ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/260 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/26
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
0
ޤަޟިއްޔާ ނަންބަރު: 260/HC
-
A/2014
އިސްތިއުނާފު ކުރިފަރާތް:
* ނަން: މޫސާ ވަޙީދު
އައިޑީ ކާޑު ނަންބަރު: A026991
:
* ދާއިމީ އެޑްރެސް: ހަވީރީގެ /ލ. އިސްދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
* ރެޖިސްޓްރީ ނަންބަރު: 245
/
2001-C
ދާއިމީ އެޑްރެސް: 01-04# ހ. އާގެ|މާލެ
• ރަޖިސްޓްރީކުރެވުނު ތާރީޚް: 17 ރަބީއުލްއާޚިރު 1435
15 ސެޕްޓެމްބަރު 2014
ނިމުނު ތާރީޚް: 25 މުޙައްރަމް 1436
18 ނޮވެމްބަރު 2014
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv
-
C/1712
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ކޯޓް: ސިވިލް ކޯޓް
* ހުށަހެޅުނު ތާރީޚް: 26 ޑިސެމްބަރު 2010 * ނިމުނު ތާރީޚް: 20 އެޕްރީލް 2014
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
، ދިވެހި
2014/HC-A/26
2 ޤަޟިއްޔާ ނިމުނު "
کمر مترمربع
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1712 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި، ލ. އިސްދޫހަވީރީގެ، މޫސާ ވަޙީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A026991) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑް (ރެޖިސްޓްރީ ނަންބަރު 245
/
2001-C) އެވެ.
22 22
2&
މަގަކުރެވުނު
02c
00c
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1712
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، "މިސްރާބް" ނަމަކަށްކިޔާ (ރަޖިސްޓްރީ ނަންބަރު
C7523A
-
01-10
-
T) މަސްދޯނި، ފައިނޭންސް ލީސިންގ އުސޫލުން ދޫކުރުމާ ބެހޭގޮތުން 29 ޖޫން
2006 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ލ. އިސްދޫހަވީރީގެ،
މޫސާ ވަޙީދާ ދެމެދު ސޮއިކުރެވިފައިވާ ފައިނޭންސް ލީސިންގ އެގްރީމަންޓް ނަންބަރު 06060241 ގެ
ދަށުން މޫސާ ވަޙީދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ
ފައިސާ ދައްކަމުން ނުދާތީ، 10 ޖެނުއަރީ 2010 ގައި ލީސް އެގްރީމަންޓް ބާތިލުކޮށްފައިވާ ކަމަށާއި،
ލީސް އެގްރީމަންޓް ބާތިލުކުރުމާ ހަމައަށް ލީސް ގޭމްންޓްގެ ގޮތުގައި މޫސާ ވަޙީދު މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދައްކާވާ އެންމެހާ ފައިސާއާއި، ޤަވާޢިދުން
ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާއި، ލިކުއިޑޭޓަޑް ޑެމޭޖަރސްއާއި، ޤާނޫނީ
ވަކީލުންގެ ފީއާއި، ކޯޓު ފީއާއެކު، ލީސް އެގްރީމަންޓުގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.lhighcourt.gov.mv
ދިވެހިވެއްޖެ
2014/HC-A/260
می هرکی
=32
"13
3 ޤަޟިއްޔާ ނިމުނު ގޮ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 1,702,13598ރ. (އެއްމިލިއަން ހަތްލައްކަ ދެހާސް އެއްސަތޭކަ
ތިރީސް ފަސްރުފިޔާ ނުވަދިހަ އަށްލާރި) ލިބެންޖެހޭކަމަށް ބުނެ، މިފައިސާ މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށް މޫސާ ވަހީދުއާއި، އެމުޢާމަލާތައް ޔަޤީންކަން
ދީފައިވާ، އިހައްދޫ/މާލެ، މުޙައްމަދު ވަޙީދުގެ މައްޗަށް ދަޢުވާ ރައްދުވާގޮތަށް މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާގެ ޙުކުމުގައިވަނީ، "ދެންފަހެ، މަސް ދޯންޏެއް ކަމުގައިވާ "މިސްރާބު"
ނަމަކަށް ކިޔާ ދޯނި (ރަޖިސްޓްރީ ނަންބަރު C
-
7523A
-
01-10
-
T) ފައިނޭންސް ލީސިންގ އުޞޫލުން
ދޫކުރުމާބެހޭގޮތުން 29 ޖޫން 2006 ދުވަހު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި ލ. އިސްދޫ | ހަވީރީގޭ މޫސާ ވަޙީދު (ދ.ރ.ކާޑް ނަންބަރު A026991) އާދެމެދު
ސޮއިކޮށްފައިވާ ފައިނޭންސް ލީސިންގ އެގްރީމަންޓް ނަންބަރު: 06060241 ގެ ދަށުން މޫސާ ވަޙީދު،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދައްކަމުން
ނުދާތީވެ 10 ޖެނުއަރީ 2010 ވަނަ ދުވަހު ލީސް އެގްރީމަންޓް ބާޠިލްކޮށްފައި ވާކަމަށާއި، ލީސް
އެގްރީމަންޓް ބާޠިލްކުރުމާ ހަމައަށް ލީސްޕްމެންޓްގެ ގޮތުގައި މޫސާ ވަޙީދު، މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދައްކާވާ އެންމެހައި ފައިސާއާއި، ޤަވާއިދުން
ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާއި، އަދި ދަޢުވާ ފޯމްގައި ބަޔާންކޮށްފައިވާގޮތަށް
މޫސާ ވަޙީދު އެގްރިމަންޓާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކިއުޑޭޓެޑް ޑޭމޭޖަސްއާއި، ޤާނޫނީ
ވަކީލުންގެ ފީއާއި، ކޯޓުފީ އާއިއެކު، ލީސް އެގްރީމަންޓްގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 1,702,135198ރ. (އެއްމިލިއަން ހަތްލައްކަ ދެހާސް އެއްސަތޭކަ
ތިރީސް ފަސް ރުފިޔާ ނުވަދިހަ އަށްލާރި) ލިބެންޖެހޭ ކަމަށާއި، މިފައިސާ މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ލިބިދިނުމަށް މޫސާ ވަޙީދު އާއި، މިމުޢާމަލާތަށް ޔަޤީންކަން
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
ޤަޟިއްޔާ
ނިމުނު ގޮ
2014/HC-A/26
ޗެ
13
ދީފައިވާ
އިހައްދޫ / މާލެ މުޙައްމަދު ވަޙީދު (ދ.ރ.ކާޑް ނަންބަރު A012601) ގެ މައްޗަށް
އަމުރުކޮށްދެއްވުން އެދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ދަޢުވާކޮށްފައި
ވާހިނދު،
މި މައްސަލާގައި ދަޢުވާލިބޭ މޫސާ ވަޙީދު އާއި، މުޙައްމަދު ވަޙީދު ދަޢުވާއަށް
އިންކާރުކޮށްފައިވާކަން އެނގެން އޮންނަކަމާއި، މޫސާ ވަޙީދު ހުށަހަޅާފައިވާ ދަޢުވާގެ ޖަވާބު ފޯމްގައި 29
ޖޫން 2006 ދުވަހު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މޫސާ ވަޙީދު
އާދެމެދު "މިސްރާބު" ދޯނި ފައިނޭންސް ލީސިންގް އުޞޫލުން ދޫކުރުމާބެހޭގޮތުން ލީސިންގ
އެގްރީމަންޓްގައި މޫސާ ވަޙީދު ސޮއިކޮށްފައިވާކަމަށް އިޢުތިރާފްވެފައިވާކަން އެނގެން އޮންނަކަމާއި،
މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ހެއްކެއްގެ
ހެކިބަހުންވެސް މޫސާ ވަޙީދު "މިސްރާބު" ދޯނީގެ މުޢާމަލާތް ކޮށްފައިވާކަން އެނގޭކަމުގައިބުނެ
ޝަރީއަތަށް ހެކިބަސްދީފައިވާތީއާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުން "މިސްރާބު" ދޯނި ފައިނޭންސް
ލީސިންގ އުޞޫލުން ދޫކުރުމާބެހޭގޮތުން މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި، މޫސާ ވަޙީދު އާއެކު ކޮށްފައިވާ މުޢާމަލާތަކީ ޤަނޫނު ނަންބަރު: 4/91 (ކޮންޓްރެކްޓާބެހޭ
LCOOO
ococoox
ޤާނޫނު) ގެ 5 ވަނަ މާއްދާ އާ
އެއްގޮތަށް ލިޔުމުން ވެފައިވާ ޞައްޙަ ކޮންޓްރެކްޓެއްކަން އެނގެން
އޮންނަކަމާއި،
މި މައްސަލަޔަށް ތަދައްޚުލްވި ހިތަދޫ ! ސޯސަންގެ އަޙްމަދު ޝަރީފް (ދ.ރ
ކާޑް ނަންބަރު: A049836) ދަޢުވާގައިވާ "މިސްރާބު" ދޯންޏަކީ އަޙްމަދު ޝަރީފް އަށް މޫސާ ވަޙީދު
މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ނަގާދީފައިވާ ދޯންޏެއް ކަމުގައި
ބުނިކަމުގައިވިޔަސް، އަދި ދޯނިން މަންފާ ޙާޞިލްކުރީ އަޙްމަދު ޝަރީފް ކަމުގައި ވިޔަސް، ދަޢުވާގައިވާ
މުޢާމަލާތަކީ މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، މޫސާ ވަޙީދު އާއެކު
ކޮށްފައިވާ މުޢާމަލާތެއްކަން ބުނެވެދިޔަ ހަމަތަކުން އެނގެން އޮވެފައި، މި މުޢާމަލާތުގެ ޒިންމާ އަޙްމަދު
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
¢ ¢3
ޤަޟިއްޔާ ނިމުނު
2014/HC-A/260
دری
ތރު 2
2
دور کر
ޝަރީފް އާ ޖާމިނުކުރުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރު
ކޮށްފައިވާތީ، މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ނުރުހުމުގައި މި
ޒިންމާ އަޙްމަދު ޝަރީފް އާ ޖާމިނުކުރުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ކުރެވެން
އޮތްކަމެއް ނޫންކަން އެނގެން އޮންނަކަމާއި،
ދަޢުވާގައިވާ މުޢާމަލާތަށް ޔަޤީންކަން ދީފައިވާކަމަށްބުނާ ހއ. އިހައްދޫ | މާލެ
މުޙައްމަދު ވަޙީދު ދަޢުވާއަށް އިންކާރުކޮށް "މިސްރާބު" ދޯނީގެ ލީސް އެގްރީމަންޓްގައި އޭނަ ސޮއިކޮށްފައި
ނުވާނެކަމަށް ބުނެފައި ވާހިނދު، މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ހުށަހެޅި އެގްރިމަންޓްގައި ސޮއިކުރި ހެކީންގެ ހެކިބަހުންވެސް މުޙައްމަދު ވަޙީދު "މިސްރާބު ދޯނީގެ ލިސް
އެގްރީމަންޓްގައި ސޮއިކުރިކަން އެނގިފައި ނުވާކަމުގައި ބުނެފައިވުމާއި، ބުނެވެދިޔަ ލީސް އެގްރީމަންޓްގައި
މުޙައްމަދު ވަޙީދު ސޮއިކޮށްފައި ވާކަމަށް މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑުން ބުނާ ބުނުން ފިޔަވައި، ދަޢުވާގައިވާ މުޢާމަލާތަށް މުޙައްމަދު ވަހީދު ޔަޤީންކަން ދީފައިވާކަމަށް
ބާރުދޭ އެއްވެސް ހެއްކެއް ޤަރީނާއެއް ހުށަހެޅިފައި ނެތުމުން، ދަޢުވާގައިވާ މުޢާމަލާތަށް މއ.
މާލެ މުޙައްމަދު ވަހީދު (ދ.ރ ކާޑް ނަންބަރު A012601) ޔަޤީންކަން ދީފައިވާކަން ޝަރީއަތަށް
ޘާބިތުނުވާކަމުގައި ކަނޑައަޅައި؟
ދަޢުވާގައިވާ "މިސްރާބު" (ރަޖިސްޓްރީ ނަންބަރު C7523A
-
01-10
-
T) ދޯނި
ފައިނޭންސް ލީސިންގް އުޞޫލުން ދޫކުރުމާބެހޭގޮތުން 29 ޖޫން 2006 ދުވަހު މޯލްޑިވްސް ފައިނޭންސް
ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި، މޫސާ ވަޙީދު އާދެމެދު ސޮއިކޮށްފައިވާ ފައިނޭންސް ލީސިންގ
އެގްރީމަންޓް ނަންބަރު 06060241 ގެ ދަށުން މޫސާ ވަޙީދު، މޯލްޑިވްސް ފައިނޭންސް ލީސިންގް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީވެ 10 ޖެނުއަރީ 2010 ވަނަ
ދުވަހު ލީސް އެގްރީމްނަޓް ބާޠިލްކުރުމާ ހަމައަށް ލީސް ޕޭމަންޓުގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް
ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހި ނުދައްކަވާ އެންމެހައި ފައިސާ އާއި، ޤަވާއިދުން
ހތް
އިހައްދޫ
0 0 2c
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 9336471، ދިވެހިއެވެ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/260
کی عمری
=32
32
ޤަޟިއްޔާ ނިމުނު
ފައިސާ ނުދެއްކުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާއި، އަދި ދަޢުވާ ފޯމްގައި ބަޔާންކޮށްފައިވާ ގޮތަށް
މޫސާ ވަޙީދު އެގްރީމަންޓާއި ޚިލާފުވުމުގެ ސަބަބުން ދައްކަންޖެހޭ ލިކުއިޑީޓޭޑް ޑެމޭޖަސްއާއި، ޤާނޫނީ
ވަކީލުންގެ ފީއާއި، ކޯޓްފީ އާއިއެކު، ލީސް އެގްރީމަންޓްގެ ދަށުން މޯލްޑިވްސް ފައިނޭންސް ލީސިންގް
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް 1,702,135198ރ. (އެއްމިލިއަން ހަތްލައްކަ ދެހާސް އެއްސަތޭކަ
ތިރީސް ފަސްރުފިޔާ ނުވަދިހަ އަށްލާރި) މޫސާ ވަޙީދު ދައްކަންޖެހޭ ކަމުގައި ޝަރުޢީ އަދި ޤާނޫނީ
ހަމަތަކުން ޝަރީއަތަށް ޘާބިތުވާކަމުގައި ކަނޑައަޅައިގެ
ބުނެވެދިޔަ
1,702,135198ރ. (އެއްމިލިއަން ހަތްލައްކަ ދެހާސް އެއްސަތޭކަ ތިރީސް
ފަސްރުފިޔާ ނުވަދިހަ އަށްލާރި) މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް
ލިބިދިނުމަށްޓަކައި މިއަދު 20 އޭޕްރީލް 2014 ދުވަހުން ފެށިގެން 06 (ހައެއް) މަސްދުވަހުގެ
މުއްދަތުގައި އެމަހަކަށްޖެހޭ ޢަދަދުގެ ފައިސާ މަދުވެގެން އެމަހަކު މިކޯޓަށް ދައްކަމުންގޮސް ޚަލާޞްކުރުމަށް
ލ. އިސްދޫ / ހަވީރީގޭ މޫސާ ވަޙީދު (ދ.ރ.ކާޑް ނަންބަރު A026991) އަށް އަންގައި
ކޮށްފީމެވެ" މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
OLC
077
އެކުވެ
1712/Cv-C/2010
2. ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، މޫސާ ވަޙީދުގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން މޫސާ ވަޙީދުގެ
ފަރާތުން ހުށަހަޅާފައިވާ؛
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [9331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7 ޤަޟިއްޔާ ނިމުނު "
2014/HC-A/260
کی عمری
• ފުރަތަމަ ނުކުތާއަކީ، ހިތަދޫ!ސޯސަންގެ، އަޙްމަދު ޝަރީފް (ދ.ރ. ކާޑު
ނަންބަރު A049836) ސިވިލް ކޯޓުގައި ވެފައިވާ އިޢުތިރާފަށް މައްސަލަ ނިންމެވިއިރު
ރިޢާޔަތްކުރައްވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ހިތަދޫ ސޯސަންގެ، އަޙްމަދު ޝަރީފް (ދ.ރ. ކާޑު
ނަންބަރު A049836) މައްސަލާގައި ތަދައްޚުލްވުމުންވެސް އަޙްމަދު ޝަރީފަށް ބަޔާނެއް ހުށަހެޅުމުގެ
ފުރުޞަތުދެއްވާފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
2 22 22 2
0
• ތިންވަނަ ނުކުތާއަކީ، މޫސާ ވަޙީދު މައްސަލައިން ބަރީއަވުމަށްޓަކައި ހުވާކުރުމުގެ
ފުރުޞަތަކަށް އެދުމުންވެސް، ސިވިލް ކޯޓުން އެފުރުޞަތު ދީފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، ގެރެންޓީދީފައިވާ ކަމުގައި ހުށަހަޅާފައިވާ ލިޔުމަކީ،
އޮޅުވާލައިގެން ހުށަހަޅާފައިވާ ލިޔުމެއްކަމަށް ހެކިންގެ ހެކިބަހުން ސާބިތުވާކަމުގައި ކަނޑައެޅިއިރު، ހެކިން
ލީސްގެދަށުން ނަގާފައިވާ ދޯނި ނެގީވެސް، ބޭނުން ކުރަނީވެސް އަޙްމަދު ޝަރީފުކަމުގައި ބުނާއިރު،
އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1712
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރަމުން މޫސާ ވަޙީދުގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/260
می هرکی
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1712 ޤަޟިއްޔާގައި
ހިމެނޭ މައްސަލަ އިސްތިއުނާފުކުރަމުން، ހިތަދޫސޯސަންގެ، އަޙްމަދު ޝަރީފް ސިވިލް ކޯޓުގައި
ވެފައިވާ އިޢުތިކާފަށް، މައްސަލަ ނިންމެވިއިރު ރިޢާޔަތްކުރައްވާފައި ނުވާކަމަށާއި އަދި އަޙްމަދު ޝަރީފް
މައްސަލާގައި ތަދައްޚުލްވުމުންވެސް މައްސަލައާ ގުޅިގެން ބަޔާނެއް ހުށަހެޅުމުގެ ފުރުޞަތު އޭނާއަށް
ދެއްވާފައިނުވާކަމަށްބުނެ، މޫސާ ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ދަށުކޯޓު މަރުޙަލާގައި، އެމައްސަލައަކީ،
އެމައްސަލާގައި ދަޢުވާ ލިބުނު މޫސާ ވަޙީދާއި މުޙައްމަދު ވަޙީދާ ގުޅުންހުރި މައްސަލައެއް ނޫންކަމަށާއި
އެހެންކަމުން، އެމައްސަލާގެ ދަޢުވާ ލިބޭފަރާތުގެ ގޮތުގައި އެމައްސަލާގެ ތެރެއަށް ތަދައްޚުވާން
ބޭނުންކަމަށްބުނެ، ހިތަދޫސޯސަންގެ، އަޙްމަދު ޝަރީފް، ކޯޓަށް ހުށަހެޅި ހިނގަމުންދާ
މައްސަލައެއްގެ ތެރެއަށް ވަނުމަށް ނުވަތަ ކޯޓަށް ހުށަހެޅި ހިނގަމުންދާ މައްސަލައެއްގައި ދަޢުވާކުރުމަށް
އެދޭ ފޯމު" އެއް، 25 މެއި 2011 ގައި ސިވިލް ކޯޓަށް ހުށަހަޅާފައިވާކަމާއި، ނަމަވެސް އެފޯމުގައި
އެދިފައިވާ ގޮތުގެމަތިން، މިނަންގަނެވުނު އަޙްމަދު ޝަރީފަށް މައްސަލާގެ ތެރެއަށް ތަދައްޚުލްވުމުގެ
ފުރުޞަތު ނުވަތަ އެމައްސަލައާ ގުޅިގެން ކޯޓަށް ބަޔާނެއް ހުށަހެޅުމުގެ ފުރުޞަތު ސިވިލް ކޯޓުން
އޭނާއަށް ދެއްވާފައިވާކަން އެނގެން ނެތްކަމާއި، އެހެންނަވެސް އެމައްސަލާގެ ތެރޭގައި މިނަންގަނެވުނު
އަޙްމަދު ޝަރީފް ޝަރީޢަތަށް ހާޒިރުކޮށް އޭނާގެ ހެކިބަސް ސިވިލް ކޯޓުން ނަންގަވާފައިވާކަމާއި، އަދި
މިނަންގަނެވުނު ހެކިބަހަށް ބަލާއިރު، މޫސާ ވަޙީދު ފައިނޭންސް ލީސިންގ އުސޫލުން "މިސްރާބު" ކިޔާ
މަސްދޯންޏެއް، އަޙްމަދު ޝަރީފަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން
ނަގައިދިނުމުގެ ކަންތައްތައް ކޮށްފައިވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
މީގެއިތުރުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ދަށު ކޯޓު މަރުޙަލާގައިވެސް
އަދި އިސްތިއުނާފު މަރުޙަލާގައިވެސް، މިމައްސަލާގައި ހިމެނޭ ފައިނޭންސް ލީސިންގ އެއްބަސްވުމުގެ
ދިވެހިރާއްޖޭގެ
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
¢ ¢.
9 ޤަޟިއްޔާ ނިމުނު ގޮ
2014/HC-A/260
کی مرگی
ދަށުން ނަގާފައިވާ "މިސްރާބު ނަމަކަށްކިޔާ ދޯނި ނަގާފައިވަނީވެސް، އަދި އޭގެން ނަފާ
ހޯދަމުންދަނީވެސް އިސްވެމިނަންގަނެވުނު އަޙްމަދު ޝަރީފުކަމަށާއި، އެހެންކަމުން މޫސާ ވަޙީދުއާއި
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ކުރެވިފައިވާ، މިމައްސަލާގައި
ހިމެނޭ ފައިނޭންސް ލީސިންގގެ މުޢާމަލާތަށް ޒިންމާވާންޖެހޭނީ އަޙްމަދު ޝަރީފުކަމަށް މޫސާ ވަޙީދުގެ
ފަރާތުން ތަކުރާރުކޮށް ބުނެފައިވާކަމާއި،
އެހެންނަމަވެސް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައަކީ، "މިސްރާބް"
ނަމަކަށްކިޔާ (ރަޖިސްޓްރީ ނަންބަރު C7523A
-
01-10
-
T) މަސްދޯނި، ފައިނޭންސް ލީސިންގ
އުސޫލުން ދޫކުރުމާ ބެހޭގޮތުން 29 ޖޫން 2006 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑާއި މޫސާ ވަޙީދާ ދެމެދު ސޮއިކުރެވިފައިވާ ފައިނޭންސް ލީސިންގ އެގްރީމަންޓް
(ނަންބަރު 06060241) ގެ ދަށުން މޫސާ ވަޙީދު މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ދައްކަމުން ނުދާތީ މޫސާ ވަޙީދުއާއި، އެމުޢާމަލާތައް
ޔަޤީންކަން ދީފައިވާ، އިހައްދޫ(މާލެ، މުޙައްމަދު ވަޙީދުގެ މައްޗަށް މޯލްޑިވްސް ފައިނޭންސް
ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅުމުން ސިވިލް ކޯޓުން ބައްލަވާ ނިންމަވާފައިވާ
މައްސަލައެއްކަމާއި، އަދި އިސްވެމިނަންގަނެވުނު އެއްބަސްވުމަކީ މޫސާ ވަޙީދު ސޮއިކޮށްފައިވާ
އެއްބަސްވުމެއްކަމަށް މައްސަލާގެ ދަށުކޯޓު މަރުޙަލާގައި އޭނާ އިޢުތިރާފުވެފައިވާކަމާއި، އަދި އެ
އެއްބަސްވުމުގެ ދަށުން ގަނެވުނު "މިސްރާބް" ނަމަކަށްކިޔާ މަސްދޯންޏާ، 12 ޖުލައި 2006 ގައި މޫސާ
ވަޙީދު ޙަވާލުވެފައިވާކަން، އެމައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ،
މޫސާ ވަޙީދު ސޮއިކޮށްފައިވާ، އެކްސެޕްޓަންސް ރިސީޕްޓް (ރެފަރަންސް ނަންބަރު 06060241) އަށް
ބެލުމުން ސާފުކޮށް އެނގޭކަމާއި، އަދި އިސްވެމިދެންނެވުނު އެއްބަސްވުމުގެ ދަށުން މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މޫސާ ވަޙީދުއާ ދެމެދު ކުރެވިފައިވާ ފައިނޭންސް
ލީސިންގގެ މުޢާމަލާތާ ގުޅިގެން އެދެފަރާތުގެ ދެމެދުގައި އިތުރު މުޢާމަލާތުތަކެއް ކުރެވިފައިވާކަ
އ
އިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮންދީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:
3216471، ދިވެހިކޮޑްގެ
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 43
10 ޤަޟިއްޔާ ނިމުނު "
2014/HC-A/260
ދެވެ
އެމައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ، 15 ޑިސެމްބަރު 2010
ގެ ތާރީޚުގައި، މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މެނޭޖަރަށް
އެޑްރެސްކޮށް މޫސާ ވަޙީދު ފޮނުވާފައިވާ ސިޓީއަށް ބެލުމުން އެނގޭކަމާއި، އަދި މިނަންގަނެވުނު
ސިޓީއަށް ބަލާއިރު، އެސިޓީގައި "ޑިފޯލްޓްވެފައިވާ ތިޔަފަރާތުގައި އޮތް އަހުރެންގެ ލީސް"
([the lease I have with you that has gone into default“) މިފަދައިން
ބަޔާންކުރުމަށްފަހު، "މިކަމަށް ގެނެވިދާނެ ޙައްލެއް ހޯދުމަށް އަހުރެން ބަލަމުންދާތީ"
(I am seeking a possible solution to this“) މިފަދައިން ބަޔާންކޮށްފައި އޮތްއޮތުމަކީ،
މިމައްސަލާގައި ހިމެނޭ، 29 ޖޫން 2006 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް
ލިމިޓެޑާއި މޫސާ ވަޙީދާ ދެމެދު ސޮއިކުރެވިފައިވާ، (ނަންބަރު 06060241) ފައިނޭންސް ލީސިންގ
އެގްރީމަންޓާ ގުޅިގެން ނަގަންޖެހޭ އެންމެހާ ޒިންމާތައް ނަގަންޖެހޭ ފަރާތަކީ މޫސާ ވަޙީދުކަން ޚުދު
އޭނާވެސް ޤަބޫލުކޮ
ލުކޮށްފައިވާކަން ދޭހަކޮށްދޭ ކަމެއްކަމާއި،
މީގެއިތުރުން، މިމައްސަލާގައި ހިމެނޭ، 29 ޖޫން 2006 ގައި މޯލްޑިވްސް
ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މޫސާ ވަޙީދާ ދެމެދު ސޮއިކުރެވިފައިވާ (ނަންބަރު
06060241) ފައިނޭންސް ލީސިންގ އެގްރީމަންޓުގެ ދަށުން ނަގާފައިވާ "މިސްރާބު" ނަމަކަށްކިޔާ
މަސްދޯންޏަކީ އިސްވެނަންގަނެވުނު އަޙްމަދު ޝަރީފަށް ނަގައިދީފައިވާ ދޯންޏެއްކަމަށް، އޭނާ ސިވިލް
ކޯޓަށް ހެކިބަސްދެމުން ބުނެފައިވީނަމަވެސް، 29 ޖޫން 2006 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މޫސާ ވަޙީދާ ދެމެދު ކުރެވިފައިވާ، މިމައްސަލާގައި ހިމެނޭ ފައިނޭންސް
ލީސިންގ މުޢާމަލާތަށް އަޙްމަދު ޝަރީފާ ޖާމިނުކުރުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ
ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، މިމައްސަލާގެ ދަށުކޯޓު މަރުޙަލާގައި އިންކާރުކޮށްފައިވާކަމާއި،
އެހެންކަމުން، އިސްވެމިދެންނެވުނު ކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، 29
ޖޫން 2006 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި
މަ ހައި9
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 471 ދިވެހި22
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2014/HC-A/260
کی عمری
=32
11 ޤަޟިއްޔާ ނިމުނު "
ދެމެދު ކުރެވިފައިވާ، މިމައްސަލާގައި ހިމެނޭ ފައިނޭންސް ލީސިންގ މުޢާމަލާތަށް އަޙްމަދު ޝަރީފް
ޖާމިނުކުރުމަށް މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން،
މިމައްސަލާގެ ދަށުކޯޓު މަރުޙަލާގައި އިންކާރުކޮށްފައިވާ ހިނދު، އަދި އެމައްސަލާގެ ތެރޭގައި މައްސަލައަށް
ތަދައްޚުލްވެފައިވާ ފަރާތެއްގެ ޙައިސިއްޔަތުން އަޙްމަދު ޝަރީފްގެ ބަޔާނެއް ޝަރީޢަތަށް ހުށަހެޅުމުގެ
ފުރުޞަތު އޭނާއަށް ދީފައިނުވީނަމަވެސް، އެމައްސަލާގެ ތެރޭގައި އޭނާގެ ބަހެއް ޝަރީޢަތުން
ހޯއްދަވާފައިވާކަން އެނގެންއޮތުމާއެކު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ދަށުކޯޓު މަރުޙަލާގައި
އަޙްމަދު ޝަރީފް ދީފައިވާ ހެކިބަހުގައި އޭނާ ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށާއި، މައްސަލާގެ
ތެރެއަށް ތަދައްޚުލުވުމަށްއެދި ސިވިލް ކޯޓަށް އޭނާ ހުށަހަޅާފައިވާ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ
މައްޗަށް ބިނާކުރައްވާ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި މޯލްޑިވެސް ފައިނޭންސް ލީސިންގ
ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މޫސާ ވަޙީދާ ދެމެދު ކުރެވިފައިވާ، މިމައްސަލާގައި ހިމެނޭ ފައިނޭންސް
ލީސިންގ މުޢާމަލާތަށް ޒިންމާވާންޖެހޭނެ ފަރާތަކީ އަޙްމަދު ޝަރީފްކަމަށް ކަނޑައަޅުއްވާފައިނުވުމަކީ
ނުވަތަ އޭނާއަށް އިތުރު ބަޔާނެއް ހުށަހެޅުމަށް ފުރުޞަތު ދެއްވާފައިނުވުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ
އުސޫލަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާކަމެއް ނޫންކަމެވެ.
(ށ) ދެވަނަ ކަމަކީ، މި މައްސަލަ އިސްތިއުނާފުކުރަމުން، މޫސާ ވަޙީދު މައްސަލައިން
ބަރީއަވުމަށްޓަކައި ހުވާކުރުމުގެ ފުރުޞަތަކަށް އެދުމުންވެސް، ސިވިލް ކޯޓުން އެފުރުޞަތު
ދެއްވާފައިނުވާކަމަށާއި، އަދި ގެރެންޓީދީފައިވާ ކަމުގައި ހުށަހަޅާފައިވާ ލިޔުމަކީ، އޮޅުވާލައިގެން
ހުށަހަޅާފައިވާ ލިޔުމެއްކަމަށް ހެކިންގެ ހެކިބަހުން ސާބިތުވާކަމުގައި ސިވިލް ކޯޓުން ކަނޑައެޅުއްވިއިރު،
ލީސްގެދަށުން ނަގާފައިވާ ދޯނި ނެގީވެސް، ބޭނުން ކުރަނީވެސް އަޙްމަދު ޝަރީފުކަމުގައި ހެކިން
ބުނާއިރު، އެކަމަށް ރިޢާޔަތްނުކުރައްވާ މައްސަލަ ނިންމަވާފައިވާކަމަށްބުނެ މޫސާ ވަޙީދުގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
ދިވެހިރާއްaގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
،
ދީހިރާއް
4 43
=32
2014/HC-A/26
کی عمری
ސަބަބުން
12 ޤަޟިއްޔާ ނިމުނު ގޮ
އިސްވެދެންނެވިފައިވާ ފަދައިން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި
ހިމެނޭ، 29 ޖޫން 2006 ގައި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މޫސާ
ވަޙީދާ ދެމެދު ކުރެވިފައިވާ، ފައިނޭންސް ލީސިންގގެ މުޢާމަލާތައް ފުރިހަމަ ޒިންމާ، ޤާނޫނީގޮތުން
ނަގަންޖެހޭ ފަރާތަކީ މޫސާ ވަޙީދު ކަމަށްވާއިރު، އަދި އެޒިންމާ އެހެން ފަރާތެއްގެ މައްޗަށް ބަދަލުކުރުމަށް
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންކާރުކޮށްފައިވާއިރު، އެމުޢާމަލާތުގެ
ދަށުން ހޯދިފައިވާ ދޯންޏާ ޙަވާލުވެފައިވަނީވެސް، އަދި ގެންގުޅެފައިވަނީވެސް، އަދި އެދޯނީގެ ބޭނުންހިފާ
މަންފާ ހޯދާފައިވަނީވެސް، އަދި އެހާތަނަށް އެ މުޢާމަލާތުގެ ދަށުން ދައްކާފައިވާ ފައިސާއެއްވާނަމަ
އެފައިސާއެއް ދައްކާފައިވަނީވެސް މޫސާ ވަޙީދު ނޫން އެހެންމީހެއްކަން ޝަރީޢަތަށް ސާބިތުވުމަކީ އެކަމުގެ
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ ޙުކުމަށް ބަދަލެއް އައުމުގެ އިޙްތިމާލު އޮތް ކަމެއް
ނޫންކަމާއި،
އެހެންކަމުން، މިޙާލަތުގައި މޫސާ ވަޙީދު މައްސަލައިން ބަރީއަވުމަށްޓަކައި ހުވާކުރުމުގެ
ފުރުޞަތަކަށް އެދުމުން އެފުރުޞަތު ސިވިލް ކޯޓުން ދެއްވާފައިނުވުމަކީ، ނުވަތަ މިމައްސަލާގައި ހިމެނޭ
ފައިނޭންސް ލީސިންގގެ މުޢާމަލާތަކީ އަޙްމަދު ޝަރީފްގެ އެދުމެއްގެ މަތިން އޭނާއަށް މޫސާ ވަޙީދު
ނަގައިދީފައިވާ ދޯންޏެއްކަމަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާ ބުނެފައިވާ ބުނުމުގެ މައްޗަށް ބިނާކޮށް،
މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މޫސާ ވަޙީދާ ދެމެދު ކުރެވިފައިވާ،
މިމައްސަލާގައި ހިމެނޭ ފައިނޭންސް ލީސިންގ މުޢާމަލާތަށް ޒިންމާވާންޖެހޭނީ އަޙްމަދު ޝަރީފްކަމަށް
ކަނޑައަޅުއްވާފައިނުވުމަކީ އެކަންކަމުގެމައްޗަށް ބިނާކޮށް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި
ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުކުރަންޖެހޭފަދަ ސަބަބެއް
440 0 22
ނޫންކަމެވެ.
ދިވެހިރާއް
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/260
ދެވެ
22c 0 /
13 ޤަޟިއްޔާ ނިމުނު ގޮ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2010/Cv
-
C/1712 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ޚިލާފަށް
އެކޯޓުން ކުރައްވާފައިވާ ޙުކުމެއްކަމަށްބުނެ، މޫސާ ވަޙީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ ނުކުތާތަކުގެ
ބިނާކޮށް،
އެޙުކުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން
ބަދަލުގެންނަންޖެހޭފަދަ އެއްވެސް ސަބަބެއް އޮތްކަމަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
މައްޗަށް
0
<<
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [ 3316/67
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2014/HC-A/26
14 ޤަޟިއްޔާ ނިމުނު ގޮތު
و مرد مي ب
• ޙުކުމް
4
2 ހ2
ދދު 0
2
24
3
22
0 މހ ބ ( 2
ޙުކުމެއްކަމަށް
އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1712 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް އެކޯޓުން ކުރައްވާފައިވާ
ކަމަށްބުނެ، އިސްދޫ(ހަވީރީގެ، މޫސާ ވަޙީދު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A026991) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް،
އެޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަންޖެހޭފަދަ
ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
އެއްވެސް
ދިވެހިރާއްޖޭގެ
ދިވަހިންގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv