ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/113 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/113
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 113/HC-A/2011
އައިޑީ
އިސްތިއުނާފުކުރި ފަރާތް:
ނަން: ޢަބްދުﷲ ސަޢީދު
ދާއިމީ އެޑްރެސް: ގްރީންލެންޑް ޏ. ފުވައްމުލައް
* އައިޑީ ކާޑު ނަންބަރު: A006012 * މިހާރުގެ އެޑްރެސް: ގްރީންލެންޑް
ޏ. ފުވައްމުލައް
* ބަދަލުގައި: ޝަހީމް އަޙްމަދު އޮނުފިނިގެ/ ކ. ދިއްފުށި
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަޤީލް މުޙައްމަދު
ދާއިމީ އެޑްރެސް: ސިވާ/ ޏ. ފުވައްމުލައް
ކާޑު ނަންބަރު: A120880
މިހާރުގެ އެޑްރެސް: ސިވާ . ޏ. ފުވައްމުލައް
ބަދަލުގައި: އޒް. އަރީފް އަޙްމަދު ނަޞީރު، ނަސްފަރު/ ބ. ދަރަވަންދޫ
ރަޖިސްޓްރީކުރި ތާރީޚް: 14 ޖުމާދަލްއާޚިރާ 1432 * ނިމުނު ތާރީޚް: 07 ރަޖަބު 1433
މެއި 2011
28 މެއި 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 1
/
2009-R1C/624
• ނިންމެވިކޯޓު: ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެބާވަތް: ތަކެތި ލިބިގަތުން
ހުށަހެޅުނުތާރީޚް: 2010 - 02 - 22
ނިމުނު ތާރީޚް: 2010 - 11 - 09
0
17
0
ދިވެހިރާއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/113
ދަޢުވާގެ ޚުލާޞާ
ޑ 0
0
2 / 301 ޑ
އެއެގެންނަވާކަމަށްބުނެ،
މިއީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2009-R1C/624 ޤަޟިއްޔާ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށްއެދި
ޏ. ފުވައްމުލައް ގްރީންލެންޑް ޢަބްދުﷲ ސަޢީދު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
CCO
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޏ. ފުވައްމުލައް ސިވާ ޢަޤީލް މުޙައްމަދުއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
.1
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2009-R1C/624 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ޢު
ޢުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި ދަޢުވާލިބުނު ފުވައްމުލައް ގްރީންލެންޑް ޢަބްދުﷲ ސަޢީދު
(އައި.ޑީ.ކާޑު ނަންބަރު A006012) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2
OOCO
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2009-R1C/624 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، ފުވައްމުލަކު ގްރީންލޭންޑް ޢަބްދުﷲ ސަޢީދު
ހިންގާ ރެސްޓޯރެންޓްގައި (ފުވައްމުލަކު ރިއަލް ބްރީޒް ރެސްޓޯރެންޓް) ބޭނުންކުރަމުންދާ ފުވައްމުލަކު ސިވާ
ޢަޤީލް މުޙައްމަދުގެ 1 ކަރަންޓް އަވަން ބޭކަރީ އަވަން 3*3 ފޫޓުގެ އެސް އެސް، 1 މެޝިން ފުށްމޮޑޭ
ކަރަންޓް، 3 ތަށި ޝެފިން ޑިޝް، 2 ތަށި ބުފޭގާ ރިހައަޅަން ބޭނުންކުރާ
ދެއުޅަށްލީ، 6 ތަށި ސޫޕް އަޅާ
(މުށި) 1 ޖޯޑު ކިރުއަޅާ އެސް އެސް، 1 މޭޒް 3*7 އެސް އެސް، 1 މޭޒް 523 އެސް އެސް ޢަބް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/113
ސަޢީދުގެ އަތުން ލިބިގަތުމަށް އެދި ފުވައްމުލައް ސިވާ ޢަޤީލް މުޙައްމަދުގެ ފަރާތުން ހުށަހެޅުމުން
ބެލެވިފައިވާ މައްސަލައެއްކަން އެނގެން އޮވެއެވެ.
CCCX
.3
43894
28
މިމައްސަލައާ ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު -R1C/624
1/2009 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެމައްސަލާގައި ޙުކުމް ކުރައްވާފައިވަނީ
މިފަދައިންނެވެ. "މި ޤަޟިއްޔާގައި ޝަރީޢަތަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ފުވައްމުލަކު ސިވާ
އަގީލް މުހައްމަދު ފުވައްމުލަކު ގްރީންލެންޑް އަބްދުﷲ ސައީދުގެ މައްޗަށް ދައުވާކުރާ ތަކެތި ލިބިގަތުމުގެ
މައްސަލާގައި އަބްދުﷲ ސައީދު އަގީލް މުހައްމަދު ދީގެން އެތަކެތި (01 ކަރަންޓް އަވަން ބޭކަރީ އަވަން
3*3 ފޫޓުގެ އެސް އެސް، 01 މެޝިން ފުށްމޮޑޭ ކަރަންޓް، 03 ތަށި ޝެފިން ޑިޝް، 02 ތަށި ބުފޭގާ
ރިހައަޅަން ދެއުޅަށްލީ 06 ތަށި ސޫޕްއަޅާ މުށި، 01 ޖަޑު ކިރުއަޅާ އެސް އެސް، 01 މޭޒް
3*5 އެސް އެސް ) ގެންދިޔަ ކަމަށާއި އެތަކެތި މިހާރުވެސް ރެސްޓޯރެންޓްގައި ބޭނުންކުރަމުންދާ ކަމަށާއި
އެއީ އަގީލް މުހައްމަދު އޭނާއަށް ވިއްކާފައިވާ ތަކެތިކަމަށް އަބްދުﷲ ސައީދު ބުނިނަމަވެސް އެތަކެތީގެ
މިލްކުވެރިކަން އަބްދުﷲ ސައީދުގެ މައްޗަށް ބަދަލުވާ ގޮތަށް މުއާމަލާތް ކޮށްފައި ނުވާނެކަމަށް އަގީލް
މުހައްމަދު ބުނެފައިވާތީއާއި، އަގީލް މުހައްމަދު އަބްދުﷲ ސައީދުއަށް އެތަކެތި ވިއްކާފައިވާކަން ސާބިތުކޮށް
ދޭނެ ހެއްކެއް ނުވަތަ ލިޔުމެއް ނެތްކަމަށް އަބްދުﷲ ސައީދު ޝަރީއަތުގެ މަޖިލިސްގައި ސަރީހަ ބަހުން
އިއުތިރާފްވެފައިވާތީ އަގީލް މުހައްމަދު ދައުވާ ކުރާ ތަކެތި (01 ކަރަންޓް އަވަން
ފޫޓުގެ އެސް އެސް، 01 މެޝިން ފުށްމޮޑޭ ކަރަންޓް، 03 ތަށި ޝެފިން ޑިޝް ތަށި ބުފޭގާ ރިހައަޅަން
ދެއުޅަށްލީ 06 ތަށި ސޫޕްއަޅާ މުށި، 01 ޖަގު ކިރުއަޅާ އެސް އެސް، 01 މޭޒް 523 އެސް
އެސް ) އަބްދުﷲ ސައީދުއަށް އަގީލް މުހައްމަދު ވިއްކާފައިވާކަން ނުވަތަ އެތަކެތީގެ މިލްކުވެރިކަން
އަބްދުﷲ ސައީދުގެ މައްޗަށް ބަދަލުވާ ގޮތަށް ދީފައިވާކަން ޝަރީއަތަށް ސާބިތުނުވާތީ އެތަކެތީ
ބޭކަރީ އަވަން 3*3
4
9
8 މ އ
@ނނތ
ޒިޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
2011/HC-A/113
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
މިއަދުން
( 13-12-2010 ދުވަހުން ) ފެށިގެން 20 (ވިހި) ދުވަހުގެ މުއްދަތުގައި އަގީލް މުހައްމަދު
އާއި ހަވާލުކުރުމަށް އަބްދުﷲ ސައީދުއަށް އަންގާ މައްސަލަ ނިންމީއެވެ." މިހެންނެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2009-R1C/624 ޤަޟިއްޔާ
ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ޢުސޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ ޏ. ފުވައްމުލައް ގްރީންލެންޑް
ޢަބްދުﷲ ސަޢީދުގެ ފަރާތުން 06 (ހައެއް) ނުކުތާއެއް ހުށައަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: މައްސަލަ ނިންމެވުމުގައި މުޅިމައްސަލަ ހިނގާފައިވާގޮތަށް މައްސަލަ
ބެއްލެވި ޤާޟީ ނަޒަރު ކުރައްވާފައިނުވުމުގެ ސަބަބުން ޢަބްދުﷲ ސަޢީދުގެ ޙައްޤުތައް ގެއްލިފައިވާކަމަށް ބުނެ
ހުށަހެޅިނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: މިމައްސަލައާ ގުޅިގެން 21 ޖޫން 2010 ގައި ބޭއްވުނު ޝަރީޢަތުގެ
މަޖިލީހަށް ޢަޤީލް މުޙައްމަދު ހުށަހެޅި ބަޔާނުގައި ޢަބްދުﷲ ސަޢީދުގެ އަތުން ޢަޤީލް މުޙައްމަދަށް ފައިސާ
ލިބިފައިވާކަމަށް ސާފުބަހުން އިޢުތިރާފުވެފައި އޮތްކަމާށާއި، ޢަޤީލް މުޙައްމަދު އަތުން ޢަބްދުﷲ ސަޢީދު
ގަތްތަކެތީގެ އަގު ފިޔަވާ އެހެން އެއްވެސް ފައިސާއެއް އޭނާއަށް ޢަބްދުﷲ ސަޢީދު ދޭންޖެހޭނެ ޝަރުޢީ އަދި
ޤާނޫނީ އެއްވެސް ސަބަބެއް ޢަޤީލް މުޙައްމަދަށް ސާބިތުކޮށްދެވިފައިނުވާކަން އެނގެން އޮންނަކަމަށްބުނެ ހުށަހެޅި
ންކުތަ.
(ނ) ތިންވަނަ ނުކުތާއަކީ: ޢަޤީލް މުޙައްމަދު އަތުން ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި
ޢަބްދުﷲ ސަޢީދު ގަތްކަން ދަންނާނެ. ހެކިން ހުށަހެޅުމުގެ ފުރުޞަތު ދެއްވުމަށް އެދި އެވާހަކަ ޤާ-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/113
بوروتو
އެފުރުޞަތު ދެއްވާފައިނުވާކަމަށާއި
އޭގެ
ސަބަބުން ޢަބްދުﷲ ސަޢީދުގެ ޙައްޤުތައް
ގެއްލިފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ
OcOcOOX
(ދ) ހަތަރުވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ކޮންޓްރެކްޓާއިބެހޭ ޤާނޫނުގައި ބުނާފަދަ ކޮންޓްރެކްޓެއް
ޢަބްދުﷲ ސަޢީދުއާއި ޢަޤީލް މުޙައްމަދާއި ދެމެދު ޤާއިމުވެފައި އޮތްކަން މިމައްސަލާގައި ކަންހިނގާފައިވާގޮތަށް
ނަޒަރުކުރުމުން ސާފުކޮށް ފެންނަން އޮތްހިނދުވެސް އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައި
ވާކަމަށްބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ: އިސްލާމީ ޝަރީޢަތުގައި މިފަދަ މުޢާމަލާތްތައް ސާބިތުކުރުމަށްޓަކައި
ކަނޑައެޅިފައި ހުންނަ އުޞޫލުތަކާއި މިމައްސަލަ އެންމެފުރިހަމައަށް ނުބައްލަވާ މައްސަލަ
ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
06 =ހ2
އއeyށް
(ލ) ހަވަނަ ނުކުތާއަކީ: މުދަލުގެ އަސްލުވެރިފަރާތް ކަމުގައިވާނީ އަތުގެ ވެރިޔާކަމާއި، ދަޢުވާ
ކުރެވުނު މުދާ ހުރީ ޢަބްދުﷲ ސަޢީދުގެ އަތުގައި ކަމަށާއި، އެމުދަލުގެ އަތުގެ ވެރިޔަކީ ޢަބްދުﷲ
ސަޢީދުކަމަށާއި، އަދި އެމުދާ ގަތުމަށްޓަކައި ޢަބްދުﷲ ސަޢީދު ފައިސާ ދީފައިވާކަން ޒިހުނީގޮތުންވެސް
ޤަބޫލުކުރެވޭކަމަށާއި، މިޙާލަތުގައި އިސްލާމީ ޝަރީޢަތުގެ ޞައްޙަމަގުން ޢަބްދުﷲ ސަޢީދަށް ހުވާ ލާޒިމުވާކަން
އެނގެންއޮތްހިނދުވެސް ހުވާނުދީ މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ކe.
.5
މިމައްސަލައާއި ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ހުށަހެޅިފައިވާ ލިޔުންތަކަށާއި، އަދި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2009-R1C/624
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތް
ނުވާކަމަށްބުނެ
ޏ. ފުވައްމުލައް *
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/113
ގްރީންލެންޑް ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2009-R1C/624
ޤަޟިއްޔާ އަކީ، ޏ. ފުވައްމުލަކު ގްރީންލޭންޑް ޢަބްދުﷲ ސަޢީދު ހިންގާ ރެސްޓޯރެންޓު (ފުވައްމުލަކު ރިއަލް
ބްރީޒް ރެސްޓޯރެންޓް) ގައި ބޭނުން ކުރަމުންދާ، ޏ. ފުވައްމުލަކު ސިވާ ޢަޤީލް މުޙައްމަދުގެ، މަތީގައި
ބަޔާންކުރެވިދިޔަ ތަކެތި ލިބިގަތުމަށް އެދި ޢަޤީލް މުޙައްމަދު ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
ޢަޤީލް މުޙައްމަދު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި މިމައްސަލައާ ގުޅިގެން ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، އެތަކެއްޗަކީ ޢަބްދުﷲ ސަޢީދު އަށް އެތަކެތީގެ މިލްކުވެރިކަން ބަދަލުވާގޮތަށް
ސުވާލުކޮށްފައިވާ ތަކެއްޗެއް ނޫންކަމަށާއި، އެތަކެތި ޢަބްދުﷲ ސަޢީދަށް ނުވިއްކާ ކަމަށާއި، އަދި އެތަކެތީގެ
މިލްކުވެރިކަން ބަދަލުވާފަދަ ގޮތަކަށް އެތަކެތި ޢަބްދުﷲ ސަޢީދަށް ނުވެސް ދޭކަމަށާއި، އެތަކެތި ޢަބްދު
ސަޢީދު އާއި ހަވާލުކޮށްފައިވަނީ ޢަޤީލް މުޙައްމަދު ބޭނުންވުމުން އެތަކެތި އަނބުރާ ދޭގޮތަށް ކަމަށް ޢަޤީލް
މުޙައްމަދު ބުނެފައިވާކަމާއި،
ޢަބްދުﷲ ސަޢީދު، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައި މިމައްސަލައާ ގުޅިގެން ދައްކާފައިވާ
ވާހަކަތަކަށް ބަލާއިރު، ޢަޤީލް މުޙައްމަދުގެ ދަޢުވާގައި ބުނެފައިވާ ހުރިހައި ތަކެއްޗަކީ ޢަޤީލް މުޙައްމަދުގެ އަތުން
ޢަބްދުﷲ ސަޢީދު ގެންދިޔަ ތަކެތި ކަމަށާއި، އެހުރިހައި އެއްޗެއް ޢަބްދުﷲ ސަޢީދުގެ ރެސްޓޯރެންޓުގައި
އެބަހުރި ކަމަށާއި އަދި އެތަކެތީގެ ބޭނުން މިހާރުވެސް ކުރަމުން ދާކަމަށާއި، އެތަކެއްޗަކީ ޢަޤީލް މުޙައްމަދުގެ
އަތުން ޢަބްދުﷲ ސަޢީދު ގެންދިޔަ ތަކެތި ކަމުގައިވިޔަސް އެއީ ޢަބްދުﷲ ސަޢީދުގެ ތަކެތި
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/113
އެތަކެއްޗަކީ ޢަޤީލް މުޙައްމަދު ޢަބްދުﷲ ސަޢީދަށް ވިއްކާފައިވާ ތަކެތިކަމަށާއި، ނަމަވެސް އެއިގެ ތަފްސީލީ
އަގެއް ބެލިފައިނުވާކަމަށާއި، އަދި އެތަކެތި ޢަޤީލް މުޙައްމަދު އަތުން ލިބިގަތް ވަގުތު އަދި އޭގެ ފަހުންވެސް
އަގު ކަނޑައަޅާފައިނުވާކަމަށާއި، އަދި އަގު އަދާކުރާނެ ގޮތެއްވެސް ކަނޑައަޅާފައިނުވާކަމަށާއި، މިމުޢާމަލާތް
ހިނގިއިރު ތިބީ ހަމައެކަނި ޢަބްދުﷲ ސަޢީދު އާއި ޢަޤީލް މުޙައްމަދާ ދެމީހުން އެކަނި ކަމަށާއި، އެހެންކަމުން،
ޢަޤީލް މުޙައްމަދު އެތަކެތި ޢަބްދުﷲ ސަޢީދުއަށް ދިންކަން ނުވަތަ ވިއްކާފައިވާކަން ދަންނާނެ އެއްވެސް ހެއްކެއް
ނެތްކަމަށާއި، އަދި ލިއުމެއް ނުވަތަ އެގްރީމެންޓެއްފަދަ ކަމެއްވެސް ކޮށްފައި ނުވާކަމުގައި 25 ނޮވެމްބަރު
2009 ގައި ފުވައްމުލަކު ކޯޓަށް ދީފައިވާ ބަޔާނުގައި ޢަބްދުﷲ ސަޢީދު ބުނެފައިވާކަން އެނގޭކަމެވެ.
2i
(ށ) ދެވަނަ ކަމަކީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 1
/
2009-R1C/624
ޤަޟިއްޔާގައި ޢަބްދުﷲ ސަޢީދު އަތުން ހޯދުމަށް ޢަޤީލް މުޙައްމަދު ދަޢުވާކުރި ތަކެއްޗަކީ ޢަޤީލް މުޙައްމަދުގެ
އަތުން ޢަބްދުﷲ ސަޢީދަށް ލިބިފައިވާ ތަކެތިކަން ޢަބްދުﷲ ސަޢީދުގެ ބަހުންވެސް ސާފުކޮށް އެނގެން އޮތްއިރު،
އެތަކެއްޗަކީ ޢަޤީލް މުޙައްމަދުގެ އަތުން ޢަބްދުﷲ ސަޢީދު ގަނެފައިވާ ތަކެތިކަމަށް ޢަބްދުﷲ ސަޢީދު ބުނެފައި
ވީނަމަވެސް، މުދާ ވިއްކުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 6/91) ގެ 2 ވަނަ މާއްދާގައި "މުދާ ވިއްކުމަކީ
އެމުދަލުގެ މިލްކުވެރިކަން، ވަކިއަގަކަށް، ވިއްކާމީހާގެ ކިބައިން ގަންނަ މީހާއަށް ބަދަލުކުރުމަށް ވިއްކާމީހާއާއި
ގަންނަމީހާއާ ދެމެދުގައިވާ އެއްބަސްވުމެވެ." މިފަދައިން ބަޔާންވެފައިވުމުން، ޢަޤީލް މުޙައްމަދާއި ޢަބްދު
ސަޢީދާ ދެމެދު ހިނގާފައިވާކަމަށް ބުނާ މުޢާމަލާތަކީ މުދާ ވިއްކުމުގެ މުޢާމަލާތެއްނަމަ ވިއްކާ މުދަލުގެ
މުޤާބިލުގައި އަގެއް ކަނޑައެޅިފައި އޮންނަންވާނެކަމާއި ނަމަވެސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް
މިމައްސަލައާ ގުޅިގެން ޢަބްދުﷲ ސަޢީދު ދީފައިވާ ބަޔާންތަކަށް ބަލާއިރުވެސް މިތަކެތި ޢަޤީލް މުޙައްމަދުގެ
އަތުން ޢަބްދުﷲ ސަޢީދު ގަނެފައިވާ އަގެއް ބަޔާންކޮށްފައި ނުވާކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/113
އަދި އެއަގާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ސުވާލު
ތުވާލުކުރުމުންވެސް އެތަކެއްޗަށް ކަނޑައެޅިފައިވާ
އަގަކީ ކޮބައިކަމެއް އަދި ކަނޑައެޅިފައިވާކަމެއްވެސް ޢަބްދުﷲ ސަޢީދުގެ ފަރާތުން
ބަޔާންކޮށްދެވިފައިނުވާކަމާއި، އެހެންކަމުން، މި މުޢާމަލާތުގައި ޢަޤީލް މުޙައްމަދުގެ އަތުން ޢަބްދުﷲ ސަޢީދު
ގެންގޮސްފައިވާ ތަކެއްޗަށް އަގެއް ކަނޑައެޅިފައި ނުވާކަން ސާފުކޮށް އެނގޭކަމެވެ.
COXO
(ނ) ތިންވަނަ ކަމަކީ، ޢަބްދުﷲ ސަޢީދު ހުށަހެޅި ހެކިން ޙާޟިރުކޮށް ހެކިބަސް ނަގާފައިނުވާކަމަށް
ބުނެ ޢަބްދުﷲ ސަޢީދުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު، ޢަބްދުﷲ ސަޢީދު ހެކިން ޙާޟިރުކުރުމަށް
ހުށަހަޅާފައިވަނީ، މިމައްސަލާގައި ބަޔާންކުރެވިފައިވާ ތަކެއްޗަކީ ޢަޤީލް މުޙައްމަދުގެ އަތުން ޢަބްދުﷲ ސަޢީދު
ގަނެފައިވާ ތަކެތިކަން ސާބިތުކުރުމަށް ކަމުގައި ވީއިރު، މިމުޢާމަލާތަކީ ކޮންކަހަލަ މުޢާމަލާތެއްކަންވެސް
ސާފުނުވާކަމަށާއި، ގަބޫލުކުރެވެނީ ވިއްކުމުގެ މުޢާމަލާތެއްކަމުގައި ކަމަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަން އެނގޭކަމާއި، އަދި މިމުޢާމަލާތް ހިނގިއިރު ތިބީ ޢަބްދުﷲ ސަޢީދު
އާއި ޢަޤީލް މުޙައްމަދާ ދެމީހުން އެކަނި ކަމަށާއި، އެހެންކަމުން، ޢަޤީލް މުޙައްމަދު އެތަކެތި ޢަބްދު
ސަޢީދުއަށް ދިންކަން ނުވަތަ ވިއްކާފައިވާކަން ދަންނާނެ އެއްވެސް ހެއްކެއް ނެތްކަމަށާއި، އަދި ލިއުމެއް ނުވަތަ
އެގްރީމެންޓެއްފަދަ ކަމެއްވެސް ކޮށްފައި ނުވާކަމުގައި ޢަބްދުﷲ ސަޢީދު ބުނެފައިވާކަން އެނގެން އޮތުމުން،
މިމައްސަލާގައި ޢަބްދުﷲ ސަޢީދު ގެ ފަރާތުން ޙާޟިރުކުރަން ބޭނުންވާކަމަށް ބުނެފައިވާ ހެކިން
ޙާޟިރުކުރަންޖެހޭނެ ސަބަބެއް އޮތްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށްވެސް
ނުފެންނަ ކަމެވެ.
އެހެންކަމުން، މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުން ދެކެނީ، ފުވައްމުލަކު މެޖިސްޓްރޭޓް
ކޯޓުގެ ނަންބަރު 1
/
2009-R1C/624 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި
ނޫންކަމުގައި ބަލާނެތަނެއް ނެތްކަމަށެވެ.
ވެ.
އއގބށް
ވާ، •
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2011/HC-A/11
979
0
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 1
/
2009-R1C/624 ޤަޟިއްޔާގެ ޙުކުމަށް، މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ތާއީދުކޮށް ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލައި ނިޔާކަނޑައެޅީ؟
ޢަބްދުއްރައޫފު އިބްރާހީމް
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
(ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv