ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/134 ޤަޟިއްޔާގެ ޙުކުމް
1
2{{39/HC-A/134
ޤަޟިއްޔާ ނިމުނު ގޮތު
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އެހެން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 134/HC
-
A/2009
އިސްތިއުނާފު ކުރިފަރާތް:
* ނަން: އަޙްމަދު ތައުފީޤު
އައިޑީ ކާޑު ނަންބަރު: A010527
* ދާއިމީ އެޑްރެސް:
1
މެންގޯހައުސްމާލެ
| އިސްތިއުނާފު ރައްދުވި ފަރާ
* ނަން: އަޙްމަދު ލަބީބް
އައިޑީ ކާޑު ނަންބަރު: A079010
ދާއިމީ
އެޑްރެސް: ޕޭންޓްލޭންޑް/ބ. އޭދަފުށި
ރަޖިސްޓްރީކުރެވުނު ތާރީޚް: 25 ޖުމާދަލްއޫލާ 1430
20 މެއި 2009
ނިމުނު ތާރީޚް: 02 މުޙައްރަމް 1438
27 ނޮވެމްބަރު 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2008/MC/536
ޤަޟިއްޔާގެ ބާވަތް: ގެއްލުމުގެ ބަދަލުހޯދުން
• ނިންމެވި ކޯޓް: މަދަނީ ކޯޓު
* ހުށަހެޅުނު ތާރީޚް: 15 މާޗް 2008
*
ނިމުނު ތާރީޚް: 23 ފެބްރުއަރީ 2009
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމް، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2{{09HC-A/134
ޤަޟިއްޔާ ނިމުނު ގޮތު
ދަޢުވާގެ ޚުލާޞާ
536/MC/2008
04 04
ހ
މިއީ، މަދަނީ
ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި އަޙްމަދު ތައުފީޤު، މެންގޯހައުސް!މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A010527) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އަޙްމަދު ލަބީބު،
އޭދަފުށި
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A079010) އެވެ.
o ou o ou
0
0
0 ތ
عسر ،
ފާހަގަކުރެވުނު ނުކުތާތަ
:
O O O OLC
1. އިސްތިއުނާފުކުރެވޭ މަދަނީ ކޯޓުގެ ނަންބަރު 2008/MC/536 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ ހ. މޮންގޯހައުސް އައްމަދު ތައުފީޤު އާއި ބ.
މެންގޯހައުސް އަޙްމަދު ތައުފީޤު އާއި ބ. އޭދަފުށި ޕޭންޓްލޭންޑް އަޙްމަދު
ލަބީބުއާ ދެމެދު ހ. މެންގޯހައުސް އޭކިޔާ ބަންޑާރަ ގޯތީގައި އަޙްމަދު ލަބީބުގެ ފަރާތުން 05 (ފަހެއް)
ބުރީގެ ޢިމާރާތެއްގެ ފައުންޑޭޝަން އަޅައި، 05 (ފަހެއް) ބުރީގެ ޢިމާރާތެއް އަޙްމަދު ލަބީބުގެ އަމިއްލަ
ޚަރަދުގައި ހަދައި ކޮމްޕްލީޓުކުރުމަށް 28 މެއި 2007 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން
އިމާރާތްކުރުމުގެ މަސައްކަތް އަޙްމަދު ލަބީބު ފުރިހަމަކޮށްފައި ނުވާތީއާއި، އެއްބަސްވުމުގައި ވާގޮތަށް
ޢިމާރާތް ފުރިހަމަކޮށްދިނުމަށް ތަކުރާރުކޮށް އެދުމުންވެސް އެކަން ނުކުރާނެކަމަ
އެކަމަށްބުނެ، އެއްބަސްވުމާ
އަޙްމަދު ލަބީބު ޚިލާފުވެފައިވާތީ، އެއެއްބަސްވުން ބާޠިލުކުރުމަށާއި، ހ. މެންގޯހައުސްގައި ދިރިއުޅެމުންދާ
އަޙްމަދު ލަބީބުއާއި، އޭނާގެ ފަރާތުން އެގޭގައި ތިބިނަމަ ތިބިހާބަޔަކު ނެރެ ތަންހުސްކޮށްދިނުމަށާއި،
އަޙްމަދު ތައުފީޤަށް ލިބެމުންދާ ގެއްލުމަށް ބަދަލު އަޙްމަދު ލަބީބުގެ އަތުން އެކީ އެއްފަހަރާ ލިބިގަތުމަށް
އެދި އަޙްމަދު ތައުފީޤުގެ ފަރާތުން
މަދަނީ ކޯޓުން ބައްލަވައި ނިންމަވާފައިވާ
ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ބ.އޭދަފުށިޕޭންޓްލޭންޑް
(މ. ހިރިނައިދޫގެ) އަޙްމަދު ލަބީބުގެ މައްޗަށް، ހ. މެންގޯހައުސް އަޙްމަދު ތައުފީޤް ދަޢުވާގައި،
28 ޖޫން 2007 ގައި ދެފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމާއި އަޙުމަދު ލަބީބު ޚިލާފުވެފައިވާތީ،
އެއްބަސްވުން
ބާޠިލްކޮށް އަޙްމަދު ތަޢުފީޤަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރެވުނު މިދަޢުވާއަށް،
ގ މިހު 22
23
ދއްކުމުން
.
#
oxo
ޖެހިރާއްޖޭގެ
4
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3
2{{39/HC-A/134
ޤަޟިއްޔާ ނިމުނު ގޮތު
ދަޢުވާލިބޭ އަޙުމަދު ލަބީބު އިންކާރުކޮށް 28 މެއި 2007 ގައި ވެވުނު އެއްބަސްވުމުގެ ދަށުން އަޙުމަދު
ތައުފީޤުގެ މައްޗަށް ލާޒިމުވާކަންތައް ނުކުރުމުގެ ސަބަބުން މަސައްކަތް ހުއްޓިފައިވަނީކަމަށާއި، އެގޮތުން
އެއްބަސްވުމުގެ 07 ވަނަ މާއްދާގައިވާގޮތަށް ކުއްޔަށްހިފާފައިވާ ތަން ބޭންކުން ލޯނެއް ނެގުމަށްޓަކައި
ރަހުނުކޮށްދީފައިނުވާކަމަށާއި، 28 މެއި 2007 ގައި އެއްބަސްވުމެއް ލިޔެ ހ. މެންގޯހައުސް 04 ވަނަ
ބުރި އާއި 05 ވަނަ ބުރި ނިންމަންހުރި ފައިސާގެތެރެއިން -/20,000ރ. (ވިހިހާސް ރުފިޔާ) އަޙްމަދު
ތަޢުފީޤް ހޯދާފައިވަކަމަށާއި، 05 ވަނަ ބުރިއާއި 04 ވަނަ ބުރި، އެއްބަސްވުމުގައި ކަނޑައަޅާފައިވާ
މުއްދަތުގައި ނުނިމުނު ނަމަވެސް މައްސަލައެއްނެތްކަމަށް އަޙުމަދު ތަޢުފީޤާއާއި އަޙުމަދު ލަބީބުއާއި ދެމެދު
ވެވުނު އެއްބަސްވުމުން އެނގޭތީ، މެންގޯހައުސްގައި 15 ބުރީގެ ޢިމާރާތެއް ހެދުމަށް އަޙުމަދު ލަބީބު
އާއި، އަޙުމަދު ތައުފީޤާއި ދެމެދު ވެވުނު އެއްބަސްވުމަށް ލުޔެއްދީފައިވާކަން އަޙުމަދު ތަޢުފީޤުގެ
ބަހުން
ޝަރީޢަތަށް ސާބިތުވާތީ، އަޙުމަދު ތަޢުފީޤާ އެދުނުފަދައިން އަޙްމަދު ލަބީބުއާއި، އަޙްމަދު ތަޢުފީޤުއާއި
ދެމެދުވެވުނު އެއްބަސްވުން ބާޠިލްކޮށް، މެންގޯހައުސްގައި އަޙުމަދު ލަބީބުގެ ފަރާތުންތިބި މީހުންނެރެ،
ތަން ހުސްކުރުމަށް އަޙްމަދު ލަބީބަށް އަންގާނެތަނެއް ނެތްކަމަށް އަޙްމަދު ތަޢުފީޤަށް އަންގައި"
އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
2. މަދަނީ ކޯޓުގެ ނަންބަރު 2008/MC/536 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އަޙްމަދު ތައުފީޤުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 7 (ހަތެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، މަދަނީކޯޓުގެ ނަންބަރު 2008/MC/536 ޤަޟިއްޔާގައި
ބައްލަވާ ނިންމަވާފައިވާ މައްސަލައިގައި ކުރައްވާފައިވާ ޙުކުމަކީ، އަޙްމަދު ތައުފީޤަށް އެއްވެސް މަންފާއެއް
ނުލިބޭފަދަ ގޮތަކަށް އަޙްމަދު ތައުފީޤުގެ ގެދޮރާއިމުދާ ކުއްޔަށްދީގެން ކޮންމެ މަހަކު -/27,500
(ހަތާވީސްހާސް ފަސްސަތޭކަ) ރުފިޔާގެ މާލީނަފާ ހޯދައި ލިބިގަތުމުގެ ފުރުޞަތު ބ. އޭދަފުށި،ޕޭންޓްލޭންޑް
އަޙުމަދު ލަބީބަށް ލިބިދެވިފައިވާ ޙުކުމަކަށްވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، މަދަނީކޯޓުގެ ނަންބަރު 2008/MC/536 ގެ ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ، އޭދަފުށި ޕޭންޓްލޭންޑް އަޙުމަދު ލަބީބުގެ އަތުން އަނބުރާ ދައްކާގޮތަށް 28
މެއި 2007 ގައި އަޙްމަދު ތައުފީޤު ނަގާފައިވާ -/20,000 (ވިހިހާސް) ރުފިޔާގެ ސަބަބުން
ވުޖޫދުވެފައިވާ ޚުކުމެއްކަން ދޭހަވާގޮތަށް މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
2{{39/HC-A/134
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
OXO
x(0/2ހ8
می کرتی کو ہی کی
2
އަޙުމަދު ލަބީބަށް އޭގެކުރިން ދިމާވެފައިވާ މާލީ ނުތަނަވަސްކަމެއްގެ ސަބަބުން ޢިމާރާތުގެ މަސައްކަތް
ހުއްޓާލުމަށްފަހު، އެޚަބަރު އަޙްމަދު ތައުފީޤުށް ފޯރުކޮށްދީފައިވާކަން މިމައްސަލައިގައި ހިމެނޭ ލިޔުންތަކުން
އެނގެންއޮތްއިރު، 1 އެޕްރީލް 2007 ގައި ލިޔެ އަޙުމަދު ލަބީބު އަޙްމަދު ތައުފީޤަށް ފޮނުއްވާފައިވާ
ސިޓީގައި މިހުރިހާ ކަމަކަށް އެއްބަސްވެ، އިޤްރާރުވެފައިވާއިރު، ހިނގާދިޔަ ހާދިސާގައި ދެފަރާތުން
މުޢާމަލާތް ކޮށްފައިވާ ބެލިފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، 28 މެއި 2007 ގައި ލިޔެފައިވާ އެއްބަސްވު
ސްވުމުގެ ދަށުން
ދޫކޮށްފައިވާ ދަރަންޓަކީ ކޮބައިކަމާއި، އަދި އެދަރަނި އަދާކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތަކީ
ކޮބައިކަން، ދަރަނި ނެގުމަށްޓަކައި ލިޔެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާއިރު، އަދި ހަމައެދުވަހު
ލިޔެފައިވާ އެއްބަސްވުމުގެ ދަށުން ހ. މެންގޯހައުސް ކިޔާ ގޯތީގެ 5 (ފަހެއް) ބުރީގެ ޢިމާރާތެއް
ކޮމްޕްލީޓްކޮށް، ނިންމުމަށް ދެވިފައިވާ އިޙްތިޔާރަކީ ކޮބައިކަމާއި، މިއިޚްތިޔާރުގެދަށުން ކަންތައްތައްކޮށް
ނިންމުމަށް ދެފަރާތުން އެއްބަސްވެފައިވާ ގޮތަކީ ކޮބައިކަން މެންގޯހައުސް ކިޔާ ގޯތީގައި 5 (ފަހެއް)
ބުރީގެ ޢިމާރާތެއް ބިނާކުރުމަށްޓަކައި 28 މެއި 2007 ގައި ލިޔެސޮއިކޮށްފައިވާ އެއްބަސްވުމުގައި
ބަޔާންކޮށްފައިވާއިރު، އަދި މިދެ ލިޔުމަކީވެސް ހަމަ އެއްދުވަހެއްގައި ލިޔެސޮއިކޮށް، އިނގިލީގެ ނިޝާން
ޖަހާފައިވާ ދެ ލިޔުންކަން މި ދެލިޔުމުން އެންގެންއޮތްއިރު، މިދެލިޔުމުގައި ހިމެނިގެންވާ ކަންކަމުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމަތިން ބައްލަވަންވީވަރަށް ނުބައްލަވާ މިޤަޟިއްޔާ
ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، އަޙްމަދު ލަބީބުގެ އަތުން އަޙްމަދު ތައުފީޤު ނެގި
-/20,000 (ވިހިހާސް) ރުފިޔާގެ ދަރަންޏަކީ، ޝަރޫރީ ބޭނުމަށްޓަކައި، އަނބުރާ ދައްކާގޮތަށް އަޙުމަދު
ލަބީބުގެ އަތުން އަޙްމަދު ތައުފީޤު ނަގާފައިވާ ދަރަންޏެއްކަން އެގެންއޮތްއިރު، އަދި މިދަރަންޏަކީ،
ޝަރީޢަތާ ޤާނޫނާ ޚިލާފަށް އިތުރު ފައިދާއެއް ދަމައިގަންނަ ގޮތުގައި ދޫކޮށްފައިވާ ދަރަންޏަކަށްވާއިރު،
މިދަރަނީގައި ހިމެނޭ -/20,000 (ވިހިހާސް) ރުފިޔާ ޙަވާލުކުރެއްވާފައިވާ ވަގުތަކީ ކަންބޮޑުވުމާއި
ހާސްވުމުގައި އަޙްމަދު ތައުފީޤު އަވަދިނެތި އުޅެމުންދިޔަ ވަގުތަކަށްވާއިރު، އެދުވަހު އަޙްމަދު ތައުފީޤު
ލައްވާ ގޭގެ އެގްރީމެންޓާއި، އަދި ދަރަނީގެ އެގްރީމެންޓާއި މި ދެ އެގްރީމަންޓުގައި ސޮއިކޮށްފައިވާއިރު،
މިމައްސަލައިގައި ހީނުކުރެވޭވަރުގެ ޑު ގެއްލުމެއް، އަޙުމަދު ލަބީބުގެ ސަބަބުން އަޙްމަދު ތައުފީޤަށް
ލިބިފައިވާއިރު، މިހުރިހާކަމެއް މި ޤަޟިއްޔާގައި ވަންހަނާވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، އަޙްމަދު ލަބީބުގެ އަތުން އަޙްމަދު ތައުފީޤު ނެގި
-/20,000 (ވިހިހާސް) ރުފިޔާގެ ދަރަނި ނެގުމުގެ ކުރިން އެދަރަނި އަދާކުރުމަށް އަޙްމަދު ތައުފީޤު
23 224 22
ބީ ޑީޤީ 2
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5
2{{39/HC-A/134
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކަނޑައަޅާފައިވާ ގޮތަކީ، ކޮބައިކަން އެގެންއޮތްއިރު، "އަދި މިފައިސާ ބ. މެންގޯހައުސްގެ މަތީ ދެ
ފްލޯއަށް ލިބޭކުދިން އަޅުގަނޑު 3 މަސްދުވަހުގެ ތެރޭގައި އަދާކޮށް ނިންމާނަމެވެ" މި ފަދައިން އެ
ލިޔުމުގައި ލިޔުއްވައި އަޙުމަދު ލަބީބު އަޙްމަދު ތައުފީޤު ލައްވާ އެލިޔުމުގައި ސޮއިކުރައްވާފައިވާއިރު، ކ.
މެންގޯހައުސްގެ މަތީ ދެ ފްލޯއަށް ލިބެންޖެހޭ ކުލި ނުލިބިވަނީ އަޙުމަދު ލަބީބު އެދެފްލޯގެ މަސައްކަތް
ނުނިންމައި އޭނާގެ ބައި ނިންމައި އެބައިގާ ދިރިއުޅުމާއި މަސައްކަތްކޮށްގެން މާލީނަފާ ހޯދުމުގެ
ސަބަބުންކަން އެގެންއޮތްއިރު، ކަންހުރިގޮތުގެ ޙަޤީޤަތް އޮޅުން ނުފިލުވައި އަޙްމަދު ތައުފީޤުގެ ޙައްޤަށް
އުނިކަން ލިބޭފަދަގޮތަކަށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަވަނަ ނުކުތާއަކީ، އަޙްމަދު ތައުފީޤު ގެ ދިރިއުޅުން ކުރިއަރުވައި ތަރައްޤީކުރުމުގެ
ނިޔަތުގައި 28 މެއި 2007 ގައި އަދުލުވެރި ދެހެކިންގެ ޙާޟިރުގައި ދެފަރާތުން އެއްބަސްވެ،
ލިޔެސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައިވާ އެއްބަސްވުމުގެ 2 ވަނަ މާއްދާގައިވާ ގޮތުގެ މަތިން
އޭދަފުށި(ޕޭންޓްލޭންޑް އަޙުމަދު ލަބީބުގެ އަމިއްލަ ޚަރަދުގައި ހ. މެންގޯހައުސް ކިޔާ ގޯތިގައި ހިމެނޭ 416
އަކަފޫޓުގެ ސަރަޙައްދުގައި 5 ބުރި ޢިމާރާތެއް ކޮމްޕްލީޓްކޮށް، ނިންމެވުމަށް ދެވިފައިވާ މުއްދަތު ފެށޭ
ތާރީޚާއި އަދި އެމުއްދަތު ނިމޭ ތާރީޚު، ޙަވާލާދެވިފައިވާ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގައި
ސާފުބަހުން ލިޔެފައިވާއިރު، 1 އޮގަސްޓް 2006 ގެ ކުރިން ޢިމާރާތުގެ ދެފްލޯ (ޢިމާރާތުގެ 4 ވަނަ
ބުރިއާއި ޢިމާރާތުގެ 05 ވަނަ ބުރި) އެއްވެސް ޝަރުތެއްނެތި އަޙްމަދު ތައުފީޤުއާ ޙަވާލުކުރުމަކީ،
ޙަވާލާދެވިފައިވާ އެއްބަސްވުން ކޮންމެހެން ލާޒިމުކުރާ ކަމަކަށްވާއިރު، އަދި އެދަރަންޏަށް ޒިންމާވުމުގައި
އަޙްމަދު ތައުފީޤު އަދާކުރަންޖެހޭ ޙައްޤުތައް ލިޔެކިޔުމުން ފެންނަން އޮންނަގޮތުގައި ދެފަރާތުގައި ލިޔުން
ބެހެއްޓިފައިވާއިރު، އަޙުމަދު ލަބީބުގެ އަތުން އަނބުރާ ދައްކާގޮތަށް އަޙްމަދު ތައުފީޤު ނަގާފައިވާ
-/20,000 (ވިހިހާސް) ރުފިޔާގެ ދަރަންޏަކީ، އެއްވެސް ޙާލެއްގައި ޙަވާލާދެވިފައިވާ އެއްބަސްވުން
ފުށްފުށަށް ފުރޮޅާލުމަށްޓަކައި ނުވަތަ އެ އެއްބަސްވުމަށް ބަދަލުގެނައުމަށްޓަކައި، އެއްބަސްވުމުގެ ޒަރީޢާއިން
ނަގާފައިވާ ދަރަންޏަކަށްނުވާއިރު، ހިނގާދިޔަ ޙާދިސާގެ ޙަޤީޤަތް އަދި މި މައްސަލާގެ ޠަބީޢަތް ރަނގަޅަށް
އޮޅުންނުފިދާވަނިކޮށް މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތްވަނަ ނުކުތާއަކީ، ޙަވާލާދެވިފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތިން
އޭދަފުށި (ޕޭންޓްލޭންޑް އަޙުމަދު ލަބީބުގެ ފަރާތުން ޢަމަލުނުކުރުމުގެ ސަބަބުން، އަދި 1 އޮގަސްޓް
2006 ގެ ކުރިން ޢިމާރާތުގެ ދެފްލޯ (ޢިމާރާތުގެ 4 ވަނަ ބުރިއާއި ޢިމާރާތުގެ 05 ވަނަ ބުރި)
ނުނިންމުމުގެ ސަބަބުން އަޙްމަދު ތައުފީޤުއާއި އޭނާގެ ޢާއިލާ ކުލީކޮޓަރީގައި ދިރިއުޅެން ޖެހިފައިވުމުގެ
ސަބަބުން މުޅި މައްސަލަ އޮޅުން:
ފެބުނެ ހުށަހަޅާފައިވާ ނުކުތާއެވެ. ޕިރާއްޖޭގެ
ox
*8
2 2 0 2 0 2
މ 04
2244
ترسره زر کر ہی کردی ترکی و ماره
ދ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6
2{{39/HC-A/134
.3
O O O OL
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މައްސަލައާ ގުޅިގެން މަދަނީ ކޯޓުގެ ނަންބަރު 2008/MC/536
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން އަޙްމަދު ތައުފީޤުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ
ރައްދުވާ އަޙްމަދު ލަބީބުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، މައްސަލަ އިސްތިއުނާފުކޮށްފައިވާ އަޙްމަދު ތައުފީޤުގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ، ބ. މެންގޯހައުސް ނަމަކަށްކިޔާ 417 އަކަފޫޓުގެ ބަންޑާރަ ގޯތީގައި،
އޭދަފުށިޕޭންޓްލޭންޑް އަޙްމަދު ލަބީބުގެ އަމިއްލަ ތަކެތީގައި 5 (ފަހެއް) ބުރީގެ ޢިމާރާތެއްގެ
ފައުންޑޭޝަން އަޅައި، އަދި 5 (ފަހެއް) ބުރީގެ ޢިމާރާތެއްކުރުމަށްޓަކައި، 28 މެއި 2007 ގައި،
އަޙްމަދު ތައުފީޤުއާއި އަހްމަދު ލަބީބުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާކަމާއި،
މިއެއްބަސްވުމަކީ، މެންގޯހައުސް އޭކިޔާ ބަންޑާރަ ގޯތީގެ ލޮނުޒިޔާރަތްމަގާ ގުޅިގެން އޮތް 416
އަކަފޫޓުގެ ބިމުގައި އޭރު ހުރި 1 (އެކެއް) ބުރީގެ ޢިމާރާތާއި ވަޅުފަދަ ތަންތަން ތަޅައި، އެބިމުގައި 5
(ފަހެއް) ބުރީގެ ޢިމާރާތަކަށް ބޭނުންވާވަރުގެ ފައުންޑޭޝަނެއް އަޅައި، އަދި 5 (ފަހެއް) ބުރީގެ
ޢިމާރާތެއް، އަޙްމަދު ލަބީބުގެ އަމިއްލަ ޚަރަދުގައި ފުރިހަމަ (ކޮމްޕްލީޓު) ކުރުމަށްޓަކައި، މިދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމެއްކަން އެއެއްބަސްވުމުގެ ދީބާޖާއަށް ބެލުމުން އެނގެން އޮންނަކަމާއި،
އިސްވެދެންނެވުނު އެއްބަސްވުމުގެ ދަށުން މަސައްކަތްކުރު
ބޭނުންވާ މީހުންނާއި
ކޮންސްޓްރަކްޝަން ޕްލާންޓާއި، މެޝިނަރީއާއި، އިކުއިޕްމަންޓް އަދި މަސައްކަތަށް ބޭނުންވާ ހުރިހާ ހިފާ
ގެންގުޅޭ ސާމާނާއި، ތަކެތި ހޯދާނީ ކުއްޔަށްހިފި ފަރާތުގެ (އަޙްމަދު ލަބީބުގެ) އަމިއްލަ ޚަރަދުގައި ކަމަށް
އެއެއްބަސްވުމުގެ 2 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އިސްވެދެންނެވުނު އެއްބަސްވުމުގެ
ދަށުން ކުރެވޭ ޢިމާރާތްކުރުމަށް ދެވިފައިވާ މުއްދަތަކީ 1 (އެކެއް) އަހަރުކަމާއި، އެމުއްދަތު ފެށޭ ތާރީޚަކީ
1 އޮގަސްޓް 2006 ކަމާއި، އެއްބަސްވުމުގެ ދަށުން ކުރެވޭ ޢިމާރާތުން ކުއްޔަށް ހިފާ ފަރާތަށް (އަޙްމަދު
ލަބީބަށް) ކުއްޔަށް ދެވޭ ބައި، ކުއްޔަށްދެވޭ މުއްދަތަކީ ޖުމްލަ 12 (ބާރަ) އަހަރުކަމާއި، ކުރީގެ މުއްދަތު
ފެށޭ ތާރީޚަކީ 1 އޮގަސްޓް 2007 ކަން އެއްބަސްވުމުގެ 4 ވަނަ މާއްދާއަށް ބެލުމުން އެނގެން
އޮންނަކަމާއި، އިސްވެދެންނެވުނު އެއްބަސްވުމުގެ ދަށުން ކުއްޔަށް ދޫކުރެވޭ ތަނުގެ ކުއްޔަކީ،
އެއެއްބަސްވުމާ އެއްގޮތްވާ
ގޮތުގެމަތިން ހެދޭ ޢިމާރާތުގެ 4 (ހަތަރެއް) ވަނަ ބުރިއާއި 5 (ފަހެއް) ވަނަ
ބުރިކަމާއި، މީލާދީގޮތުން 12 (ބާރަ) އަހަރުވަންދެން މިދެބުރި ކުއްޔަށް ދިން ފަރާތައް (އަޙްމަދު
ހއ 29 ތތ
/މަށް
04 0 2 74.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2{{39}HC-A/134
ހި 0
OXO
5އދި
ކުއްޔަށް
ދިގުމުއްދަ
ސްވާދިންނަލް)
OXO
ޤަޟިއްޔާ ނިމުނު ގޮތު
ތައުފީޤާއަށް ޢިމާރާތުގެ ކުލީގެ ގޮތުގައި ދޭންވާނޭކަމަށް
އެއްބަސްވުމުގެ 5 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި، އިސްވެދެންނެވުނު
އެއްބަސްވުން ގުދުކުރުމަށްފަހު، ހިފިތަން
ފަހުނުކުރަން ކުއްޔަށްހިފި ފަރާތުން (އަޙްމަދު ލަބީބު) ބޭނުންވެއްޖެ ހިނދެއްގައި ކުއްޔަށް ދިން ފަރާތުން
(އަޙްމަދު ތައުފީޤު) އަށް އެކަން ކޮށްދޭންވާނެކަމަށް އެއްބަސްވުމުގެ
7 ވަނަ މާއްދާގައި
ޔާންކޮށްފައިވާކަމާއި،
މެންގޯހައުސް ނަމަކަށްކިޔާ 417 އަކަފޫޓުގެ ބަންޑާރަ ގޯތީގައި ޢިމާރާތެއް
ހެދުމަށާއި ދިގުމުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި، އެގޯތި ރަޖިސްޓްރީކޮށްދީފައިވާ އަޙްމަދު ތައުފީޤުއާއި
އަޙްމަދު ލަބީބުއާ ދެމެދު ވެފައިވާ ވެދެންނެވުނު އެއްބަސްވުމުގެ އިތުރުން، 28 މެއި 2007 ގައި
އިތުރު އެއްބަސްވުމެއްގައި، އެދޭފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާކަން އެނގޭކަމާއި، މިއެއްބަސްވުމުގެ
ދަށުން އަޙްމަދު ލަބީބުގެ އަތުން އަޙްމަދު ތައުފީޤު -/20,000 (ވިހިހާސް) ރުފިޔާގެ ލޯނެއް
ނަގާފައިވާކަމާއި، އަދި އެފައިސާ އަޙްމަދު ތައުފީޤު ޙަވާލުކުރަނީ ބ. މެންގޯހައުސްގެ 4 (ހަތަރެއް)
އަދި 5 (ފަހެއް) ވަނަ ބުރި ނިންމުމަށް ހުރި ފައިސާގެ ތެރެއިންކަމަށްވުމާއެކު، ކުރިންދެންނެވިފައިވާ 28
މެއި 2007 ގައި މިދެފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ އަނެއް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ
މުއްދަތަށް އެ ދެ ބުރީގެ މަސައްކަތް ނުނިމުނުކަމުގައިވީނަމަ
ފިމުނުކަމުގައިވީނަމަވެސް އަޙްމަދު ތައުފީޤުގެ އެއްވެސް
އިޢުތިރާޒެއް ނެތްކަމަށް މިއެއްބަސްވުމުގައި ބަޔާންކޮށްފައިވާކަމެވެ.
(ނ) ދެވަނަ ކަމަކީ، ހ. މެންގޯހައުސްގައި ޢިމާރާތެއްކުރުމާއި، އެޢިމާރާތުން ބައެއް
ދިގުމުއްދަތަށް ކުއްޔަށް ދިނުމާބެހޭގޮތުން ހެދިފައިވާ އިސްވެ ދެންނެވުނު އެއްބަސްވުންތަކުގެ ދަށުން،
ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ހ. މެންގޯހައުސްގައި ފައުންޑޭޝަނާއި،
ފުރަތަމަ 3 (ތިނެއް) ބުރީގެ މަސައްކަތް ނިންމާފައިވާކަމާއި، ޢިމާރާތުގެ މަސައްކަތް ހުއްޓިފައިވަނީ،
ޢިމާރާތް ކުއްޔަށްދިން ފަރާތަށް ކުލީގެ ގޮތުގައި ލިބެންޖެހޭ ޢިމާރާތުގެ 4 (ހަތަރެއް) ވަނަ ބުރިއާއި 5
(ފަހެއް) ވަނަ ބުރީގެ މަސައްކަތާ ހިސާބުންކަން މައްސަލައާގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި،
މައްސަލައިގައި ހިމެނޭ ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން
އެނގެން އޮންނަކަމާއި، މި ދެ ބުރީގެ މަސައްކަތް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް
ނިންމިފައި ނުވަނީ، މި ދެބުރީގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށްވުރެ ލަސްވިއަސް އަޙްމަދު
ތައުފީޤުގެ އެއްވެސް އިޢުތިރާޒެއް ނެތްކަމަށް އޭނާ އެއްބަސްވެ ސޮއިކޮށްފައިވާތީއާއި، 28 މެއި 2007
ގައި ސޮއިކުރެވުނު އަނެއް އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުއްޔަށްހިފި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
2{{09HC-A/134
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
034ތ
ތަން ރަހުނުކުރުމުގެ ހުއްދައާއި އެއްބާރުލުން އަޙްމަދު ތައުފީޤުގެ ފަރާތުން ނުލިބުމުންކަމަށް އަޙްމަދު
ލަބީބު ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމެވެ.
(ނ) ތިންވަނަ ކަމަކީ، އަޙްމަދު ތައުފީޤްއާއި އަޙްމަދު ލަބީބުއާ ދެމެދުވެފައިވާ،
އިސްވެދެންނެވިފައިވާ އެއްބަސްވުންތަކަށް ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން، ހ. މެންގޯހައުސް
ނަމަކަށްކިޔާ 417 އަކަފޫޓުގެ ބަންޑާރަ ގޯތީގައި، އޭދަފުށި ޕޭންޓްލޭންޑް އަޙްމަދު ލަބީބުގެ އަމިއްލަ
ތަކެތީގައި 5 (ފަހެއް) ބުރީގެ ޢިމާރާތެއްގެ ފައުންޑޭޝަން އަޅައި، އަދި 5 (ފަހެއް) ބުރީގެ
ޢިމާރާތެއްކުރުމަށްޓަކައި، 28 މެއި 2007 ގައި، އަޙްމަދު ތައުފީޤުއާއި އަޙްމަދު ލަބީބުއާ ދެމެދުގައި
ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ މަސައްކަތް ކުރުމަށް ދީފައިވާ
މުއްދަތަކީ ޖުމްލަ 1 (އެކެއް) އަހަރުކަމާއި، އެމުއްދަތު ފެށޭ ތާރީޚަކީ 1 އޮގަސްޓް 2006 ކަމާއި، އަދި
މުއްދަތު ހަމަވާ ތާރީޚަކީ 30 ޖޫން 2007 ކަމަށްވެސް އެއެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، 1 އޮގަސްޓް 2006 އިން 30 ޖޫން 2007 އަށް އެއީ ޖުމްލަ 11 (އެގާރަ)
މަސްދުވަސްކަމާއި، އެހެންނަމަވެސް އެއްބަސްވުމުގެ ދަށުން ކުރުމަށް އެއްބަސްވެފައިވާ މަސައްކަތް
ކުރުމަށް ދީފައިވާ މުއްދަތަކީ ޖުމްލަ 1 (އެކެއް) އަހަރުކަމަށް އެއެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައި، އެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވޭ މުއްދަތު ފެށޭ ތާރީޚަކީ 1 އޮގަސްޓް 2007
ކަމަށް އެއެއްބަސްވުމުގެ 4 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވުމުން، އެއްބަސްވުމުގެ 2 ވަނަ
މާއްދާގެ (ހ) ގައި ޢިމާރާތްކުރުމަށް ދީފައިވާ މުއްދަތު ހަމަވާ ތާރީޚަކީ 30 ޖޫން 2007 ކަމަށް
ބަޔާންކުރެވިފައިއެވަނީ ލިޔުމުގެ ކުށަކުންކަމަށް ޤަބޫލުކުރެވޭކަމާއި، ވީމާ، މިއެއްބަސްވުމުގެ
ދަށުންކުރަންޖެހޭ އެންމެ
ޖިހޭ އެންމެހާ މަސައްކަތްތައް ނިންމުމަށް އެއްބަސްވުމުގެ ދަށުން އަޙްމަދު ލަބީބަށް ދެވިފައިވާ
މުއްދަތަކީ 1 އޮގަސްޓް 2006 އިން ފެށިގެން (އެކެއް) އަހަރުކަމާއި، އެމުއްދަތު ހަމަވީއިރު،
އެއްބަސްވުމުގައިވާ ގޮތުގެމަތިން ޢިމާރާތުގެ 4 (ހަތަރެއް) ވަނަ ބުރި އާއި 5 (ފަހެއް) ވަނަ ބުރީގެ
މަސައްކަތް ނިންމާފައިނުވާކަމާއި،
މެންގޯހައުސް ނަމަކަށްކިޔާ 417 އަކަފޫޓުގެ ބަންޑާރަ ގޯތީގައި،
އޭދަފުނިޕޭންޓްލޭންޑް އަޙްމަދު ލަބީބުގެ އަމިއްލަ ތަކެތީގައި 5 (ފަހެއް) ބުރީގެ ޢިމާރާތެއްގެ
ފައުންޑޭޝަން އަޅައި، އަދި 5 (ފަހެއް) ބުރީގެ ޢިމާރާތެއްކުރުމަށްޓަކައި، 28 މެއި 2007 ގައި،
އަޙްމަދު ތައުފީޤުއާއި އަޙްމަދު ލަބީބުގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ އެއްބަސްވުމަށް
ބަލާއިރު، އެއްބަސްވުން އަގުދުކުރުމަށްފަހު، ކުއްޔަށް ހިފާތަން ރަހުނުކުރަން ކުއްޔަށްހިފި ފަރާތުން
(އަޙްމަދު ލަބީބު) ބޭނުންވެއްޖެ ހިނދެއްގައި ކުއްޔަށް ދިން ފަރާތުން (އަޙްމަދު ތައުފީޤު) އެކަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ވެJ
9
2{{39}HC-A/134
ޤަޟިއްޔާ ނިމުނު ގޮތުގެ
ބޭނުނެވެއޖ
ކޮށްދޭންވާނެކަމަށް އެއްބަސްވުމުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިމާއްދާގައިވާ ގޮތުގެމަތިން
ކުއްޔަށްހިފި ތަން ރަހުނުކުރުމަށް އަޙްމަދު ތައުފީޤުގެ ފަރާތުން ބޭނުންވާ ހުއްދަ ހޯދުމަށް އަޙްމަދު ލަބީބު
މަސައްކަތް ކޮށްފައިވާކަން، 1 އެޕްރީލް 2007 ގެ ތާރީޚުގައި އަޙްމަދު ތައުފީޤަށް އެޑްރެސްކޮށް އަޙްމަދު
ލަބީބު ފޮނުވާފައިވާ ސިޓީންނާއި، ދަށު ކޯޓުގައި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އަޙްމަދު ލަބީބު ދީފައިވާ ބަޔާންތަކުން އެނގެން އޮންނަކަމާއި،
ސްވެދެންނެވުނު އެއްބަސްވުމަށް ބަލާއިރު، އިސްވެދެންނެވިފައިވާ ފަދައިން،
އެއެއްބަސްވުމުގެ ދަށުން ކުރަންޖެހޭ އެންމެހާ މަސައްކަތަކީ ކުއްޔަށް ހިފާ ފަރާތް (އަޙްމަދު ލަބީބު) ގެ
އަމިއްލަ ޚަރަދުގައި ކުރުމަށް އެއްބަސްވެފައިވާ މަސައްކަތްކަން އެނގޭކަމާއި، އެއެއްބަސްވުމުގެ 7 ވަނަ
މާއްދާގައި އެއްބަސްވުން އަގުދުކުރުމަށްފަހު، ކުއްޔަށްހިފި ތަން ރަހުނުކުރަން ކުއްޔަށްހިފި ފަރާތުން
(އަޙްމަދު ލަބީބު)
ހިނދެއްގައި ކުއްޔަށް ދިން ފަރާތުން (އަޙްމަދު ތައުފީޤު) އެކަން
ކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެމާއްދާގެ ދަށުން ކުރެވޭ ރަހުނަށް ޒިންމާވާނެ ފަރާތަކާއި،
އެ ރަހުނާ ގުޅިގެން ބޭންކަށް ފައިސާ ދައްކާނެ ފަރާތަކާއި، ފާއިސާ ދައްކާނެ ގޮތަކާއި، އެފައިސާއިން
ކުރެވޭނެ ބޭނުމަކީ ކޮބައިކަންފަދަ ރަހުނާ ބެހޭ އެއްވެސް ތަފްސީލެއް އެއްބަސްވުމުގައި ބަޔާންކޮށްފައި
ނުވާކަމާއި، އާންމުގޮތެއްގައި ދޭދޭފަރާތްތަކުގެ މެދުގައި ކުރެވޭ މިފަދަ އެއްބަސްވުންތަކުގައި ރަހުނާބެހޭ
މިފަދަ މާއްދާތައް ހިމެނުމުގެ ބޭނުމަކީ، ޢިމާރާތްކުރުމަށް ކުއްޔަށް ހިފާ ތަން ބޭންކެއްގައި
ރަހުނުކުރުމަށްފަހު، ޢިމާރާތްކުރުމަށް ބޭނުންވާ ފައިސާގެ ބައެއް ނަމަވެސް ބޭންކުން ލޯނެއްގެ ގޮތުގައި
ހޯދުންކަމަށްވީނަމަވެސް، އެފަދަ އެއްބަސްވުންތަކުގައި ރަހުނުކުރުމާއި، ރަހުނާ ގުޅިގެން ބޭންކަށް
ދައްކަންޖެހޭ ފައިސާއަށް ޒިންމާވާނެ ފަރާތަކާއި، ރަހުނު ބެހެއްޖު ބޭންކުން ލޯނުގެ ގޮތުގައި
ނަގާނެ ފައިސާގެ ޢަދަދާއި، އެފައިސާއިން ކުރާނެ ކަންކަންފަދަ ތަފްސީލުތައް ހިމަނާފައި ހުންނަކަމާއި،
އިސްވެދެންނެވުނު އެއްބަސްވުމަށް ބަލާއިރު މިފަދަ އެއްވެސް ތަފްސީލެއް ހިމެނިފައި ނެތުމުން،
ރަހުނުކޮށްގެން ނަގާފައިސާއަކީ ކޮންފަރާތަކުން ޒިންމާވާގޮތަށް، ކޮންކަމަކަށް ނެގުމަށް އެއްބަސްވެފައިވާ
ފައިސާއެއްކަން އެނގެން ނެތްކަމާއި، ބިމެއް ރަހުނުކުރު މަށްފަހު ބޭންކުން ނަގާ ލޯނެއްވާނީ އެބިމުގެ
ވެރިފަރާތުގެ ނުވަތަ އެބިމެއް އެމީހެއްގެ މައްޗަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްގެ އެއްޗަކަށް ކަމަށް
ބަލަންޖެހޭކަމާއި، އެހެންކަމުން އެފައިސާއިން ކުރާ މަސައްކަތަކީ ކުއްޔަށް ހިފާފަރާތުގެ އަމިއްލަ
ޚަރަދުގައި ކުރާ މަސައްކަތެއްކަމަށް ނުބެލެވޭނެކަމާއި،
އެހެންކަމުން، މެންގޯހައުސް ނަމަކަށްކިޔާ 417 އަކަފޫޓުގެ ބަންޑާރަ ގޯތީގައި،
ބ. އޭދަފުށި(ޕޭންޓްލޭންޑް އަޙްމަދު ލަބީބުގެ އަމިއްލަ ތަކެތީގައި 5 (ފަހެއް) ބުރީގެ ޢިމާރާތެއްގެ
4
44
3 ތތ 22
ބެހެއްޓުމަށްފަހު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471+1
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
.ކަތަ4ކންކަ65*
2{{39/HC-A/134
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފައުންޑޭޝަން އަޅައި، އަދި 5 (ފަހެއް) ބުރީގެ ޢިމާރާތެއްކުރުމަށްޓަކައި، 28 މެއި 2007 ގައި،
އަޙްމަދު ތައުފީޤުއާއި އަޙްމަދު ލަބީބުގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގައިވާ
ގޮތުގެމަތިން، ކުއްޔަށްހިފި ތަން ރަހުނުކުރުމުގެ ހުއްދަ އަޙްމަދު ލަބީބަށް ނުލިބުމަކީ،
.ބަސްވުމުގައިވާ ގޮތުގެމަތިން ކުރުމަށް އަޙްމަދު ލަބީބު އެއްބަސްވެފައިވާ މަސައްކަތް ނުކޮށް
c 22 0322
ދޫކޮށްލިވާން
"/
(ނ) ހަތަރުވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، އަޙްމަދު ތައުފީޤު އާއި
އަޙްމަދު ލަބީބުގެ ދެމެދުގައި ކުރެވިފައިވާ، މެންގޯހައުސް ނަމަކަށްކިޔާ 417 އަކަފޫޓުގެ ބަންޑާރަ
ގޯތީގައި ޢިމާރާތެއް ހެދުމަށާއި ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، 28 މެއި 2007
ގައި އެދޭފަރާތުގެ ދެމެދުގައި ސޮއިކުރެވިފައިވާ ދެވަނަ އެއްބަސްވުމުގެ ދަށުން އަޙްމަދު ލަބީބުގެ އަތުން
އަޙްމަދު ތައުފީޤު -/20,000 (ވިހިހާސް) ރުފިޔާގެ ލޯނެއް ނެގުމަށް
ގުމަށްފަހު، އިމާރާތުގެ މަސައްކަތް ނިންމަން
އެއްބަސްވެފައިވާ ތާރީޚަށް އިމާރާތުގެ 4 (ހަތަރެއް) ވަނަ ބުރިއާއި 5 (ފަހެއް) ވަނަ ބުރީގެ މަސައްކަތް
ނުނިމުނު ކަމުގައިވީނަމަވެސް އަޙްމަދު ތައުފީޤުގެ އިޢުތިރާޒެއް ނެތްކަމަށް އަޙްމަދު ތައުފީޤު
ބުނެފައިވާކަމާއި، އެހެންކަމުން، ހ. މެންގޯހައުސް ނަމަކަށްކިޔާ 417 އަކަފޫޓުގެ ބަންޑާރަ ގޯތީގައި
ޢިމާރާތެއް ހެދުމަށާއި ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ހިމެނޭ ޢިމާރާތުގެ މަސައްކަތް
ނިންމުމަށް ދެފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ މުއްދަތަށް އަޙްމަދު ތައުފީޤު ލުޔެއް ދީފައިވާކަން
އެނގޭކަމާއި، އެހެންނަމަވެސް އެއީ ކިހާ މުއްދަތަކަށް ދެވުނު ލުޔެއްކަން އެއެއްބަސްވުމުންވެސް އަދި
މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ އެހެން ލިޔެކިޔުމަކުންވެސް އެނގެން ނެތްކަމާއި،
ނަމަވެސް މިއެއްބަސްވުމުގެ ދަށުން އަޙްމަދު ތައުފީޤު ނަގާފައިވާ -/20,000
(ވިހިހާސް) ރުފިޔާގެ ލޯނު އަނބުރާ ދެއްކުމަށް ދެފަރާތުން އެއްބަސްވާގޮތަކީ މިމައްސަލައިގައި ހިމެނޭ
ޢިމާރާތުގެ 4 (ހަތަރެއް) ވަނަ ބުރިއާއި 5 (ފަހެއް) ވަނަ ބުރިއަށް އަޙްމަދު ލަބީބަށް ލިބޭ ކުލިން ޖުމްލަ
4 (ހަތަރެއް) މަސްދުވަސް ތެރޭގައި އަނބުރާ ދައްކާގޮތަށްކަން އެއެއްބަސްވުމަށް ބެލުމުން އެންގެން
އޮންނަކަމާއި، އެހެންކަމުން އެއެއްބަސްވުމުގެދަށުން ދެވިފައިވާ ލުޔަކީ ވަކިމުއްދަތެއް ނެތްގޮތަށް ދެވިފައިވާ
ލުޔެއް ނޫންކަން އެނގޭކަމާއި، އެލުއީގެ ދަށުން މަސައްކަތުގެ މުއްދަތަށް އިތުރުކުރެވެންވާނީ އެކަށީގެންވާ
މުއްދަތަކަށްކަމާއި، އަދި އެމުއްދަތުގެ ތެރޭގައި އެއްބަސްވުމާ ޢިމާރާތްކޮށް ނިންމުމަށްފަހު،
ޢިމާރާތުގެ 4 (ހަތަރެއް) ވަނަ ބުރިއާއި 5 (ފަހެއް) ވަނަ ބުރި ކުއްޔަށްދޭ ފަރާތާ (އަޙްމަދު ތަޢުފީޤުއާ)
އަޙްމަދު ލަބީބު ޙަވާލުކުރަން ޖެހޭނެކަމެވެ.
04 ލ0
پر ہی گرمی
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{39}HC-A/134
11 ޤަޟިއްޔާ ނިމުނު ގޮތު
ބ) ފަސްވަނަ ކަމަކީ، މެންގޯހައުސްގައި ޢިމާރާތެއްކުރުމާއި، އެއިމާރާތުން ބައެއް
ދިގުމުއްދަތަށް ކުއްޔަށް ދިނުމާބެހޭގޮތުން އަޙްމަދު ތައުފީޤުއާއި އަޙްމަދު ލަބީބުއާ ދެމެދު ކުރެވިފައިވާ
އިސްވެ ދެންނެވުނު އެއްބަސްވުންތަކާ އެއްގޮތަށް އަޙްމަދު ލަބީބު ޢަމަލުކުރަމުން ނުދާކަމަށްބުނެ އަޙްމަދު
ތައުފީޤު މަދަނީކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެފަރާތުން ބޭނުންވަނީ، އެއްބަސްވުމާ އަޙްމަދު
ލަބީބު ޚިލާފުވެފައިވާތީ، އެއެއްބަސްވުން ބާޠިލުކުރުމަށާއި، ހ. މެންގޯހައުސްގައި ދިރިއުޅެމުންދާ އަޙްމަދު
ލަބީބުއާއި، އޭނާގެ ފަރާތުން އެގޭގައި ތިބިނަމަ ތިބިހާބަޔަކު ނެރެ ތަންހުސްކޮށްދިނުމަށާއި، އަޙްމަދު
ތައުފީޤަށް ލިބެމުންދާ ގެއްލުމަށް ބަދަލު އަޙްމަދު ލަބީބުގެ އަތުން އެކީ އެއްފަހަރާ ލިބިގަތުމަށްކަމަށް
ވީނަމަވެސް، މިމުއާމަލާތަކީ އެކަމުގެ ސަބަބުން ދިގުމުއްދަތަކަށް މާލީ މަންފާތަކެއް ކުރާނެކަމަށް ބަލައި،
އެކަމުގެ މައްޗަށް ބަރޯސާވެހުރެ އަޙްމަދު ލަބީބު ކޮށްފައިވާ މުޢާމަލާތަކަށްވުމާއި، މިމުޢާލަމާތާ ގުޅިގެން
އަޙްމަދު ލަބީބުގެ އަތުން ޚަރަދުތަކެއް ހިނގާފައިވުމާއެކު، އެއްބަސްވުންތަކުގެ ދަށުން އަޙްމަދު ލަބީބުއަށް
ލިބިދީފައިވާ ޙައްޤުތައް އެއްކޮށް ގެއްލިގެންދާގޮތަށް އެއްބަސްވުން ބާޠިލުކޮށް، މެންގޯހައުސްގައި
އަޙްމަދު ލަބީބުއާއި، އޭނާގެ ފަރާތުން ތިބިނަމަ ތިބިހާބަޔަކު ނެރެ ތަންހުސްކުރުމަށް އަޙްމަދު ލަބީބުއަށް
އެންގުމަކީ އެންމެ ޢަދުލުވެރިގޮތް ނޫންކަމާއި،
އަދި، ހަމައެހެންމެ، އިސްވެދެންނެވުނު މުޢާމަލާތާގުޅިގެން އަޙްމަދު ތައުފީޤުގެ
ފަރާތުން ދަށުކޯޓަށް ހުށަހެޅުނު މައްސަލައިގައި، އެއްބަސްވުމުގެ 07 ވަނަ މާއްދާގައިވާގޮތަށް ކުއްޔަށް
ހިފާފައިވާ ތަން ރަހުނުކޮށްދީފައިނުވާކަމަށާއި، ހ. މެންގޯހައުސްގައި 05 (ފަހެއް) ބުރީގެ ޢިމާރާތެއް
ހެދުމަށް އަޙުމަދު ލަބީބު އާއި އަޙްމަދު ތައުފީޤާއި ދެމެދު ވެވުނު އެއްބަސްވުމަށް އަޙްމަދު ތައުފީޤު
ލުޔެއްދީފައިވާކަން އަޙުމަދު ތަޢުފީޤުގެ ބަހުން ޝަރީޢަތަށް ސާބިތުވާތީ މިއެއްބަސްވުމަކީ ބާޠިލުކުރަންޖެހޭ
ނޫންކަމަށް ކަނޑައަޅައި، އެހިސާބުން މައްސަލަ ނިންމާލުމަކީ، އަޙްމަދު ތައުފީޤުގެ
ޙައްޤުތަކެއް ގެއްލިގެންދާނެ ކަމެއްކަމާއި، އެހެންކަމުން، މިމައްސަލައިގައި އަޙްމަދު ތައުފީޤުގެ ފަރާތުން
އެދިފައިވާ ގޮތުގެމަތިން އެއްބަސްވުން ބާޠިލުކޮށް މެންގޯހައުސްގައި ދިރިއުޅެމުންދާ އަޙްމަދު
ލަބީބުއާއި، އޭނާގެ ފަރާތުން އެގޭގައި ތިބިނަމަ ތިބިހާބަޔަކު ނެރެ ތަންހުސްކޮށްދިނުމަށާއި، އަޙްމަދު
ތައުފީޤަށް ލިބެމުންދާ ގެއްލުމަށް ބަދަލު އަޙްމަދު ލަބީބުގެ އަތުން އެކީ އެއްފަހަރާ ލިބިގަތުމަށްކަމަށް
ވީނަމަވެސް އެކަން އެގޮތަށް ކުރެވެން ނެތަތީ، މިމައްސަލައިގައި ޝަރީޢަތުން ކަނޑައަޅާ، ދެފަރާތުގެ
ޙައްޤުތައްވެސް ހިމާޔަތްކުރެވޭފަދަ ޢަދުލުވެރި ޙައްލެއް ހޯދައިދިނުމަކީ ޝަރީޢަތަށް ކުރަންޖެހޭކަމެއްކަމަށް
24 ތ 2
0
އެއެއްބަސްވެއް
XO
ޤަބޫލުކުޚަ22
ޤާބޫލުކުރެވޭކަމެވެ.
ދިވެހިރާއް
ހައިކޯޓް
، ދިވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{{09HC-A/134
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، މަދަނީ ކޯޓުގެ ނަންބަރު
2008/MC/536 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލު ގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މަދަނީ ކޯޓުގެ ނަންބަރު 2008/MC/536 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަކީ، ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، މަދަނީ ކޯޓުގެ
ނަންބަރު 2008/MC/536 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް،
މައްސަލަ އިސްތިއުނާފުކޮށްފައިވާ އަޙްމަދު ތައުފީޤުގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ، ބ. މެންގޯހައުސް ނަމަކަށްކިޔާ 417 އަކަފޫޓުގެ ބަންޑާރަ ގޯތީގައި،
އޭދަފުނިޕޭންޓެލޭންޑް އަޙްމަދު ލަބީބުގެ އަމިއްލަ ތަކެތީގައި 5 (ފަހެއް) ބުރީގެ ޢިމާރާތެއްގެ
ފައުންޑޭޝަން އަޅައި، އަދި 5 (ފަހެއް) ބުރީގެ ޢިމާރާތެއްކުރުމަށްޓަކައި، 28 މެއި 2007 ގައި،
އަޙްމަދު ތައުފީޤުއާއި އަޙްމަދު ލަބީބުގެ މެދުގައި ވެފައިވާ އެއްބަސްވުންތަކާ އެއްގޮތްވާގޮތުގެމަތިން،
މިއަދު، 27 ނޮވެމްބަރ 2011 އިން ފެށިގެން ގިނަވެގެން މީލާދީ 7 (ހަތެއް) މަސްދުވަހުގެތެރޭގައި،
މެންގޯހައުސްގައި ހަދަން ފަށާފައިވާ އިމާރާތުގެ 4 (ހަތަރެއް) ވަނަ ބުރި އާއި 5 (ފަހެއް) ވަނަ ބުރި
ފުރިހަމަ (ކޮމްޕްލީޓް) ކުރުމަށްފަހު،
މެންގޯހައުސް އަޙްމަދު
ތައުފީޤުއާ ޙަވާލުކުރުމަށް އަޙްމަދު
ލަބީ އަށް އަންގައި އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މީޤްޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv