ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/147 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/147
ޤަޟިއްޔާ ނިމުނު ގޮތު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 147/HC
-
A/2012
އިސްތިއުނާފް ކުރިފަރާތް:
* ނަން: ދައުލަތް (މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސް އެޓަރނީ ޖެނެރަލްގެ އޮފީސް)
* ވަލީކު އދ.އަޙްމަދު އުޝާމް
ދާއިމީ އެޑްރެސް: ވެލާނާގެ/8 ވަނަ ފަންގިފިލާ
3
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޙްމަދުދީދީ
އައިޑީ ކާޑު ނަންބަރު: A012309
* ދާއިމީ އެޑްރެސް: ޓައިމާގެ ސ. ހިތަދޫ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 29 ޖުމާދަލްއާޚިރާ 1433
20 މެއި 2012
ނިމުނު ތާރީޚް: 15 މުޙައްރަމް 1434
29 ނޮވެމްބަރު 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC
/
2010
)
1447
/
Cv
-
C/2171}
• ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް:
16 ސެޕްޓެމްބަރު 2010 = ނިމުނު ތާރީޚް: 25 ޑިސެމްބަރު 2011
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
އިޤްހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2012/HC-A/147
ޤަޟިއްޔާ ނިމުނު ގޮ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/MC
/
2010
)
1147
/
Cv
-
C/2171)
ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން
އިސްތިއުނާފު ކޮށްދިނުންއެދި ދައުލަތް (މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް
ސްޕޯޓްސް އެޓަރނީ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އަޙްމަދު ދީދީ، ޓައިމާގެ ސ. ހިތަދޫ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A012309) އެވެ.
ކުރެވުނު ނުކުތާތައް:
3
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1147
(2010/MC/2171) ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، ކުރީގެ މިނިސްޓްރީ އޮފް ހަޔަރ
އެޑިއުކޭޝަން، އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީގައި ސ. ހިތަދޫޓައިމާގެ (ހ. ފެންނާގެ
އެޕާޓްމަންޓް 5A) ޢަހުމަދުދީދީ ޑިޕޮޒިޓްކޮށްފައިވާ 2,095
/
50$US (ދެހާސް ނުވަދިހަ ފަހެއް އެމެރިކާ
ޑޮލަރު ފަންސާސް ސެންޓް) އަޙުމަދުދީދީ އަށް އެނގިގެން ނޫންގޮތަކަށް ނަގާ ބޭނުންނުކުރުމަށްވެ.
މާޗް 2006 ގައި އެމިނިސްޓްރީ ގައި ސިޓީއަކުން ދަންނަވާފައިވަނިކޮށް، ބަޔާންކުރެވުނު ފައިސާގެ
ތެރެއިން -/460$US (ހަތަރުސަތޭކަ ފަސްދޮޅަސް އެމެރިކާ ޑޮލަރު) ފިޔަވާ ދެން ބާކީހުރި ފައިސާ
ވިޔަފާރި ބޭންކުތަކުގައި ބަހައްޓައިގެން އެއިން އިތުރު ފައިސާ ހޯދުމަށާއި، ޑިޕޮޒިޓުން އަޙުމަދުދީދީ އަށް
މިކޮށްފައިވާ -/1,601$US (އެއްހާސް ހަސަތޭކަ އެކެއް އެމެރިކާ ޑޮލަރު) ހޯދުމަށާއި،
ޑިޕޮޒިޓްކުރި 2,095
/
50$US (ދެހާސް ނުވަދިހަ ފަހެއް އެމެރިކާ ޑޮލަރު ފަންސާސް ސެންޓް) އިން
ه2
22
xތ ދ
ނޭނގި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
3
2012/HC-A/147
ޤަޟިއްޔާ ނިމުނު ގޮތު
ރިފަންޑު ވެފައިވާ -/355$US (ތިންސަތޭކަ ފަންސާސް ފަހެއް އެމެރިކާ ޑޮލަރު) ހޯދުމަށް އެދި،
މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްގެ މައްޗަށް ޢަހުމަދު ދީދީގެ ފަރާތުން
ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "އަޙުމަދުދީދީ ގެ ފަރާތުން މިނިސްޓްރީ
އޮފް ހިޔުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްގައި ޑިޕޮޒިޓް ކޮށްފައިވާކަމަށް ބުނާ ފައިސާއަށް
އެމިނިސްޓްރީން އެއްވެސް ގޮތަކަށް އިހުމާލުވެ، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އެފައިސާ
ބޭނުންކޮށްފައިނުވާތީ، މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސް ގެ ފަރާތުން
ދަޢުވާއަށް އިންކާރުކުރާކަމުގައި ދަޢުވާލިބޭ ފަރާތުން ބުނެފައިވާކަން އެނގޭކަމާއި،
27
ދަޢުވާއާއި ގުޅިގެން ދަޢުވާކުރާ ފަރާތާއި ދަޢުވާ ލިބޭ ފަރާތުން ދެއްކި
ވާހަކަތަކަށާއި ހުށަހެޅި ބަޔާންތަކާއި ލިޔުންތަކަށް ބެލުމުން، ކުދިހިތިގެ (ސައިޓް ނަންބަރު S15438)
ގައި 5 (ފަހެއް) ބުރީގެ ޢިމާރާތެއް ކުރުމަށްޓަކައި އަޙުމަދުދީދީ އަށް 14 (ސާދަ) މީހުންގެ ކޯޓާއެއް
ކޯޓާ ނަންބަރު Q11566 ދީފައިވާކަމާއި، ބަޔާންކުރެވުނު ކޯޓް އާއި ގުޅިގެން " ދިވެހިރާއްޖޭގައި
ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" ގައިވާ ފަދައިން، ޑިޕޮޒިޓްގެ ގޮތުގައި 2095.50$US (ދެހާސް
ނުވަދިހަ ފަހެއް ޕޮއިންޓް ފަހެއް ސުމެއް އެމެރިކާ ޑޮލަރު) އަޙުމަދުދީދީ ޖަމާކޮށްފައިވާ ކަމާމެދު ޚިލާފެއް
އުފެދިފައިނުވާކަމާއި، އިސްވެ ބަޔާންކުރެވުނު ކޯޓާއަށް ގެނައި މީހުންގެ ތެރެއިން ބަޔަކު ފުރުވާލާފައިވަނީ
އަޙުމަދުދީދީ އަށް އެންގުމަކާއި ނުލާކަން އަޙުމަދުދީދީ ބުނާއިރު، އަޙުމަދުދީދީ އަށް އެފަދައިން
އަންގާފައިވާނެ ކަމުގައި ދައުލަތުން ބުނާތީ، މައްސަލައިގައި ޚިލާފް އުފެދިފައިވަނީ ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 62 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ "ދިވެހިރާއްޖޭގައި
ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވާއިދު" ގެ 10 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން އަޙުމަދުދީދީ އަށް
22 /
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2012/HC-A/147
ޤަޟިއްޔާ ނިމުނު ގޮތު
ގޮތުގެ
އެއްވެސް އެންގުމެއް އަންގާފައިވާ ކަމާމެދުކަން އެނގޭކަމާއި، އަޙުމަދުދީދީ އަށް މީހުން ފުރުވާލުމަށް
އަންގާފައިވާކަން އެނގޭ އެއްވެސް ލިޔުމެއް ނެތަތީ، އަޙުމަދުދީދީ އަށް އަންގަންޖެހޭ އެންގުންތައް
އަންގާފައިވާނެކަން ޘާބިތުކޮށްދިނުމުގެ ގޮތުން ދައުލަތުގެ ފަރާތުން ހުށަހެޅި ދެހެކިންގެ ބަހުން، ހ.
ކުދިހިތިގެއަށް ދީފައިވާ ކޯޓާގެ ދަށުން އަޙުމަދުދީދީ ގެނެސްފައިވާ ބިދޭސީއަކާއި ގުޅިގެން އެއްވެސް
ޤާނޫނެއް ނުވަތަ ޤަވާޢިދަކާއި ޚިލާފުވެގެން ލޭބަރ ރިލޭޝަން ސެކްޝަނުން އަޙުމަދުދީދީ ހާޟިރުކޮށް،
އެއްވެސް އެންގުމެއް އަންގާފައިވާ ކަން ޘާބިތުނުވާތީ،
އަޙުމަދުދީދީ ގެ ފަރާތުން ހ. ކުދިހިތިގެ (ސައިޓް ނަންބަރު S15438) ގައި 5
(ފަހެއް) ބުރީގެ ޢިމާރާތެއް ކުރުމަށްޓަކައި 14 (ސާދަ) ބިދޭސީން ގެނައުމަށްޓަކައި ޑިޕޮޒިޓްކޮށްފައިވާ
US
$
2095.50 (ދެހާސް ނުވަދިހަ ފަހެއް ޕޮއިންޓް ފަހެއް ސުމެއް އެމެރިކާ ޑޮލަރު) ގެ ތެރެއިން
އަޙުމަދުދީދީ އަށް ނާންގާ މިނިސްޓްރީ އޮފް ހިޔުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން
ފުރުވާލާފައިވާ ބިދޭސީންގެ ޚަރަދަށް އެމިނިސްޓްރީގެ ފަރާތުން ބޭނުންކޮށްފައިވާ ފައިސާއަކީ އަޙުމަދުދީދީ
އަށް ލިބެންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި، މިޤަޟިއްޔާގެ ތެރެއިން އެފައިސާގެ ޢަދަދުތައް
މިންވަރުކޮށް ބަލާފައިނުވާކަމުން، އަޙުމަދުދީދީގެ ފަރާތުން އެފައިސާ ހޯދުމަށް އެދި ހުށަހަޅައިފިނަމަ،
ފައިސާގެ ޢަދަދު މިންވަރުކުރުމަށްފަހު، އެފައިސާ އަޙުމަދުދީދީ އަށް ލިބިދެވޭނެ ކަމުގައި އަންގައި"
އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
(2171/MC/2010)
22
2x
2 / ހތކ
2. ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1147
ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން ދައުލަތުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަކީ:
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2012/HC-A/147
ޤަޟިއްޔާ ނިމުނު ގޮތު
އަޙްމަދުދީދީގެ ފަރާތުން ރާއްޖެއަށް ގެނައި ބިދޭސީ މީހުން ފުރުވާލުމަށް
މިނިސްޓްރީގެ ފަރާތުން އޭނާއަށް އަންގާފައިވާކަމާއި، އެކަމަށް އޭނާ އިންކާރުކޮށްފައިވާކަން ދައުލަތުން
ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތުވާނަމަވެސް، އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1147
(2010/MC/2171) ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ
ރައްދުވާ އަޙްމަދުދީދީ ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
އެން??x2624(8
کسر کوره می ک همسر
2 20
eco
4 20 0
(ހ) ފުރިހަމަ ކަމަކީ، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރުމަށް ބިދޭސީން ގެނައުމަށް ކޯޓާ
ހޯދުމާއި، ވަރކް ޕާރމިޓް ހޯދުމާއި، ބިދޭސީން ވަޒީފާގައި
ތުން، ޤާނޫނު ނަންބަރު
2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 62 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ، "ދިވެހިރާއްޖޭގައި
ބިދޭސީން ވަޒީފާއަދާކުރުމުގެ ގަވާއިދު ގެ 11 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރަން ބިދޭސީން ގެންނަ ފަރާތްތަކުން،
އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، މިނިސްޓްރީގައި ޑިޕޮޒިޓް ބަހައްޓަންވާނެކަމަށް އެމާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާކަމާއި، ވަރކް ޕާރމިޓް ލިބިގެން ބިދޭސީން ވަޒީފާގައި ގެންގުޅޭ ފަރާތްތަކަށް،
މިޤަވާޢިދުގެ ދަށުން ބިދޭސީއަކު ރާއްޖެއިން ފޮނުވާލަން އެންގުމުން އެފަރާތުން ފޮނުވާނުލައިފިނަމަ ނުވަތަ
މިޤަވާޢިދުގެ ދަށުން އެއްވެސް ޚަރަދެއް ކުރަން އަންގައި، އެޚަރަދެއް ނުކޮށްފިނަމަ ޑިޕޮޒިޓްގައި ހުންނަ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/147
4 |
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފައިސާއިން އެޚަރަދު ކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށް އެމާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1147
(2010/MC/171) ޤަޟިއްޔާގައި ހިމެނޭ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ ތެރޭގައި ފާހަގަކުރައްވާފައިވާ ފަދައިން، "ދިވެހިރާއްޖޭގައި ބިދޭސީން
ވަޒީފާއަދާކުރުމުގެ ގަވާއިދު" ގެ ދަށުން ބިދޭސީން ގެންނަ ފަރާތްތަކަށް، އެ ގަވާއިދުގެ 10 ވަނަ
މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން އަންގަންޖެހޭ އެންގުންތަކަކީ ލިޔުމުން ފެންނަން އޮންނަ
އެއްޗަކަށްވުމަކީ މުޙިއްމު ކަމަކަށްވީނަމަވެސް އަދި އެކަމުގައި އެންމެ ރައްކާތެރި ގޮތަކީ
އެއީކަމުގައިވީނަމަވެސް، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ގަވާއިދު" ގެ 10 ވަނަ މާއްދާގެ
(މ) ގެ ދަށުން މިނިސްޓްރީން އަންގާ އެންގުންތައް ލިޔުމުން އޮތުން ލާޒިމުކުރާ އެއްވެސް ޤާނޫނީ
ނައްސެއް ނެތްކަމާއި، އެހެންކަމުން، އަނގަބަހުން އަންގާ އެފަދަ އެންގުންތަ
ންތަކަކީވެސް،
އެނގިކަން ޝަރުޢީ ޤާނޫނީ ހަމަތަކުގެމަތިން ސާބިތުވާނަމަ ޞައްޙައެންގުމެއްކަމަށް ބަލަންޖެހޭކަމެވެ.
1147/Cv-C/2010
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
(2010/MC/2171) ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި ޚިލާފު
އުފެދިފައިވަނީ، ކުދިހިތިގެ (ސައިޓް ނަންބަރު S15438) ގައި 5 (ފަހެއް) ބުރީގެ ޢިމާރާތެއް
ކުރުމަށްޓަކައި އަޙްމަދުދީދީއަށް ދޫކޮށްފައިވާ 14 (ސާދަ) މީހުންގެ ކޯޓާގެ ދަށުން އޭނާ ރާއްޖެ
ގެނެސްފައިވާ ބިދޭސީން ފޮނުވާލުމަށް "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ގަވާއިދު" ގެ 10
ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މިނިސްޓްރީން އަޙްމަދުދީދީއަށް އެއްވެސް
އަންގާފައިވާ ކަމާމެދުކަން އެމައްސަލައާ ގުޅިގެން މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ
ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގޭކަމާއި،
2
0 27ތ
އެނގެމެއޭ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2012/HC-A/147
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މިގޮތުން، "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ގަވާއިދު" އާ އެއްގޮތްވާ
ގޮތުގެމަތިން އަޙްމަދު ދީދީ ރާއްޖެގެނެސްފައިވާ އެއްވެސް ބިދޭސީއަކު ފޮނުވާލުމަށް އެޤަވާޢިދުގެ 10 ވަނަ
މައްދާގެ (ށ) ގައިވާ ގޮތުގެމަތިން ކަމާބެހޭ މިނިސްޓްރީގެ ފަރާތުން އެއްވެސް އިރެއްގައި އަޙްމަދު
ދީދީއަށް އަންގާފައިނުވާކަމަށް އަޙްމަދު ދީދީ ބުނެފަވާކަމާއި، ނަމަވެސް އަޙްމަދުދީދީ މިގޮތަށް ބުނާބުނުކަމީ
ޞައްޙަ ބުނުމެއް ނޫންކަމަށާއި، އިސްވެދެންނެވިފައިވާ ޤަވާޢިދުގައިވާ ގޮތުގެމަތިން އަޙްމަދު ދީދީއަށް
އަންގަންޖެހޭ އެން
ލިޔުމުން އޭނާއަށް އަންގާފައިނުވިނަމަވެސް، އޭނާ ކަމާބެހޭ މިނިސްޓްރީއަށް
ބިދޭސީން ފޮނުވާލުމާބެހޭގޮތުން އޭނާއަށް އަންގަންޖެހޭ އެންގުންތައް އަނގަބަހުން
އަންގާފައިވާނޭކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަމާއި، އަދި މިކަން ސާބިތުކޮށްދިނުމުގެ ގޮތުން
ދައުލަތުގެ ފަރާތުން ޝަރީޢަތަށް ދެހެކިން ހުށަހަޅާފައިވާކަމާއި، އެއީ މ.މ.ދ. ދަފްތަރު ނަންބަރު 3365
(ވ. ފަހިދޫ) އަޙްމަދު އަބޫބަކުރު (ދިވެހިރާއްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A043503) އާއި
.. ބާމިޔާގެ، މުޙައްމަދު ޒާހިރު ޢަލީ (ދިވެހިރާއްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A033560)
04 07 0.
px
ކަމާއި،
o ec
04 0 0
ދައުލަތުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅި މިނަންގަނެވުނު ދެހެކިންގެ ތެރެއިން
އަޙްމަދު އަބޫބަކުރު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ހެކިބަހަށް ބަލާއިރު، އަޙްމަދުދީދީގެ
ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭންސީންތަކެއް، އެމީހުންގެ ކެއިންބުއިމާއި، ހުރުމުގެ ކަންކަން
އިންތިޒާމުކުރެވޭނެ ގޮތެއްނެތި މަގުމަތީގައި އުޅެންޖެހިފައިވާތީ، އެމީހުން ޝަކުވާ ހުށަހަޅައި ރާއްޖޭން
ފުރަން ހިވެގެން އެމިނިސްޓްރީއަށް ހުށަހެޅުމާ ގުޅިގެން، އަޙްމަދު ދީދީ އޭރު ޖަލުގައި ހުރުމުން،
ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ މެދުވެރިކޮށް އޭރުގެ އެމްޕްލޯއިމަންޓް މިނިސްޓްރީގެ ލޭބަރ ރިލޭޝަން
ސެކްޝަނަށް ޙާޒިރުކުރެވިފައިވާކަމަށާއި، މިގޮތުން އޭނާ ޙާޒިރުކޮށް އިސްވެދެންނެވުނު ބިދޭސީން
ފުރުވާލުމަށް އޭނާއަށް އަންގާފައިވާނޭކަމަށާއި، މިގޮތަށް އޭނާއަށް އެންގުމުން އެމީހުން ފުރުވާލައިގެން
ނުވާނެކަމަށް އަޙްމަދު ދީދީ ބުނެފައިވާކަމަށާއި، އަޙްމަދުދީދީ ޙާޒިރުކުރެވުނު ދުވަހު އޭނާއާއި އަޙްމަދު
ދިވެހިރާއްޖޭގެ މި
ހައިކު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2012/HC-A/147
ހ2432 3
ޤަޟިއްޔާ ނިމުނު ގޮތު
ބަކުރު ދެއްކީ
އެކީ ސުޕަރ ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއި ތާނިއާ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން ދަތިވި މުވައްޒަފުންގެ 114 (ސަތޭކަ ސާދަ) ޕާސްޕޯޓު ހަވާލުކުރުމުގެ ވާހަކަތޯ ނުވަތަ އޭނާ
ދަޢުވާ މިކުރާ މައްސަލައިގެ ވާހަކަތޯ އަޙްމަދުދީދީ ސުވާލުކުރުމުން، އެދުވަހު ޙާޒިރުކުރެވުނީ ޕާސްޕޯޓުތައް
ހޯދުމާއި އަދި މިމީހުން ފުރުވާލުމާބެހޭ ގޮތުންކަމަށް އަޙްމަދު އަބޫބަކުރު ބުނެފައިވާކަން އެނގޭކަމާއި،
މިމައްސަލައާ ގުޅިގެން ސިވިލް ކޯޓަށް ހެކިބަސްދިން ދެވަނަ މީހާކަމަށްވާ މުޙައްމަދު
ޒާހިރު ޢަލީ އެކޯޓަށް ދީފައިވާ ހެކިބަހަށް ބަލާއިރު، އަޙްމަދު ދީދީ ރާއްޖެ ގެނެސްފައިވާ ބިދޭސީންތަކެއް
މިނިސްޓްރީއަށް ޙާޒިރުވެ އެމީހުންނަށް ރަށަށް ދެވޭނެގޮތެއް ނެތިގެން ކުރި ޝަކުވާއާ ގުޅިގެން، އަޙްމަދު
ދީދީ ޖަލުގައި ހުއްޓާ ކަމާބެހޭ
ފަރާތްތަކާ ގުޅައިގެން އަޙްމަދު
ދީދީ
މިނިސްޓްރީއަށް
ޙާޒިރުކުރެވުނުކަމަށާއި، އޭނާ ޙާޒިރުކުރެވުނީ ދެބޭނުމެއްގައިކަމަށާއި، އެއީ އިސްވެދެންނެވުނު ބިދޭސީން
ފުރުވާލުމާބެހޭ ގޮތުން މަޝްވަރާކުރުމަށާއި، އެމީހުންގެ ޕާސްޕޯޓުތައް ވީތަނެއް ހޯދުމަށްޓަކާކަމަށާއި،
އެދުވަހު އަޙްމަދު ދީދީ ޙާޒިރުކުރެވުނީ އެނޫން އެހެންބޭނުމެއްގައި ނޫންކަން ޔަޤީންކަމަށާއި، ނަމަވެސް،
އެދުވަހު އަޙްމަދު ދީދީއާ ކަނޑައެޅިގެން ދެކެވުނު ވާހަކައެއް ދަންނަވަން ނޭނގޭކަމަށާއި، އެހެންނަމަވެސް
އޭގެ ފަހުން އިސްވެދެންނެވުނު ބިދޭސީންގެ ޕާސްޕޯޓުތަކާއި އެއްޗެތި ލިބިގެން އެމީހުން ފުރުވާލެވުނުކަން
އެނގޭކަމަށާއި، އަޙްމަދު ދީދީ ޙާޒިރުކުރެވުނު ދުވަހު ސުވާލުކުރެވުނީ ކޯޓާ ނަންބަރު 15708 ގެ ދަށުން
ރާއްޖެ ގެނެސްފައިވާ، ސުޕަރ ބިލްޑަރސް ޕްރައިވެޓް ލިމިޓެޑާއި ތާނިއާ އިންވެސްޓްމަންޓް ޕްރައިވެޓް
ލިމިޓެޑުން ދަތިވި މުވައްޒަފުންގެ ތެރެއިން 114 (ސަތޭކަ ސާދަ) މީހުންގެ ޕާސްޕޯޓުގެ ވާހަކަތޯ އަޙްމަދު
ކުރުމުން، ކަނޑައެޅިގެން އޭގެތެރެއިން ކޮން ކޯޓާއެއްގެ ދަށުން ގެނެސްފައިތިބި މީހުންނާ
ބެހޭގޮތުންކަމެއް ދަންނަވަން ނޭނގޭކަމަށް މުޙައްމަދު ޒާހިރު ޢަލީ ބުނެފައިވާކަން އެނގޭކަމާއި،
22 /
މިނަންގަނެވުނު ދެހެކިންގެ ހެކިބަހަށް ޖުމްލަގޮތެއްގައި ބަލާއިރު، އަޙްމަދުދީދީގެ
ނަމުގައި ރާއްޖެ ގެނެސްފައިވާ ބިދޭންސީންތަކެއް އޭރުގެ އެމްޕްލޯއިމަންޓް މިނިސްޓްރީއަށް ހުށަހެޅި
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
ތަޕުލުޓޯ
2012/HC-A/147
eco
އަޙްމަދު ދީދީ،
ޤަޟިއްޔާ ނިމުނު ގޮތުގެ
ޝަކުވާއަކާ ގުޅިގެން އެމިނިސްޓްރީގެ ލޭބަރ ރިލޭޝަން ސެކްޝަނަށް އޭނާ ޙާޒިރުކުރެވިފައިވާކަމާއި،
އަދި އޭނާގެ ނަމުގައި ރާއްޖެގެނެސްފައިވާ ބިދޭސީންތަކެއް އެމިނިސްޓްރީއަށް ހުށަހަޅާފައިވާ ޝަކުވާތަކަކާ
ގުޅިގެން އެމީހުން ރާއްޖޭއިން ފުރުވާލުމަށް އޭނާއަށް އެންގިފައިވާކަމާއި، އޭގެތެރޭގައި، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައިގައި ޚިލާފު އުފެދިފައިވާ، ހ. ކުދިހިތިގެ (ސައިޓް ނަންބަރު S15438) ގައި
5 (ފަހެއް) ބުރީގެ ޢިމާރާތެއް ކުރުމަށްޓަކައި އަޙްމަދުދީދީ އަށް ދޫކޮށްފައިވާ 14 (ސާދަ) މީހުންގެ
ކޯޓާގެ ދަށުން އޭނާ ރާއްޖެ ގެނެސްފައިވާ ބިދޭސީން ހިމެނޭކަމާއި އަދި އެމީހުން ރާއްޖެއިން ފޮނުވާލުމަށް
އޭނާ އިންކާރުކޮށްފައިވާކަން، ލޭބަރ ރިލޭޝަން ސެކްޝަނުން އޭނާއާ ބައްދަލުކޮށް ވާހަކަދެއްކި،
އެސެކްޝަންގެ އޭރުގެ
ވެރިއެއްކަމަށްވާ އަޙްމަދު އަބޫބަކުރުގެ ބަހުން ސާފުކޮށް އެނގެން އޮންނަކަމާއި،
އޭރުގެ އެމްޕްލޮއިމަންޓް މިނިސްޓްރީގައި ޑިޕޮޒިޓްގެގޮތުގައި
ބަހައްޓާފައިވާ ފައިސާއަކީ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ގަވާއިދު" ގެ 10 ވަނަ
މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން އޭނާ ބަހައްޓާފައިވާ ފައިސާކަމާއި، އަދި އެ މާއްދާގެ (ށ) ގައިވާ
ގޮތުގެމަތިން އެފައިސާ މިނިސްޓްރީގެ ފަރާތުން ބޭނުންކުރުމުގައި އެފައިސާ ބެހެއްޓި ފަރާތުގެ ހުއްދަ
ހޯދުމަކީ އެމިނިސްޓްރީގެ މައްޗަށް ލާޒިމުކަމެއް ނޫންކަމާއި، މިގޮތުން ވަރކް ޕާރމިޓް ލިބިގެން ބިދޭސީން
ވަޒީފާގައި ގެންގުޅޭ ފަރާތްތަކަށް، އެޤަވާޢިދުގެ ދަށުން ބިދޭސީއަކު ރާއްޖެއިން ފޮނުވާލަން އެންގުމުން
އެފަރާތުން ފޮނުވާނުލައިފިނަމަ ނުވަތަ މިޤަވާޢިދުގެ ދަށުން އެއްވެސް ޚަރަދެއް ކުރަން އަންގައި،
އެޚަރަދެއް ނުކޮށްފިނަމަ، ޑިޕޮޒިޓްގައި ހުންނަ ފައިސާއިން މަރަދުކުރުމުގެ ހުއްދަ ޑިޕޮޒިޓް ބެހެއްޓި
ފަރާތުން ހޯދުމަކާ ނުލައިވެސް، އެޚަރަދު ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމާއި،
މިކަންކަމުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، އިސްތިއުނާފަށް
ހުށަހެޅިފައިމިވާ މައްސަލައިގައި ޚިލާފު އުފެދިފައިވާ، އަޙްމަދު ދީދީގެ ނަމުގައި ރާއްޖެ ގެނެސްފައިވާ 14
(ސާދަ) މީހުން، އެމީހުންގެ ޑިޕޮޒިޓް ފައިސާ ބޭނުންކޮށްގެން، އޭރުގެ އެމްޕްލޯއިމަންޓް މިނިސްޓްރީގެ
ފަރާތުން ފޮނުވާލާފައިވަނީ "ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ ގަވާއިދު" ގެ 10 ވަނަ:2:
4 22
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2012/HC-A/147
10 ޤަޟިއްޔާ ނިމުނު ގޮތު
މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މިނިސްޓްރީން އަޙްމަދު ދީދީއަށް އަންގަންޖެހޭ ފެގުން
އެންގުމަށްފަހު، އެކަމަށް އޭނާ އިންކާރުކުރުމުން، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމުގެ
ގަވާއިދު" އާ އެއްގޮތްވާ ގޮތުގެމަތިންކަން މަދަނީ މިންގަނޑުން ސާބިތުވާކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
(2010/MC/2171) ޤަޟިއްޔާގައި ހިމެނޭ މައްސަލާގެ ޙުކުމުގައި،
1147/Cv-C/2010
އަޙުމަދުދީދީ އަށް މީހުން ފުރުވާލުމަށް އަންގާފައިވާކަން އެނގޭ އެއްވެސް ލިޔުމެއް ނެތަތީ، އަޙުމަދު
ދީދީ އަށް އަންގަންޖެހޭ އެންގުންތައް އަންގާފައިވާނެކަން ސާބިތުކޮށްދިނުމުގެ ގޮތުން ދައުލަތުގެ
ފަރާތުން ހުށަހެޅި އެހެކިންގެ ބަހުން، ކުދިހިތިގެއަށް ދީފައިވާ ކޯޓާގެ ދަށުން އަޙުމަދުދީދީ
ގެނެސްފައިވާ ބިދޭސީއަކާ ގުޅިގެން އެއްވެސް ޤާނޫނެއް ނުވަތަ ޤަވާޢިދަކާއި ޚިލާފުވެގެން ލޭބަރ
ރިލޭޝަން ސެކްޝަނުން އަޙުމަދުދީދީ ޙާޒިރުކޮށް، އެއްވެސް އެންގުމެއް އަންގާފައިވާކަން ސާބިތުނުވާތީ،
އަޙުމަދު ދީދީގެ ފަރާތުން ކުދިހިތިގޭގައި 5 (ފަހެއް) ބުރީގެ ޢިމާރާތެއް ކުރުމަށް 14 (ސާދަ)
ބިދޭސީން ގެނައުމަށްޓަކައި ޑިޕްޒިޓްކޮށްފައިވާ 2095
/
50$US (ދެހާސް ނުވަދިހަ ފަހެއް އެމެރިކާ
ޑޮލަރު ފަންސާސް ސެންޓް) ގެ ތެރެއިން އަޙުމަދުދީދީ އަށް ނާންގާ އޭރުގެ މިނިސްޓްރީ އޮފް ހިޔުމަން
ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން ފުރުވާލާފައިވާ ބިދޭސީން ފުރުވާލުމަށް އެމިނިސްޓްރީގެ
ފަރާތުން ބޭނުންކޮށްފައިވާ ފައިސާއަކީ އަޙުމަދުދީދީ އަށް ލިބެންޖެހޭ ފައިސާއެއްކަމުގައި ނިންމަވާފައިވާ
ނިންމެވުމަކީ ބަދަލުގެންނަންޖެހޭ ނިންމެވުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވޭކަމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2012/HC-A/147
ޤަޟިއްޔާ ނިމުނު ގޮތު
• ޙުކުމް
ދެންފަހެ،
އިސްވެފާހަގަކުރެވުނު
ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު
22 472
KP1980
ނަންބަރު
1147/Cv-C/2010
2
7 ގތ
ހހމް
(2010/MC/2171) ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލު ގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1147
(2010/MC/2171) ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
OX7
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv