ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/187 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/187
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 187/HC-A/2013
އިސްތިއުނާފުކުރި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
0
.
އިސްތިއުނާފު ރައްދުވި ފަރާތްތައް:
ނަން: ޙުސައިން އައިމަން
އައިޑީ ކާޑުނަންބަރު: A270051
26
* ދާއިމީ އެޑްރެސް: ޅޮސްމާގެ ހއ.އިހަވަންދޫ
ރަޖިސްޓްރީ ތާރީޚް: 24 ރަޖަބް 1434
03 ޖޫން 2013
* ނިމުނު ތާރީޚް: 18 ޝަޢުބާން 1434
27 ޖޫން
2013
އިސްތިއުނާފުކުރެވުނު ކޯޓް އަމުރު ނަންބަރު: 2013
/
25/A
-
10
-
MC
ނިންމެވި ކޯޓް: ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓު
• އަމުރުގެ ބާވަތް: ކޯޓް އަމުރު
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
.ހައިކޯ
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު، ފަނޑިޔާރު: ޔޫސުފު ޙުސައިން.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
'2
2013/HC-A/187
ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
25/A
-
10
-
MC ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ، އެކޯޓު އަމުރު
އިސްތިއުނާފުކޮށްދިނުމަށް އެދި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ހއ.އިހަވަންދޫ ޅޮސްމާގެ ޙުސައިން އައިމަންއެވެ.
ހަގަކުރެވުނު ނުކުތާތައް:
OXO
ސަބަބެއް
1. ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
25/A
-
10
-
MC ކޯޓު
އަމުރު ނެރުއްވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާ
ކުތާއެއްކަމާއި، އެނުކުތާއަކީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
25/A
-
10
-
MC ކޯޓު އަމުރުގައި ޙުސައިން އައިމަންގެ މައްޗަށް
ތުހުމަތު ކުރެވިފައިވާ ކުޑަކުދިންތަކަކާއިމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލައިގެ ތަޙުޤީޤް
ނިމިފައިވާތީއާއި، މީނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ފަދަ އެއްވެސް ދެއްކިފައިނުވާކަމަށް
ފާހަގަކުރައްވައި މީނާ ބަންދުން ދޫކޮށްލުމަށް 23 މެއި 2013 ދުވަހު ތިލަދުންމަތީ އުތުރުބުރީ ދިއްދޫ
މެޖިސްޓްރޭޓް ކޯޓުން ނެރުއްވި އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލަކުން
ޢަމަލުކުރުމުގެ ޤާނޫނު) އާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި
ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ އުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށްބުނެ ހުށަހެޅި
ކަން އެނގޭކަމެވެ.
OCX
2. މި މައްސަލައާ ގުޅިގެން ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
25/A
-
10
-
MC ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން
ހުށަހެޅި ނުކުތާއާއި، ގުޅިގެން ޙުސައިން އައިމަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޞަތުއްޖޭގެ ހައި
އެންސް ތައް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
3
2013/HC-A/187
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންކަން
ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަކަމަކީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
25/A
-
10
-
MC ކޯޓު އަމުރަށް ބަލާއިރު، އެކޯޓުއަމުރަކީ ހއ.އިހަވަންދޫ ޅޮސްމާގެ ޙުސައިން
އައިމަންގެ މައްޗަށް ތުހުމަތުކުރެވިފައިވާ 17 އަހަރުގެ ކުޑަކުއްޖަކާއިމެދު ގަދަކަމުން ބިރުދައްކައިގެން
ބަދުއަޚުލާޤީ ޢަމަލުހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ޙުސައިން އައިމަން ބަންދުގެ
މުއްދަތު އިތުރުކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދުމުން ޙުސައިން އައިމަންގެ
މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަޙްޤީޤް ނިމިފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ފަރާތުން ބުނާތީ އިތުރަށް މިމައްސަލާގައި ޙުސައިން އައިމަން ބަންދުގައި ބަހައްޓާނެތަނެއް
ކަނޑައަޅައި 23 މެއި 2013 ވަނަދުވަހުގެ 10:00 އިން ފެށިގެން ޙުސައިން އައިމަން ބަންދުން ދޫކޮށްލުމަށް
ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
ނެތްކަމަށް
: 26
;eއެ
(ނ) ދެވަނަ ކަމަކީ، މައްސަލައެއް ތަޙުޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް ހުށަހެޅިފައިވާ
މަރުޙަލާގައިވެސް، ތަޙުޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް ސާބިތުވެފައިވާ މީހެއް
ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު
ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ
ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް
އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފުރިހަމަވެފައިވާކަން ނުވަތަ ނޫންކަމާމެދު
ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާ،
ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން ފާހަގަކުރެވޭކަމެވެ.
މައިދއއި
*ޑ 8
eyއ
6 24
ގެ 48
(ނ) ތިންވަނަ ކަމަކީ، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމަށްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 08 ވަނަ މާއްދާގެ (ހ) ގެ ދަށުން ބަންދުން މީހަކު
ދޫކޮށްލުމުގައި، އެޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބެއް އޮތްތޯ
ނުވަތަ ނެތްތޯ ފަނޑިޔާރު ބަލަންޖެހޭއިރު، އަދި އިސްވެދެންނެވުނު ފަދައިން، އެމާއްދާގައި ބަޔާންކޮށްފައިވާއްBޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
4
2013/HC-A/187
(ފަހެއް) ސަބަބުންކުރާ ސަބަބެއް އޮތްކަން ނުވަތަ ނެތްކަމާމެދު ގޮތެއް ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ
ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން
އޮންނައިރު، އެފަދަ ސަބަބެއް އޮތްކަމާމެދު ނުވަތަ ނެތްކަމާމެދު އެފަނޑިޔާރަކު ނިންމަވާ ނިންމެވުމަކީ،
އެފަނޑިޔާރަށް ލިބިފައިވާ އިސްވެދެންނެވުނު ބާރާއި އިޚްތިޔާރުގެ ބޭރުން ނިންމަވާފައިވާ ނިންމެވުމެއްކަމަށް
ސާބިތުކޮށްނުދެ
ހިނުދެވޭހާ ހިނދަކު، އެ ނިންމެވުމަކީ އިސްތިއުނާފް ކޯޓަކުން ބަދަލު ގެނެވޭނެ ނިންމެވުމެއް
ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 262/HC
-
A/2012 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމާއި،
45
هނ
etc)
އިސްތިއުނާފުކުރެވިފައިމިވާ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
25/A
-
10
-
MC ކޯޓު އަމުރަށް ބަލާއިރު ޙުސައިން އައިމަން ބަންދުން ދޫކޮށްލުމަށް ޤާޟީ
ނިންމަވާފައިވަނީ ޙުސައިން އައިމަންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މައްސަލައިގެ ތަޙްޤީޤު ނިމިފައިވުމާއެކު
ޙުސައިން އައިމަން އިތުރު މުއްދަތަކަށް ބަންދުގައި ބަހައްޓަން ޖެހޭނެ ފަދަ ސަބަބެއް ފެންނަން ނެތުމުންކަން
އެއަމުރަށް ބެލުމުން އެނގޭކަމާއި އަދި މިގޮތަށް ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި،
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ
އުޞޫލަށް ރިޢާޔަތް ނުކުރައްވައިކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނި ނަމަވެސް، ޙުސައިން އައިމަންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅި އެސަރވިސްގެ ނަންބަރު 091003/MF "ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި، މައްސަލައާގުޅޭ ގޮތުން
ލިބިފައިވާ ހެއްކާއި ޤަރީނާއާއި، ޙުސައިން އައިމަން އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ
ބަޔާންކޮށްފައިވާކަމާއި، އަދި މިކަންކަމާ ބެހޭގޮތުން ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައި
ވާހަކަ ދެއްކުމުގެ ފުރުޞަތު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިދީފައިވާއިރު، މިއަމުރު ނެރުއްވުމުގައި
ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010
ޤަޟިއްޔާގައި ބަޔާންކުރައްވާފައިވާ ކަންކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް ބަލަންޖެހޭފަދަ އެކަށީގެންވާ
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތަށް
ހުށަހެޅިފައިނުވާކަމެވެ.
223 މ ފ2
ސަބަބު
އދ، 4
*
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/187
(ނ) ހަތަރުވަނަ ކަމަކީ، މިމައްސަލައަކީ، ކުޑަކުއްޖަކާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ
މައްސަލައެއްކަމަށް ވެފައި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު
ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ މަޤްޞަދުތަކުގެ ތެރޭގައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ
މީހުން ތަޙުޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ބެހެއްޓުން ހިމެނޭކަމަށާއި، އެފަދަ ފަރާތްތައް
ތަޙުޤީޤް މަރުހަލާގައި ބަންދުން މިނިވަންވުމުގެ ޙައްޤު ހިފެހެއްޓިގެންވާކަމަށް ބުނެ ދައުލަތުގެ ފަރާތުން ހުށަހެޅި
ނުކުތާއަށް ބަލާއިރު،
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައިވާގޮތުން، މިޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
ނުވަތަ ހައްޔަރުކުރެވޭ މީހާއަށް ޤާނޫނުއަސާސީއިން ލިބިދޭ ޙައްޤުތަކުގެ ތެރެއިން، ހަނުހުރުމުގެ ޙައްޤާއި،
ތަޙުޤީޤް މަރުޙަލާގައި ބަންދުން މިނިވަންވުމުގެ ޙައްޤު ހަނިކުރެވި، ކަނޑައެޅިފައިވާ ގޮތުގެ މަތީން
ހިފެހެއްޓިފައިވާކަން އެޤާނޫނުގެ 26، 27 އަދި 28 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި، މިޤާނޫނުގެ
ބަޔާންކުރެވި ދިޔަ 28 ވަނަ މާއްދާގައިވާގޮތުން، މިޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބަންދުން
ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް
ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ބަލައި، ތަޙްޤީޤުގެ
މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބެހެއްޓުމަށް
އަމުރުކުރުމަށް ފަނޑިޔާރަށް
މަގުފަހިކޮށްދިނުމަށްޓަކައި، އެ
ޙައްޤު އެމިންވަރަށް
އެޤާނޫނުގެ ބޭނުމަށްޓަކައި ހިފެހެއްޓިގެންވާކަން
އެނގޭކަމާއި،
އުޞޫލު
ނަމަވެސް، އެ ޤާނޫނުގެ ދަށުން ކުށުގެ ތުހުމަތު ކުރެވޭ މީހަކާމެދު، އެ ޤާނޫނުން ލިބިދޭ ޚާއްޞަ
އެއްގޮތަށް ޢަމަލުކުރުމަށް ފުލުހުންނަށް ފެންނަ ޙާލަތުގައި، އަދި އެގޮތުން ތުހުމަތުކުރެވޭ މީހާ
ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި ބަހައްޓަން ބޭނުންވާ
ޙާލަތުގައި
ޢަމަލުކުރަންޖެހޭ ގޮތް އެޤާނޫނުގައި ބަޔާންކޮށްފައިވާކަމާއި، އެއީ؟
މީހާ ތަޙުޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން ބަންދުގައި
ބެހެއްޓުމުގެ އަމުރު ހޯދުމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް
ޕޮލިސް، ޕްރޮސެކިއުޓަރ ޖެނެރަލްގެ ގާތުގައި އެދުން،
9 ހ33 2 ه
ބަހުމުތެކެށެވެ
*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/187
.
ބަޔާންކުރެވިދިޔަފަދަ އެދުމެއް ކޮމިޝަނަރ އޮފް ޕޮލިސް، ޕްރޮސިކިއުޓަރ ޖެނެރަލްއަށް
ހުށަހަޅައިފިނަމަ، ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީ އެންމެ އަވަހަކަށް،
އެފަދަ އަމުރަކަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހެޅުން،
ބަޔާންކުރެވިދިޔަ ގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓުގެ އަމުރަކަށް އެދި ހުށަހަޅާ
މައްސަލައެއްގައި، މިފަދަ ކުށުގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހާ ބަންދުގައި ބެހެއްޓުމަކީ، މުޖުތަމަޢުގައި
ހިމެނޭ ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމާއި، ކުށުގެ ތުހުމަތުގައިވާމީހާ ބަންދުގައި
ނުބަހައްޓައިފިކަމަށް ވާނަމަ، އެފަދަ ކުށެއް އަލުން ތަކުރާރުކޮށްފާނެކަން، ނުވަތަ މައްސަލައިގެ ހެކި
ފޮރުވަފާނެކަން، ނުވަތަ ހެކީންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފާނެކަން ޕްރޮސިކިއުޓަރ ޖެނެރަލް، ކޯޓަށް
ސާބިތުކޮށްދިނުން.
މިކަންކަން، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާކަމާއި،
ނަމަވެސް މިމައްސަލާގައި ހިމެނޭ ފަރާތް ތަޙުޤީޤު މަރުޙަލާ އާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން
ބަންދުގައި ބެހެއްޓުމަށް، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ން ލިބިދޭ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް، މިޤާނޫނުގައި
ޔާންކޮށްފައިވާ، އިސްވެ ބަޔާންކުރެވިދިޔަ އިޖްރާއާތުތައް ފުލުހުން ފުރިހަމަކޮށް
އަމަލުކޮށްފައިވާކަން އެނގެންނެތްކަމާ
ޑތ ތ 8
aދه
43444ށް
ކއި،
ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ
އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 އަދި 31 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ އިޖްރާއާތުތައް
ފުރިހަމަކޮށް، އެގޮތުގެ
އެގޮތުގެ މަތިން ތަޙުޤީޤް މަރުޙަލާއާއި ޝަރީޢަތުގެ މަރުޙަލާ ނިމެންދެން، މީހަކު ބަންދުގައި
ބެހެއްޓުމަށް ކުރެވޭ އަމުރަކީވެސް، އެމީހާގެ ބަލަދުވެރިން ހުށަހަޅާ ހުށަހެޅުމެއް ނުވަތަ ކޯޓުގެ އިސްނެގުމުގެ
މަތިންވެސް މުރާޖަޢާކުރެވިދާނެ އަމުރެއްކަން ބަޔާންކުރެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ހ) އިން
އެނގޭކަމާއި، އަދި އެމާއްދާގައި ސަރީހަކޮށް ބުނެފައި ނުވިނަމަވެސް އެމީހާއަށްވެސް އެފަދަ އަމުރު
މުރާޖަޢާކޮށްދިނުމަށް އެދެވިދާނެކަން ޤަބޫލުކުރެވޭކަމާއި،
މިފަދައިން ނެރެފައިވާ އަމުރެއް މުރާޖަޢާކޮށް، ބަލާ ބެލުމުގައި؟
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/187
44
.
ދ. ކުށުގެ ތުހުމަތު ކުރެވިފައިވާ މީހާއަކީ، ތަޙުޤީޤު މަރުޙަލާގަޔާއި ޝަރީޢަތުގެ މަރުޙަލާގައި
ބަންދުގައި ބެހެއްޓުން ކޮންމެހެން ބޭނުންމީހެއް ނޫންކަމަށް ކޯޓަށް ފެނިއްޖެނަމަ، ނުވަތަ
އޭނާ ބަންދުގައި ދެމެހެއްޓުމަށް އަމުރުކުރިއިރު އޮތް ޙާލަތު މިހާރު
ބަދަލުވެއްޖެކަމަށް ކޯޓަށް
ފެނިއްޖެނަމަ، ނުވަތަ
ނ. އެއަމުރު އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ކޯޓަށް ފެނިއްޖެނަމަ،
އެފަދަ އަމުރު ބާޠިލުކުރުމުގެ ބާރުވެސް ބަޔާންކުރެވިދިޔަ ޤާނޫނުގެ 36 ވަނަ މާއްދާގެ (ނ) އިން
ކޯޓަށް ލިބިދީފައިވާކަން އެނގޭކަމާއި،
ecco
އެއްގޮތަށް
ނއތއ
މިމައްސަލާގައި ތުހުމަތު ކުރެވިފައިވާ ޙުސައިން އައިމަން ބަންދުގައި ބެހެއްޓުމުގައި ފުލުހުން
ޢަމަލުކޮށްފައިވާނީ ޖިނާއީ ތުހުމަތެއްކުރެވިފައިވާ މީހަކު ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރަންޖެހޭ ޢާންމު
އިޖްރާއާތުތަކާ އެއްގޮތަށް ކަމާއި، ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު
ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ ޚާއްޞަ އުޞޫލުތަކާ
ޢަމަލުކޮށްފައި ނުވާކަމާއި، ކުޑަކުދިންނަށް ނުވަތަ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި މީހަކު
ބަންދުގައި ބެހެއްޓުމުގައި، ބަންދުން މިނިވަންވުމުގެ ޙައްޤު ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް
ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 28 ވަނަ މާއްދާގައިވާގޮތުގެ
މަތީން ހިފެހެއްޓި، އެމީހާ ބަންދުން ދޫކޮށްލައިފިނަމަ، މުޖުތަމަޢުގެ ސަލާމަތަށް
ކުރިމަތިވެދާނެކަމަށް ބަލައި، އަދި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް
ސައްކަތް ކޮށްފާނެކަމަށް ބަލައި، އެކަންކަމުގެ މައްޗަށް ބިނާކޮށް، ތަޙްޤީޤުގެ މަރުޙަލާއާއި ޝަރީޢަތުގެ
މަރުޙަލާ ނިމެންދެން ތުހުމަތުކުރެވިފައިވާ މީހާ ބަންދުގައި ބެހެއްޓޭނީ، ޤާނޫނު ނަންބަރު 12/2009
(ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން
ކުށުގެ ތުހުމަތު ކުރެވޭ މީހަކާމެދު، އެ ޤާނޫނުން ލިބިދޭ ޚާއްޞަ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް
ފުލުހުންނަށް ފެނި، އެޤާނޫނުގައި ކަނޑައެޅިފައިވާ އިޖްރާއާތުތަކާ އެއްގޮތަށް އެއަމުރަށް އެދި ޕްރޮސިކިއުޓަރ
ޖެނެރަލް މެދުވެރިކޮށް ކޯޓަށް ހުށަހަޅައި، ޕްރޮސިކިއުޓަރ ޖެނެރަލް ކޯޓަށް ސާބިތުކޮށްދޭންޖެހޭ ކަމަށް
އެޤާނޫނުގެ 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަންކަން ކޯޓަށް ސާބިތުކޮށްދީ، އެގޮތުގެ މަތިންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC-A/2013 ޤަޟިއްޔާއާއި ނަންބަރު 165/HC-A/2013
ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަމާއި، ނަމަވެސް އިސްވެ ބަޔާންކުރެވިދިޔަފަދައިން، މިމައްސަވާ
އެގޮތަށް ޢަމަލުކޮށްފައިވާކަން އެނގެންނެތްކަން ފާހަގަކުރެވޭކަމެވެ.
މަސައްކަތް
UC OU OX
404
އ ހ 3= ހ 2
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
8
2013/HC-A/187
(ރ) ފަސްވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
25/A
-
10
-
MC ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރެފައިވާ
އަމުރެއްކަމުގައި ބަލާނެތަނެ
.ތަނެއް ނެތްކަމުގައެވެ.
ޙުކުމް
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
25/A
-
10
-
MC ކޯޓު އަމުރަކީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް
މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިޖެހިރާއްa
ދިވެހިރާއްޖޭގެހައިކޯޓް، އާބު އުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް www.highcourt.gov.mv