ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/118 ޤަޟިއްޔާގެ ޙުކުމް
I
20 ]1/HC-A/118
ޝީއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 118/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: މުޙައްމަދު ޢާދިލް
އައިޑީ ކާޑު ނަންބަރު: A022975
* ދާއިމީ އެޑްރެސް: މ.މ.ދ. ދަފްތަރު ނަންބަރު 1602
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރީ ނަން
ނަންބަރު: 317
/
2000-C
ދާއިމީ އެޑްރެސް: މާލިންސްޕައިކް ބިލްޑިންގ މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 22 ޖުމާދަލްއާޚިރާ 1432
25 މެއި 2011
ނިމުނު ތާރީޚް: 08 ޖުމާދަލްއާޚިރާ 1423
29 އެޕްރީލް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު:
މައްސަލައިގެ ބާވަތް: އިޖްރާޢީ ނިންމުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް:
*
* ނިމުނު ތާރީޚް:
ޚް: 11 މެއި 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު އައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮހާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-A/118
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1695 ޤަޟިއްޔާގައި ހިމެނޭ
މައްސަލަ އެކޯޓުން ކުރިއަށް ގެންދެވުމަށް ނިންމާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި މުޙައްމަދު
ޢާދިލް، މ.މ.ދ. ދަފްތަރު ނަންބަރު 1602 (ހ. ފެންނާގެ) (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A022975) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް ސްޓްރަކްޝަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 317
/
2000-C) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ "އިޖްރާއީގޮތުން ނިންމިގޮތް" އަށް ބަލާއިރު،
އެނިންމުމުގައިވަނީ، "ކްރިމިނަލް ކޯޓުގައި މުޙައްމަދު ޢާދިލްގެ މައްޗަށް ހުށަހެޅި އެކޯޓުގެ ނަންބަރު:
2010/JC/1028 ޤަޟިއްޔާއިން ބެލެމުންދަނީ މަކަރާއި ޙީލަތްހެދުމުގެ މައްސަލައެއްކަމާއި، މިއީ
ޢަމަލަކަށްވެފައި، ޖިނާއީ ކުށުގެ ޢަމަލުތަކާބެހޭ މައްސަލަތައް ބަލާ މިންގަޑާއި، މަދަނީ މައްސަލަތައް ބަލާ
މިންގަޑާއި ތަފާތުކަމާއި، ސިވިލް ކޯޓުގެ ނަންބަރު: 2010/Cv
-
C/1695 ޤަޟިއްޔާއިން ބެލެމުންމިދަނީ
ފައިސާ ހޯދުމުގެ މަދަނީ މައްސަލައެއްކަމާއި، މިމައްސަލާގައި ފައިސަލާކުރެވެނި ނިޔާއެއް ކަނޑައެޅޭނެ
ނުކުތާއަކީ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއިން ފައިސަލާކުރެވި ނިޔާ ކަނޑައެޅޭނެ ނުކުތާއަކަށްނުވެފައި،
މުޙައްމަދު ޢާދިލްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހުށަހެޅިފައިވާ ޤަޟިއްޔާއެއް އޮވެ، ސިވިލް ކޯޓުގެ
މިޤަޟިއްޔާ ކުރިއަށް ގެންދާނަމަ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި
ބުނާ ޢަދުލުވެރިކަމާ ހާމަކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤަށް އުނިކަން އަންނާނެކަމަށް ބެލެވެން
ނެތުމުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބުނާ އެއްކުނަކަށް
ދެފަހަރު އަދަބު ނުދެވުމުގެ ޙައްޤަށް ބަލާއިރު، މުޙައްމަދު ޢަދުލާއި މޯލްޑިވްސް ސްޓްރަކްޗަރަލް
ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ދަޢުވާފޯމުގައި ބަޔާންކޮށްފައިވާ މުޢާމަލާތް އެގޮތުގައި
ކުރެވިފައިވާކަމުގައި ބެލިނަމަވެސް، ސިވިލް ކޯޓުގައި ކުރިއަށްމިދަނީ އެމުޢާމަލާތާގުޅޭ މަދަނީ ބައިކަމާއި
އަދި ކްރިމިނަލް ކޯޓުގައި ބެލެމުންދަނީ އެމުޢާމަލާތުގައި ހިމެނޭ ޖިނާއީ ކުށުގެ ބައިކަން އެނގެން
އޮތްހިނދު، ސިވިލް ކޯޓުގައި ހިނގަމުންދާ ޤަޟިއްޔާއާއި ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޤާޟިއްޔާ
CU O
ދިވެހިރާއްޖެގެ
ހައިކޯ
t
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-A/118
3
4/
cu o
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މުޙައްމަދު ޢާދިލްއާއި އިދިކޮޅަށް ނިމުނުނަމަވެސް، އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
60 ވަނަ މާއްދާގައިބުނާ އެއްކުށަކަށް ދެފަހަރު އުދުބު ދިނުން ކަމުގައި ނުބެލޭނެތީ،
އިސްވެދެއްނެވުނު ސަބަބުތައް އެހެން ހުރިއަތީ، ކްރިމިނަލް ކޯޓުގައި މުޙައްމަދު
ޢާދިލްގެ މައްޗަށް ހުށަހެޅިފައިވާ އެޤަޟިއްޔާ އޮތަތީ، ސިވިލް ކޯޓުގެ މިޤަޟިއްޔާ ކުރިއަށް
ބެއް ނެތުމުން، ޤަޟިއްޔާ ކުރިއަށް ގެންދިއުމަށް ނިންމައިފީމެވެ" މިފަދައިންކަން އެގެން
އޮންނަކަމެވެ.
2 2· 0 29 0/
އަށްނުގެންދެވުން
2. ސިވިލް ކޯޓުގެ އިސްވެދެންނެވުނު ނިންމުން އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ އިބްރާހީމް ޢަލީގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 5 (ފަހެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
. ފުރަތަމަ ނުކުތާއަކީ، މުޙައްމަދު ޢާދިލްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލެއް
ކްރިމިނަލް ކޯޓުގައި (އެކޯޓުގެ ނަންބަރު 2010/JC/1028 ޤަޟިއްޔާގެ ދަށުން) ހިނގަމުން ދަނިކޮށް
އެމައްސަލަ ބިނާވެފައިވާ ޙާދިޘާއާގުޅޭ މަދަނީ މައްސަލައެއް ސިވިލް ކޯޓުގައި (އެކޯޓުގެ ނަންބަރު
2010/Cv-C/1695 ޤާޟިއްދާގެ ދަށުން ހިންގުމުން ދިވެހިރާއްޖޭގެ ޖުމް
ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީން
މުޙައްމަދު ޢާދިލްއަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށް އުނިކަން އަންނާނެކަމަށް ނުބެލެވޭނެކަމަށް
ސިވިލް ކޯޓުގެ އިޖްރާޢީ ނިންމުމުގައި ކަނޑައެޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
cu o
2
OC
04 2
• ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުން ބަލަމުންދާ މައްސަލާގައި ފައިސަލާކުރަނިވި
ނިޔާއެއް ކަނޑައެޅޭނެ ނުކުތާއަކީ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާއިން ފައިސަލާކުރެވެނި ނިޔާއެއް
ކަނޑައެޅޭނެ ނުކުތާއަކަށް ނުވާނެކަމަށް ކަނޑައެޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
CuO
ތިންވަނަ ނުކުތާއަކީ، މުޙައްމަދު ޢާދިލްގެ މައްޗަށް ކްރިމިނަލް ކޯޓުގައި
ހުށަހެޅިފައިވާ ޤަޟިއްޔާއެއް އޮވެ، ސިވިލް ކޯޓުގެ ޤަޟިއްޔާ ކުރިއަށް ގެންދާނަމަ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42
ވަނަ މާއްދާގައި
ޝަރީޢަތްކުރެއްވުމުގެ ޙައްޤަށް އުނިކަން
ކަނޑައެޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ބުނާ ޢަދުލުވެރިކަމާއި
ހހހ222
ހާމަކަމާއެކު
ހ ވ މ ގ އ ހވ
مرمر سرسرارسو
ބެލެވެން
ނެތަކަމަށް
· 4
ކeއވެ.
0
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް:3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
4
.ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/18
• ހަތަރުވަނަ ނުކުތާއަކީ، ސިވިލް ކޯޓުގައި ކުރިއަށްދަނީ މޯލްޑިވްސް ސްޓްރަކްޗަރަލް
ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ހިނގާފައިވާ މުޢާމަލާތެއްކަމުގައި މޯލްޑިވްސް ސްޓްރަކްޗަރަލް
ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑްއިން ހުށަހަޅާފައިވާ ދަޢުވާގައި ބުނެފައިވާ މުޢާމަލާތާގުޅޭ މަދަނީ
ބައިކަމާއި އަދި ކްރިމިނަލް ކޯޓުގައި ބެލެމުންދަނީ އެމުޢާމަލާތުގައި ހިމެނޭ ޖިނާއީ ކުށުގެ ބައިކަން
އެނގޭކަމުގައި ކަނޑައެޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ފަސްވަނަ ނުކުތާއަކީ، ސިވިލް ކޯޓުގައި ހިނގަމުންދާ ޤާޟިއްޔާއާއި ކްރިމިނަލް
ކޯޓުގައި ހިނގަމުންދާ މި ޤަޟިއްޔާވެސް މުޙައްމަދު ޢާދިލްއާ އިދިކޮޅަށް ނިމުނުނަމަވެސް، އެއީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބުނާ އެއްކުށަކަށް ދެފަހަރު އަދަބު
ދިނުންކަމުގައި ނުބެލޭނެކަމަށް ކަނޑައެޅުއްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ އިސްވެދެންނެވިފައިވާ "އިޖްރާޢީގޮތުން
ނިންމިގޮތް" އަށާއި، އެނިންމުން އިސްތިއުނާފު ކުރަމުން މުޙައްމަދު ޢާދިލްގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ ގުޅިގެން މައްސަލަ ރައްދުވާ މޯލްޑިވްސް
ސްޓްރަކްޗަރަލް ޕްރޮޑަކްޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
COC
60 4
Ox
(ހ) ފުރަތަމަ ކަމަކީ، އެއް ޙާދިޘާއެއްގެ ތެރޭގައި ޖިނާއީ ކުށެއްގެ ޢަމަލެއް
ހިމެނުމާއި އަދި މީހެއްގެ މަދަނީ ޙައްޤެއް ނިގުޅިގެންދިއުމަކީ އެކަށީގެންވާކަމެއްކަމާއި، މިފަދަ
ޙާލަތުތަކުގައި، އެޙާދިޘާގެ ތެރޭގައި ހިނގާފައިވާ ޖިނާއީ ކުށުގެ ދަޢުވާ، އެކުށެއްކުރިކަމަށް ތުހުމަތުކުރެވޭ
މީހެއްގެ މައްޗަށް އުފުލިފައިވީނަމަވެސް، އެޙާދިޘާގެ ތެރޭގައި އެމީހެއްގެ މަދަނީ ޙައްޤެއް ގެއްލިފައިވާ
މީހަކަށް އެޙައްޤެއް ހޯދުމުގެ މައްސަލަ، ޢާންމު އުސޫލެއްގެ ގޮތުން، ޝަރީއަތަށް ހުށަހެޅުމުގެ ޙައްޤު
ކޮންމެ މީހަކަށްވެސް ލިބިގެންވާކަމާއި،
ދިވެހިރާއްޖޭގެ ރިއްޔާގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) އަށް
ބަލާއިރު، ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓުން ޙުކުމްކޮށްފިނަމަ، ދެވަނަ
ފަހަރަށް ހަމައެކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަކަށް
ނުއުފުލޭނެމަށާއި، ޖިނާއީ ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ
ޖުމަހރއޔަ
މިހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
5
201/HC-A/18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެކުށުގެ
ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެމީހެއްގެ މައްޗަށް
ނުއުފުލޭނެކަމަށް
އެމާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިމާއްދާއަށް ބަލާއިރު މިމާއްދާއިން ލިބިދޭ
ޙައްޤުލިބިދެނީ ޖިނާއީ ކުށްތަކުގައި އެކަނިކަން އެނގެން އޮންނަކަމާއި، އެހެންކަމުން ޖިނާއީ ކުށެއް ހިމެނޭ
ޢަމަލެއްގެ ސަބަބުން މީހަކަށް ގެއްލިފައިވާ މަދުނީ ޙައްޤެއް ހޯދުމަށް އެމީހަކު ހުށަހަޅާ މައްސަލަތަކަކީ
ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގެ ދަށަށް ވަންނާނެ މައްސަލަތަކެއް ނޫންކަމެވެ.
އެއް
ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ޢާންމު
އެހެން
އޮތްކަމުގައިވީނަމަވެސް، އެއް ޙާދިޘާއެއްގެ ސަބަބުން ގެއްލިފައިވާ މަދަނީ ޙައްޤެއް ހޯދުމުގެ މައްސަލަ
އެއް ކޯޓަށް ވުރެ ގިނަ ކޯޓުގައި އެއްފަހަރާ ހިންގޭ ގޮތަކަށް އޮތުމަކީ، އެމައްސަލަތަކެއްގައި އެކޯޓުތަކަކުން
ނިންމާ
ނިންމުމުގެ
ސަބަބުން އެދަޢުވާއެއްކުރާ ފަރާތަކަށް ނުޙައްޤު މަންފާއެއް
(unjust enrichment) ލިބުމުގެ މަގު ފަހިވެގެން ހިނގައިދާނެކަމެއް ކަމާއި، މިގޮތުން،
ޙާދިޘާއެއްގެ ތެރޭގައި ޖިނާއީ ކުށެއް އަދި މީހެއްގެ މަދަނީ ޙައްޤެއް ގެއްލުމުގެ ޢަމަލެއް ހިނގާފައިވާ
މައްސަލައެއްގައި، އެމައްސަލައިގެ ޖިނާއީ ބައިގެ ދަޢުވާ ދައުލަތުގެ ފަރާތުން ކުރާއިރު، އެދަޢުވާގެ ޞިޣާ
ގައި، އެމީހެއްގެ މަދަނީ ޙައްޤު ގެއްލިފައިވާ މީހާއަށް، ގެއްލިފައިވާ މަދަނީ ޙައްޤު ހޯދައިދިނުން
ހިމެނިފައިވާނަމަ، އެމައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުން ދަނިކޮށް، އެޙާދިޘާގައި ގެއްލިފައިވާ
މަދަނީ ޙައްޤު ހޯދުމުގެ މައްސަލަ ވަކިމައްސަލައެއްގެ ގޮތުގައި، އެޙައްޤެއް ގެއްލިފައިވާ ފަރާތުން ސިވިލް
ކޯޓަށް ހުށަހަޅުމުން، އެދެމައްސަލައެއް އެކުއެކީގައި ދެކޯޓުގައި ހިންގުމަކީ، މަދަނީ މައްސަލައިގައި ދަޢުވާ
ކުރާ ފަރާތަށް، ދެމައްސަލައިގެ ތެރެއިންވެސް، އޭނާގެ ގެއްލިފައިވާ ޙައްޤުގެ ދެގުނަ ލިބިދިނުމުގެ
ފުރުޞަތު އޮތްކަމެއްކަމަށާ
މަށާއި،
އެއް ޙާދިޘާއެއްގެ ތެރޭގައި ޖިނާއީ ކުށެއް އަދި މީހެއްގެ މަދަނީ
ޙައްޤެއް ގެއްލުމުގެ ޢަމަލެއް ހިނގާފައިވާ މައްސަލައެއްގައި، އެމައްސަލައިގެ ޖިނާއީ ބައިގެ ދަޢުވާ
ދައުލަތުގެ ފަރާތުން ކުރާއިރު، އެދަޢުވާގެ ޞިޝާ ގައި، އެމީހެއްގެ މަދަނީ ޙައްޤު ގެއްލިފައިވާ މީހާއަށް،
ގެއްލިފައިވާ މަދަނީ ޙައްޤު ހޯދައިދިނުން ހިމެނިފައިވާނަމަ، އެމައްސަލައެއް ކްރިމިނަލް ކޯޓުގައި
ހިނގަމުން ދަނިކޮށް، އެޙާދިޘާގައި ގެއްލިފައިވާ މަދަނީ ޙައްޤު ހޯދުމުގެ މައްސަލަ ވަކިމައްސަލައެއްގެ
ގޮތުގައި، އެޙައްޤެއް ގެއްލިފައިވާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅުމުން، އެދެމައްސަލައެއް އެކުއެކީގައި
ހިންގިދާނެކަމަށް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް
ޤަބޫލުނުކުރެވޭކަމެވެ.
040
އެހެންކަމުން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 1647
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ރާއްޤީ
30ން
2011/HC-A/118
6
ޤަ ޞއްޔަ
ނިމުނު ގޮ
1695/Cv-C/2010
0/2034 22
ބަލިވުމނދކމއ
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފަށް ހުނެޅިފައިމިވާ ސިވިލް ކޯޓުގެ އިޖްރާޢީ
ނިންމުން، އެމައްސަލައަކާ ގުޅިގެން އެކޯޓުން ނެރުއްވާފައިވާ ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޞިޝާއަށް ބަލާއިރު، އެމައްސަލައަކީ، މުޙައްމަދު ޢާދިލް
އެކުންފުންޏަށް ޔޫއެސް ޑޮލަރު ގަނެދޭނެކަމަށް ބުނުމުން އޭނާއަށް
ބުނުމުން އޭނާއަށް އެކުންފުނިން ދީފައިވާ -/1,876,000
(އެއްމިލިއަން އަށްލައްކަ ހަތްދިހަ ހަހާސް) ރުފިޔާ އަށް ޑޮލަރު ގަނެދީފައިނުވާތީ އަދި އެފައިސާ އަނބުރާ
ދައްކާފައިވެސް ނުވާތީކަމަށް ބުނެ މުޙައްމަދު ޢާދިލްގެ އަތުން އެފައިސާ އަނބުރާ ހޯދުމަށް އެދި
މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅުމުން މަދަނީ ކޯޓުން ބައްލަވަން
ފައްޓަވާފައިވާ މައްސަލައެއްކަން އެނގެން އޮތްއިރު،
މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑާއި މުޙައްމަދު ޢަދުލުއާއި
ދެމެދު ހިނގާފައިވާ، އިސްވެދެންނެވިފައިވާ ޔޫއެސް ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތާ ގުޅިގެން މުޙައްމަދު
ޢާދިލްގެ މައްޗަށް ޖިނާއީ ކުށުގެ ދަޢުވާއެއް، ދައުލަތުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައި،
އެމައްސަލަ ކްރިމިނަލް ކޯޓުގެ ނަންބަރު 2010/JC/1028 ޤަޟިއްޔާއިން އެކޯޓުގައި
މުޙައްމަދު ޢާދިލްގެ މައްޗަށް ހުށަހެޅިގެން ކްރިމިނަލް ކޯޓުގައި ކުރިއަށް ދާ މައްސަލައިގެ ތެރޭގައި،
މުޙައްމަދު ޢާދިލް މަކަރާ ހީލަތުން މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑުގެ
ކިބައިން ހޯދާފައިވާކަމަށް ބުނާ -/1,876,000 (އެއްމިލިއަން އަށްލައްކަ ހަތްދިހަ ހަހާސް) ރުފިޔާ
މުޙައްމަދު ޢާދިލްގެ އަތުން ހޯދުމަށް އެދިފައިވާކަން، ކްރިމިނަލް ކޯޓުގެ ދަޢުވާގެ ޓީޝާއަށް ބަލަމުން
އެނގޭކަމާއި،
އިސްވެދެންނެވުނު ދެމައްސަލައިގައި ޝަރީޢަތަށް ސާބިތުކުރުމުގެ މިންގަނޑުތަކަކީ
ތަފާތު ދެމިންގަނޑެއް ކަމުގައިވީނަމަވެސް، އިސްވެދެންނެވިފައިވާ ފަދައިން، އެ ދެމައްސަލައިގެ ދަޢުވާގެ
ޞީޝާއަށް ބަލާއިރު، މި ދެމައްސަލައިގައިވެސް ހޯދުމަށް އެދިފައިވާ ފައިސާއަކީ އެއްމުޢާމަލަތަކާ ގުޅިގެން
ހޯދުމަށް އެދޭ ފައިސާއަކަށްވެފައި، އެ ދެމައްސަލަ ދެކޯޓެއްގައި އެކުއެކީގައި ހިންގައިފިނަމަ އޭގެ
ސަބަބުން މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑަށް ނުޙައްޤު މަންފާއެއް ލިބުމުގެ
މަގު ފަހިވެގެން ހިނގައިދާނެކަމަށް ޤަބޫލުކުރެވޭކަމާއި،
އެ ދެމައްސަލައަކީ އެކުއެކީގައި ހިނގޭނެ ދެމައްސަލައެއްކަމަށް
ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމެވެ.
ދިވެހިރާއް
ވެހިރަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 1647
33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
7
2011/HC-A/11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2010/Cv-C/1695 ޤަޟިއްޔާގައި ހިމެނޭ މައްސަލާގައި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް
ޕްރައިވެޓް ލިމިޓެޑުން ހޯދުމަށް އެދިފައިވާ ފައިސާ ހިމެނޭ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިނގަމުން
ދަނިކޮށް، ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1695 ޤަޟިއްޔާގައި ހިމެނޭ މައްސަލަ އެކޯޓުން
ކުރިއަށް ގެންދެވުމަށް އިޖްރާޢީގޮތުން އެކޯޓުން ނިންމާފައިވާ ނިންމެވުމަކީ
ނިންމެވުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
24 2 02 0 222/
و ترکم
ޤަބޫލުކުރެވެއެވެ.
0
2ކމަ
ދެން ފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1695 ޤަޟިއްޔާގައި ހިމެނޭ
މައްސަލަ އެކޯޓުން ކުރިއަށް ގެންދެވުމަށް، 11 މެއި 2011 ގައި އިޖްރާޢީގޮތުން އެކޯޓުން ނިންމާފައިވާ
ނިންމެވުމަކީ ބަދަލުގެންނަންޖެހޭ ނިންމެވުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުހިނދު،
ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1695 ޤަޟިއްޔާގައި ހިމެނޭ މައްސަލަ
އެކޯޓުން ކުރިއަށް ގެންދެވުމަށް، 11 މެއި 2011 ގައި އިޖްރާޢީގޮތުން އެކޯޓުން ނިންމާފައިވާ ނިންމެވުން
ބާޠިލުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
OX
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ.
އައްބާސް ޝަރީފް
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
(ފަނޑިޔާރު)
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv