ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/46 ޤަޟިއްޔާގެ ޙުކުމް
.ވެ
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/46
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 46/HC-A/2011
އިސްތިއުނާފުކުރި ފަރާތް:
ނަން: ރިޝްވާން ނިޘާމް
* އައިޑީ ކާޑު ނަންބަރ: A027036
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 5353
މިހާރުގެ އެޑްރެސް: ފ. ދައްރާސާ/ މާލެ
L
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ.
* ރެޖިސްޓްރީ ނަންބަރ. 22
/
1982-C
ވަކީލު: އޖ. މަޒުވާން ރަޝީދު
، ދާއިމީ އެޑްރެސް: 11 ބޮޑުތަކުރުފާނު މަގު/ ކ. މާލެ
މިހާރުގެ އެޑްރެސް:11 ބޮޑުތަކުރުފާނު މަގު/ ކ.
.ޑީ
ކ. މާލެ
0
ހުށަހެޅުނު ތާރީޚް: 17 ފެބުރުއަރީ 2011
ނިމުނު ތާރީޚް: 15 އޮކްޓޯބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/MC/1836
• ނިންމެވިކޯޓް: މަދަނީކޯޓު
މައްސަލައިގެ ބާވަތް:
ލޯނު
3 04
ތޭންކް
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.ވެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/46
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު 2010/MC/1836 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، ދަފްތަރު ނަންބަރު 5353 ރިޝްވާން ނިޘާމްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ރިޝްވާން ނިޘާމް ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް
ޕްލަ.. އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
ol- މަދަނީކޯޓުގެ ނަންބަރު 2010/MC/1836 ޤަޟިއްޔާ އަކީ، ދަފްތަރު ނަންބަރު
5353 ރިޝްވާން ނިޘާމްގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ މެއިން ބްރާންޗުން އެކިފަހަރު
މަތިން ޖުމްލަ -/
3,260,000ރ. (ތިންމިލިއަން ދެލައްކަ ފަސްދޮޅަސްހާސް ރުފިޔާ) ގެ ޑިމާންޑް ލޯނެއް
ދޫކޮށްފައިވާހިނދު، ރިޝްވާން ނިޘާމްގެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް ޑިމާންޑް ލޯނުގެ ފައިސާ
އަދާކުރަމުން ގޮސްފައިނުވާތީ، މިޑިމާންޑް ވޯނާއި ގުޅިގެން ދައްކަންޖެހި ނުދައްކާވާ ފައިސާއާއި،
އިންޓްރެސްޓާއި ޖޫރިމަނާ ފައިސާއާއި އެކުގައި އެއްފަހަރާ ރިޝްވާން ނިޘާމްގެ ކިބައިން ލިބިގަތުމަށާއި،
އަދި ފައިސާ އެކުގައި ދެއްކެން ނެތްނަމަ ބަޔާންކުރެވުނު ޑިމާންޑް ލޯނާއި ގުޅިގެން ރަހުނުކޮށްފައިވާ
ރިޝްވާން ނިޘާމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މާބަރ ޕްރިންސަސް” (ރަޖިސްޓްރީ ނަންބަރ
P8489A
-
03 10
-
T) އެވެ ކިޔާ ދޯނި ބޭންކް އޮފް މޯލްޑިވްސް ޕލކ އާއި ޙަވާލުކުރުމަށް ރިޝްވާން
ނިޘާމްއަށް އަންގައިދިނުމަށާއި، އިސްވެ ބަޔާންކުރެވުނު ރަހުނަކީ މިލޯނާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް
ޕިލކ.އަށް ލިބެންޖެހޭ އެންމެހައި ފައިސާ ލިބިދެވޭނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ކުރެވުނު
ރަހުނަކަށްވާތީ، ލޯނާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ޕލކ. އަށް ލިބެންޖެހޭ އެންމެހައި ފައިސާ
ދައްކާ ލޯނު ޚަލާޞްކުރެވި ރޯނު އެކައުންޓް ބަންދުކުރެވެންދެން އެގްރީމެންޓާއި އެގްރީމެންޓްގެ ދަށުން
ލިބިގެންވާ ޙައްޤުތަކާއި ބާރުތައް ބާޠިލްނުވެ ދެމިގެންދާނެކަމަށް ކަނޑައަޅައި ދިނުމަށް އެދި ރިޝްވާން
ނިޘާމްގެ މައްޗަށް ބޭންކް އޮފް މޯލްޑިވްސް ޕލކ.ގެ ފަރާތުން ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް
ކަމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{011/HC-A/46
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ދަޢުވާގައިވާ ފަދައިން ރިޝްވާން ނިޘާމްގެ އެދުމަކަށް
ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ މެއިން ބްރާންޗުން 28 ޖެނުއަރީ 2007 ގައި -/
1,760,000ރ.
(އެއްމިލިއަން ހަތްލައްކަ ފަސްދޮޅަސްހާސް ރުފިޔާ) ގެ ލޯނަކާއި، 19 އޮގަސްޓް 2007 ގައި
-/
500,000ރ. (ފަސްލައްކަ ރުފިޔާ) ގެ އިތުރުކުރުމަކާއި، 31 ޖުލައި 2008 ގައި -/
1,000,000ރ.
(އެއްމިލިއަން ރުފިޔާ) ގެ އިތުރުކުރުމަކާއެކު ޖުމްލަ -/3,260,000ރ. (ތިންމިލިއަން ދެލައްކަ
ފަސްދޮޅަސްހާސް ރުފިޔާ) ދޫކުރެވިފައިވާކަމާއި،
ދަޢުވާގައިވާ ލޯނު ރިޝްވާން ނިޘްމަށް ދޫކޮށްފައިވަނީ ރިޟްވާން ނިޘާމްގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ”ހާބަރ ޕްރިންސަސް، (ރަޖިސްޓްރީ ނަންބަރ P8489A
-
03 10
-
T) އެވެކިޔުނު
ދޯނި ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ރަހުނުކުރެވިގެންކަމާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން
ރިޝްވާން ނިޘާމަށް ދޫކުރި ޖުމްލަ -/
3,260,000ރ. (ތިންމިލިއަން ދެލައްކަ ފަސްދޮޅަސްހާސް ރުފިޔާ)
ގެ ޑިމާންޑް ލޯނަށް ދެފަރާތްދެމެދު އެއްބަސްވެފައިވާ ފަދައިން ޤަވާޢިދުން ފައިސާ ނުދެއްކުމުގެ ސަބަބުން
14 ސެޕްޓެމްބަރ 2010 ގެ ނިޔަލަށް 3,787,387
/
17ރ. (ތިންމިލިއަން ހަތްލައްކަ އަށްޑިހަހަތްހާސް
ތިންސަތޭކަ އަށްޑިހަހަތްރުފިޔާ ސަތާރަ ލާރި) ދައްކަންޖެހި ނުދައްކާވާކަން ޝަރީޢަތަށް ހުށަހެޅިފައިވާ
ލިޔެކިޔުމުން ސާބިތުވާ ކަމަށާއި،
މިފައިސާ އާއި މިފައިސާ ދައްކާ ޚަލާޞް ދެފަރާތްދެމެދު އެއްބަސްވެފައިވާ ގޮތުގެ
މަތީން އަރާ އިންޓްރެސްޓާއި ސާރވިސް ޗާރޖަކީ އަދި ބޭންކް އޮފް މޯލްޑިވްސް ޕލކ. އިން ރިޝްވާން
ނިޝާމަށް ދޫކުރި ޑިމާންޑް ލޯނުގެ ފައިސާ އާއި ސަރވިސް ޗާރޖާއި ޖޫރިމަނާ ފައިސާ އެކުގައި އަދާކޮށް
އެކައުންޓަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކައި ލޯން އެކައުންޓް ބަންދުކުރެވެންދެން ދެފަރާތްދެމެދު
އެއްބަސްވެފައިވާ ގޮތުގެ މަތީން ސެންކްޝަން ސިޓީތަކުގައިވާ މާއްދާތައް ތަންފީޛު ކުރުމުގެ ގޮތުން
އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމާއި ގުޅިގެން ހިނގާ ހުރިހާ ޚަރަދުތަކާއި ދޭންޖެހޭ ފީއަކީ ރިޝްވާން
ނިޘާމްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް ޕލކ.އަށް ދައްކަންޖެހޭ ފައިސާކަމުގައާއި، ޑިމާންޑް ލޯނުގެ
ފައިސާ އާއި ސަރވިސް ޗާޖާއި ޖޫރިމަނާ ފައިސާ އެކުގައި އަދާކޮށް ލޯން އެކައުންޓަށް ދައްކަންޖެހޭ
އެންމެހައި ފައިސާ ދައްކައި ލޯން އެކައުންޓް ބަންދު ކުރެވެންދެން ރަހުނު އެގްރީމެންޓް ބާޠިލްނުވެ
ދެމިއޮންނާނެ ކަމަށް ކަނޑައަޅުއްވައި،
މ 8
ކުރެނދިން ދި
UCO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/46
މިފައިސާ އަދާކުރުމުގެ ގޮތުން މިމުޢާމަލާތާ ގުޅިގެން އިތުރަށް އަރަމުންދާ އިންޓްރެސްޓާއި
ސަރވިސް ޗާރޖާއެކު މިފައިސާ 23 ސެޕްޓެމްބަރު 2010 ދުވަހުން ފެށިގެން 12 (ބާރަ) މަސްދުވަހުގެ
ތެރޭގައި ކޮންމެ މަހަކު އެބަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރެއް ބޭންކް އޮފް މޯލްޑިވްސް ޕލކ.
އަށް ދައްކައި މިމުޢާމަލާތާއި ގުޅިގެން ދައްކަންޖެހޭ އެންމެހާ ފައިސާ މިމުއްދަތުގެ ތެރޭގައި ދައްކާ
ޚަލާޞްކުރުމަށާއި ރަހުނުކުރެވިފައިވާ "ހާބަރ ޕްރިންސަސް“ (ރަޖިސްޓްރީ ނަންބަރ -10
03-P8489A
T) އެވެކިޔުނު ދޯނި ވަނީ 05 ސެޕްޓެމްބަރު 2010 ގައި ހިނގި އަލިފާނުގެ ޙާދިސާއެއްގައި ބޭނުން
ނުކުރެވޭވަރަށް އަނދާފައިކަން ދެފަރާތުގެ ބަހުން އެނގޭކަމުން 11 އޮގަސްޓް 2008 ގެ ތާރީޚުގެ
ރުމުގެ އެއްބަސްވުމުގެ ދަށުން މިއުޅަނދަށް ނަގާފައިވާ އިންޝުއަރަންސް ޕޮލިސީ ނުވަތަ
ޕޮލިސީތަކުގެ ދަށުން ލިބޭ ފައިސާ ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައިވާ ރިޝްވާން ނިޘާމްގެ އެކައުންޓަށް
ޖަމައުކުރުމަށް ދަފްތަރު ނަންބަރު 5353 { އިނާޒް ރިޝްވާން ނިޘާމަށް އަންގަވައިކަން،
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެންއޮވެއެވެ.
ދނނު7
CCCX OC C
02- އިސްވެ
ހ4 434
3
3
ންވެރެފެން
ގޮތުގެމަތީން މަދަނީ ކޯޓުގެ ނަންބަރު 2010/MC/1836
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އެ ޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ
އުޞޫލު ތަކާއި ޚިލާފަށް ކަމަށްބުނެ، ރިޝްވާން ނިޘާމްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ދެ ނުކުތާއެއް
ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އެއިގެ ތެރެއިން:
ccc
OcOXO
• ފުރަތަމަ ނުކުތާއަކީ: ވިޔަފާރިކުރުމަށްޓަކައި ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަމުން އައި މުދާ
ބޭންކުގައި ރަހުނު ކުރުމަށްފަހު ނަގާފައިވާ ލޯނުގެ ފައިސާ އަބުރާ ބޭންކަށް ދައްކަމުން އަންނަނީ އެރަހުނު
ކުރެވުނު މުދާ ވިޔަފާރީގައި ޝާމިލްކޮށްގެން ލިބޭ އާމްދަނީއަކުން ކަމަށް ވުމާއެކު އެމުދާ ގުދުރަތީ
އަލިފާނުގެ ހާދިސާއެއްގައި މުޅިން ނެތި ދިއުމުންވެސް އޭގެ މަންފާއިން ދައްކަމުން ދިޔަ ފައިސާ ހަމަ
އެއުޞޫލުން ކުރިއެކޭ އެއްފަދައިން އިންޓްރެސްޓް އަރަމުންދާނެ ގޮތަށް ދައްކަންޖެހޭ ކަމަށް ޙުކުމުގައި
ހިމެނޭ ހިމެނުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
etc
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{011/HC-A/46
. ދެވަނަ ނުކުތާއަކީ: ރަހުނުކުރެވުނު މުދާ ގުދުރަތީ އަލިފާނުގެ ހާދިސާއަކުން މުޅިން ނެތި
ދިއުމަށްފަހުވެސް އެމުދާ ރަހުނުކޮށްފައި ނަގާފައިވާ ފައިސާއަށް އިންޓްރެސްޓް އަރާގޮތަށް 1 އަހަރު
ދުވަހުގެ ތެރޭގައި ފައިސާ ދައްކާ ޚަލާޞްކުރުމަށް ކޮށްފައިވާ ޙުކުމަކީ އިސްލާމީ ޝަރުޢީ ކޯޓަކުން
ކަނޑައެޅިގެން ރިބާގެ ގޮތުގައި ފައިސާ ނަގައި ދިނުމަށް ކަމަށް ފެންނާތީ އެޙުކުމް
އިސްތިއުނާފުކޮށްދެއްވުމަށް ފުރުޞަތު އޮތްކަމަށް ފެނުން ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- މަދަނީ ކޯޓުގެ ނަންބަރު 2010/MC/1836 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ރިޝްވާން ނިޘާމްގެ ފަރާތުން ހުށަހަޅާފައިވާ
މިކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ރިޝްވާން ނިޘާމްގެ އެދުމުގެ މަތީން ރިޝްވާން ނިޘާމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
”ހާބަރ ޕްރިންސަސް“ (ރަޖިސްޓްރީ ނަންބަރ P8489A
-
03 10
-
T) އެވެ ކިޔާ ދޯނި
ބޭންކް އޮފް
މޯލްޑިވްސް ޕލކ. ގައި ރަހުނު ކުރުމަށްފަހު، ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ މެއިން ބްރާންޗުން
އެކިފަހަރު މަތިން ޖުމްލަ -/
3,260,000ރ. (ތިންމިލިއަން ދެލައްކަ ފަސްދޮޅަސްހާސް ރުފިޔާ) ގެ
ޑިމާންޑް ލޯނެއް ރިޝްވާން ނިޘާމަށް ދޫކޮށްފައިވާކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުމުން
ޝަރީޢަތަށް ސާބިތުވެއެވެ.
(ނ) ރިޝްވާން ނިޘާމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "ހާބަރ ޕްރިންސަސް“ (ރަޖިސްޓްރީ
ނަންބަރ P8489A
-
03 10
-
T) އެވެ ކިޔާ ދޯނި 2010 ސެޕްޓެމްބަރ 05 ވަނަ ދުވަހު ހިނގި
އަލިފާނުގެ ހާދިސާއެއްގައި އެ އުޅަނދު ބޭނުން ނުކުރެވޭވަރަށް އަދާފައިވާކަން އިސްތިއުނާފު މިކުރެވޭ
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގެ ގޮތުގެ ރިޕޯޓުންނާއި ސިވިލްކޯޓުގެ ނަންބަރު 2011/Cv-C/535
ޤަޟިއްޔާގެ ޙުކުމުން ޝަރީޢަތަށް ސާބިތުވާއިރު، އުޅަނދު އަދާފައިވަނީ ރިޝްވާން ނިޘާމްގެ އިހްމާލެއް
އޮވެގެންކަން ޝަރީޢަތަށް ސާބިތުނުވާތީ، އެ އުޅަނދުގެ އިންޝުއަރެންސްގެ ފައިސާގެ ގޮތުގައި
އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/46
-/
4,550,000ރ. (ހަތަރުމިލިއަން ފަސްލައްކަ ފަންސާސް ހާސް ރުފިޔާ) 2011 އޯގަސްޓް 08 ވަނަ
ދުވަހުން ފެށިގެން 14 (ސާދަ) ދުވަހު ތެރޭގައި ރިޝްވާން ނިޘާމަށް ރައްދުކުރުމަށްޓަކައި ސިވިލްކޯޓަށް
ދެއްކުމަށް އެލައިޑް އިންޝުއަރަންސް ކޮމްޕެނީ އޮފް ދަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގަވައި
ސިވިލްކޯޓުގެ ނަންބަރު 2011/Cv
-
C/535 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވާއިރު، އެޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 164/HC
-
A/2012 ޤަޟިއްޔާގައި
ޙުކުމްކުރައްވާފައިވާކަން އެނގެން އޮވެއެވެ.
442ށް
00c
31
15
(ނ) ޝަރުޢީ ޤާނޫނީ ހަމަތަކުން ބަލާއިރު، ކޮންޓް
ކޮންޓްރެކްޓެއްގެ ބައިވެރިން އެޙަޤީޤަތެއްގެ
ންޓްރެކްޓްކުރި ޙަޤީޤަތް ކޮންޓްރެކްޓުގެ ބައިވެރިންގެ އެއްވެސް ބާރެއްނެތި އެބައިވެރިންކުރި
ކަމަކާއިނުލައި ބަދަލުވެއްޖެނަމަ އެކޮންޓްރެކްޓެއް ނިމުމަކަށް އަންނާނެ ނުވަތަ ބާޠިލްވާނެކަން
ގުންޓްރެކްޓާއިބެހޭ ޤާނޫނުގެ 11 ވަނަ މާއްދާއިން ސާފުކޮށް އެނގެންއޮތުމުގެ އިތުރުން، ރަހުނުގެ
ސްވުންތަކުގައި ރަހުނު ކުރެވޭ އެތި ހަލާކުވެ، ނެތި ހިނގައްޖެނަމަ ރަހުނުގެ އެއްބަސްވުން
އެހިސާބުން ނިމުމަކަށް އަންނާނެ ނުވަތަ ބާތިލުވާނެކަން ޝަރުޢީ ހަމަތަކުން އެނގެން އޮންނަކަމާއި،
އެގޮތުން މިމައްސަލައިގާ ބޭންކް އޮފް މޯލްޑިވްސް މކ. އިން ރިޝްވާން ނިޝާމަށް ލޯނު
ދޫކޮށްފައިވަނީ ރިޝްވާން ނިޘާމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ "މާބަރ ޕްރިންސަސް، އެވެކިޔާ ދޯނި
ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައި ރަހުނުކުރުމަށްފަހުގައިކަން އެނގެން އޮވެފައި، އެދޯނި 2010
ސެޕްޓެމްބަރ 05 ގައި އަލިފާނުގެ ހާދިސާއެއްގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަން އެނގެން
އޮތުމުން، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ ރަހުނު އެގްރީމެންޓް އެތާރީޚުން ފެށިގެން ނިމުމަކަށް
އަންނާނެކަމާއި، އެހެންކަމުން މަދަނީ ކޯޓުގެ ނަންބަރު 2010/MC/1836 ޤަޟިއްޔާގައި ރިޝްވާން
ނިޘާމަށް ދޫކުރެވިފައިވާ ލޯނުގެ ފައިސާ ދައްކާ، އެކައުންޓް ބަންދު ކުރެވެންދެން
ރަހުނު އެގްރީމެންޓް
ބާޠިލްނުވެ ދެމިއޮންނާނެކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކަމަށް
ބެލެވެން ނެތްކަން އެނގެއެވެ.
(ހ) ރަހުނަކީ ނުވަތަ ރަހުނު އެގްރީމަންޓަކީ ދަރަނީގެ ނުވަތަ ލޯނުގެ ފައިސާ ދައްކާނެ ކަމުގެ
ޔަޤީންކަން ދިނުމުގެ ގޮތުން ކުރެވޭ، ދަރަނީގެ ނުވަތަ ލޯނުގެ އެއްބަސްވުމާއި ގުޅިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/46
އެގްރީމެންޓެއްކަމާއި، އަދި ރަހުނު އެގްރީމެންޓަކީ މިއިސްތިއުނާފުކުރެވޭ މައްސަލައިގާ ލޯނުގެ
އެއްބަސްވުމާއި ގުޅިފައިވާ މުހިންމު އަސާސެއްކަން ޝަރުޢީ ޤާނޫނީ ހަމަތަކުން އެނގެން އޮތުމުންނާއި
ރަހުނުކުރެވުނު
ރެވުނު މުދާ ނެތި ދިއުމުގެ ސަބަބުން ރަހުނު އެގްރީމެންޓް ނިމުމަކަށް އައުމުގެ ނަތީޖާއެއްގެ ގޮތުން
ލޯނުގެ އެއްބަސްވުންވެސް އެހިސާބުން ނިމުމަކަށް އަންނާނެ ނުވަތަ ބާޠިލުވާނެކަމާއި،
ލޯނަކާއި ގުޅިގެން ރަހުނުކުރެވިފައިވާ މުދާ ބޭންކާއި ޙަވާލުކުރުމުން ލޯނު އެގްރީމެންޓްގެ
ދަށުން ނަގަމުންދާ އިންޓްރެސްޓް ނެގުން އެހިސާބުން ނިމޭނެ ކަމަށް މިނިސްޓްރީ އޮފް ޖަސްޓިސްގެ
ނަންބަރު 99/8 އެމް.ޖޭސީ (28 އޭޕްރީލް 1999) (ސަރކިއުލާރ) ގައި ބަޔާންކުރެވުމާއި ގުޅިގެން
އެތާރީޚުން ފެށިގެން ރަހުނު ހިމެނޭ ބޭންކް ލޯނު ތަކަށް ފައިސާ ނުދައްކައިގެން ފައިސާ ހޯދުމަށް
ދަޢުވާކުރެވޭ މައްސަލަތަކުގައި ރަހުނު ޙަވާލުކުރުމަށް އަންގާ ތާރީޚުން ފެށިގެން ނުވަތަ ރަހުނު ޙަވާލުކުރާ
ތާރީޚުން ފެށިގެން ލޯނު އެކައުންޓަށް އިންޓްރެސްޓް ޗާރޖުކުރުން ނިމުމަކަށް ގެނައުމަކީ ކޯޓުތަކުން އެގޮތުގެ
މަތިން ޙުކުމްކުރެވި އަދި މިހާތަނަށް މަތީ މަރުޙަލާގެ ކޯޓަކުން ބަދަލުގެނެވިފައިވާކަން އެނގެން ނެތް
އިސްތިޤްރާރުވެފައިވާ ކަމެއްކަމާއި؛
ލޯނަކާއި ގުޅިގެން ރަހުނު ކުރެވޭ
ކުރުމަށް ކޯޓުން އަމުރުކުރުމުން ނުވަތަ
އެމުދާ އަމިއްލަ އިޚްތިޔާރުގައި ރަހުނު ހިފިފަރާތާއި ޙަވާލުކުރުމުން ލޯނު އެކައުންޓަށް އިންޓްރެސްޓް
ޗާރޖްކުރުން ނިމުމަކަށް ގެނެވޭއިރު، އެއްބަސްވުމުގެ ދެފަރާތުންކުރެ ފަރާތެއްގެ އަމިއްލަ ބާރު ނުފޯރާ
ގުދުރަތީ ނުވަތަ އެހެންވެސް ސަބަބަކާއި ހުރެ ރަހުނު ކުރެވުނު މުދާ ނެތިދާ ޙާލަތުގައި ލޯނު އެކައުންޓަށް
އިންޓްރެސްޓް ޗާރޖު ކުރުން ނިމުމަކަށް ގެނައުން މާއައުލާކަން ބޮޑުވެގެން ވުމުގެ އިތުރުން، ލޯނަކާއި
ގުޅިގެން ރަހުނު ކުރެވޭ މުދާ ނެތި ހިގައްޖެނަމަ އެތާރީޚުން ފެށިގެން ލޯނުގެ އެކައުންޓަށް އިންޓްރެސްޓް
ޗާޖްކުރުން ނިމުމަކަށް ގެނައުމަކީ ޤަޟާއީ ޢުރުފް (judicial custom) އެއްގެ ގޮތުގައި ބެލެވެމުން
އައިސްފައިވާ ކަމެއްކަމަށް ވުމާއެކު، އިޝާރާތް ކުރެވުނު މުޢާމަލާތާއި ގުޅިގެން އިތުރަށް އަރަމުންދާ
އިންޓްރެސްޓާއި ސަރވިސް ޗާރޖާއި ޖޫރިމަނާއާއެކު ފައިސާދެއްކުމަށް ކަނޑައެޅުއްވި ކަނޑައެޅުއްވުން
ޤާނޫނީ އުޞޫލުތަކާއި އެއްގޮތް ކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ މަދަނީކޯޓުގެ
ނަންބަރު 2010/MC/1836 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
که سرط
14ކ
co
s
އެގޮތަށް
ހުރުމާއެކު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.ވެ
8
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/46
0
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި
ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރުމުން،
ރިޝްވާން ނިޘާމްގެ އެދުމުގެ މަތީން ރިޝްވާން ނިޘާމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ހާބަރ
ޕްރިންސަސް“ (ރަޖިސްޓްރީ ނަންބަރ P8489A
-
03 10
-
T) އެވެ ކިޔާ ބޭންކް އޮފް މޯލްޑިވްސް
ޕީލކ. ގައި ރަހުނު ކުރުމަށްފަހު، ބޭންކް އޮފް މޯލްޑިވްސް ޕލކ. ގެ މެއިން ބްރާންޗުން އެކިފަހަރު
މަތިން ޖުމްލަ -/3,260,000ރ. (ތިންމިލިއަން ދެލައްކަ ފަސްދޮޅަސްހާސް ރުފިޔާ) ގެ ޑިމާންޑް ލޯނެއް
ރިޝްވާން ނިޘާމަށް ދޫކޮށްފައިވާއިރު، 2010 ސެޕްޓެމްބަރ 05 ވަނަ ދުވަހު ހިނގި އަލިފާނުގެ
ހާދިސާއެއްގައި ”ހާބަރ ޕްރިންސަސް] ބޭނުން ނުކުރެވޭވަރަށް އަދާފައިވާކަން ޝަރީޢަތަށް ސާބިތުވާތީ،
ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ ރަހުނުގެ އެއްބަސްވުން އެހިނދުން ފެށިގެން ބާޠިލްވާނެކަމަށް
ކަނޑައަޅައި، ރަހުނު އެއްބަސްވުމުގެ ދަށުން މިއުޅަނދަށް ނަގާފައިވާ އިންޝުއަރަންސް ޕޮލިސީ ނުވަތަ
ޕޮލިސީތަކުގެ ދަށުން ލިބޭ ފައިސާ ބޭންކް އޮފް މޯލްޑިވްސް ޕލކ. ގައިވާ ރިޝްވާން ނިޘާމްގެ އެކައުންޓަށް
ޖަމައުކުރުމަށް އަންގާ، އަދި ލޯނާއި ގުޅިގެން ރަހުނުކުރެވޭ މުދާ ނެތި ދިއުމަކީ، ލޯނު އެކައުންޓަށް
އިންޓްރެސްޓް ޗާޖްކުރުން ނިމުމަކަށް ގެނެވޭ ޤަޟާއީ އުރުފެއް ކަމަށްވާތީ، އިޝާރާތް ކުރެވުނު އުޅަނދު
އަލިފާނުގެ ހާދިސާއެއްގައި ބޭނުން ނުކުރެވޭވަރަށް އެނދި ތާރީޚު ކަމުގައިވާ 2010 ސެޕްޓެމްބަރު 15 ވަނަ
ދުވަހުގެ ނިޔަލަށް ލޯނު އެކައުންޓުގައި ދައްކަންޖެހި ނުދެއްކިވާ އެންމެހައި ފައިސާއަކީ އިތުރަށް ސަރވިސް
ޗާރޓާއި އިންޓްރެސްޓާއި ޖޫރިމަނާ ޗާރޖްކުރުމަކާއި ނުލައި ރިޝްވާން ނިޘާމް ބޭންކް އޮފް މޯލްޑިވްސް
ޕީލކ. އަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައި، އެފައިސާ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް
ލިބިދިނުމުގެ ގޮތުން މިއަދު (2012 އޮކްޓޯބަރ 15 ވަނަ ދުވަހު) ން ފެށިގެން 03 މަސްދުވަހު
މުއްދަތުގައި މަދުވެގެން އެމަހަކަށް ޖެހޭ މިންވަރު އެމަހަކު ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދެއްކުމަށް
ރިޝްވާން ނިޘާމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އިއްތިފާޤުން އަންގައި
ޙުކުމްކޮށް، މަދަނީކޯޓުގެ ނަންބަރު 2010/MC/1836 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv