިނީ
ސާފުކުރުމަށްފަހު ޤާނޫނާއި ޚިލާފު އެއްވެސް އެއްޗެއް ހުރިތޯ ބެލުމަށްފަހުގައިކަން ކޮޓަރި ކުއްޔަށް ދިން
ފަރާތުގެ ބަހުން އެނގޭއިރު، އަދި ކޮޓަރި ކުއްޔަށް ދިނުމަށްފަހު ގެސްޓް ހައުސްގެ ސްޓާފަކަށްވެސް އަދި ބޭރުން
އަންނަ މީހަކަށްވެސް ކޮޓަރި ކުއްޔަށް ހިފާ ފަރާތުގެ އިޒުނައާއި ނުލައި ކޮޓަރިއަށް ވަދެ ނިކުމެ ނުހެދޭނެމަކަށް
ގެސްޓް ހައުސް ހިންގާ ފަރާތުން ބުނެފައިވާތީއާއި އަދި މިމައްސަލައިގައި އިކްރާމުއްރަޙްމާނުގެ ކުޑަކަމުދާތަކެތި
ތަޙްލީލުކުރިއިރު، ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަން ތަޙްލީލު ރިޕޯޓުން އެނގެން އޮންނާތީ، މިކޮޓަރި ކުއްޔަށް
ހިފިފަހުން މި ދެކުދިން ފިޔަވާ އެހެން މީހަކު އެކޮޓަރިއަށް ވަތްކަން އެނގެން ނެތުމާއި، އެހެން ގޮތަކަށް
ސާބިތު ނުވާހާހިނދަކު ނުވަތަ އެތަކެއްޗަށް އެހެން މީހަކު ޒިންމާ ނުވާހާ ހިނދަކު، ހ. ޒާ ގެސްޓްހައުސްގެ
302 ނަންބަރު ކޮޓަރިން ފެނުނު ތަކެއްޗަކީ މި ދެކުދިންގެ ޒިޔާރަތުގެ ދަށުގައި ހުރި މިދެކުދިން ގެންގުޅުނު
ތަކެތިކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމާއި، އަދި ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާއަށް ރިޢާޔަތްކުރުމުންނާއި، އަދި މި ޤާނޫނުގެ 141 ވަނަ
މާއްދާގެ (ރ) އަށް ބެލުމުންވެސް، މިއީ މިދެކުދިންގެ އަތުގައި ނުވަތަ ޒިޔާރަތުގެ ދަށުގައި ހުރި ތަކެތިކަމަށް
1
R
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
ބަލަންޖެހޭކަމާއި، ފުލުހުން ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކުރަން ދިޔައިރު،
އެކޮޓަރި ތެރޭގައި ތިބީ އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަންކަމަށްވެފައި، އަދި ހެކިންގެ
ހެކިބަހަށާއި މަރްޔަމް ނަތާޝާ ޙަސަން އޭނާގެ ބެލެނިވެރިޔާގެ ޙާޟިރުގައި ތަޙްޤީޤަށް ދީފައިވާ ބަޔާނުންވެސް،
މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ، މިދެކުދިންގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއްކަން އެނގޭތީ، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 109/HC
-
A/2014 ޤަޟިއްޔާގައިވާ މަޢުނަވީ ޙިޔާޒަތުގެ ޙާލަތުވެސް މިމައްސަލާގައި
މެދުވެރިވެފައިވާކަމަށް ބަލަންޖެހޭތީވެ، ހިނގައި ދިޔަ ޙާދިސާގައި ޒާ ގެސްޓްހައުސްގެ 302 ނަންބަރު
ކޮޓަރިން ފެނުނު ތަކެތީގެ މުޠުލަޤު މަސްއޫލިއްޔަތު މިދެކުދިން ހަމަހަމަ ގޮތެއްގައި އުފުލަންޖެހޭނެކަމަށް
ޝަރީޢަތުން ދެކޭތީވެއާއި، އަދި
ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފެނުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 88
ރަބަރު ޕެކެޓްގައިހުރި ތަކެތި ތަޙްލީލު ކުރިއިރު، އޭގެ ބަރުދަނުގައި 46.1242 ގްރާމް ކެނެބިސް ހުރިކަމަށް
އެތަކެތީގެ ތަޙްލީލު ރިޕޯޓުން ދައްކާތީއާއި އަދި ލެބޯޓްރީ ތަޙްލީލު ރިޕޯޓުގެ ޞައްޙަކަމުގެ މައްޗަށް އެރިޕޯޓު
ތައްޔާރުކުރި ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ރަމީޒް (ސނ..2279) ހެކިބަސް އަދާކޮށްފައިވާތީ،
ދައުލަތުން
މާލެ، އިކްރާމުއްރަޙްމާންއާއި، މއ.ސާނީވިލާ/ ކ. މާލެ މަރްޔަމް ނަތާޝާ
ޙަސަންގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ހެކިންގެ ހެކިބަހުންނާއި، ޝަރީޢަތަށް
ހުށަހެޅުނު ޤަރީނާތަކުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ
އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި،
މިޙާދިސާ ހިނގިއިރު، ދަޢުވާލިބުނު ނޫރަންމާގެއާގެ{
ކ. މާލެ އިކްރާމުއްރަޙްމާންއާއި،
މއ.ސާނީވިލާ/ ކ. މާލެ މަރްޔަމް ނަތާޝާ ޙަސަންއަކީ، މީލާދީގޮތުން ޢުމުރުން 18 އަހަރު ނުފުރޭ ޤާނޫނީ
ގޮތުން ކުޑަކުދިންކަމަށް ވާތީ، "ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤްކޮށް، އިންސާފުކޮށް އަދަބު
ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު“ ގެ 17 ވަނަ މާއްދާގެ (ހ) އާއި އަދި އެމާއްދާގެ (ބ) ގެ 01 ވަނަ
4 2 2 4 82 8
ރނމަޤާއެޤީ
#
.
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
مسموم
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
މާލެ
ނަންބަރާއި 02 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު)
ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން،
އިކްރާމުއްރަޙްމާންއާއި، ސާނީވިލާ/ ކ. މާލެ މަރްޔަމް ނަތާޝާ ޙަސަންއާ ދެކުދިންކުރެ ކޮންމެ ކުއްޖަކު،
16 (ސޯޅަ) އަހަރާއި، 08 (އަށެއް) މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި އަދި މިދެކުދިންކުރެ ކޮންމެ
ކުއްޖަކު 66,666.66 (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) އިން
ޖޫރިމަނާ ކުރުމަށް ޙުކުމްކޮށް، މިފައިސާ މިއަދުން ފެށިގެން 01 (އެއްމަސް) ދުވަހުގެ ތެރޭގައި ޖުވެނައިލް
ކޯޓަށް ދެއްކުމަށް ހ. ނޫރަންމާގެއާގެ މާލެ އިކްރާމުއްރަޙްމާންއާއި، ސާނީވިލާ މާލެ މަރްޔަމް
ނަތާޝާ ޙަސަންއަށް އަންގައި، އަދި
” ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލާ، ތަޙްޤީޤްކޮށް، އިންސާފުކޮށް އަދަބު ދިނުމުގައި ޢަމަލުކުރާނެ
ގޮތުގެ ޤަވާޢިދު،“ ގެ 17 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް، ކުށްކުރާ ކުދިން ބޭތިއްބުމަށް ޤާއިމްކޮށްފައިވާ
އިޞްލާޙީ މަރުކަޒެއް (ޖުވެނައިލް ޑިޓެންޝަން ސެންޓަރ) ގައި ޙުކުމުގެ މުއްދަތަށް ދަޢުވާ ލިބުނު
ނޫރަންމާގެއާގެ|
މާލެ އިކްރާމުއްރަޙްމާންއާއި، ސާނީވިލާ މާލެ މަރްޔަމް ނަތާޝާ ޙަސަން
.
ބޭތިއްބުމަށް އަމުރުކޮށް މިޤަޟިއްޔާ ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
CCCX
ރިޕޯޓުން އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެ މަތީން ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް މަރްޔަމް ނަތާޝާ ޙަސަންގެ ފަރާތުން 05
(ފަހެއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
E 4
ފުރަތަމަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ޤާނޫނާ
ޚިލާފަށް ފުލުހުން ހޯދާފައިވާ ހެކިތަކާއި ބަޔާންތައް ޝަރީޢަތަށް ބަލައިގަނެ އެހެކިތަކުގެ މައްޗަށް ކުށް ސާބިތުވާ
ކަމަށް ނިންމާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ މަސްތުވާތަކެތި ތަޙްލީލު ކުރުމަށް ޔޫ.އެން.އޯ.ޑީ.ސީން ކަނޑައަޅުއްވާފައިވާ
މިންގަނޑާއި އެ މިންގަނޑު ބައްލަވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 323/HC
-
A/2014
ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނަ ހަމައާއި ޚިލާފަށް ތަޙްލީލުކޮށްފައިވާ ތަކެތި، މަސްތުވާތަކެތި ކަމަށް
ބައްލަވައި، އެތަކެތީގެ ނަތީޖާގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2012
ޤަޟިއްޔާއާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 106/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
ފަދައިން ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްކަމަށް ކަށަވަރުނުވާހިނދު ކުށް ސާބިތުވާކަމަށް
ނިންމަވާފައިވުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 24/SC-A/2010 ޤަޟިއްޔާ އާއި،
ވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 20/HC
-
A/2008 އާއި 265/HC-A/2009 ޤަޟިއްޔާއާއި އަދި
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 141 ވަނަ މާއްދާގައި ޙިޔާޒަތު މާނަކޮށްފައިވާ ހަމައާއި ޚިލާފަށް ޢިޔާޒަތު
ކަނޑައަޅުއްވައި ކުށް ސާބިތުވާކަމަށް ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: އެކެއްގެ އަތުގައި ހުރި މަސްތުވާތަކެތި އަނެކެއްގެ އަތުން ފެނުނީ ކަމަށް
ބަލަން ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 215/HC
-
A/2014 ޤަޟިއްޔާގައި ކަނޑައަޅުއް
އުޅުއްވާފައިވާ ހަމައާއި ޚިލާފަށް ކުށް
ސާބިތުވާކަމަށް ނިންމަވާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީހެކި ހޯދިގޮތާއި ހެކިންގެ ހެކިބަހުގައި އަދި ޝަރީޢަތަށް ހުށަހެޅުނު ބަޔާންތަކާއި
ލިޔުންތަކުގައި ގިނަ ޝައްކުތަކެއް ހުއްޓައި، އަދި ކުށް ކުރިކަމާމެދު ގިނަ ޝައްކުތަކެއް އުފެދިފައިވަނިކޮށް،
COCC
¢ ¢
0
R
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) ގެ ދަށުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް
ސާބިތުވާކަމަށް ނިން
ނިންމާފައިވުން ކަމަށް ބުނެ ފާހަގަ ކުރި .
499 ޑ ޒ
ނަކީeއވެ.
4 9 8 6
13-3
03- ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17 ޤަޟިއްޔާއާއި، މަރްޔަމް ނަތާޝާ ޙަސަންގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) 19 ފެބްރުއަރީ 2015 ދުވަހު 20:20 އެހައިކަންހާއިރު، ޒާ ގެސްޓްހައުސްގައި
މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު
މަޢުލޫމާތަކާއި ގުޅިގެން، ފުލުހުންނަށް މަޢުލޫމާތު ލިބުނު ގެސްޓް ހައުސްއަށް ގޮސް އެތަނުގެ ދެވަނަ
ފަންގިފިލާގައި ހުރި 302 ނަންބަރު ކޮޓަރި ކައިރީގައި ތިއްބައި، އެކޮޓަރީގެ އެތެރެއިން ދޮރު ހުޅުވުމުން،
އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކްރިމިނަލް ކޯޓުގެ
ދަށުން އެކޮޓަރި ބަލައި ފާސްކުރިއިރު، އެކޮޓަރީގައި ހުރި އެނދުގެ ދަށުގައި އޮތް ރަބަރު ޕެކެޓެއްގެ
ތެރެއިން ފެނުނު 88 (އަށްޑިހަ އަށެއް) ރަބަރު ޕެކެޓްގައި، 46.1242 ގްރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ
ތަހްލީލު ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ
މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން، މއ. ސާނީވިލާ ކ.މާލެ މަރްޔަމް ނަތާޝާ ޙަސަންގެ
މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާކަމާއިގެ
ދައުލަތުން މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ
މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ސާބިތުވެ، 16 (ސޯޅަ) އަހަރާއި، 08 (އަށެއް) މަސްދުވަހުގެ
05 2)
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
މުއްދަތަށް ޖަލަށްލުމަށާއި، 66,666.66 (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް
ހަލާރި) އިން ޖޫރިމަނާ ކުރުމަށް ޙުކުމްކޮށް، އެފައިސާ 01 (އެއްމަސް) ދުވަހުގެ ތެރޭގައި ޖުވެނައިލް ކޯޓަށް
ދެއްކުމަށް އަންގައި ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17 ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަން
CCCX Oc
އެނގެންއޮވެއެވެ.
(ނ) [ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ޤާނޫނާ ޚިލާފަށް ފުލުހުން
ހޯދާފައިވާ ހެކިތަކާއި ބަޔާންތައް ޝަރީއަތަށް ބަލައިގަނެ އެހެކިތަކުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް
ނިންމާފައިވާ ކަމަށް ބުނެ، ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv-C/17 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް،
މަރްޔަމް ނަތާޝާ ޙަސަންގެ ފަރާތުން ފާހަގަ ކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު;
އިސްވެ އިޝާރާތްކުރެވުނު އިސްތިއުނާފް ނުކުތާއާއި ގުޅިގެން، އިސްތިއުނާފުކުރާ ފަރާތުން އެނުކުތާގައި
ތިންކަމެއް ފާހަގަ ކޮށްފައިވާކަމާއި، އެއީ،
ފުލުހުން ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކޮށްފައިވަނީ ކޯޓުއަމުރެއް
ނެތިކަމާއި؛
މަރްޔަމް ނަތާޝާ ޙަސަން، ފުލުހުން ހައްޔަރުކޮށްފައިވަނީ ކުށެއްކުރަން ހުއްޓާ ފެނިގެން ނޫންކަމާއި
ކުށް ސާބިތު ކުރުމުގައި، ނަޒްމުލް ޙުސައިން އާއި، މަރްޔަމް ނަތާޝާ ޙަސަންގެ ބަޔާނަށް ޝަރީޢަތުން
ބުރަދަން ދެއްވާފައިވާއިރު، އެދެމީހުންގެ ބަޔާން ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ
ނުކުތާތައް ކަމާއި
ފުލުހުން ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކޮށްފައިވަނީ ކޯޓުއަމުރެއް
ނެތިކަމަށް ބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
OCCO
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 47 ވަނަ މާއްދާގައި، ގޯތި ގެދޮރާއި މީހުން ދިރިއުޅޭ
ތަންތަނަކީ ޙުރުމަތްތެރިވެގެންވާ ތަންތަން ކަމާއި، އަދި ވަގުތުން ފިޔަވަޅު ނާޅައިފިނަމަ، މީހެއްގެ މުދަލަކަށް،
ނުވަތަ މީހަކަށް ލިބިދާނެ ނުރައްކާތެރި ގެއްލުމަކުން އެމުދަލެއް ނުވަތަ އެމީހަކު ސަލާމަތްކުރުމަށްޓަކައި ނުވަތަ
ކޯޓު އަމުރަކުން ހުއްދަލިބިގެން މެނުވީ އެއްވެސް މީހަކު ދިރިއުޅޭ ތަނަކަށް އެމީހެއްގެ ނުރުހުމުގައި
ވަދެގެންނުވާނެކަމަށް ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ ދަށުން ކުށެއްގެ ތުހުމަތުގައި
ތަންތަން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބިދީފައިވާކަމާއި، އަދި، ބަލައި ފާސްކުރުމުގައި ފުލުހުން
ޢަމަލުކުރާނެ ގޮތުގެ އިޖުރާއަތުތައް، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ ދަށުން ހެދިފައިވާ
”ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ޤާނޫނީ ބާރުތަކާއި، އިޚްތިޔާރުތަކުގެ ބޭނުން ހިފުމާބެހޭ ޤަވާޢިދު“ ގައި
ބަޔާންކޮށްފައިވާ ކަމާއި، އެޤަވާޢިދުގެ 7 ވަނަ މާއްދާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަލައި ފާސްކުރުމަށް
ދާއިރު، އެތަނުގެ ވެރި ފަރާތް ޙާޟިރުވެ ނެތްނަމަވެސް އެތަނުގެ ވެރި ފަރާތުން އުފުލަންޖެހޭ ޒިންމާތަކާ
ޙަވާލުވެވޭނެ މީހެއް އެތަނުގައި ހުރި ނަމަ، އެމީހަކަށް ކޯޓު އަމުރު ދެއްކުމަށްފަހު އެފަރާތެއްގެ ހާޒިރުގައި
އެތަން ބަލައި ފާސްކުރެވިދާނެކަން އެނގެން އޮންނަކަމާއި؟
ފުލުހުން،
ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކޮށްފައިވަނީ، ކުރިމިނަލް ކޯޓުގެ
ނަންބަރު 2015
/
134/J
(
BF-145 ކޯޓު އަމުރުގެ ދަށުންކަން އެނގެން އޮންނަކަމާއި، އެގޮތުން،
އެއަމުރުގައި ބަލައި ފާސްކުރަން ބޭނުންވާ ތަނުގެ ގޮތުގައި އެ އަމުރުގައި ބަޔާންކޮށްފައިވަނީ، [ކ. މާލެ/ ހ.ޒާ
ގެސްޓްހައުސްގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުރިކަމަށް ތުހުމަތުކުރެވޭ ތަންތަން، މިފަދައިންކަން އެނގެން
އޮންނަކަމާއި؛
އިސްތިއުނާފުކުރެވިފައި މިވާ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ކްދިސް
ހިނގިތަނަށް ދިޔަ ފުލުހުން ހ.ޒާ ގެސްޓްހައުސްގެ ކައުންޓަރުގައި އެވަގުތު އިން ފަރާތަށް ކޯޓު އަމުރު
z
ހައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
އ
ޑ 0 ހދ
ދައްކާފައިވާކަން އެނގެން އޮންނަކަމާއި، ކޯޓު އަމުރަކީ މުޅި ގެސްޓްހައުސް ބަލައި ފާސްކުރުމަށް ދޫކޮށްފައިވާ
އަމުރަކަށްވާއިރު، ގެސްޓް ހައުސްގެ ކޮންމެ ކޮޓަރިއަކަށް ވަނުމުގެ ކުރިން ކޯޓު އަމުރު ދެއްކުން
ލާޒިމްނޫންކަމާއި، އަދި ގެސްޓް ހައުސްގެ ކައުންޓަރުގައި އިންނަ ފަރާތަކީ ގެސްޓް ހައުސްގެ ވެރި ފަރާތުން
ގެސްޓް ހައުސްގެ ކަންތައްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތަކަށް ވާހިނދު، ގެސްޓްހައުސް
ބަލައި ފާސްކުރުމަށްޓަކައި ގެސްޓްހައުސްގެ ކައުންޓަރުގައި އިންނަ ފަރާތަށް ކޯޓު އަމުރު ދައްކައި އެތަން ބަލައި
ފާސްކުރުމުގެ ކަންތައްތަ އަމުރުގައި ވާގޮތުގެ މަތިން ކުރިއަށް ގެންދިޔުމުގެ ޤާނޫނީ ބާރު ފުލުހުންނަށް
ލިބިގެންވާކަމާއި، އެހެނީ، ގެސްޓްހައުސްގެ ވެރި ފަރާތް އަންނަންދެން ފުލުހުން އެތާ މަޑުކޮށްފިނަމަ،
ތުހުމަތުކުރެވޭ ފަރާތްތައް ފިލުމާއި، ހެކި ނައްތާލުމުގެ އިޙުތިމާލު އެޙާލަތުގައި ފަހިވެގެން ދާނެކަމީ
ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމާއި، އެހެންކަމުން އެފަދަ ޙާލަތެއްގައި ފުލުހުން ޢަމަލުކޮށްފައިވަނީ ފުލުހުންގެ
ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި، މުޖުތަމަޢުގެ ސަލާމަތާއި، މަޞްލަޙަތަށްޓަކައި އަމަލުކުރަންޖެހޭ އަދި
ޢަމަލު ކުރަމުންދާ ޢާންމު އުޞޫލުގެ ދަށުންކަން އެނގެން އޮންނަކަމާއިގެ
އިސްވެ އިޝާރާތްކުރެވުނު ފަދައިން، ގެސްޓްހައުސްގެ ކޮންމެ ކޮޓަރިއެއް ބަލައި ފާސްކުރުމުގެ ކުރިން
ކޯޓު އަމުރު ދެއްކުން ލާޒިމް ނުވިކަމުގައިވިޔަސް، ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ހެކިބަހަށް ބަލާއިރު،
ލ.ކޯޕްރަލް މުންދިރު މޫސާ (ސނ3750) ގެ ހެކިބަހުގައި ހ،ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިއަށް
ދިޔަ ފުލުހުންގެ ތެރެއިން މީހެއްގެ އަތުގައި ކޯޓު އަމުރު އޮންނާނެކަމަށާއި
މަށާއި، ލ.ކޯޕްރަލް އަޙްމަދު ނައުޝާދު
(ސ.ނ.4687) އާއި، ލ.ކޯޕްރަލް ޙުސައިން ވަޙީދު (ސނ.2873) ހެކިބަހުގައި ގެސްޓްހައުސްގެ 302
ނަންބަރު ކޮޓަރި ބަލައި ފާސްކުރުމުގެ ކުރިން އެކޮޓަރީގައި ތިބި ފަރާތްތަކަށް ކޯޓު އަމުރު ދައްކާފައިވާކަމަށް
ބުނެފައިވާކަން، އެފަރާތްތަކުން ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހުން އެނގެން އޮންނާތީ، ފުލުހުން
ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ބަލައި ފާސްކޮށްފައިވަނީ އިސްވެ އިޝާރާތްކުރެވިފައިވާ ކުރިމިނަލް
ކޯޓުގެ ނަންބަރު 2015
/
134/J
(
BFD-145 ކޯޓު އަމުރުއިން ބާރުލިބިގެންކަން އެނގެން އޮންނަކަމާއިގެ
އްޖޭގެ
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/45
272 ހއ
ނރބއށް
މަރްޔަމް ނަތާޝާ ޙަސަން ފުލުހުން ހައްޔަރުކޮށްފައިވަނީ .އްކުރަން ހުއްޓާ ފެނިގެން ނޫންކަމަށް
ބުނެ ފާހަގަކުރި
ޝަރީޢަތުން ނަޒަރުކުރިއިރު؛
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46 ވަނަ މާއްދާގައި، ހައްޔަރުކުރާ މީހަކު ކުށެއް
ކުރަނިކޮށް ފެންނަ ހިނދެއްގައި، ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް ނުވަތަ އެވަގުތަކު އެއުޅެނީ ކުށެއް
ކުރާންކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެން ނުވަތަ ކޯޓުގެ
އަމުރަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ހިފާ ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެން ނުވާނެކަމަށް
ބަޔާންކޮށްފައިވާއިރު، އިސްތިއުނާފު މިކުރެވޭ މައްސަލައިގައި، ފުލުހުން މަރްޔަމް ނަތާޝާ ޙަސަން
ހައްޔަރުކޮށްފައިވަނީ، މަރްޔަމް ނަތާޝާ ޙަސަން އެވަގުތު ހުރި، ހ.ޒާ ގެސްޓްހައުސްގެ 302 ކޮޓަރިން ގިނަ
ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވުމުންކަމާއިގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 07/SC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލުގެ ދަށުން މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ އިސްތިސްނާއެއް ނެތި މުޠާލަޤް
މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށެއްކަމަށްވެފައި، މަރްޔަމް ނަތާޝާ ޙަސަން ހައްޔަރުކުރެވުނު ތަން ކަމުގައިވާ،
ހ.ޒާ ގެސްޓްހައުސްގެ 302 ކޮޓަރިން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނުމަކީ މަރްޔަމް ނަތާޝާ ޙަސަން
މަސްތުވާތަކެތި ޓްރެފިކްކުރަނީކަމަށް، ނުވަތަ ޓްރެފިކްކުރަން އުޅޭކަމަށް ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ
އެކަށީގެންވާ ސަބަބުތަކެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހޭ ކަމާއި، އެޙާލަތުގައި ކުށެއްގެ ތުހުމަތުގައި މީހަކު
ހައްޔަރުކުރުމަށް ކޯޓު އަމުރެއް އޮތުން ލާޒިމް ނޫންކަން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 46
ވަނަ މާއްދާއިން އެނގެން އޮންނާތީ، ހ.ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފުލުހުން މަރްޔަމް
ނަތާޝާ ޙަސަން ހައްޔަރުކޮށްފައިވަނީ ކުށެއްކު
ށެއްކުރަން ހުއްޓާ ފެނިގެން ނޫންކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ
ހަމައެއްނެތްކަން އެނގެން އޮންނަކަމާއިގެ
4
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ކުށް ސާބިތު ކުރުމުގައި، ނަޒްމުލް ޙުސައިންއާއި، މަރްޔަމް
ނަތާޝާ ޙަސަންގެ ބަޔާނަށް ޝަރީޢަތުން ބުރަދަން ދެއްވާފައިވާއިރު، އެދެމީހުންގެ ބަޔާން ހޯދާފައިވަނީ ޤާނޫނާ
ޚިލާފަށްކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާތައް ޝަރީޢަތުން ނަޒަރުކުރިއިރު؟
ނަޒްމުލް ޙުސައިންއާއި، މަރްޔަމް ނަތާޝާ ޙަސަންގެ ބަޔާން ހޯދާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް
މަރްޔަމް ނަތާޝާ ޙަސަން ފާހަގަކުރި ނުކުތާއަކީ، މައްސަލައިގެ އައި.އޯ ޕޮލިސް ސާރޖެންޓް ޢަބްދުލްވައްޙާބާ
ޢަބްދުލްޤާދިރު (ސނ. 3163) ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގެ މައްޗަށް ބިނާކޮށް، ފާހަގަކުރި
ނުކުތާއެއްކަން އެނގެން އޮންނައިރު، ޕޮލިސް ސާރޖެންޓް ޢަބްދުލްވައްޙާބް ޢަބްދުލްޤާދިރު (ސނ. 3163)
ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނުގެ ކޮން ޢިބާރާތަކުން ކިހިނެއްކަން، ނަޒްމުލް ޙުސައިންއާއި، މަރްޔަމް
ނަތާޝާ ޙަސަންގެ ބަޔާނަކީ ޤާނޫނާ ޚިލާފަށް ހޯދާފައިވާ ބަޔާނެއްކަން، ޝަރީޢަތަށް ސާފުކޮށްދީފައި ނުވާކަމާއި،
އެއާ ޚިލާފަށް، ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17 ޤަޟިއްޔާއާއި ގުޅިގެން، 2015 އޯގަސްޓް 17
ވަނަ ދުވަހު ޕޮލިސް ސާރޖަންޓް ޢަބްދުލްވައްޙާބް ޢަބްދުލްޤާދިރު (ސނ. 3163) ޖުވެނައި ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ދީފައިވާ މުޅި ބަޔާނަށް ނަޒަރު ކުރުމުން، ނަޒްމުލް ޙުސައިންއާއި، މަރްޔަމް ނަތާޝާ ޙަސަންގެ
ބަޔާން ތަޙްޤީޤަށް ހޯދާފައިވަނީ ޤާނޫނީ އިމުގެ ތެރެއިން ކަމާއި، އަދި އެ ދެ ބަޔާނަކީވެސް ޤާނޫނީގޮތުން
ސައްޙަ، ޝަރީޢަތުން އެމައްޗަށް ބުރަދަން ދެވިދާނެ ބަޔާންތަކެއްކަން އެނގެން އޮންނަކަމާއިގެ
އެހެންކަމުން، ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17 ޤަޟިއްޔާގައި މަރްޔަމް ނަތާޝާ
ޙަސަންގެ މައްޗަށް ޝަރީޢަތުން ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ޤާނޫނާ ޚިލާފަށް ފުލުހުން ހޯދާފައިވާ ހެކިތަކާއި ބަޔާންތަކުގެ މައްޗަށް
ކަމަށް ކަނޑައަޅާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަން އެނގެއެވެ.
(ނ) ”މަސްތުވާތަކެތި ތަޙްލީލު ކުރުމަށް ޔޫ.އެން.އޯ.ޑީ.ސީން ކަނޑައަޅުއްވާފައިވާ މިންގަނޑާއި އެ
މިންގަނޑު ބައްލަވައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 323/HC-A/2014 ޤަޟިއްޔާގައި
z
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
15 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/45
cuccc
އފ
ކަނޑައަޅުއްވާފައި އޮންނަ ހަމައާ ޚިލާފަށް ތަޙްލީލުކޮށްފައިވާ ތަކެތި، މަސްތުވާތަކެތި ކަމަށް ބައްލަވައި،
އެތަކެތީގެ ނަތީޖާގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާއާއި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 206/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ފަދައިން
ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި ޤަރީނާތަކެއްކަމަށް ކަށަވަރުނުވާހިނދު، ކުށް ސާބިތުވާކަމަށް ނިންމަވާފައިވާ
ކަމަށް ބުނެ، ފާހަގަ ކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ޔޫ.އެން.އޯ.ޑީ.ސީ (United Nation office on Drugs and Crime) މެނުއަލްގައި
މައިގަނޑު ދެގޮތަކުން ކެނަބިސް ދެނެގަނެވޭނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، އެދެގޮތަކީ، ފިޒިކަލް
އެގްޒަމިނޭޝަން (މެކްރޮސްކޯޕިކް ނުވަތަ މައިކްރޮސްކޯޕިކް ބޭރުފުށުގެ ސިފަތަކަށް ބަލައި، ކެނެބިސްގެ
ބާވަތްތައް ދެނެގަތުން) އާއި، އަދި ކެމިކަލް އެގްޒަމިނޭޝަން (ސައިންޓިފިކް ތަޙުލީލުތަކުގެ އަލީގައި ކެނެބިސްގެ
ބާވަތް ދެނެގަތުން) ކަން އެނގެން އޮންނަކަމާއިގެ
ޔޫ.އެން.އޯ.ޑީ.ސީ އިން ކަނޑައަޅުއްވާފައިވާ މިންގަނޑާއި، އެމިންގަނޑަށް ބައްލަވައި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 323/HC-A/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނީ މެޝިނުން ތަޙުލީލުކުރެވޭ
ބާވަތުގެ ތަކެތި މެޝިނުން ސައިންޓިފިކް އުޞޫލުން ތަޙުލީލުކުރުމަށާއި، ހަމައެކަނި ފިޒިކަލް އެޕެއަރެންސްއަށް
ބަލައި ތަޙުލީލުކުރެވޭ ތަކެތި އެގޮތަށް ތަޙުލީލުކުރެވުނު ސަބަބު ތަޙުލީލް ރިޕޯޓުގައި ބަޔާންކުރައްވާނެކަމަށާއި،
ތަޙުލީލުކުރެވުނު ތަކެތީގެ އެއްގޮތް ސިފަތަކާއި، ތަފާތު ސިފަތައް އެނގޭނެހެން ތަޙުލީލުކުރާ ފަރާތުން ފޮޓޯ
ރިޕޯޓެއް އެޓޭޗްކުރަން ޖެހޭނެކަމަށާއި، ފޮޓޯ ރިޕޯޓެއް އޮތުން ލާޒިމްވާނީ ހަމައެކަނި ފިޒިކަލް އެގްޒަމިނޭޝަންގެ
މައްޗަށް ބުރަވެ، ކެނެބިސްގެ ބާވަތް ދެނެގަނެފައިވާނަމަކަން އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 323/HC
-
A/2014 ޤަޟިއްޔާގެ ވާޤިޢާއަށާއި، އެޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ
އުޞޫލަށް ބެލުމުން އެނގެން އޮންނަކަމާއިގެ
32
Occu
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
16 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2016/HC-A/45
އ9 8
އދނޗ2ނ
އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ދައުލަތުން ހެކީގެ ގޮތުގައި ޖުވެނައިލް ކޯޓުގެ ޝަރީޢަތަށް
ހުށަހަޅާފައިވާ ނަންބަރު 2015
/
0511/K
{
e
)
/
DR މަސްތުވާތަކެތީގެ ތަޙުލީލު ރިޕޯޓްއާ ގުޅިގެން، ތަޙުލީލުކުރި
ފަރާތްކަމަށްވާ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހީމް ރަމީޒު (ސނ.2279) ޖުވެނައިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހަށް 2015 ޖުލައި 16 ވަނަ ދުވަހު، ދީފައިވާ ހެކިބަހަށް ބަލާއިރު، މި މައްސަލައިގައި
ފެނިފައިވާ 88 (އަށްޑިހަ އަށެއް) ރަބަރު ޕެކެޓުގައި ހުރީ ކެނެބިސްކަމަށް ނިންމާފައިވަނީ ހަމައެކަނި ފިޒިކަލް
އެގްޒަމިނޭޝަނުން ނޫންކަމާއި، ތަޙުލީލުކުރުމަށް އޮންނަ އިޖުރާޢަތުތަކާ އެއްގޮތަށް ޖީސީއެމްއެސް މެތޮޑާއިން
ތަޙުލީލުކުރެވިފައިވާކަމާއި، އަދި ހުރިހާ ޓެސްޓްތަކެއްވެސް ހަދާފައިވަނީ ޔޫ.އެން.އޯ.ޑީ.ސީ މެނުއަލްގައި
ބަޔާންކޮށްފައިވާ ގޮތަށް ކަމަށް ބުނެ ހެކިބަސް ދީފައިވާކަން އެނގެން އޮންނަކަމާއިގެ
މި މައްސަލައިގައި މަސްތުވާތަކެތީގެ މެޝިން ރިޕޯޓު، ތަޙުލީލު ރިޕޯޓާ އެޓޭޗް ކުރެވިފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 323/HC
-
A/2014 ޤަޟިއްޔާގައި ބަޔާންކުރާ ފަދަ ފޮޓޯ
ރިޕޯޓެއް އޮތުމަކީ މި މައްސަލައިގައި މަސްތުވާތަކެތި ތަޙުލީލުކުރުމަށް ބޭނުންކޮށްފައިވާގޮތަށް ބަލާއިރު
ފުރިހަމަވާންޖެހޭކަމެއް ނޫންކަމާއި، ތަޙުލީލުކުރުމަށާއި މަސްތުވާތަކެތީގެ ބަރުދަން ބެލުމަށް
ބޭނުންކުރެވިފައިވަނީ ޔޫ.އެން.އޯ.ޑީ.ސީ އާއި، ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ މިންގަނޑުތައްކަން
ތަޙުލީލުކުރި ފަރާތުގެ ހެކިބަހުގައި ބުނެފައިވާތީ، މި މައްސަލައިގައި ފެނިފައިވާ މަސްތުވާތަކެތި
ތަޙުލީލުކުރުމުގައި ތަބާވެފައިވާ އިޖުރާޢަތާއި، އެތަޙުލީލުގެ މައްޗަށް ތައްޔާރުކޮށްފައިވާ މަސްތުވާތަކެތީގެ ތަޙުލީލު
ރިޕޯޓުގެ ޝަރުޢިއްޔަތާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް އޮތްކަމަށް ޝަރީޢަތުން ދެކޭތީ، މަރްޔަމް ނަތާޝާ
ޙަސަންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވަނީ، ޤާނޫނީގޮތުން ޞައްޙަ ދަލީލުތަކާއި
ޤަރީނާތަކެއްގެ މައްޗަށް ބުރަވެކަން އެނގެއެވެ.
(ނ) ”ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 24/SC-A/2010 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 20/HC-A/2008 އާއި، 265/HC-A/2009 ޤަޟިއްޔާއާއި، އަދި މަސްތުވާތަކެއްޗާބެހޭ
ލ0ހން
R
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
17 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
ޤާނޫނުގެ 141 ވަނަ މާއްދާގައި ޙިޔާޒަތު މާނަކޮށްފައިވާ ހަމައާ ޚިލާފަށް ޢިޔާޒަތު ކަނޑައަޅުއްވައި ކުށް
ސާބިތުވާކަމަށް ނިންމަވާފައިވާ ކަމަށް ބުނެ، ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -SC/2010
24/A ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު
202/HC-A/2008 ޤަޟިއްޔާއާއި،
265/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލަކީ، އެކަކަށްވުރެ ގިނަ މީހުން ދިރިއުޅޭ
ކޮޓަރިއެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވީނަމަވެސް، އިތުރު ހެއްކާއި ޤަރީނާއާ ނުލައި، އެކޮޓަރިއެއްގައި
ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަކިމިވެނި މީހެއްގެ މައްޗަށް ތުހުމަތުކުރެވި، އެކަމުގެ ޒިންމާ ހަމައެކަނި
އެފަރާތުން އުފުލަންޖެހޭ ގޮތްވުމަކީ ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، އެކަން ބިނާކުރާނެ ޝަރުޢީ
އަދި ޤާނޫނީ އުޞޫލެއް ނެތްނަމަ، ވަކި މީހަކު އެތަނަކުން ފެންނަ އެއްޗަކަށް ޒިންމާނުކުރުވޭނެ ކަމުގެ
އުޞޫލުކަން އެނގެން އޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ 265/HC-A/2009 ޤަޟިއްޔާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު،
މަސްތުވާތަކެތި ފެނުނު ކޮޓަރި ނުވަތަ ފާޚާނާއަކީ ހަމައެކަނި އެމައްސަލައިގައި ތުހުމަތުކުރެވުނު އަޝްރަފް
ޢަބްދުއްރަޙީމްއަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއެއްކަމުގެ ނުވަތަ ފާޚަނާއެއްކަމުގެ ހެކި
ލިބިފައިނުވާއިރު، އެކޮޓަރިއަކީ އަޝްރަފް ޢަބްދުއްރަޙީމްގެ ބައްޕަގެ ކޮޓަރިކަން
އެނގެން އޮތުމުގެ
މަސްތުވާތަކެތި އަޝްރަފް ޢަބްދުއްރަޙީމް ހުރި ފާޚާނާއިން ފެނުން ފިޔަވައި، އެތަކެއްޗާ އަޝްރަފް
ޢަބްދުއްރަޙީމްއާ ގުޅުވާލެވޭނެ އިތުރު ހެއްކެއް ނުވަތަ ޤަރީނާއެއްވެސް ލިބިފައި ނުވުމާއި، ހަމައެހެންމެ،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 202/HC-A/2008 ޤަޟިއްޔާގައި މައްސަލަ ސާބިތުކުރުމަށް ހުށަހެޅުނު
ހެކިޤަރީނާއަށް ނަޒަރުކުރާއިރު، އެމައްސަލައިގައި ތުހުމަތުކުރެވޭ އިސްމާޢީލު ޝިފާޒުގެ ދަބަހުން މަސްތުވާތަކެތި
ފެނިފައިވާއިރު، އެދަބަސް ހުރި ކޮޓަރިއަކީ އިސްމާޢީލް ޝިފާޒުގެ ކޮޓަރިއަކަށް ނުވާތީ އާއި، އެކޮޓަރިއަށް
ފުލުހުން ދިޔައިރު އިސްމާޢީލް ޝިފާޒު ނިދާފާ އޮތުމުންނާއި، އެވަގުތު އެކޮޓަރީގައި އިތުރު ބަޔަކު ތިބުމުން،
މައްޗަށް
އޮތުމުގެ އިތުރުން،
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
18 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
އޮތްކަން
އެމީހުންނަށްވެސް އިސްމާޢީލް ޝިފާޒުގެ ދަބަހަށް މަސްތުވާތަކެތި ލުމުގެ ފުރުޞަތު
ފާހަގަކޮށްފައިވާކަން އެނގެން އޮންނައިރުގެ
އިސްވެ އިޝާރާތްކުރެވުނު ދެ ޤަޟިއްޔާއާ ޚިލާފަށް، އިސްތިއުނާފްކުރެވިފައި މިވާ މައްސަލައިގައި
އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން ތިބި ކޮޓަރިން މަސްތުވާތަކެތި ފެނުމުގެ އިތުރުން،
އެތަކެއްޗަކީ އެމީހުންގެ ކޮންޓްރޯލްގެ ދަށުގައި، އެމީހުންނަށް އެނގިގެން އެތަނުގައި ހުރި ތަކެތިކަން ހާމަކޮށްދޭ
ހެއްކާއި ޤަރީނާ ދައުލަތުން ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއިގެ
އެގޮތުން، މަސްތުވާތަކެތި ފެނިފައިވާ ހ.ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށް
ހިފާފައިވަނީ އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަން ކަމާއި، ކޮޓަރި ކުއްޔަށް ދޫކުރުމުގެ ކުރިން
ކޮޓަރި ސާފުކޮށްފައިވާނެކަމަށް މިމައްސަލައާ ގުޅިގެން ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ، ހާދިސާ
ހިނގިއިރު ހ.ޒާ ގެސްޓްހައުސްގައި މަސައްކަތްކުރާ ފަރާތެއްކަމަށްވާ ބަންގްލަދޭޝްގެ، ނަޒުމުލް ޙުސައިންގެ
ބަޔާނަށް ބެލުމުން އެނގެން އޮންނާތީ އާއި، އެމީހެއްގެ ނަމުގައި ކޮޓަރި ކުއްޔަށް ހިފާފައިވާ ފަރާތްކަމުގައިވާ
މ.ގޯލްޑްމެޝަރ، މުޙައްމަދު އިޝްފާން ޝަރީޢަތުގައި ހެކިބަސް ދެމުން، މުޙައްމަދު އިޝްފާންގެ ލައިސަންސް
ކާރޑް ޖެނުއަރީ 2015 ގެ ފަހުކޮޅުގައި ގެއްލިފައިވާކަމަށާއި، ލައިސަންސް ކާރޑް ގެއްލުމުން އެކަން ކަމާބެހޭ
ފަރާތަށް އަންގާފައިވާނެކަމަށާއި، އައު ކާރޑެއް ހައްދާފައިވާނެކަމަށް ބުނެ ހެކިބަސް ދީފައިވާކަމާއި، ހ. ޒާ
ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށް ހިފާފައިވަނީ، އެހެންމީހެއްގެ ލައިސަންސް ކާރޑެއް
ބޭނުންކޮށްގެން ކަމުގައި ވީނަމަވެސް، ކޮޓަރި ކުއްޔަށްހިފާ ފަރާތުގެ ފޯނު ނަންބަރެއްގެ ގޮތުގައި ގެސްޓްހައުސްގެ
ލޮގްފޮތުގައި ނޯޓުކޮށްފައި އޮތީ މަރްޔަމް ނަތާޝާ ޙަސަންގެ ފޯނު ނަންބަރުކަން އެނގެން އޮންނަކަމާއިގެ
މީގެ އިތުރުން، މައްސަލައާ ގުޅިގެން، ދަށު ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހެބިސް ދީފައިވާ ހެކިވެރި
ކަމަށްވާ ސ.މަރަދޫފޭދޫ، ޔެލޯހައުސް މުޙައްމަދު ފަތުޙީގެ ހެކިބަހުގައި ހ.ޒާ ގެސްޓްހައުސްގެ ރޫމްތައް
ރޫމްތައް ކުއްޔަށް
ދިވެހިރާއްޖެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
19 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
ދިނުމުގެ ކުރިން އެނދުގެ ގޮދަޑި ނަގާ ސާފުކުރާކަމަށް ބުނެ ހެކިބަސް އަދާކޮށްފައިވާކަން އެނގެން
އޮންނަކަމާއި؛
މި މައްސަލައިގައި ޙާދިސާ ހިނގިތަނަށް ދިޔަ ފުލުހުންގެ ހެކިބަހަށް ނަޒަރުކުރާއިރު، 19 ފެބްރުއަރީ
2015 ދުވަހުރޭ ކޯޓު އަމުރެއްގެ ދަށުން ހ.ޒާ ގެސްޓްހައުސްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ބަލައި ފާސްކުރުމަށް ގޮސް، ހ.ޒާ ގެސްޓްހައުސްގެ 302
ނަންބަރު ކޮޓަރީގެ ދޮރުމަތީގައި ފުލުހުން މަޑުކޮށްގެން ތިއްބައި، އެކޮޓަރީގެ އެތެރެއިން އިކްރާމުއްރަޙުމާން ދޮރު
ހުޅުވިއިރު، އެކޮޓަރީގައި އިކްރާމުއްރަޙުމާން އާއި، މަރްޔަމް ނަތާޝާ ޙަސަން ތިބިކަމާއި، މިދެކުދިންގެ
އަންނައުނާއި، ގެންގުޅޭ އެހެނިހެން ސާމާނު އެކޮޓަރިން ފެނިފައިވާކަން ހެކިންގެ ބަހުން އެނގޭތީ، ހ. ޒާ
ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރި ކުއްޔަށް ހިފާފައިވަނީ، އިކްރާމުއްރަޙުމާން އާއި މަރްޔަމް ނަތާޝާ
ޙަސަންކަން އެނގެން އޮންނަކަމާއި، ކުއްޔަށް ދޫކޮށްފައި ހުންނަ މުއްދަތުގައި ކޮޓަރިއަށް އިތުރު ބަޔަކު ވަދެ
ނުހަދާކަމާއި، ކޮޓަރި ކުއްޔަށް ދޫކުރުމުގެ ކުރިން އެނދުގެ ތަންދޮށަށް ދަންދެން ސާފުކޮށްފައިވާކަން ހެކިންގެ
ބަހުން އެނގެން އޮންނާތީ، އެކޮޓަރިއާއި، އެކޮޓަރިއަށް އެތެރެކުރެވޭ ތަކެތީގެ ފުރިހަމަ ކޮންޓްރޯލް
އިކްރާމުއްރަޙުމާން އާއި، މަރްޔަމް ނަތާޝާ ޙަސަންއަށް ލިބިގެންވާކަމަށް އެނގެން އޮންނަކަމާއިގެ
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާ (ޤާނޫނު ނަންބަރު
37/2015 (ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ
ޤާނޫނު) އިން ނަންބަރު ތަރުތީބުކުރެވިފައިވާ ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 143 ވަނަ މާއްދާ) ގެ (ރ)
އަދި (ޅ) ގެ ދަށުން، ހ.ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފެނުނު ކެނަބިސް ހުރި
88
(އަށްޑިހަ އަށެއް) ރަބަރު ޕެކެޓަކީ މަރްޔަމް ނަތާޝާ ޙަސަންގެ އަތުން ފެނުނު، މަރްޔަމް ނަތާޝާ ޙަސަންގެ
ޙިޔާޒަތުގެ ދަށުގައި ހުރި ތަކެތިކަން ސާބިތުވާކަން އެނގެން އޮންނަކަމާއި؛
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
20 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާ (ޤާނޫނު ނަންބަރު
37/2015 (ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ
14
ޤާނޫނު) އިން ނަންބަރު ތަރުތީބުކުރެވިފައިވާ ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 143 ވަނަ މާއްދާ) އަށް
ބަލާއިރު، މީހެއްގެ ކޮންޓްރޯލްގައި ހުންނަ ތަނަކުން މަސްތުވާތަކެތި ފެނުމާއި، މީހެއްގެ އަތުގައި ހުރީކަމަށް
މާނަކުރެވިދާނެ އެހެން ގޮތަކަށްވެސް މަސްތުވާތަކެތި ހުރެއްޖެކަމަށް ވާނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ
ހިނދަކު މީހާގެ އަތުގައި މަސްތުވާއެއް
ތުވާއެއްޗެއް ހުރީކަމުގައި ބެލެވޭނެކަމަށް އެމާއްދާގެ (ރ) އަދި (ޅ) ގައި
ބަޔާންކޮށްފައިވާކަމާއި،
ޒާ ގެސްޓްހައުސް އަށް ދިޔަ ފުލުހުން، މަރްޔަމް ނަތާޝާ ޙަސަނާ ސުވާލުކުރުމުން، ހ. ޒާ
ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ޒިންމާ މަރްޔަމް ނަތާޝާ ޙަސަން ނަގާފައި
ނުވިނަމަވެސް، އިސްވެ ފާހަގަކުރެވުނު ސަބަބުތަކަށްޓަކައި އިކްރާމުއްރަޙްމާން އެކޭ އެއްފަދައިން، މަރްޔަމް
ނަތާޝާ ޙަސަންއަށް މަސްތުވާތަކެތި ފެނުނު، ހ.ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރީގެ ކޮންޓްރޯލް
އޮންނާނެތީ އާއި، ކޮޓަރި ކުއްޔަށް ހިފަން އިކްރާމުއްރަޙްމާންއާއެކު މަރްޔަމް ނަތާޝާ ޙަސަން ދިޔަކަން
ދައުލަތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަހުން އެނގެން އޮންނަކަމާއި، މަރްޔަމް ނަތާޝާ ޙަސަންއާ
އިކްރާމުއްރަޙްމާނާ އޮތް ގުޅުމަށް ބަލާއިރު، އެކޮޓަރިއަށް މަސްތުވާތަކެތި ވައްދާފައިވަނީ މަރްޔަމް ނަތާޝާ
ޙަސަންގެވެސް ފެނުމާއި އެނގުމުގެ ތެރެއިންކަން ޤަބޫލުކުރަންޖެހޭކަމާއި،
މި މައްސަލައިގައި ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފެނުނު އަންހެން ދަބަހުގެ
ތެރެއިން ރިޒްލާ ކަރުދާސް ފެނުނުކަމަށް ހާދިސާ ހިނގިތަނަށް ދިޔަ ފުލުހުން ޝަރީޢަތުގެ މަޖިލީހުގައި
ހެކިބަސް ދީފައިވާކަމާއި، ރިޒްލާއަކީ ހ. ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ
ބާވަތްކަމަށްވާ ކެނެބިސް ބޭނުންކުރުމަށް
ބޭނުންކުރެވޭ އާލާތެއް ކަމަށްވާތީ، މިކަންތައްތަކުގެ މައްޗަށް
ރިޢާޔަތްކޮށް ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާ މަރްޔަމް ނަތާޝާ ޙަސަންއާ ގުޅުވާލެވޭ ކަމާއި، އެތަކެތި
1/
z
ކައި
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
21 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
އެތަނުގައި ހުރީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 144 ވަނަ މާއްދާ (ޤާނޫނު ނަންބަރު 37/2015 (ޤާނޫނު
ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން
ނަންބަރު ތަރުތީބުކުރެވިފައި ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 146 ވަނަ މާއްދާ) ގައި ބަޔާންކުރާ އުޞޫލާ
އެއްގޮތްވާ ގޮތުގެ މަތިން މަރްޔަމް ނަތާޝާ ޙަސަންއަށް އެނގިގެން ރުހުމުގައިކަމަށް ބަލަންޖެހޭ ކަމާއިގެ
އެހެންކަމުން ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 141 ވަނަ މާއްދާ
(ޤާނޫނު ނަންބަރު 37/2015 (ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އިން 2 ވަނަ
6
އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ނަންބަރު ތަރުތީބުކުރެވިފައިވާ ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 143
ވަނަ މާއްދާ) ގެ (ހ) އަދި (ޅ) ގެ ދަށުން، ހ.ޒާ ގެސްޓްހައުސްގެ 302 ނަންބަރު ކޮޓަރިން ފެނުނު
މަސްތުވާތަކެއްޗަކީ އިކްރާމުއްރަޙްމާންގެ އިތުރުން މަރްޔަމް ނަތާޝާ ޙަސަންގެ ޙިޔާޒަތުގެ ދަށުގައި ހުރި ތަކެތި
ކަމުގައި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމާއިގެ
އިކްރާމުއްރަޙުމާންއާއި، މަރްޔަމް ނަތާޝާ ޙަސަންގެ ޙިޔާޒަތުގެ ދަށުން ފެނުނު މަސްތުވާތަކެ
ޒިންމާ އުފުލާނެ އެހެން ފަރާތެއް ތަޙްޤީޤުގައިވެސް، އަދި ޝަރީޢަތުގައިވެސް އިކްރާމުއްރަޙުމާންއާއި، މަރްޔަމް
ނަތާޝާ ޙަސަންއަށް ދެއްކިފައިނުވާތީއާއި، މަނާކުރެވިފައިވާ މަސްތުވާއެއްޗެއް މީހެއްގެ އަތުގައި ހުރުމަކީ
އިސްތިސްނާއެއްނެތި، މުޠުލަޤު މަސްއޫލިއްޔަތު އުފުލަންޖެހޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 08/SC
-
A/2008 ޤަޟިއްޔާގައި ކަނޑައަޅުއްވާކަމާއި، ޤާނޫނު ނަންބަރު
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 17 ވަނަ މާއްދާއާއި، 142 (ޤާނޫނު ނަންބަރު 37/2015 (ޤާނޫނު
ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން
ނަންބަރު ތަރުތީބުކުރެވިފައިވާ ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 144 ވަނަ މާއްދާ) ވަނަ މާއްދާއާއި،
މާއްދާގެ (ބ) (ޤާނޫނު ނަންބަރު 37/2015 (ޤާނޫނު ނަންބަރު:
(މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) އިން ނަންބަރު ތަރުތީބުކުރެވިފައިވާ
ކުށެއްކަމަށް
17/2011
137
ވަނަ
17}2011
z
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
22 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 139 ވަނަ މާއްދާ) ވަނަ މާއްދާ އަށް ބެލުމުން 14 (ސާދަ) ގްރާމްއަށް
އަށްވުރެ ގިނައިން މީހެއްގެ އަތުން ކެނެބިސް ފެނުމަކީ ކުށުގެ މަސްއޫލިއްޔަތު އުފުލުމަށް ފުދޭ ކާފީ ”ޤާނޫނީ
ޤަރީނާ، އެއްކަން އެނގެން އޮންނާތީ، އިކްރާމުއްރަޙުމާން އާއި މަރްޔަމް ނަތާޝާ ޙަސަންގެ އަތުން ފެނުނު
މަސްތުވާތަކެތީގެ ޒިންމާ، ޤާނޫނީގޮތުން އިކްރާމުއްރަޙުމާންއާއި މަރްޔަމް ނަތާޝާ ޙަސަން ފުރިހަމައަށް އަދި
ހަމަހަމައަށް ނަގަން ޖެހޭނެކަން އެނގެއެވެ.
•) [އެކެއްގެ އަތުގައި ހުރި މަސްތުވާތަކެތި އަނެކެއްގެ އަތުން ފެނުނީ ކަމަށް ބަލަން ޤާނޫނު
ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 215/HC-A/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމައާ ޚިލާފަށް ކުށް ސާބިތުވާކަމަށް
ނިންމަވާފައިވާ ކަމަށް ބުނެ، ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރު ކުރިއިރުގެ
ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ
(ޤާނޫނު
ނަންބަރު 37/2015 (ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު
ގެނައުމުގެ ޤާނޫނު) އިން ނަންބަރު ތަރުތީބުކުރެވިފައިވާ ގޮތަށް އައިސްފައިވާ ބަދަލާ ގުޅިގެން 146 ވަނަ
މާއްދާ) ގައި އެކަކަށްވުރެ ގިނަމީހުންނަށް އެނގިގެން، އެމީހުންގެ ރުހުމާއެކު
މާއެކު، އޭގެތެރެއިން ވަކި މީހެއްގެ
އަތުގައި މަސްތުވާތަކެތި ހުރެއްޖެނަމަ، އެއިން ކޮންމެ މީހެއްގެ އަތުގައި ވަކިވަކިން މަސްތުވާތަކެތި އެ ޢަދަދަށް
ހުރީ ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާކަމާއި، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ
ޤާނޫނު) ގެ ދަށުން މަސްތުވާތަކެތި އަތުގައި ހުރުމަށް ނުވަތަ މަސްތުވާތަކެތި އަތުގައި ހުރިކަމަށް ބެލެވޭ
ޙާލަތްތަކާއި، ޑައިމޯފިން ޓްރެފިކްކުރުމާ މިއީ ތަފާތު ކުށްތަކެއްކަމާއި، އަދި އެޤާނޫނުގެ ދަށުން ޑައިމޯފިން
ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމަށްޓަކައި ކޮންމެހެން މަސްތުވާތަކެތި އަތުގައި ހުރުމުގެ ކުށް ސާބިތުވުން ލާޒިމް
ނުވާކަން ޤާނޫނުގެ މާއްދާތަކުން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 221/-HC/2013
A ޤަޟިއްޔާގައި ބަޔާންކޮށްފައި ވާކަން އެނގެން އޮންނަކަމާއި؛
OSCOX
ދިވެހިރާއްޖެ
، ހައިކޯކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
23 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
ކޮންމެ މައްސަލައަކީ ތަފާތު ވާޤިޢާތަކެއްގެ މައްޗަށް ބިނާވާ މައްސަލައެއްކަމާއި، ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 15/HC-A/2014 ޤަޟިއްޔާގައި، އެމައްސަލައިގައި ބެލުނު ޙާދިސާ ހިނގާ ދިޔަގޮތަށް
ބަލާއިރު، ދަޢުވާލިބޭ އެކެއްގެ އަތުގައި މަސްތުވާތަކެތި ހުރިކަން އަނެކާއަށް ނޭނގުމުގެ ފުރުޞަތު އޮތްކަމަށް
ނިންމަވާފައިވަނީ، ދެމީހަކު އެއްތަނެއްގައި އެއްވަގުތެއްގައި ތިބިނަމަވެސް، އެކަކުގެ އަތުގައި މަސްތުވާތަކެތި
ހުއްޓައި ފުލުހުންނަށް ފެނިފައިވާތީއާއި، އޭނާ އެތަކެތި އުކާލަނިކޮށް ފުލުހުންނަށް ފެނިފައިވީނަމަވެސް، ދެންހުރި
ފަރާތުގެ އަތުގައި އެތަކެތި ހުއްޓައި ފުލުހުންނަށް ފެނިފައިނުވާތީކަމާއި، އެތަކެއްޗަކީ އުކާލި ފަރާތުގެ އަތުގައި
ހުރިތަކެތި ކަމުގައިވީހިނދު، އެތަކެތި އުކާލިފަރާތުގެ ޒިޔާރަތުގެ ދަށުގައި ހުރި އެތަކެއްޗަކީ، އެތަނުގައި
އެވަގުތުހުރި އަނެއް މީހާގެ ބެލުމުގެދަށުގައި ނުވަތަ އޭނާއަށް އެނގިގެންކަމެއް އެމައްސަލައިގައި ހުށަހަޅާފައިވާ
ހެކިންގެ ބަހުން އެނގެން ނެތްކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 215/HC
-
A/2014 ޟިއްޔާއާ ޚިލާފަށް، އިސްތިއުނާފު
ކުރެވިފައި މިވާ މައްސަލައިގައި، ހ.ޒާ ގެސްޓްހައުސްގެ 302 ކޮޓަރިން ފެނުނު މަސްތުވާތަކެތި އެތަނުގައި
އިކްރާމުއްރަޙްމާންއާއި މަރްޔަމް ނަތާޝާ ޙަސަނަށް އެނގިގެން، އެފަރާތުގެ ރުހުމުގައިކަން، އިސްވެ
ނުކުތާތަކުން އެނގެން އޮންނާތީ، އެކެއްގެ އަތުގައި ހުރި މަސްތުވާތަކެތި އަނެކެއްގެ އަތުން
ފެނުނީ ކަމަށް ބަލަން ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 144 ވަނަ މާއްދާ
އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 215/HC-A/2014 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހަމައާ
ޚިލާފަށް މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ކުށް ސާބިތުވާކަމަށް ބަލާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް
ހދީ 8
9
4
3
ބ9ނ ހދން
ނެތްކަން އެނގެއެވެ.
(ޅ) ”ހެކި ހޯދިގޮތާއި ހެކިންގެ ހެކިބަހުގައި އަދި ޝަރީޢަތަށް ހުށަހެޅުނު ބަޔާންތަކާއި ލިޔުންތަކުގައި
ހުއްޓައި، އަދި ކުށް ކުރިކަމާމެދު ގިނަ ޝައްކުތަކެއް އުފެދިފައިވަނިކޮށް، ޤާނޫނުއަސާސީގެ
ގިނަ
އެކުތކއ
ދިވެހިރާއްޖެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
24 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
51 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުވާކަމަށް ނިންމާފައިވާ
ކަމަށް ބުނެ، ފާހަގަ ކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
އިސްވެ ބަޔާންވެ ދިޔަ ނުކުތާތަކުގައި، މައްސަލައާ ގުޅިގެން ދައުލަތުން ޖުވެނައިލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހަޅާފައިވާ އެންމެހާ ހެކިތަކާއި ބަޔާންތަކާއި، އަދި ޤަރީނާތަކުގެ މައްޗަށް ނަޒަރުކުރުމުން،
ދައުލަތުން މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ މަރްޔަމް
ނަތާޝާ ޙަސަންގެ މައްޗަށް ސާބިތުވެފައިވަނީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައި ބަޔާންކޮށްފައިވާ ޖިނާއި ކުށުގެ ދަޢުވާތައް ސާބިތުކުރުމަށް ކަނޑައަޅާފައިވާ މިންގަނޑާ ޚިލާފަށް
ކަމަށް ބެލެވޭނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއްނެތްކަން އެނގެން އޮވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި، ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން،
ޖުވެނައިލް ކޯޓުގެ
ނަންބަ
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް
އިސްތިއުނާފުކުރުމަށް، މަރްޔަމް ނަތާޝާ ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ނަޒަރުކޮށް،
އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
17}Jv-C/2015
0
އާރާމް:
ދެންފަހެ، އިސްވެ
ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމުން، ޤާނޫނު ނަންބަރު
17/2011 (މަސްތުވާތަ
ވާތަކެއްޗާބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ
ދަށުން، މއ. ސާނީވިލާ މާލެ، މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ދައުލަތުން ކުޅަ ކެނަބިސް ޓްރެފިކް
ކުރުމުގެ ކުށުގެ ދަޢުވާ، މަރްޔަމް ނަތާޝާ ޙަސަންގެ މައްޗަށް ސާބިތުވެ، 16 (ސޯޅަ) އަހަރާއި، 08 (އަށެއް)
މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި، 66,666.66 (ފަސްދޮޅަސް ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
25 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/45
ފަސްދޮޅަސް ހަލާރި) އިން ޖޫރިމަނާ ކުރައްވައި، އެފައިސާ 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ޖުވެނައިލް
ކޯޓަށް ދެއްކުމަށް އަންގަވައި ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/17 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި
ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
etc.
ދިވެހިރު
*
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ