ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/176 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2011/HC-A/176
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 106/HC
-
A/2011
• އިސްތިއުނާފް ކުރިފަރާތް:
*ނަން: ސަލްމާން ޢަބްދުއްރަޙީމް
އައިޑީ ކާޑު ނަންބަރ: A139931
ދާއިމީ އެޑްރެސް: ލ.މާވަށް ފެންފިޔާޒުގެ
މިހާރުގެ އެޑްރެސް: ލ.މާވަށް ފެންފިޔާޒުގެ
• އިސްތިއުނާފު ރައްދުވާ ފަރާތް:
* ނަން: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް.
ކުންފުނީގެ ވަކީލު: އގ. މަޒްލާން ރަޝީދު ގ.ރަތްވިލާގެ
*
، ރަޖިސްޓްރީކުރެވުނު ތާރީޚް: 13 ޝަޢުބާން 1432
14 ޖުލައި
ނިމުނު ތާރީޚް: 17 ޛުލްޤަޢިދާ 1433
3 އޮކްޓޯބަރ 2012
2011
• އިސްތިއުނާފުކުރެވުނު ނިންމުން : 11 އޮކްޓޯބަރ 2010 ދުވަހު މަދަނީ ކޯޓުން ލ.މާވަށް ފެންފިޔާޒުގެ
ސަލްމާން ޢަބްދުއްރަޙީމްއަށް ދެއްވާފައިވާ "ދަޢުވާފޯމްގެ ޖަވާބު"
• ޤަޟިއްޔާގެ ބާވަތް: އިދާރީ ނިންމުން
• ނިންމެވިކޯޓް: މަދަނީ ކޯޓު
11 އޮކްޓޯބަރ 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު
އައްބާސް
ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2011/HC-A/176
ދަޢުވާގެ ޚުލާޞާ
ou o
މިއީ،ލ.މާވަށް ފެންފިޔާޒުގެ ސަލްމާނު ޢަބްދުއްރަޙީމް މޯލްޑިވްސް އެއަރޕޯރޓްސް
ކޮމްޕެނީ ލިމިޓެޑުގެ ސެކިއުރިޓީ އޮފިސަރ ގްރޭޑް 1 ވަޒީފާ އަދާކުރަމުންދަނިކޮށް ވަޒީފާގެ
ނޯޓިސް ދިނުމެއްނެތި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް 19 ފެބްރުއަރީ 2009 ގައި ވަޒީފާއިން
ވަކިކޮށްފައިވާތީ، 06 އޮކްޓޯބަރ 2010 ވަނަ ދުވަހު ސަލްމާން ޢަބްދުއްރަޙީމް ހުށަހެޅި
މައްސަލައާއި ގުޅިގެން މަދަނީ ކޯޓުން 11 އޮކްޓޯބަރ 2010 ވަނަ ދުވަހު ދެއްވާފައިވާ ދަޢުވާ
ފޯމުގެ ޖަވާބު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ އެނިންމުން ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފުކުރުމަށް ލ.މާވަށް ފެންފިޔާޒުގެ، ސަލްމާނު ޢަބްދުއްރަޙީމް
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުނަންބަރު A139931 ) ފަރާތުން ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާލިބޭފަރާތަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑުއެވެ.
0
ފަހގކު
l- އިސްތިއުނާފު މިކުރެވޭ ނިންމެވުމަކީ، ލ.މާވަށް / ފެންފިޔާޒުގެ، ސަލްމާން
ޢަބްދުއްރަޙީމް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ ސެކިއުރިޓީ އޮފިސަރ ގްރޭޑް 1 ވަޒީފާ
އަދާކުރަމުންދަނިކޮށް ވަޒީފާގެ ނޯޓިސް ދިނުމެއްނެތި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް 19 ފެބްރުއަރީ
2009 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ ވަޒީފާ އިއާދަކޮށްދެއްވުމަށާއި، ވަޒީފާއިން ވަކިކުރެއްވެވި
ދުވަހުން ފެށިގެން ވަޒީފާ އިޢްދަކޮށްދެއްވާ، އިޢާދަކޮށްދެއްވާ ދުވަހާއި ހަމައަށް މުސާރަ އާއި
އެހެނިހެން އިނާޔަތްތައް ލިބިދެއްވުން އެދި ސަލްމާން ޢަބްދުއްރަޙީމްގެ ފަރާތުން މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މައްޗަށް މަދަނީ ކޯޓަށް 6 އޮކްޓޯބަރ 2010 ދުވަހު ހުށަހެޅި
މައްސަލައާއި ގުޅިގެން އެކޯޓުން 1 އޮކްޓޯބަރ 2010 ދުވަހު ނިންމަވާފައިވާ ނިންމެވުމެއް
ކަމާއި، އެނިންމެވުމަށް ބަލާއިރު އެލިޔުމުގައި އޮންނަނީ
cox
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2011/HC-A/176
"މިމައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލް ޤާއިމްވިފަހުން އުފެދިފައިވާ
މައްސަލައަކަށްވާތީއާއި، އަދި އެޓްރައިބިއުނަލް ޤާއިމުވެ އަމަލީގޮތުން މަސައްކަތް ފެށުމުގެ ކުރިން 03
މަސްދުވަސް ފާއިތުވުމުގެ ސަބަބުން އެޓްރައިބިއުނަލަށް ބަލައިނުގަތް މައްސަލައަކަށް ނުވާތީ، މިމައްސަލަ
މިކޯޓަށް ބަލައިގަނެ، ހިންގުމުގެ އިޚްތިޞާޞް ލިބިފައިނުވާތީ، މިމައްސަލައިގެ ފޯމާއި، ލިޔުންތައް
އަނބުރާ ރައްދުކު
ރީމެވެ." މިފަދައިންކަން އެދަޢުވާފޯމްގެ ޖަވާބަށް ބެލުމުން އެނގެން އޮވެއެވެ.
2- މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ސެކިއުރިޓީ އޮފިސަރ ގްރޭޑް 1
ވަޒީފާ އަދާކުރަމުންދަނިކޮށް ވަޒީފާގެ ނޯޓިސް ދިނުމެއްނެތި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް 19
ފެބްރުއަރީ 2009 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، 06 އޮކްޓޯބަރ 2010 ވަނަ ދުވަހު ސަލްމާން
ޢަބްދުއްރަޙްމާން ހުށަހެޅި މައްސަލައާއި ގުޅިގެން މަދަނީ ކޯޓުން 11 އޮކްޓޯބަރ 2010 ވަނަ ދުވަހު
ސަލްމާން ޢަބްދުއްރަޙީމަށް ދެއްވާފައިވާ ދަޢުވާފޯމްގެ ޖަވާބު ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު
ކަމަށް ބުނެ އެނިންމުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރަމުން އެދި ސަލްމާނު
ފަރާތުން 02 (ދޭއް) ނުކުތާ އެއްފާހަގަކޮށް އެކަން ކަމުގެ މައްޗަށް ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
ﷲ0
02 ހ 0
3
0
ހ) 02 ހ
84ދއރަޙިމުގެ
• ފުރަތަމަ ނުކުތާއަކީ، ސަލްމާން ޢަބްދުއްރަޙީމް މޯލްޑިވްސް އެއާރޕޯޓު ކޮމްޕެނީ
ލިމިޓެޑުގެ ސެކިއުރިޓީ އޮފިސަރ (ގްރޭޑް 1) ގެ ވަޒީފާގައި ހުއްޓާ، ނޯޓިސް ދިނުމެއްނެތި ވަޒީފާއިން
ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 ވަޒީފާއާއިބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި ޚިލާފަށް
ކަމަށްވާއިރު، އަދި ޤާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ކޮންމެ ރައްޔިތަކަށްމެ އެމީހަކު
އިޚްތިޔާރު ކުރާ ވަޒީފާއެއްއަދާކުރުމުގެ ނުވަތަ މަސައް
ސައްކަތެއްކުރުމުގެ ޙައްޤު ލިބިދީފައިވާއިރު، ޤާނޫނު
އަސާސީގެ 65 ވަނަ މާއްދާގައި ޤާނޫނު އަސާސީގެ 02 ވަނަ ބާބު ކަމުގައި ބަޔާންކޮށްފައިވާ
އެއްވެސް ޙައްޤެއް ނުވަތަ މިނިވަން ކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައި ގެންފިނަމަ ނުވަތަ
ހިފަހައްޓައިފިނަމަ، އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި އެމައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު
އެމީހަކަށް ލިބިގެންވާކަމަށް ބަޔާން ކުރެވިފައިވާއިރު، ސަލްމާން ޢަބްދުއްރަޙީމުގެ ވިޙައްޤު ހޯދުމުގެ
ދަޢުވާ މަދަނީ ކޯޓުން ބަލާ ނުގަތުމަކީ ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ރ) އާއި،
ތަޢާރަޟްވާ ކަމަކަށްވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ހައިކޯa
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2011/HC-A/176
44 0 2
15
2010
2 ހ 0224
ހުށަހެލުމާތު
މަދަނީ
• ދެވަނަ ނުކުތާއަކީ ސަލްމާން ޢަބްދުއްރަޙީމުގެ މިމައްސަލަ 09 ޖޫން 2010 ގައި
މަދަނީ ކޯޓަށް ހުށަހެޅުމުން 14 ޖޫން 2010 ގައި އެކޯޓުން ދެއްވި ޖަވާބު އިސްތިއުނާފު ކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އޯގަސްޓް
ގައި ދެއްވި
2010
/
1003/INDIV/95 ނަންބަރު ޖަވާބުގައި، މަދަނީ ކޯޓުން މައްސަލަ ބަލާ ނުގަތީ މައްސަލަ
ޓްރައިބިއުނަލަށް ހުށަހަޅާ ބަލާ ނުގަތްކަން އެނގެން ނެތުމުން ކަމަށްވެފައި، އެޝަރުތު ފުރިހަމަކޮށް
ކޯޓުން ކުރިއަށް ގެންދިއުމުގެ ފުރުސަތުއޮތްކަމަށް ވިދާޅުވެފައިވުމުން އެޝަރުތު
ފުރިހަމަކޮށް މަދަނީކޯޓަށް ހުށަހެޅުމުން، އެކޯޓުގެ އިޚްތިޞާސްގައި ނުހިމެނޭކަމެއްކަމަށް ވިދާޅުވެ
މައްސަލަ ބަލައިނުގަތުމަކީ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ)އާއި ތަޢާރުޟުވާ
ކަމަކަށްވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
3- މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑްގެ ސެކިއުރިޓީ އޮފިސަރ ގްރޭޑް 1 ވަޒީފާ
އަދާކުރަމުންދަނިކޮށް ވަޒީފާގެ ނޯޓިސް ދިނުމެއްނެތި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް 19 ފެބްރުއަރީ 2009
ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، 06 އޮކްޓޯބަރ 2010 ވަނަ ދުވަހު ސަލްމާން ޢަބްދުއްރަޙީމް
ހުށަހެޅި މައްސަލައާއި ގުޅިގެން މަދަނީ ކޯޓުން 11 އޮކްޓޯބަރ 2010 ވަނަ ދުވަހު ސަލްމާން
ޢަބްދުއްރަޙީމަށް ދެއްވާފައިވާ ދަޢުވާފޯމްގެ ޖަވާބާއި މިމައްސަލާގައި ދެފަރާތުން މިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދީފައިވާ ބަޔާންތަކަށާއި މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާ
ނަޒަރުކުރުމުން އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
2 02 0/
(ހ) ސަލްމާން ޢަބްދުއްރަޙީމްގެ ފަރާތުން މައްސަލަ އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ
2 ވަނަ ނުކުތާގައި މިމައްސަލަ 09 ޖޫން 2010 ގައި މަދަނީ ކޯޓަށް ހުށަހެޅުމުން އެކޯޓުން ދެއްވި
ޖަވާބު އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހެޅުމުން 15 އޮގަސްޓް 2010 ގައި ދެއްވި ޖަވާބުގައި
މަދަނީ ކޯޓުން މައްސަލަ ބަލައި ނުގަތީ މައްސަލަ ޓްރައިބިއުނަލަށް ހުށަހަޅާ ބަލައިނުގަތްކަން އެގެން
ނެތުމުން ކަމަށް ވެފައި އެޝަރުތު ފުރިހަމަކޮށް މަދަނީކޯޓަށް ހުށަހެޅުމުން އެކޯޓުގެ އިޚްތިޞާސްގައި
ނުހިމެނޭ ކަމެއް ކަމަށް ވިދާޅުވެ މައްސަލަ ބަލައި ނުގަތުމަކީ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާގެ
(ރ) އާއި ތަޢާރުޟުވާ ކަމަކަށް ވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު 15 އޯގަސްޓް
2010 ގައި ސަލްމާން ޢަބްދުއްރަޙީމް އަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދެއްވާފައިވާ ދަޢުވާ ފޯމުގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2011/HC-A/176
މަދަނީ
#,
وی مری
ޖަވާބުގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ވާހަކައެއް ބަޔާން ކުރައްވާފައިނުވާ ކަމާއި އަދި އެއީ
ހައިކޯޓުގެ ހުކުމެއް ނުވަތަ ޤާނޫނީ ލަފައެއް ނޫންކަން އެނގޭކަމާއި އެއީ 14 ޖޫން 2010 ގައި
ކޯޓުން ސަލްމާން ޢަބްދުއްރަޙީމް އަށް ދެއްވާފައިވާ ޖަވާބު ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅި ފޯމާއި އެފޯމާއެކު ހުށަހަޅާފައިވާ ލިޔުންތައް އަނބުރާ ރައްދުކުރީ
ކަމަށް އިދާރީގޮތުން ހައިކޯޓުން ދެއްވާފައިވާ ޖަވާބަކަށްވާއިރު ސަލްމާން ޢަބްދުއްރަޙީމްގެ ފަރާތުން
އޭނާގެ ވަޒީފާއާ ގުޅޭގޮތުން މަދަނީ ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިނުގަތުމަކީ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މަތީ މަރުހަލާގެ ކޯޓު ތަކުން ނިންމާނިންމުން ތަކަށް
އެއަށްވުރެން ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާން ވާނެކަމަށް ބަޔާން ކުރެވިފައި އޮތް
ތަޢާރަޟް ވާކަމެއް ނޫންކަން އެނގެއެވެ.
(ށ) ސަލްމާން ޢަބްދުއްރަޙީމް ވަޒީފާ އަދާކުރަމުންދިޔަ މޯލްޑިވްސް އެއަރޕޯރޓްސް
ކޮމްޕެނީގެ ސެކިއުރިޓީ އޮފިސަރ ގްރޭޑް 1 ގެ މަޤާމުން އޭނާ ވަކިކޮށްފައިވަނީ 19 ފެބްރުއަރީ 2009
ގައި ކަން މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީގެ ނަންބަރު 23
/
2009-A2(2) ޓާމިނޭޝަން
ސްލިޕްއަށް ބެލުމުން އެނގޭކަމާއި، ޤާނޫނު ނަންބަރު 2008!2 (ވަޒީފާއާއިބެހޭ ޤާނޫނު) އަށް
ޢަމަލުކުރަން ފެށިފައިވަނީ 9 ޖުލައި 2008 ގައި ކަން އެގޭ ކަމާއި އެޤާނޫނުގެ 86 ވަނަ މާއްދާގެ
ދަށުން 29 ޑިސެމްބަރު 2008 ގައި ވަޒީފާއާއިބެހޭ ޓްރައިބިއުނަލެއް އުފެދިފައިވާ ކަމާއި އަދި
އެޓްރައިބިއުނަލްގެ މަސައްކަތްތައް 15 އޭޕްރީލް 2009 ގައި ޢަމަލީ ގޮތުން ފެށިފައިވާކަން އެނގޭ
ކަމާއި
IF
ވަޒީފާއިން މީހަކު ވަކިކުރެވިއްޖެނަމަ އެވަޒީފާއަކުން އެމީހަކު ވަކިކުރެވުނު ގޮތާއިމެދު
ހިތްހަމަ ނުޖެހޭފަރާތްތަކުން އެކަމުގެ ޝަކުވާ އުފުލުމުގައި ކަންކުރަންވީ ގޮތް ބަޔާން ކޮށްދެމުން ޤާނޫނު
ނަންބަރު 2/2008 (ވަޒީފާއާއިބެހޭ ޤާނޫނު) ގެ 28 ވަނަ މާއްދާގެ (ހ) ގައި
މުވައްޒަފަކު
ވަޒީފާއިން ވަކިކޮށްފިނަމަ އެވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ވަޒީފާއަދާކުރާ
ފަރާތަށް ޤަބޫލުކުރެވޭނަމަ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި
އެކަމުގެ ޝަކުވާ،ޓްރައިބިއުނަލްއަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވެއެވެ" މިފަދައިން ޞަރީހަ ކޮށް
ބަޔާންކޮށްފައިވާ ކަމާއި
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2011/HC-A/176
އަދި ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ޤަވާއިދުގެ 6 ވަނަ މާއްދާގެ (ހ) ގައި
ވަޒީފާއާއި ބެހޭ ޤާނޫނުގައި އެހެން ގޮތަކަށް ކަނޑައެޅިގެން ބަޔާންކޮށްފައިނުވާނަމަ، ވަޒީފާއާ ގުޅޭ
މައްސަލައެއް ނުވަތަ ޚިލާފެއް، އުފެދުނު ތާރީޚުން ފެށިގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި
އެމައްސަލަ ޓްރައިބިއުނަލަށް ހުށަހަޅަންވާނެ ކަމަށާއި، އެމުއްދަތު ފާއިތުވުމަށްފަހު ހުށަހެޅޭ މައްސަލަތައް
ޓްރައިބިއުނަލަށް ބަލައެއް ނުގަނެވޭނެ ކަމަށް ބަޔާންކޮށްފައިވާކަމާއި، އިސްވެ ދެންނެވުނު 3 (ތިނެއް)
މަސްދުވަހުގެ މުއްދަތު ފާއިތުވުމަށްފަހު، މައްސަލަ އެމުއްދަތުގައި ހުށަހެޅިފައި ނުވާ ސަބަބު ބަޔާންކޮށް
ހުށަހަޅާ މައްސަލައެއްގައި، އެސަބަބަކީ މަޤުބޫލު ސަބަބެއްކަމަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށް
ފެންނަނަމަ އެކަމަށް ރިޢާޔަތްކޮށް، އެމައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ވަޒީފާއާއިބެހޭ
ޓްރައިބިއުނަލަށް ލިބިގެންވާކަމަށްވެސް އެޤަވާޢިދުގެ 6 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާކަން
އެނގެއެވެ.
ccc
2009/HC-A/130
0ct
(ނ) ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާއިބެހޭ ޤާނޫނު) އަށް ޢަމަލުކުރަން ފެށުނު
ތާރީޚާއި އަދި އެޤާނޫނުގެ ދަށުން ޓްރައިބިއުނަލް އުފެދި ޢަމަލީ ގޮތުން މަސައްކަތް ފެށުނު ތާރީޚާއި
ދެމެދު އުފެދިފައިވާ ވަޒީފާއާއިބެހޭ މައްސަލަތަކުގެ ތެރެއިން 3 (ތިނެއް) މަސް ދުވަސް ފާއިތުވެފައިވާ
މައްސަލަތަކާއި ވަޒީފާއާބެހޭ ޓްރައިބިއުނަލް އުފެދުމުގެ ކުރިން އުފެދިފައިވާ ވަޒީފާއާއި ބެހޭ
މައްސަލަތަކުގައި އިންސާފު ޤާއިމު ކުރުމުގެ އިޚްތިސާސް ޝަރުޢީ ކޯޓުތަކަށް ލިބިގެންވާކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 203/HC-A/2009 ޤަޟިއްޔާއާއި
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަން އެގޭއިރު ސަލްމާން ޢަބްދުއްރަޙީމް މޯލްޑިވްސް އެއަރޕޯރޓްސް
ކޮމްޕެނީ ލިމިޓެޑުގެ ސެކިއުރިޓީ އޮފިސަރ ގްރޭޑް 1 ގެ މަޤާމުން 19 ފެބްރުއަރީ 2009
ވަކިކުރެއްވުމާއި ގުޅިގެން އެމައްސަލަ މަދަނީ ކޯޓަށް ފުރަތަމަ ހުށަހަޅާފައިވަނީ 10 ޖޫން 2010 ގައި
ކަމާއި އަދި ސަލްމާން ޢަބްދުއްރަޙީމް ވަޒީފާގެ މައްސަލަ ވަޒީފާއާއި ބެހޭޓްރައިބިއުނަލަށް 12 ޖުލައި
2010 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމާއި، އެހުށައެޅުމާ ގުޅިގެން އެމައްސަލައަކީ ވަޒީފާގެ މައްސަލަ
ނުވަތަ ޚިލާފް އުފެދުނު ތާރީޚުން ފެށިގެން 03 މަސްދުވަހުގެ މުއްދަތު ފާއިތުވެފައިވާ
މައްސަލައެއްކަމަށްވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލެންނެތް މައްސަލައެއްކަމަށް ބުނެ ވަޒީފާއާއި
ބެހޭޓްރައިބިއުނަލުން އެމައްސަލަ ބެލެންނެތްކަމަށް 14 ޖުލައި 2010 ގައި ނިންމަވާފައިވާކަން
އެނގޭކަމާއި
1
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2011/HC-A/176
އަދި ދެވަނަ ފަހަރަށް ސަލްމާން ޢަބްދުއްރަޙީމްގެ ވަޒީފާގެ މައްސަލަ މަދަނީ ކޯޓަށް
ހުށަހަޅާފައިވަނީ 06 އޮކްޓޯބަރ 2010 ގައިކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނައިރު،
ސަލްމާން ޢަބްދުއްރަޙީމް މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑުގެ ސެކިއުރިޓީ
އޮފިސަރ ގްރޭޑް 1 މަޤާމުން ވަކިކުރުމުގެ މައްސަލައަކީ ވަޒީފާއާއިބެހޭ ޓްރައިބިއުނަލެއް އުފެދި
އެޓްރައިބިއުނަލްގެ މަސައްކަތް ޢަމަލީ ގޮތުން ފެށުމާ ދެމެދުގައި 3 ( ތިނެއް ) މަސް ވެފައިވާ
މައްސަލައެއް ނޫންކަމާއި އަދި އެއީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އުފެދުމުގެ ކުރިން އުފެދިފައިވާ
ވަޒީފާއާބެހޭ މައްސަލައެއްވެސް ނޫންކަންވެސް އެނގޭކަމާއި ސަލްމާން ޢަބްދުއްރަޙީމުގެ ވަޒީފާގެ
މައްސަލަ އުފެދި 3 (ތިނެއް) މަސް ވެފައިވަނީ ޓްރައިބިއުނަލްގެ މަސައްކަތް ޢަމަލީގޮތުން ފެށި އެތައް
ދުވަހެއް ފަހުންކަން އެނގޭކަމާއި، އަދި އެމައްސަލަ އެންމެ ފުރަތަމަ ކޯޓަށް ހުށަހެޅި އިރުވެސް
އެމައްސަލަ އުފެދުނުތާ ތިންމަސް ދުވަސް ފާއިތުވެ އަހަރަކަށް ވުރެން ގިނަދުވަސް ފާއިތުވެފައިވާ ކަމާއި
ސަލްމާން ޢަބްދުއްރަޙީމް 06 އޮކްޓޯބަރ 2010 ގައި މަދަނީ ކޯޓަށް ހުށަހަޅާފައިވާ
ވަޒީފާއާއިބެހޭ މައްސަލައަކީ އިސްވެބަޔާންކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ އެދެޤަޟިއްޔާގައި
ކަނޑައަޅުއްވާފައިވާ އުސޫލަށް ފެތޭ މައްސަލައެއްނޫންކަން އެގެއެވެ.
05 0
ވީމާ އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު ސަލްމާން ޢަބްދުއްރަޙީމް
6 އޮކްޓޯބަރ 2010 ވަނަ ދުވަހު މަދަނީ ކޯޓަށް ހުށަހެޅި ވަޒީފާއާއި ބެހޭ މައްސަލަ ބެލުމުގެ
އިޚްތިސާސް އެކޯޓަށް ލިބިގެން ނުވާކަމަށް ބަޔާންކޮށް އެމައްސަލަ މަދަނީ ކޯޓަށް ބަލައިނުގަތުމަށް
ނިންމަވައި މަދަނީ ކޯޓުން 11 އޮކްޓޯބަރ 2010 ދުވަހު ސަލްމާން ޢަބްދުއްރަޙީމްއަށް ދެއްވާފައިވާ
"ދައުވާފޯމްގެ ޖަވާބު" ގައި ބަޔާންކުރައްވާފައިވާ އެކޯޓުގެ ނިންމެވުމަކީ ބަދަލު ގެންނަންޖެހޭ
ނިންމެވުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ޤަބޫލެއް ނުކުރެވެއެވެ.
ޙުކުމް
ދެންފަހެ އިސްވެ
ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު 6 އޮކްޓޯބަރ 2010
ވަނަ ދުވަހު ސަލްމާން ޢަބްދުއްރަޙީމް މަދަނީ ކޯޓަށް ހުށަހެޅި ވަޒީފާއާއިބެހޭ މައްސަލަ ބެލުމުގެ
ން
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2011/HC-A/176
އިޚްތިސާސް މަދަނީ ކޯޓަށް ލިބިގެން ނުވާކަމަށް 11 އޮކްޓޯބަރ 2010 ގައި އެކޯޓުން ނިންމަވާފައިވާ
ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ކަނޑައަޅާ އެގޮތުގެ
މަތީން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv