ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/109 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/109
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 109/HC
-
A/2009
• އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
• އިސްތިއުނާފް ރައްދުވި ފަރާތް:
ނަން: ފާޠިމަތު މިލްމާ
ކާޑު ނަންބަރ:
ދާއިމީ އެޑްރެސް: ހާމީމުގެ/ ކ. ގުރައިދޫ
މިހާރުގެ އެޑްރެސް: މއ. ސެވަން އެންޑް ހައުސް
އައިޑީ
:
ހުށަހެޅުނު ތާރީޚް: 27 އޭޕްރީލް 2009
ނިމުނު ތާރީޚް: 30 ނޮވެމްބަރު 2011
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/JC/1136
• ނިންމެވިކޯޓް: ޖިނާއީކޯޓް
• ޤަޟިއްޔާގެ ބާވަތް: އަމުރަށް ނުކިޔަމަންތެރިވުން
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު އަޙްމަދު ޝަރީފު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/109
ޚުލާޞާ؟
މިއީ، ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1136 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ދައުލަތު (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގެ ފަރާތުން
އެޤްޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤާޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ފާޠިމަތު މިލްމާ، ހާމީމުގެ/ ކ. ގުރައިދޫއެވެ.
o ec
ފާހަގަކުރެވުނު ނުކުތާތައް:
01- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1136 ޤަޟިއްޔާ އަކީ، 02 ޖޫން 2008 ގެ 18:05
އެހައިކަންހާއިރު، ފާޠިމަތު މިލްމާގެ މައްޗަށް ތުހުމަތު ކުރެވުނު މަސްތުވާ ތަކެތީގެ މައްސަލައަކާއި ގުޅިގެން
ފާޠިމަތު މިލްމާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އަތޮޅުވެއްސަށް ޙާޟިރުކުރުމަށްފަހު ކުޑަކަމުދާތަކެތި ދޭން
އެންގުމުން، ކުޑަކަމުދާތަކެތި ދޭން އިންކާރުކޮށް ކުޑަކަމުދާ ތަކެތި ދީފައިނުވާކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ
88 ވަނަ މާއްދާގެ (ހ) ގެ ދަށުން ފާޠިމަތު މިލްމާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ
ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ކ. ގުރައިދޫ ހާމީމުގެ ފާތިމަތު މިލްމާގެ މައްޗަށް ދައުލަތުން
ކުޅަ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ މިދަޢުވާ ޝަރީޢަތުން ބެލި ބެލުމުން ކުޑަކަމުދާ ތަކެތި ދިނުމަށް
ކޮށްފައިވާ ޝަރުޢީ އަދި ޤާނޫނީ ޞަރީޙަ އަމުރަކީ ކޮބައިކަން ދަޢުވާ ކުރާފަރާތުން ޝަރީޢަތަށް
ސާބިތުކޮށްދެވިފައި ނުވާކަމަށް ވިދާޅުވެ، ފާޠިމަތު މިލްމާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް
ޝަރީޢަތަށް ސާބިތު ނުވާކަމަށް ކަނޑައަޅުއްވާފައިކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން
23 22 20
ދަޢުވާކުރެވެން ބޮއެލިޅޭ
އެނގެން އޮވެއެވެ.
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1136 ޤަޟިއްޔާގައި
ޙުކުމް ކުރެއްވުމުން، އެޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
ކުށްބަ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/109
ދި
4 2 2 4
ރިވާ"
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 03 (ތިން) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާއި ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
03- ޖިނާއީ ކޯޓުގެ ނަންބަރު 2008/JC/1136 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި
އެޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމަށް
ހުށަހަޅާފައިވާ ނުކުތާތަކަށާއި، މައްސަލައާއި ގުޅިގެން ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ދައްކާފައިވާ ވާހަކަ ތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި
ފާހަގަކުގެ
(ހ) ޤާނޫނީ އުސޫލުތަކަށްބަލާއިރު، އަލަށް ތަޞްދީޤުކުރެވޭ ޤާނޫނަކީ އަލަށް އެކުލަވާލެވުނު
ޤާނޫނަކަށްވިޔަސް ނުވަތަ އިސްލާޙްކުރެވުނު ޤާނޫނަކަށްވިޔަސް އެޤާނޫނުގެ ޙުކުމެއް ނުވަތަ އުޞޫލެއްވިޔަސް،
ވޭތުވެދިޔަ ޒަމާނުގެ މައްޗަށް ނުވަތަ ވޭތުވެދިޔަ ޙާދިސާގެ މައްޗަށް ނުހިންގުމަކީ އެއާއިމެދު ޚިލާފެއް ނެތް
ޤާނޫނީ އުޞޫލެއްކަން އެނގޭކަމަށާއި، އިސްތިސްނާ ގޮތެއްގައިވެސް ވޭތުވެދިޔަ ކަމަކަށް ނުވަތަ ވޭތުވެދިޔަ
ޒަމާންތަކުގެ ތެރެއަށް އަލަށް ހިންގަންފެށި ޤާނޫނެއްގެ ޙުކުމް ނުވަތަ އުޞޫލެއްވިޔަސް ހިންގޭނީ އަލަށް ފާސްވި
ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާނަމަ، ނުވަތަ އެހެން ޤާނޫނަކުންވިޔަސް އެފަދަ
އިސްތިސްނާއަކަށް ތަންދޭނަމަކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-C/2008 ޤަޟިއްޔާގައި
ހަގަކުރައްވާފައިވާކަން އެނގެންއޮތް އިރު، މި ދަޢުވާގައިވާ މިޙާދިސާ ހިނގާފައިވަނީ 25 ޑިސެމްބަރ 2007
ދުވަހު ކަމާއި، ޤާނޫނު ނަންބަރު 5/2008 (ފުލުހުންގެ ޤާނޫނު) ތަޞްދީޤުކުރެވި ޢަމަލުކުރަން ފެށުމުގެ
ކުރިންވެސް، ތަޙްޤީޤުގެ ބޭނުމަށްޓަކައި ހެކި ހޯދުމާއި ހެކި ރައްކާތެރިކުރުމަކީ ފުލުހުންނަށް ލިބިފައިއޮތް
ބާރެއްކަން އެނގޭކަމާއި، މި ޙާދިސާ ހިނގިއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނު އަސާސީއާއި ޢަމަލުކުރަމުން ދިޔަ
އުސޫލުތަކުގެ މައްޗަށް ބަލާއިރު، ފުލުހުން ކުރާ މިފަދަ އަމުރަކަށް ތަބާނުވުމަކީ ޤާނޫނުލް ޢުޤޫބާތުގެ 88 ވަނަ
މާއްދާގައިވާ ފަދަ އަމުރަށް ނުކިޔަމަންތެރިވުމެއް ކަމުގައި ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބަލަމުން
ގޮސްފައިވާކަން އެނގެން އޮވެއެވެ.
(ނ) ފާޠިމަތު މިލްމާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ފަރާތުން ދަށުކޯޓުގައި
(ޖިނާއީކޯޓު) ދަޢުވާކޮށްފައިވަނީ ތަޙްޤީޤުކުރާ ފަރާތްތަކުން، ތަޙްޤީޤުކުރުމުގެ ބޭނުމުގައި ފާޠިމަތު މިލްމާގެ
އެގޮތަށް
0 /
<< O
އެކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު'
ފިމުނު ގޮތުގެ ޚުލާޞާ
2009/HC-A/109
<< o
ޔޫރިން ދިނުމަށް އެންގުމުން
ފުގުމުން ފާޠިމަތު މިލްމާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށްބުނެ، ޤާނޫނުލް ޢުޤޫބާތުގެ 88
ގެ (ހ) ގެ ދަށުން ފާތިމަތު މިލްމާ އަމުރަށް ނުކިޔަމަންތެރިވީ ކަމުގައި ބަލައިގެންކަން އެނގެން އޮންނަކަމާއި،
މުންކަރާތަކަށް ނުވަތަ ނުބައިކަމަކަށް ނުވާ ކޮންމެ ކަމެއްގައި ތަޙުޤީޤުކުރާ ފަރާތަށް އެއްބާރުލުންދީ އެފަރާތުގެ
ވާޖިބު އަދާކުރުމަށް އެހީތެރިވެދިނުމާއި ވެރިންގެ އަމުރަށް ކިޔަމަންގަތުމަކީ އަދާކުރަންޖެހޭ ޒިންމާއެއްކަމާއި،
ހެކިނުފޮރުވުމަށާއި އަމިއްލަ ނަފުސާ ދެކޮޅަށް ކަމުގައި ވިޔަސް ހެކިބަސް ދިނުމަށާއި، ހެކިބަހުގައި ތެދުވެރިވުމަށް
ދީނުގައި އަންގަވާ އަމުރުކުރައްވާފައިވާކަން ޝަރުޢީ ދަލީލުތަކުން އެނގެން އޮންނަކަމާއި، ޝަރުޢީ ނުވަތަ
ޤާނޫނީ ގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއްކަން ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގައި
ކަނޑައަޅާފައިވާއިރު، ޝަރުޢީގޮތުންކުރާ އަމުރަށް ނުކިޔަމަންތެރިވުމަކީ ކުށެއް ކަމުގައި މިހާތަނަށް
ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން ބެލެވި އަދަބު ދެވިފައިވާކަމާއި، އަދި މި ބާވަތުގެ މައްސަލަތަކުގައި
ޑިތަކުން ޢަމަލުކުރަންޖެހޭނެ އުޞޫލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާގައި
ކަނޑައަޅާފައި އޮތް އޮތުމުގެ މައްޗަށް ރިޢާޔަތްކުރުމުން ތަޙްޤީޤަށް ބޭނުންވާ ކުޑަކަމުދާ ތަކެތި ޤަސްދުގައި
ނުދިނުމަކީ ޝަރުޢީގޮތުން ކޮށްފައިވާ އަމުރަކަށް ނުކިޔަމަންތެރިވުން ކަމަށް ބެލެވެނޭކަން އެނގެއެވެ.
(ނ) މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހަކު މަސްތުވާތަކެތި
ބޭނުންކޮށްފައިވާކަން ނުވަތަ ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ މަސްތުވާ އެއްޗެއްކަން ސާބިތުކުރުމަށްޓަކައި،
އެކަމުގެ ތަޢުލީމީ ފާހާއި ތަޖުރިބާ ލިބިފައިވާ މީހަކު ޝަރީޢަތުގެ މަޖިލީހުގައި ދޭ ހެކިބަހަކީ ކުށް
ސާބިތުކުރުމަށްޓަކައި ލިބޭ ހަރުދަނާ ޤަރީނާއެއްކަމަށް ޤާނޫނު ނަންބަރު 17/77 (މަސްތުވާތަކެއްޗާއި ބެހޭ
ޤާނޫނު) ގެ 18 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައި އޮތްއިރު، މަސްތުވާތަކެތީގެ މައްސަލަތައް
ސާބިތުކުރުމަށްޓަކައި ކުޑަކަމުދާ ތަކެތީގެ ތަޙުލީލް ރިޕޯޓަކީ މުހިއްމު އެއްޗެއްކަމުގައި ބެލެވޭކަމާއި، މިފަދަ
ރިޕޯޓެއް ހެދުމާއި ނުހެދުން ބިނާވެގެން ވަނީ ތުހުމަތު ކުރެވޭ މީހާދޭ ކުޑަކަމުދާ ތަކެތީގެ މައްޗަށް ބުރަވެ
ހުރެކަން އެނގެން އޮތްއިރު، ތަޙްޤީޤުގެ ބޭނުމަށްޓަކައި ކުޑަކަމުދާ ތަކެތި ދިނުމަށް އެންގުމުން، ކުޑަކަމުދާ
ތަކެތި ނުދިނުމަކީ ތުހުމަތުކުރެވޭ މީހާގެ އިޚްތިޔާރުގައި އޮތްކަމެއްކަމުގައިވަނީނަމަ، އެކަމަކީ ތަޙްޤީޤަކަށް
ބޭނުންވާ އެފަދަ އެންމެހައި ކަންތައްތައް ފުރިހަމަ ނުކުރެވި، ތުހުމަތު ކުރެވޭ ފަރާތްތަކާމެދު އެކަށީގެންވާ
ގޮތެއްގައި ތަޙްޤީޤު ނުކުރެވި، އިންޞާފުގެ ދޮރާއި ހަމައަށް އެމީހުން ނުގެނެވި، އޭގެ ސަބަބުން މުޖްތަމަޢު
Oxo
047
24
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/109
Pec
ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެން ހިގައިދާނެ ކަމެއްކަމަށްވެފައި، ފަރުދެއްގެ މަޞްލަޙަތަށްވުރެ މުޖުތަމަޢުގެ
މަޞްލަޙަތު އިސްވެފައި، ޙިމާޔަތްކުރުން އައުލާކަން ބޮޑުވާއިރު، މުޖުތަމަޢުގެ ސަލާމަތާއި، ހަމަޖެހުމާއި
ރައްކާތެރިކަމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަކީ ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް
ޤާނޫނީ އަދި ޝަރުޢީ ހަމަތަކުން ލާޒިމުވާ ކަމެއްކަން އެނގެއެވެ.
(ރ) ތަޙްޤީޤުކުރުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން ކުރާ ޤާނޫނީ އަމުރުތަކަށް ނުކިޔަމަންތެރިވެގެން
ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ ދަށުން ހުށަހެޅޭ މައްސަލަތަކުގައި، ޝަރުޢީ ނުވަތަ ޤާނޫނީ އަމުރަކަށް
ނުކިޔަމަންތެރިވެފައިވޭތޯ ބެލުމުގައި، އެ އަމުރެއް ކޮށްފައިވާ ޙާލަތަށާއި، އެ އަމުރަކަށް އިޖާބަދިނުމަށް
ދަޢުވާރައްދުވާ ފަރާތުން އެއްވެސް މިންވަރަކަށް މަސައްކަތް ކޮށްފައިވޭތޯއާއި، ދަޢުވާރައްދުވާ ފަރާތުން އެ
އަމުރަށް ޢަމަލުކޮށްފައިވަނީ ގަސްތުގައި އެ އަމުރަކަށް ނުކިޔަމަންތެރިވުމުގެ މަޤްޞަދުގައިތޯ ނުވަތަ
އިންކާރުކުރީ އެވަގުތުގެ ޙާލަތު ހުރިގޮތުން އެވަގުތު އެ އަމުރާއެއްގޮތަށް ޢަމަލުކުރެވެން ނެތިގެންތޯއާއި، އެ
އަމުރަކާ އެއްގޮތަށް ޢަމަލުކުރުމަށް އިންކާރުކުރުމުން އެ އަމުރު އެއްވެސް ވަރަކަށް ތަކުރާރުކޮށްފައިވޭތޯއާއި، އެ
އަމުރަކާ އެއްގޮތަށް ޢަމަލުކުރުމަށް އިންކާރުކުރުމުން އެ އަމުރެއްކުރި ފަރާތުން އަޅާފައިވަނީ ކޮން ފިޔަވަޅެއްތޯ
ބަލާ އެކަން ކަމަށް ރިޢާޔަތްކުރަން ޖެހޭނެކަމަށް ހައިކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުން
3
4 2 2 4
ދިކެއެވެ"
ބި) މިމައްސަލައިގެ ޙުކުމް ކުރުމަށްޓަކައި 2011 ނޮވެމްބަރު 27 ވަނަ ދުވަހުގެ 14:00 އަށް
ފާޠިމަތު މިލްމާ ޙާޒިރުކޮށްދިނުމަށް ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން
ސަރވިސްއަށް އެންގުމުން އެދުވަހުގެ އެގަޑިއަށް ފާޠިމަތު މިލްމާ ހައިކޯޓަށް ޙާޒިރުކޮށްދެވިފައިނުވާތީ އާއި،
މިމައްސަލައިގެ ޙުކުމް ކުރުމަށްޓަކައި ދެވަނަ ފަހަރަށް 2011 ނޮވެމްބަރު 30 ވަނަ ދުވަހުގެ 14:30 އަށް
ފާޠިމަތު މިލްމާ ޙާޒިރުކޮށްދިނުމަށް ޑިޕާރޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން
ސަރވިސަސްއަށް
ޙާޒިރުކޮށްދެވިފައިނުވާތީ އާއި، މިޤަޟިއްޔާގެ ހުރިހާ
އިސްތިއުނާފު ރައްދުވާފަރާތް ކަމުގައި ފާޠިމަތު މިލްމާގެ ޙާޒިރުގައި ހިންގިފައިވާއިރު، މިޤަޟިއްޔާގެ ޙުކުމުގެ
ދަށުން ފާތިމަތު މިލްމާ އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް ނެތުމާއެކު، މިޤަޟިއްޔާގައި ޙުކުމް ކުރެވިފައިވަނީ
އެފަރާތުގެ ޣައިރު ޙާޒިރުގައެވެ.
4 22
22
22
2 ބ
އެންގެމުންވެސް
އަޑު އަހ12
2 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.fnighcourt.gov.mv
ޤަޟިއްޔާ
ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/109
ވީމާ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، ފާޠިމަތު މިލްމާގެ މައްޗަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރި ދަޢުވާގައި ފާޠިމަތު މިލްމާއަށް ނިސްބަތްކުރި ޢަމަލު
ތަޖްރީމް ކުރާ ޝަރުޢީ އަދި ޤާނޫނީ ނައްޞު ދައުލަތަށް ދެއްކިފައި ނުވާކަމަށް ވިދާޅުވެ ޖިނާއީކޯޓުގެ ނަންބަރު
2008/JC/1136 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި އެއްގޮތް
ޙުކުމެއްކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެނު ހިނދު، ހައިކޯޓުގެ މިޤަޟިއްޔާގައިވެސް ޢަމަލު
ކުރަންޖެހޭނީ މީގެ ކުރީން ހައިކޯޓުން ނިންމާފައިވާ މިބާވަތުގެ އެހެން ޤަޟިއްޔާތަކުގައި ހައިކޯޓުން
ޢަމަލުކުރުމަށް ނިންމާފައިވާ އުޞޫލާއި އެއްގޮތަށް ކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ހުރިހާ ފަނޑިޔާރުން
އެއްބަސްވެއެވެ.
ޙުކުމް:
ޓ
02 92
އަމުރަށް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު، ޖިނާއީކޯޓުގެ ނަންބަރު
2008/JC/1136 ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ގުރައިދޫ ހާމީމުގެ
ފާޠިމަތު މިލްމާގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮށްފައިވާ
ނުކިޔަމަންތެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ޙުކުމް ކުރައްވާފައިވަނީ، ޝަރުޢީ އަދި
ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް
އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، ޖިނާއީކޯޓުގެ ނަންބަރު
2008/JC/1136 ޤަޟިއްޔާގައި ހުށަހެޅުނު ދަޢުވާ، ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަށުކޯޓަށް އަލުން
ހުށަހަޅައިފިނަމަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 310/HC
-
A/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވާ
އުޞޫލުތަކާއި ކަންތައްތަކަށް ރިޢާޔަތްކޮށް އެދަޢުވާގެ މައުޟޫޢާމެދު ގޮތެއް ކަނޑައެޅުމަށް އަންގާ ފާތިމަތު
މިލްމާގެ ޣައިރު ޙާޒިރުގައި ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv