ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/354 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/354
ان تمام
ދިވެހިރާއްޖޭގެ ހައިކޯޓް
ޏ
ދިވެހިރާއްޖެ.
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެޑްރެސް: ޏ.
*
O
• ޤަޟިއްޔާ ނަންބަރ.354/HC
-
A/2009
ދަޢުވާކުރާ ފަރާތް:
• ނަން: ޢާއިޝަތު ސުހާނާ
ފުވައްމުލަކު ފެންކުރި
އައި.ޑީ.ކާޑް ނަންބަރ: A101278 މިހާރުގެ އެޑްރެސް: މ. އަސަލު
ވަކީލު: ޝަހީމް އަޙްމަދު ހ. ހެޕީނައިޓް (ދރކީ ނަންބަރު: A077877)
ދަޢުވާލިބުނު ފަރާތް.
ޙުސައިން ޒަކީ
ދާއިމީ އެޑްރެސް: ލ. ގަން ރޯޝަންވިލާ
އައި.ޑީ.ކާޑް ނަންބަރ. A066245 * މިހާރުގެ އެޑްރެސް: ލ. ގަން ރޯޝަންވިލާ
އc.
14
1430
ނިމުނު ތާރީޚް: 10 ޖުމާދަލްއާޚިރާ 1431
• ހުށަހެޅުނު ތާރީޚް: 26 ޛުލްޙިއްޖާ
13 ޑިސެމްބަރ 2009
24 މެއި
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 1
/
2009-R1C/583
ނިންމެވި ފަރާތް: ޏ. ފުވައްމުލަކު ކޯޓް
ޤަޟިއްޔާގެ ބާވަތް: ޙަޟާނަތު
ހުށަހެޅުނު ތާރީޚް: 22 އޮކްޓޯބަރ 2009 ނިމުނު ތާރީޚް: 26 އޮކްޓޯބަރ 2009
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް WWW.highcourt.gov.mv
[email protected] ban
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/354
ދަޢުވާގެ ޚުލާޞާ
މިއީ ޏ. ފުވައްމުލަކު ކޯޓުގެ ނަންބަރު 1
/
2009-R1C/583 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ޏ. ފުވައްމުލަކު ފެންކުރި ޢާއިޝަތު ސުހާނާގެ ފަރާތުން ހުށަހެޅުމުން
ބެލިފައިވާ މައްސަލައެކެވެ.
ޢާއިޝަތު ސުހާނާކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކަކީ ލ. ގަން
ރޯޝަންވިލާ ޙުސައިން ޒަކީއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
ފުވައްމުލަކު ކޯޓުގެ ނަންބަރު 1
/
2009-R1C/483 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް ޢާއިޝަތު ސުހާނާގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން
ދެފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރުން ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވިފައިވެއެވެ.
(ހ) ޢާއިޝަތު ސުހާނާގެ ދަރިފުޅު ފާތުމަތު މާއީ ބެލެހެއްޓުމާއި އެދަރިފުޅުގެ މާމަ
ޙަވާލުވެފައިވަނީ ޢާއިޝަތު ސުހާނާގެ އެދުމުގެމަތިން ކަމާއި ޢާއިޝަތު ސުހާނަ އަދި ޢާއިޝަތު
ސުހާނާގެ މަންމަ ޤަމަރިއްޔާ މުޙައްމަދުގެ ކިބައިން ޙަޟާނަތުގެ ޙައްޤު ކެނޑިފައިވާ ކަމާއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް www.highhcourt.gov.mv
[email protected] in
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/354
ޙަޟާނަތުގެ ޙައްޤު ކެނޑިފައިވަނީ މިދެމީހުންވެސް ދަރިފުޅާއި ހިލޭ ދެމީހުނާއި ކައިވެނިކޮށްގެން
އުޅޭތީކަމާއި އެހެންކަމުން ދަރިފުޅުގެ ބައްޕައަށް ޙަޟާނަތުގެ ދަޢުވާ ކުރުމުގެ ފުރުޞަތު ލިބިފައި
އޮތުމުގެ ސަބަބުން އެއިން ކޮންމެ މީހަކު ދަރިފުޅު ގެންގުޅުން ކަމުގައި ވިޔަސް އެ ދަޢުވާ
ކުރެވިދާނެކަން އެނގެން އޮންނަކަން،
(ށ) ދަރިފުޅު ރަނގަޅަށް ބެލުމާއި ނުބެލުމުގެ މައްޗަށް ވާހަކަ ދެކެވިފައިވާއިރު އަދި
ދަރިފުޅާއި މީހަކު ބެހިފައިވާކަމުގެ ވާހަކަވެސް އޭގެ ތެރޭގައި ހިމެނިފައިވާއިރު އެކަންތަކަކީ
ޙަޟާނަތުގެ މައްސަލާގައި ޝަރުޢީގޮތުން ޙަޟާނަތު ޙައްޤު، ޢާއިޝަތު ސުހާނާ އަދި ޤަމަރިއްޔާ
މުޙައްމަދު (ދަރިފުޅުގެ މާމަ) ގެ ކިބައިން ކެނޑުމަށް މެދުވެރިވި ސަބަބު ކަމުގައި ނުވާކަމާއި
އެހެންކަމުން އެކަންކަން އިތުރަށް ސާފުކުރުމަކީ މި މައްސަލާގައި މުހިއްމުކަމެއްކަމުގައި ނުބެލެވޭކަން،
(ނ) ޢާއިޝަތު ސުހާނާގެ ދަރިފުޅުގެ ޙަޟާނަތު އެދަރިފުޅުގެ ބައްޕަ ޙުސައިން ޒަކީ އާއި
ފުވައްމުލަކު ކޯޓުން ޙަވާލުކުރުމަށް އެކޯޓުން ޙުކުމް ކޮށްފައިވާ ހިނދު އެދަރިފުޅު ބެލުމަށް ޙުސައިން
ޒަކީ ޙަވާލުކޮށްފައިވަނީ ޙުސައިން ޒަކީގެ ދައްތައާއި ކަމަށާއި އެދައްތަ ހުންނަނީ ހުޅުމާލޭގައިކަމަށާއި،
ޙުސައިން ޒަކީ ދިރިއުޅެނީ ލ. ގަމުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ޙުސައިން ޒަކީ ބުނެފައިވާ ވާހަކައަށް ބަލާއިރު މިނުކުތާއަކީ އިސްތިއުނާފު ކުރުމަށް ޢާއިޝަތު
ސުހާނާގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއެއްކަމާއި، މި ނުކުތާގެ ޒަރީއާއިން ޢާއިޝަތު ސުހާނާ
ދަޢުވާ ކުރަނީ ދަށުކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ މައްޗަށް ނޫންކަމާއި ޙަޟާނަތު ހޯދުމަށް އަލުން
މެދުވެރިވި ސަބަބެއް ބޭނުންކޮށްގެންކަމާއި އެހެންކަމުން ފުވައްމުލަކު ކޯޓުން ޢާއިޝަތު ސުހަނާގެ
ދަރިފުޅު ފާތުމަތު މާއީ އެދަރިފުޅުގެ ބައްޕަ ޙުސައިން ޒަކީ އާއި ބެލުމަށް ޙަވާލުކުރި އިރު އޮތް
ޙާލަތުގެ މައްޗަށް އެކޯޓުން ޙުކުމް ކުރެއްވުމުން އޭގެފަހުން އެޙާލަތު ބަދަލުވެގެން ގޮސްފިނަމަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
[email protected] ban
ވެބް ސައިޓް www.highhcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/354
*
ދަށުކޯޓުގައި ޙަޟާރަތާއި މެދު ދަޢުވާކުރުމަކީ ޢާއިޝަތު ސުހާނާއަށް އޮތް ޙައްޤެއްކަމާއި އެހެންކަމުން
ފުވައްމުލަކު ކޯޓުން ޙުކުމް ކުރެއްވިއިރު އޮތް ޙާލަތުގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ
ސައްޙަ ޙުކުމެއްކަމާއި
ކަމާއި، އެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް އޮތްކަމަށް މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލު ނުކުރެވޭކަން،
ޙުކުމް.
ވީމާ
ޏ. ފުވައްމުލަކު ކޯޓުގެ ނަންބަރު 1
/
2009-R1C/583 ޤަޟިއްޔާގައި ގަން
ރޯޝަންވިލް ޙުސައިން ޒަކީ އާއި ޏ. ފުވައްމުލަކު ފެންކުރި ޢާއިޝަތު ސުހާނާ އާއި ދެމީހުން
އިނދެގެން ލިބިފައިވާ ދަރިފުޅު ފާތިމަތު މާއީ ބަލަމުންދިޔަ އެކުއްޖާގެ މާމަ ފުވައްމުލަކު ފެންކުރި
ޤަމަރިއްޔާ މުޙައްމަދު އާއި ދަރިފުޅުގެ މަންމަ ޢާއިޝަތު ސުހާނާގެ ކިބައިން ޙަޟާނަތުގެ ޙައްޤު
ކެނޑިފައިވާތީ އެޙާލަތުގައި އެދަރިފުޅުގެ ބައްޕަ ޙުސައިން ޒަކީ އާއި އެދަރިފުޅު ޙަވާލުކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް www.highhcourt.gov.mv
[email protected] in
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2009/HC-A/354
ފުވައްމުލަކު ކޯޓުން ނިންމި ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ނިންމަވާފައިވާ
ނިންމުމެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ދަރިފުޅުގެ ޙަޟާނަތު ޙަވާލުކުރެވުނު ޙާލަތު ބަދަލުވެފައިވާނަމަ ޙަޝާނަތާއިމެދު އަލުން
ދަށުކޯޓުގައި ދަޢުވާކުރުމަކީ
ދަރިފުޅުގެ މަންމަ ނުވަތަ މާމައަށް އޮތް ޙައްޤެއްކަން އަންގާ ޙުކުމް
ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ނިޔާ ކަނޑައެޅީ
afi
| (/
އަޙްމަދު ޝަރީފް ޢަލީ
ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދު
އިސްފަނޑިޔާރު
އާދަމް މުޙައްމަދު ޢަބްދު
ފަނޑިޔާރު
ޢަޢިބާޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް
ވެބް ސައިޓް: WWW.jiighcourt.gov.mv
[email protected] in