ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/58 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/58
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހ-.
ޤަޟިއްޔާ ނަންބަރ: 58/HC-
A/2011
އިސްތިއުނާފުކުރި ފަރާތް:
* ނަން: މުޙައްމަދު މިންޞަރު * ދާއިމީ އެޑްރެސް: ފްލަވަރމީޑު} ·
ހިތަދޫ
ކާޑު ނަންބަރ: A303198 މިހާރުގެ އެޑްރެސް: ފްލަވަރމީޑު/ ސ. ހިތަދޫ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
ހުށަހެޅުނު ތާރީޚް: 22 މާރޗް 2011
* ނިމުނު ތާރީޚް: 04 އޭޕްރީލް 2011
ޤަޟިއްޔާގެ ބާވަތް: ބްލެކްމެއިލް ކުރުން އޮރިޔާންކާޑު އުފެއްދުން އަދި ގެންގުޅުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
• ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޙްމަދު ޝަރީފު ޢަލީ، ފަނޑިޔާރު ޢަލީ ސަމީރު
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2
2011/HC-A/58
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011/2047(J
/
MD-145 ކޯޓު އަމުރާއިމެދު ހިތްހަމަ
ނުޖެހިގެން، ހިތަދޫ ފްލަވަރމީޑު، މުޙައްމަދު މިންޞަރު އެއަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
މުޙައްމަދު މިންޞަރު ކުރި މި އިސްތިއުނާއީ ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ކްރިމިނަލް ކޯޓުގެ ނަންބަރު 2011/2047(J
(
MD-145 ކޯޓު އަމުރަށާއި، މުޙައްމަދު މިންޞަރުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި
ކަންތައްތައް
ތައް ފާހަގަކުރެވެއެވެ.
"
(ހ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ޚުލާޞާއަށް ބަލާއިރު، އެޚުލާޞާގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ ތިންވަނަ ނަންބަރުގައި، ޖިނާއީ
ކުށުގެ މައްސަލަތަކުގެ އެންމެހައި މަރުޙަލާތަކުގައި ޝަރީޢަތުގެ މަޖިލީހުގައި ދައުލަތާއި މުޖުތަމަޢު ތަމްޘީލު
ކުރަންވާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަން އެނގޭކަމަށާއި، އެގޮތުން ބަންދުގެ މުއްދަތު ޤާނޫނުއަސާސީގެ 49
ވަނަ މައްދާގެ ދަށުން ދަށުކޯޓުގެ ފަނޑިޔާރު ނެރުއްވާ އަމުރު އިސްތިއުނާފުކުރެވޭނީ ހަމަ އެކަނި
ޕްރޮސިކިއުޓަރ ޖެނެރަލްއަށް ކަން އެނގޭ ކަމަށާއި، ޤާނޫނޫއަސާސީގެ 49 ވަނަ މާއްދާގެ ދަށުން
ހައްޔަރުކުރުމުގެ އަމުރު ހޯދަން ދަށުކޯޓަށް ދާނީ ފުލުހުން ކަމަށާއި، ނަމަވެސް ދަށުކޯޓުގެ ނިންމުން ދައުލަތުގެ
ފަރާތުން އިސްތިއުނާފުކުރަންވާނީ ނުވަތަ މުއްތަހަމާ ކުރާ އިސްތިއުނާފެއްނަމަ އެއިސްތިއުނާފަށް ދައުލަތުގެ
ފަރާތުން ޖަވާބުދާރީވާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަން ކަނޑައެޅިގެން އެނގެން އޮންނަ ކަމަށް، ބަޔާން
ކޮށްފައި އޮތުމުން، މިމައްސަލައިގާ ދަޢުވާ ލިބޭ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކަމާއިމެދު ބަހުސްކުރާނެ
އެއްވެސް ޖާގައެއް ނެތް ކަމަށްޓަކައި، މިމައްސަލާގައި ޖަވާބުދާރީވާން ޖެހޭ ފަރާތަކީ ނުވަތަ ދަޢުވާލިބޭ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/58
އޮތް ކަމަކަށް ދިވެހިރާއްޖޭގެ
ފަރާތަކީ ބަންޑާރަނައިބުކަމަށް ކަނޑައަޅާނެ ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް
ހައިކޯޓުގެ ފަނޑިޔާރުން ނުދެކެއެވެ.
(ހ) ޤާނޫނުއަސާސީގެ 45 ވަނަ މާއްދާގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާ
ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކާ އެއްގޮތްވާ ގޮތުގެ މަތީން މެނުވީ، އެއްވެސް
މީހެއްގެ ގަޔަށް އަތްލައި ހިފާ ހައްޔަރުކޮށް ބަންދުކޮށްގެން ނުވާނެކަމަށް ކަނޑައަޅައި ބަޔާންކޮށްފައިވާ ކަން
އެނގެން އޮވެފައި، މީހެއްގެ ގަޔަށް އަތްލައި ހިފައި ހައްޔަރުކޮށް ބަންދު ކުރުމާބެހޭ އިޖުރާއާތުގެ ޤާނޫނެއް
2008 ގެ ޤާނޫނުއަސާސީއަށް ޢަމަލު ކުރަންފެށި ފަހުން އެޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި އެއްގޮތަށް
ފާސްކުރެވިފައިނުވިނަމަވެސް، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ށ) ގެ
ދަށުން، ޤާނޫނުގައިވާ ގޮތުގެ މަތީން މީހުން ހުއްޓުވާ ސުވާލު ކުރުމާއި ކުށުގެ ތުހުމަތުގައި މީހުން ހިފާ
ހައްޔަރު ކުރުމާއި ތަންތަން ބަލާ ފާސްކުރުމާއި، ކުށުގެ ތުހުމަތުގައިވާ މީހާގެ ހަށިގަނޑުން ސާމްޕަލް ނަގައި،
ހެއްކާއި ޤަރީނާ ހޯދައި، އެތަކެތި ހިފަހައްޓައި ރައްކާތެރި ކުރުމާއި، ޖިނާއީ ކުށުގެ ޢަމަލުތައް
ތަޙްޤީޤުކުރުމާއި، ހައްޔަރު ކުރެވޭ މީހުން ތަޙްޤީޤަށް ބަންދުކުރުމުގެ ބާރާއި، ބަންދުގައި
ލިބިގެންވާ ކަން އެނގެން އޮވެއެވެ.
ބެހެއްޓުމުގެ ބާރު
22
8 ގތ
22 2x
ބ 2
(ނ) ޤާނޫނު ނަންބަރު 4
/
68ޖ (ޢާންމު ޤާނޫނުތަކެއް) ގެ 6 ވަނަ މާއްދާގެ ދަށުން ހަދާފައިވާ
”ބިޑި އެޅުވުމާއި ގެއްގުޅުމުގެ ޤަވާއިދު،“ ގެ 2 ވަނަ މާއްދާއަށް ބަލާއިރު އެމާއްދާގައި، ކުށްވެރިންނާއި
ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުން ހައްޔަރުކުރުމުގަ އާއި، ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރުމުގަ
އާއި، އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ހިނދެއްގައި، ނުކިޔަމަންތެރިވެއްޖެނަމަ ނުވަތަ ހަރުކަށިކަމާއި
ގަދަފަދަކަން ދައްކައިފިނަމަ ނުވަތަ އަނިޔާވެރިކަން ފާޅުކޮށްފިނަމަ ނުވަތަ އަމިއްލަ ނަފްސަން ނުވަތަ އެހެން
މީހެއްގެ ނަފުސަށް ގެއްލުމެއް ދީފިނަމަ، ނުވަތަ ފަރުދެއްގެ ނުވަތަ ސަރުކާރުގެ މުދަލަކަށް ގެއްލުމެއް
ދީފިނަމަ، ނުވަތަ ބަޔާންކުރެވުނު ފަދަ ކަމެއް ކުރަން އުޅުން، ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް
ސަބަބު ތަކެއް ހުރެއްޖެނަމަ، އެފަދަ މީހުންގައި އެޅުވިދާނެ ކަމަށް ބަޔާންކޮށް އެކަން
އިޚްތިޔާރަށް ދޫކުރެވިފައިވާއިރު، އިސްވެވަ
ތެވެބަޔާންކުރެވުނު ޙާލަތް ތަކަކީ އެޅުވިދާނެ ހަމައެކަނި ޙާލަތްތައް
ޤަބޫލުކުރެވޭ
2 22 22 22 22
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011/HC-A/58
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނޫންކަމާއި، އެއީ މިސާލުގެ ގޮތުގައި ބަޔާންކޮށްފައިވާ ޙާލަތްތަކެއްކަން އެ މާއްދާގެ (ށ) ގައި ”މަތީގައި
ބަޔާންވެފައިވާ ފަދަ ކަމެއް ނުވަތަ އެފަދަ ކަމެއް، މިޢިބާރާތުން ރަގަޅަން އެނގެން އޮތުމުން، އެޙާލަތްތަކުގެ
އިތުރުން އެހެން ޙާލަތްތަކެއްގައިވެސް ބިޑިއެޅުވިދާނެކަން އެނގެން އޮތްއިރުގެ
އިސްވެ އިޝާރާތް ކުރެވުނު ޤަވާޢިދަކީ ޤާނޫނުނަންބަރު 6/2008 (ޢާއްމު ޤަވާޢިދުތަކާ ބެހޭ
ޤާނޫނުން ބާރުލިބިދީފައިވާ ޤަވާޢިދެއްކަމަށާއި، އެޤާނޫނަށް ބެލުމުން އެޤަވާޢިދަކީ އެޤާނޫނުގެ ޖަދުވަލް 01 ގެ
45 ވަނަ ނަންބަރުގައި ހިމެނިފައިވާ ޤަވާޢިދުކަމަށާއި އެޤަވާޢިދު ހިންގާ ފަރާތަކީ މިނިސްޓްރީ އޮފް ޑިފެންސް
އެންޑް ނެޝަނަލް ސިކިއުރިޓީ ކަން ބަޔާންކޮށްފައިވާ ކަމަށާއި،
އެގޮތަށް ބަޔާންކޮށްފައި އޮތުމުން އެޤަވާއިދަކީ މޯލްޑިވްސް ޕޮލިސްސަރވިސްއަށް އެއަށް ޢަމަލުކުރަން
މަޖުބޫރުވާނެ ޤަވާއިދެއްނޫން ކަމަށާއި، ފުލުހުން ހައްޔަރުކުރާމީހަކު ބިޑި އެޅުވޭނެ ޙާލަތްތަކާ އެކަމުގައި
ޢަމަލުކުރާނެ އިޖުރާތުތައް ބަޔާންކޮށްދީފައިވަނީ ފުލުހުންގެ ޤާނޫނު 17 ވަނަ މާއްދާގެ (ނ) ދަށުން ހަދާފައިވާ
ޢާއްމު ޤަވާޢިދުގައި ކަމަށާއި،
އެޤަވާއިދަށް ބެލުމުން ތިން ޙާލަތެއްގައި މީހެއްގެ އަތުގައި ބިޑިއެޅުވިދާނެ ކަމަށާއި، އެޤަވާޢިދުގެ
67 ވަނަ މާއްދާގައި ބިޑިއެޅުވޭނެ ޙާލަތްތައް ބަޔާންކޮށްދީފައިވާއިރު، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު
ކުރުމުގައި ބިޑިއެޅުވިދާނެކަން އެމާއްދާގެ (ހ) ގެ ސާފުބަހުން އެނގެން އޮންނަ ކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވެއެވެ.
(ރ) މުޙައްމަދު މިންޞަރު ހައްޔަރުކޮށްފައިވަނީ ގޭގައި ނިދާފައި އޮއްވާ ބިޑި އެޅުވުމަށްފަހު ތެދުކޮށް
ތަޅުވައިގަނެ ހޭލައްވާ ލުމަށްފަހުގައި ކަމަށް މުޙައްމަދު މިންޞަރުގެ ފަރާތުން ބުނެފައިވީނަމަވެސް، އެކަމާ
ގުޅޭގޮތުން ދައުލަތުގެ ފަރާތުން ބުނެފައިވަނީ، މުޙައްމަދު މިންޞަރު ކުށެއްކޮށްފިކަމަށް ބުއްދި ޤަބޫލުކުރެވޭފަދަ
އެކަށީގެންވާ ސަބަބުތަކާއި ހެކި ހުރެގެން ފުލުހުންގެ ބޭކަލުން މުޙައްމަދު މިންޞަރު ހައްޔަރު ކުރުމުގައި
ބިޑިއަޅުވާފައިވަނީ ޤާނޫނު އަސާސީގެ 45 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއާއި، އަދި ފުލުހުންގެ ޤާނޫނުގެ
ދަށުން ހެދިފައިވާ ޤަވާޢިދާއި ގޮތުގެމަތިން އޭނަގެ އިންސާނީ ކަރާމަތަށް ގެއްލުން ނުވާނެފަދަ
ގޮތެއްގެމަތިން ކަމަށާއި، މުޙައްމަދު މިންޞަރު ހޭލައްވާލުމަށްފަހު މުޙައްމަދު މިންޞަރުގެ އަތުގައި
02
xތ4
ہی ہی گردوی
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
5
2011/HC-A/58
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ބިޑިއަޅުވާފައިވަނީ، މުޙައްމަދު މިންޞަރު ހޭލާ މުޙައްމަދު މިންޞަރު ގެންގުޅުނު ފޯނު ނަގަން މަސައްކަތް
ކުރުމާގުޅިގެން މުޙައްމަދު މިންޞަރުގެ މަންމަގެ ހާޒިރުގައި ކަމަށާއި؛
އަދި މުޙައްމަދު މިންޞަރުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށާއިގުޅިގެން އެކުށުގެ ބާވަތަށް ބަލައި،
ޑިޖިޓަލް އެވިޑެންސަކީ މުހިއްމު އެވިޑެންސްތަކެއްކަމަށް ފެންނާތީ އާއި، މުޙައްމަދު މިންޞަރުގެ ކުޑަކުޑަ
ޢަމަލެއްގެ ސަބަބުންވެސް އެ އެވިޑެންސްތައް ނެތިގެން ގޮސްދާނެތީ، އެވަގުތު މުޙައްމަދު މިންޞަރުގެ
އަތުގައި ބިޑި އެޅުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ފުލުހުންނަށް ފެންނާތީ، ޤާނޫނާއި ޤަވާޢިދުގެ
ދަށުން
ލިބިދީފައިވާ ބާރުގެދަށުން ކަމަށެވެ.
(ބ) މުޙައްމަދު މިންޞަރު ދިރިއުޅޭ ހިތަދޫ ފްލަވަރމީޑު އެވެ ކިޔާ ގެޔަށް ފުލުހުން
ވަދެފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2011/062(J(BF-145 ކޯޓު އަމުރުގެ ދަށުން، މީހުންނާއި
ތަންތަނާއި ތަކެތި ބަލާ ފާސްކުރުމުގެ އަމުރު ލިބިގެންކަން އެނގެން އޮވެފައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންގެ
ޙައްޤުތަކުން ކުރެ ޙައްޤަކުން މަޙުރޫމުވެގެން ނުވަތަ އުނިކަން ލިބިގެން އެކަމާ ބެހޭ ގޮތުން މުޙައްމަދު
މިންޞަރުގެ ފަރާތުން އެއްވެސް ޝަކުވާއެއް ކޮށްފައިނެތުމުން، އެޙައްޤުތައް ލިބިދީފައިވާކަމަށް ބެލެވެއެވެ.
22
ކަމުގެ
ގއ
(ވ) މުޙައްމަދު މިންޞަރުގެ ފަރާތުން ހުށަހެޅި ހެކިން ކަމުގައިވާ މީދޫ/ ޑައިމަންޑުވާދީ،
ސަމާޙު މުޖުތަބާ އާއި
ހުޅުދޫ ފެރީނާ، އަޙްމަދު މުންޞިފު އާއި ދެމީހުން ހެކިންގެ ގޮތުގައި
ހާޒިރުކުރަން ބަލާއިރު، އެދެމީހުންނަނީ މިމައްސަލައިގާ އިސްތިއުނާފު ކުރާ މުޙައްމަދު މިންޞަރާއި ތިމާގެ
އޮތް ފަރާތްތަކެއްކަން މުޙައްމަދު މިންޒަރުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، އެފަރާތްތަކުގެ ހެކިބަހަކީ އެސަބަބަށްޓަކައި ޝަރުޢީ އަދި
ޤާނޫނީ ހަމަތަކުގެ މަތިން ޢައުނު ކުރެވިދާފަދަ ހެކިބަހެއްކަމަށް ބެލެވޭތީ އާއި،
އެހެކިބަހަކީ ހަމައެކަނި އެ ހެކިބަހުގެ މައްޗަށް ބިނާކޮށް ކަމެއް ސާބިތުކުރުމަށް ޝަރުޢީ ހަމަތަކުން
ބޭނުންވާފަދަ "ލާބައެއް ލިބިދާނެކަމުގެ އުއްމީދެއް ނެތް ގެއްލުމެއް ލިބިދާނެކަމުގެ ބިރެއްވެސް ނެތި، މާތް
2 22 22
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-A/58
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ގެ
ޤަބޫލުކުރެވުމު
ވަޖިހުފުޅަށްޓަކައި ދީފާނެ ހެކިބަހެއް ކަމާމެދު ސުވާލު އުފެދިދާފަދަ ޙާލަތެއް އޮވެދާނެ ކަމަށް
ކުރެވުމުގެ އިތުރުން؛
އެހެކިންގެ ފަރާތުން ސާބިތު ކުރުމަށް ހުށަހަޅާފައިވާ ކަމަކީ، ދަޢުވާކުރާ ފަރާތުން ދަޢުވާގައި
ބުނެފައިވާ ފަދައިން ސާބިތުވާ ކަމެއް ކަމުގައި ބެލިނަމަވެސް، ހަމައެކަނި އެސަބަބަށްޓަކައި މުޙައްމަދު
މިންޞަރު ބަންދުކުރި ކުރުމަކީ ޣައިރު ޤާނޫނީ ނުވަތަ ޤާނޫނުއަސާސީއާއި ޚިލާފު ބަންދަކަށް ވެދާނެ ކަމަކަށް
މިމައްސަލަބެލި މަޖިލީހުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަމަށް ބެލުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު -145
2011/2047(J
(
MD ކޯޓު އަމުރަކީ ޤާނޫނީ ހަމަތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއް ކަމަށް ބެލެވެން
ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުންނަށް
އެއްބަސްވެވިފައިވެއެވެ.
• ޙުކުމް:
2011
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން،
ބްލެކްމެއިލް ކުރުމާއި، އޮރިޔާންކާޑު އުފެއްދުމާއި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި،
ހިތަދޫ ފްލަވަރމީޑު، މުޙައްމަދު މިންޞަރު (އައިޑީ ކާޑު ނަންބަރު A303198) ދޫކޮށްލައިފިނަމަ
އެމައްސަލައިގެ ހެކި ގެއްލުވާލުމަށް މަސައްކަތް ކޮށްފާނެ ކަމަށް ފެންނާތީ އާއި، މުޖުތަމަޢުގެ ހަމަޖެހުމާއި،
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، މުޙައްމަދު މިންޞަރު ދޫކޮށްލަން ނުފެންނަ ކަމަށް ވިދާޅުވެ،
މާޗް 16 ވަނަ ދުވަހުގެ 21:28 އިން ފެށިގެން 2011 މާޗް 31 ވަނަ ދުވަހުގެ 21:27 ގެ ނިޔަލަށް،
މިނިސްޓްރީ އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި މުޙައްމަދު މިންޞަރު ބަންދުކޮށްފައި
ކްރިމިނަލް ކޯޓުގެ ނަންބަރު 2011/2047(J
(
MD-145 ކޯޓު އަމުރުގެ ދަށުން ކުރައްވާފައިވާ އަމުރަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފު އަމުރެއް ކަމަށް ބެލެވެން ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ
ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
22
2 ހދ
ހއޓނ،
=>
*
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv