ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/01 ޤަޟިއްޔާގެ ޙުކުމް
1
2{13/HC-A/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 01/HC
-
A/2013
• އިސްތިއުނާފު ކުރިފަރާތްތައް:
C-29212006
ނަންސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް
ނާގޫރުގެ / މާލެ
ވަކީލް: އަލްއުސްތާޛު ޢަބްދުﷲ އަޙްމަދު (A057643)
ރެޖިސްޓްރޭޝަން ނަންބަރު:
މިހާރުގެ އެޑްރެސް
އެސްޕީވިލާ / މާލެ
ގޯލްޑަންސްޓަރ / މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
ދާއިމީ އެޑްރެސް:
ވެލާނާގެ ބިލްޑިންގ | މާލެ
މިހާރުގެ އެޑްރެސް:
ވެލާނާގެ ބިލްޑިންގ/ މާލެ
* ރަޖިސްޓްރީކުރެވުނު ތާރީޚް: 06 ޖެނުއަރީ 2013 * ނިމުނު ތާރީޚް:30 އޭޕްރީލް 2013
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ
ނަންބަރު:2011/Cv
-
C/860
ކޯޓު: ސިވިލް ކޯޓު
އާގެ ބާވަތް: ފައިސާ ހޯދުން
ނިމުނު ތާރީޚް: 26 އޯގަސްޓް 2012
*
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ހައި9
ދިވެހިރާއްޖޭގެހައިކޯޓް އާބުރުޒުހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
2
2013/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
O
މިއީ ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/860 ޤަޟިއްޔާގައި އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް
ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤިޤަޟިއްޔާގައި ދަޢުވާރައްދުވާ ފަރާތަކީ ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/860 ޤަޟިއްޔާގައި އެކޯޓުން ބައްލަވައި
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
02- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/860 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރާއްޖެ
އެތެރެކުރި LTM1160 ބްރޭންޑުގެ މުޅިން އައު ކްރޭނެއްގެ އަގު ފާސްކޮށް ޑިއުޓީ ދެއްކުމަށްޓަކައި އެއާ ގުޅޭ
ލިޔުންތައް ދަޢުވާކުރާ ފަރާތަށް ހުށަހެޅިއިރު، އެ ކްރޭންގެ ހަމަ އަގަށްވުރެ ދަށްއަގެއް ހުށަހަޅާފައިވާތީ، ޤާނޫނު
ނަންބަރު 31/79 (ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ބ) ގެ ދަށުން
ދަޢުވާލިބޭ ފަރާތް ޖޫރިމަނާކޮށް، ޖޫރިމަނާއަށްވާ ފައިސާ ކަމުގައިވާ 5,975,560.51ރ (ފަސްމިލިއަން
ނުވަސަތޭކަ ހަތްދިހަ ފަސްހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ ފަންސާސް އެއްލާރި) އާއި، ބުނެވިދިޔަ
ޤާނޫނުގެ 07 ވަނަ މާއްދާގެ ޗެޕްޓަރ 84 ގެ (ށ) ގެ ދަށުން ޑިއުޓީއަށް އިތުރަށް ދައްކަން
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
3
2013/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2,404,589.33ރ (ދެމިލިއަން ހަތަރުސަތޭކަ ހަތަރުހާސް ފައްސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ތިރީސްތިން
ލާރި) އާ އެކުޖުމްލަ 8,380,149.84ރ (އަށްމިލިއަން ތިންސަތޭކަ އަށްޑިހަ ހާސް އެއްސަތޭކަ ސާޅީސް ނުވަ
ރުފިޔާ އަށްޑިހަ ހަތަރު ލާރި) 26 ފެބްރުއަރީ 2009 އިން ފެށިގެން ތިންދުވަހުގެ ތެރޭގައި ދަޢުވާކުރާ ފަރާތަށް
ދެއްކުމަށް ދަޢުވާލިބޭފަރާތަށް އެންގުމުން، މިހާތަނަށް އެފައިސާ ދައްކާފައިނުވާތީ އެފައިސާ ހޯދައިދިނުމަށް އެދި
ދައުލަތް (މޯލްޑިވްސް ކަސްޓަމްސް ސަރވިސް) ގެ ފަރާތުން ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް
ލިމިޓެޑުގެ މައްޗަށް ދަޢުވާކުރުމުން ބެލެވުނު ޤަޟިއްޔާއެއްކަމާއި،
0 3x
އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ،
ދަޢުވާލިބޭ ފަރާތުން
އޮޅުވާލުމުގެ
3ތން
ވެސްކަމެއް ކޮށްފައިނުވާނެ ކަމަށާއި، ދަޢުވާގައި ބުނެފައިވާ ކްރޭންގެ އަގަށްވުރެ ދަށްއަގެއް ހުށައަޅާފައި
ނުވާނެ ކަމަށާއި، މައްސަލައެއް ދިމާވެގެން ދަޢުވާކުރާ ފަރާތުން ދަޢުވާލިބޭ ފަރާތަށް އަންގާފައި ނުވާނެކަމަށް
ދަޢުވާލިބޭ ފަރާތުން ބުނި ނަމަވެސް،
ދަޢުވާލިބޭ ފަރާތުން މުޅިން އައު ކްރޭނެއްގެ އަގުފާސްކޮށް ޑިއުޓީ ދެއްކުމަށްޓަކައި އެއާއިގުޅޭ
ލިޔުންތައް ދަޢުވާކުރާ ފަރާތަށް ހުށަހެޅިއިރު، އެ ކްރޭންގެ ހަމަ އަގަށްވުރެ ދަށްއަގެއް ހުށައަޅާފައިވާކަން
ހުށައެޅިފައިވާ ލިޔުންތަކުން އެގެން އޮތުމާއި، ދަޢުވާލިބޭ ފަރާތާއި މެދު ޤާނޫނުގައިވާ ގޮތުގެ މަތީން
ފިޔަވަޅުއެޅިކަން އެނގިފައިވާކަމަށް ދަޢުވާލިބޭ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުޙައްމަދު ފަރުޙަދު
އެލިޔުމުގެ ތިރީގައި 16 ފެބްރުއަރީ 2009 ސޮއިކޮށްފައިވާކަން އެ ލިޔުމުން އެގެން އޮތުމާއި، ޑިއުޓީއަށް
އިތުރަށް ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އޭގެ ފަހުންވެސް ދަޢުވާކުރާ ފަރާތުން
ދަޢުވާލިބޭ ފަރާތަށް ތިންފަހަރެއްގެ މަތިން އަންގައި ސިޓީފޮނުވާފައިވާކަށް ހުށަހެޅިފައިވާ ލިޔުންތަކުން
އެގެން އޮތުމުން،
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
4
2013/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްވެބަޔާންވެދިޔަ 8,380,149.84ރ (އަށްމިލިއަން ތިންސަތޭކަ އަށްޑިހަ ހާސް އެއްސަތޭކަ
ސާޅީސް ނުވަ ރުފިޔާ އަށްޑިހަ ހަތަރު ލާރި) އަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދޭންޖެހޭ
ފައިސާކަމަށް ކަނޑައަޅުއްވައި، އެފައިސާ ދަޢުވާކުރާ ފަރާތަށް ލިބިދިނުމަށްޓަކައި މިއަދުން ފެށިގެން 30
(ތިރީސް) ދުވަހުގެ ތެރޭގައި މިފައިސާ ސިވިލް ކޯޓަށް ދައްކައި މިދަރަނި ހަލާސްކުރުމަށް ދަޢުވާލިބޭ
ފަރާތަށް އަންގަވައިކަ
އިކަން އެނގެން އޮންނަކަމެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/860 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސެންޓަރ އެންޓަރޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން 02 (ދޭއް) ނުކުތާ ހުށަހަޅައި، އެނުކުތާތަކާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
(ހ) ފުރަތަމަ ނުކުތާއަކީ: ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ރާއްޖެ
އެތެރެކުރި LTM1160 ބްރޭންޑްގެ ކްރޭނުގެ ޑިއުޓީ ދެއްކުމަށްޓަކައި އޭގެ އަގު ފާސްކުރަން ހުށަހެޅިއިރު،
އެކުންފުނިން ހުށަހަޅާފައިވަނީ އެކްރޭންގެ ހަމައަގަށްވުރެ ދަށްއަގެއް ކަމަށް ދައުވާގައި ވިދާޅުވެފައި ވީނަމަވެސް،
އެފަދަ ކަމެއް ފާހަގަކުރެވިގެން އިތުރަށް ދައްކަންޖެހޭ ޢަދަދެއް ކަނޑައަޅައި، ޖޫރިމަނާއެއް ކުރިކަން
އެކުންފުންޏަށް އަންގަވާފައިވާކަމުގެ އެއްވެސް ހެއްކެއް ދައުލަތުން މިޝަރީޢަތަށް ދެއްކެވިފައި ނުވާއިރު،
އެކަމުގައި އެކުންފުނިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް
ކަނޑައެޅުއްވުމުގައި ޢަދުލުވެރި ކަމެއްނެތްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
JS
5
2013/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
37 އ މޑ
م م ح ممک
(ނ) ދެވަނަ ނުކުތާއަކީ: 160
LTM1
ފެނުގެ ޑިއުޓީ ދެއްކުމަށްޓަކައި
އަގުފާސްކުރަން އެއާގުޅޭ ލިޔުންތައް ހުށަހެޅިއިރު އެކްރޭނުގެ އަގަށްވުރެ ދަށްއަގެއް ހުށަހަޅާފައިވާކަމުގެ
މައްސަލަ ތަޙްޤީޤުކޮށް ނިމޭއިރު، އެއީ ޙަޤީޤަތެއްކަމަށް ސާބިތުވެގެން ޖޫރިމަނާއެއް
ކުރަންޖެހިއްޖެނަމަ ޢަމަލު ކުރަންޖެހޭނީ އެކަމުގައި މިހާރު ޢަމަލު ކުރެވުމުންދާ ނަންބަރު 8/2011
(ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށްވާއިރު އެކަމުގައި
ޢަމަލުކުރިކަމަށް ބުނާ ގޮތުގައި ޢަދުލުވެރިކަމެއްނެތްކަމަށްބުނެ ހުށަހެޅި ނުކުތާ.
4 ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/860 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ސެންޓަރ އެންޓަރޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން ސެންޓަރ އެންޓަރޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުންނާއި، މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/860
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މައްސަލައާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
OXO
(ހ) ފުރަތަމަ ކަމަކީ: ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރާއްޖެ
އެތެރެކުރި LTM1160 ބްރޭންޑުގެ މުޅިން އައު ކްރޭނެއްގެ އަގު ފާސްކޮށް ޑިއުޓީ ދެއްކުމަށްޓަކައި އެއާއި
ގުޅޭ ލިޔުންތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅިއިރު، އެ ކްރޭންގެ ހަމަ އަގަށްވުރެ ދަށްއަގެއް
ހުށަހަޅާފައިވާތީ، ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނު) ގެ 14 ވަނަ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
6
2013/HC-A/31
| ވެހިރާއްޖޭގެ ހައިކް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މާއްދާގެ (ބ) ގެ ދަށުން ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް، ޖޫރިމަނާއަށްވާ
5,975,560.51ރ (ފަސްމިލިއަން ނުވަސަތޭކަ ހަތްދިހަ ފަސްހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާ
ފަންސާސް އެއްލާރި) އާއި، ބުނެވިދިޔަ ޤާނޫނުގެ 07 ވަނަ މާއްދާގެ ޗެޕްޓަރ 84 ގެ (ށ) ގެ ދަށުން
ޑިއުޓީއަށް އިތުރަށް ދައްކަންޖެހޭ 2,404,589.33ރ (ދެމިލިއަން ހަތަރުސަތޭކަ ހަތަރުހާސް ފައްސަތޭކަ
އަށްޑިހަ ނުވަ ރުފިޔާ ތިރީސްތިން ލާރި) އާ އެކުޖުމްލަ 8,380,149.84ރ (އަށްމިލިއަން ތިންސަތޭކަ އަށްޑިހަ
ހާސް އެއްސަތޭކަ ސާޅީސް ނުވަ ރުފިޔާ އަށްޑިހަ ހަތަރު ލާރި) 16 ފެބްރުއަރީ 2009 އިން ފެށިގެން 3
(ތިނެއް) ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކައި ނިންމުމަށް ސެންޓަރ
އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ
އިންވެސްޓިގޭޝަން އެންޑް ޕްރޮސިކިއުޝަން ސެކްޝަންގެ ތަޙްޤީޤު ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމާއި،
އަދި އެރިޕޯޓުގައި އެންގުން އެނގިއްޖެކަމަށް ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ
މުޙައްމަދު ފަރުހާދު ސޮއިކޮށްފައިވާކަމާއި، އެއެންގުން ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް
އަންގާފައިވަނީ ދެހެކިންގެ ޙާޟިރުގައިކަންވެސް އެރިޕޯޓަށް ބެލުމުން އެނގޭކަމާއި، އެއެންގުމާ އެއްގޮތަށް
ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާތީ، އެއެންގުމުގައިވާ ފައިސާ ދެއްކުމަށް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ނަންބަރު 2009
/
162/D2
/
MIS-14 (22 ފެބްރުއަރީ 2009)
ސިޓީންނާއި ނަންބަރު 2009
/
209/IP
/
MIS-14 (08 މާޗް 2009) ސިޓީންނާއި، ނަންބަރު -14
2009
/
377/IP
/
MIS (29 އޭޕްރީލް 2009) ސިޓީން ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑަށް
އަންގާފައިވާކަމާއި، އަދި އެފައިސާ ނުދައްކައިފިނަމަ، އެފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް
ހުށަހަޅާނެކަމަށްވެސް ނަންބަރު 2009
/
377/IP
/
MIS-14 (29 އޭޕްރީލް 2009) ސިޓީން ސެންޓަރ
އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވާކަން އެނގެން އޮތުމުން،
0&
می بر سر مستر ستر ماره سر
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް: 3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{13/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
5
ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނާ ބުނުމުގައި ޤާނޫނީ އަދި ޝަރުޢީ އެއްވެސް
ބުރަ ދަނެއް ހުރިކަމަށް ޤަބޫލުނުކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ: ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން
LTM1160 ބްރޭންޑުގެ މުޅިން އައު ކްރޭނެއް ރާއްޖެއަށް އެތެރެކޮށްފައިވަނީ 2008 ވަނައަހަރުގެ
ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމާއި، ރާއްޖެއަށް ބޭރުން އެތެރެކުރާ މުދަލުން ޑިއުޓީ ދެއްކުމުގެ އަގު
ކަނޑައެޅުމުގައި އެއިރު ޢަމަލުކުރަމުން ދިޔައީ ޤާނޫނު ނަންބަރު 31/79 (ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް
ޤާނޫނު) ގައިވާ ގޮތުގެމަތިންކަން އެނގޭކަމާއި، ޤާނޫނުނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ
ޤާނޫނު) އަށް ޢަމަލުކުރަން ފަށާފައިވަނީ 11 މެއި 2011 ގައިކަމަށްވާއިރު، ސެންޓަރ އެންޓަރޕްރައިސަސް
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއަށް ދައްކަންޖެހޭ ފައިސާ ހޯދުމުގެ
މައްސަލަ 19 އޭޕްރީލް 2011 ގައި ދައުލަތް (މޯލްޑިވްސް ކަސްޓަމްސް) ގެ ފަރާތުން ސިވިލް ކޯޓަށް
ހުށަހަޅައި، އެކޯޓުން އެމައްސަލަ ބަލައިގަނެފައިވާކަން އެނގެން އޮތުމުން،
އެކްރޭންގެ އަގު ފާސް
ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް
ހުށަހަޅާފައިވަނީ އޮޅުވާލައިގެން ދަށްކޮށްކަމަށްވާތީ ޤާނޫނު ނަންބަރު 31,79 ޕޮދިވެހިރާއްޖޭގެ އިމްޕޯޓް
އެކްސްޕޯޓް ޤާނޫނު) ގެ 14 ވަނަ މާއްދާގެ (ބ) އާ އެކުންފުނި ޚިލާފުވެފައިވާކަމަށް ކަނޑައަޅައި، އެޤާނޫނުގެ
ދަށުން އެކްރޭންގެ ސީ.އައި.އެފް އަގު ކަމަށްވާ 1,003,700.00 (އެއްމިލިއަން ތިންހާސް ހަތްސަތޭކަ)
ޔޫރޯއިން އެކްރޭންގެ ފްރައިޓަށްވާ 950.00، 23 (ތޭވީސްހާސް ނުވަސަތޭކަ ފަންސާސް) ޔޫރޯއާއި،
އިންޝުއަރެންސަށްވާ 1,050.00 (އެއްހާސް ފަންސާސް) ޔޫރޯ ކެނޑުމުން އެރޭނުގެ އެފް.އޯ.ބީ.
އަގުކަމަށްވާ 978
700.00 (ނުވަލައްކަ ހަތްދިހައަށްހާސް ހަތްސަތޭކަ) ޔޫރޯ (17.4446 ރުފިޔާގެ ރޭޓުން)
ދިވެހި ފައިސާއަށްވާ 17،073030.02ރ (ސަތާރަ މިލިއަން ހަތްދިހަ ތިންހާސް ތިރީސް ރުފިޔާ ދެހާންގެ ހައި
4
3
2 ހދ
ސެކެރެމަށް
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
8
2013/HC-A/31
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3
35
% އަށްވާ 5,975,560.51ރ (ފަސްމިލިއަން ނުވަސަތޭކަ ހަތްދިހަ ފަސްހާސް ފައްސަތޭކަ ފަސްދޮޅަސް
ރުފިޔާ ފަންސާސް އެއްލާރި) އިން ސެންޓަރ އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށް
އެފައިސާއާއި އެމުދަލަށް އިތުރަށް ދައްކަންޖެހޭ ޑިއުޓީ 16 ފެބްރުއަރީ 2009 އިން ފެށިގެން 3 (ތިނެއް)
ދުވަހުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދައްކައި ނިންމުމަށް ސެންޓަރ އެންޓަރޕްރައިޒަސް
ޕްރައިވެޓް ލިމިޓެޑަށް އަންގާފައިވަނީ އެއިރު ޢަމަލުކުރަމުން ދިޔަ ޤާނޫނާއި އެއްގޮތް ވާގޮތުގެ މަތިންކަމާއި އަދި
މިމައްސަލަ ދަށު ކޯޓަށް ހުށަހެޅިފައިވަނިކޮށް ޢަމަލު ކުރަންފެށުނު ޤާނޫނުނަންބަރު 8/2011 (ދިވެހިރާއްޖޭގެ
ކަސްޓަމްސްގެ ޤާނޫނު) އެއިރު ފާސްކުރެވިފައިނުވާކަމާއި، އަދި އެޤާނޫނުގައި ޑިއުޓީއާއި ޖޫރިމަނާގެ ފައިސާ
ދެއްކުމަށް އަންގާފައިވާ އެފަދަ މައްސަލަތަކުގައި އެޤާނޫނުގެ ދަށުން ޢަމަލުކުރުމަށް ބަޔާންކޮށްފައިނުވާތީ
ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ރާއްޖެއަށް އެތެރެކުރި 160
LTM1
ބްރޭންޑުގެ މުޅިން އައު ކްރޭންގެ އަގު ފާސްކުރުމަށް އެކުންފުނީގެ ފަރާތުން މޯލްޑިވްސް ކަސްޓަމްސް
ސަރވިސްއަށް ހުށަހަޅާފައިވަނީ އޮޅުވާލައިގެން ދަށް އަގެއް ކަމަށްވާތީ ޤާނޫނު ނަންބަރު 31/79
(ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނު) ގެ ދަށުން ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑް
ޖޫރިމަނާކޮށް ފައިސާ ދެއްކުމަށް އަންގާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް
** 2 0 2 0 + + +
ބަލި9ނކު9*
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{13/HC-A/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންތައްތައް އެގޮތުގެ މަތިން ހުރުމުން ސިވިލް ކޯޓުގެ
ނަންބަރު 2011/Cv-C/860 ޤަޟިއްޔާގައި އެކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ
ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް މިޤާޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެހައިކޯޓް އެބުރުޒުހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325.029 ފެކްސް:3316471
އީމެއިލް: [email protected]ވެބްސައިޓް: www.highcourt.gov.mv